Views: 3932 170

ވިއްސާރަ ކަޅުފޮއެ އަނދިރި ރެެއެކެވެ. ބޯކޮއްވެހެމުންދިޔަ ވާރޭގެ ތެރޭގައި ތެމި ފޯވެ ހީކަރުވައިގެންހުރެ ސައުދާ ދުވެފައި ގޮސް ވަނީ ގޭގެ އަނެއްފަރާތުގައި އޮތް ވަލަށެވެ. ނިކަގަސް ބުޑެއްގައި ލެގިލެއިގެން ހުރެ ޖީބުން ފޯނު ނަގާ ނަމްބަރަކަށް ގުޅާލިއެވެ. "ހަލޯ... ކޮބާ... އަހަރެން މިހިރީ ވަލުގަ... އަވަހަށް އަންނައްޗޭ... މައްމަމެން ބޭރަށް ނުކުމެދާނެ..." ފޯނު ޖީބު ލުމައްފަހު ސައުދާގެ ލޯބިވެރިޔާ ހާޒިމްއަށް އިންތިޒާރުކުރަންފެށިއެވެ.
ފަނަރަވަރަކަށް މިނެޓުފަހުން ހާޒިމް މަޑުމަޑުން ހިގާފައި ސައުދާގެ ގޭގެ ވަލުފަރާތަށް އަތުވެއްޖެއެވެ. މީހެއްގެ ހިލަމެތްނެތްކަން ޔަގީންވުމުން ވަރަށް ސިއްރުން ވަލަށް ވަނެވެ. ދިގު އިންތިޒާރެއްގައި އިން ސައުދާ ހާޒިމްގެ އަތުގައި ހިފަމުން ނިކަގަސްދޮށުގައި އުނޑުފައިން އިށީނެވެ. ނަވާރަ އަހަރުގެ މިދެޒުވާނުން ލޯބީގެ ބަގީޗާގައި މާ ފޮޅުވަމުން ދިޔައީ އެއްވެސް ދުނިޔެވީ ފިކުރެއްް ބިރެއް ނެތިއެވެ.
ދުވަސްތަށް ފަށްވަމުން ދިޔައީ މިފަދަ ގޮތަކަށެވެ. ދެކުދިންގެ ލޯބީގެ މަންޒިލަކަށް ވެފައިވަނީ ސައުދާގެ ގޭގެވަލުގައި އިންނަ ނިކަގަސް ބިއްދޮށެވެ. ހާޒިމްގެ މައިންބަފައިން ލަންކާއަށް މެޑިކަްލް ޗެކްއަޕްއެއް ހަދަން ފުރުމުން ހާޒިމް ބައެއްރޭރޭ ސައުދާ އެގެއަށްވެސް ގެންދެއެވެ. ސައުދާގެ މައިންބަފައިނ ސައުދާއަށްް ކުރަނީ މާބޮަޑު އިތުބާރެކެވެ. މިކަމުގެ ނާޖާއިޒު ފައިދާ މި ދެޒުވާނުން ނަގަނީ ވަރށްވެސް ފުރިހަމައަށެވެ.
ހާޒިމްގެ މައިންބަފައިން ލަންކާއިން އެނބުރި އައީ ދެމަސްދުވަސްކޮއްފައެވެ. އެމީހުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ހާޒިމް ހުރީ ސައުދާ އެގެއަށް ގެނެސްގެން ސައި ތައްޔާރުކޮެއްފައެވެ. މި ސައިގައި ސައުދާގެ ބައްޕަ އަދި މައްމަ ހަސީނާވެސް ބައިވެރިވިއެވެ. "ސައުދު... މިހާރު މިދެކުދިންގެ ގުޅުމަށް ތިން އަހަރު މިވަނީ. ދެން މިކަންވެސް ނިންމާލަމާ. ކީކޭ މިކަމާ މެދު ބުނަނީ ؟" ހާޒިމްގެ ބައްޕަ ހާފިޒު ސައުދާގެ ބައްޕައަށް ބަލާލާފައި އެހިއެވެ. އެވަގުތު ސައުދާގެ ބޮލުގައި ރިއްސައިގަތެވެ. "އަހަރުމެން ވަރަށް ގަބޫލު .... ދޯ މަޖުދާ ؟" ސައުދާގެ މައްމައަށް ދޯދެމުން ސައުދުވެސް ދެކުދިންގެ ކައިވެންޏަށް މަރުހަބާކިއެވެ. އެންމެން އޮލަވާހަކައިގައި ތިއްބާ ކުއްލިއަކަށް ސައުދާ ވަރަށް ބާރަށް ރޯންފެށިއެވެ. "ދަރިފުޅާ.. ކިހިނެތްވީތަ...؟ކީއްވެ ތި ރޮނީ..." ހައިރާންކަމާއެކު ކަންބޮޑުވުމުގެ ރާގަކަށް މަޖުދާ އަހާލިއެވެ. "މައްމާ....އަހަރެންގެ ބޯ ހީވަނީ ފަޅައިގެން ހިގައިދާނެހެން...." ހާޒިމް ސައުދާާ އަތުގަި ހިފައގެން ގޮސް ކޮޓަރިއަށް ވަނެވެ. "ކުޑަކޮށް އަރާމުކޮއްލާ.... ބޭސް ގުޅައެއް ހިފައިގެން އެބަ އަންނަން." އެނދުގައި ސައުދާ ބައިންދަމުން ހާޒިމް އެހެން ބުނެލީ ނުލަނު ލޯބިން އޯގާތެރިކަމާއެކުގައެވެ.
އެދުވަސްފަހުން ސައުދާއަށް އުނދަގޫތަކެއްވާން ފެށިއެވެ. ަބަދު ހުންނަނީ ބޮލުގަ ރިއްސާފައެވެ. ކައިރީގައި މހެއް ހުންނަކަމުގެ އިހުސާސް ކުރެވެނީއެވެ. އަދި އެކަނި ހުންނަ ވަގުތުތަކުގައި މީހެއް ގައިގައި ބީހޭ އިހުސާސެއްވެސް ކުރެވެއެވެ. މިކަންކަމުގެ ސަބަބުން ދެކުދިންގެ ގުޅުމަށްވެސް ވަނީ ހުރަސްތަކެއް އެޅިފައެވެ.
ސައުދާާ ހާޒިމް އާއި ބައްދަލުނުކުރާތާ މިހާރު ހަފްތާއެއް ވަނީއެވެ. ފޯނުވެސް އޮންނަނީ ނިވާލާފައެވެ. އެންމެފަހުން ހާޒިމް ސައުދާގެ ގެއަށް ދިޔައެވެ. އޭރު މަޖުދާއާއި ސައުދު އަޑުން އަޑު ނަގާ ރޮނީއެވެ. ވެގެން އުޅެނީ ކީއްކަން އޮޅުން ފިލުވުމުން އިނގިގެން ދިޔައީ ސައުދާވަނީ އަމިއްލައަށް މަރުވެފައިކަމަށެވެ. "މި ނޯޓް ކޮޅު ކިޔާލާ" ކުރެހިފައިވާ އަޑަކުން ވާހަކަ ދައްކަމުން ސައުދު ހާޒިމްއަށް ގަނޑުކޮޅެއް ދިއްކޮއްލިއެވެ. ދެލޮލުން ކަރުނަ އޮހޮރަމުން ހާޒިމް އެ ގަނޑުގައި ލިޔެފައިވާ ނޯޓު ކޮޅު ކިޔަން ފެށިއެވެ.
"ލޯބިވާ ހާޒިމް.... ސައު އަށް މާފުކުރޭ... ސައުމެންކުރި ހުރިހާ ފާހިޝް އަމަލެއްގެ ސަބަބުން ސައުއަށް ކުރިމަތިލާން ޖެހިފާމިވަނީ ބޮޑު ބިރުވެރިކަމަކާ.. އާ. ސައުއާ ޖިންނިއެއް ހިތާވެއްޖެ. އެއީ ނިކަގަސް ބިއްދޮށުގައި އުޅޭ ޖިންނިއެއް... އެތަކެއް ރޭ މަތން ސައުމެން ނިވާކަން ކުޑަހާލުގައި ތިބެގެން ކުރި ކަންތއްތައް އެ ޖިނއނިއަށް ފެނުނު. އަދި ބައެއްރޭރޭ އޭތިވެސ އެކަމުގަ ސައުމެންނާއި ބައިވެރިވޭ. އޭތި ހުރީ ހާޒިމްގެވެސް ދުވަސް ދުއްވާލަން ތައްޔާރަށް.... ސައުއަށް މައްމަމެންގާތު މިވާހަކަތައް ކިޔައިދޭން ނުކެރުނީ... ހާޒިމް އުފަލުގަ ރަނގަޅަށް އުޅޭތި.... މި ބިރުވެރިކަމާމެދު ކުރިމަތިލާނެ ހިތްވަރެއް ސައުގެ ކިބަޔަކު ނެތް.... އޭތީގެ އުނދަގޫ ދެން އިރާދަކުރެއްވިއްޔާ ހާޒިމްއަކަށް ނުފޯރާނެ... ނަމަނަމަ ފާފައަކަށް ނުކުރާތިދެން.... ވަރަށް ލޯބިވޭ.."
ކަރުނަ ފޮހެލަމުން ހާޒިމް އެގެއިން ނިކުމެގެން ދިޔައީ ކުރެވުނު ފާފަތަކުގެ މައްޗަށް ތައުބާވެ އިސްލާހުވުމަށް ހިތުގއި ނިޔަތް ކަނޑަ އަޅަމުންނެވ.
ނިމުނީ

 1. Avatar
  moderated

  ފިލި އަދި ސުކުނަށް ވިސްނާލައިގެން ލިޔުނީމަ އިތުރަށް ވާހަކަ ރީތިވެގެން ދާނެ😊😊

  7
  4
 2. Avatar
  moderated

  ވަރަށް ރީތި
  މާޝާ ﷲ

  8
  1
 3. Avatar
  moderated

  މިކަހަލަ އެހެން ނިކަގަސް ހާދިސާ އެއް ވެސް ހިނގި މި ރަށުގައި. އެއީ އެކަމު ތަންކޮޅެއް ތަފާތުކޮށް.

  2
  1
 4. Avatar
  moderated

  ވަރަށް ސަޅި 😍 މަާޝާ ﷲ. ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

 5. Avatar
  moderated

  މަންމަ އެއް ނޫން މަންމަ ދެން ފަހަރަކުން ރަނގަޅު ކޮއްލާތި🙂
  ވަރަށް ރީތި ☺️☺️

 6. Avatar
  moderated

  ކަރުތާ ފެނުން ހޯދި ރަން ލޯބި ތޯތާ…
  އެކު ލޯބި އުޅެފާ ވަކިވެވި ދިޔައިއްޔޭ…

ޚިޔާލު ފޮނުއްވާ