ވާހަކަ އަޕްލޯޑް ނުކޮށް ލަސްވީ އަޅުގަނޑުގެ ފައިނަލް ޓެސްޓް ފެށިގެން އުޅުނީމަ ، އެކަމަށް ނިހާޔަތަށް މާފަށްއެދެން ..................
ނޯޓް: މިވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކުރެވިގެން ގެނެސްދެވޭ، އަމިއްލަ ހިޔާލާއެކު މަސްހުނިކުރެވިފައިވާ، 18 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަ ވާހަކައެކެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އިޒިއަލް އަށް ހޭލެވުނެވެ. ގަބުވެފައި އެދުމަތީގައި އިށީދެލައިގެން އިނދެ ފިކުރުކުރަމުން ދަނީ އިއްޔެ ހިނގި ހާދިސާއާއި މެދުގައެވެ. ހިތްބިރު ގަންނަނީއެވެ. އިޒިއަލްގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް މިނިވަންކަމާއެކު އެ މައުސުމް ކޯތާފަތް ތެންމަމުން ދަނީއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ގޮސް ފެންވަރައި ތާޒާވެލައިގެން ނިކުތެވެ. މާޔޫސްވެފައިވާ އެމޫނުމަތިން ފެންނަނީ ކިލަބުކަމެވެ. ޖިންސާއި ޓީޝާޓު ލުމަށްފަހު އިޒިއަލް އަވަސްވެގަތީ ނަމާދު ކޮށްލުމަށްށެވެ. އެއިރުންވެސް އެ ހިތަށް ހިތްހަމަޖެހުމެއް ލިބިދާއެވެ. ނަމަވެސް އެ ބިރުވެރި ހަނދާންތައް ތާއަބަދުމެ އާވެ އާވެ އެ ހިތުތެރޭގައި ހުންނާނެއެވެ. ނަމާދުކޮށްނިމުމުން ދެއަށް އުފުލާ ﷲގެ ހަޒްރަތުގައި ދުޢާ ދެންނެވުމައިގެން އިޒިއަލް އިނެވެ.
ރައީނާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމައިގެން އަވަދިނެތި އުޅެމުން ދިޔައެވެ. ކަންނެތް ހިނގުމެއްގައި އިޒިއަލް ވެސް އައިސް ބަދިގެ ތެރޭގައި ހުރި ގޮޑިއެއްގައި ޖައްސާލައިގެން އިނެވެ. "އިޒިއަލް .... ތަނަކަށް ތަދުވަނީތަ؟ ހާދަ ފާޑަކަށް ތި އިންނަނީ" ރައިނާ އަށް އިޒިއަލް އިން ގޮތުން އަހާލެވުނެވެ. " ތިވެދާނެ ނިދަން އޮތްގޮތަކުން ކަމަށް ދޭބަލަ ކޮޓަރީގައި އޮންނާނެ ބާމް ފުޅިއެއް އެ އުނގުޅާލަ ބުރަކަށީގައި އެއިރުން ރަނގަޅު ވާނެ" އިޒިއަލް އަށް އެއްޗެއް ނުބުނެވި އުޅެނިކޮން އަނެއްކާވެސް ރައިނާ ވާހަކަ ދެއްކިއެވެ. ލުއި ހިނިތުންވުމެއް ދޫކޮށްލުމަށް ފަހު އިޒިއަލް އެތަނުން ނިކުމެގެން ގޮސް އަނެއްކާވެސް އެނދުގައި ޖައްސާލުމަށްފަހު ހިތްފުރެންދެން ރޮމުން ގެންދިޔައެވެ. ލޯބިވާ މަންމައަށް މިވާހަކަތައް ކިޔާދޭނީ ކިހިނެތްހެއްޔެ؟ ކިޔާދިނުމުން މަންމަ ދެކޭނީ ކޮންގޮތަކަށް ބާއެވެ. މަންމަ މި ހުރިހާ ކަމެއް ޤަބޫލުކޮށް އިޒިއަލްއަށް އިންސާފް ހޯދަނޭނެބާއެވެ.
މެންދުރުން އަނބުރާ 02 އެއް ޖެހީއެވެ. އަދިވެސް އިޒިއަލް އޮތީ އެނދުމަތީގައި ލޯމަރަލައިގެން ދިރުއުޅުމުގެ ކަންތައްތަކާއި ވިސްނާށެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. މީހަކާއި ވާހަކަ ދައްލާހިތެއްނުއެވެ. އެކަނިވެރިކަމަށް ލޯބިކުރެއެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވާ މި ކަންތައްތަކަށް ހައްލު ހޯދޭނެ އެއްވެސް އަލިމަގެއް އިޒިއަލްއަކަށް ނުފެނުނެވެ. މިހުރިހާ ވިސްނުންތަކުން އިޒިއަލްއަށް ނިކުމެވުނީ ރައިނާ ވަރަށް ބާރަށް ގޮވާލުމުންމުނެވެ. އިޒިއަލް އަވަސް އަވަހަށް އެނދުން ތެދުވެ ގޮސް ފާޙަނައަށް ވަދެ ފެންވަރާ ތާޒާވެލިއެވެ. ކޮޓަރިން ނިކުންއިރު ރައިނާ ސިޓިންރޫމްގެ ސޯފާގައި ޖައްސާލައިގެން އިނެވެ. "ކިހިނެތްވީ މަންމާ އަޅުގަނޑު ބޮލުގަ ރިއްސާތީވެ ކުޑަކޮން ނިދާލީ". ވަރަށް ޖެހިލުންވެހުރެ އިޒިއަލް ވާހަކަދައްކަމުން ގެންދިޔައެވެ.. "މިއަދު ފިލާވަޅު ދަސްނުކުރާ ދުވަހަކީތަ؟ ބޮލުގަ ރިއްސިޔަސް ފޮތް ކިޔަން ޖެހޭނެ ، އިމްތިހާން އައިސް މިއޮތީ ބޯމަތީގައި ، އިޒިއަލް އަމިއްލައަށް ވިސްނާލިއަށް އެނގޭނެ އެކަން ، ހުންނނާނެ ސައި ހަދާފަ ، ސައި ބޮއެގެން އައިސް ފިލާވަޅުތައް ކިޔާ ، އަހަރެން މިދަނީ ބޭރަށް ދާން ، " ރައިނާގެ އަޑުގައި ރުޅިވެރިކަމެއް ހުއްޓެވެ. އިޒިއަލް ލައްބައ ބުނެ ކާގެއާއި ދިމާލަށް ހިނގައިގަތެވެ.
ސައިބޮއެނިމިގެން އައިސް ފޮތްތަށް ހިފައިގެން އިޒިއަލް އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނީ ސިޔާމް އާއި މިއަދުވެސް ކުރިމަތިލާން ޖެހިދާނެތީ އެކަމާއި ބިރުންނެވެ. ސިޔާމް ގެ ވަހުޝީ ޢަމަލްތަކުން ސަލާމަތްވުމަށްށެވެ. ނުނީ މިއަދުވެސް އެ ދަލުގައި ޖެހި އިޒިއަލް އަށް ބިރުވެރިކަމާއި ހިތްދަތިކަން ކުރިމަތިވެދާނެއެވެ. އެ މުޑުދާރު ޢަމަލުތަށް އަބަދުމެ ލޯމައްޗަށް ސިފައެވެ. ބިރުގަނެވެ. ހަޅޭއްލަވާ އެވަގުތު އެކަން ހުއްޓުވުންނަމައޭ އިޒިއަލް ހިތަށް އެރިއެވެ. ނަމަވެސް އިޒިއަލް އަކީ އަދި ކުޑަކުއްޖެކެވެ. އެވަރު ކަމެއް ކުރަން އެވަގުތު އެ ޅަ ސިނކުޑިއަކަށް ނާދެއެވެ. މުޅި މީހާ އިނީ ބިރުންގޮސް ގަނޑުވެފައެވެ. ފިލާވަޅުތަށް މުޠާލިއާ ކުރަމުން ގެންދިޔައިރުވެސް އިޒިއަލްގެ ވިސްނުން އިނީ އަދިވެސް ސިޔާމް ގެ އެ އަމަލުތަކާއެދު ވިސްނުމަށްށެވެ. ކިތަންމެ ބޭނުންވިޔަސް ވީކަމެއް ނުވާކަމަށް ނުހެދޭނެވެ. ނަމަވެސް އިޒިއަލް ތާ އަބަދުމެ މި ކަން ރިގްރޭޑް ކުރާނެއެވެ.
ކުއްލިއަކަށް މީހެއްގެ ސާލަމް ގޮވުމާއެކު އިޒިއަލް އަށް ސިހުމެއް ލިބުނެވެ. ސިޔާމް ނޫން ދެވަނަ މީހެއްގެ ގަޑު ނޫންކަން އިޒިއަލް އަށް އެނގުމުން މުޅި މީހާ ދާހިއްލަން ފެށިއެވެ. ހަދާނެ ގޮތެއް ނުވިސްނުމުން ކޮޓަރި ތަޅުލައި ފާހަނައަށް ވަދެ އިސްކޫރުތަށް ދޫކޮށް ފާހަނާގައި މަޑުކޮށްލައިގެން ހުއްޓެވެ. އިޒިއަލް ،، އެބައުޅެން ދޯ ކަލޭ ، އިޒިއަލް ، އަނގައިން ބުނެބަލަ، ދެތިން ފަހަރު ގޮވާލުމަށްފަހު ހަބަރެއް ނުވުމުން ސިޔާމް އެގެއިން ނިކުގެންދިޔައެވެ. މާނޭވާއެއް ލުމަށް ފަހު ވަރަށް ބިރުން ހުރެ ފާހައިގެ ސްކޫރުތަށް ރަނގަޅަށް ބާރުކުރުމަށްފަހު ނިކުމެގެން ގޮސް ކޮޓަރީގައި ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް މުޅި މީހާ ބިރުން ގޮސް ރޮވެންފެށުމުން އެނދުމައްޗަށް ވެއްޓިގަނެ ބާލީހުގައި ބޯއަޅާލައިގެން އޮވެ ހިތްފުރެންދެން ރޮމުން ގެންދިޔައެވެ.
އިޒިއަލްއަކީ ހިސާބު މާއްދާއަށް މާމޮޅުކުއްޖަކަށް ނުވުމުން މި މާއްދާއަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން މޮޅުކުއްޖަކަށް ވޭތޯ މަސައްކަތް ކުރާ ކުއްޖެކެވެ. ނޭންގޭ އެއްޗެއް އޮތަސް ޓީޗަރާއި ވަކިން ބައްދަލުކޮށްގެންވިޔަސް އޭގެ ސޮލިއުޝަން ހޯދަން ބޭނުންވާ ދަރިވަރެކެވެ. ފުރަތަމަ އޮތީ ހިސާބު މާއްދާގެ ޓެސްޓަށް ވުމުން ވަރަށް ހިތްވަރުކޮށް ރަަގަޅު ނަތީޖާއެއް ހޯދަން ވަރަށް މަސައްތަކް ކުރެއެވެ. ނަމަވެސް މިހާރު އެއްވެސް ކަމެއް ކުރާ ހިތްނެތުމުން މި މާއްދާމަތިންވެސް އިޒިއަލް ވަނީ ފޫހިވާން ފަށާވައެވެ. އެކަމުވެސް އިޒިއަލްގެ ހުވަފެން ހަޤީޤަކަތަށް ހެދޭނީ މި މާއްދާއިން މަތީ މާކްސް ހޯދައިގެން ކަމަށް ވުމުން ހިތަވަރުކޮށްލައިގެން ހިސާބުގެ އުނދަގޫ ސުވާލުތަށް ހެދޭތޯ އިޒިއަލް މަސައްކަތް ކުރަމުން ގެންދިޔައެވެ. ކޮޓަރީގައި އެކަނިމާއެކަނި އިނދެ ބޯ ގާނަމުން ދިޔަ އިޒިއަލް އަށް މިކަން ފުރިހަމަވާގޮތް ނުވުމުން ރުޅިގަދަވިއެވެ. އެވްގުތަކީ ރައިނާވެސް އައިސް ކޮޓަރި ދޮރު ހުޅުވާލިވަގުތެވެ. އިޒިއަލް ކީއްވެތަ ކޮޓަރީގައި ތި އިންނަނީ ފިލާވަޅުތަށް ދަސްކުރަން ، ސިޓީންރޫމް މާ އަލިގަދަވާނުން " ރައިނާ ފގެ އަޑު ޖެހުމުން އިޒިއަލް ދޮރާއި ދިމާ ބަލާލުމަށް ފަހު ، ހީލިއެވެ. " މަންމާ މިތާ އިނީމަ އޭ ބޮލަށް ފަސޭހައީ ބޭރުން މީހުން ވާހަކަދައްކާ އަޑެއްވެސް ނީވޭނުން " ސިޓިންރޫމް އަށް ދާން ބޭނުން ނުވުމުން ފުރަތަމަ ފަހަރަށް އިޒިއަލް ބަހަނާއެއް ދެއްކިއެވެ. ބޯ ޖަހާލަމުން ރައިނާ ކޮޓަރީގެ ދޮރު ލެއްޕުމަށް ފަހު ދިޔައެވެ. މިހާ ފަސޭހައިން މަންމަ ގާތުން ރެކެވުމުން އިޒިއަލް އިނީ ހިތްހަމަ ޖެހިފައެވެ. އަނެއްކާވެސް ސުވާލާއިގެން ކުރިއަށް ދެވޭތޯ އިޒިއަލް މަސައްކަތް ކުރިއެވެ. ވަރަށް މަސައްކަތުން ސުވާލުތަކުގެ ޖަވާބު ދެވުމުން އިޒިއަލް އިނީ ހިތްހަމަޖެހިގެންނެވެ. ނަމަވެސް އަނެއްކާވެސް ސިޔާމް ގެ އެ ނުބައި ޢަމަލްތަކުގެ ހަނދާންތައް ވާން ފެށުމުން އިޒިއަލް ހާސްވާގޮތް ވިއެވެ.
ރޭގަނޑުގެ ކެއުން ނިއްމާލުމަށް ފަހު އިޒިއަލް އޭނާގެ މަންމަ އާއިއެކު މާމާގެއަށް ދިއުމަށް ގެއިން ނިކުތެވެ. އަނދިރި ގޯޅިތަކުން މަންމަ އާއި އެކު ދިޔަ ނަމަވެސް އިޒިއަލް ހުރީ ބިރުގަނެފައެވެ. ކުރިން ކުރިަތިވި ކަންތައްތަކުގެ ސަބަބުން ނަފްސާނީ ގޮތުން އިޒިއަލް އަށް ހުރީ ވަރަށް ބޮޑަށް އަސަރުތަކެއް ކޮށްފައެވެ. މާމަގެ ގެއަށް އާދެވުމުން އިޒިއަލް ބާރު ހިނގުމެއްގައި ގޮސް އުނދޯލީގައި އިށީންނެވެ. އެއިރު ކާފަ ވެސް އުނދޯލީގައި ދުފާ ތަބަށް ހިފައިގެން ދުފާލަން އިނެވެ. "ދަރިފުޅާ ހާދަ ވަރުބަލިކޮން ، ބަލީތަ " ހުނިކޮޅެއް އަނގައަށް ލަމުން ކާފަ ސުވާލް ކުރުމުން އިޒިއަލް ކުޑަކޮން ޖެހިލުންވިއެވެ. ނޫނޭ ކާފާ އެ މިއަދު މާގިނައިން ނިދުނީމަ ހީވާ ގޮތެއް" ހީލަމުން އިޒިއަލް ވާހަކަދެއްކިއެވެ. އުނދޯލީގައި އިނދެ ކާފަ އާއި އެކު ސަކަރާތް ޖަހަމުން ދިޔައިރު އިޒިއަލް އިނީ ވަރަށް ވެސް އުފާ ވެފައެވެ. މައުސޫމް އިޒިއަލް ގެ ވާހަކަތަކުން ކާފަގެ ހިތަށް ބުނެދޭން ނޭންގޭ އިހުސާސްތަކެއް ކުރުވިއެވެ.
"އިޒިއަލް ހިނގާ ގެއަށް ދާން މިހާރު ވަރަށް ލަސްވެއްޖެ، " ގެއިން ނިކުންނަން ހިނގައިގަންނަމުން ރައިނާ އިޒިއަލް އަށް ގޮވާލިއެވެ. "ކާފާ ، މާމާ އަޅުގަނޑު ދަނީ އިނގޭ އަދި އަންނާނަން މާދަން " މިހެން ބުނެފައި އިޒިއަލް ގެއިން ނިކުމެ މަންމަ އާއި އެކު ދިޔައެވެ. ގެއަށް ގޮސް އަވަސް އަވަހަށް ކޮޓަރިއަށް ވަދެ އެއްޗެހި ބޭލުމަށްފަހު ތުވާލި އަނދެލައިގެން އިޒިއަލް ފާހަނައަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން އައިސް ނިދާ ހެނދުން ލުމަށް ފަހު އެނދުގައި ޖައްސާލީ ނިދޭތީއެވެ. ނަމަވެސް އެތަށް އިރެއް ވެގެން ދިޔައިރުވެސް އެ ލޮލަށް ނިދީގެ އަސަރެއްވެސް ކުރިހެން ހިޔެއްނުވިއެވެ. މީހުންގެ ތެރޭގައި އުފާވެރި މޫނުދެއްކި އިޒިއަލްގެ މޫނުން މިހާރު ފެންނަނީ ހިތާމައެވެ. ހިތްދަތިކަމެވެ. މުޅި މިހާ ހާސްވާން ފަށައިފިއެވެ. ނޭވާ ކުރުވަނީއެވެ. ލޮލުން ކަރުން ނުހިކެއެވެ. ދުނިޔެއަކީ އިމްތިހާނެއްކަންވެސް އިޒިއަލް އަށް އެނގެއެވެ. ނަމަވެސް މި އިމްތިހާނަކީ އިޒިއަލް އަށް އެހާ ފަސޭހަ އިމްތިހާނަކަށް ނުވިއެވެ. ދެން އިތުރަށް ހަދަންވީ ގޮތެއްވެސް ނޭންގުނެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އަނދިރިކަމެވެ. ބަނަ ވިލާކަތެވެ. މިއީ އިޒިއަލްއަށް މިންވަރުކުރެއްވި ގޮތްބާއެވެ. ނަމަވެސް ކުރިއަށް ދެން ކަންތައް ވާނީ ކިހިނެތްކަމެއްވެސް ނޭންގެއެވެ. އޮތީ ކިހާ ބަނަ އަނދިރިކަމެއްކަމެއްވެސް ނޭންގއެވެ. ނަމަވެސް އިޒިއަލް މި ހުރިހާ ކަމަކަށް ކެތްތެރިވާނެއވެ. ނަމަެސް މި ކެތްތެރިކަން ނިމުަކަށް އައިސް ދެންކަންތައްވާނީ ކިހިނެތްކަމެއްވެސް އެކަކަށްވެސް ނޭންގެއެވެ. އަނިޔާވެރިންނަނށް އެކަމުގެ ހައްޤު ސަޒާ ލިބޭނެހެތްޔެ؟ ނުނީ އެމީހުން ހަމަ މިގޮތަށް ދެން ހުރި ކުދިންގެ ދިރިއުޅުން ހަލާކުކޮށްލާނީބާއެވެ؟ ކުރިއަށް ކަންތައް ކުރަންވީ ކިހިނެތްކަމެއް ހުދު އިޒިއަލްގެ ޅަ ސިނކުޑިއަކަށް ނޭންގުނެވެ.

ވަރަށްވެސް ފުރިހަމަ. ހަޤީޤީ ވާހަކައަކަށް ވީމަ ބުނެދެން ނޭނގޭ ކަހަލަ އިހްސާސެއް ކުރެވެނީ. ވެއިޓިންގ ފޯރ ނެކްސްޓް އެޕިސޯޑްސް.
♥️♥️