ސައިރެން - 13

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

"އެދެމީހުން އެހަށް އަހަރެންގެ ކޮޓަރީގައި ބެހެއްޓީމައި ރައްކާތެރިވާނީ." ޒައިކާން އެހެން ބުނުމަށްފަހު އަތުން އަލިތަކެއް ފޮނުވައިލައި ދެމީހުން އެތަނުން ގެއްލުވައިލިއެވެ.

ދެން ޒައިކާންގޮސް ނިކާން ބާއްވައިފައި އޮތް ކޮށީގެ މަތިނަގައި ނިކާންގެ ކަރުގައި ހިފިއެވެ. އެވަގުތު ނޫކުލައިގެ އަލިގަނޑެއް އަރައި ނިކާން ބަދަލުވީ ނޫކުލައިގެ ސައިރެންއަކަށެވެ. އޭނާ މަޑުމަޑުން ލޯ ހުޅުވައިލަމުން އޭނާގެ ކައިރީގައ ތިބި މީހުންނަށް ނަޒަރު ހުއްޓުވައިލިއެވެ.

"ނޫރީން؟" ސައިރެންއެއްގެ ސިފައިގައި ނިކާންގެ ލޯބިވާ ކޮއްކޮ ހުރިކަމުގައި ވިއަސް އޭނާއަށް ނޫރީން ވަކިކުރަން އުނދަގުލެއް ނުވިއެވެ.

"ދޮންބޭ!" ނޫރީން ރޮއެގަންނަމުން ނިކާންގެ ގައިގައި ބައްދައިލިއެވެ. "ނިކާން.." ޒައިކާން ނިކާންއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމަށްފަހު ޒައިނީމެންނާއި ތަޢާރަފުކޮށްދިނެވެ.

"އަވިއާނާ......" ނޫރީންއަށް ބުނެވުނެވެ. "އަހަންނަށް ހީވަނީ އަވިއާނާ މިހާރުު އިންނާނީ.... އެފަށް ބާއްވައިފައި އޮންނަ ކޮޓަރީގަހެން." ޒަފްރުލް އެހެން ބުނުމާއިއެކު އެންމެން އެއްބަސްވީ އެކޮޓަރިއަށް ދިއުމަށެވެ.

ހުރިހާ ކުދިން އެތަނުން ނިކުންނަން ދޮރު ކުރިމައްޗަށްއެރި ތަނާ ހަމަ އެވަގުތު އެދޮރުގެ ކުރިމައްޗަށް އެރީ ދެއަންހެނުންނެވެ. ހުރިހާ ކުދިންނަށް އެދެމީހުން ރަނގަޅަށް ފެނުމާއިއެކު ލިބުނީ ބޮޑު ޝޮކެކެވެ.

"މަންމާ؟" ނޫރީންއަށާއި ނިކާންއަށާއި ޒައިކާންއަށާއި ޒައިނީއަށް އެހެން ބުނެވުނީ އެއްފަހަރާއެވެ. އެތާ ހުރީ ޒާބިޔާ އާއި މާޔާއެވެ. އެދެމީހުންވެސް ތިބީ ސައިރެންގެ ސިފައިގައެވެ.

"ދަރިފުޅުމެން މިތާ ކީތްކުރަނީ؟" ފާރަވެރިއަކަށް އަޑު އިވިދާނެތީ މާޔާ ވާހަކަ ދެއްކީ މަޑުންކަމުގައި ވިއަސް އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވޭކަން އެކުދިންނަކަށް ސިއްރެއް ނުވިއެވެ.

"މީ....." ޒައިކާން ބޮޑު ބިރެއް ފެނުނު ފަދައިން އެއްޗެކޭ ބުނަން އުޅުނެވެ.

"ދޮން...ދޮންބެ ހައްޔަރުކޮށްފަ ހު..ހުރީމަ ދޮންބެ ސަލާމަތްކުރަން އައީ." ނޫރީން ބުންޏެވެ.

"ދެން ބުނެބަލަ! ކީތްވެ ޒަފްރުލް އާއިއެކު ތިއުޅެނީ؟" މިފަހަރު ޒާބިޔާ ވާހަކަދެއްކި އިރު އެއަޑުގައި މަޑު ތުރުތުރުވުމެއްވާކަން އެކުދިންނަށް ފާހަގަވިއެވެ.

ނޫރީން ކުރިއަށް ޖެހިލުމަށްފަހު އެދެމީހުންނަށް ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޒާބިޔާ އާއި މާޔާ ތިބީ ހައިރާންވެފައެވެ.

"ދައްތާ! ސުވާލެއް އަހައިލަންތަ؟" ޒައިކާން މާޔާއަށް ބަލައިލުމަށްފަހު އެއްސެވެ. މާޔާ އާއެކޭ ބުންޏެވެ.

"ތިއީ އަސްލު ނޫރައްތަ ތަ؟" ޒައިކާން އެހެން އެހުމާއިއެކު ނޫރީންއަށާއި ނިކާންއަށް ވަޓްއޭ ބުންވުނެވެ.

"އޯލް ރައިޓް. އާނ! އަހަރެންގެ އަސްލު ނަމަކީ ނޫރާ ނުހާޒް... މާޔާ އަލީއެއް ނޫން. އަހަރެން ތިދެކުދިންނަށް އަސްލު ނަން އޮޅުވައިލީ ހަމަ ތިދެކުދިންގެ ރައްކަލަކަށް. އަހަރެންނަށް މަޖުބޫރުވީ. ތިދެކުދިންގެ އަސްލު ބައްޕައަކީ ޖުމާންއެއް ނޫން. ނިހާންއަކީ އަސްލު ތިކުދންގެ ބައްޕަ. އަހަރެންނާއި ނިހާން ދިމާވީ އަހަރެންގެ އުމުރުން 22 އަހަރުގަ. މޫދުގައި ގެނބެނިކޮށް ނިހާން އަހަރެން ސަލާމަތްކޮށްދިނީ. އޭގެ ފަހުން އަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވެގެން އެއްއަހަރު ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކުރީ. އޭގެ އެއްއަހަރު ފަހުން ނިކީ ލިބުނީ. ނިކީ ލިބުނުތާ 2އަހަރު ފަހުން ނޫރީ ލިބުނީ. އޭގެ އަހަރުތަކެއް ފަހުން ނިހާން އަހަރެންނަށް ފަށެއް ދީފައި ބުނީ އެފަށް ރައްކާކޮށް އޭތި ގެންގުޅޭށޭ. ނިހާން ތިދެކުދިން ދޫކޮށްފަ ދިޔައި ހަމަ އަހރެމެންނަށްޓަކައި. އަހަރެމެން އުފަލުގައި އުޅުމަށް..." ނޫރާ ކިޔައިދިނެވެ.

"އެހެންވީމާ އަހަރެންނަށް ވާހަކަ ދެއްކީ ބައްޕަ! ބައްޕާ!" ނޫރީންއަށް ބުނެވުނެވެ. "ފާރަވެރިންތަކެއް އަންނަންވާއިރަށް ދާން ހިނގާ!" ޒައިނީ ބުންޏެވެ.

ހުރިހާ އެންމެން ޒައިނީ އަށް އެއްބަސްވެ އެތަނުން ނިކުތެވެ. ޒަފްރުލް ފަރިތަކަމާއިއެކު ޖަލުކޮޓަރިއެއްގެ ކައިރިއަށް ދިޔައެވެ. އެއާއިއެކު އެތާނގައި ޖަހައިފައިވާ ބިއްލޫރިކޮޅަކުން ނޫރާ އެތެރެ ބަލައިލިއެވެ. ނޫރާއަށް އެތެރެ ފެނުމާއިއެކު އޭނާގެ ގައިން ހީބިހިނަގައިގަތެވެ. ނޫރާ އެހެން ދެލޯ ބޮޑުކޮށްލައިގެން ހުއްޓިފައި ހުރުމުން ނޫރީންވެސް އެތެރެ ބަލައިލިއެވެ. ނޫރީންއަށްވެސް ވީ ހަމަ ނޫރާއަށްވީވަރެވެ. އެދެމީހުން ހުރި ގޮތަށް ހުއްޓިފައި ހުރުމުން ޒައިކާން އެދެމީހުން ދުރުކޮށްފައި އެތެރެ ބަލައިލިއެވެ.

"މަ...މަން..މަންމާ!" ޒައިކާންގެ އެހެން ބުނީ ތުރުތުރު އަޅާ އަޑަކުންނެވެ.

"ކިހިނެތްވީ ޒައިކް؟" ޒާބިޔާ ހިތްއަވަސްކަމާއި އެކު އެހެން ބުނެލިއިރު ކޮންމެވެސް ސަބަބަކާއިހުރެ އޭނާގެ ހިތް ދިޔައީ ނޭނގޭ ބާރު މިނެއްގައި ތެޅެމުންނެެވެ.

"ބައް.." "ބައްޕަ؟" ޒައިކާން ބުނަން އުޅުނު ބަސް ޒައިނީ ފުރިހަމަކޮށްދިނެވެ.

"ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް ޒައިކް؟ ހީ އިޒް ނޯ މޯރ. ހައު އިޒް އިޓް..." ޒައިނީ އެހެން ބުނެ ނުނިމެނީސް ޒައިކާންގެ ފައިން ދޮރުގައި ޖެހުމުން އެދޮރު ބިންދައިގެން ދިޔައެވެ.

ލިބުނު ސިހުމާއިއެކު ޒައިނީއަށް ނިކާންގެ ގައިގައި ބައްދައިގަނެވުނެވެ. މިކަމަށް ތައްޔާރުނުވެ ހުރި ނިކާންއަށް ހީވީ ބޮޑު ބޯވައެއް އޭނާގެ ގައިގައި ބައްދައިލިހެންނެވެ. ނިކާންއަށް ތެޅިގަނެފައި ދުރަށް ޖެހެވުނެވެ. ޒައިނީ ލަދުން އިސްޖަހައިގެން ހުރުމަށްފަހު އިސްހިއްލައިލީ އެއްވެސް މީހަކު ވާހަކަ ނުދެއްކުމުންނެވެ. ޒައިނީއަށް ފެނުނު މަންޒަރާއިއެކު ހަޅޭނުލަވައިގަނެވުނީ ކިރިޔާއެވެ.

- ނުނިމޭ -

'ސައިރެން' ގެ 14ވަނަ ބަޔަށް އިންތިޒާރުކުރައްވާ!

ނޯޓް: މިހަފްތާއަށްފަހު މިވާހަކަ ދެން ގެނެވޭނީ މަދުވެގެން ހަފްތާއަކު 1 ދުވަހުއެެވެ.

    Please log in or register to bookmark.
    2k

    8 ޚިޔާލު

    1. މި ބައި ވެސް ވަރަށް ރީތި. ވަރަށް ރީތި ވާހަކައެއް. އެކަމަކު ތަންކޮޅެއް ކުރު. ގުޑް ސްޓޯރީ!
      ❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍

    2. ކޮން އިރަކުން ނެކްސްޓް ޕާޓް ކިޔާލަން ލިބޭނީ..؟؟

    ޚިޔާލު

    Your email address will not be published. Required fields are marked *