ތިޔަ ލޯބީގައި - 35

ފުންކޮށް ދެތިން ނޭވައިލަމުން އަމިއްލަ ނަފުސު ހިޞާރުކުރަމުންދިޔަ ރުޅިވެރިކަން މަތަކުރުމަށް ޝަޔަމް މަސައްކަތްކުރިއެވެ. އެހެނަސް އޭނާއަށް އޭނާއަށް ކާމިޔާބެއްނުވިއެވެ. "އަޅުގަނޑު ބަދަލުވީ ވަކި ނުހައިކްއަށްޓަކައެއްނޫން.. މިއީ އަޅުގަނޑުގެ އަމިއްލަ ނަފުސަށްޓަކައިކުރި ކަމެއް.. ދުވަހަކުވެސް އެކަކު ބުންޏަސް އިންޝާ ﷲ އަހަރެން މިބުރުގަލެއް ނުނަގާނަން.. އަދި މިގޮތަށް ހެދުން އެޅުމެއްވެސް ނުހުއްޓާނަން.." ޝަޔަމްގެ ވާހަކަހުރިގޮތުން އަަޒްހަރުވެސް ރުޅިއަންނަގޮތް ވިއެވެ. ހިތްހަމަނުޖެހިފައި އިންތަނުން އޭނާ ތެދުވިއެވެ.

"އަހަރެން ރީތިކޮށް ބުނީމަ ބުނާ އެއްޗެއް ކަލެއަށް އަޑުނީވެނީތަ؟" ޝަޔަމް އާއި ދިމާއަށް ފިޔަވަޅެއް އަޅައިލަމުން ހަރުއަޑުން އަޒްހަރު ބުނެލިއެވެ. އެދިމާއަށްއައި ސައިނާއަށް އެއަޑުއިވުމުން ހައިރާންވެފައި ހިނގުންބާރުކޮށްލީ ވެގެންއުޅޭގޮތެއް ބަލައިލުމުގެ ނިޔަތުގައެވެ. އެއްފަރާތުގައި ރޮވިފައިހުރި ޝަޔަމްއާއި އޭނާއަށް ބަލަހައްޓައިގެން ރުޅިގަދަވެފައިހުރި އަޒްހަރުފެނި ސައިނާ ސުވާލުއުފެދޭގޮތްވިއެވެ. ޝަޔަމް އައީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ. ނަމަވެސް ދެމީހުންގެ މޫނުމަތިންވެސް ފައުޅުވަމުންދިޔަ ކުލަވަރުން އޭނާއަށް ނޭނގި އެތަނުގައި ބޮޑުކަންތައްގަނޑެއް ހިނގައިފިކަން ސައިނާގެ ހިތްބުނެލިއެވެ.

ސައިނާ ފެނުމާއެކު އަޒްހަރުގެ ރުޅިވެރި ނަޒަރު އޭނާއަށް އަމާޒުވިއެވެ. "ކަލޭގެ މިހުރި ދަރިއަށް ވިސްނައިދީބަލަ.. އަހަރެން މިހާރު ބޯގޮވާވަރު ވެއްޖެ.. އެފާޑަށް ހެދުންއަޅައިގެން ހުއްޓައި އެކަކުވެސް އޭނާއާއި ކައިވެނިކުރާކަށް ނުރުހޭނެ.. ހީވަނީ އެހެންމީހުންގެ ކުރިމަތީގައި އަހަރެމެންގެ ޤަދަރު ނުވެއްޓިގެންތެޅޭ މީހެއްހެން.." ދަތްކުނޑިވިކައިލަމުން އަޒްހަރު ސައިނާއާއި ދިމާއަށް ހަޅޭއްލަވައިގަތެވެ.

"ތީގަ އަހަރެން ކީއްތަކުރާނީ؟ ބޮޑުވެފައިހުރި އަންހެންދަރިއެއްގެ ގަޔަށް ބޮލަށް އަހަރެންނަށް އެރޭތަ؟" އަޒްހަރުގެ ރާގުހުރިގޮތުން ސައިނާވެސް ހިތްހަމަނުޖެހޭގޮތްވިއެވެ.

"އަހަރެން އަދި ބޭނުމެއްނޫން ކައިވެންޏެއްކުރާކަށް.." ދެމީހުނަށް ވަކިވަކިން ބަލައިލަމުން އެހެން ބުނެލުމަށްފަހު އެތަނުން ދިއުމަށް ޝަޔަމް ދުއްވައިގަތެވެ. އެއްދިމާއަކުންވެސް އޭނާއަށް ހަމަޖެހުމެއްނެތީ ހެއްޔެވެ؟ މިހާރަކަށް އައިސް އަޒްހަރުގެ އަމަލުތައްް ހުންނަގޮތުން ޝަޔަމްގެ ހިތަށް ހާދަ އަސަރެއްކުރެއެވެ. އެއީ އެންމެ ކުޑަދުވަހުން ފެށިގެން އޭނާދެކެ އިންތިހާއަށް ލޯބިވި ބައްޕަ ބާއޭވެސް ހިތަށް އަރައެވެ.

"ތާހިރެއްނު.. އާން ހުރޭ އުމުރު ހުސްވެ މުސްކުޅިވަންދެން ކައިވެނިނުކޮށް.. އެކަމަކު ތިގޮތަށް ކިތަންމެ ދުވަހަކު ހުއްޓަސް ނުހައިކްއެއް ނާންނާނެ ކަލޭ ހޯދާކަށް.." އަޑުގެ ކޮޅަަށް އަޒްހަރު ހަޅޭއްލަވައިގަތެވެ. އެއަޑު ސާފުކޮށް ޝަޔަމްއަށް އިވުނެވެ. ދެލޯމަރައި ބާރުކޮށްލެވުނީ ހިތަށް އަރައިގެންދިގަ ތަދަކުންނެވެ. އޭނާގެ ހާލު އެންމެ ބޮޑަށް އެނގެންބޭނުންވި ފަރާތްތަކަށް އެއިން އެއްވެސްކަމެއް އިހުސާސުނުކުރެވުނީތީ ޝަޔަމްގެ ހިތުގައިޖެހުނެވެ. ކޮޓަރިއާއި ހަމައަށް އާދެވުމާއެކު އަވަސްއަވަހަށް ކޮޓަރިއަށްވަދެ ދޮރުޖަހަމުން ޝަޔަމް އައިސް އެނދުމައްޗަށް ވެއްޓިގަތެވެ.

ހިތްހަމަނުޖެހިފައި އަޒްހަރަށް ބަލައިލަމުން ސައިނާވެސް ޝަޔަމްގެ ފަހަތުން ދިއުމަށް ހިނގައިގަތެވެ. ކިތަންމެ ރުޅިއެއްއަޔަސް އެފަދައިން ޝަޔަމް ހިތާމަކުރާތަން ބަލަންހުންނާކަށް އޭނާއަށް ކެތެެއްނުވެއެވެ. ކޮންމެވެސް އެއްޗެއްކިޔައި ޝަޔަމް ހިތްހަމަޖައްސައިލުމުގެ ނިޔަތުގައި އޭނާއައިސް ޓަކިޖަހައިލަމުން މަޑުމަޑުން އެކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އެހިނދު ރޮމުން ގިސްލަމުންދިޔަ ހާލު ނަމާދަށް އަރައިހުރި ޝަޔަމްފެނި ދެލޯބޮޑުކޮށްލަމުން އަވަސް އަވަހަށް ސައިނާ ދޮރުލައްޕައިލިއެވެ. ލަސްހަރަކާތަކާއެކު ދޮރުގައިލެގިލަމުން އޭނާއަށް މަޑުމަޑުން މޭގައި ފިރުމައިލެވުނެވެ. ޝަޔަމް ނަމާދުކުރަމުންދިޔަތަންފެނި އޭނާއަށް އެކުރެވުނު އިހުސާސު ބަޔާންކުރަން ޚުދު އޭނާވެސް ނުކުޅެދުނެވެ. މުޅިހަށިގަނޑަށް އަރައިގެންދިޔަ ފިނިގަނޑާއެކު ގުޑިލަންވެސް ނޭނގިފައި އިރުކޮޅަކު ސައިނާއަށް ހުރެވުނެވެ. ދެލޯމަރައި ފުންނޭވައެއް ދޫކޮށްލަމުން މީހާ ހަމަޖެހިލުމަށްފަހު ލަސްލަހުން އެތަނުން ދިއުމަށް ސައިނާ ހިނގައިތެވެ.

ހިތަށް ކުރަމުންދިޔަ ވޭނުން ކެތްނުވެގެން އެންމެފަހުން ވުޟޫކޮށްލުމަށްފަހު ޝަޔަމް ނަމާދަށްއެރީ އެހިތުގެ ހާލު އޭނާގެ ވެރިރައްބު ފިޔަވައި އެހެން އެއްވެސްފަރާތަކަށް އިހުސާސުނުވާނެކަން އެނގުމުންނެވެ. ޚުދު އޭނާ ލޯބިން ބަލައިބޮޑުކުރި މައިންބަފައިންގެ ފަރާތުންވެސް ފެނުނީ ނުރުހުމާއި ދުރުކަމެވެ. އެންމެ ބޭނުންވި ދުވަހު އެމީހުންވެސް އޭނާއަށްކުރީ މަލާމާތާއި ފުރައްސާރައެވެ. ކޮންފަދަ ނާއިންސާފުވެރި ދުނިޔެއެއް ހެއްޔެވެ؟ ލޮލުން ފައިބަމުންދިޔަ ވޭނީ ކަރުނަތަކާއެކު ދެއަތް އުފުލައިލަމުން އެހިތުގެ ކޮންމެ އެދުމެއް ފުއްދަވައިދެންވުންއެދި ޝަޔަމް ދުޢާކުރަން ފެށިއެވެ.

*****
ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ހަޔާތަށް އައިސްފައިވި ބޮޑު ތޫފާނުން އަރައިގަންނާނެގޮތެއް ނޭނގި މާޔޫސްވެފައި ނުހައިކް ދިރިއުޅުމާއިގެން ކުރިއަށްދިޔުމަށް މަސައްކަތްކުރަމުން ދިޔައެވެ. ދެލޮލުގައި ނުފިލާ ރިހުމެއް އުފެދިފައިވީއިރު ހަޔާތުގެ ހުސްކަން އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އެހެން އޮފީހަކުން ވަޒީފާއެއް ލިބުނު ނަމަވެސް ނުހައިކްގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. އަބަދު ޝަޔަމްގެ ޚިޔާލުތަކަށް ގެއްލި އޭނާގެ ހާލެއް އެނގޭހިތުން ކެތްމަދުވެފައި ހޭދަކުރެވޭ ވަގުތުތަށްވަނީ ގިނަވެފައެވެ. ކެއުން ބުއިމާއި ދުރުވެ ގިނަވަގުތު މަސައްކަތުގައި މަޝްއޫލުވެ އުޅުންވަނީ ނުހައިކްގެ އާދައަކަށް ވެފައެވެ.

ނުހައިކް އުޅެމުންދިޔަގޮތާއި މެދުގައި ސާރާގެ ފިކުރުވަނީ ބޮޑުވެފައެވެ. މޫނުމަތިން އަބަދުމެ ފައުޅުވާންހުންނަ މާޔޫސްކަން ސާރާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ނުހައިކްގެ ހާލާއިމެދުގައި ކަންބޮޑުވެ އޭނާ ހިތާމަނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ވީވަރަކުން ނުހައިކްއަށް ހިތްވަރުދީ އޭނާއަށްޓަކައި ހުރުމަށް ސާރާ މަސައްކަތްކުރެއެވެ. އަބަދުމެ ސާރާގެ ދުޢާތަކުގައި އޭނާގެ ދަރިފުޅުގެ ގެއްލިފައިވި އުފާވެރިކަން އަނބުރައި ގެނެސްދެއްވުން އެދެވެންފެށިއެވެ. ސާރާގެ ކުރިމަތީގައި ނުހައިކް ހަމަޖެހޭގޮތް ދެއްކި ނަމަވެސް ދަރިޔެއްގެ ހިތުގެ ހާލު މަޔަކަށް އޮޅޭނެހެއްޔެވެ؟ ހުރިހައިކަމެއްވެސް ރަނގަޅުވާނެކަމަށް އޭނާއަށް ކުރެވެނީ އުއްމީދެވެ. އެއުއްމީދުގައި ކުރިއަށް ދިއުމަށް އޭނާވެސް ހިތްވަރުކުރަމުންދިޔައީ ނުހައިކްގެ އަތުގައި ހިފައިގެންހުރެއެވެ.

*****

ދުވަސްތައް ހަފުތާތަކަށް، ހަފުތާތަށް މަސްތަކަށް ބަދަލުވަމުންދިޔައިރު ޝަޔަމްގެ ހާލުވެސް ނުހައިކްއާއި ވަކި ތަފާތެއް ނެތެވެ. ގިނަވަގުތު މަސައްކަތުގައި މަޝްއޫލުވެ އޭނާގެ ވަގުތުތައް އެގޮތުގައި ހޭދަކުރަމުން ދިޔައެވެ. އެކަނިވެއްޖެ ކޮންމެ ވަގުތެއްގައި ޝަޔަމްގެ ސިކުނޑީގައި ރަސްކަންކުރަމުން ދިޔައީ ނުހައިކްގެ ޚިޔާލުތަކެވެ. އެހިތާމަތަށް ހިތުން ފުހެލަން އުނދަގޫވެ ކަރުނައިގެ ކަނޑުގައި އޭނާ ޣަރަގުވެގެންދިޔަސް ހިތްވަރުގެ ބަހެއް ބުނެލާނެ މީހެއްވެސް ނުވެއެވެ. އަޒްހަރުގެ ފަރާތުން ދުރުކަން ފިޔަވައި ޝަޔަމްއަށް އެހެން އެއްވެސް އެއްޗެއް އިހުސާސެއްނުވެއެވެ. ޝަޔަމް ފެނިއްޖެ ކޮންމެ ވަގުތެއްގައި އޭނާ ހެދުންއަޅާ ގޮތާއި ބެހި މަލާމާތާއި ފުރައްސާރަކުރުންތައް އޭނާގެ ލޯބިވާ ބައްޕަގެ ފުށުން ތަހައްމަލުކުރަން އޭނާއަށްވަނީ ޖެހިފައެވެ. މުޅި ގޭތެރޭގެ އުފާވެެރިކަމާއި ހަމަޖެހުންވަނީ ގެއްލިފައެވެ. އަޒްހަރު ހުރީ ކޮންމެ ގޮތަކުންވިއަސް ޝަޔަމްގެ ބުރުގާ ބާލުވައި އޭނާގެ ކައިވެނި ގަދަކަމުންވިއަސް ކުރުވަން ބޭނުންވެފައެވެ. އަޒްހަރުގެ ގޮތުގައި އޭނާ ހިފަހައްޓަމުންދިޔައިރު ގޭގެ ނޯކަރުންގެ ފަރާތުންވެސް އަޒްހަރުގެ އަމަލުތަކާއިމެެދުގައި ނުރުހުން ފައުޅުކުރަމުން ދިޔައެވެ. އެހެނަސް އެނުރުހުންތެރިކަމާއި ޝަޔަމްއަށްޓަކައި ހަމްދަރުދީ ފައުޅުކުރަމުން ދިޔައީ ހަމައެކަނި އެމީހުންގެ މެދުގައެވެ. އިސްވެ އެއްޗެއް ބުނާކަށް ހަމަހިލާ އެކަކަށްވެސް ނުކެރެއެވެ.

މިހުރިހައިކަމެއް ގޭތެރޭގައި ހިނގަމުންދިޔައިރު ސައިނާގެ ފަރާތުން ފެންނަމުންދިޔައީ ހަމަހިމޭންކަމެވެ. އަޒްހަރުގެ އެއްވެސް އަމަލެއްގައި ސައިނާ އެއްބާރުލުން ނުދޭތީ އެކަމާއި އަޒްހަރުވަނީ ސައިނާދެކެވެސް ނުރުހިފައެވެ. އޭނާ ދެކޭގޮތުގައި ސައިނާއަށް ޝަޔަމްގެ ވިސްނުން ބަދަލުކުރެވެން ޖެހޭނެއެވެ. ނަމަވެސް ސައިނާ އެއްވެސް އެއްޗެއް ޝަޔަމްއާއި ދިމާއަށް ބުނާތީ އަޒްހަރު ނުދެކެއެވެ.

ޝަޔަމް ނަމާދުކުރިތަން ފެނުނު ދުވަހުންފެށިގެން ސައިނާގެ ނަފުސަށްވަނީ ނޭނގޭ އެތައްގޮތްތަކެއް ވެފައެވެ. ޝަޔަމްގެ އުޅުމާއި މެދުގައި ނުރުހުން ފައުޅުކޮށް ހިތްހަމަނުޖެހެން ބޭނުންވިއަސް އެކަމެއް އޭނާއަކަށް ނުވެއެވެ. އޭގެ ބަދަލުގައި ޝަޔަމް ގޭގައި ހޭދަކުރާ ވަގުތުތަކުގައި ސިއްރު ސިއްރުން އޭނާގެ އުޅުމަށް ސައިނާ ދިޔައީ ފާރަލަމުންނެވެ.

ގޭގެ ބަގީޗާތެރޭގައި އިނދެ ޝަޔަމް ޤުރުއާނުގެ މާތް ކަލިމަތަކާއި އޭގެ މާނަ ކިޔަމުންދާއިރު ޝަޔަމްއަށް ނުފެންނާނެހެންހުރެ އެއަޑު އެހުމުގައި ސައިނާ ވަގުތުތައް ހޭދަކުރެއެވެ. އޭނާއަށް އެފަދައިން ކަންތައްކުރެވެނީ ކީއްވެކަން ނޭނގުނަސް އެކަމުން އެހިތަށް ހަމަޖެހުން ލިބެމުންދިޔައެވެ. ގޭގައި އަޒްހަރު ނެތްވަގުތެއްނަމަ ޝަޔަމްގެ ކޮޓަރިން އަބަދު އިވިއިވި ހުންނަ ޤުރުއާނުގެ އަޑަށް އޭނާގެ ނަފުސުއާދަވަމުންދިޔައެވެ. ނޭނގުމުގެ ތެރޭގައިވެސް އެކަންކަމަށް އޭނާގެ ހިތްޖެހެމުންދިޔައެވެ. މުޅި ރޫޙަށް ލިއްބައިދޭ ހަމަޖެހުމުގައި ސިކުނޑީގެ ބުރަކަން ނެތިދެއެވެ.

އަޒްހަރު ގޭގައި ނެތްވަގުތެއްކަމުން ކޮޓަރީގައި ޚިޔާލަކަށް ގެއްލިފައި އެނދުގައި ސައިނާ އޮތެވެ. އެކިކަންކަމާއި މެދުގައި ފިކުރުހިންގެމުން ދިޔައިރު ޝަޔަމްގެ އަމަލުތަކުގެ ސަބަބުން ކުޑައިރު މުހުސިނާއާއި އެކުގައި ނަމާދުކުރި ދުވަސްތަކުގެ ހަނދާންތައް އާވަމުން ދިޔައެވެ. ނުވެސްދެނެ ހުއްޓައި ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެތް ވެއްޓުނެވެ. އެދުވަސްތަކުގައި މުހުސިނާ އޭނާއަށްދީފައިވި އަގުހުރި ނަސޭހަތްތަކުގެ މަތިން ހަނދާންވިއެވެ. އެނަސޭހަތުގައި އޭނާއަށް ކޮޅުފައިންޖެހިއްޖެކަމުގެ ކުށްވެރި އިހުސާސުން އޭނާގެ ހިތަށް ތަދުވެގެންދިޔައެވެ. އެވާހަކަތަކުގެ ތެދުކަން މިއަދު އޭނާގެ ލޯބިވާ ދަރިފުޅު ހާމަކޮށްދީފިއެވެ. ހުރިހައި ހިތާމައެއް އެކަނިމައި އެކަނި އުފުލަމުންދިޔައިރުވެސް އެދަރިފުޅު ކެތްތެރިވަމުންދާގޮތްފެނި އޭނާ ހުރީ ހައިރާންވެފައެވެ. ދުލުން އުފްވެސް ބުނެލާތީ އޭނާއަޑެއް ނާހައެވެ. އެހެނަސް އެދަރިފުޅުގެ މޫނުމަތީގައި ނުފިލައިހުންނަ އެރިހުން އޭނާއަށް ފެނެއެވެ. އެކަނިހުރެ ޝަޔަމް ކުރަމުންދިޔަ ހިތާމަވެސް އޭނާއަށް ސިއްރުވެފައެއް ނެތެވެ. ދަރިފުޅަށްޓަކައި ފުރަތަމަ ފަހަރަށް އެހިތުގައި ރިއްސައިލިއެވެ. ޝަޔަމްގެ އުފާވެރިކަން އެހެން ހުރިހައިކަމެއްގެ މައްޗަށް އިސްވެގެންދިޔައެވެ. އެމޫނުމަތިން ގެއްލިފައިފި ދިރުމާއި ހިނިތުންވުން އަނބުރައި ގެނައުމަށް އޭނާގެ ހިތް އެދެން ފެށިއެވެ. 9 މަސްވަންދެން އެބަނޑުގައި ޝަޔަމް އުފުލީ އޭނާއެވެ. އެދަރިފުޅަށްޓަކައި އޭނާވި ގުރުބާނީވެސް އެންމެ ރަނގަޅަށް އެނގޭނީ ޚުދު އޭނާއަށެވެ. ވީއިރު މިއަދު އެދަރިފުޅު އެހައިބޮޑު ހިތާމައެއް އުފުލަން ދޫކޮށްލެވޭނެހެއްޔެވެ؟

އިޚްތިޔާރުން ބޭރުގައި ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އެނދުން ތެދުވެ ކޮޓަރިން ނުކުންނަން ސައިނާ ހިނގައިގަތެވެ. ކުދިފިޔަވަޅުތަކެއް އަޅަމުން އައިސް އޭނާ ގޭގެ ބެލްކަނީގައި ބަގީޗާތެރެ ފެންނާނެހެން މަޑުކޮށްލިއެވެ. ފިނިމޫސުމުގެ ދުވަސްތައްކަމުން މުޅި މާހައުލު ހީވަނީ ހުދުކުލައިގެ ސާލެއް އޮޅައިލައިގެން އޮތްހެންނެވެ. ކޮނޑުގައި އޮޅައިލައިފިވި ޝޯލް ރަނގަޅުކޮށްލަމުން ވަށައިގެން ސައިނާ ނަޒަރު ހިންގައިލިއެވެ. އެވަގުތު އޮހެންފެށި ސްނޯގެ ސަބަބުން މަންޒަރު އިތުރަށް ފުރިހަމަވެގެންދިޔައެވެ.

ދުރުގައިހުރި ލަކުޑި ބެންޗްގައި އިނށީދެ އެއްފަރާތަކަށް ގެއްލިފައިއިން ޝަޔަމް އޭނާގެ ލޮލުގައި އަޅައިގަތެވެ. އަބާޔާގެ މަތިން ފިނިން ސަލާމަތްވުމަށްޓަކައި އޭނާ ލައިގެން އިން ބޯކެހެރި ޖެކެޓް ޝަޔަމް އާއި ނުހަނު ގުޅެއެވެ. މާހައުލު ކިތަންމެ ހިތްގައިމު ނަމަވެސް ޝަޔަމްގެ މޫނުމަތީގައި ރަސްކަންކުރަމުންދިޔަ މާޔޫސްކަމާއި ހިތްދަތިކަން ފިލައިގެނެއް ނުދެއެވެ. ދެލޮލުން ފައުޅުވަމުންދިޔަ ހުސްކަން ކިތަންމެ ރީއްޗަކަށްވެސް ބަލައިފި މީހަކަށް ފާހަގަވާނެއެވެ. ޝަޔަމްގެ މުޅި ނަފުސަށް ވެރިވެފައިވި މަޑުމައިތިރިކަން ހުއްޓުންއަރައިފައި އެހެން އިންއިރު ފައުޅުވަމުންދިޔައެވެ. ފިނި މޫސުމަކީ ޝަޔަމް އެންމެ ގަޔާވާ ދުވަސްތައްކަމުގައިވިއަސް އަދު އޭރުގެ އެއްވެސް އުފާވެރިކަމެއް އޮހޮމުންދިޔަ ސްނޯގެ ސަބަބުންވެސް އޭނާގެ ފަރާތަކުންނެއް ނުފެނެއެވެ.

އިސްޖަހައިލަމުން ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ޝަޔަމް ފުހެލިތަން ރީތިކޮށް ސައިނާ ދުއްޓެވެ. ހިތަށް އިހުސާސުވެލި ތަދުން އޭނާއަށް މޭގައި ފިރުމައިލެވުނެވެ. އެދަރިފުޅުގެ ކޮންމެ ހަރަކާތަކުން ޒަޚަމްވެފައިވި އެހިތުގެ ހާލު ބަޔާންކޮށްދެމުންދާކަހަލައެވެ. ހިތަށްވެރިވަމުންދިޔަ ޚިޔާލުތަކުން ސައިނާގެ ދެލޮލަށްވެސް ކަރުނަތައް ބޮނޑިވެގަތެވެ. ޝަޔަމްއަށް ބަލަންހުއްޓައި އިސްއުފުލައިލަމުން ޝަޔަމް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެވަގުތު އޭނާއަށް ބަލަހައްޓައިގެން ބެލްކަނީގައި ހުއްޓިހުރި ސައިނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ގަދަކަމުން ހިނިތުންވެލަން ޝަޔަމް މަސައްކަތްކުރިއެވެ. އެހެނަސް ދިރުންގެއްލިފައިވި އެމޫނުމައްޗަށް ހިނިތުންވުން ގެނައުމުގައި އޭނާ ނުކުޅެދުނެވެ. އެތަންފެނި ސައިނާގެ ހިތުގައިވި ރިހުން އިތުރަަަށް ގަދަވެގެންދިޔައެވެ. އޭނާއަށް އަމާޒުވެފައިވި އެދެލޮލުން އެތައް ވާހަކައެއް އެއްފަހަރައި ޝަޔަމް ބުނެލިކަހަލައެވެ. އިތުރަށް އެމަންޒަރުބަލަން ކެތްނުވެ ލޮލުން އޮހޮރިގަތް ކަރުނަތަކާއެކު ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އެތަނުން ދިއުމަަށް ސައިނާ އަވަސްވެގަތެވެ. ގޭތެރެއަށް ވަދެވުމާއެކު އަނގަމަތީގައި އަތް އަޅައިލަމުން ބާރަށް ދުވެފައި އައިސް އޭނާ ކޮޓަރިއަށް ވަނެވެ. ދޮރުޖަހަންވެސް ހަނދާންނެތި ކުރިމަތީގައިހުރެ ކޯޓު ބައިލަމުންދިޔަ އަޒްހަރު ފެނުމުން އެދިމާއަށް ސައިނާ ހިނގައިގަތެވެ.

"އަޒްހަރު.." ރޮވިފައި ސައިނާ ގޮވައިލިގޮތުން ފަހަތަށް އެނބުރިލަމުން ސުވާލުގެ ނަޒަރަކުން އަޒްހަރު ބަލައިލިއެވެ. "ކިހިނެއްވީ؟ ކީއްވެ ތިރޮނީ؟" ސައިނާގެ ދެކޮނޑުގައި ހިފައިލަމުން ކަންބޮޑުވެފައި އަޒްހަރު އަހައިލިއެވެ.

"ޕްލީޒް އަޒްހަރު.. އަހަރުމެންގެ ދަރިފުޅު ސަލާމަތްކުރޭ... އެދަރިފުޅު.. ހިތާމައިންގޮސް.. މަރުވެދާނެ.." އަޒްހަރުގެ ދެއަތުގައި ބާރަށް ހިފައިލަމުން ސައިނާ އާދޭހާއެކު ބުނެލިއެވެ. ވަގުތުން އަޒްހަރުގެ މޫނުމަތީގައި ރަސްކަންކުރަމުންދިޔަ ކަންބޮޑުވުމުގެ އަސަރުތައްފިލައި ހިތްހަމަނުޖެހުން ވެރިވެގެންދިޔައެވެ.

"ކޮން މޮޔަ ވާހަކަތަކެއް ސައިނާ ތިދައްކަނީ؟ އަހަރެން އޭނައަށް އެބަ ކަމެއްކުރަންތަ؟ ކާކުތަ ބުނީ އޭނާ ގާތު އެފާޑަށް އުޅޭށޭ..؟ މީހަކުބުނެގެންތަ އެކުރާ ހިތާމައެއް އެކުރަނީ؟" ސައިނާގެ އަތްފޮޅުވައިލަމުން އަޒްހަރު ބުނެލިއެވެ.

"ނޫން.. ތިހާ ހިތްހަރުނުވެބަލަ އަޒްހަރު.. އެއީ އަހަރުމެންގެ ލޯބިވާ ދަރިފުޅެއްނު.. އަަހަރުމެން ދެމީހުންގެހުރި ހަމައެކަނި ދަރިފުޅެއްނު.. ޝަޔަމްގެ އުފަލަށްވުރެ އެހެން އެއްވެސްކަމެއް އަހަރުމެންނަށް މުހިންމުވެގެން ނުވާނެ.. ޕްލީޒް.. ހިނގާ ނުހައިކްގެ ގާތަށްދާން.. އޭނާ ގާތު ސަލާންޖަހާ އާދޭސްކޮށްގެންވިއަސް އަހަރެން ބޭނުން ޝަޔޫގެ ލޯބި ޝަޔޫއަށް ހޯދައިދޭން.. އެހެން އެއްވެސްކަމެއް އަހަރެންނަކަށް މުހިންމެއްނޫން.. އެދަރިއުޅޭ ހާލު އެންމެ ރަނގަޅަށް އެނގޭނީ އަހަރެންނަކަށްނު.. ރަނގަޅަށް ކަނީކީނޫން.. ބޮނީކީނޫން.. ނިދަނީކީނޫން.. އެހެން އަބަދު އުޅެންވެއްޖެނަމަ އަހަރެމެންގެ އެލޯބިވާ ދަރިފުޅު ބަލިވެދާނެ.. އާދޭސްކުރަން.. އަޒްހަރުގެ ހިތަށް ހަމަ އެއްވެސް އަސަރެއް ނުކުރޭތަ؟" އަނެއްކާވެސް އަޒްހަރުގެ ގައިގައި ހިފައިގަންނަމުން ސައިނާ ބުނެލިއެވެ.

"ސައިނާ މޮޔަވީތަ؟ އަހަރެންތަ ދާންވީ އެފެންވަރެއްނެތް ބައެއްގެ ގާތަށް އާދޭސްކުރަން؟ ޗީ.. ހުވަފެނުންވެސް އަހަރެން ތިފަދަކަމެއް ނުކުރާނަން.. ޝަޔަމް އެފާޑަށް އެއުޅެނީ އަމިއްލައަށް.. ގޮތް ދައްކަންވެގެން.. އެހެންނޫނަސް ސައިނާ ތިބުނަނީ އަހަރެން އެހައިބުރަމަސައްކަތުން ކުރި ހުރިހައިކަމެއް ފަނުފުލުން ދުއްވައިލާށޭތަ؟" ރުޅިއައިސްގެންގޮސް އަޒްހަރު ރޫރޫއަޅަމުންދިޔައިރު އޭނާގެ އަޑުވެސް ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ.

"ކީކޭ؟ ބުރަމަސައްކަތުންކުރި ކޮންކަމެއް؟ އަހަރެންނަކަށް ނުވިސްނުނު.." ނިތަށް ރޫއަރުވައިލަމުން ހިސާބަކަށް ހައިރާންވެފައި ސައިނާ އަހައިލިއެވެ.

"އާން.. ކަލެއަކަށް ނުވިސްނޭނެ.. އެހުރިހައިކަމަކާއި އުޅުނީ އަހަރެން ވިއްޔަ.. ބަލަ ޝަޔަމްގެ ހަޔާތުން ނުހައިކް ފައްސައިލީ އަހަރެންނޭ.. ކަލޭމެންނަށް ހީވަނީ އެއީ އޭނަ އަމިއްލައަށް ޝަޔަމްއާއެއްކޮށް އުޅެން ބޭނުންނުވެގެން ކުރިކަމެއްކަމަށްތަ؟ ހައް.. އެފިރިހެނާހުރީ ޝަޔަމް އާ ހަމަ ރަނގަޅަށްވެސް އަވަލަވާފަ.. އޭނަ ބޭނުންވެގެން ދުވަހަކުވެސް ޝަޔަމް ދޫކޮށެއްނުލާނެ.." ފުންކޮށްނޭވާލަމުންދިޔަ އަޒްހަރު ވިސްނައިނުލައި ހިތަށް އަންނަމުންދިޔަ ހުރިހައި އެއްޗެއް ދުލުން ބޭރުކުރަމުން ދިޔައެވެ. އަޒްހަރުގެ ވާހަކަތަކުން އިތުރަށް ސައިނާ ސުވާލުއުފެދޭގޮތްވިއެވެ. އެއްގޮތަކަށްވެސް އަޒްހަރު ބުނަމުންދިޔަ އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ.

"އަޒްހަރު ކީކޭތަ ތިކިޔަނީ؟ ޝަޔަމްގެ ދިރިއުޅުމުން ނުހައިކް ފައްސައިލީއޭ؟ ކިހިނެއް؟ ކޮންްއިރަކު؟؟" ހައިރާންކަމާއެކު ސައިނާ އަނެއްކާވެސް އަހައިލިއެވެ.

" އާން.. ކަލޭ ހަގީގަތުގައިވެސް ހީކުރީ އެދުވަސްކޮޅު އަހަރެން ދިޔައީ ވިޔަފާރި ދަތުރަކު ކަމަށްތަ؟ ނޫން.. އަހަރެން ދިޔައީ ރާއްޖެއަށް.. ޖޯންގެ އެހީގައި ނުހައިކްއާއި އޭނާގެ އާއިލާގެ އެންމެ ކުދިކުދި ކަންކަމަށްދަންދެން އަހަރެން ހޯދިން.. އުޅޭ ނޫޅޭގޮތް ފާރަލައި ރަނގަޅަށްބެލިން.." އެދުވަސްތަކު ރާއްޖެ ދިއުމަށްފަހު އޭނާ ކަންތައް ކުރިގޮތް ބޮޑާވެލަައިފައި އަޒްހަރު ސައިނާއަށް ކިޔައިދެމުންދިޔައެވެ. ސާރާ ކިޑްނެޕް ކުރި ހިސާބުން ފެށިގެން ނުހައިކްއަށް މަޖުބޫރުކޮށް އޭނާ އާއި ޝަޔަމް ދުރުކުރުވިގޮތުގެ ވާހަކަތައްވެސް ކިޔައިދިނެވެ. އޭރު އޭނާގެ މޫނުމަތިން ކާމިޔާބީގެ ބޮޑާ ހިނިތުންވުމެއް ފައުޅުވަމުންދިޔައެވެ.

އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެފައި ހުއްޓުންއަަރައިފައި ސައިނާއަށް ހުރެވުނީއެވެ. ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައިހުރިއިރު އޭނާގެ ސިކުނޑީގެ މަސައްކަތްކުރުންވެސް ހިނދުކޮޅަކަށް ހުއްޓިފައިވިކަހަލައެވެ. އަޒްހަރުގެ އަމަލުތައް އެދަރަޖައަށް ވެއްޓިގެން ހިނގައިދާނެކަމަކަށް ފަހަރެއްގައިވެސް ސައިނާއަށް ހީކުރެވިފައެއްނެތެވެ. އަޒްހަރު އެހައި ރަހުމުކުޑަވެ އަނިޔާވެރިވެދާނޭ ހުވަފެނުގައިވެސް ސައިނާގެ ހިތަށް ނާރައެވެ. މިހުރިހައިދުވަހު ކައިވެނިކޮށްގެން އުޅުނުއިރުވެސް އަޒްހަރުގެ އެސިފަތަކެއް ސައިނާ ނުދެކެއެވެ. އެހެންވީމައި އަދިވެސް އޭނާއަށް އަޒްހަރު ރަނގަޅަށް ދަސްނުވަނީތާއޭ އެވަގުތު ސައިނާގެ ހިތަށް އެރިއެވެ.

ރަނގަޅަށް ކަންކަންވިސްނި ހަރަކާތްކޮށްލެވުމާއެކު ދަތްކުނޑިވިކައިލަމުން ސައިނާ އަޒްހަރުގެ މޫނުމަތީގައި ޖެހިއެވެ. އެއްފަހަރާ ކުރެވިގެންދިޔަ އިހުސާސުތަކުން ބުނާނެ އެއްޗެއްވެސް ސައިނާގެ ސިކުނޑިއަކަށް ނައެވެ. އޭރު އައިސްފައިވި ގަދަ ރުޅިއާއެއްކޮށް އޭނައަށް ރޮވެމުންވެސް ދިޔައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުމަތިން ބިއްލޫރި އެއްޗެއް ވެއްޓި ތަޅައިގެންދިޔަ އަޑަށް ސިހިފައި ދެމީހުނަށް އެދިމާއަށް ބަލައިލެވުނެވެ. ދެލޯބޮޑުވެ ގަނޑު އަރައިފައި އެތަނުގައި ހުއްޓިހުރި ޝަޔަމް ފެނުމުން ދެމީހުންނަށްވެސް ހާސްކަން ވެރިވެގެންދިޔައެވެ. "ޝަޔޫ.." ކަންބޮޑުވެފައި ވައިއަޑުން ސައިނާއަށް ގޮވައިލެވުނެވެ.

(ނުނިމޭ)

  Please log in or register to bookmark.
  4k

  19 ޚިޔާލު

  1. ވޯވް...ދިސް ޕާރޓް އީޒް ގްރީޓް..💯💯💯ހަމަ އެންމެ ބޭނުންވި ގޮތް އެވީ އެންމެފަހުން....🙂🙂ކިއުރިއަސްލީ ވެއިޓިންގ ފޯރ ދަ ނެކްސްޓް ޕާރޓް❤️❤️❤️❤️

  2. ލަމްޔާ އެންޑް ޒާއިން ގެ ބައި ވެސް ކޮންމެ ދުވަހަކު ވެސް ގެނެސްދީބާ ... ވާހަކަ ވަރަށް ރީތި

  3. ބުރުގަލެއް މިއީ ކުށްބަހެއްދޮއްތޮ
   ހީވާގޮތުން ރނގަޅުގޮތަކީ ބުރުގައެއް

   • ތެންކްސް ޑިއަރ.. ޔާ އަޅުގަނޑަށްވެސް ހީވަނީ ތިހެންކަންނޭނގެ އިންނާނީ.. ތެންކްސް މިސްޓޭކެއް ފާހަގަކޮށްލަ ދިނީމަ.. އިންޝާ ﷲ ކުރިއަށްއޮތް ތަނުގަ ރަނގަޅުކުރާނަން..💖

  4. ބުރުގަލެއް މިއީ ކުށްބަހެއްދޮއްތޮ
   ހީވާގޮތުން ރަނގަޅުގޮތަކީ ބުރުގައެއް

  5. މިބައިވެސް.. ވަރަށް ވަރަށް ވަރަށް.. ރީތި💖❤🌈.. މާޝާ ﷲ!!! އަޅޭ.. ޝަޔަމް ހާދަ އެކަނިވެރިވެފައިއޭ އެ ހުންނަނީ..😔😭 ޖަސްޓް ސްޓޮޕް ކްރައިން ޝަޔޫ 😊 ނުހައިކްވެސް ހަމަ އެ ހާލުގައި 😢😔.. ކީއްވެ މި ޕާޓް ލަސްވީ!! އެން ވެރީ ކިޔުރިއަސް އިނގޭ ދެން އިން ޕާޓަށް☺💖✌ ލަވް ޔޫ 💖 އެން ސްޓޭ ސޭފް 💜❤

  6. ސަލާމް އޯލް.. ދެން އިންބައި އިންޝާ ﷲ ބުރާސްފަތި ދުވަހު އަޕްކޮށްލާނަން.. ތެންކްސް ފޯ ދި ސަޕޯޓް.. ލަވް ޔޫ އޯލް.. ސްޓޭ ސޭފް އެވްރިވަން.. 🥰❤

   12
  7. މާޝާ ﷲ!! މިބައިވެސް ވަރަށް ރީތި ❤💖💞 ޝަޔަމް ހާދަ ހިތާމައެއް އެބަކުރޭ! އަބަދު ހިތާމައިގަ 😭😔 ނުހައިކެވެސް ހަމަ އެހާލުގައި 😭😭😔 ވަރަށް ކިޔުރިއަސް އިނގޭ! ދެންއިންބައިގަވެސް ގެނެސްދޭނީ ނު-ޔަމް މެންގެ ބައި އިނގޭ 😊 ދެންއިންބަޔަށް އިންތިޒާރުކުރަން 💝💞 ލަވްޔޫ އެން ސްޓޭ ސޭފް 💜✌

  ޚިޔާލު

  Your email address will not be published.