ފުއާފް - 9

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

" ލީން...؟ ހަނދާންވޭތަ؟ މިއީ ކޮން މަހެއްކަން އިނގޭތަ؟ " އެއަޑު އިހުނަށްވުރެ ގަދަވެގެން ދިޔަ ވަގުތު ފައިޒަން އަލައިނާއާ ގާތަށް އަންނަން ފެށިއެވެ. ހުސްކަޅުކުލައިގެ ދެލޮލުން އެސްފިޔަވެސް ޖަހާނުލާ ހިނގަމުން އައި އިރު ހީވަނީ ރޮބެޓެއްހެންނެވެ. އަލައިނާ ބިރުގަންނަން ފެށީ ދެނެވެ. ފައިޒަން ކުރިޔަށް އަންނަން ނަގާ ކޮންމެ ފިޔަވަޅަކަށް އަލައިނާ ފަހަތަށް ފިޔަވަޅެއް އަޅަމުން ދިޔައިރު ބިރުން ގޮސް މީހާ ދާހިތްލާ ފޯވަމުން ދިޔައެވެ. ދުއްވައިގަންނަން ވެސް ނޭނގި އަލައިނާ ފަހަތަށް ފަހަތަށް ޖެހެމުން ގޮސް މަތަވީ ރުކެއްގައެވެ. އަލައިނާ ފައިޒަންއަށް ނުބަލަން ދެލޯ މަރާ ތަގުޅިކޮއްލިއެވެ. އޭރުވެސް ފައިޒަން އޭނަގެ ގާތަށް އަންނަމުން ދިޔައެވެ. ފައިޒަން އައިސް އަލައިނާގެ ބޮލަށް ފިޝް ބައުލްގައި ހުރި ފެންތައް އޮއްސާލިއެވެ. އެހިސާބުން އަޑުން އަޑުނަގައި އަލައިނާއަށް ރޮވެން ފެށުނެވެ.
އަލައިނާ އެއިން ގޮތަށް ކުއްލިއަކަށް މީހަކު އޭނަގެ ގައިގައި ބައްދާލިއެވެ. އަލައިނާއަށް ސިހިފައި ހަޅޭލަވައިގަނެވުނެވެ. އަދި އެމީހަކު ދުރަށް ކޮއްޕާލެވުނެވެ. އެހެނަސް ލޯހުޅުވާކަށް ގަސްތެއް ނުކުރިއެވެ.
" ލީން... މިއީ މަށޭ... ފައިޒަން.. " އިވުނީ ފައިޒަންގެ އަސްލު އަޑެވެ. އަލައިނާ ދެލޯމަތީގައި އަތްއަޅާލީ ފައިޒަންއަށް ބަލަން ބޭނުންނުވުމުންނެވެ.
" ލީން.. ކިހިނެތްތަ ވީ ލަވް؟ " އޯގާތެރިކަމާއެކު ފައިޒަން އަލައިނާގެ ގައިގައި ފިރުމާލިއެވެ. އަލައިނާއަށް އެއަތް ފޮޅާލެވުނެވެ.
" ލީން.. ޓެލްމީ ވަޓްސް ރޯންގް؟ " ފައިޒަން އަލައިނާގެ ދެކޮނޑުގައި ހިފާ ތަޅުވާލިއެވެ. ހަމަ އެވަގުތު ދުރުން ގަސްތައް ހެލިލި އަޑު އިވިގެން ފައިޒަންއަށް އެދިމާއަށް ބަލާލެވުނެވެ. ދުރުގައި ހުރި އެއްކަލަ ހިޔަނި ފެނިފައި ވަގުތުން ނިތައް ރޫތައް ގިނަވެގެން ދިޔައެވެ. ފައިޒަން ވަގުތުން އަލައިނާގެ ކަންފަތުގައި އަތްއަޅާލިއެވެ.
" ހާދަ މަޖަލޭ މިއިންސާނުންގެ ސިކުނޑިތަކާ ކުޅެން... " ކުރަކި ބަރު އަޑަކާއެކު އެހިޔަނި ހޭންފެށުމުން މުޅި އެހިސާބުގައިވާ ދޫނި ސޫފާސޫފިތައް އަޑުން އަޑުނަގައި ހަޅޭލަވަމުން ދިޔައެވެ.
" ކަލޭ ބުނެބަލަ ކަލެޔަށް ކޮން ފައިދާއެއްވަނީ ތިއިންސާނާއެކު އުޅެގެން؟ އެއީ އާރެއް ބާރެއް ނެތް އިންސާނެއް. އޭނަޔަށް ކަލޭ ސަލާމަތެއް ނުކުރެވޭނެ ކަމެއް ވިޔަސް... " އެހިޔަނި މަޑުމަޑުން ފައިޒަންގެ ގާތަށް އަންނަން ފެށިއެވެ.
" އަހަރެން އޭނަދެކެވަނީ ލޯބި... ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން ކަލެޔަށް އެނގޭނީ ކަލެޔަށް މީހަކުދެކެ ލޯބިވެވުމުން.. " ފައިޒަންއަށް ބަލާލެވުނީ އަލައިނާއަށެވެ. މަޑުމަޑުން ދެލޯ ހުޅުވަން މަސައްކަތްކުރަމުން ދިޔަ އަލައިނާ ފެނިފައި ފައިޒަން ތުންތަޅުވާލުމަށްފަހު އަލައިނާގެ މޫނަށް ފުމެލިއެވެ. އެހިސާބުން އަލައިނާގެ ގާތަށް ނިދިއަންނަން ފެށީ ރޭގައި ކަންތައް ވީގޮތަށެވެ.
" އައާ... ތިހެން އަދި ކޮންމެ ފަހަރަކު ކަންތައް ކުރިޔަސް އޭނަޔަށް ހަޤީގަތް އެނގޭނެ ދުވަހެއް އަންނާނެ.. ބުނަން.. ކަލޭ އޭނަ ރައްކާތެރިކުރަން އަޅާ ކޮންމެ ފިޔަވަޅަކަށް މަ އޭނައަށް އަނިޔާ ދޭން ފިޔަވަޅެއް އަޅާނަން. އެއީ ކަލޭ... އެނބުރި އަންނަންދެން!! " އެހިޔަނި ދިނީ އިންޒާރެކެވެ. އަދި އަލައިނާ އަތުން ވެއްޓިފައި އޮތް ކުޑަ ނަގައި އަލައިނާއާ ދިމާއަށް ހޫރާލިއެވެ. ވަގުތުން ފައިޒަންގެ ދެލޮލުގެ އިޝާރާތުން އެކުޑަ މަޑުކޮށް އެކުޑަ އެކަށް ފިސްފިސް ކޮއްލިއެވެ.
" ކަލޭ ތިހާ ވަރަށް ކުށެއް ނުކުރާ މީހަކަށް އަނިޔާދޭން ބޭނުންވަނީ ކީއްވެތަ؟ " ފައިޒަން ހަރުކަށި ރާގެއްގައި ސުވާލުކުރިއެވެ. އެހިޔަނި ޖަވާބެއްނުދީ ދުންކޮޅެއް ފަދައިން މައްޗަށް އަރައިގެން ދިޔައެވެ.
---
" ތީބާ... އެބަހުރިތަ ޒުވާރި؟ " އަރީބްއަށް ބަކުން ހެދުމަށް ކާކޮޓަރިއަށް އަފްޝާ ވަތް އިރު ރޭގަނޑުގެ ކެއުމަށް ސުޕެގެޓީ ހަދަންވެގެން ފިޔާ ކޮށަން ހުރި ތީބާ ފެނިފައި އަހާލިއެވެ.
" ހޫމް... ތިތާ ދޮންބެދައްތަ ކައިރީގައި ތިހުރި ކެބިނެޓް މަތީ ބައިގައި އޮންނާނެ ޒުވާރި ބޮނޑިއެއް... " ތީބާ އިޝާރާތްކުރީ އަފްޝާ ކައިރީގައި ހުރި ކެބިނެޓްއަށެވެ.
" ދޮންބެދައްތައަށް އިނގޭތަ؟ ރޭގައި އަހަރެން ދަންވަރު ފެންބޯން ވެގެން ކޮޓަރީގައި ހުރި ފެންފުޅި ހުސްވެފައި ހުރީމަ ސިޓިންރޫމަށް ނުކުތް އިރު ފެނުނީ ފައިޒަން ލީންގެ ކޮޓަރިއަށް ވަތްތަން. އަހަރެން އޭރު ހުރީ ކާކޮޓަރީގައި. ދެން އަވަހަށް ދުވެފައި ގޮސް އެކޮޓަރިއަށް ވަތް އިރު އެނދުގައި އޮތީ ލީން އެކަނި. ކޮޓަރިއާ ފާޙާނާ ބެލި އިރުވެސް ފައިޒަން ފެންނާކަށް ނެތް. ކުޑަދޮރުން ބޭރަށް ނިކުތްތޯ ބަލަން ކުޑަދޮރު ތަޅުނުލާތޯ ބެލިއިރު ހުރީ ތަޅުވެސް ލައިފައި... ދޮންބެދައްތަ ކީކޭ ބުނަނީ މިކަމާ؟ " ތީބާ ފެން އަންނަމުން ދިޔަ ދެލޯ އަތުގެ އުޅަނބޯށިން ފުހެލިއެވެ.
" ތިވާނީ ހީވި ގޮތަކަށް ތީބާ... ރޭގަނޑު ތަޅުލާފައި ހުއްޓަ ފައިޒަންއަށް ވަދެވޭތަ؟ އަޙްމަދު ބުނިވިއްޔާ ބޮޑު ދޮރު ތަޅުލާފައި ހުއްޓައި ފައިއަކަށް ނުވަދެވޭނޭ... އޭނަ އަތަކު ތަޅުދަނޑިއެއް ނޯންނާނޭ... " އަފްޝާއަށް އެވާހަކަ ޤަބޫލުކުރާކަށް އެހާ ފަސޭހައެއް ނުވިއެވެ.
" އެނގެޔޭ ތިކަން.. އެކަމަކު އަހަރެންނަށް ޔަޤީން އެއީ ހީއެއް ނޫންކަން... އަނެއްކަ ލީން..؟ " ތީބާ ހިތަށް އެރި އެއްޗަކުން ދެލޯ ބޮޑުވެގެން ދިޔައެވެ.
" ޝްޝްޝް... ތިކަހަލަ އެއްޗެއް ކިޔަނިކޮށް ދޮންބެއަށް އަޑުއިވިއްޖެއްޔާ... ދޮންބެދައްތައަށް ޔަޤީން ލީން އެކަހަލަ ކަމެއް ނުކުރާނެކަން... " އަފްޝާ އަވަހަށް އެވާހަކަ އޮއްބާލިއެވެ.
" ދެން ނޭނގެ... މިހެން ބުނީމައޭ މިހަނދާންވީ ވެސް... ފައިޒަން މިހާރު ވަރަށް ނުކައި. ދޮންބެދައްތަމެން އައި ރޭ ފިޔަވައި އެފަހުން ދުވާލަކު އެންމެ ކެއުމަކުން ފުއްދާލަނީ... އެހީމަ ބުނަނީ ކާހިތްނުވާ ކަމުގައި... އެހެރީ ރޭގައި ފައިޒަންއަށް ބަހައްޓާފައި ހުރި ބަތްކޮޅުވެސް.. " ތީބާ އިޝާރާތްކުރީ މޭޒުމަތީގައި ހުރި ތައްޓަށެވެ.
" ދޮންބެދައްތައަށްވެސް ތިހެން ހީވިއޭ ކުރިން ދުވަހު.. އަނެއްކަ ފައިޒަން ބަލިވީބާ؟ " އަފްޝާ ޒުވާރި މުގުރަން މިކްސްޗަރަށް އަޅަމުން ދިޔައެވެ.
" އަޙްމަދު ކައިރީގައި ބުނެފިން އަޅެ ވީގޮތް އަހާލަބަލާށޭ.... ބުނި މިރޭ އަހާނަމޯ... " ތީބާ ކެރެޓް ކޮށަމުން ދިޔައެވެ.
" އަންނާނަން ލީން ގާތު އަރީއަށް ބަކުން ދޭން ބުނެފައި ސުޕެގެޓީ ހަދަން... " އަފްޝާ އަތްމަތި އަވަސް ކުރަމުން ދިޔައެވެ.
---
ފައިޒަން އަލައިނާ އެނދުގައި ބާއްވަމުން މޫނަށް ފުމެލިއެވެ. އަދި މަޑުމަޑުން ދުންކޮޅެއްހެން ގެއްލިގެން ދިޔައެވެ. އެމަންޒަރު ނުހަނު ރީތިކޮށް މަޑުމަޑުން ދެލޯ ހުޅުވަމުން ދިޔަ އަލައިނާގެ ދެލޮލުގައި އަޅައިގަތެވެ. ވަގުތުން މީހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ނުނިމޭ

    Please log in or register to bookmark.
    4k

    1 ޚިޔާލު

    ޚިޔާލު

    Your email address will not be published. Required fields are marked *