ޕޮލޮރޮއިޑް

މެންދުރުގެ ރަތްދަކަ އަވީގައި ޔަނާލް ބައިސްކަލު ދުއްވަމުން އެދަނީ ވަލުތެރޭގައި ހުންނަ ވީރާނާވެފައިވާ ޖިފުޓިގަނޑަށެވެ. ކުރިންރޭ ޖެހިފައިވާ ވައިރޯޅިތަކުގެ ސަބަބުން ގަސްތަކުން ވެރިފައި މަގަށް އެޅިފައި ހުރި ފަތްތަށް ޔަނާލްގެ ބައިސްކަލު ފުރޮޅި ދަށުވެ ޗިސްޗިސް ވަމުންދެއެވެ. ނިއްކުރިން އޮށްދާހިއްލަމުން ގެންދިޔައިރު ލައިގެން ހުރި ޓީޝާޓު ދިޔައީ ދަލުން ތެމިފޯވަމުންނެވެ. ވަލާ ކައިިރިވަމުން ދިޔަ ވަރަކަށް ޔަނާލްގެ ހިތުގެ ވިންދު ދިޔައީ ބާރުވަމުންނެވެ. ނަމަވެސް ހިތްވަރު ކޮށްލަމުން ޖިފުޓިއަށް ދިޔުމަށްޓަކާ ދުވެލި ބާރު ކޮއްލީ މިއަދު އޭނާއަކީވެސް ކެރޭ މީހެއްކަން ރައްޓެހިންނަށް ސާބިތު ކޮށްދޭނެކަމަށް ހިތުގައި އަޒުމު ކަނޑައަޅަމުންނެވެ.
ޖިފުޓިގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެން ޔަނާލް ދެފިކުރެއްގެ މަތީގައި އިރުކޮޅެއްވަންދެެން ހުރެފައި ޖީބުން ފޯނު ނަގާ ހިޝާމްއަށް ގުޅާލިއެވެ. "އާދެވިއްޖެ. އޯކޭދޯ ނުވަނަސް. ވަރަށް އެހެންކަހަލަ ވައިބެއް މަށަށް ވަނީ މިތަން ފެނުނީމަ."
އޑުގއިވާ ހާސްކަން ފޮރުވަން މަސަތްކަތް ކުރަމުން ޔަނާލް ވާހަކަ ދެއްކިއެވެ. ހިޝާމް ހީގަތެވެ. " ހޫނ.. ބިރުގަތީދޯ.؟ މަށަށް އޭރުވެސް އިނގޭ ކައޭ އެންމެފަަހުވަގުތު މިކަމުން ރެކޭނެކަން. ދެން އަޕް ޓު ޔޫ . އަކަމަަކު އަހަރުމެން އެންމެން އައްބަސްވެފަދޯ އޮތީ ކައޭއަށް ބަކު ލީބޭނީ ތިތާ ރޭ ހޭދަކުރީމައޭ."
ފުން ނޭވާއެއްލަމުން ޔަނާލް ޖިފުޓީގެ ބާދޮރުގަނޑު އެތެރެއަށް ކޮށްޕާލިއެވެ. ވަރަށް ފަސޭހަ ކަމާއެކު ދޮރު ހުޅުވިގެން ދިޔައެވެ. ޔަނާލް އެތެރެއަށް އަޅައިލި ފިޔަވަޅާއެކު ނޭފަތުގައި ޖެހުނީ ފުސް ވަހެކެވެ. ފަނޑު އަލީގެ ތެރެއަށް ލޯ ހާނާލަމުން އެތެރެއަށް ވަދެގެން ޔަނާލް ކުރިއަށް ހިގައިގަތެވެ.
ހުދު ފޮތިން ފޮރުވިފައިވާ ދެ ލަކުނޑި ގޮނޑިއަކާއި ކުޑަވަރެއްގެ މޭޒެއް ފިޔަވާ އިތުރު އެހެންއެއްވެސް އެއްޗެއް އެތާނގައި ނެތެވެ. ޔަނާލް މަޑުމަޑުން ގޮސް މޭޒުމަތީގައި އަޅާފައި އޮތް ހުދުފޮތިިގަނޑު ނެގިއެވެ. އެވަގުތު މޭޒުމަތީގައި އޮތް ކެމެރާއެއް ޔަނާލްގެ ލޮލުގައި އަޅައިގަތެވ. ބަލާބެލުމަށް ވަރަށް ކުރީގެ ޕޮލަރޮއިޑް ކެމެރާއެކެވެ. ޔަނާލް ކެމެރާ ނެގުމަށްފަހު
ކުޑަކޮށް އަތުން ހިރަފުސް ފޮޅާލިއެވެ. އިރުއޮއްސި އިރުވެސް ރޭގަނޑަށް މަރުހަބާ ކިޔައިފިއެވެ. ޔަނާލް އިނީ ބިންމަތީގައި އުނޑުފައިން އިށީދެލައިގެންނެވެ. އޭނާ އަތުގައި އަދިވެސް އެއްކަލަ ކެމެރާ އޮތެވެ. ލޮލަށް ނިދި ޖަމާވާ އިހްސާސްވުމުން ޔަނާލް ތެދުވެ ސީލިންގް މަތީގައި ހުރި ފަންކާގެ ފޮޓޯއެއް ނަގާލިއެވެ. ކެމެރާއިން ފޮޓޯ ޑެވެލޮޕް ވާ އަޑުއިވިފައި ފޮޓޯގަނޑު ނިކުތެވެ. ޔަނާލްގެ ދެލޯ ހީވީ މުދަނަށް އެރިހެންނެވެ. ފޮޓޯ ގަނޑުގައި ފެންނަނީ ޔަނާލް ވަރުގެ ކުއްޖެއް ދަންޖެހިގެން މަރުވެފައި އޮންނަ ތަނެވެ. ޔަނާލްގެ ހިތް ބިރު ގަންނަންފެށިއެވެ. ރައްޓެހިންނާއެކު ވެވުނު އެއްބަސް ހަނދާންނައްތާލާ ަވަސް ަވަހަށް ޖިފުޓިގަނޑުތެރެއިން ނިކުމެގެން ބައިސްކަލަށް އަރަމުން ބާރު ބާރަށް ގެއާ ދިމާލަށްް މިސްރާބުޖެހިއިރު ކެމެރާ އަތުގައި އޮތްކަމެއްވެސް ހަދާނެއްނެތެވެ.
އައު ދުވަހަކަށް އިރު ފެނުން ތޮޅިލިއެވެ. ޔަނާލައާއި އޭނާގެ ރައްޓެހިން ކޮލެޖުން ނިމިގެން ތިބީ ޕާކެއްގައި ސަކަރާތްގަތުމުގައެވެ. "އޭ. ކޮބާ ޔަނާލް ރޭ ކައޭއަށް ވިތަ.؟ ނުބުނައްޗޭ ނުކެރުނޭ." ހޝާމް ޔަނާލްގެ ކޮނޑުގައި ޖަހާލަމުން ސުވާލު ކުރިއެވެ. ޔަނާލް ލުއި ހިނިތުންވުމެއް ހިީލަމުން އޭނާގެ ދަބަހުން އެއްކަލަ ޕޮލޮރައިޑު ކެމެރާ ނެގިއެވެ. " ބަލާބަ. މީ ރޭގަ މަށަށް ފެނުނު ރޮއިޑެއް އެ ޖިފުޓިން. ފައްކާ ދޯ.؟" ހިޝާމްގެ ސުވާލު ބޮލާލާޖހމުން ޔަނާލް ކެމެރާ ދައްކާލިއެވެ.
ހުރިހާ އެންމެންވެސް އެކެމެރާޔާ ހެދީ މޮޔަވި ކަހަލައެވެ. "ހިގާ ގުރޫޕް ފޮޓޯއެއް ނަގަމާ. " އެތަނުން އެންމެ ހަނގަށް ހުރި ޖައިލަމް ހިޔާލެއް ދިނެވެ. މާދުރުނޫން ހިސާބެއްގައި ބޯޅަޖަހަން ހުރި ކުއްޖަކު ލައްވާ ޔަނާލްމެން ގުރޫޕް ފޮޓޮއެއް ނެގިއެވެ. ކެމެރާ ޔަނާލްމެންގެ އަތަށް ދީފައި އެކުއްޖާ ބޯޅަ ޖެހުމައިގެން މަސްއޫލުވިއެވެ.
އެންމެންތައް ބޮނޑިވެގެން ޕޮޓޯ ނިކުނަނަންދެން ކެމެރާއަށް ބަލަހައްޓައިގެެން ހުއްޓެވެ. " ވަޓް ދަ...." ހިޝާމް ދަތްކުނޑި ވިކާލިއެވެ. ދެންތިބި މީހުން ތިބީ ތަތްމިނަށް އަނގަ ހުޅުވިފައެވެ. ފޮޓޯގައި ފެންނަނީ ޔަނާލްއާއި ހިޝާމް ސައިކަލަކުން ވެއްޓިފައިވާ ތަނެވެ. އަދި މާދުރނޫން ހިސާބެއްގައި އެހެން ސައިކަލެއްގައި ދެން ތިބި ދެކުދިންތިބި ތަނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރިހާ އެންމެން ތިއްބާ ޔަނާލްގެ ފޯނު ރިންގުވާން ފެށިއެވެ. "ހަލޯ. ކީކޭ.މިދަނީ." ފޯނު ކަނޑާލިއިރު ޔަނާލް ހާސްވެފައި ހުރުމުން ހިޝާމްވީ ކީއްތޯ ސުވާލުކުރުމުން ޔަނާލްބުނީ އޭނާގެ މަންމަ ސިޑިން ވެއްޓިގެން ބޯ ފަޅައިގެން ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަވަސްއަވަހަށް ޔަނާލްއާއި ހިޝާމް ޔަނާލްގެ ސައިކަލަށް އަރައިގެން ދުއްވާލިއެވެ. ދެންތިބި ދެކުދިން ކަމަށްވާ ޖައިލަމް އާއި ރަޝާންވެސް އެތަނުން ކުއްޖެއްގެ ސައިކަލަކަށްއަރާ ބާރު ސްޕީޑް ގައި ދުއްވާލިއެވެ.
ބާރު ދުވެލީގައި ސިއްހީ މަރުކަޒާއި ދިމާލަށް މިސްރާބު ޖަހަމުން ދިޔަ ހަތަރު ކުދިންނަށް ނުފެނުނީ ޖެހިގެން އޮތް މަގުން ނިކުތް ބޮޑު ލޮރީއެވެ. ހިނދުކޮޅެއްގެ ތެރޭގައި ޔނާލްއާއި ހިޝާމް އޮތީ ސައިކަލުން ވެއްޓި ބިންމަތީގައެވެ. ސައިކަލްވެސް އޮތީ ވާނެ އެއްޗެއް ވެފައެވެ. ނަސީބަކުން ބޮޑުވަރު އެއްވެސް ކުއްޖަކަށް ނުވެއެވެ. މި މަންޒަރު ބަލަން މާދުރުނޫން ހިސާބެއްގައި ޖައިލަމްއާއި ރަޝާން ތިއްބެވެ.
އޭގެފަހުން ދެހަފްތާ ވެއްޖެެެއެވެ. ޔަނާލްގެ މަންމަގެ ހާލު މިހާރު ރަނގަޅެވެ. "ދަރިފުޅާ.. އިނގޭތަ؟ މިއަދު އެއްކަލަ ފަޅު ޖިފުޓީގައި ދަންޖެހިގެން ނަވާރަ އަހަރުގެ ކުއްޖެއްގެ ވާހަކަ އޮތް ނޫހުގަ ޖަހާފަ." ބަދިގޭގައި ކައްކަން އިނދެފައި ޔަނާލްގެ މަންމަ ލަތީފާ ބުނެލިއެވެ. ޔަނާލްގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އެވަގުތު އެއްކަލަ ޕޮލޮރޮއިޑު މޭޒުމަތީގައި އޮވެ އިރުގެ ރަން ދޯދިތަކުން ވިދާލިއެވެ.
ނިމުނީ

  Please log in or register to bookmark.
  2k

  14 ޚިޔާލު

  1. މާޝާ ﷲ ވަރަށް ރީތި ވާހަކައެއް 😊 އެކަމަކު މި ވާހަކަ ދިގު ކޮއްލި ނަމަ ވަރަށް ފުރިހަމަ ވާނެ. މި ވާހަކައިގެ 2 ވަނަ ބައެއް ލިޔަންވީނުން ؟🤔

   • ތި ކެމެރާ ތިއީ އަސްލު އެއްޗެއް ނަމަ ،އަޅުގަނޑު އަތުގައި އޮތް ނަމަ ،މީގެން ފިއުޗާ ފެނެއޭ ،ބައިދަވޭ ވަރަށް ރީތި ވާހަކައެއް 💕🌸🌺☺️

  2. މީ އާރް އެލް ސްޓައިން ގެ ސޭ ޗީޒް ވާހަކަ އަމިއްލަ އަށް މޮޑިފައި ކޮށްފަ ދޯ..ރީތި އިނގޭ..

  ޚިޔާލު

  Your email address will not be published.