އަރާއިގެން އައި އިރާއެކު ސިރާ އާއި އޭނާގެ ރަޙުމަތްތެރި މިއުނާ މޫދުގައި ،އޮލަ ވާހަކައެއްގައި ތިބެ ތިބެފައި އެގަމަށް އެރިއެވެ. އޭރު އެމީހުންނާއި އެއްކޮން އައި އެހެންކުދިން ގެޔަށް ދިޔުމަށް މިސްރާބު ޖަހާފިއެވެ. ސިރާ އާއި އޭނާގެ ރަޙްމަތްތެރިން ފަތިސް ނަމާދު ކުރުމަށްފަހު ފަތިހު ދުވަން ދިޔުމަކީ އާދަވެގެން ކޮންމެދުވަހަކު ކުރާކަމެކެވެ. ދުވެ ނިންމާލުމަށްފަހު މޫދަށް އެރި ނުލާ ގެޔަށްއައުމަކީ އަމްދުން އެކުދިން ރުހޭ ކަމެއް ނޫނެވެ. ސިރާއާއި ގާތުގައި ހުރި މިއުނާ ދުވަމުން ދުވަމުން އައިސް އެހެން ކުދިންނާ އެއްވަރު ކުރިއެވެ.
"އޭ ކުދިން.. އަހަރެމެން މިކިޔަނީ ހިނގާބަލާށޭ އޯވާރނައިޓް އަކަށް ކައިރީގައި މިޔޮތް ކިނބިހިފުއްޓަށް ދާން"
މިއުނާ ވަރަށް ގަޔާވެލާފައި ވާހަކަ ފެށިއެވެ. "ކިނބިހިފުއްޓޭ" އެންމެން އެއްފަހަރާ އެއްއަޑަކުން ބުނެލިއެވެ. ދެން ހިވީ އެތާގައި ބޮމެއް ގޮވި ހެންނެވެ. އިސާހިތަކު އެ ސަރަހައްދުގައި ހަރުލީ އެންމެންގެ ބާރު ހުނުމުގެ އަޑެވެ. ބަނޑުގައި އަތްއަޅައިގެން ހުރިދިމާ ތިރިގައި އިށީންދެވުން އިރު އެންމެން ވެސް ހީހީ ގޮސް ކުޑަކަމުދެވޭ ވަރުވެފައެވެ. ފަހުން ވީގޮތް އެނގި މިއުނާ ވެސް ހުނެވެ. "ސާބަހެ މިއޫ ..ކެނބިފުށި..އިޓްސް ..ކެނބިފުށި" ހީހީ ގޮސް ބަނޑަށް ތަދުވެގެން ސިރާ ހުރީ ވާހަކަ ދައްކަން އުނދަގުވެފައެވެ. "ހޫން ދެން ހެވޭ .. ކީކޭތަ ކަލޭމެން ބުނަނީ އޯވާރނައިޓް އާއި ދޭތެރޭގަ" މިއުނާ ހެމުން ހެމުން އެހިއެވެ. "އަހަރެން ތާއީދު" މިއުނާ އަނގައިގާ އެއްބައި އޮތްވާ ސިރާ ފުންމާގަނެފައި ބުނެލިއެވެ. ދަތުރުގެ ވާހަކަ ބުނީންސުރެން އޭނާ ހުރީ ނުހަނު ފޯރި އައިސްފައެވެ. ނަމަވެސް ބޮޑުދައިތަ ފޮނުވާނެބާއޭ ހިތައް އެރިއެވެ. ސިރާއާއި މިއުނާ ފަދައިން ފަދައިން ދެންތިބި ހަތަރު ކުދިން ވެސް ނުހަނު ފޯރި އާއިއެއްކޮން އެއްބަސްވިއެވެ. "އޯކޭ އެހެން ވީމަ ހުރިހާއެންމެން އެމީހެއްގެ ފެމެލީ އޮކޭ ކޮށްފަ ބަހައްޓާތި ދެގަޑި ބައިގެ ކުރިން ކޮންމެހެން ހަދާފަވެސް..ހަނދާން ކުރާތި ދެގަޑި ބައިގަ ޒޭނާ މެންގެޔަށް" ސިރާ އެހެން ބުނެލުމުން ހުރިހާ ކުދިން ވެސް އެއްބަސްވެ ގެޔަށް ދާން ހިނގައިގަތީ ގައިން ވެލި ފިލުވުމަށްފަހުއެވެ.
އެކުދިންނަކީ ގްރޭޑް ބާރައިގައި ތައުލީމް ހާސިލް ކުރަމުން ދާކުދިންކޮޅެކެވެ. ހަކުދިންނަކީ "ބެސްޓްފްރެންޑްސް"އެވެ.. އޭގެތެރެއިން ވެސް މިއުނާ އަކީ ސިރާގެ އެންމެ ގާތް އެކުވެރިޔާއެވެ.
ދުވަސްވަރަކީ ސުކޫލްގެ ބޮޑުބަންދު ދުވަސްވަރެވެ. ދަތުރަކު ނުދަންޔާ ޗުއްޓީ ޗުއްޓީ އަކަށް ނުވާނެތާއެވެ. ދުވަސްވަރަކީ ދަތުރުދާން ވެސް އެންމެ އެކަށީގެންވާ ދުވަސް ވަރުމެއެވެ. މޫދު ހީވަނީ ތަރުފާލި އަޅާފައިވާހެންނެވެ. ގަހެއްގެ ފަތެއްހާ ހިސާބުވެސް ހެލިލާތަން ނުފެނެއެވެ. އެހައިވެސް ވައިމަޑެވެ. ރަތްދަކައަތްވެކެވެ. ދަތުރު ދާން އެންމެ ނަލަ މޫސުމެވެ. އެކުވެރިންނާއި ސަކަރާތް ޖެހުމަށް ފަހު ގެޔަށް އާދެވުން އިރު ހަތެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރު އޭނާގެ ބޮޑުދައިތަ ސަރީފާ ސައިހަދަން އުޅެއެވެ. ތެތްބާލައިގެން ފެންވަރާއިގެން ބޮޑުދައިތައަށް އެހީވާން ފެށިއެވެ. ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ސިރާގެ އުމުރުން އެންމެ އަހަރެއްގައި ސިރާގެ މައިންބަފައިން މިދުނިޔެ ވަނީ ދޫކޮށްފައެވެ. ސިރާގެ ބޮޑުދައިތަ ސަރީފާ އާއި ބޮޑުދައިތަބެ ހިލްމީ ސިރާ ބަލާބޮޑުކުރީ ނުހަނު ލޯއްބާއި އެކުއެވެ. އެދެމަފިރިންގެ ހުރިހަމައެކަނި ދަރި ސާވިން އުޅެނީ ރިޟޯޓް ވަޒީފާގައެވެ. ހިލްމީ ދަނީ ކަންނެއްޔަށެވެ.
ވިސްނާ ވިސްނާވެސް ސަރީފާގާތުގައި ބުނާނެ ގޮތެއް ސިރާ އަކަށް ނޭނގުނެވެ. ސިރާ ރޮށި ފިހަން ހުރެ އެ ވާހަކަ ބުނާނެ ގޮތަކާއިމެދު ވިސްނަމުން ދިޔައިރު ސަރީފާ ރޮށިދަމަން ހުރެ އޭނާގެ އަނގަ ވަޔަށް ހޫރޭ ދިދައެއް ހެން ތަޅުވަމުން ވާހަކަ ދައްކަމުން ދިޔައެވެ. ޒޭނާ މެންގެޔަށް ދާ ގަޑި ޖެހުން އިރުވެސް ސިރާހުރީ އެވާހަކަ ނުބުނެވިފައެވެ. އެގޮތަށް "އޯވާރ ނައިޓް" އަކަށް ދާ ފުރަތަމަ ފަހަރުކަމުން ނުފޮނުވަފާނެހެން ހީވާތީ ފަސްޖެހެވެނީއެވެ. އެންމެފަހުން އެހަކުދިންގެ މެދުގައިވާ ވައިބާރ ގުރޫޕްގައި ބައްދަލްވާ ގަޑި ހަތަރު ގަޑި ބަޔަށް ހެދިއެވެ. ހުރިހާ ކުދިން ސުވާލްބޮނޑި އޮއްސާލުމުން ދޮގުހަދަން ނުވިޔަސް ޖެހުނީ ދޮގު ހަދާށެވެ.ހަވީރު ސަޔަށް ބޮޑޫ ގެނަ އަހިވައްކޮޅެއްގަ ފަތަފޮޅިފިހަން ޖެހިގެންނޭ ކިޔާ ވާހަކައެއްހަދާލިއެވެ. މިއުނާ އަހިވަކުގައި ފަތަފޮޅި ފިހާހޭ އަހާ ކުރީ މެސެޖައް ރިޕްލައި ނުދީ އަވަހަށް އޮފް ވީ ސުވާލުތަކުން ސަލާމަތް ވާން ވެގެންނެވެ.
ކޮޓަރީގައި ވަރަށް ވިސްނަންހުރެފައި ސިޓިންރޫމަށް ނުކުން އިރު ބޮޑޫ އިނީ އޭނާ މާ ގަޔާވާ ހިންދީ ސިލްސިލާ އެއް ކަމައްވާ "ގަމަރު ކޭ ޕިޔާރު" ބަލަން ވަރަށް ހަމަޖެހިލާއިގެންނެވެ. ޓީވީ އަށްގެއްލިފައިވާ ވަރު އަނގައިން ސޮނިފައިބަމުން ދިޔައިރު ވެސް ބޮޑޫ އަކަށް ރެޔަކާއި ނުލައެވެ. ބޮޑު އޭ ކިޔާ ގޮވާ ހެދިނަމަވެސް އޭނާ ކަހާތާ ހިރުވާ ވެސް ނުލައެވެ.. އެންމެ ފަހުން ސިރާ އަށް ޖެހުނީ ސަރީފާ ގެ ކޮނޑުގައި ހިފާ ތަޅުވާގަންނާށެވެ. " އާނ .ޢާނ. ކީކޭ ގަމަރު" ހުވަފެނަކުން ހޭލެވޭ ފަދައިން ސަރީފާ ތެޅިގަނެފިއެވެ.
"ގަމާރޭ...؟ "ސިރާ އަށް ބުނެވުނެވެ. "ގަމާރެއް ނޫނޭ ގަމަރު.. އެ ދޫއޮޅުނީއޭ. ކިހިނެކޭ ވީ ކަނބުލޯ"ސަރީފާ ނުހަނު ގަޔާވެފައި އެހިއެވެ. "އަހަރެން ބުނީ .. ބުނީ މިއޮށް.."ބުނަން ނުކެރިގެން ހުއްޓާލިއެވެ. "ދަރިފުޅާ ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ ތަންކޮޅެއް ސާފްވާހެން" ސަރީފާ ބުނެލިއެވެ. " އަހަރެން ބުނީ . މިއޮތް އެހެރި އަނެއް..ދަތުރު ދަން ހެއްޔޭ؟ ދާނީ އަހަރެންނާ މިއުނާ ، ޒޭނާ، ޒަހާ، އައިންތު ދެން ސަފާ..ކައިރީގައި މިއޮތް ކެނބިދޫ އަށްދަނީ ..އަޅެ އާއެކޭ ބުނޭބަ ބޮޑޫ ލޯބި..އޯވާރނައިޓް އަކަށް ދަނީ" ނުހަނު ބާރަށް ހެވިފައި ހުރެ ސިރާ ބުނެލިއެވެ. "ކައްޓަފުޅިޔޭ" ސަރީފާ އަށް އެބުނި އެއްޗެއް ފަހުމް ނުވެގެން އަހާލީ ސުވާލްގެ ނަޒަރަކުންނެވެ. " ބޮޑޫ..ކައްޓަފުޅިއެއްނޫން... އޯވާރ ނައިޓް.. އަހަރެމެން ދަނީ އޯވާރ ނައިޓް އަކަށް.. އޯކޭ ދޯ" ނުހަނު ހެވިފައި ސިރާބުނެލީ އުއްމީދާއިއެކު ވެސް މެއެވެ. "މައްސަލައެއް ނެތް .." ސިރާގެ މޫނަށް ބަލާލަމުން ސަރީފާ ބުނެލިއެވެ. " އެކަމަކު އިރުއޮއްސެންވާއިރަށް ރަށައް ވާނެ އަންނަން" ސަރީފާ ދެން ބުނެލި ވާހަކައަކުން ސިރާގެ މޫނުން ތަރި ބުރައިގެން ދިޔައެވެ. ޒޭނާ މެންގެޔަށްދާން ސިރާ ބަލައި އައި މިއުނާ އަށް އެއަޑުއިވިގެން އަޑުގެނެއްކޮޅަށް ހީގަނެވުނެވެ.
****
{ނިމުނީ}
"ބޮޑުދައިތަބެ" އެއީ އޮންނަ ލަފްޒެއް ނޫންކަންނޭނގެ. ބޮޑުދައިތަ އާއި ބޮޑުބޭބެ ކަންނޭނގެ ދިވެހީގަ އޮންނަނީ...
ބޮޑުބޭބެ ކިޔާނީ ބައްޕަ ގެ އެއްބަނޑު އެއްބަފާ ބޭބެ އަށް. ބޮޑުދައިތަ ގެ ފިރިމީހާއަކަށް ނޫން.
''ބޮޑޮދައިތަބެ''އަކީ ބޮޑުދައިތަ އިނދެގެން އުޅޭ މީހާއަށް ކިޔާ ނަމެއް
އިބާރާތްކުރުމުގައި ވަރަށް ބައިވަރު މައްސަލަތައް އުޅޭކަން ފާހަގަވޭ.. އަދި ސުކުންތަކުގެ ވެސް އެބަހުރި މައްސަލަ.. ކްރިޓިކް ބުނާނީ މިވާހަކަ ގެންދަން އުޅޭ ދިމާލެއް އަސްލު އެހާ ސާފެއް ނޫނޭ.. ވާހަކައިގެ ތީމަކީ ކޮބައި ކަމެއް ވެސް ނޭނގޭ.. އަދި ކެރެކްޓާރސްގެ ހާއްސަ ސިފަތަކެއް ވެސް ސާފެއް ނޫން.. ޑައިލޮގް ބޮކްސް ބޭނުންކޮށްފައި ހުރިގޮތުން ވާހަކަ ކިޔަން ވަރަށް އުދަނގޫ..
އަދި މިޔަށްވުރެ ފުރިހަމަ އަދި ރަނގަޅު މަަސައްކަތެއް ފެންނާނެ ކަމަށް އުންމީދުކުރަން
☺️☺️☺️☺️😉😉😉😉👏👏👏👏👏👏💕💕💓💓❤️
Wow❤👏
ޅޮލް.. މީހުން ހެއްވަން ކިޔާދޭން މަޖާ ވާހަކަ އެއް. އެކަމު ހީކުރީ މިޔަކީ ޕަބުޖީ ވާހަކަ އެއްކަމަށް.. ބޮޑޫ އެއް ތޯ ބޮޓޫ އެއް ލިޔެފަ އިނީމަ.
ހަހަހަ.. ވަރަށް މަޖާ.. ވަރަށް ރީތި މާޝާ ﷲ..
ރީތި އަސްލު 🙂އެކަމަކު ކުދި ކުދި މައްސަލަތައް އެބަހުރި.
Wow! Varah majaa
Haha
Lol
❤❤❤❤👏👏👏👏
ރީތި. 🙂
ސަޅި
ސސސސ
މާ މަޖާކޮށް ލިޔަން އުޅެގެން މާ އޯވާ ވެފަ މިއޮތީ..އެއްވެސް މަޖަލެއް ނޫން
ޙަސަދަ ވެރިވާން ނުވާނެ އިނގޭ
ޑެން ފުކެއް ބޮޑުވަރޭ
ޢޯވާރ ވެފައިން ކޮމެންޓެއް
😂😂
ޥަރަށް މަޖާ