kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ތިޔަ ލޯބީގައި - 34

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

"ސީރިއަސްލީ ނުހައިކް؟ ކިހިނެއްތަ ވެގެން ތިއުޅެނީ؟ ކޮބާތަ ނުހައިކްގެ މައްސަލައަކީ؟ ފުރަތަމަ އަހަރެންނާ އޮތް ގުޅުން ކަނޑައިލީ.. ކައިވެނި ނުކުރުވޭނޭ ބުނީ.. ދެން މިހާރު... މިހާރު އޮފީހުންވެސް ކެނޑެންތަ ބޭނުންވަނީ؟" ޝަޔަމްގެ އަޑުގައި ނުރުހުންވުމާއި އެއްވަރަަށް ވޭންވެސް އެކުލެވިފައިވިއެވެ.

ޝަޔަމްގެ ސުވާލުތަކަަށް ދޭނެ ޖަވާބެއް ނުހައިކްގެ އަތުގައެއްނެތެވެ. އެތަނުން ކެނޑި ޝަޔަމްގެ ދިރިއުޅުމުން ދުރަށް ދިއުމަކީ ޚުދު އޭނާވެސް ބޭނުންވިގޮތެއް ނޫނެވެ. ނަމަވެސް މިއަދު އޭނާއަށް މިނޫން އެއްވެސްގޮތެއް ނެތެވެ.

މާޔޫސްކަމުން ފުރިފައިވި ޝަޔަމްގެ ދެލޮލަަށް ނުހައިކްގެ ނަޒަރު އަމާޒުވުމާއެކު އެހިތުގައިވި ރިހުން ގަދަވެލިއެވެ. ބުނާނެ އެއްޗެއް ނުވިސްނުމުން ފުންނޭވާއެއްލަމުން ނުހައިކް މަޑުމަޑުން ބޯޖަހައިލިއެވެ.

"ކީއްވެހޭ؟ އަހަރެން މިއަހަނީ ކީއްވެހޭ؟ ނުހައިކްއަށް ކީއްވެތަ ޖަވާބެއް ނުދެވިގެން ތިއުޅެނީ؟" ނުހައިކްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޝަޔަމް ރުޅިގަދަވާގޮތްވިއެވެ. އަތުގައިއޮތް ގަނޑު މޭޒުމައްޗަށްޖަހަމުން އިންތަނުން ޝަޔަމް ތެދުވިއެވެ. އަދި ހަރުކޮށް ހިނގައިފައި އައިސް ނުހައިކްގެ ކުރިމަތީގައި މަޑުކޮށްލަމުން ހަށަންބަނދެލިއެވެ. ސީދާ ނުހައިކްގެ މޫނަށް ބަލަމުންދިޔައިރު އޭނާގެ ޖަވާބަކަަށް ޝަޔަމް އިންތިޒާރުކުރަމުން ދިޔައެވެ.

"ސަބަބު ބުނުން ކޮންމެހެން މުހިންމެއްނޫން.. ޝަޔަމް އެސިޓީ ކިޔަންވީނު.. އޭގަ އިންނާނެ އަހަރެން ކެނޑެންބޭނުންވާ ސަބަބު ރީތިކޮށް ބަޔާންކޮށްފަ. އެޔަށްވުރެ އިތުރަށް އަހަރެން ބުނަން ބޭނުންވާ އެއްވެސް އެއްޗެއް ނެތް.. ސޯ ޕްލީޒް.. ތި ޑްރާމާގަނޑު ހުއްޓާލާ.." ލައިގެންހުރި ފަޓުލޫނުގެ ޖީބަަށް ޖަހައިލެވިފައިވި ދެއަތް މުށްކަވައި ނުހައިކް ބާރުކޮށްލީ އެފަދަ ބަސްތަކެއް ބުނުމަށް ހިތްވަރު ހޯދުމުގެ ގޮތުންނެވެ.

ނުހައިކްގެ ބަސްތަކުން ޝަޔަމްގެ ހިތް ކޮށައި ކުދިކުދިކޮށްލި ކަހަލައެވެެ. އެފަދަ ގޮތަކަށް ދުވަހަކުވެސް ނުހައިކް އޭނާ އާއި މުހާތަބުކޮށްފާނޭ ޝަޔަމް ހިއެއްނުކުރެއެވެ. ހަމަޖެހިގެން ނުހައިކް އާއި ދަށްކަން ހިތުލި ހުރިހައި ވާހަކައެއް ޝަޔަމްގެ ހިތުންފިލިކަހަލައެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު ޝަޔަމްއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އިތުރަށް އެއްވެސް ވާހަކަތަކެއް ދައްކައި ހެދުމުގެ އެއްވެސް ބޭނުމެއް އެބައޮތްހެއްޔެވެ؟ ނުހައިކްގެ ބަސްމަގާއި ރާގުހުރިގޮތުން އޭނާ ޝަޔަމްއާއި އެއްވެސް ވާހަކައެއްދައްކައި ގުޅުމެއް ބާއްވަން ބޭނުންނުވާކަން އޭނާއަށް އެނގިއްޖެއެވެ.

ނުހައިކް އަށް ފުރަގަސްދެމުން ޝަޔަމް ލޮލުން ފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް ގަދަކަމުން ދިރުވައިލިއެވެ. ނުހައިކްގެ ކުރިމަތީގައި އެންމެ ކަރުނަތިއްކެއްވެސް އޮހޮރުވާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާގެ ހިތަށް އަސަރުކޮށްފައިވީ ވަރާއި އޭނާގެ ބަލިކަށިކަން ނުހައިކްގެ ކުރިމަތީގައި ހާމަކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ.

"ނުހައިކް.. ދޭ މިތަނުން.. އެހުރީ ވަތް ދޮރު.. އެންމެ ރަނގަޅީ.. ދެން ދުވަހަކުވެސް.. އަހަރެން ފެންނަ ހިސާބަކަށްވެސް ނައިއްޔާ.. ނުހައިކްއަށް.. އުނދަގޫކުރާކަށް.. އަހަރެންވެސް ދެން އިރާދަކުރެއްވިއްޔާ ނުދާނަން.. އަންނަ ހަފުތާގެ ހޯމަ ދުވަހު އިރާދަކުރެއްވިއްޔާ އަހަރެން ފުރާނަން.. އަހަރެން އެދެނީ.. ކޮންމެ ތަނަކު، ކޮންމެ ހާލަކު އުޅުނަސް ނުހައިކްއަށް އަބަދުވެސް ހެޔޮގޮތް މިންވަރުކުރެއްވުމަށް.." ޝަޔަމްގެ ފަހު ބަސްތަކާއެކު އެދެލޮލުން ހިފެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. ހަމަހިމޭންކަމާއެކު އެކަރުނަތައް އޮހޮރެން ދޫކޮށްލައިގެންހުރިއިރު އޭނާގެ މޭގެތެރޭގައިވި ހިތް ފިސްފިސްވަމުން ދިޔައެވެ.

ޝަޔަމްގެ ބަސްތައް ރުވާފައިއައި ތީރެއްހެން ހެރުނީ ސީދާ ނުހައިކްގެ ހިތަށެވެ. އިހުސާސުކުރެވިގެންދިޔަ ވޭނުން އޭނާއަށް މޭގައި މަޑުމަޑުން ފިރުމައިވެސްލެވުނެވެ. އިތުރުއެއްޗެއް ބުނާނެހައި ހިތްވަރެއް ނުހައިކްގެ ނެތުމުން އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު އެތަނުން ދިއުމަށް އޭނާ ހިނގައިގަތެވެ. ދޮރާއި ހަމައަށް ގޮއްސައި ފަހުފަހަރަށް ފަސްއެނބުރި އޭނާއަށް ފުރަގަސްދީގެންހުރި ޝަޔަމްއަށް ބަލައިލިއެވެ. ހިތްވަރުކުރި ނަމަވެސް އެވަގުތު އެދެލޮލުންވެސް ކަރުނަ ތިއްކެތް ވެއްޓުނެވެ. ފުންނޭވައެއްލަމުން އަވަސް އަވަހަށް ދޮރުހުޅުވައިލުމަށްފަހު ނުހައިކް އެތަނުން ނުކުތެވެ.

ކެބިންގެ މޭޒުމަތީގައިހުރި އޭނާގެ ސާމާނުތައް ފޮށްޓަކަށް އެޅުމުގެ މަސައްކަތުގައި ނުހައިކް އުޅެނިކޮށް ދޮރުގައި ޓަކިޖަހައިލަމުން ހިޔާމް އެތެރަށް ވަނެވެ. ނުހައިކް އޮފީހުން ކެނޑުނީކަމުގެ ޚަބަރު އޭނާގެ ކަންފަތާއި ހަމައަަށްވެސް ފޯރީއެވެ. އެތެރެއަށް ވަނުމާއިއެކު ބާރު ހިނގުމެއްގައި ހިޔާމް އައިސް ނުހައިކްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ.

"ނުހައިކް.. ކިހިނެއްވެގެން މިއުޅެނީ؟ ކީއްވެގެން ކުއްލިއަކަށް އޮފީހުން ވަކިވަން ތިއުޅެނީ؟ ކޮބާ މައްސަލައަކީ؟ އަހަރެން ގާތު ބުނެބަލަ.. ކަމެއް ދިމާވިނަމަ އެކަމަށް ހައްލެއް ހޯދަންވެސް އެނގޭނީ އޭރަށްދޯ.." ހިޔާމްގެ އަޑުގައި ކަންބޮޑުވުމުގެ އިތުރުން ހިތްހަމަނުޖެހުންވެސް އެކުލެވިފައި ވިއެވެ. އެވާހަކަތަކުން ނުހައިކް ލުއިކޮށް ހިނިތުންވެލިއެވެ. އަދި މިއީ އޭނާ ވަރަށް ވިސްނުމަށްފަހު ނިންމި ގޮތެއްކަމުގައި ބުނެލިއެވެ. ހިޔާމްގެ ކޮނޑުގައި ޖަހައިލަމުން އޭނާނެތަސް މިއޮފީހުގެ ކަންކަން ދާގޮތް ރަނގަޅަށް ބެލެހެއްޓުމަށް ނަސޭހަތްތެރިވިއެވެ. ނުހައިކްގެ ނިންމުން ބަދަލުކުރުމަށް ހިޔާމް ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް އެކަން އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ.

ނުހައިކް ނުކުތުމާއެކު ލަސްފިޔަވަޅުތަކެއްގައި އައިސް ޝަޔަމްއަށް ގޮނޑީގައި އިށީނދެވުނެވެ. މޭޒުމަގައި އުޅަނބޮޑިކޮޅު ވިއްދައިލަމުން ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލެވުނެވެ. ހިތްހަމަނުޖެހިފައިވިއަސް އެއަށްވުރެ އެހިތަށް ކުރަމުންދިޔަ އަަސަރު މާބޮޑެވެ. ހިތުޖެހިފައި ޝަޔަމްއަށް ރޮވެންފެށިއެވެ. ހަޔާތުގައި ފުރަތަަމަ ފަހަރަށް ބޭނުންވި އެއްޗެއް ނުލިބި އަތުން ބީވުމުން އެކަމާއި ކުރިމަތިލާނެގޮތެއް އޭނާއަކަށް ނުވިސްނުނެވެ. މިވަގުތު އޭނާ ހުރީ މީހެއްގެ އެހީއަށް ބޭނުންވެފައެވެ. ނަމަވެސް އޮފީސްވަގުތު ގެއަށްދާން ބޭނުން ނުވުމުން ހިތްވަރުކޮށްފައި ދުވަހުގެ މަސައްކަތްތަކާއިވެގެން ކުރިއަށް ދިއުމަށް ޝަޔަމް އުޅެގަތެވެ. މަސައްކަތުގައި މަޝްއޫލުވުމުން ފަހަރުގައި އެހިތަށް ހެރެމުންދިތަ ތޫނު ކަށިތަކުން ހިނދުކޮޅަކަށްވިއަސް ސަލާމަތްވެވިދާނޭ ހިތައެވެ.

ހަވީރުގެ ވަގުތު އޮފީސް ނިންމައިލުމަށްފަހު އޮފީސް ތަޅުލަމުން ޝަޔަމް ނުކުތްއިރު އާދިލް ކާރުގައި ޝަޔަމްގެ އިންތިޒާރުގައި އިނެވެ. މަޑުހިނގުމެއްގައި އައިސް ޝަޔަމް ކާރަށް އަރަން ފަހަތު ދޮރު ހުޅުވައިލިއިރު ޖެހިގެންއިން ސީޓުގައި ފޯނާއި ކުޅެންއިން ޖިޔާފެނި ހުއްޓުންއަރާގޮތްވިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ޝަޔަމް ކާރަށް އަރައި ހަމަޖެހިލުމާއެކު އާދިލް ކާރު ދުއްވައިލިއެވެ.

"ރޯމިއޯ އެންޑް ޖޫލިއެޓްއަށް އަނެއްކާ ކިހިނެއްވެގެން މިއުޅެނީ؟ އަޑުއެހިން ރޯމިއޯ އޮފީހުން ކެނޑުނު ވާހަކަ.. އަނެއްކާ.. ދެމީހުން ދެމެދު މައްސަލައެއް ޖެހުނީތަ؟" އަތުގެ ނިޔަފަތިތައް ރީތިކޮށްލަމުން ޖިޔާ މަލާމާތްކޮށްލިއެވެ. ޖިޔާގެ ވާހަކަތައްހުރިގޮތުން ޝަޔަމް ދެފަރާތަށް ބޯހޫރުވައިލަމުން ސީޓުގައި ހަމަޖެހިލައި ދެލޯމަރައިލިއެވެ. މިވަގުތު ޖިޔާ އާއި އެއްވެސް ބޭކާރު ވާހަކަތަކެއް ދައްކާކަށް ޝަޔަމްގެ އެއްވެސް މޫޑެއްނެތެވެ.

"ޝަޔަމް ނުބުންޏަސް އަހަރެންނަށް ހުރިހައިކަމެއްވެސް އެނގޭ.. ހަހަ.. މޮޅުދޯ އަހަރެން.. ކުރިންވެސް ބުނީމެއްނު ނުހައިކް އެއީ ރަނގަޅުމީހެއް ނޫނޭ.. ޝަޔަމް ހީކުރާކަހަލަ މާތްމީހެއް ނޫނޭ.. އަހަރެންނަަށް އޭރުވެސް އެނގޭ ތިހެންކަންވާނީ.. އެހެންވެއޭ އަހަރެން ކުރިންވެސް ޝަޔަމް ގާތު އެހެންބުނީ.." ޖިޔާ ދައްކަމުންދިޔަ ވާހަކަތަކުން ޝަޔަމްއަށް އުނދަގޫވަމުން ދިޔައެވެ. ނިތަށް ރޫއަރުވައިލަމުން ދެލޯ ހުޅުވައިލުމަަށްފަހު ޝަޔަމް ޖިޔާއަށް ބަލައިލިއެވެ.

"ޝަޓް ޔޯ ޑިސްގަސްޓިންގް މައުތް ޖިޔާ.. އަހަރެން ނޫޅެން ޖިޔާގެ ތި ކޫސަނި ވާހަކަތައް އަޑުއަހާ ހިތުންނެއް.. އަހަރެންގެ ވަގުތުތައް އެއަށްވުރެ މާ އަގުބޮޑު.. އެެހެންވީމަ ތިބޭކާރު ވާހަކަތައް ނުދައްކާ އަނގަމަޑުންލައިގެން އިނދޭ.." ހިތްހަމަނުޖެހިފައި ޝަޔަމް ބުނެލިގޮތުން ޖިޔާގެ މޫނަށް ޖައްސައިލި ވައްތަރު އާދިލް އަށް ފެނުނެވެ. އޭނާގެ ތުންފަތުގައިވެސް ހިނިތުންވުމެއް ދުވެލީ ޝަޔަމްގެ ވާހަކަތަކުން ޖިޔާއަށްވީގޮތް ފެނިފައެވެ.

"ހުއް.. ކަލެއަަށް ތިވީ ހަމަ ވާންވީގޮތް.. ތިދެމީހުންނަށް ދުވަހަކުވެސް އެކުގައެއް ނޫޅެވޭނެ.. ކަލެއަށް ދުވަހަކުވެސް ނުހައިކް އެއް ނުލިބޭނެ.." ރުޅިވެރިކަމާއެކު ޖިޔާ ހަޅޭލަވައިގަތެވެ.

"އެއީ ޖިޔާގެ އަތްމަތީގަ އޮންނަ ކަމެއްނޫން.. ޖިޔާ ނިންމަންޖެހޭ ނިންމުމެއްވެސް ނޫން.. ކަލެއަކަަށްނޫން އެނގޭނީ ކާކަށް ކާކުކަމެއް ލިބެންޖެހޭނީ.. އެއީ ކަލެއަަށްވުރެ މާ ބާރުގަދަ ފަރާތަކުން ނިންމަވާ ނިންމެވުމެއް.. އެހެންވީމަ ކަލޭގެ ދުލުން ތިބޭރުކުރާ ބަަސްތަކުން އަހަރެންގެ ހިތަަށް ކުޑަވެސް އަސަރެއް ކުރާނޭ ހީނުކުރާތި.. އެއަށްވުރެ ބޮޑަށް އަހަރެންގެ ވެެރިރަސްކަލާނގެއަށް އަހަރެން އިތުބާރުކުރަން.. މިއީ އަހަރެންނަށް ކުރިމަތިކުރެއްވި އިމްތިހާނެއް.. އަހަރެންނަށް އޮތީ ކެތްތެރިވުން.. އިރާދަކުރެއްވިއްޔާ އަހަރެންގެ ތަގުދީރުގަ އަހަރެންނަށް ލިބެންއޮތް އެއްޗެއް އެއްވެސް މީހަކަށް ނިގުޅައެއް ނުގަނެވޭނެ.. ނުހައިކްގެ ނަން ލިޔުއްވަައިފައިވަނީ އަހަރެންނަށްކަމަށްވާނަމަ އިރާދަފުޅުން ނުހައިކް ލިބޭނީވެސް އަހަރެންނަށް.. ޖިޔާ ހުރޭ ތިއަނގަގަނޑު މައިތިރިކޮށްގެން ބަލަން.." ގެ ކައިރިއަށް ކާރު މަޑުކޮށްލުމާއެކު ޖިޔާއަށް ބަލައިލުމެއްނެތި ޝަޔަމް ކާރުން ފޭބިއެވެ. އަދި ކޮނޑުގައި އަޅުވައިލަައިފައިއޮތް ދަބަސް ރަނގަޅުކޮށްލަމުން އަވަސް ހިނގުމެއްގައި ގޮސް ގެއަށްވަނެވެ. ޝަޔަމްގެ ވާހަތައްހުރިގޮތުން ޖިޔާގެ ލޭކެކިގަތެވެ. ދަތްކުނޑިވިކައިލަމުން ކުރިމަތީގައިހުރި ސީޓުގައި ފައިން ޖެހިއެވެ. ސިހިފައި އާދިލް ބަލައިލުމާއެކު ކަޅިއަޅައިލަމުން އޭނާ އާއި ދިމާއަށްވެސް ހަޑިހުތުރު ބަސްތަކެއް ބުނެލަމުން ޖިޔާ ކާރުން ފޭބިއެވެ.

*****
ޖެހިގެންއައި ހަފުތާގައި ޝަޔަމް ބުރަކޮށްލައިގެން އުޅުނީ ނުހައިކްގެ މަގާމާއި އޮފީހުގެ އެހެންވެސް މަގާމުތަކަށް މީހުން ހަމަޖެއްސުމުގައެވެ. އޭނާއަށް އިތުބާރުކުރެވޭފަދަ މީހުން އެކި މަގާމަށް ނެގިއެވެ.

ފުރާދުވަސް އައިސް ޖެހުނުއިރު އޮފީހުގައި ހަމަޖައްސަންޖެހޭ ހުރިހައިކަމެއް ޝަޔަމް ނިންމައިލިއެވެ. ނުހައިކްއަށްފަހު އޭނާއަށް އެންމެ އިތުބާރުކުރެވޭ މީހަކީ ހިޔާމްކަމުން އެތަނުގެ ހުރިހައިކަމެއް ބެލެހެއްޓުން އޭނާ ހަވާލުކުރީ ހިޔާމް އާއިއެވެ.

އޭނާގެ ހަޔާތަށްއައި ކޮޅިގަނޑު މުހުސިނާއާއި ހިއްސާކޮށްލެވުމުން ޝަޔަމްގެ ހިތަށްވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. މުހުސިނާގެ ހިތްވަރުދިނުމުގެ ބަސްތަކުން ޝަޔަމްއަށް ވަނީ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އައު ހިތްވަރެއް ލިބިފައެވެ. ހިތަަށް ތަދުވި ނަމަވެސް ބަލިކަށިވެ ހިތްވަރުއެލުވައިލާކަށް ޝަޔަމް ބޭނުމެއްނުވެއެވެ.

ޝަޔަމް ފުރުވުމަށްޓަކައި މުހުސިނާވެސް އެއަރޕޯޓަަށް އައެވެ. މާމަ ދަރިފުޅު ކުރަމުންދިޔަ ހިތާމަތަކުން މުހުސިނާގެ ހިތަަށްވެސްވަނީ މާޔޫސްކަން ވެރިވެފައެވެ. ޗެކިންއަށްފަހު އެއަރޕޯޓުގައި ތިބިއިރުވެސް ދޭތެރެދޭތެރެއިން ޝަޔަމްއަށް ހިތްވަރުގެ ބަސްތައްބުނެ އޭނާގެ އުއްމީދު އައުވާނެފަދަ ވާހަކަތައް މުހުސިނާ ދެއްކިއެވެ. މާމަގެ ވާހަކަތަކަށް ފަނޑުގޮތަކަށް ހިނިތުންވެލުން ފިޔަވައި އެއްވެސް ބަހެއް ޝަޔަމްގެ ދުލުންނެއް ބޭރެއް ނުވެއެވެ. ދޭތެރެ ދޭތެރެއިން މީހުން ވަދެނުކުމެ ހަދަމުންދިޔަ ދޮރާއި ދިމާއަށް ޝަޔަމްގެ ނަޒަރު ހުއްޓެއެވެ. ނުހައިކް ނާނާނެކަން އެނގުނަސް އޭނާއަަށް އުއްމީދުކުރެވެމުން ދިޔައެވެ. ހަމަ ކޮންމެ ވަގުތަކުވެސް ނުހައިކް އައިސް އޭނާ ގާތުގައި ނުދިއުމަށް ބުނެފާނޭ ހީވަނީއެވެ. އެކަމަށް އޭނާގެ މުޅި ހިތާއި ރޫހުވެސް އެދެމުންދިޔައީ ކެތްކުރަންދަތިވާ ވަރަށެވެ.

ބޯރޑިންގްއަށް ގޮވައިލުމާއެކު ފުންނޭވާއެއްލަމުން ޝަޔަމްއަށް އިސްޖަހައިލެވުނެވެ. އުުއްމީދު ފުނޑުފުނޑުވެ ހިތްހަލާކުވެފައިވާހާލު އޭނާ އެތަނުން ދިއުމަށް މިސްރާބުޖެހިއިރު އެހިތުގައިވީ އެންމެފަހުން އޭނާ ފުރުވަން ނުހައިކް އައި ދުވަހުގެ ފޮނި ހަނދާންތަކެވެ. އެހަނދާންތަކުން އަމިއްލަ ހިތް ޒަޚަމްވަމުންދިޔައިރު އެދެލޮލުން ހިތަަށްކުރަމުންދިޔަ ފުން އަސަރު އެއްވެސް ފޮރުވުމެއްނެތި ފައުޅުވަމުން ދިޔައެވެ. ބޯރޑިންގްއަށް ވަދުމުގެކުރިން އަނެއްކާވެސް ޝަޔަމްއަަށް ވަށައިގެން ހޯދައިލެވުނެވެ. ނުހައިކްގެ ކުޑަވެސް އަސަރެއް ފެންނަންނެތުމުން ތުންފިއްތައިލެވުނެވެ. ހިނިތުންވެފައި އޭނާއަަށް ބަލަންހުރި މުހުސިނާއަަށް ހަނާއަޅައިލަމުން ޝަޔަމް އެތެރެއަށްވަނެވެ.

ފްލައިޓްގެ ގޮނޑީގައި އިނށީނުމަަށްފަހު ކުޑަދޮރުގައި ޝަޔަމް ބޯޖައްސައިލިއެވެ. ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމަކަަށް ޝަޔަމްގެ ޝައުގެއްނެތްކަހަލައެވެ. ފުންޚިޔާލަކަށް ގެނބިފައިއިނދެ ލޮލުގެ ހިމަކޮޅުން ވެއްޓުނުކަރުނަތިކި އޭނާ ފުހެލިއެވެ.

ބާރު ސްޕީޑްގައި ޕްލައިޓް މައްޗަަށް އަރަމުންދިޔަވަރަކަށް ތިރިން ފެންނަމުންދިޔަ މަންޒަރުތައް ކަނިވަމުންދިޔައެވެ. ކުޑަދޮރުގެ ބޭނުން ފެންނަމުންދިޔަ މަންޒަރަށް ގެއްލިފައިއިނދެ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޝަޔަމް އަތްޖައްސައިލިއެވެ.

"ގުޑް ބާއި.. އަހަރެން ވަރަަށް ލޯބިވޭ.. އަބަދުވެސް ލޯބިވާނީ ނުހައިކް ދެކެ.. އިންތިޒާރުކުރާނަން.. ކޮންމެވެސް ދުވަހަކުން ތިލޯބިލިބޭނެކަމަށް.." މަޑު އާހެއްގެ އަޑު ޝަޔަމްގެ ތުންފަތް ފޫއަޅުވައިލައިފައި ނުކުތީ އެހިތުގެ ހާލު ބަޔާންކޮށްދެމުންނެވެ. މެރިގެންދިިޔަ ދެލޮލުގެ ތެރެއިން ކަރުނައިގެ މުތީތަަށް އޮހިގަތީ އިތުރަށް އެކަރުނަތައް ހިފެހެެއްޓުމަށް އެސްފިޔަތަަށް ނުކުޅެދުމުންނެވެ.

އެއަރޕޯޓުގެ ބޭރުގައި އެއްފަރާތު ޕާރކްކޮށްފައިއޮތް ޓެކްސީއެއްގެ ކައިރީ ހުއްޓިލައިގެން ނުހައިކްހުރީ ދެންމެ ނައްޓައިލި ފްލައިޓަށް ނަޒަރު ހުއްޓައިލައިގެންނެވެ. ވާހަކައިގެ ތެރެއިން ހިޔާމްގެ ފަރާތުން ނުހައިކްވަނީ ޝަޔަމް ފުރަން ނިންމައިފައިއޮތް ފްލައިޓްގެ މައުލޫމާތު ހޯދައިފައެވެ. ޝަޔަމްއާއި ބައްދަލު ނުކުރިއެއްކަމަކު އެތަނަށް ނުހައިކް އައީ އެންމެފަހު ވަގުތުވެސް ޝަޔަމްގެ ގާތުގައިވުމަށް އޭނާގެ ހިތް އެދުނުވަރުންނެވެ.

ކަނިވަމުންދިޔަ ފްލައިޓަށް ބަލަހައްޓައިގެންހުރިއިރު ޝަޔަމްގެ ރައްކައުތެރިކަމަށް އެދި ނުހައިކްއަށް ދުޢާކޮށްލެވުނެވެ. އަދި ކޮންމެވެސް ގޮތަކުން ހުރިހައި ހަގީގަތެއް ޝަޔަމްއަށް ހާމަވުމަށް އޭނާގެހިތް އެދުނެވެ. ލޯކުރިމަތިން ފްލައިޓް ގެއްލުމާއެކު ފުންނޭވާއެއްލަމުން ނުހައިކް އިސްޖަހައިލިއެވެ. އެހިނދު އަނބުރައި ޝަޔަމް އޭނާގެ ހަޔާތަށް ގެނެސްދެއްވުންއެދި ތަކުރާރުކޮށް ނުހައިކްއަށް ދުޢާކޮށްލެވުނެވެ. އެދުވަހަކާއި ޖެހެންދެން ކޮންމެ ހާލެއްގައި ނަމަވެސް އިންތިޒާރުކުރަން ނުހައިކް ނިންމިއެވެ.

*****
ޝަޔަމް ގޭތެރެއަށް ވަދެގެން އައިއިރު ސޯފާގައި ފައިލެއް ހުޅުވައިލައިގެން ލިޔުންތަކެއްބަލަން އަޒްހަރު އިނެވެ. ސާރާ އޭނާގެ ހައްޔަރުން ދޫކޮށްލުމަށްފަހު ދެދުވަސްތެރޭ ފުރައިގެން އަޒްހަރު އެނބުރިއައީ މާލޭގައި އުޅެނިކޮށް ޝަޔަމްއަށް އޭނާ ފެނިދާނެތީއެވެ. ދާދި ގާތުން އިވުނު ފިޔަވަޅުތަކެއްގެ އަޑުން އިސްއުފުލައިލައި އަޒްހަރު ބަލައިލިއެވެ. މާޔޫސްކަން ފައުޅުވަމުންދިޔަ ޝަޔަމްގެ މޫނު ފެނުމުން އަޒްހަރުގެ ތުންފަތުގައި ކާމިޔާބީގެ ވިހަ ހިނިތުންވުމެއް ދުވެލިއެވެ.

"ދަރިފުޅާ.. ހާދަ އަވަހަކަށް އެނބުރި ތިއައީ.. އޮފީހުގެ ކަންކަން ރަނގަޅުތަ؟" ފައިލު މޭޒުމަތީގައި ބާއްވަމުން އަޒްހަރު އަހައިލިއެވެ. މަޑުމަަޑުން ޝަޔަމް ބޯޖަހައިލިއެވެ.

"އާދޭ ބައްޕަ ގާތު މިތަނުގަ އިނށީދެލަން.. ކިހިނެއްވެފަތަ ދަރިފުޅު ތިހުރީ..؟ ހީވަނީ އެތައްްދުވަހަކު ބަލިއެނދުގަ އޮވެފަ ތެދުވެ އުޅޭ މީހެއްހެން.. މުޅި މޫނުމަތިވެސް މިލާފައެއްނު ތިހުރީ.. ތީ އެހެންނާ ދަރިފުޅު ހުންނަގޮތެއްވެސް ނޫން.." އަޒްހަރު މަަަސައްކަތްކުރަމުންދިޔައީ ވީހައިވެސް އާދައިގެ ގޮތަކަށް ވާހަކަދެއްކުމަށެވެ. އޭނާގެ ވާހަތަކުން ޝަޔަމް އާއި މެދުގައި ކަންބޮޑުވެފައި އިންކަން ފައުޅުވަމުންދިޔައެވެ. އެހައި ދުވަސްފަހުން އަޒްހަރު އެމޭރުމުން ވާހަކަދެއްކުމުން ޝަޔަމްގެ ހިތަށް އިތުރަށް އަސަރުކުރިއެވެ. ދުވެފައި އައިސް ތިރީގައި އިނށީނަމުން އަޒްހަރުގެ އުނގުގައި ބޯއަޅައިލިއެވެ. އެއާއެކު ހުރިހައިއިރު ހިތުތެރޭގައި ފޮރުވައިގެންހުރި އުދާސްތައް ބޭރުކޮށްލުމަށް އޭނާގެ ނަފުސު އެދުނެވެ. ބާރަށް ރޮއެގަންނަމުން އަޒްހަަރުގެ އުނަގަނޑުގައި ވަށައިލެވިފައިވި ދެއަތް ޝަޔަމް ބާރުކޮށްލިއެވެ.

"ބައްޕާ... ނުހައިކް.. އަޅުގަނޑު ދޫކޮށްލައިފި.." އަޒްހަރު އެގުޅުމަށް ނުގަބޫލުކަން އެނގޭއިރުވެސް ހިތުގެ ހާލު ޝަޔަމްއަށް އަޒްހަރުގެ ކުރިމަތީގައި ބަޔާންކޮށްލެވުނެވެ. އަޒްހަރުގެ ގާތްކަމަށް އޭނާ ބޭނުންވެފައިވީ ވަރުންނެވެ. އެހިތުގަައި އަޅަމުންދިޔަ ވޭން ޝަޔަމްގެ ގިސްލުމުން އެކަނިވެސް ހާމަވަމުންދިޔައެވެ. ޝަޔަމްގެ މިކުއްލި ހަރަކާތުން ބުނާނެ އެއްޗެއް ނޭނގި ގުޑިލަންވެސް ނުކެރިފައި އަޒްހަރު އިންއިރު އެވޭނީ ގިސްލުން އޭނާގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައީ ހިނދުކޮޅަކަށްވިއަސް އޭނާގެ ސިކުނޑީގެ ބާރު ދަށްކޮށްލަމުންނެވެ. ޝަޔަމް ކޮންމެ ގޮތަކަަށް ބަދަލުވި ނަމަވެސް އޭނާ ޝަޔަމްދެކެ ލޯބިވެއެވެ. ހުރި ހަމައެކަނި ދަރިއަށްވީއިރު އޭނާގެ ނަޒަރުގައި އޭނާ ކުރި ކޮންމެ ކަމެއްކުރީ ޝަޔަމްއަށް ރަނގަޅަކަށެވެ. އެހެނަސް އެހިނދުކޮޅު ޝަޔަމްގެ ގިސްލުންއިވި އޭނާގެ ސިކުނޑީގެ މައްޗަށް ހިތް ގަދަވެގަންނަން މަސައްކަތްކުރަމުންދިޔަ ކަހަލައެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އުނގުގައި ބޯއަޅައިގެންއޮތް ޝަޔަމްއަށް އޭނާއަށް ބަލައިލެވުނެވެ.

"ތިކަމާ ދަރިފުޅު ހަގީގަތުގަ އުފާކުރަންވީ.. ކިހައިރަނގަޅަށް ތިވީ.. ބައްޕަ އޭރުވެސް ބުނީމެއްނު ހަޔާތުގެ ބައިވެރިޔާއަށް ނަގަންވާނި ތިމާއާއި އެއްފަންތިއެއްގެ މީހެކޭ.. އޭރަށް ތިކަހަލަ ކަމެއް ދިމައެއްނުވާނެ.. އޭރުވެސް ދަރިފުޅު ބައްޕަގެ ވާހަކަ އަޑުއެހިނަމަ.. ނުހައިކް އެއީ ދަރިފުޅާ އެއްގޮތަކަށްވެސް އެކަށީގެންވާ މީހެއްނޫން.." ޝަޔަމް ގަޔާއި ދުރުކޮށްލަމުން އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތަށް އަޒްހަރު ފުހެލައިދިނެވެ. އަޒްހަރުގެ ވާހަޖަތަކަށްދޭނެ ރައްދެއް ޝަޔަމްއަށް ނުވިސްނުމުން ނޯށްދަމައިލަމުން މަޑުމަޑުން ބޯޖަހައިލިއެވެ.

"އެކަމަކު.. އަޅުގަނޑު.. ވަރަށް ލޯބިވޭ.." އިސްޖެހިފައިން ޝަޔަމް ބުނެލިއަޑަށް އަޒްހަރުގެ ނިތަށް ރޫއަރައިގެން ދިޔައެވެ. "ދިރުއުޅުމަށް ހަމައެކަނި ލޯބިވެގެން ނުފުދޭނެ.." ބޭނުންނުވިއަސް އަޒްހަރުގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިގެންދިޔައެވެ. އިރުކޮޅަކު އަޒްހަރަށް ބަލަން އިނުމަށްފަހު އިންތަނުން ތެދުވަމުން ކޮޓަރިއަށް ދިއުމަށް ޝަޔަމް ހިނގައިގަތެވެ. އެވަގުތު އަޒްހަރު އޭނާއަށް ގޮވައިލި އަޑު އިވިފައި ހުއްޓި ޝަޔަމް ބަލައިލިއެވެ.

"ބައްޕަބުނީ.. ދަރިފުޅު ތިގެނައި ބަދަލެެއް އަމިއްލަ ނަފުސަށް ގެނައީ ނުހައިކްގެ ހިތް ރުއްސާކަށްނު.. އެކަމަކުވެސް އޭނަ އެވަރު ނުދަތެއްނު.. އެހެންވީމަ.. ދެން ތިބުރުގާ ނަގައި ތިގޮތަށް ހެދުންއެޅުން ހުއްޓައިލަންވީނު.." ސީރިއަސްކަމާއެކު ޝަޔަމްއަށް ބަލަހައްޓައިގެންއިނދެ އަޒްހަރު ބުނެލިއެވެ. އެވާހަކަތަކުން ޝަޔަމްއަށް ސިހުން ގެނުވިއެވެ. ހިނދުކޮޅެއްކުރިން އަޒްހަރުގެ ފަރާތުން ފެނުނު އޯގާތެރިކަން އެއަޑުން ނެތިގޮއްސިއެވެ.

ފުންކޮށް ދެތިން ނޭވައިލަމުން އަމިއްލަ ނަފުސު ހިޞާރުކުރަމުންދިޔަ ރުޅިވެރިކަން މަތަކުރުމަށް ޝަޔަމް މަސައްކަތްކުރިއެވެ. އެހެނަސް އޭނާއަށް އޭނާއަށް ކާމިޔާބެއްނުވިއެވެ. "އަޅުގަނޑު ބަދަލުވީ ވަކި ނުހައިކްއަށްޓަކައެއްނޫން.. މިއީ އަޅުގަނޑުގެ އަމިއްލަ ނަފުސަށްޓަކައިކުރި ކަމެއް.. ދުވަހަކުވެސް އެކަކު ބުންޏަސް އިންޝާ ﷲ އަހަރެން މިބުރުގަލެއް ނުނަގާނަން.. އަދި މިގޮތަށް ހެދުން އެޅުމެއްވެސް ނުހުއްޓާނަން.." ޝަޔަމްގެ ވާހަކަހުރިގޮތުން އަަޒްހަރުވެސް ރުޅިއަންނަގޮތް ވިއެވެ. ހިތްހަމަނުޖެހިފައި އިންތަނުން އޭނާ ތެދުވިއެވެ.

(ނުނިމޭ)

  Please log in or register to bookmark.
  7k

  19 ޚިޔާލު

  1. ހާދަ ލަހުން ވާހަކަ ކިޔާލަން ލިބެނީ

  2. މާޝާ ﷲ!! ވަރަށް ވަރަށް ވަރަށް ރީތި މިބައިވެސް 💖💝💜 ޖިޔާއެއް ދޯ 😈😠 ހުވާ މިބުނީ 😡 އައ ހޭޓް ހަރ 😤 ކިއުރިއަސްލީ ވެއިޓިންގ ފޯ ދި ނެކްސްޓް ޕާޓް ❤✌ ލަވް ޔޫ 💞 ސްޓޭ ސޭފް ޑިއަރ 💖💝

   10
  3. ސަލާމް އޯލް.. ނެކްސްޓް ޕާރޓް އިންނާނީ ސަބްމިޓް ކޮށްލާފަ.. ހޮޕްފުލީ މިއަދު އޯ މާދަން އަޕްވާނެ އިންޝާ ﷲ.. ❤

  4. ނައުފާ ދައްތާ ގެ ފިރިއެއްހުރޭތަ ދަރިޔަކާ ވާހަކަ ލަސްވާތީ ހަމަ އަހާލެވުނީ މާފަށް އެދެން އިނގޭ ވަރަށް ލޯބިވޭ އެކަމުގެ ދެން ވާހަކަ ކިޔޭ ކަށް ނެތް ކިޔެވުމަށް ގަދައަޅާ މަސްބަތް ފަށަން ވެއްޖެ ޓެސްޓައް އޮތީ އެންމެ ހަތަރު މަސް ވަރަށް ހާސްވެސް ވޭ

  5. މިއަދުވެސް ވާހަކަ ކިޔާލަން ނުލިބޭ.... މިހާރު ހާދަ ލަހޭ ވާހަކަ ކިޔާލަން ލިބޭލެން 😭 ހާދަ ދެރަޔޭ... އެންމެ ރީތި ބައި މިހާރު މިއަންނަނީ

  6. ތަންކޮޅެއް ލަހީ އަޕްލޯޑު ވާލެއް..އެކަމު ވަރަށްރީތި މާޝާﷲ 😘😘

  7. ކޮބާ ؟ އިންތިޒާރު ކޮށްކޮށް މޮޔަވާވަރުވެއްޖެ.

  8. ހާދަ ލަހޭ މިހާރު ވާހަކަ އަޕް ވާލެން....
   ކިޔާ ހިތުން ކެއްމަދުވެފައި...
   ކީއްވެތަ ލަސްވަނީ؟؟؟؟؟

  9. ހާދަ ލަހޭ މިހާރު ވާހަކަ އަޕް ވާލެން....
   ކިޔާ ހިތުން ކެއްމަދުވެފައި...
   ކީއްވެތަ ލަސްވަނީ؟؟؟؟؟

  10. ޔެސް... އަދިވެސް އަޕް ނުކުރޭ... ދިސް އިޒް ޓޫ މަޗް އަސްލު... ލިޔުންތެރިން ވާހަކަ ފޮނުވާތާ 3-4 ދުވަސް ވާއިރު ވާހަކަ އަޕްކޮށް ނުދީ ހުންނާނީ ކިޔުންތެރިންގެ އިހުސާސްތަކަށް ސައިޓުން އިޙްތިރާމް ނުކުރާތީކަމަށް މި ބަލަނީ 😑😪

   ބައިދަވޭ، ވާހަކަ ވވވވވ ސަޅި އިނގޭ... ކީޕް އިޓް 👍ޑިއާރ ❤

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy