އެއީ ލިއަމްގެ މެސެޖެކެވެ.ވާހަކަ ދައްކާފައި ހުރިގޮތުން ހީވަނީ މީގެކުރިންވެސް ދެމެދުގައި ގުޅުމެއް އޮތް ހެންނެވެ.އެއްވެސް ކަހަލަ ބީރައްޓެހި ކަމެއްނެތެވެ."މަލް" ގެ ނަމުން ގޮވާލާފައި ވާއިރު، ލިއަމް އަަށް މަލަކް އެނގުނީ ޝިފާގެ ފަރާތުން ކަމާއި މަލަކް ގެ މިޒާޖާ އުޅުން ލިއަމް އަށް ކަމުދިޔަ ވާހަކަވެސް މެސެޖް ގައި ބުނެފައި އޮތެވެ.ނަމަވެސް ލިއަމްގެ އުޅުމާއި މަލަކްގެ އުޅުން ހާސް ބައި ތަފާތު ކަމަށާއި މަލަކް ކަހަލަ ކުއްޖަކަށް ލިއަމް ކަހަލަ މީހަކު އެކަށީގެންނުވާ ވާހަކަވެސް ބުނެފައި ވެއެވެ.ނަމަވެސް މަލަކްގެ ޒަމީރު މަލަކް އައް ވިސްނައި ދިނީ އެފަދަ މީހަކުވެސް ރަނގަޅުކޮށް ދިރިއުޅުމަށް ބޭނުންހިފޭ މީހަކަށް ހެދިދާނެ ކަމެވެ.އަދި މަލަކުގެ ހިތުގައި ލިއަމް އާ ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. އެއާއިއެކު ލިއަމް ރަނގަޅު މީހަކައް ހަދައިދޭން މަލަކް އައް ކުރެވުނުހާ މަސައްކަތެއް ކޮއްދޭނެ ކަމަށް މަލަކް ބުންޏެވެ.މަލަކް ގެ ވާހަކަތަކަށް ލިއަމް ތައުރީފުކުރި އެވެ.އަދި މަލަކްގެ ހިތްހެޔޮ ކަމަށް ޝުކުރުވެރިވާ ވާހަކަވެސް ބުނެފައިވެއެވެ.އެދުވަހަށްފަހު ލިއަމް އާ މަލަކްއާ ދެމެދު ވީ ގުޅުން ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދިޔައެވެ. ދެމެދުގާ އެކިއެކި ވާހަކަތައް ދެކެވި އެކަކު އަނެކަކަށް
ޢިތުބާރު ކުރެވެންފެށިއެވެ.އެކުގާ ވަގުތު ވެސް ހޭދަ ކުރެވުނެވެ.ދެމީހުންނަށްވެސް ގަބޫލު ކުރެވުނީ އެކަކު އަނެކަކަށް ދަސްވެ ނިމިއްޖެކަމަށެވެ.މި ގުޅުން ލޯތްބަށް ބަދަލުވާން މާ ގިނަ ދުވަސްތަކެއް ނުނެގިއެވެ.އެއާއެކު ލިއަމް އެދުނީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބި ވާއިރު މި ގުޅުންް ރީއްޗަށް ކުރިއަށް ގެންދާށެވެ.އެ ދަޢުވަތް މަލަކް ގަބޫލުކުރީ ހިތުން ރުހުމުންނެވެ.މަލަކް އެދުނު ގޮތަށް ލިއަމް ރަނގަޅު ކުރަން މަލަކް އަށް ކުރެވުނުހާ މަސައްކަތެއް މަލަކް ކުރަމުން ގެންދިޔައެވެ.ކޮންމެ ނަމާދު ވަގުތަކަށް ނަމާދު ކުރުމަށް ލިއަމްއަށް ހަނދާން ކޮށްދެއެވެ.ލިއަމް ހިތްހަމަނުޖެހޭނެހެން ހީވާ ފަދަ ކަމެއްވެސް ނުކުރެއެވެ.ފިރިއަކަށް ކުރާ ފަދައިން އިހްތިރާމް ކުރެއެވެ.މަލަކްގެ ހިތުގާ ލިއަމްގެ ނަން ލިޔެވުނީ ކުލަގަދަ އަކުރުންނެވެ..
***************************
ހަފްތާއެއް ފަހެވެ..ގަޑިން ފަސްގަޑި ބައިވާން ތައްޔާރު ވެއްޖެއެވެ.ދުނިޔެ މައްޗަށް އަނދިރިކަން ހަނާ އަޅަން ފަށައިފިއެވެ.މަލަކް އޮތީ ގޭދޮރުމަތީ ހުރި ޖޯއްޔެއްގައި އޮށޯވެގެންނެވެ..އުޑުމަތީ ދެމެމުންދާ ރަތް ވިލާ ތަކަށް ބަލާށެވެ..ޙިޔާލަކަށްފަހު ޙިޔާލެއް އަރާ ފައިބަމުން ދިޔައެވެ.ހަޔާތުގެ އުފާވެރި ދުވަސްތައް ދުވަހަކަށްފަހު ދުވަހެއް ނިމެމުން ދަނީއެވެ..ނަމަވެސް މި ފަހަކަށް އައިސް ލިއަމްގެ އަމަލުތައް ހުންނަ ގޮތުން މަލަކްއާ ދޭތެރޭ މާބޮޑު ޝައުގުވެރިކަމެއް ނުހުންނަހެން މަލަކްއަށް ހީވާން ފަށަިފިއެވެ..ޙިޔާލް ތަކުގައި އޮވެވުނު އިރު ވަގުތު ދިޔަ ގޮތްވެސް މަލަކްއަކަށް ނޭންގުނެވެ.."މަލަކް ކީއްވެ ބޭރުގަ ތިއޮތީ؟ކަމަކާ ދެރަ ވެފަތަ؟މަންމަ ހާދަ އިރެއް ވެއްޖޭ ދަރިފުޅު ނުފެނިގެން ހޯދާތާ.." މިންނާ ވާހަކަ ދެއްކީއޯގާތެރި ކަމާ އެކުގައެވެ..އެ ދަރިފުޅަށް މިއަދު އެންމެ މުހިންމީ ލޯތްބާއި އަޅާލުން ކަން މިންނާއަށް އިނގެއެވެ."މަންމާ އަޅުގަނޑު އެބައޮތް މަންމަ ކައިރީ ވާހަކައެއް ބުނަންވެފަ..މަންމަ ހިތްހަމަ ނުޖެހިދާނެތީ ނުބުނެވިގެން މިއުޅެނީ..މަންމާ އަޅުގަނޑު މިއުޅެނީ ކުއްޖަކާ ރައްޓެހިވެގެން.."މިންނާގެ މޫނުމައްޗަށް އައި ކުލަވަރު ފޮރުވާލުމަށްފަހު މިންނާ ސުވާލު ކުރީ އެއީ ކޮން ކުއްޖެއްތޯއެވެ..މަލަކް ލިއަމްގެ ވާހަކަ ބުނުމާއެކު މިންނާ ދިޔައީ ސިއްސައިގެންނެވެ..ބަލަން ހުރި ކޮންމެ މީހަކަށް މިންނާގެ އިހުސާސްތައް އިނގޭ ކަހަަަލަ ގޮތަކަށެވެ.
(ނުނިމޭ)
ޓެކްނިކަލް މައްސަލަ ތަކަކާ ގުޅިގެން ވާހަކަ ގެނެސްދެވުން ލަސްވާތީ ނިހާޔަތަށް މަޢާފަށް އެދެން.. އިންޝާﷲ މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ވާހަކަ ގެނެސްދޭނަން. ތިޔަ ދެއްވާ އެއްބާރުލުން ހިތުގެ އަޑިން ޝުކުރުވެރިވަން .🖤
*އެއްބާރުލުމަށް
އެކަމަކުވާ... ހަމަ ގައިމު ވެސް އަހަންނަށް އެނގޭ މި ވާހަކައިގެ ކޮންމެ ބައެއްވެސް ކުރުކަމުންގޮސް ކުރު ވާހަކަ އަކަށް ވުރެ ކުރުކަން.. މިއަށްވުރެ ދިގު ކޮށްލާން ވީނު ދޯ
ރީތި ވާހަކަ އެއް ނަމަވެސް ކުރު ވީމާ ރީއްޗެއް ނޫން..
މިއަށްވުރެ ދިގު ކުރީމާ ނިމުނީ.. އޭރުން ކިޔާ ހިތްވާނީ.. މީހުންގެ ސަޕޯޓް ލިބި މި ވާހަކައަށް ☺️
އެކަމަކުވާ... ހަމަ ގައިމު ވެސް އަހަންނަށް އެނގޭ މި ވާހަކައިގެ ކޮންމެ ބައެއްވެސް ކުރުކަމުންގޮސް ކުރު ވާހަކަ އަކަށް ވުރެ ކުރުކަން.. މިއަށްވުރެ ދިގު ކޮށްލާން ވީނު ދޯ
ރީތި ވާހަކަ އެއް ނަމަވެސް ކުރު ވީމާ ރީއްޗެއް ނޫން..
މިއަށްވުރެ ދިގު ކުރީމާ ނިމުނީ.. އޭރުން ކިޔާ ހިތްވާނީ.. މީހުންގެ ސަޕޯޓް ލިބޭނީ ވާހަކައަށް ☺️
ވާހަކަ އަދި ނުނިމޭ..ވާހަކަ އަކީ ސިލްސިލާ ވާހަކަ އަކަށް ވި ނަމަވެސް އެހާ ދިގު ވާހަކަ އެއް ނޫން..އެކަމު ކުރު ވާހަކަ އަކަށް ވުރެ ދިގު ވާތީ މިހެންް ލިޔުނީ..އަދި ހަގީގީ ހާދިސާ އެެއްގެ މައްޗަށް ބިނާކޮށް ލިޔާތީ އެންމެ ބެސްޓް އެއް ނުދެއްކުނު..ތި ދެއްވާ އެއްބާރުލުން ހިތުގެ އަޑިން ގަބޫލް ކުރަން... 🤍
ވާހަކަ އަދި ނުނިމޭ..ވާހަކަ އަކީ ސިލްސިލާ ވާހަކަ އަކަށް ވި ނަމަވެސް އެހާ ދިގު ވާހަކަ އެއް ނޫން..އެކަމު ކުރު ވާހަކަ އަކަށް ވުރެ ދިގު ވާތީ މިހެންް ލިޔުނީ..އަދި ހަގީގީ ހާދިސާ އެެއްގެ މައްޗަށް ބިނާކޮށް ލިޔާތީ އެންމެ ބެސްޓް އެއް ނުދެއްކުނު..ތި ދެއްވާ އެއްބާރުލުން ހިތުގެ އަޑިން ގަބޫލް ކުރަން... 🤍
ސިލްސިލާކޮށް އޮތަސް މީ އަސްލު ވަރަށް ކުރު ވާހަކަ އެއް..އަސްލު ކުރު ވާހަކަ އަކަށް ވުރެ ދިގުވީމަ މިގޮތަށް ލިޔުނީ..ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔާތީ އެންމެ ބެސްޓް އެއް ނުދެއްކުން .ނަމަވެސް ކިޔުންތެރިން ތިދެއްވާ އެއްބާރުލުން ހިތުގެ އަޑިން ގަބޫލް ކުރަން ..🤍
މި ވާހަކަ އަކީ ސިލްސިލާ ކޮށް ލިޔުނަސް އެހާ ދިގު ވާހަކަ އެެއް ނޫން..އެކަމު ކުރު ވާހަކަ އަކަށްވުރެ ދިގުވީމަ މިހެން ލިޔުނީ .ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔާތީ އެންމެ ބެސްޓް އެއް ނުދެއްކުން..އެއާއެކުވެސް ތިދެއްވާ އެއްބާރުލުން ހިތުގެ އަޑިން ގަބޫލު ކުރަން🖤