މި ވާހަކައަކީ މީގެ އެތަކެއް އަހަރުކުރިން އަރި އަތޮޅުގައި ހިނގާދިޔަ ހަޤީޤީ ހާދިސާއެކެވެ. ވަރަށް ގިނަ ދުވަސްތަކަކަށްފަހު ހޯދި މަޢުލޫމާތުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ގެނެސްދޭނަމެވެ. ވާހަކައިގައި ހަޤީޤަތާ ހިލާފްކަމެއް ވާނަމަ ނިހާޔަތަށް މަޢާފަށް އެދެމެވެ. މި ވާހަކަ އަޅުގަނޑު މި ގެނެސްދެނީ އެކި ބޭފުޅުންގެ ތުންތުންމަތިން އަދާ ހަމައަށް އިވެމުންއައި ގޮތުގެ މައުލޫމާތުގެ މައްޗަށެވެ.
އދ.ހަންޏާމީދޫއަކީ އޭރު އަރިއަތޮޅުގައި އާބާދީގެގޮތުން އެންމެ މީހުންގިނަ އެއްރަށެވެ. އެއީ މީގެ އެތައް ސަތޭކަ އަހަރު ކުރިއެވެ. އޭރުގައި ކަންކަންކުރާގޮތުންނަމަ ކޮންމެ އަތޮޅެއްގައިވެސް ވެރިކަންކުރާ ރަށަކަށް ވެގެންދަނީ އާބާދީގެ ގޮތުން މީހުން އެންމެގިނަ ރަށެވެ. އެހެންކަމުން އަތޮޅު ވެރިކަންކުރާ ރަށެއް ހަމަޖެއްސުމަށް އޭރު ކުރަމުންދިޔަ މަސައްކަތުން އަރިއަތޮޅު ވެގެންދިޔައީ އެހެންހުރިހާ އަތޮޅަކަށްވުރެ އެއްރަށް އަނެއްރަށަށް އެކަމުގައި ވާދަވެރިކަން ބޮޑު އަތޮޅަކަށެވެ. ކޮންމެ ބަޔަކުވެސް ބެނުންވަމުންދިޔައީ އެބައެއްގެ ފަސްގަނޑުގައި ވެރިކަންކުރުމުގެ ރޫޙް އާލާކުރުމަށެވެ. އެގޮތުން އެންމެ ވާދަވެރިވި އެއްރަށަކީ މިހާރު ވެރިކަންކުރަމުން ގެންދާ އދ.މަހިބަދޫއެވެ. އޭރުގެ ގޮތުންބުނާނަމަ ދެވަނައަށް އެންމެ އާބާދީ ބޮޑު އެއްރަށަކީވެސް އެއީއެވެ. (މަހިބަދޫއެވެ.)
ވާދަވެރިކަމުގައި އެއްރަށް އަނެއްރަށް ދުވަހެއް ދުވަހަކަށް ދިޔައީ ގަދަވަމުންނެވެ. އަރިއަތޮޅު ވެރިކަންކުރާނެ ރަށެއް ހަމަނުޖެހި ދުވަސްތަކަކަށް އެދުވަސްތައް ދިގުދެމިގެންދިޔައެވެ.
އެދުވަސްތަކުގައި ހަންޏާމިދޫއަށް ކުރިމަތިވަމުންއައީ އާދަޔަ ހިލާފުކަމެކެވެ. ކުރިން ދުވަހަކުވެސް މީހުން މަރުނުވާފަދަ ގޮތް ނޭނގޭ ގޮތެއްވެ ރަށުގެ މީހުންކޮޅު މަދުވަމުންދިޔައެވެ. އެންމެ މޮޅު ހަކީމީ ދިވެހިބޭހަށްވެސް ނުގުޑާ އެބަލީގެ އަސްލެއް އެއްވެސް މީހަކަށް ނެނގުނެވެ. އޭރުގެ މީހުން ބުނާގޮތުންނަމަ ދުވާލެއްގެ މައްޗައް ހަތަރު ފަސް ސަންދޯއް ޖަހަން ނުޖެހޭ ދުވަހެއް ވޭތުވެގެން ނުދެއެވެ. ގިނަބަޔަކު ބުނާގޮތުންނަމަ އެންމެންވެސް ފެންނަނީ ވެއްޓިފައިއޮއްވައެވެ. ކައިރިއަށްގޮސް ބަލާލާއިރު ހަށިގަނޑުގައި އެއްވެސް ދިރުމެއްނުވެއެވެ. އެއް މައްޔިތާ ހިނަވާ، ކަފުންކޮއް ވަޅުލާ ނިންމާފައި ދާއިރު ރަށުގެ އެހެންދިމާލަކުން މީހަކު ނިޔާވެފައި އޮއްވާ ފެނެއެވެ. މިކަންތައް މިހެންވުމާއި ގުޅިގެން މުޅި ރަށުތެރޭގައި ބިރުވެރިކަމާ ހިތާމަވެރިކަން އުފެދިގެންދިޔައެވެ.
ފަހަކަށް އައިސް މަރުވަމުންދިޔަ މީހުންގެ އަދަދު ގިނަވެގެން ރަށުގެ އެތަން މިތާނގައި ހަށިތައް ވަޅުލެވުނެވެ.
މިކަމަށް ހައްލެއް ހޯދުމަށްޓަކައި ކައިރީގައި އޮތް ކުނބުރުދޫއިން މޮޅު ފަންޑިތަހަދާ މީހަކުގެނެސް ރަށުތެރެ އަމާންކުރުމުގެ ގޮތުން ކިޔެވެލިކިޔަވާ އެތައް މަސައްކަތެއް ކުރިއެވެ. ކުނބުރުދޫއިން ގެނައި ފަންޑިތަވެރިޔާ ބުނާގޮތުގައި އަރިއަތޮޅު ވެރިކަން ހޯދުމަށްޓަކައި އެ އަތޮޅު ރަށްތަކުގެބަޔަކުވަނީ ފަންޑިތަހަދާފައެވެ. އެކަމުގެ ސަބަބުން މީހުން މަރުވަމުންގޮސް ރަށުގެ އާބާދީ މަދުވީކަމަށެވެ.
އަރިއަތޮޅުގައި އޭރު އާބާދީގެގޮތުން ބޮޑު އދ.ހަންޏާމިދޫ ވެގެންދިޔައީ 7 ކައިވެނީގެ މައްޗައް އޮތް މީހުންމަދު ރަށަކަށެވެ. އެހެންކަމުން މިއަދާ ހަމައަށްވެސް އެ ރަށް ވެގެންދިޔައީ މީހުން ދިރިއުޅުން އެހެންނަމަވެސް ރާއްޖޭގެ ތާރީހުގައި އެންމެ ނާމާންވި އެއް ރަށަށެވެ.
(ނިމުނީ)
Iމީ ދެންވާހަކައެއްތަ؟
ވަރަށް ރީތިބ😇
ހެހެ ވަރަށް ސަޅި . ☺️☺️☺️
ސަޅި😘😱😃😘😘😘😘😘😘😃
The world of Warcraft and the other day and the world of tanks
މީ ހަމަ އަސްލުތަ؟.....
މީ އަސްލުވެސް ތެދެއްތަ؟އަދި އަލަށް މި ވާހަކަ އިގުނީ.....
ފޭކް އެއް މީ!
އެޓްލީސް އައި ޑޯންޓް ބިލީވް!
މި އަކީ ހަގީގަތެއް ނޫން!
މި އަކީ ހަގީގަތެއް ނޫން!
މިއީ ފޭކް އެއް!
ބޮޑު ދޮގެއް!
👎👎
ހައު ޑިޑް ޔޫ ނޯ އިތްއިސް އަ ފޭކް
ރީތި. ދިގު ކޮއްލި ނަމަ ވަރަށް ރީތި ވީސް.
ޔާ✏️📚
ސަޅި