ކުޑައިރުކޮޅަކަށް އެވަގުތުކޮޅު ދެމިގެންދިއުމަށްފަހު ޒާއިން މަޑުމަޑުން ލަމްޔާ އާއި ދުރުވެލިއެވެ. އަވަސްވެފައިވި ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ލަމްޔާގެ ނިތުގައި އޭނާގެ ނިތް ޖައްސައިލިއެވެ. "އައި ލަވް ޔޫ ލަމް.. އައި ލަވް ޔޫ ސޯ މަޗް.." ދެއަތުގެ ބޮޑުވައި އިނގިލިން ލަމްޔާގެ އޮމާން ކޯތާފަތުގައި ފިރުމައިލަމުން ސިއްރެއްފަދައިން މަަޑުމަޑުން ޒާއިން ބުނެލިއެވެ. އެއަޑުއިވި ލަމްޔާގެ ހިތް އުފަލުންގޮސް އުދުއްސައިގަތްކަހަލައެވެ.
"އައި ލަވް ޔޫ ޓޫ ޒާން.." ހިތުގެ ސިއްރު ފައުޅުކުރާނެހައި ހިތްވަރު ލަމްޔާއަށް ލިބުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި އޭނާގެ ދުލުން އެބަސްތައް ބޭރުވެގެންދިޔައީ ޒާއިންގެ ހިތަށް ފިނިކަމެއް ގެނެސްދެމުންނެވެ. އުފަލުންގޮސް ލަމްޔާގެ ހަށިގަނޑުގައި ޒާއިން ބާރަށް ބައްދައިލިއެވެ. އޭނާގެ މެޔާލައި ލަމްޔާ ފިއްތައިލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ. ޒާއިންގެ މޭގައި ލަމްޔާ އިތުރަށް ބޮނޑިވެލިއެވެ. އެއާއެކު ކުއްލިއަކަށް ޒާއިން އަތްދަނޑިމައްޗަށް ލަމްޔާ އުފުލައިލިއެވެ. ލުއިފަތެއްހެން ލަމްޔާ އުރައިލައިގެން ގެއާއި ދިމާއަށް ޒާއިން ހިނގައިގަތްއިރު ދެމީހުންގެ މޫނުމަތިންވެސް ހިނިތުންވުން ނުފިލައެވެ.
ލަސްފިޔަވަޅުތަކެއްގައި ލަމްޔާ ގޮވައިގެން ޒާއިން ގޭތެރެއަށްވަދެ ސިޑިން އަރަމުންދިޔައިރު ދެންވެދާނެ ގޮތަކާއި މެދުގައި ލަމްޔާއަށް ވިސްނެމުންދިޔައެވެ. މޫނުކޮޅަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވަމުންދިޔައިރު ލާނެތްގޮތަކަށް ހިނިއައިސްފައި އިރުއިރުކޮޅުން ޒާއިން ލަމްޔާއަށް ބަލައިލައެވެ. ޒާއިންގެ އެބެލުންތައް އިތުރަށް ލަމްޔާ ރަކިކުރުވިއެވެ.
ކޮޓަރީގެ ކުރިމަތީގައި ޒާއިން މަޑުކޮށްލުމާއެކު މަޑުމަޑުން ލަމްޔާ ދޮރުހުޅުވައިލިއެވެ. ހިނިތުންވެލަމުން ކޮޓަރިއަށްވަދެ ފާޚާނާ ކުރިމަތީގައި ހުއްޓިލަމުން ޒާއިން ލަމްޔާ ތިރިކޮށްލިއެވެ. ތެމުމުގެ ސަބަބުން މޫނުގައި ތަތްލައިފައިވި ލަމްޔާގެ އިސްތަށިކޮޅު ރީތިކޮށްލަމުން ހަރުގައި އޮތް ތުވާލި ހިފައިގެން އައިސް ފެންވަރައި ތާޒާވެލުމަށް ޒާއިން އެދުނެވެ. ތުރުތުރުލަމުންދިޔަ އަތުން ޒާއިން ދިއްކޮށްގެންހުރި ތުވާލީގައި ހިފައި ފާޚާނާއަށް ލަމްޔާ ވަނެވެ.
ހިތުގައި އެނބުރެމުންދިޔަ ޚިޔާލުތަކާއި އެއްގޮތަށް އަމަލުކުރަން ޒާއިން ފެށީ އެހިސާބުންނެވެ. ހެދުން އަލަމާރި ހުޅުވައިލަމުން އިތުރު ތުވާއްޔަކާއި ޓްރެކްސޫޓެއް ނުގުމަށްފަހު އެކޮޓަރިން ނުކުމެ ތޮއިބާގެ ކޮޓަރިއާއި ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. ފެންވަރައިގެން ލަމްޔާ ނުކުތުމުގެ ކުރިން އޭނާ ކުރަންޖެހޭ ބައިވަރު ކަންތައް ހުރުމުން ހަރަކާތްތައް އަވަސްކޮށްލިއެވެ. ފަހަކަށްއައިސް ގޭގައި ބަޔަކު އުޅޭނަމަ ތޮއިބާ ކޮޓަރި ތަޅުނުލާ ބޭރަށް ދާކަން ނަސީބެކޭ އޭނާގެ ހިތަަށް އެރިއެވެ.
ފެންވަރައިގެން ނުކުމެ ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުއްޓި އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން އަވަސް އަވަހަށް ކޮޓަރިން ނުނުންނަށް އޭނާ ހިނގައިގަތެވެ. ލަމްޔާ އަދިވެސްވީ ފާޚާނައިގައިކަމުން ޒާއިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ތުވާލި ހަރުގައި އަޅުވައިލަމުން ކޮޓަރިން ނުކުމެ ކުޑައެއް ހިފައިގެން ގެއިން ބޭރަށް ނުކުތުމަށް އޭނާ ހިނގައިގަތެވެ. އޭރުވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުންދިޔައެވެ.
ބޯކޮށް ވެހެމުންދިޔަ ވާރެއަށް ބެލުމެއްނެތި ކުޑައަޅައިލަމުން ބަގީޗާގެ ތެރެއަށްގޮސް ފިނިފެންމާގަހުގައި ފޮޅިފައިވާ އެންމެ ބޮޑު ފަސްމާ ޒާއިން ބިނދެލިއެވެ. އަދި އަލުން އަނބުރައި ގެއާއި ދިމާއަށް މިސްރާބު ބަދަކޮށްލިއެވެ. ގޭގެ ދޮރު ރަނގަޅަށް ތަޅުލުމަށްފަހު ޒާއިންގެ ދެވަނަ މަންޒިލަކަށްވީ ގޭގައި ހުންނަ ގުދަނެވެ. އެތަނުގައި ތޮއިބާ އެކި ފާޑު އެއްޗެހި ރައްކާ ކޮށްފައި ހުންނަކަން އޭނާ ދަނެއެވެ.
ގުދަނަށްވަދެ ފޮށިގަނޑުތައް ހާވައިލަމުން އޭނާ ބޭނުންވާނެ ހުރިހައި ސާމާނެއް ހަމަކޮށްލިއެވެ. އަދި ދުވެފައިކަހަލަ ގޮތަކަށްގޮސް ސިއްރު ސިއްރުން ކޮޓަރިއަށް ވަނެވެ. އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު އަތުގައިހުރި އުއްބައްތި އަޅައިފައިވި ކުޑަފޮށިގަނޑު ތިރީގައި ބަހައްޓައިލަމުން ފިނިފެންމާތަށްވެސް އޭގެ ކައިރީގައި ބަހައްޓައިލިއެވެ. އަދި އެފޮށިން އޭނާ ބޭނުންވާވަރަށް އުއްބައްތި ނަގަމުންގޮސް ކޮޓަރީގެ އެކި ހިސާބުގައި ރީތިގޮތަކަށް އުއްބައްތިތައް އަތުރައި އެދިއްލަމުން ދިޔައެވެ. އެކަންކޮށް ނިންމައިލުމަށްފަހު އެކުޑަ ފޮށިގަނޑު ފޮރުވަމުން އޭގެ ކައިރީގައި ބޭއްވި މައުތައް ނަގައި ކޮޓަރީގެ މުޅިތަޅުމާއި އެނދުމަތި ފިނިފެންމަލުގެ ފިޔަތަކުން ފަޅުފިލުވައިލިއެވެ. ހިތްހަމަޖެހޭވަރުވުމުން ކޮޓަރީގައި މީރުވަސް ދުއްވައިލުމުގެ ގޮތުން ކުޑަ އެއަރފްރެޝްނަރކޮޅެއް ޖަހައިލިއެވެ. އަދި ލަމްޔާގެ އިންތިޒާރުގައިހުރެ ދެކޮޅަށް ހިނގަންފެށިއެވެ.
ވާރޭވެހޭކަން އެނގި ތެމޭހިތުން ބޭރަށް ދިއުމުގެކުރިން ލައިގެންހުރި ހެދުން ބަދަލުކޮށް ކުރިންލީ ހެދުން ފާޚާނާގައިހުރި ހަރުގައި އެޅުވުނުކަން ނަސީބެކޭ ލަމްޔާގެ ހިތަަށް އެރިއެވެ. އެވަގުތު ފެންވަރަން ވަތްއިރު ލާނެ ހެދުމެއް ނުލައި ވަދެވުނުކަންވެސް އޭނާއަށް އެނގުނީ ފެންވަރައި ނިމުނުފަހުންނެވެ. ޒާއިންއަށް ގޮވައި އެފަދަކަމަށް އެދޭކަށް ހަމަހިލާ އޭނާއަކަަށް ނުކެރޭނެއެވެ.
އިސްތަށިގަނޑު ހިއްކައިލަމުން އަވަސް އަވަހަށް ހެދުންލުމަަށްފަހު ފާޚާނައިގެ ދޮރު ލަމްޔާ ހުޅުވައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން އޭނާގެ ދެލޯބޮޑުކޮށްލެވުނެވެ. އެހައި ވަގުތުކޮޅެއްގެ ތެރޭގައި ޒާއިން ކޮޓަރި އެފަދަގޮތަކަށް ޒީނަތްތެރިކޮށްފާނެކަމަށް އޭނާ ހިއެއްނުކުރެއެވެ. އަޖައިބުވެ ބުނާނެ އެއްޗެއްވެސް ނުވިސްނިފައި ކޮޓަރީގެ އެކިދިމަދިމާއަށް ލަމްޔާއަށް ނަޒަރު ހިންގެމުންދިޔައެވެ. ޒާއިން ހާދަކުޅަދާނައެވެ. އެހައިހިތްގައިމުކޮށް މުޅިކޮޓަރީގެ ފަޅުފިލުވައިލައިފިވީގޮތުން އޭނާ ހައިރާންވާހައިވިއެވެ.
ފާޚާނާ ދޮރުމަތީގައި ހުއްޓުންއަރައިފައި ހުރި ލަމްޔާ ފެނުމުން ފުޅާހިނިތުންވުމެއް ޒާއިންގެ ތުންފަތްމައްޗަށް ވެރިވިއެވެ. ދެތިން ފިޔަވަޅު އަޅައިލަމުން އައިސް ލަމްޔާގެ ކުރިމަތީގައި ހުއްޓެމުން އޭނާގެ އަތުގައިއޮތް ތުވާލި ނެގުމަަށްފަހު އެއްފަރާތުގައިހުރި ހަރުގައި ތުވާލިއަޅުވައިލިއެވެ. އޭރުވެސް ހަރަކާތެއްކޮށްލަން ނޭނގި އެހުރިގޮތަށް ލަމްޔާ ހުއްޓެވެ. ލަމްޔާއަށް ބަލައިލަމުން އޭނާގެ ކުރިމައްޗަށް ހުއްޓުނު ޒާއިންގެ ތަނަވަސް މޭމައްޗަަށް ލަމްޔާގެ ނަޒަރު ދަތުރުކޮށްލިއެވެ. ވަގުތުން އިސްޖެހިގެންދިޔައީ ނަފުސަަށްވެރިވި އިހުސާސުތަކަކުންނެވެ.
ފުންނޭވައެއްލަމުން އެއްއަތް ލަމްޔާއަށް ޒާއިން ދިއްކޮށްލިއެވެ. "މޭ އައި؟" ލޯތްބާއެކު ޒާއިން އަހައިލިގޮތުން އޭނާއާއި ހަތަރުކަޅި ހަމަނުކޮށް ހުންނާނެހައި ހިތްވަރެއް ލަމްޔާއަކަށް ނުލިބުނެވެ. މަޑުމަޑުން ބޯޖަހައިލަމުން އެއަތުގައި ލަމްޔާ ހިފައިލިއެވެ. ލަމްޔާގެ މަޑު އަތްތިލައަށް ބާރުކޮށްލަމުން ގެނެސް އެއަތްތިލައިގައި ޒާއިން ތުންފަތްޖައްސައިލިއެވެ. އަދި ލަމްޔާ ގާތްކޮށްލަމުން ލޯބިން އުރައިލިއެވެ. ކުދިފިޔަވަޅުތަކެއް އަޅަމުންގޮސް އެނދުގެ މަަޑު ދާނުގައި ޒާއިން ލަމްޔާ ބާއްވައިލިއެވެ. އެސްފިޔަޖަހައިލަންވެސް ހަނދާންނެތިފައި ލަމްޔާއަށް ޒާއިންގެ މޫނަށް ބަލަން އޮވެވުނެވެ. ދުވަހެއްގެ ކޮޅުންވެސް އެފަދަ ލޯބިވާ ފިރިއަކުލިބި އޭނާގެ ހަޔާތް އެހައި އުފާވެރިގޮތަކަށް ބަދަލުވެދާނެކަމަކަށް ލަމްޔާ ހިތަަށްވެސް ނާރައެވެ. އެހެނަސް އެހިނދުކޮޅު އޭނާގެ ހުރިހައި ހުވަފެނެއްގައި ހަގީގީކުލަ ޖެހުނުފަދަ އިހުސާސެއް ކުރެވިގެންދިޔައެވެ. ދުވަހަކުވެސް ޒާއިންއާއި ވަކިވާކަަށް އޭނާގެ ހިތެއް ނޭދެއެވެ. އަބަދުމެ ޒާއިންގެ ހައްގެއްގެ ގޮތުގައި މުޅި ހަޔާތްވޭތިކޮށްލަން އޭނާ ބޭނުންވެއެވެ. އޭނާގެ ނަސީބާއި މެދުގައި ލަމްޔާ ޝުކުރުވެރިވިއެވެ.
ލަަމްޔާ އެނދުގައި ބާއްވައިލަމުން އެމޫނުގައި ޒާއިން ފިރުމައިލިއެވެ. ހިނިތުންވެލަމުން ޒާއިންގެ އަތުގައި އަތްޖައްސައިލައި އެއަތުގައި ހިތްވަރުކޮށްފައި ލަމްޔާ ބޮސްދިނެވެ. ލަމްޔާގެ އެކުޑަކުޑަ އިސްނެގުންވީ ޒާއިންއަަށް ލިބުނު އިތުރުހިތްވަރަކަށެވެ. އިތުރަަށް ލަމްޔާ އާއި ގާތްވެލަމުން ލުއިލުއި ބޮސްދިނުންތަކުން އެހިތް ޒާއިން ފުރައިލިއެވެ. ދެމެދުގައިވި ހުރިހައި ފަރުދާއެއް ހިއްލި އެކަކު އަނެކަކުދެކެ ލޯބިވާވަރު އެއްވެސް ބަސްމޮށުންތެރިކަމެއްނެތި ލޯބިވެތި އަމަލުތަކުން އެކަކު އަނެކަކަަށް އަންގައިދެމުން ދިޔައިރު ދެހިތަަށްވެސް ވަނީ މިއިން ދުވަހަކުވެސް ނުލިބޭފަދަ ހަމަޖެހުމަކާއި އުފާވެރިކަމެއް ލިބިފައެވެ. ދެމެދުގައިވި ލޯބި އިތުރަަށް ފުންވެގެންދިޔައެވެ.
ކޮޓަރީގެ އެކި ހިސާބުގައިވި އުއްބައްތިތަކުން މުޅި މާހައުލަށް ވެރިވެފައިވީ ހިތްގައިމު އަސަރުތަކެކެވެ. އެކިގޮތްގޮތަަށް ނަށަމުންދިޔަ ހުޅުކޮޅުތައްވެސް އެދެމަފިރިންގެ އުފަލުގައި ބައިވެރިވެ ތަހުނިޔާކިޔާކަހަލައެވެ. އެހުޅުކޮޅުތަކުގެ ފަނޑު އޮރެންޖްއަލީގައި ފާރަށް އެޅިފައިވި ދެމަފިރިންގެ ހިޔަނި އެެކަތިގަނޑަކަށް ވެގެންދިޔަހިނދު އެމަންޒަރުން ލަދުގަނެ އެހުޅުކޮޅުތަކުގެ އަލިވެސް އިތުރަށް ފަނޑުވެގެންދިޔައީ އެދެމަފިރިންނަށް ފުރުސަތުދެމުންކަހަލައެވެ. އުފާވެރި އައު ދިރިއުޅުމެއްގެ ފެށުންކަމުގައި އެހިތްގައިމު ފިނިފިނި ރޭ ލެއްވުމަށް އެދެމުންނެވެ.
މޯޅިއަކަށް ދެމިލަމުން ދެލޯ ހުޅުވައިލި ލަމްޔާގެ މޫނުމަތީގައިވީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ގާތުގައި އަރާމު ނިންޖަކުން ނިދިފައިއޮތް ޒާއިންގެ މޫނަށް ލޯބިވެތި ނަޒަރަކުން ބަލައިލުމާއެކު ރޭގެ ހަނދާންތައް އައިސް އޭނާ ވަށައިލިއެވެ. ލަތުވެތި ހިނިތުންވުމަކާއެކު ތުންފަތުގައި އޭނާއަށް ދައިގަނެވުނެވެ. މަޑުމަޑުން ޒާއިންއާއި ގާތްވެލަމުން އެފަންއިސްތަށިކޮޅުގައި ލަމްޔާ އަތްހިންގައިލިއެވެ. އަދި ޒާއިންގެ ކޮލުގައި ލުއިކޮށް ބޮސްދެމުން އެނދުން ފައިބައިގެން ތާޒާވެލުމަށްޓަކައި ފާޚާނާ އާއި ދިމާއަށް ލަސްލަހުން ހިނގައިގަތެވެ.
ތައްޔާރުވެލައިގެން ލަމްޔާ ސިޑިން ފައިބައިގެން އައިއިރު ބޮޑުކޮޓަރީގެ ސޯފާއެއްގައި މެގަޒިނެއް ހިފައިގެން ތޮއިބާ އިނެވެ. ލަމްޔާ ފެނުމާއެކު ހިނިތުންވެލަމުން އޭނާގެ ގާތަށް އައުމަށް ތޮއިބާ ބުނެލިއެވެ.
"ދަރިފުޅު މިއަދު ބަލީތަ؟ މާލަހުން ހޭލައިގެން އައީމަ.. އެހެންނާ ފަތިސް ނަމާދުކޮށްލައިގެން ކޮފީއެއް ބޯލަންވެސް ނުކުންނާނެ.." ގާތުގައި އިނށީން ލަމްޔާގެ ކޮނޑުގައި ފިރުމައިލަމުން އޯގާތެރިއަޑަކުން ތޮއިބާ ބުނެލިއެވެ.
"ނޫން.. ރޭގަ.. މާ ލަހުން.. ނިދުނީމަ.." ލަމްޔާގެ ޖަވާބުއިވި ތޮއިބާ އެއީ މައްސަލައެއް ނޫނޭ ބުނެލީ ނުހަނު ލޯބިންނެވެ. ޒާއިންއާއި ކައިވެނިކޮށްގެން އެގެއަށް ލަމްޔާ ބަދަލުވިދުވަހުން ފެށިގެން އޭނާއަށް ނުލިބުނު އަންހެން ދަރިއެއްގެ ނިއުމަށް ފުރިހަމަވެފައިވާ ކަހަލައެވެ. އަމިއްލަ ދަރިއަކު ފަދައިން އޭނާ ލަމްޔާދެކެ ލޯބިވެއެވެ. ލަމްޔާގެ ކުދިކުދި ކަންކަމަށްވެސް އޭނާ ސަމާލުކަން ބަހައްޓައެވެ.
"ދެން ދޭ ސައިބޯން.. އެހައިގިނައިރު އެއްޗެއް ނުކައި ހުންނާކަށްނުވާނެ.." އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަމުން ތޮއިބާ ބުނެލިއެވެ. ވަގުތުން އޭނާ ސައިބޯނީ ޒާއިން ހޭލީމައިކަމުގައި ލަމްޔާއަށް ބުނެލެވުނީ ހިތުގައި އެކަން އޮތްލެތް ބޮޑުކަމުންނެވެ. އެވަގުތު ސިޑިބަރީގެ އެންމެ މަތީ ހަރުފަތާއި ހަމައަށް އައިސް ހުއްޓިލި ޒާއިންފެނި ތޮއިބާ ނިތްއަރުވައިލިއެވެ.
"ނަސީބެއްނު ތިދަރިވެސް އަވަހަށް ހޭލައިގެން އައިކަން.. އެހެންނޫންނަމަ ދަރިފުޅު ޖެހޭނީ މެންދުރުވާއިރުވެސް އެއްޗެއް ނުކައި ހުންނަން.." ސިޑިން ފައިބައިގެން އައިސް އައިސްހުރި ޒާއިންއަށް ބަލަންއިނދެ ތޮއިބާ ދިމާކޮށްލިއެވެ.
ޒާއިންއަަށް ހޭލެވުނީ އެނދުމަތީގެ ހުސްކަން އިހުސާސުވެގެންނެވެ. ހޭލެވުމާއެކު ފުންމައިގެން އޭނާއަށް ތެދުވެވުނީ ލަމްޔާ ކޮޓަރީގައި ފެންނަން ނެތުމުންނެވެ. ސައިޑް ޓޭބަލް މަތީގައިއޮތް ފޯނުން ގަޑި ބަލައިލަމުން އަވަސް އަވަހަަށް ފެންވަރައި ތާޒާވެލައިގެން އޭނާ ތިރިއަަށް އައީ ލަމްޔާގެ މޫނު ދެކިލާހިތްވެފައިހުރިލެއް ބޮޑުކަމުންނެވެ. ރެޔަށްފަހު އެހިތުގައި ލަމްޔާއަށްޓަކައި އޮތް ލޯބިވަނީ އެތައްގުނައެއް އިތުރުވެފައެވެ. އެންމެ ހިނދުކޮޅަކުވެސް ލަމްޔާއާއި ދުރުގައިހުރުން އޭނާއަށް ދަތިވެފައިވާކަހަލައެވެ.
ޒާއިން ފެނުމާއެކު ސައިބޯން ދިއުމަަށް ލަމްޔާ އެދުނެވެ. ބޯޖަހައިލި ނަމަވެސް އޭނާ އައިސް ތޮއިބާގެ އަނެއްފަރާތުގައި އިނށީނުމުން ތެދުވަން އުޅެފައިވެސް ލަމްޔާވެސް އަލުން އިނށީނީއެވެ. "މަންމާ.. އަހަރެން ބޭނުން ވާހަކައެއް ބުނަން.." ތޮއިބާގެ މޫނަށް ބަލައިލި ޒާއިންގެ އަޑުގައިވީ ސީރިއަސްކަމެވެ. އަވަހަށް ބުނާށޭ ބުނަމުން ތޮއިބާ އޭނާގެ ހުރިހައި ސަމާލުކަމެއް ޒާއިންއަަށް ހުއްޓައިލިއެވެ.
"އަހަރެން.. ބޭނުން އޮފީހަަށް ޖޮއިން ކުރަން.. ބައްޕަގެ ވިޔަފާރިއާ ހަވާލުވާން.. އެނގޭ އެހުރިހައިކަމަކާއި ގުޅޭ މާބޮޑު އެއްޗެއް އަހަރެންނަށް ނޭނގޭކަން.. އެހެންވިޔަސް ދަސްކުރަންވެސް އަހަރެން މިހުރީ ތައްޔާރަަށް.. އަނެއްކާ ސުހޭލްބެވެސް ހުންނާނު އަހަރެންނަަށް ބުނެދޭން.. ކީކޭ މަންމަ ބުނަނީ؟" އިވުނު ވާހަކަތަކުން ބުނާނެ އެއްޗެއްވެސް ފުރަތަމަ ތޮއިބާގެ ސިކުނޑިއަކަަށް ނުވިސްނުނެވެ. ޒާއިން އަމިއްލައަށް ފެނިގެން އެޒިންމާ ނަގައިފާނެކަމަކަށް ތޮއިބާ ހިއެއްނުކުރެއެވެ. އެހެނަަސް ޒާއިންގެ ދުލުން އެވާހަކަތައް އަޑުއިވި ތޮއިބާއަށް ހިނިތުންވެލެވުނީ ލިބުނު އުފަލަކުންނެވެ. އޭނާގެ ދަރިފުޅުވެސް ޒިންމާދާރު މީހަކަށް ވާން މަސައްކަތްކުރަނީކަން ވިސްނި ހިތާއިހިތުން ޝުކުރުވެރިވެވުނެވެ.
"ވަރަަށް ރަނގަޅު ޚިޔާލެއް.. ތިއީ މަންމަ އަބަދުވެސް ދެކޭ ހުވަފެނެއް.. ދަރިފުޅު ބައްޕަގެ ވިޔަފާރިއާ ހަވާލުވުމަކީ ބައްޕަގެވެސް ވަރަށް ބޮޑު އުއްމީދެއް.." އުފަލުންގޮސް ޒާއިންގެ ގައިގައި ތޮއިބާއަށް ބައްދައިލެވުނެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ހެއްދެވި ރަސްކަލާނގެއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވެވުނެވެ.
*****
އަތުގައި އޮތް ލިޔުމަަށް ޝަޔަމް ބަލައިލީ ގަބޫލުނުކުރެވިފައެވެ. އެލިޔުން ކިޔައިލަމުން ކުރިމަތީގައިހުރި ނުހައިކްގެ މޫނަށް ޝަޔަމް ނަޒަރު ހުއްޓައިލިއިރު އެމޫނުމަތީގައިވީ ނުރުހުމުގެ އަސަރުތަކެވެ. ނުހައިކްއަަށް ކުއްލިއަކަަށް މިއައިސްގެން އުޅޭ ބަދަލުތަކާމެދު ހައިރާންވާހައިވެއެވެ.
އެރޭގެ އެބައްދަލުވުމަށްފަހު ދެމީހުން ދިމާވީ ދެދުވަސްފަހުން އޮފީހުންނެވެ. އެރޭގެ އެތައްއިރަކު އެކަމާއި ވިސްނައި ފިކުރު ހިންގުމަށްފަހު ހަމަޖެހިގެން ނުހައިކް އާއި އިތުރަށް އެވާހަކަދައްކަން ޝަޔަމް ހުރީ ނިންމައިގެނެވެ. ނަމަވެސް އޮފީހަށް އައީއްސުރެ ނުހައިކްގެ ފަރާތުން ފެންނަމުންދިޔައީ ބީރަށްޓެހިކަމެވެ. އެފަދައިން ނުހައިކްގެ އަމަލުތައް ހުންނަންޖެހޭނެ އެއްވެސް ސަބަބެއް އުޅެއުޅެވެސް ޝަޔަމްއަކަށް ނުވިސްނުނެވެ.
ހިތްހަމަނުޖެހުން ފައުޅުވަމުންދިޔަ ޝަޔަމްގެ މޫނުމަތިން ހިތްދަތިކަމުގެ އަސަރު ފައުޅުވެލީ އަނެއްކާވެސް އޭނާގެ އަތުގައިއޮތް ލިޔުމަަށް ނަޒަރު ހުއްޓުމުންނެވެ. ލިޔުން މޭޒުމައްޗަށް ޖަހަމުން ގޮނޑިން އޭނާ ތެދުވިއެވެ.
"ސީރިއަސްލީ ނުހައިކް؟ ކިހިނެއްތަ ވެގެން ތިއުޅެނީ؟ ކޮބާތަ ނުހައިކްގެ މައްސަލައަކީ؟ ފުރަތަމަ އަހަރެންނާ އޮތް ގުޅުން ކަނޑައިލީ.. ކައިވެނި ނުކުރުވޭނޭ ބުނީ.. ދެން މިހާރު... މިހާރު އޮފީހުންވެސް ކެނޑެންތަ ބޭނުންވަނީ؟" ޝަޔަމްގެ އަޑުގައި ނުރުހުމާއި އެއްވަރަަށް ވޭންވެސް އެކުލެވިފައިވިއެވެ.
(ނުނިމޭ)
ސަލާމް އޯލް.. ނެކްސްޓް ޕާރޓް އިންޝާ ﷲ އޮން ފްރައިޑޭ.. ❤
އަޅެ ޝަޔަމް ހާދަ ދެރަވާނޭ...🥺🥺 ވަރަށް ރީތި މިބައިވެސް❤️❤️
ޔާ ދޯ.. ލެޓްސް ސީ ދޯ ދެންވާގޮތެއް.. ތެންކްސް އަލޮޓް ޑިއަރ..❤
ނައޫ ނު-ޔަމްގެ ޕާޓު ހާދަ ކުޑައޭ!!! ވަރަށް ވައި މިހާރު ޒާއިންމެން ބައި {ނޯ ކޮންސިކުއެންސެސް }
އެކަމް ވަރަށް ސަޅިވާނެ ނުހައިކުމެންބައި ގެނައިމަ
ހެހެ ތެންކްސް ޑިއަރ.. ކުރިއަށްހުރި ބައިތަކުގަ ނު-ޔަމް މެންގެ ބައިތައް ގިނަވާނެ އިނގޭ އިންޝާ ﷲ.. ❤
އޭމޭްން ކަމޯން ނުހައިކުމެންގެ ބައި ދިގު ކޮއްބާ
އޭނީވޭސް ދަ ވާހަަކަ އިރާ..[ އެކްސެޕްޓް ފޯ ޒާއިން ގީކް ކަޕުލް ސްޓޯރީ ]
ހެެހެ.. ތެންކްސް ޑިއަރ.. ޔާ އިންޝާ ﷲ.. ދެންހުރި ބައިތަކުގަ ނުހައިކްމެންގެ ބައިތައް ގިނަވާނެ އިނގޭ.. ❤
Wowww... This is seriously my favourite story everr!! ❤️❤️ cant wait to read the next part... Stay safe ❤️
ތެންކްސް އަލޮޓް މަލް.. ސޯ ހެޕީ ޓް ނޯ ދެޓް ޑިއަރ.. ސްޓޭ ސޭފް..🥰❤
ވ.ރީތި💖💖💖💖..........ޔޫ ހޭވް ޓެލެންޓް😃
ތެންކްސް އަލޮޓް ޑިއަރ.. 🥰❤
👍👍😍😍😍❤️❤️❤️
🥰🥰❤❤
ވަރަށް ރީތި މާޝާﷲ... އަނެއް ބަޔަށް އިންތިޒާރު ކުރަން 💖
ތެންކްސް ޑިއަރ❤🥰
މާޝާ ﷲ! ވަރަށް ވަރަށް ރީތި މިބައިވެސް ❤💝 މިފަހަރު މާ ލަހުން ދޯ މި ކޮމް ކުރެވުނީ 😯 ނުހައިކް ވަޒީފާއިން ކެނޑެނީތަ؟ 😢 ޒާން އެން ލަމް ގެ ބައިވެސް ވަރަށް ރީތި! މިއަދަކު ނެތް އިނގޭ މާ ގިނައިން ކިޔާނެ އެއްޗެއް 😂 ހެހެ.. ލަވް ޔޫ 💞💖 ސެޓޭ ސޭފް ޑާރލިން 💖❤
ހެހެ.. އިޓްސް އޯކޭ ޑިއަރ.. ތެންކްސް އަލޮޓް.. ލަވް ޔޫ ޓޫ އެންޑް ސްޓޭ ސޭފް..🥰❤
ނައު ލިޔާ ވާހަކަ އަޅުގަނޑަށް ވ ރީތި މާޝާﷲ 😘 ވެއިޓިއިންގ ފޯރ ދަ ނެކްސްޱް ޕަރޱް ♥️
އޯލްސޯ އާއި ވިލް އޯލްވޭސް ސަޕޯޓް ޔޫ 💜ަ
ލަވް ޔޫ ޑަރލިންގް ❤️❤️❤️
ސްޓޭ ސޭފް ލަވް 🤗 😘🤗🤗😘😘😘🌈🖤
ނައު ލިޔާ ވާހަކަ އަޅުގަނޑަށް ވ ރީތި މާޝާﷲ 😘 ވެއިޓިއިންގ ފޯރ ދަ ނެކްސްޱް ޕަރޱް ♥️
އޯލްސޯ އާއި ވިލް އޯލްވޭސް ސަޕޯޓް ޔޫ 💜ަ
ލަވް ޔޫ ޑަރލިންގް ❤️❤️❤️
ސްޓޭ ސޭފް ލަވް 🤗 😘🤗🤗😘😘😘🌈🖤
ކޮބާތަ ވާހަކަ ނައޭ
؟؟؟؟
ސަލާމް އޯލް.. ސޮރީ ނެކްސްޓް ޕާރޓް ލަސްވާތީވެ.. އައި ގޮޓް ރިއަލީ ބިޒީ ވިތް ވޯރކް.. ބަޓް އިންޝާ ﷲ މިއަދު ސަބްމިޓްކޮށްލާނަން އިނގޭ.. ސޯ އިންޝާ ﷲ މިއަދު ނޫނީ މާދަން އަޕްލޯޑްވާނެ.. އެންޑް މިފަހަރު ލަސްވީމަ، ދެން އިން އެޕްސޯޑް ދިގުކޮށް ގެނެސްދޭނަން އިނގޭ.. ލަވް ޔޫ އޯލް.. ❤
އިޓްސް އޯކޭ ޑިއަރ ❤
ވަރަށް ކިޔާ ހިތުން އިރުކޮޅުކޮޅާ އެބަ ބެލޭ 🥺🥺
އެންޑް ޒާއިން މެން ބައި ވަރައް ރޮމައިންޓިކް😍😍 ހަމަ ފީލްވި ލޯބި ވި ގޮތް ♥️
ހެއި ސިސީ...އަޕް ކުރީތަ ނައު؟؟؟؟
ކޮބާ އަނެއް ޕާޓު؟؟؟؟