ކުށްވެރިއަކީމެވެ.

ޖައިލަމް ގެ މަންމަ ނިޔާވިތާ މިހާރު ތިން މަސް ވަނީއެވެ. އަދިވެސް ޖައިލަމް ހުންނަނީ ފާޑަކަށެވެ. ނެގި މަޑު ވެެެފައެވެ. ގަބުވެފައެވެ. ކިތަންމެ ވަރަކަށް ނަޖުމާ މިދުނިޔެ ދޫކޮއްފައި ދިޔައީ ޖައިލަމް އާއިހެެދީ ނޫންކަމައް އޭނާގެ ބައްޕަ ވާފިރު ބުނި ކަމުގައި ވިޔަސް ޖައިލަމް ގަބޫލުކުރާ ގޮތުގައި އޭނާގެ މަންމަ ނަޖުމާ މި ދުނިޔެ އާއި ވަކިވެ ގޮސްފައިވަނީ ހަމަ ހުދު އޭނާގެ ސަބަބުންނެވެ.

ސަހަރާގެ އެތެރެއަށް ވަދެގެން ގޮސް ޖައިލަމް ނަޖުމާގެެ މަހާނަ ކައިރީގައި ހުއްޓުނުއިރު ދެ ލޮލުން ހިފެހެއްޓުމެއްނެތި ހޫނު ކަރުނަ ތިކިތަކުން ދެކޯތާފަތްމަތި ތެތްމަމުން ދިޔައެވެ. "މަންމާ... އަހަންނަށް މައާފް ކުރޭ، އަހަރެން މީ ކުއްވެރިއެއް ... ކުއްވެރިއެއް!!!!!" ކުއްލިއަކަށް ކަކޫ މައްޗ ޗަށް ތިރިވެ މޭމަތީގައި އަތުން ތަޅަމުން ޖައިލަމް ހަޅޭއްލަވައިގަތެވެ. އެއާއެކު މާޒީގެ ކަޅު ސަފްހާތައް އައިސް އޭނާ ވަށާލިއެވެ.

މައިންބަފައިންގެ ބަސްއެހި ޖައިލަމްއަކީ އެންމެންވެސް ލޯބިވި މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. ތައުލީމް ހާސިލްކުރަމުން ދިޔައީ މަދުރަސަތުލް އަހުމަދިއްޔާ ގުރޭޑު ދިހައެއްގައެވެ. މުޅި ކިލާހުންވެސ އެންމެ މަތީވަނަތައް ނަގަމުން އައި ކުއްޖަކު ކުއްލިއަކަށް ކިޔެވުމަށް ދަށްވުމުން ޖައިލަމްގެ ކިލާސް މުދައްރިސް ނަޖުމާ އާއި ބައްދަލުކޮއްވަނީ އެވާހަަކަ ދައްކާފައެވެ.

އެދުވަސްފަހުން ނަޖުމާ އުޅެމުން ގެންދިޔައީ ވަރަށް ބަލިކޮށެވެ. ގައިގައިއެއްވެސް ވަރެއް ނުހުރެއެވެ.

ފަހަކަށް އައިސް ޖައިލަމް މާ ގިނައިން ރައްޓެހިންނާއެކު ބޭރަށް ދާން ފެށިއެވެ. ދީނީ ކަންކަމައްވެސް ފަރުވާ ކުޑަ ވާން ފެށިއެވެ. ނަޖުމާ އެކަން ހުއްޓާލުމައް އެދި ކުރި އާދޭސްވެސްވީ ހަމަ ބޭކާރެވެ.

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ނަޖުމާ އާއި ވާފިރު ތިބީ ބަދިގޭގައި ކެއުމައް އިންސާފުކުރާށެެވެ. " ކޮބާތަ މިހާރު ޖައިލަމް... މެންދުރު ކާކައްވެސް ނާދޭ... އަހަރެން ވަރަށް ކަންބޮޑު އެބަވޭ..." ކުރެހިފައިވާ އަޑަކުން ނަޖުމާ ވާހަކަ ދެއްކިއވެ. މީހަކު ދޮރު ހުުޅުވާފައ ވަން އަޑަށް ވާފިރުގެ ދެމަފިރިން ސިޓިނގް ރޫމް އަށް ދިޔައިރު ޖައިލަމް ދެކޮޅަށް ޖެހެމުން ޖެހެމުން އައިސ ގޭތެރެއަށް ވަންްނަނީއެވެ.

"ދަރުފުޅާ.... ސުބުހާނަ ﷲ...." ވާފިރު ތުރު ތުރު އަޅައިގަތެވެ.

އެންްމެ ފަހުން ޖައިލަމް މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށް ވީއެވެ. އެކަމާ ހިތާމަކޮށްކޮށް ނަޖުމާ ހާޓް އެޓޭކެއް ޖެހި މިދުނިޔެވެސް ދޫކުރީއެވެ. ވާފިރުގެ އެދުމުގެ މަތިން ޖައިލަމް ރިހެބަށް ގޮސް ފަރުވާ ހޯދިއެވެ.

ފިނި ފިނި ވައިރޯޅިއެއް ޖެހިލިތަނުން ޖައިލަމް ސިހިގެން ދިޔައެވެެ. މަޑުމަޑުން ތެދުވެ ދެލޮލުން ކަރުނަ ފޮހެލިއެވެ. އަދި ސަހަރާތެރެއިން ނިކުމެގެން ދަމުން ފަހަތް އެބުރި ބަލާލަމުން ކުރހިފައިވާ އަޑަކުން ބުނެލިއެވެ. "މަންމާ... އަހަންނަށް މާފުކުރޭ...."

ނިމުނީ

    Please log in or register to bookmark.
    1k

    4 ޚިޔާލު

    Leave a Reply to 🥀✨N.a.d.h.u.v.a✨🥀 X

    Your email address will not be published.