އަހަންނަށް ހޭވެރިކަމެއް ވީ އިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ . އޭރު އޮކްސިޖަން މާސްކާ ނުލާ އަހަންނަށް ނޭވާ ވެސް ނުލެވެއެވެ. އަހަރެން އޮތީ އައިސީޔޫގައެވެ. އޭރުވެސް ބަނޑު ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ވޭނަށް ކުކުރި ކުކުރިލާ އަހަރެން އޮތީމެވެ.ނޭވާ ހީވަނީ ހުއްޓިދާނެ ހެންނެވެ. އަހަންނަށް ދެން މާ ގިނައިރު ދުނިޔެއަށް ނޭވާ ލެވި ދާނެހެންނެއް ހިޔެއް ނުވެއެވެ. އަހަރެން ހީކުރީ އަހަރެންގެ ފަހު ވަގުތު ޖެހުނީ ކަމަށްށެވެ. ހިތުގައި އަޅަމުން ދިޔައި ވޭން ދުލުން ބަޔާން ކޮށްދޭންވެސް އަހަންނަކަށް ނޭނގެއެވެ. ކޮންމެއަކަސް ތިން ދުވަސް ވަންދެން އަހަރެން އައިސީޔޫގައި ބޭއްވުމަށް ފަހު ވޯޑަށް ބަދަލު ކުރިއެވެ. ކުރިޔަށް ވުރެން ހާލު އައީ ރަގަނޅު ވަމުންނެވެ .
ޖިސްމާނީ ގޮތުން އަހަރެން ރަގަނޅު ވެދާނެއެވެ. އެހެން ނަމަވެސް ނަފްސާނީ ގޮތުން ލިބިފައި ހުރި ގެއްލުން ތަކުގައި އަޅާނީ ކޮން މަލަމެއް ބާވެއެވެ. އަހަންނަށް މީހަކާއި މޫނު ދިމާކޮށްލާނި ހާ ހިތްވަރެއް ވެސް ނުލިބުނެވެ. ހަފްތާއެއް ވަންދެން އޮތް އިރުގައި ވެސް މީހަކާއި އުންމަތަށް އަނގައިން ބުނެލާނެހާ ހިތްވަރެއް ވެސް އަހަންނަކަށް ނުލިބުނެވެ . ޝިނާން މަތި މަތިން ދައްކަމުން ދިޔައީ ޝިނާން ގެ ރަގަނޅު ކަމެވެ. މަންމަމެން ވެސް އަހަރެން ކިޔާ އެއްޗެއް ގަބޫލެއް ނުކުރާނެތާއެވެ.
އޭރު ބައެއް ޓެސްޓު ތަކުގެ ނަތީޖާ ނުލިބި ހުރުމުގެ ސަބަބުން އަހަރެންގެ ދަރިފުޅު ވެއްޓެން ދިމާވި ސަބަބެއް ނޭނގެއެވެ.
ކޮންމެއަކަސް ޑރ ދެއްކި ވާހަކައިން އަހަންނަށް ލިބުނީ ބޮޑު ސިހުމެކެވެ. ޑރ ބުނީ ކޮންމެވެސް އެބޯޝަން ހަދާ ބޭހަކަށް އޯވަ ޑޯޒް ވީ ކަމަށް ށެވެ.
" އެ ކިހިނެއް... އަހަންނެއް.. އަހަންނެއް ނުކަން.. މަންމާ ... އަހަންނެއް ނުކަން!" އަހަރެން މަންމަ ގާތު ބުނީމެވެ.
މަންމަ ވެސް އިނީ ބަސް ހުއްޓިފައެވެ. އޭރު އެތާގައި އިތުރު މީހަކުނެތެވެ . ޝިނާން އާއި ބައްޕަ ދިޔައީ ކޮފީ އެއް ބޯށެވެ.
އިރުކޮޅެއް ފަހުން ޝިނާން މެން އައެވެ.އަހަރެން ދިޔައީ ގިސްޖަހާފައި ރޮމުންނެވެ.
" ކިހިނެއް ވީ؟ " ޝިނާން އަހާލިއެވެ.
ވެގެން އުޅޭ ގޮތް މަންމަ ޝިނާން އަށް ކިޔައިދިނެވެ. ޝިނާން ވެސް ހުރީ ހައިރާން ވެފައެވެ. އެންމެންގެ އިނގިލިތައް ދިއްވެފައި ހުރީ އަހަންނާއި ދިމާލަށްށެވެ. އެންމެންވެސް ހީކުރަނީ އަހަރެން އެދަރިފުޅު ބޭނުން ނުވެގެން ކުރި ކަމެއްގެ ގޮތުގައެވެ.
އެހެން ދިމާވާންވި ސަބަބެއް އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނެވެ .
ހޮސްޕިޓަލުން ދޫކޮށްލާ އަހަރެމެން ރަށަށް ދިޔުމަށް ފުރީމެވެ. ރަށަށް ގޮސް ހުރިހާ ކަމެއް ވެސް ދިޔައީ ރަގަނޅަށްށެވެ. ގޭތެރޭގެ މާހައުލު ވެސް ޝިނާންވެސް ހުރީ ކުރިއެކޭ އެއްފަދައިން ރަގަނޅަށްށެވެ.
އަހަރެން ބަސް މަދު ވާހަކަ ޝިނާން ބުނަން ފެށިއެވެ. އަހަރެން އެއްވެސް މީހަކާއި ވާހަކައެއް ނުދައްކަމެވެ. އަދިވެސް އެބޯޓް ވި ގޮތެއް ނޭނގި އަހަރެންގެ ސިކުނޑި ތެރޭގައި ސުވާލުތައް ދިޔައީ ފުނި ޖެހެމުންނެވެ.
ދެ މަސް ދުވަސް ވޭތުވެ ހިގައްޖެއެވެ. މުޅިން އައު ދިރިއުޅުމެއް ފެށުން ކަހަލައެވެ. ޝިނާން ވަރަށް ހެވެ. އެހެން ނަމަވެސް އަހަރެންގެ ހިތަކަށް ހަމަ ޖެހުމެއް ނުލިބުނެވެ. އެތައް ދުވަސް ތަކަކަށް ފަހު އަހަރެން ހިތްވަރު ކޮށްފައި ޝިނާންއާއި ސުވާލު ކުރީމެވެ .
" އެ ކީއްވެ އެބޯޓް ވާންވީ.. އަހަންނެއް ނުކަން ބޭހެއް ؟" އަހަރެންގެ އެ ސުވާލުން ޝިނާންގެ ރުޅި ގަނޑު ކެކި އެރިއެވެ.
" މި ކިހާ ބޮޑު އުދަނގުލެއްތަ! ކަލެއަށް ނޯވޭ ދޯ ހެޔޮ ގޮތެއްވެސް ! ކިހާ އުފަލުގައި ލޯބިން މި އުޅެނީ އެވާހަކަ ގެންނާކަށް ނުޖެހޭނެ މި ހާރަކަު"
"ކީއްވެތަ އެހާ ރުޅި ތި އަންނަނީ؟ އަހަރެން ބޭނުން އެނގެން އޯބޯޓް ވީ ގޮތް... އަހަރެން އުފަލަކު ނޫނޭ މިހުރީ... އަހަރެންގެ ސިކުނޑި ހީވަނީ ފަޅައިގެން ހިގައިދާނެހެން... އެކި އެކި ސުވާލުތަކުން ފުރިއްޖެ" އަހަރެން ރޮމުން ބުނީމެވެ.
ޝިނާން އަހަރެންގެ އިސްތަށިގަނޑު ގައި ހިފިއެވެ.
" އަހަރެން ބޭސް ދިނީ... އަޑު އިނވިއްޖެތަ؟ އަހަރެން ދިނީ... ބައްޕައަކަށް ވާކަށް ބޭނުމެއް ނުވެޔޭ ބުނިން ދޯ... އަންޑަސްޓޭޑް ވެބަލަ... "
އަހަރެން އަނގަ މަތީގައި އަތް އެޅުމަށް ފަހު ރޯން ފެށީމެވެ.
" އަހަންނެއް ބޭނުމެއް ނޫން އުޅޭކަށް ... އަހަރެން ވަރި ކުރޭ! " އަހަރެން ރޮމުން ބުނީމެވެ.
ކޮންމެއަކަސް ޝިނާން އަހަރެން ވަރިއެއް ނުކުރެއެވެ. އަހަރެން ކޮޓަރީގައި ބަންދުކޮށް ފޯނު ވެސް އަތުލިއެވެ. މީހަކާ ވާހަކަ ދެއްކޭނެ އެއްވެސް ގޮތެއް ނޯވެއެވެ. ކޮންމެ ރެއަކު މަސްތު ވެގެން އައިސް އަހަންނަށް އެތައް އަނިޔާތަކެއް ކުރެއެވެ. ފާރުގައި ބޯ ޖައްސާލައި ބޯ ވެސް ފަޅާލިއެވެ. އެ ދުވަހަކީ އަހަންނަށް ޝިނާންގެ ވަކި ތަކުން ސަލާމަތް ވުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ހޮސްޕިޓަލަށް ގެންދިޔުމުން ޑރ ގެ އެހީގައި ފުލުހުން ގެނައީއެވެ. އެންމެ ފަހުން ޝިނާން ހައްޔަރުކޮށް އަހަންނަށް ފުލުހުންގެ ހިމާޔަތް ލިބުނެވެ.
އަހަރެން މާލެ ގެންދިޔައެވެ.
އެ ވަގުތު އަހަންނަށް ހީވީ ބަންދުވެފައިވާ ކޮއްޓަކުން ސަލާމަތް ވެވުނު ހެންނެވެ. އެތައް ހިތާމައަކަށް ފަހު މަންމަމެން ކައިރިއަށް ދެވޭތީ ހިތަށް ހުރީ ހިތްހަމަ ޖެހުމެއް ލިބިފައެވެ.
އެހެންނަމަވެސް ދިރިއުޅުން އަދި ކުރިއަށް އޮތީ ތާއެވެ. ދެން އޮންނާނީ ކޮން އިމްތިހާނެއް ކަމެއް ވެސް ނޭނގެއެވެ.
އަހަރެން ގެއަށް ދިޔައި އިރު މަންމަ މެންނަށް ހުރިހާ ހަބަރެއް އޮތީ ލިބިފައެވެ. އެމީހުން ތިބީ އަހަރެން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަހަރެން ގެއަށް ގޮސް ވަނުމާއި އެއްކޮށް ބައްޕަގެ ބަސްތަކުން އަހަންނަށް ލިބުނީ އިތުރު މާޔޫސް ކަމެކެވެ. އަހަރެން ވަނުމާއި އެއްކޮށް ބައްޕަ އަހަންނާއި ދިމާލަށް ލަވަން ފެށީ ހަޅޭކެވެ.
=ނުނިމެ=
ހާދަ ކުރުކޮށް
އުލްޔާ ކީއްވެ މިހާރު މިވާހަކަ ކުރުކޮށް ގެނެސްދެނީ؟