kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ތިޔަ ލޯބީގައި - 32

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

"އަހަރެނަށް.. ޝަޔަމްއާ.. ކައިވެނިކުރެވޭކަަށް ނެތޭ.." މުށްކެވިފައިވި އަތަށް ބާރުކޮށްލަމުން ނުހައިކް ބުނެލިއެވެ. އެޖުމުލަތަަށް ޝަޔަމްއަށް އަޑުއިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ދެލޯ ބޮޑުކޮށްލަމުން ތެޅިގަނެފައި އިންތަނުން ޝަޔަމްއަަށް ތެދުވެވުނެވެ.

"ވަޓް؟ ނުހައިކް ހަމައިގަތަ ތިއިނީ؟ މާބޮޑަށް ބޮލުގަ ރިއްސަނީ ދޯ.." ތެދުވެ ނުހައިކްއަށް ބަލައިލި ޝަޔަމް ހަމަޖެހެން މަސައްކަތްކުރަމުން ބުނެލިއެވެ. އިވުނު ވާހަކަތައް އެއްގޮތަކަށްވެސް ގަބޫލުކުރާކަށް ޝަޔަމްގެ ހިތެއް އެއްބަހެއްނުވިއެވެ. ނުހައިކްގެ ހާލުހުރިގޮތުން ބުނެވުނު ބަސްތަކެއްކަމުގައި އެކަންވާން އޭނާގެ ނަފުސު އެދެމުންދިޔައެވެ. ހިތާއި ފުރާނައިން ލޯބިވާ މީހެއްގެ ކިބައިން އެފަދަ ވާހަކައެއް އަޑުއަހަން އެއްވެސް މީހަކު ބޭނުމެއްނުވާނެއެވެ.

އިސްއުފުލައި ޝަޔަމްގެ މޫނަށް ނުހައިކް ނަޒަރު ހުއްޓައިލިއެވެ. އެއީ އެމޫނަށް ލޯބިން އޭނާއަށް ބަލައިލެވޭނެ އެންމެ ފަހު ހިނދުކުޅޭ ހިތަށް އެރުމުން ނުހައިކްގެ ހިތުގައި ޖެހުނެވެ. ހިތާއިހިތުން މިނޫން ކޮންމެވެސް ގޮތެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކޮށްލެވުނެވެ. ޝަޔަމްގެ މޫނުމަތީގައިވި އަސަރުތައް އިތުރަށް ނުހައިކް މާޔޫސް ކުރުވިއެވެ. އެހެނަސް އޭނާއަށް މިނޫންގޮތެއް ނެތެވެ. ކޮންމެ ގޮތެއްވިއަސް އޭނާ ބަލައިބޮޑުކުރި މައިމީހާގެ ފުރާނަވަނީ ނުރައްކަލުގެ ތެރޭގައެވެ. މިވަގުތު އެލޯބިވާ މަންމައަށްވުރެ ބޮޑަށް އެހެން އެއްވެސް އިންސާނަކާމެދު އޭނާއަށް ފިކުރެއްނުހިންގެއެވެ. ސާރާގެ ހާލު ހުރިގޮތެއްވެސް އޭނާއަށް އެނގެނީއެއްނޫނެވެ. ހިތާއިހިތުން އެމަންމައަށް ރައްކާތެރިކަން ދެއްވުން އެދި ދުޢާކޮށްލަމުން އިންތަނުން ނުހައިކް ތެދުވިއެވެ. އަދި ހަމަޖެހެން މަސައްކަތްކުރަމުން ޝަޔަމްއާއި ކުރިމަތިލިއެވެ.

"ނޫން ޝަޔަމް.. މިއީ އަހަރެން މާބޮޑަށް ބޮލުގަ ރިއްސާފަ ހުރީމަ ދެއްކޭ ވާހަކަތަކެއް ނޫން.. އައި އެމް ސީރިއަސް.." ސީދާ ޝަޔަމްގެ ދެލޮލަށް ބަލައިލަމުން ނުހައިކް ބުނެލިގޮތުން ޝަޔަމްގެ ނޭވާ ހޮޅީގައި ތާށިވީފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.

"ނުހައިކް.. ވަޓްސް ރޯންގް ވިތް ޔޫ..؟ ކީއްވެ.. ތިހެން ތިބުނީ؟ ކީއްވެ އަހަރެންނާ ކައިވެނި ނުކުރެވެންވީ؟ ކޮބާ މައްސަލައަކީ؟" ހިތަށް ކުރަމުންދިޔަ އަސަރު ޝަޔަމްގެ އަޑުން އެކަނިވެސް ފާހަގަވަމުން ދިޔައެވެ. ޝަޔަމްގެ ސުވާލުތަކުން ނުހައިކްއަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލެވުނެވެ. އޭނާގެ މަޖުބޫރީ ޝަޔަމްއަށް ވިސްނައިދޭނީ ކިހިނަކުން ހެއްޔެވެ؟ ނުހައިކްގެ ހިތް ގެނބެމުންދިޔައިރުވެސް އޭނާ ހިތްވަރުކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޝަޔަމް އަަށް ނޭނގުނަސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ މީހުނަށް އިރުއިރުކޮޅާ ނުހައިކްގެ ނަޒަރު ދަތުރުކޮށްލައެވެ.

"އަހަރެންނަށް މައާފުކުރޭ ޝަޔަމް.. ތިއިން ކޮންމެ ސުވާލެއްގެ ޖަވާބެއް އަހަރެން އަތުގައެއް ނެތް.." އެހުރިގޮތަށްހުރެ ނުހައިކް ބުނެލިއެވެ.

"ކީއްވެ؟ ކީއްވެހޭ ނޯނަންވީ؟ ނުހައިކް އަހަރެންދެކެ ލޯބި ނުވަނީތަ؟" ހިތްހަމަނުޖެހުނު ވަރުން ޝަޔަމްގެ އަަޑު ކުޑަކޮށް ބާރުވެލިއެވެ. ޝަޔަމްގެ ސުވާލުން ނުހައިކް އޭނާއާއި ދިމާއަށް ބަލައިލިއެވެ. އެހިތުގައި ޝަޔަމްއަށްޓަކައި އޮތް ލޯބި ދެނެވޮޑިގެންވަނީ އެހިތުގެ ވެރި ރައްބެވެ. އެހެނަަސް މިވަގުތު އެކަން ހާމަކުރުމުގެ އެއްވެސް އިޚުތިޔާރެއް އޭނާއަށް ލިބިފައިނުވާކަހަލައެވެ. މުޅި ދުނިޔެއިންވެސް އޭނާއަށް ތެދުވެރި ލޯތްބެއް ވެވުނީ ހަމައެކަނި ޝަޔަމްދެކެއޭ ބުނެ ހަޅޭއްލަވަން އޭނާގެ ހިތް އެދުނެވެ. ނަމަވެސް އާހް... އެހިތުގެ އިހުސާސުތައް އޭނާ ހާމަކުރާނީ ކިހިނަކުން ހެއްޔެވެ؟

"އާން.. އަހަރެން.. ޝަޔަމް ދެކެ ލޯތްބެއް ނުވޭ.." ޝަޔަމްގެ ވޭނުން ފުރިފައިވި ދެލޮލާ ނަޒަރު ވަކިކޮށްލަމުން ނުހައިކް ބުނެލިއެވެ. އެބަސްތަކުން ޚުދު އޭނާގެ ހިތުންވެސް ލޭކަރުނަ އޮހިގަތެވެ. ދެލޮލަށް ޖަމާވާން މަސައްކަތްކުރަމުންދިޔަ ކަރުނަތިކިތައް ގަދަކަމުން ހިންދައިލެވޭތޯ ނުހައިކް ބެލިއެވެ. އޭނާގެ ބޭނުމަކަށްވީ ކޮންމެ އެއްޗެއް ބުނެގެން ނަމަވެސް ޝަޔަމް އޭނާއާއި ދުރަށް ފޮނުވައިލުމެވެ. ހިތް ނޭދުނަސްއެވެ.

"ނުވާނެ އެހެންނެއް.. ތީ ހުސް ދޮގު.. އަހަރެން ގަބޫލެއް ނުކުރާނަން.." ނުހައިކްގެ މޭގައި އަޅައި ކޮށްޕައިލި ޝަޔަމްގެ ހިތަށްވަނީ ފުން އަސަރެއްކޮށްފައެވެ. އޭނާ އެނބުރި އެއައީ ކިހައިފޮނި އުއްމީދަކާއި އެކުގައި ހެއްޔެވެ؟ ހުރިހައި އެއްޗެއް ދޫކޮށްލުމަށްފަހު ހަމައެކަނި ނުހައިކްގެ މީހެއްގެ ގޮތުގައި ހުރުމަށް އައުމުން އޭގެ ބަދަލު ނުހައިކްއަށް ދޭން އެނގުނު ގޮތަކީ މިއީ ހެއްޔެވެ؟ ޝަޔަމްގެ އެއްވެސް ކުށެއްނެތި ނުހައިކް އެފަދައިން ކަންތައް އެކުރަނީ ކީއްވެހެއްޔެވެ؟

އުފްވެސް ބުނެނުލައި އިސްޖެހިފައި ނުހައިކް ހުރީ ޝަޔަމް ހެދިގޮތެއްހަދަން ދޫކޮށްލައިގެންނެވެ. ޝަޔަމްގެ ނަޒަރުގައި އޭނާ ވާނީ ޝަޔަމްގެ ކުށްވެރިއަކަށްކަން އޭނާއަށް ވިސްނެއެވެ. ހުރިހައި ހަގީގަތެއް ބުނެދޭން ބޭނުންވިއަސް އޭނާގެ ދުލުގައި ތަޅެއްލެވިފައިވާކަހަލައެވެ.

"ނުހައިކް ދޮގު ހަދަނީ.. ތިއީ ނުހައިކްގެ ގޮތެއްނޫން.. އެނގިހުރެ ދުވަހަކުވެސް ނުހައިކް އަހަރެންނަކަށް ދެރައެއްނުދޭނެ.. ޕްލީޒް ނުހައިކް.. ސްޓޮޕް އިޓް.. ޕްލީޒް.. އަހަރެން ނުހައިކްދެކެ ލޯބިވާވަރު ނޭނގެނީތަ؟" ނުހައިކްގެ ދެއަތުގައިހިފައި ތަޅުވައިގަންނަމުން ޝަޔަމް ބުނެލިއެވެ. ކަރުނުން ބަރާވެފައިވި ދެލޮލުން އޭނާ ނުހައިކްގެ މޫނަަށް ބަލަމުންދިޔައީ ޖަވާބެއްގެ އިންތިޒާރުގައި ހުރެއެވެ. ހަމަ ކޮންމެ ވަގުތަކުވެސް ނުހައިކް އެކުރަމުންދަނީ ސަމާސާއެކޭ ބުނެލާނެ ވަގުތަކަށް ޝަޔަމްގެ ކެތްތެރިކަން ކުޑަވެފައިވާކަހަލައެވެ.

"ނޫން ޝަޔަމް.. އަހަރެން މިދައްކާ ވާހަކަ ގަބޫލުކުރޭ.. އަހަރެން ޝަޔަމް ދެކެ އެއްވެސް ލޯތްބެއްނުވޭ.. މިތަނުގަ މީހުންތަކުތެރޭ ތިފާޑަށް ނޫޅެބަލަ.. އެންމެ ރަނގަޅުވާނީ އަހަރެން މިބުނި ވާހަކަތައް ގަބޫލުކޮށް ޝަޔަމްވެސް އަހަރެންމަތިން ހަނދާންނައްތައިލައި ދިރިއުޅުމާއިގެން ކުރިއަށްދިއުން.." ޝަޔަމްގެ ދެއަތް އޭނާގެ އަތުން ނައްޓުވައިލަމުން މަޑުމައިތިރިކަމާއެކު ނުހައިކް ބުނެލިއެވެ. އެއާއެކު ހިފަހައްޓައިގެންހުރި ކަރުނަތައް ޝަޔަމްގެ ދެލޮލުން އޮހޮރިގަތެވެ. ގިސްގެއަޑު އެދެތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވެގެންދިޔައިރު އެއަޑުއިވި ނުހައިކްގެ ހިތަށް ތޫނުޚަންޖަރެއް ހަރައިލިފަދަ އިހުސާސެއް ކުރެވުނެވެ. ރޮމުން ގިސްލަމުންދިޔަ ޝަޔަމްއަށް ބަލަން އުނދަގޫވެ ނުހައިކް އިސްޖަހައިލިއެވެ. ކިތަންމެ ފަހަރަކު ލޯތްބާއެކު އެކަރުނަތައް ފުހެލައި ދިނުމަށް ނުހައިކްގެ ހިތް އެދެމުންދިޔައެވެ. އެއަންހެންކުއްޖާއަކީ އޭނާގެ މުޅި ހަޔާތެވެ. ވީއިރު ކުރިމަތީގައިހުރެ ޝަޔަމް އެފަދަ ވޭނުން ފުރިގެންވާފަދަ ގޮތަކަށް ކަރުނައަޅައި ރޯއިރު އޭނާގެ ހިތަށް އަސަރުނުކޮށްދާނެހެއްޔެވެ؟

"އައި ހޭޓް ޔޫ.. ދުވަހަކުވެސް ނުހައިކް.. ތިގޮތަށް އަހަރެންނާމެދު ކަންތައްކޮށްފާނެކަމަކަށް އަހަރެން ހިއެއްނުކުރަން.. އަހަރެންގެ.. ކޮން ކުށެއްއޮތީ؟ ނުހައިކް ބުނެދީބަލަ.. އަހަރެން ނުހައިކްދެކެ ލޯބިވާވަރު ބުނެދޭނީ ކިހިނެއް؟ މިގުޅުމަށްޓަކައި އަހަރެން ދެކުނުހައި ހުވަފެންތައް ނުހައިކްއަށް އަންގަދޭނީ ކިހިނެއް؟" ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުން ފުހެމުންދިޔައިރުވެސް އެލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ނިމުމެއްނުވާފަދައެވެ. ގިސްލައި ރޮމުންދިޔައިރު ނުހައިކްގެ މޭގައި އޭނާ ތަޅަމުންދިޔައީ އެހިތަށް ކުރަމުންދިޔަ އަސަރު ނުހައިކްގެ ހިތަށްވެސް ކުރުވަން ބޭނުންވެފައިހުރެއެވެ. ޖެހި ބުދެއްހެން ހުއްޓި ނުހައިކް ހުރީ އިސްޖެހިފައެވެ. ޝަޔަމްގެ ހިތާމަތައްދެކެން އޭނާގެ ހިތަށް ނުކުޅަދާނަވަމުން ދިޔައިރު އަވަހަަށް ޝަޔަމްގެ ކުރިމަތިން ދިއުމަށް އޭނާގެ ޟަމީރު އެދުނެވެ. އެކަނިހުރެ އެހިތުގެ ހުރިހައި އުދާހެއް ބޭރުކޮށްލުމަށް އޭނާގެ ހިތް އެދެމުންދިޔައެވެ.

"ދެން ހެޔޮ.. ޕްލީޒް ޝަޔަމް މިތަނުން ދޭ.. ޖަސްޓް.. ލީވް މީ އެލޯން.." ޝަޔަމްދެ ދެއަތުގައިހިފައި ހުއްޓުވަމުން ސީރިއަސް ރާގަކަށް ނުހައިކް ބުނެލިގޮތުން ޝަޔަމްގެ ހިތުގައި ރިއްސައިލިއެވެ. ހަމަހިމޭންކަމާއެކު އިރުކޮޅަކު ނުހައިކްގެ މޫނަށް ބަލަން ޝަޔަމްހުރިއިރު އޭނާ ވިސްނަމުންދިޔައީ ކޮންއެއްޗެއްކަމެއް ނުހައިކްއަކަށް ނޭނގުނެވެ. އެއްޗެއް ނުބުންޏެއްކަމަކު ނުހައިކްގެ ރިހުން އެކުލެވިފައިވި ދެލޮލާއި އޭނާގެ ނަޒަރު ބައްދަލުވީވަގުތު ޝަޔަމްއަށް ކުރެވިގެންދިޔައީ ތަފާތު އިހުސާސެކެވެ. ނުހައިކްގެ ވާހަކަތަކާއި އެދެލޮލުން ފައުޅުވަމުންދިޔަ އަސަރުތައް ތަފާތުކަން އޭނާގެ ހިތް ބުނެލިއެވެ. އިރުކޮޅަކު އެގޮތުގައި ނުހައިކްއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ.

ތުންފިއްތައިލަމުން ނުހައިކްއާ ދުރުވެލުމަށްފަހު އެތަނުން ދިއުމަށް ޝަޔަމް ދުއްވައިގަތެވެ. އޭރު ހަމަރަނގަޅަަށްވެސް އޭނާއަށްވަނީ ރޮވިފައެވެ. އަނގަމަތީގައި އަތްއަޅައި ބާރުކޮށްލަމުން ޝަޔަމް ދުވުން ބާރުކޮށްލީ އަވަހަށް ނުހައިކްގެ ކުރިމަތިން ދިއުމަށް ބޭނުންވެފައި ހުރިވަރުންނެވެ. ކިތަންމެ ދެރަވިއަސް އެހިތާމަ ނުހައިކްގެ ކުރިމަތީގައި ކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އަމިއްލަ ނަފުސަށް ވިސްނައިދެން އުޅުނަސް އެވަގުތު އޭނާ ހުރީ އެފަދަ ހާލެއްގައެއްނޫނެވެ. ނުހައިކްއަށް ކޮންމެވެސްކަމެއް ދިމާވިހެން ހީވިއަސް އޭނާގެ ވާހަކަތަކުން ޝަޔަމްގެ ހިތަށްކުރުވި އަސަރުގައި އެއިން ކަމަކާއިމެދުގައި ވިސްނައި ފިކުރުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. ނުވަތަ ހާލަތު އެއިން ކަމަކަށް ތަންނުދެނީއެވެ.

ދުވެފައި އޭނާއާއި ދުރަށް ޝަޔަމް ދިޔަ މަންޒަރުބަލަން ފެންކަޅިވެފައި ނުހައިކް ހުއްޓެވެ. ޝަޔަމް އެދެލޯމައްޗަށް ގެއްލުމާއެކު އެހުރިހައިއިރު ހިފަހައްޓައިގެންހުރި ކަރުނަތިކިތަކަށް އޭގެ މަގާމުދޫކޮށް ކޯތާފަތްމައްޗަަށް އޮހިގަތެވެ. ނޯށްދަމައިލަމުން ނުހައިކް އިސްއުފުލައިލައި އުޑާއި ދިމާއަށް ބަލައިލަމުން ދެލޯމަރައިލިއެވެ. ޖެހެމުންދިޔަ ރޯޅިތައްވެސް އޭނާގެ ކަރުނަ ފުހުމުގައި ނާކާމިޔާބުވަމުންދިޔައެވެ. ހިކިފައިވި ތުންފަތުގައި މަޑު ތުރުތުރެއް އުފެދިފައިވިއެވެ.

ނުހައިކްގެ ހަރަކާތްތަކަށް ފާރަވެރިވެހުރި ޖޯން ނުލަފާ ގޮތަކަށް ހީލަމުން އައިސް އޭނާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ޖީބުން ފޯނުނަގައި އަޒްހަރަށް ގުޅައިލިއެވެ. އޭނާހުރީ ކަންތައްވަމުންދިޔަ ގޮތާއި ދެކެވުނު ވާހަކަތައް އަޑުއިވޭހައި ކައިރީކަމުން އެމީހުންގެ މަސައްކަތް ކާމިޔާބުވެއްޖެކަމުގެ އުފާވެރި ޚަބަރު އޭނާ އަޒްހަރަށް ދިނެވެ.

އިރުކޮޅަކު އަޒްހަރާއި ވާހަކަދެއްކުމަށްފަހު އޭނާ ނުހައިކްއަށް ބަލައިލަމުން ފޯނު ބޭއްވިއެވެ. "ކަލޭގެ މަންމަ އެބަ ގެނޭ ގެއަށް.. ހިނގާ ދާން.. އަދި ބުނަން.. ހީނުކުރާތި މިކަންތައް މިހިސާބުން ނިމުނީކަމަށް.. ދެން ޝަޔަމްއާ އެފަދަގޮތަކަށް ވައިއެޅިލިއަސް.. މިއަށްވުރެ ބޮޑުވަރުކޮށްލާނަން.." ގަމީސްމަތިން ލައިގެންހުރި ކޯޓުގައި ހިފައި ރީތިކޮށްލަމުން ޖޯން އިންޒާރެއްދިންފަދައިން ބުނެލިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ނުހައިކް ކުރިއަށް ހިނގައިގަތެވެ. އެއަނިޔާވެރިންގެ ކުރިމަތީގައި އެންމެ ހިނދުކޮޅަކުވެސް މަޑުކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. އަވަސް ހިނގުމެއްގައި އައިސް ނުހައިކްއާއި ހަމަކުރަމުން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައިގެނެސް ކާރަށް ޖޯން އެރުވިއެވެ. އަދި ސްޓާރޓްކޮށްލަނުން ނުހައިކްގެ ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ.

"ކަލެއަަށްވެސް އެންމެ ރަނގަޅުވާނީ ޝަޔަމް މަތިން ހަނދާންނައްތައިލުން.. އަޒްހަރަކީ ފެންނަފެނުމަށް ކިތަންމެ މަޑުން ހުންނަހެންހީވިއަސް ވަރަށް ނުފޫޒުގަދަ ފަރާތެއް.. އޭނާ ބުނެފިކަމެއް ކޮންމެ ގޮތެއް ހަދާފަވިއަސް ކުރާނެ.. އެހެޔޮ މީހެއްގެ ފުރާނަދުއްވައިލައިގެން ވިއަސް.. އަޒްހަރުގެ މިސިފަތަކަކީ އަހަރެމެންނޫން އެއްވެސް ބަޔަކަށް އެނގޭ ސިފަތަކެއްނޫން.. އެެހެންވީމަ ކަލޭވެސް ހުންނަންޖެހޭނީ އަނގަމަޑުންލައިގެން.. ދެންވެސް އޭނާގެ ނުރައްކަލުން ކަލެއާ ކަލޭގެ އާއިލާ ރައްކާތެރިކުރަން ބޭނުންނަމަ އޭނާގެ ދަރިއާ ދުރުގައިހުރޭ.. އަހަރެންދެކެ ހިތްހަމަނުޖެހުނަސް އަހަރެން މިދެނީ ރަނގަޅު ނަސޭހަތެއްކަމުގައި ގަބޫލުކުރޭ.." ކާރު ދުއްވަމުންދިޔަ ޖޯން ފަހަތު ސީޓުގައި އިނދެ ކަރުނަ ފުހެމުންދިޔަ ނުހައިކްއަށް ބަލައިލަމުން ބުނެލިއެވެ. ހަގީގަތުގައި އަޒްހަރުގެ ބުނުމަށް އޭނާ އެފަދައިން ކަންތައްކުރިއަސް ނުހައިކްއާއި މެދުގައި އެހިތުގައި ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއްވަނީ އުފެދިފައެވެ. އެއްޗެއް ނުބުނެ އިންނަން އުނދަގޫވީ އެހެންވެއެވެ. ޖޯންގެ ވާހަކަތަކަށް ނުހައިކް އެއްވެސް ޖަވާބެއް ދޭކަށް ބޭނުމެއްނުވިއެވެ. ބޭކާރު އަނގަތަކެއްތަޅައި ވަގުތު ދުއްވާނެހައިވަރެއް އެހަށިގަނޑުގައެއް ނެތެވެ. އެއިންގޮތަށް ނުހައިކް އިންނަންފެށުމުން ޖޯންވެސް އިތުރުވާހަކަތަކެއް ދައްކާކަށް މަސައްކަތެއްނުކުރިއެވެ. ނުހައިކްއަށް އެކަނި އިނދެ ވިސްނާނެ ވަގުތުދެމުން މަޑު ދުވެއްޔެއްގައި އޭނާ ކާރު ދުއްވަމުން ދިޔައެވެ.

ޖޯންގެ ކާރު ނުހައިކްގެ ގެ ހުންނަ ގޯޅިއަށް އެޅިވަގުތަކީ ކަޅުކުލައިގެ ވޭނެއްވެސް އެގޯޅިތެރެއަށް އައިސް ވަތް ވަތުތެވެ. އެގޭ ކުރިމަތީގައި ވޭން މަޑުކޮށްލުމާއެކު ޖޯންވެސް ދުވެލި ބާރުކޮށްލަމުންއައިސް އެހިސާބުގައި ކާރު މަޑުކޮށްލިއެވެ. ވަގުތުން އަވަސް އަވަހަށް ދޮރުހުޅުވައިފައި ނުހައިކް ކާރުން ފޭބިއެވެ. ވޭންގެ ފަހަތު ދޮރު ކަހައިލުމަށްފަހު އޭގެން ބޭލި ސާރާއާއި ދިމާއަށް ނުހައިކްއަށް ދެވުނުގޮތްވެސް ނޭނގުނެވެ. އެދިޔަގޮތަށްގޮސް ސާރާގެ އަތުގައި ހިފައި ގާތްކޮށްލަމުން އެހަށިގަނޑުގައި ނުހައިކް އޮޅުލައިގަތެވެ. ސަލާމަތްނުވާނެހެން ހީވި ނަމަވެސް އެނބުރި ގެެއަށް އާދެވުމުން ﷲ އަށް ޝުކުރުކުރާހާލު އޭނާވެސް ލޯބިވާ ދަރިފުޅުގެ ގައިގައި ބައްދައިލިއެވެ. އެހެނަސް އެހިތްވަނީ ގަދަ ވޭނަކުން ހިސާރުކުރެވިފައެވެ. ލޯބިވާ ދަރިފުޅު މިވަގުތު ކުރާނެހިތާމަ އަންދާޒާކޮށްލުމަށްވެސް އޭނާވަނީ ނުކުޅެދިފައެވެ. ހަޔާތުގައިވެސް އަލަށް ވެވުނު ލޯބިން އެދަރިފުޅު މަހުރޫމުވުމުން ސާރާ އެކަމާއި އަމިއްލަ ނަފުސް ކުށްވެރިކުރަމުންދިޔައެވެ. އޭނާ ނެތްނަމަ އެދަރިފުޅަށް އެފަދައިން ބިރުދައްކައި މަޖުބޫރުކޮށް ނުހެދުނީހޭ ހިތަށްއެރި އަދަދެއްވެސް ނޭނގެއެވެ.

"އަހަރެން ދެއްކި ވާހަކަތައް ހަނދާނުގައި ބަހައްޓާނެކަމަށް ހީކުރަން.." ކަރުކެހިލަމުން ޖޯން ބުނެލިއެވެ. އެއާއެކު ނުހައިކްގެ ރުޅިވެރި ނަޒަރު އޭނާއަށް ހުއްޓިގެންދިޔައެވެ.

"ހީނުކުރާތި މީހަކަށް ދެރައެއް ދިނުމަށްފަހު ކަލޭމެންނަށް ވަކި ހަމަޖެހިގެން އުޅެވިދާނެކަމަށް.. އަހަރެން ބަދަލުގަ ކަމެއްކުރަން ނުކުޅެދިފައިވިއަސް އަހަރެންގެ ވެރި ރަސްކަލާނގެއީ އެއްވެސްކަމަކަށް ނުކުޅެދިގެންވާ ކަލެއްނޫން.. ކަލޭމެން ތިކުރިކޮންމެ ކަމެއްގެ ބަދަލު ކަލޭމެންނަަށް ލިބޭނެ.. އެދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން.. ވަރަށް ރަނގަޅު މިވާހަކަތް އަޒްހަރު ގާތުގައި ބުނެލައިދިނިއްޔާ.." އެގޯޅިތެރޭގައި ހަރަކާތްތެރިވަމުންދިޔަ މަދު މީހުންގެ ނަޒަރު އެދިމާއަށް ހުއްޓެން ފެށުމުން ބުނަން ބޭނުންވި ވާހަކަތައް ބުނެލުމަށްފަހު ސާރާ ގޮވައިގެން ނުހައިކް ގެއަށްވަނެވެ. އިވުނު ވާހަކަތަކުން ހިނދުކޮޅަކު ހުއްޓުންއަރައިފައި ޖޯން ހުރިއިރު ނުހައިކްގެ ރުޅިވެރިދެލޯ އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތްލުމާއެކު ސިހިފައި އެތަނުން ދިއުމަށް އޭނާ އަމުރުކޮށްލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅަމުން އައިސް ކާރަށް އެރުމަށްފަހު ވޭނުގެ ފަހަތުން ދުއްވައިލިއެވެ. ނުހައިކްއަށް ނޭނގުނަސް އެހައި ފަސޭހައިން އަޒްހަރު ސާރާ ދޫކޮށްލީ ނުހައިކްގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތްކަމަށް ތަކުރާރުކޮށް އޭނާ ބުނުމުންނެވެ. މައްސަލަގަނޑު މާބޮޑު ނުވަނީސް އެކަން ހައްލުކުރަން އޭނާހުރީ ބޭނުންވެފައެވެ. އެހެންނޫންނަމަ ދެންކަންތައްވާނެ ގޮތްވެސް ޚުދު އޭނާއަށް އެނގެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ކާރުގެ ދުވެލި އޭނާ ބާރުކޮށްލިއެވެ.

"މަންމަ ރަނގަޅުތަ؟ އެމީހުން މަންމައަށް އެއްވެސްކަމެއް ކުރިތަ؟" ސިޓިންގްރޫމް ސޯފާގައި އިނށީދެ ސާރާގެ ދެއަތުގައި ހިފައި ފިތައިލަމުން ކަންބޮޑުވެފައި ނުހައިކް އަހައިލިއެވެ. ލުއިކޮށް ހިނިތުންވެލި ސާރާ މަޑުމަޑުން ބޯޖަހައިލިއެވެ. އިތުރުވާހަކަތަކެއް ދައްކައި ނުހައިކް ހާސްކުރުވާކަށް އޭނާ ބޭނުމެއްނުވިއެވެ. ފާއިތުވެދިޔަ ދުވަސްތަކު ލިބިފައިވި ނުތަނަަސްކަމުން ރަނގަޅަށް ނުކެވުމުގެ ސަބަބުން ސާރާގެ ހަށިގަނޑުވަނީ ބަލިކަށިވެފައެވެ. ނަމަވެސް ދަރިފުޅުގެ ކުރިމަތީގައި އެހުރިހައިކަމެއް ފައުޅުނުކުރުމަށް އޭނާ ހިތްވަރުކުރަމުން ދިޔައެވެ.

"މަންމާ.. އަޅުގަނޑަށް މައާފުކުރޭ.. އަޅުގަނޑުގެ ސަަބަބުން މަންމަގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދިޔައީ.. އެކަމަށްޓަކައި ދުވަހަކުވެސް އަމިއްލަ ނަފުސަަށް މައާފެއް ނުކުރެވޭނެ.." ސާރާގެ ދެއަތްތިލަ ގެނެސް ނިތުގައި ޖައްސައިލަމުން ހިތާމަވެރިގޮތަކަށް ނުހައިކް ބުނެލިއެވެ. ވަގުތުން ނުހައިކް ގެނެސް މެޔާލައި ބާރުކޮށްލަމުން އޭނާގެ އިސްތަށިގަނޑުގައި ލޯބިން ސާރާ ފިރުމައިލިއެވެ.

"މައާފަށް އެެދެންޖެހެނީ މަންމަ.. މަންމަގެ ސަބަބުން ދަރިފުޅަށް ދަރިފުޅުގެ ލޯބި ގެއްލުނީ.. މަންމަ ނެތްނަމަ.." ސާރާގެ ވާހަކަތައް ހުއްޓުވައިލަމުން ވަގުތުން އެކަމާއި ނުހައިކް ދެކޮޅުހެދިއެވެ. ހިތުޖެހިފައި ދެމައިން ރޮމުންދިޔައިރު ދެހިތަށްވެސްވަނީ ފުން ޒަޚަމްތަކެއް ލިބިފައެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވެމުންދިޔައެވެ. އެހެނަސް އެކަމުގައި އިތުރަށް ދެން ކުރެވޭނެކަމެއް ނެތެވެ. ވެދިޔަތަން ބަދަލުކުރުމުގެ ބާރެއް އަހަރެމެން އިންސާނުންނަކަށް ލިބިގެނެއް ނުވެއެވެ.

"ދަރިފުޅު ހިތްވަރު އެލުވައިނުލާތި.. މާޔޫސް ނުވާތި.. ހަނދާނުގަ އަބަދުވެސް ބަހައްޓާތި.. ކޮންމެ ކަމެއްވެސް ﷲ މިންވަރުކޮށްދެއްވަނީ އެންމެ ރަނގަޅަށްކަން.. އަހަރެމެންނަށް ނުވިސްނުނަސް ކޮންމެ ކަމެއްގެ ފަހަތުގަވެސް ކޮންމެވެސް ހެޔޮކަމެއް ފޮރުވިފަވާނެ.. އެހެންވީމަ މާޔޫސްނުވެ އެކަލާނގެ ހަޟްރަތުގައި ތަކުރާރުކޮށް ދުޢާކޮށް ދަންނަވާ.. އިރާދަކުރެއްވިއްޔާ ތިހިތުގެ އެދުން ފުރިހަމަވާނެ.. ކޮންމެ މީހަކު ކޮންމެކަމެއް ކުރިއަސް ދަރިފުޅަށްޓަކައި ތަގުދީރުގަ ލިޔެވިފަވީއެއްވެސް އެއްޗެއް އެބަޔަކަށް ނިގުޅައެއްނުގަނެވޭނެ.. އެހެންވީމަ ﷲ އަށް ވަކީލުކޮށް ދަންނަވާ.. މަންމަގެ ދުޢާތައްވީ ދަރިފުޅާއެކު.. އަނިޔާވެރިންގެ އެނުބައިކަން އެކަލާނގެ ފައުޅުކުރައްވާ އެބައިމީހުން ފަޟީހަތްކުރަައްވާނެ.. ހަގީގީ ނަސްރުއޮތީ ﷲ އަށް ވަކީލުކޮށް ކެތްތެރިވި އަޅަކާއެކު.." އެވަގުތުވެސް ސާރާ މަސައްކަތްކުރީ ލޯބިވާ ދަރިފުޅުގެ ހިތްވަރުކަމުގައި ވެދިނުމަށެވެ. އެދަރިފުޅުގެ އަތުގައިހިފައި ކޮޅަށްނަގައި ދާންވީ މަގު ސާފުކޮށް ދައްކައިދިނުމަށެވެ. ސާރާގެ ކޮނޑުގައި ބޯއަޅައިގެންއޮތް ނުހައިކްގެ މަޑުގިސްލުމުގެ އަޑު އެތަނަށް ފެތުރިފައިވިއަސް ސާރާގެ ވާހަކަތަކުން އެހިތަށް ހަމަޖެހުންލިބި އައު ހިތްވަރެއް ލިބިގެންދިޔައެވެ.

*****

ދުވާލު ހަތަރުދަމު ހޮސްޕިޓަލުގައި ނަޒީމްގެ ގާތުގައި ހޭދަކޮށްފައި އައުމަށްފަހު އިޝާ ނަމާދުކޮށްލައިގެން ޒާއިންއަށް ނިދުނީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނެވެ. އޭނާއަށް ހޭވެރިކަމެއްވީ ގަޑިން އެގާރަޖެހުމާއި ގާތްވެފައިވަނިކޮށެވެ. ދެލޯ އުނގުޅައިލަމުން ޒާއިން އެނދުންތެދުވެ ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. ލަމްޔާ ފެންނަން ނެތުމުން ހިސާބަކަށް ހައިރާންވެފައި އިނދެ އެނދުންތެދުވެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ވާރޭގެ ހިތްގައިމު އަޑު އައިސް އޭނާގެ ކަންފަތުގައި ޖެހުނެވެ. މިއޮއް އަރާމުވަގުތު ނުނިދައި ލަމްޔާ ކުރަމުންދިޔަ ކަމަކާއިމެދުގައި ސުވާލުއުފެދިފައިހުރެ އޭނާ ތޮއިބާގެ ކޮޓަރިއާއި ދިމާއަށް ނަޒަރުހުއްޓައިލިއެވެ. ދޮރުދަށުން ފެންނަމުންދިޔަ އަނދިރިކަމުން އަދިވެސް ހޮސްޕިޓަލުން ތޮއިބާ އެނބުރި ނާނަނީކަން އޭނާއަށް ވިސްނުނެވެ.

އަލުން ކޮޓަރިއަށްވަދެ ލައިގެންހުރި ޓްރެކްސް ސޫޓްމަތިން އަތްކެނޑި ޓީޝާރޓެއް ވައްޓައިލަމުން ނުކުމެ ބަދިގެއާއި ދިމާއަށް ޒާއިން މިސްރާބުޖެހިއެވެ. ރޭގަނޑުގެ އެވަގުތު ގޭގެ ނޯކަރުންވެސްވާނީ ނިދީގެ ފުން އަރާމުގައިކަމުން މުޅި ގޭތެރެއިން ފައުޅުވަމުންދިޔައީ މަރުފަދަ ހަމަހިމޭންކަމެވެ.

ބަދިގޭގައިވެސް މީހަކު ނެތުމުން ހިސާބަކަށް ޒާއިން ކަންބޮޑުވާގޮތްވިއެވެ. މިފަދަ ވަގުތެއްގައި އަނެެއްކާ ލަމްޔާ އެދިޔައީ ކޮންތަނަކަށްބާވައެވެ. ބޮލުގެ ފުށްކިބައިގައި އަތް އުނގުޅައިލަމުން ފޯނު ބަލައި އެނބުރިކޮޓަރިއަށް ދިއުމަށް އޭނާގެ ހިތަށް އެރިއެވެ. އެވަގުތު ކުޑަކޮށް ހުޅުވިފައިހުރި ގޭގެ ދޮރު އޭނާގެ ލޮލުގައި އަޅައިގަތެވެ. ނިތަށް ރޫއަރުވައިލަމުން ދޮރު ރަނގަޅަށް ލައްޕައި ތަޅުލުމުގެ ނިޔަތުގައި ޒާއިން އެދިމާއަށް ހިނގައިގަތެވެ. ދޮރާއި ހަމަވީވަގުތު ހުޅުވިފައިވި ދޮރުގެ ތެރެއިން ފެނުނު މަންޒަރުން ތެޅިގަނެފައި ޒާއިންއަށް ދޮރު ބޮޑަށް ހުޅުވައިލެވުނެވެ.

ގޭގެ ގޯތިތެރޭގައި ވެހެމުންދިޔަ ވާރެޔާއި ތެމިފޯވެގެން ދެއަތް ދަމާލައި އުޑައި ދިމާއަށް މޫނު އުފުލައިލައިގެން ލަމްޔާ ހުއްޓެވެ. ބުރުގާވެސް ނާޅައި ހުރިއިރު އެފަންދިގު އިސްތަށިގަނޑުވަނީ މިނިވަންކަމާއި އެކުގައި ދޫކޮށްލައިފައެވެ. ދޮން މޫނުގައި ވާރޭގެ ތިކިތައް ވިދަމުންދިޔައިރު އެތަނަށް ފެތުރިފައިވި ފަނޑު އޮރެންޖް ކުލައިގެ އަލިކަމުގެ ތެރޭގައި އެމަންޒަރު ފެންނަމުންދިޔައީ ހުވަފެނީކޮށެވެ.

ގުޑިލަންވެސް ހަނދާންނެތިފައި ޒާއިންއަށް ހުރެވުނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރުން ހިތަށް ލިބިގެންދިޔަ ފޮނިކަމަކުންނެވެ. އެވަގުތުކޮޅު ދެމިގެންދިއުމަށް އޭނާގެ މޮޔަހިތް އެދިގަތެވެ. ވާރޭގެ ތެރޭގައި އެކަނިމައި އެކަނި ލަމްޔާ ހުރުމުން ކަންބޮޑުވާގޮތްވި ނަމަވެސް ލަމްޔާއަށް ގޮވައި ގެއަށް ވައްދާކަށް ޒާއިން ނޫޅުނެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު އެނބުރިލަމުން މަޑުމަޑުން ލަމްޔާ ދުއްވައިގަތެވެ. އޭނާ އެކޭ ކުޑަކުއްޖެކޭ އެއްވެސް ތަފާތެއްނެތެވެ. އިރުއިރުކޮޅުން އެނބުރިލަމުން ގޯތިތެރޭގެ އެކި ދިމަދިމާލުގައި ލަމްޔާ ދުވަމުންދިޔައެވެ. އެމޫނުމަތީގައި ރަސްކަންކުރަމުންދިޔަ ހިނިތުންވުމުން އެހިތަށްލިބިފައިވި އުފާވެރިކަން ބަލައިފިމީހަކަށް ނުފެނިއެއް ނުދާނެއެވެ. ލަމްޔާ އުޅެމުންދިޔަގޮތްފެނި ޒާއިންއަށް މަޖާވިއެވެ. އެހިނދު އޭނާގެ ލޯބިވާ އަނބިމީހާއާއި ލާނެތް ސަމާސާއެއްކޮށްލުމަށް ޒާއިންގެ ހިތަށް އެރިއެވެ. ވެހެމުންދިޔަ ބޯވާރެއަށް ނަޒަރެއްދެމުން ބަގީޗާ އާއި ދިމާއަށް ދުއްވައިގަތް ލަމްޔާގެ ފަހަތުން ދިއުމަށް ޒާއިންވެސް ހިނގައިގަތެވެ. އެވަގުތު އެތަނުގައިހުރި ކުޑަ މޭޒު ދޮށުގައިހުރި ގޮނޑިއެއްގެ މަތީގައި އަޅުވައިލައިފައިއޮތް ކަޅުކުލައިގެ ވަށްބުރުގާކޮޅު އޭނާގެ ލޮލުގައި އަޅައިގަތެވެ. ހިނިއައިސްފައި ދެފަރާތަށް ބޯހޫރުވައިލަމުން ބޯވާރޭގަނޑުގެ ތެރެއަށް ޒާއިން ނުކުތެވެ.

ތެމިފޯވެގެންހުރެ ކުދިފިޔަވަޅުތަކެއް އަޅަމުންގޮސް ލަމްޔާ ހުރި ހިސާބާއި ދާދި ކައިރީގައިހުރި ބޮޑު ގަހެެއްގެ ފުރަގަހަށް ޒާއިން ވަނެވެ. އަދި ކުޑަކޮށް އެއްފަރާތަކަށް ޖެހިލަމުން ލަމްޔާގެ އަމަލުތަކަށް ނަޒަރުހުއްޓައިލިއެވެ. އެތަނުގައިހުރި ކުޑަ ފިނިފެންމާގަހާއި ދިމާއަށް ގުދުވެލަމުން އެގަހުން މަލެއް ބިނދެލުމަށްފަހު ހީލަމުން ލަމްޔާ ހިންދެމިލިއެވެ. އަދި ވާރޭގެ ތިތަކުން ތެމެމުންދިޔަ އެމާގެނެސް ނޭފަތުގައި ޖައްސައިލަމުން އޭގެން ވަސްގަނެލިއެވެ. ހިތާއި ރޫހަށް ލިބުނު ހަމަޖެހުމުގައި ހިނިތުންވެލަމުން އޭނާއަށް ދެލޯމަރައިލެވުނެވެ. ހިނިއައިސްފައި އެނބުރިލަމުން އައިކޮޅަށް ދިއުމަށް އުޅުނުވަގުތު ސިހިފައި ބާރު ހަޅޭއްކެއްގެ އަޑު އޭނާގެ އަރުތެރެއިން ބޭރުވިއެވެ.

މޫނުގައި ދެއަތްއަޅައި ބާރުކޮށްލައިގެންހުރި ލަމްޔާގެ ކަންފަތުގައި މީހެއްގެ ހުނުމުގެއަޑު ޖެހެމުން މަޑުމަަޑުން އިނގިލިތައްފޭކޮށްލުމަށްފަހު ބަލައިލިއެވެ. ބަނޑުމަތީގައި އަތްއަޅައިގެންހުރެ ހެމުންދިޔަ ޒާއިންފެނި މޫނުމަތިން އަތްނަގަމުން ލަމްޔާ ތުންކޮޅުދަމައިލިއެވެ. އެނބުރުނުވަގުތު ކުއްލިއަކަށް ޒާއިން ޕޮއްކިޔައިފައި އޭނާ ސިއްސުވައިލީއެވެ. އޭނާއަށް ހަޅޭއްލަވައިގަނެވުނީ އެހެންވެއެވެ. ފަހަރެއްގައިވެސް އެވަގުތު ޒާއިން އެތަނަށް އަތުވެދާނެކަމަށް އޭނާ ހިއެއްނުކުރެއެވެ. ހީހީފައި އޭނާއާއި ދިމާއަށް ބަލައިލި ޒާއިންއަށް ލޯއަޅައިލަމުން ޒާއިންއަށް ލަނޑެއްދިނުމުގެ ނިޔަތުގުގައި އޭނާއާއި ދިމާއަށް ލަމްޔާ ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް ތެމިފައިވި ވިނަގަނޑުމަތީގައި އޭނާއަށް ފައިއެޅުނުގޮތަކުން ކައްސައިލައި އޭނާ ވެއްޓެންދިޔައެވެ. އެހިނދު ލޯބޮޑުކޮށްލަމުން އަވަސްހަރަކާތަކާއެކު އޭނާއަށް ޒާއިންގެ ޓީޝާޓުގައި ބާރަށް ހިފައިގަނެވުނެވެ. އެފަދަކަމަކަށް ނުވިސްނައިހުރި ޒާއިންގެ ހަށިގަނޑުގެ ބެލެންސް ގެއްލި ލަމްޔާއާއި އެކުގައި އޭނާވެސް ބިންމަތީގައި ވެއްޓިޖެހުނެވެ. ކަންދިމާކުރިގޮތުން އޭނާއަށް އޮވެވުނީ ލަމްޔާގެ ގައިމައްޗަށްވާގޮތަށެވެ. އަވަސް އަވަހަށް ދެއަތްވިއްދައިލަމުން ހަށިގަނޑު ކުޑަކޮށްހިއްލައިލުމަށްފަހު އޭނާގެ ގައިދަށުގައި ދެލޯމަރައި ބާރުކޮށްލައިގެންއޮތް ލަމްޔާއަށް ބަލައިލިއެވެ. އެއާއެކު ޒާއިންގެ ހިތުގެ ހިނގުން ކުއްލިއަކަށް އަވަސްވެލިއެވެ. ލަމްޔާއާއި ގާތްވެލާ ކޮންމެ ވަގުތަކު އޭނާއަށް އެވާގޮތެއް ބުނެދޭކަށް ޚުދު އޭނާއަށްވެސް ނޭނގެއެވެ.

ހަރަކާތެއްވެސް ކޮށްނުލައި އިރުކޮޅަކު އޮތުމަށްފަހު ލަސްލަހުން ތެމިފައިވި އޭނަގެ ދިގު އެސްފިޔަތައް ތަޅުވައިލަމުން ލަމްޔާ ދެލޯހުޅުވައިލިއެވެ. އޭނާގެ ގައިމައްޗަށް ވާގޮތަށް އޮތް ޒާއިންފެނި ލަމްޔާގެ މޫނުކޮޅަށް ޖަންބުކުލަ ފާއްދާލިއެވެ. ލަދުންގޮސް އެހެންދިމާއަކަށް ބަލައިލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ދެހިތުގައިވެސް ކުޅެލީ އެއްރާގެކެވެ. ދެހިތްވެެސް އެދުނީ އެކަކު އަނެކަކުގެ އަތުތެރޭގައި ވުމަށެވެ.

އޮވެވުނުގޮތުން ވެހެމުންދިޔަ ވާރޭގެ ކުދި ހަމަލާތަކުން ލަމްޔާގެ މޫނު ސަލާމަތްވެފައިވިއަސް، އެތިތަކުން ތެމެމުންދިޔަ ޒާއިންގެ ފަންއިސްތަށިކޮޅުން އޮހޮރެމުންދިޔަ ކުދިކުދި ތިކިތައް އޭނާގެ މޫނުމަތިންލައިފައި ތިރިއަށް ދަތުރުކުރަމުންދިޔަ މަންޒަރުވީ ލަމްޔާއަށް ބަލައިފޫހިނުވާނެފަދަ މަންޒަރަކަށެވެ. ހުއްޓުން އަރައިފައި އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ދެމީހުން އޮތެވެ. ޒާއިންގެ ކެތްތެރިކަން އެހިސާބުން ކޮޅުންލައިގެން ދާންފެށިއެވެ. އަމިއްލަ ނަފުސުގެ މައްޗަށްއޮތް ބާރު ދޫވާންފެށިއެވެ. އަތުތެރޭގައި އެފަދަ ރީތި ވާރޭގެ ޕަރީއެއް އޮތްއިރު ކެތްކުރެވޭނީ ކާކަށް ހެއްޔެވެ؟

އަވަސްވަމުންދިޔަ ނޭވާއާއިއެކު އަމިއްލަ އިޚުތިޔާރުން ބޭރުގައި ޒާއިންއަށް ލަމްޔާއާއި ދިމާއަށް ގުދުވެވެންފެށިއެވެ. ހިނދެއް ހިނދަކަށް ގާތްވަމުންދިޔަ ޒާއިންގެ ހިތްގައިމު މޫނުފެނި ލަމްޔާގެ ތުންފަތް ތުރުތުރު އަޅައިލިއެވެ. އެމަންޒަރު ޒާއިންގެ ލޮލުގައި އަޅައިގަތުމާއެކު އޭނާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. ޒާއިންގެ ހޫނު ނޭވާތަށް މޫނަށް އިހުސާސުކުރެވޭހައި ގާތްވުމުން ލަމްޔާއަށް ދެލޯމަރައިލެވުނީ ބޭއިޚުތިޔާރުގައެވެ.

ކުއްލިއަކަށް ޖަހައިލި ބާރު ގުގުރީގެ އަޑުއިވި ޒާއިންއަށް ހަމަބިމަށް އާދެވުނުކަހަލައެވެ. ކުރެވެން އުޅުނުކަންތައް ހިތަަށް އަރައި ފުންމައިގެން އޭނާއަށް ތެދުވެވުނެވެ. ލަމްޔާ ހިތްހަމަނުޖެހިދާނެފަދަ ކަމެއް ކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހެނަސް އެވަގުތުކޮޅު އަމިއްލަ ނަފުސަށް އޭނާއަށް ބާރުނުހިންގުނީއެވެ. އިވުނު ގުގުރީގެ އަަޑާއެކު ތެޅިގަނެފައި ލަމްޔާއަށްވެސް ދެލޯހުޅުވައިލެވުނެވެ. އޮވެވުނުތަން ހަނދާންވެ އަވަހަށް ތެދުވަންއުޅުނު ވަގުތު ޒާއިން އަތްދިއްކޮށްލުމުން އެއަތުގައި ލަމްޔާ ހިފިއެވެ. ހިތް ނޭދުނަސް ޒާއިން އޭނާއާއި ދުރުވުމުން އެހިތަަށް ތަދުވެއްޖެއެވެ. ޒާއިންގެ ގާތްކަމަށް ބޭނުންވެފައި ލަމްޔާ ހުރިކަހަލައެވެ. ތެދުވި ވަގުތު އެއަސަރުތައް ލަމްޔާގެ މޫނުމަތިން ކިތަންމެ ރީއްޗަކަށްވެސް ފައުޅުވަމުންދިޔައެވެ. އެއަސަރުތަކުން ޒާއިންއަަށް އަމިއްލަ ނަފުސާއި އެތައް ސުވާލުތަކެއް ކުރެވުނެވެ. ހަގީގަތުގައިވެސް އޭނާއެކޭ އެއްފަދައިން ލަމްޔާވެސް އޭނާއަށް އެދެނީހެއްޔެވެ؟ އެގާތްކަމަށް ލަމްޔާވެސް ބޭނުންވަނީބާވައެވެ؟ އެހެންވީއިރު އޭނާއަށް ކުރެވުނީ ހަގީގަތުގައި ލަމްޔާ ހިތްހަމަނުޖެހިދާނެފަދަ އަމަލެއްނޫންތާއެވެ.

އެކިކަންކަމާއި މެދުގައި ވިސްނުން ހިންގަމުންދިޔަ ޒާއިން ހަމަޖެހިލަމުން ލަމްޔާގެ ގާތުގައި ގެއަަށް އައުމަަށް އެދުނެވެ. މާގިނައިރު ވާރޭތެރޭގައި އުޅެންވެއްޖެނަމަ ބަލިވެދާނޭ ބުނެލަމުން އެނބުރި އައި ދިމާއަށް ޒާއިން ހިނގައިގަތެވެ.

ތަންކޮޅަކަށް ދެވުނުއިރުވެސް ލަމްޔާގެ އެެއްވެސް ހިލަމެއް ނުވުމުން އެނބުރިލަމުން ޒާއިން ބަލައިލިއެވެ. އޭރުވެސް އެހުރިތަނުގައި އިސްޖެހިފައި ލަމްޔާ ހުރިގޮތުން ޒާއިންގެ ހިތުގައި އައު ޖަޒުބާތުތަކެއް އުފެދިގަތެވެ. އެގުޅުން ކުރިއަށް ގެންދަން އޭނާ ބޭނުމެވެ. ލަމްޔާގެ ހަރަކާތްތަކުން އޭނާވެސް އެކަން ބޭނުންވާކަން ޒާއިންއަށް ވިސްނުނެވެ. އެހެނަސް އެގުޅުން ކުރިއަަށް ގެންދިއުމަށްޓަކައި ކޮންމެވެސް އެކަކު އިސްނަގަން އެބަޖެހެއެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކުން ޒާއިންއަށް މޭގައި ފިރުމައިލެވުނެވެ. ލަމްޔާދެކެ އިންތިހާއަށް ލޯބިވެވޭއިރު ދެން އިތުރަށް އޭނާއާއި ދުރުގައި އެންމެ ސުކުންތުކޮޅެއްވެސް ކެތްނުވާނޭ އޭނާގެ ހިތް ގޮވައިލިއެވެ. ކުރިމަތީގައި އެހުރީ އޭނާގެ ލޯބިވާ ހަލާލު އަނބިމީހާއަށް ވީއިރު ޖެހިލުންވާންވީ ކޮންކަމަކާއިތޯ އޭނާގެ ޟަމީރު ސުވާލުކުރިއެވެ. އެއާއެކު އެދެމެދުގައިވި ގުޅުން ގާތްކުރަންވީ ވަގުތު ޖެހިއްޖެކަން އޭނާގެ ނަފުސު އަންގައިދިނެވެ.

އިތުރު އެއްވެސްކަމަކާއި މެދުގައި ވިސްނުންހިންގަން ބޭނުންނުވެފައިހުރި ޒާއިން ބާރު ހިނގުމެއްގައި އެދިޔަގޮތަަށް ގޮސް އިސްޖެހިފައިހުރި ލަމްޔާގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް ދަމައިގަތެވެ. ނުވިސްނައިހުރި ލަމްޔާ ގޮސް ޒާއިންގެ މޭގައި ޖެހުމާއެކު އެދެއަތުގެތެރޭ ލަމްްޔާގެ ތުނިހަށިގަނޑު ޒާއިން ފިއްތައިލިއެވެ. އަވަސްވަމުންދިޔަ ޒާއިންގެ ހިތުގެ ތެޅުން ލަމްޔާއަށް އިހުސާސުވީ ހިނދު ލުއި ހީލުމަކާއެކު އޭނާއަށް ދެލޯމަރައިލެވުނީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ.

ލަމްޔާގެ ހަށިގަނޑަށް ބާރުކޮށްލަމުން އެނިތުގައި ބޮސްދިނުމަަށްފަހު އޭނާގެ ގަޔާއި ކުޑަކޮށް ލަމްޔާ ދުރުކޮށްލިއެވެ. އަދި ހަނދެއްފަދަ އެރީތި މޫނަށް ޒާއިން ނަޒަރު ހުއްޓައިލިއެވެ. ކެތްތެރިކަން ކޮޅުންލުމާއެކު އޭނާއަަށް އަމާޒުވެފައިވި ލަމްޔާގެ ޖާދުވީ ދެލޮލުގައި ޒާއިންއަަށް ބޮސްދެވުނެވެ. އަދި ދެއަތުން ލަމްޔާގެ މޫނުގައި ހިފަހައްޓައިލުމާއެކު އެމޫނުގެ އެތަން މިތަނުގައި މޮޔައަކު ފަދައިން ޒާއިން ބޮސްދޭންފެށިއެވެ. ޒާއިންގެ އެހަރަކާތާއެކު އޭނާގެ އުނަގަނޑުގައި ވަށައިލެވިފައިވި ލަމްޔާގެ ދެއަތް ބާރުކޮށްލެވުނެވެ. އެއްވެސް ހަރަކާތެއް ކޮށްލަން ނުކެރިފައި ލަމްޔާ ހުއްޓައި ޒާއިން ދެންކޮށްލި ކަމަކުން އޭނާގެ މުޅިހަށިގަނޑު ގަނޑުވިކަހަލައެވެ. އޮހެމުންދިޔަ ވާރޭގެ ތިކިތައްވެސް ލަސްވެ ވަގުތު ހުއްޓިފައިވާކަހަލައެވެ. ދެލޯމަރައި ބާރުކޮށްލަމުން އިތުރަށް ޒާއިންގެ ހަށިގަނޑުގައި ހިފައި ލަމްޔާއަށް ބާރުކޮށްލެވުނެވެ. ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ކުރެވިގެންދިޔަ އައު އިހުސާސުން އޭނާގެ ހަށިގަނޑު ރޫރޫއަޅައިގެންދިޔައެވެ. އެވަގުތުކޮޅު ދިގުދެމިގެން ދިއުމަށް އޭނާގެ މުޅި ނަފުސުވެސް އެދެމުންދިޔައެވެ.

ކުޑައިރުކޮޅަކަށް އެވަގުތުކޮޅު ދެމިގެންދިއުމަށްފަހު ޒާއިން މަޑުމަޑުން ލަމްޔާ އާއި ދުރުވެލިއެވެ. އަވަސްވެފައިވި ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ލަމްޔާގެ ނިތުގައި އޭނާގެ ނިތް ޖައްސައިލިއެވެ. "އައި ލަވް ޔޫ ލަމް.. އައި ލަވް ޔޫ ސޯ މަޗް.." ދެއަތުގެ ބޮޑުވައި އިނގިލިން ލަމްޔާގެ އޮމާން ކޯތާފަތުގައި ފިރުމައިލަމުން ސިއްރެއްފަދައިން މަަޑުމަޑުން ޒާއިން ބުނެލިއެވެ. އެއަޑުއިވި ލަމްޔާގެ ހިތް އުފަލުންގޮސް އުދުއްސައިގަތްކަހަލައެވެ.

(ނުނިމޭ)

  Please log in or register to bookmark.
  6k

  16 ޚިޔާލު

  1. ސަލާމް އޯލް.. ހޮޕް ޔޫ އޯލް ލައިކްޑް ދިސް ޕާރޓް.. ދެން އިންބައި އިންޝާ ﷲ ޑޭ އާފްޓަރ ޓުމޯރޯ.. ލަވް ޔޫ އޯލް..❤

   26
  2. ދެން ސިސް އަށް ވެސް އިނގޭނު ރީންއަށް އަބަދުވެސް މި ސްޓޯރީ ރީތިވާނެކަން 😂💖 ހެހެ... އެނީވޭސް މިބައިވެސް ވަރަށް ވަރަށް ވަރަށް ރީތި 💙💜 މާޝާ ﷲ!! ތެންކިޔު އިނގޭ މިބައި ދިގުކޮށް ގެނެސްދިނީމަ 😘😗 އަޅޭ ޒާން އެން ލަމް އާ ސޯ ކިއުޓް 💓💕 ޝަޔަމް ހާދަ ދެރަވާނޭ 😢😟 ނުހައިކް ވެސް ދެރަވާނެ ދޯ 😟😯 އައި ހޭޓް އަޒްހަރް 😠😡 ހީއިސް ސޯ އަންފެއަރ 😈 ކިޔުރިއަސްލީ ވެއިޓިން ފޯ ދި ނެކްސްޓް ޕާޓް 💋💟 ލަވް ޔޫ 💚 އެން ސްޓޭ ސޭފް 💞

  3. ޒާއިން އާއި ލަމްގެ ބައި މާ ކިޔާ ހިތްވޭ ނުހައިކް މެނައްވުރެ.... އެދެމީހުން މެއިން ކެރެކްޓަރ ނަމަ އިތުރަށް ފުރިހަމަ ވީސް...އެނީވޭސް ވ ރީތި މާޝާﷲ

   15
   1
   • ތެންކްސް އަލޮޓް ޑިއަރ.. އަސްލު މި ވާހަކައިގަ އިިންނާނެ 4 މެއިން ކެރެކްޓަރސް އެނގޭ.. ދެޓްސް ނުހައިކް، ޝަޔަމް، ލަމްޔާ އެންޑް ޒާއިން.. ސްޓޯރީ ލިޔުނީ އެގޮތަށް ބަލައިގެން.. ހެހެ.. ބަޓް ގިނަ މީހުނަށް ކަމުދާހެން ހީވަނީ ބޮޑަށް ޒާން އެންޑް ލަމްގެ ބައި ދޯ.. ހެހެ.. ތެންކްސް އަލޮޓް އަގެއިން ޑިއަރ..🥰

    14
  4. މި ބައި ވެސް ވަރަށް ރީތި ❤️❤️❤️ ކާންޓް ވެއިޓް ޓު ރީޑް ދަ ނެކްސްޓް ޕާޓް

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy