އަހަރެން އެމީހެއްގެ މޫނަށް ކަޅި ހިންގައިލީމެވެ. އޭނާ އަކީ ކާކުކަން ވަކި ކުރަންވެސް ދައްޗެވެ. މޫނު ވަނީ ޒަހަމް ތަކުން ފުރިފައެވެ. ކަނާތު ލޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަނގައިން ތިރިއަށް ނޫފައިގެންފައި ވެއެވެ. ވާތު ލޯ ފެންނަންވެސް ނެތެވެ. އެތަނުގައި އަޅައިފައި ވަނީ ހުދު ބެންޑޭޖުގަނޑެކެވެ.
މިއީ އަހަރެންގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ދައްތަ، ލާނާ ކަމުގައި ނުވުމަށް އަހަރެންނަށް ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. ލާނާގެ ހަށިގަނޑުގައި ބަނދެލެވިފައިވާ ހުދު ފޮތިގަނޑާއި އެއްވަރަށް އޭނާ ގެ މޫނު ހުދެވެ. ގައިގައި އެންމެ ލޭ ފޮދެއްވެސް ހުރިހެނެއް ހިޔެއް ނުވެއެވެ.
އޭނާ ހަވަނަ ފަންގިފިލާގެ ބެލްކަނިން ފުންމައިލީއެވެ. އަހަރެން ލާނާގެ ކޮޓަރީގެ ދޮރު ތަޅުލާފައި ތަޅުދަނޑި ޖީބަށްލައިގެން ހުރެވުނީ އޭނާގެ އަތުގައި ބެލްކަންޏަށް ނިކުންނާނެ ދޮރުގެ ތަޅުދަނޑި އޮތްކަން ނޭނގިއެވެ.
ލާނާ އަކީ ހަމައެކަނި އަހަރެންގެ ދައްތައެއްނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސް މެއެވެ. ދެކުދިން އުޅުނީ އެކު އެކީގައެވެ. ދެކުދިން ވަރަށް ކުޑައިރު މަންމައާއި ބައްޕަ ވަނީ ނިޔާވެފައެވެ. އަހަރެމެން ދެކުދިން ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ.
މަތީ ތަޢުލީމު ޙާޞިލު ކުރުމަށް އަޅުގަނޑުމެން އައީ މާލެއަށެވެ. އަހަރެން އެގާރަ ބާރަ ކިޔަވަމުން ދިޔައިރު ލާނާ ދިޔައީ ނަރުސް ކޯސް ހަދަމުންނެވެ.
ގެއަށް އައުމަށްފަހު ލާނާ މުޅިން ވެސް ވަގުތު ހޭދަ ކުރަނީ އެކުގައެވެ. މަޖާ ވާހަކަ ތަކުގައެވެ. އަހަންނަށް މައިން ބަފައިންގެ ލޯބި ލިބެނީ ލާނާގެ ފަރާތުންނެވެ.
ނަމަވެސް އެއީ ދާނިޝް އޭނާގެ ދިރިއުޅުމަށް އައުމުގެ ކުރީގައެވެ.
ދާނިޝް އަކީ ލާނާ އާއި އެއްތަނެއްގައި ކިޔަވަމުން ދިޔަ ކުއްޖެކެވެ. ގޮތަކަށް ބުނާނަމަ ލާނާގެ ކްލާސްމޭޓެކެވެ. އަހަރެންގެ އިތުރުން އޭނާ ގުޅުން ބާއްވަމުން އައި މީހާ ވެސް މެއެވެ.
ލާނާ އަހަންނާއި އެކު ހޭދަ ކުރާ ވަގުތު ތައް މަދުވަމުން ދިޔައެވެ. ކުލާސް ނިންމުމަށް ފަހު ވެސް ދާނިޝް އާއި އެކު ބޭރުގައި ވަގުތު ހޭދަކުރަމުން ދެއެވެ.
ގެއަށް ކާން އަންނަނީވެސް މަދުންނެވެ. ނިދަން އަންނަނީ ވެސް މަދުންނެވެ. އަހަރެންގެ ހިތަށް ވަނީ ކެތްކުރަން އުނދަގޫ ވޭނެކެވެ.
އެއް ރެއެއްގެ ކާ ގަނޑިއެވެ. އަހަރެން އިނީ އެކަނި މާ އެކަނި ކާށެވެ. ދޮންތިގެ ކުއްލި ބަދަލުން ކެވޭ ވަރަށް ވެސް ނުވިއެވެ.
ދޮރު ހުޅުވާލާފައި އައިސް ވަނީ ލާނާ އެވެ. އަހަރެން އުފާވި ނަމަވެސް ލާނާ ދިން ހަބަރަކުން ބޮލަށް ގާގަނޑެއް ނުވެއްޓުނީ ކިރިޔާއެވެ. ބޮލަށް އެނބުރުން ވެސް އެރިއެވެ.
"ލައިކީ... ދޮންތި މެރީ ކުރަނީ ދާނިޝްއާ." ލާނާގެ މޫނުގައިވާ ހިނިތުންވުމުގެ ކޮޅެއް ނެތެވެ.
އަހަރެން ދާނިޝް އަކަށް އެހާ ބޮޑަށް އިތުބާރެއް ނުކުރަމެވެ. އޭނާގެ ކޮންމެވެސް ކަމެއް ރަނގަޅެއް ނޫންކަން އަހަރެންގެ ހިތް ބުނަމުން ދެއެވެ.
ނަމަވެސް މިވާހަކަ ބުނުމުން ލާނާ ވާނެ ދެރަ ވަޒަން ކުރަން އެނގޭނީ ހަމައެކަނި އަހަންނަށެވެ. އެހެނީ އަހަރެން ދެމީހުންގެ ހަށި ވަނީ އެކުވެފައެވެ.
ނަމަވެސް އަހަރެންގެ ޖާނު އަތުން ދޫވާކަށް ބޭނުމެއް ނޫނެވެ. ގެއްލުމެއް ވެސް ވާކަށް ބޭނުމެއް ނޫނެވެ.
އަހަރެން ލާނާ އަށް އަހަރެންގެ ޝުޢޫރު ފާޅުކޮށްލީމެވެ. ލާނާގެ މޫނުން ފެންނަ ހިތްހެޔޮ ކަމުގެ ބަދަލުގައި ފެނުނީ ރުޅިވެރިކަމެވެ.
"ލައިކީ ޖޭ ވީތަ؟ ދޭތެރެ ޖައްސަން އުޅުނަސް ތީ ބޮޑުވަރު. އަހަރެން ބޭނުމެއް ނޫން ލައިކީއެއް. ދާނިޝް ފުދޭ." ލާނާގެ އަޑު އިވުނީ އަގުރު އަލިފާން ފަދައިންނެވެ.
އަހަރެން ވެސް ހިތުގައި ޖެހި ރާއްޖެތެރެއަށް ބަދަލުވީ ދެނެވެ. ރަށަކުން ދިމާވި ހިތްހެޔޮ ދައްތައެއްގެ ގެއެއްގައި އެގޭގެ މެމްބަރެއްގެ ގޮތުގައި އުޅެމުން އައީމެވެ. ލާނާގެ ހަބަރެއް ވެސް ނުވެއެވެ.
އުޅެމުން ދާ ހާލެއް ނޭނގޭތީ އަހަންނަށް އުފަލެއް ނުވެއެވެ. ނުބައި ހުވަފެންތައް ނިދި ހަލާކު ކުރަމުން ދެއެވެ. ލާނާ ކުރިން ގެންގުޅޭ ފޯނު ނަމްބަރު ވެސް އޮތީ ބޭނުންނުކުރެވޭ ގޮތައް ހަދައިފައެވެ.
އޭގެ ފަސް އަހަރު ފަހުން ލާނާގެ ފޯނު ކޯލެއް އައެވެ. އެހާ ގިނަ ދުވަސް ކޮށްފައި ގުޅުމުން އަހަރެން ފޯނު ނަގައި ކަންފަތުގައި ޖެހީމެވެ. އޭނާ ރޮމުން ހުރެ އަހަރެންގެ ކައިރީގައި މައާފަށް އެދެމުން ދިޔައެވެ.
އެދުވަހު އަހަރެންގެ ވާހަކަ ގަބޫލު ކުރެވުނު ނަމަ އޭ އޭނާގެ ވާހަކަ ތަކުން އެނގެއެވެ. އަހަންނަށް ކުރެވެން އޮތް ކަމަކީ ލާނާއާއި އެކުގައި ރޯންފެއްޓުމެވެ. އަހަރެން އަބަދުވެސް އޭނާއާއި އެކު ވާނޭކަން ސާފުކޮށް އަންގައިދިނުމެވެ. އަހަރެންނާއެކު އަލުން ދިރިއުޅުމެއް ފަށާނީކަން ބުނެދިނުމެވެ.
ދާނިޝް ލާނާއަށް ބޭވަފާ ވީއެވެ. އެކުގައި އުޅުނު ފަސް އަހަރު ފަސްއަޅައި ފޮރުވީއެވެ.
ލާނާ ގިސްލަމުން ދިޔައެވެ. އެއްވެސް ބަހެއް ނުބުނެއެވެ. އަނެއް ދުވަހުގެ ހެނދުނު ވީއިރު އޭނާ ވަނީ ހަމައަކަށް އަޅައިފައެވެ. ނަމަވެސް އަހަރެން ލާނާ އެއްކޮށް ރަނގަޅުވީ ކަމުގައި ވިސްނުމަކީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯހެވެ.
އަހަރެން އަނެއްކާވެސް ލާނާއަށް ބަލައިލީމެވެ. އަހަރެން މި ދުނިޔެ ދޫކޮށް އޭނާއާއި ބައިވެރިވާން ބޭނުމެވެ. އަހަރެން ހުއްޓުން އަރާފައި ހުރެވުނީއެވެ.
އިރުކޮޅަކުން ދާނިޝް ދޮރުން ވަދެގެން އައެވެ. އޭނާ މަޑުމައިތިރި ކަމާއެކު ކަފުންކޮށްފައި އޮތް ލާނާ އަށް ބަލަން ހުރިއެވެ. އަދި އޭނާ ހިނގައިގަތީ އަހަންނާއި ދިމާއަށެވެ.
އޭނާގެ މޫނުމަތިން ހިތާމައިގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ހިތެއް ހުރިހެންވެސް ހިއެއް ނުވެއެވެ.
ދާނިޝް އަހަންނާއި ހަމައަށް އައުމުން އަހަރެން އޭނާގެ މޫނަށް އަތް ސީދާ ކޮށްލީމެވެ. ދެން މުށްކަވާފައި ލެވުނު ބާރެއް ލައި އޭނާގެ މޫނުގައި ވިހެލީމެވެ.
ދާނިޝް އޭނާގެ މޫނުމަތީގައި އަތްއަޅައި ވެއްޓޭން ދިޔަތަން ބަލައި އަހަރެން އޭނާއާއި ދިމާއަށް ފުންމައިގަތީ ދެ ލޯ ކޮނެލައި ނަގާށެވެ. އަދި އެ ތާގައި ތިބި މީހުން އައިސް އަހަރެމެން ދެމީހުން ދުރުނުކުރެވުނު ނަމަ އަހަންނަށް ނެގުނީސް އެވެ.
އަހަރެން އަނެއް ފަރާތަށް އެނބުރި ދޮރުން ނިކުންނަން ހިނގައިގަތީއެވެ. އޭރު އަހަރެންގެ ލޮލުން ފައިބަން ތައްޔާރު ވެފައި ހުރި ކަރުނަތައް ހަމަ ގައިމު ވެސް ފައިބައިގަނެއްޖެއެވެ.
ޙަޤީޤީ ލޯތްބަކީ އަހަރެން ހިއްސާ ކުރި ލޯބި ނުވަތަ ދާނިޝް ހިއްސާކުރި ލޯބިހެއްޔެވެ. ރަނގަޅަށް ވިސްނާލުން އެދެމެވެ.
ނިމުނީ
ރީތި 😆
ގްރެސިއަޒް... 💜😊
ޥ ރީތި..💜💜
މޯ ހަގީގީ ވާހަކައެއްތަ؟
ޔެސް... ހަގީގީ
ވަރަށް ރީތި ވާހަކައެއް 😊🤗💝
ޥވވވ ރީތި
ސަޅި
ވ ސަޅި
ވަރަށް ސަޅި! މާޝާ ﷲ!
؟؟؟؟؟
ދެން ހާދަ ފޫއްސޭ. ރީތި ވާހަކައެއް ކިޔާލާހިތުން މި ސައިޓެއް މިވަންނަނީ، އޮއްޓަރެއް ހުރި މަދު ވާހާކާއެއް މި ސައިޓުން ކިޔާލަން ލިބެނީ.. 😑
ވެރީ ޑިސެޕޮއިންޓެޑް 😕😒
ހައު ކޭން އައި އިމްޕްރޫވް ޝިމް... މިސްޓޭކެއް ފާހަގަ ކޮށްދިނީތީ ގްރެސިއަޒް... 💜💖💜💖😊
dhen nuvadhe dheybala ... ަangathalhan jeheytha ... plus crybaby ެeh nooney misight ge ަadmin ަakiii ...😆😊☺
its ޮokii ...
ޝިމް ފޫހި ނޫން ވާހަކައެއް ލިޔެބަލަ😠😡
😠😠😠😠😠😡😡😡😡
ހެއި އޭން. ކޫލް ސްޓޯރީ
ވ ސަޅި
❤️❤️❤️
މި ވާހަކަ ވަރަށް ރީތި މާޝާﷲ....ކީޕް އިޓް އަޕް.........👶
ނައިސް ސްޱޮރީ❤️😊
ވަރަށް ސަޅި👍😍
ވަރަށް ސަޅި👍😍
ވަރަށް ރީތި😍
👏👏👏
❤👏👏
ނައިސް
❤️❤️❤️❤️👍
😮😮😮😮😮😮😮😲😲😲😲😲😲😳😳😳😳😳😳😳😳😳😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💜💛💜💛💜💛💜💛💜💛💜💛💜
💯
💯
ވަރަށް ރީތި މާޝާ ﷲ
ވ.ރީތި😍😍
ޙަބޭސް
♥️🥰🖤💜😍
♥️♥️
ރީތި
ސަޅި