ނޯޓު:މިއަކީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. އަޅުގަނޑު އުންމީދުކުރަން ކިޔުންތެރިންނަށް މިވާހަކަ ރީތި ވާނެ ކަމަށް.
“ކޮބާ ދަތުރުދާން ތައްޔާރުވެވިއްޖެތަ؟”. ނާޒިމް ސުވާލު ކުރިއެވެ.”ތައްޔާރުވެވިއްޖެ!”. ރީހާ ޖަވާބުގައި ބުންޏެވެ. ދެން އެކުދިން ލޯންޗު ކައިރިއަށް ގޮސް ބޭނުންވާ އެއްޗެހި ލޯންޗަށްއެރުވިއެވެ. ދެން އޭގެފަހުން ހުރިހާ އެންމެން ލޯންޗައް އެރިއެވެ. އެލޯންޗު ނަޓާލީ ހެނދުނު 8:30 ގައެވެ. ދަތުރުދާން ހަމަޖެހިފައިވަނީ ކައިރީގައި އޮތް ފަޅުރަށަކަށެވެ.
ލޯންޗު އެރަށާގާތް ކުރީ 8:45 ކަންހާއިރުގައެވެ. އެރަށަށްލަފައިފައި އެމީހުން ހުރިހާ އެއްޗެހިތައް އެރަށަށް ބޭލުވިއެވެ. އެރަށަށް ހުރިހާ އެއްޗެހިތައް ބޭލުމަށްފަހު ހުރިހާ ފިރިހެންކުދިންތައް އަވަސްވެގަތީ ޓެންޓުތައް ޖެހުމަށެވެ.”ގޮސް ކާއެއްޗެއް ތައްޔާރުކުރެވޭތޯ ބަލަންވީނު”. ނާޒިމް ދެއަންހެންކުދިން ކައިރީގައި ބުންޏެވެ. ލިއާ ނާޒިމް އަށް ޖަވާބުދިނުމުގެގޮތުން ބޯޖަހައިލިއެވެ. ލިއާ އާއި ރީހާ ގެނައި ނޫޑްލިސް ޕެކެޓްތައް ކެއްކޭތޯ އުޅުނެވެ. އޭގެފަހުން އެކުދިން ކާގެން ކުޑަކޮށް ނިދާލިއެވެ. ނިދާތެދުވެގެން ރީޝާން އަހާލިއެވެ.”ހިނގާބަލަ މިރަށްވަށާ ބުރެއްޖަހާލަން!”.”އާން! އެތެދެއް ހިނގާދާން”. ފާރިހް ޖަވާބުގައި ބުންޏެވެ. ދެންއެކުދިން ތައްޔާރުވެގެން ދިޔައީ އެރަށްވަށާ ބުރެއް ޖަހާލުމަށެވެ.
ރަށްވަށާ ހިނގަމުން ދިޔައިރު ރަށުން ފެންނަމަންޒަރު ތަކުން ހިތްހަމަޖައްސަމުން އެކުދިންދިޔައެވެ.”ހިނގާބަލަ މޫދަށްއެރެން މިއޮތީ ކިހާރީތި މޫދެއް!”. ފާރިހް މޫދާދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. ފާރިހުގެ ހިޔާލަށް ތާއިދުކޮށް މޫދަށް އެރުމަށްޓަކައި ތައްޔާރުވާން އެކުދިން ދިޔައެވެ. ތައްޔާރުވުމަށްފަހު އައިސް މޫދަށްއެރެ މަޖާކުރިއެވެ.
މޫދުންއަރައިގެން އޮލަވާހަކައިގައިތިބެ ޓެންޓުތަކާ ދިމާއަށް މިސްރާބުޖެހިއެވެ. މާގިނައިރެއްނުވެ އެކުދިންނަށް ޓެންޓުތަކާހަމައަށް އާދެވުނެވެ. އަލިފާންގަނޑެއް ރޯކުރުމަށްޓަކައި ނާޒިމް އާއި ރީޝާން ދަރުބަލާވަލަށް ދިޔައެވެ. ދަރުހޮވައިގެން ޓެންޓުތަކާ ދިމާއަށް ދަނިކޮށް އެދެކުދިންނަށް މަގު އޮޅުނެވެ. ނާޒިމް އާއި ރީޝާން އައުންލަސްވެގެން ރީހާ އެކަމާ ސުވާލުކުރިއެވެ.”ކޮބާ އެދެމީހުން ހާދަ ލަސްވެއްޖެއޭ؟ހިނގާ އެދެމީހުން ހޯދަން!”.”އާން ހިނގާ!”. ލިއާ ޖަވާބުގައި ބުންޏެވެ. ދެން އެކުދިން ދިޔައީ ނާޒިމް އާއި ރީޝާން ހޯދާށެވެ. އެކުދިން ގޮސް މުޅިވަލުތެރެ ހޯދިއިރަކުވެސް އެދެކުދިންނެއް ނުހޯދުނެވެ.
އެއިރު ނާޒިމް އާއި ރީޝާން ވަލުންނިކުމެގެން ޓެންޓުތަކާ ހަަމައަށް އައީއެވެ. އެދެކުދިންނަށް ފެނުނީ އެތާ އެމީހުންގެ ގުރޫޕު ކުދިންނެއްތަނެވެ.”ކޮބާ އެމީހުން؟”. ރީޝާން ސުވާލުކުރިއެވެ.”ވެދާނެ އަހަރުން ހޯދަން ވަލަށްދިޔައީ ކަމަށްވެސް ދެންއަހަރުން އެމީހުން އަންނަންދެން މަޑުކުރަންވީނު”. ނާޒިމް ރީޝާން އަށް ބުނެލިއެވެ.
ނާޒިމް އާއި ރީޝާން ހޯދަންދިޔަ ކުދިންނަށް ފިޔަވަޅުތަކެއް ފެނުނެވެ.”މިވެދާނެ ނާޒިމް އާއި ރީޝާންގެ ފިޔަވަޅުކަަމަށް ހިނގާބަލަ މިފިޔަވަޅުތައް ބަލާގެން އެމީހުން ދިޔަތަނަކަށް ދާން!”. ފާރިހް ބުންޏެވެ. ދެން އެކުދިން އެފިޔަވަޅުތަކަށް ބަލަމުންދަނިކޮށް އާދެވުނީ ޓެންޓުތައް ކައިރިއަށެވެ.”އާން މިއޮއް އައީއެންނު!”. ރީޝާން ބުންޏެވެ.”ތިމީހުން މިތާގައޭ ދޯތިހިރީ”. ރީހާ ބުނެލިއެވެ.”ދެން ހިނގާބަލަ ކޮންމެސް އެއްޗެއް ކާން ވަރަށް ބަނޑުހާވެއްޖެ!”. ނާޒިމް ބަނޑުގައި އަތްއުނގުޅަމުން ބުންޏެވެ. ދެން ދެއަންހެން ކުދިން ގޮސް ވަލުތެރޭގައި ހުރި މޭވާގަސް ތަކުން މޭވާކޮޅެއް ހިފައިގެން އައިއެވެ. އެކުދިން ބަނޑުހައިވެފަ ތިބިވަރުން ގެނާހުރިހާ މޭވާތައް ކައިހުސްކޮށްލިއެވެ. އެކުދިން ވަރުބަލިވެފަތިބިވަރުން ޓެންޓުތަކަށްވަދެ ނިދިއެވެ.
އެކުދިން ހެނދުނުތެދުވެގެން ގޮސް މޫދަށްއެރެލާފައި އައިސް ހެނދުނުގެ ނާސްތާތައްޔާރުކުރުމައިގެން އުޅުނެވެ. ނާސްތާތައްޔާރުކުރުމަށްފަހު ސައިބޮއިގެން ބޯޅަކުޅެލުމަށްޓަކައި ބީޗަށް ދިޔައެވެ. ބޯޅަކުޅެނިންމާލުމަށްފަހު ބާބަކިއު ޖެހުމަށްޓަކައި ތައްޔާރުވާން ދިޔައެވެ.”ކޮބާ ލައިޓަރު؟”. ނާޒިމް ފާރިހް އާއި ސުވާލު ކޮށްލިއެވެ.”މިއޮތީ”. ފާރިހް ޖީބުން ލައިޓަރު ނަގައި ލައިޓަރު ދައްކައިލަމުން ބުނެލިއެވެ.
ލައިޓަރުން އަލިފާންރޯކުރުމަށްފަހު އެކުދިން މަސް ބައިނައިގެން ގެނައި މަސްފިހުނެވެ. ނާޒިމް ބުންޏެވެ.”މިއޮތީ މީރުމަހެއް ފިހެވިފަ ޔަމްޔަމް!”.”އާން ވަރަށް މީރު!”. ރީޝާން ޖަވާބުދިނުމުގައި ބުންޏެވެ. އެކުދިން ކައި ނިންމައިގެން ދިޔައީ އެރަށުގެ މާގަސްތައް ހައްދައިފައިހުރި ހިސާބަށެވެ. ނާޒިމް އަހާލިއެވެ.”މިއަންހެން ކުދިންތައް އަބަދުއުޅޭނީ މާހޯދާގެން ބޮލުގަ މާޖަހާގެން ދޯ؟”.”އާން ތިބުނީތެދެއް!”. ފާރިހް ޖަވާބުދިނުމުގައި ބުންޏެވެ. އަންހެން ކުދިންގޮސް މާހޯދާގެން ބޮލުގައި މާޖަހައިގެން އައިއެވެ.”ކޮބާ ފޯނު؟”. ރީހާ ހުރިހާކުދިން ކައިރީގައި އަހާލިއެވެ.”މި އޮތީއެންނު ފޯނު”. ލިއާ ޖަވާބުދިނުމުގައި ބުންޏެވެ. އެކުދިން ފޯނުބަލާލިއިރު ފޯނުވަނީ ޗާޖުހުސް ވެފައެވެ. ދެން ރީޝާން ފަހަތުން އެއްޗެއްގެ އަޑުއިވުނު ކަަމަށް ބަލައި ފަހަތައް އެނބުރެބަލާލިއެވެ. ފަހަތަށް ބަލާލިގޮތަށް އޭނާ ގަނޑުވިއެވެ……………………
ދެވަނަ ޕާރޓް އަށް އިންތިޒާރު ކޮށްލަށްވާ..😊😊
ހާއި…ވަރަށް ރީތީ އިނގޭ..އެންޑް އޯލްސޯ ތީ ކޮން ރަށެއްގެ ކުއްޖެއްތަ..ޖަސްޓް އާސްކިން އިނގޭ…އެންޑް ބައި ދަ ވޭ ވާހަކަ ވަރަށް ރީތީ..ކީޕް އިޓް އަޕް..❤️❤️☺️
މިޔަކީ އަޅުގަނޑު ގެ ސުކޫލް ރައްޓެއްސް އ.އ. ބޮޑުފޮޅުދޫ އަޅުގަންޑު ވެސް އ.އ. ބޮޑުފޮޅުދޫ އޭ
ވަރަށް ކުއް ގިނަ ކަމަށް ފާހަގަ ކުރެވޭ
😆😆😆😆😆
އާން އިންތިޒާރު ކުރާނަން
ބެސްޓް އިނގެއި ޑިއާރލްސް
ތެންކްސް..
ކަމަކު ނުދޭ.. ހާސަރު ބޮޑިއެއް ގޮތަށް އޮތީ.. ކުޑަކުދިން ނިންދަވަން ވާހަކަ ކިޔާދޭ ގޮތަށް މި އޮތީ..
ކޮބާ ދެވަނަބައި؟
ވަރަށް ރީތި. ބަޓް ސަމް މިސްޓޭކްސް އެބަހުރި.
ވ ސަޅި އިނގޭ
ހަމަ ހަބޭސް
ވެއިޓިންގ ފޮރ ނެކްސްޓު ޕާޓު
ކޮބާ ދެވަނަބައި؟
މިވާހަކަ އަކީ ބޮޑު ކޮޕީ އެންމެ!
އެހެން މީހުންގެ ވާހަކަ ތައް ކޮޕީ ނުކޮށް އަމިއްލަ ވާހަކަ އެއް ލިޔެވިފައިވާ!
ކޮން އިރަކުން 2 ވަނަ ބައި
ތަންކޮޅެއް އަވަސްކޮއް ފޮތް ނެރެދީ …… އެންޑް އޯލްސޯ ވާހަކަ ވަރަށް ރީތި
ވ.ރީތި
މާއިން ކޮބާ ބުރޯ މި އީ ކާކު މަށަކީ ބޮޑުފޮޅުދޫ
ޅޮލޮ
ސިއިރާ ވަރަށް ރީތި ދެވަނަ ޕާޓް އައް އަޅުގަނޑު އިންތިޒާރި
ވަރަށް ރަނގަޅު ވާހަކައެއް
ވަރަށް ރަނގަޅު ވާހަކައެއް