އިރުފެނުން ތޮޅެލިއިރަށް މޯޑް ދުއްވައިގަތީ އޭނަގެ ރައްޓެހި އަހުމަދު ގެ ގެއާ ދިމާލަށެވެ. އުފާ ވެފައިހުރިވަރުން އެހިސާބަށް ދެވުނުއިރު ބުނަން އުޅުނު ވާހަކަ ހަދާންނެތުނެވެ. އަހުމަދުގެ ގޭގެ ދޮރުގައި ޓަކިޖެހުމުން އަހުމަދު ދޮރުހޮޅުވިއެވެ. ދޮރުހޮޅުވާލުމުން ބުނަން އުޅުނު ވާހަކަ ހަނދާން ނެތިއްޖެކަމަށް މޯޑު ބުންޏެވެ. ދެން އަހުމަދު ފޯނުން ތާރީޙް ބަލާލުމުން އެއީ އެމީހުން ދަތުރުދާ ދުވަސްކަން ހަދާންވިއެވެ. އެހެންވެ އަވަހަށް ރައްޓެހިންނަށް ގުޅާފައި ބުންޏެވެ."މިއަދަކީ ދަތުރުދާ ދުވަސް. އަވަހަށް ތައްޔާރުވޭ"މޯޑް ރައްޓެހިންނަށް ހަނދާން ކޮށްދިނެވެ. ހުރިހާ ރައްޓެހިންތައް ތައްޔާާރުވުމުން އެންމެން ދޯންޏާ ދިމާއަށް ދުއްވައިގަތެވެ. މޯޑާއި އަހުމަދާއި އެކުމިިދަތުރު ދިޔައީ ޖުމްލަ 8 މީހުނެވެ.
ދޯނި އިސްޓާޓު ކޮށްލުމަށްފަހު ދަތުރަށް ނައްޓާލިއެވެ. ދަތުރުދާން ހަމަޖެހިފައިވަނީ މާދުރު ނޫން ހިސާބެއްގައި އޮތް ފަޅުރަށަކަށެވެ. ދޯނިތެރޭގައި މަޖާގަނޑެއް ނެގުމަށް އެންމެނަށްވެސް އެއްބަސްވެވުނެވެ. 30މިނެޓުގެ ދަތުރަކަށްފަހު އެރަށަށް ލެފުނެވެ. އެންމެން ވެގެން ދޯނިންހުރިހާއެއްޗެހި ބާލަންފަށައިފިއެވެ. އެއްޗެހިތައް ބާލަމުންދަނިކޮށް މޯޑް އެހިއެވެ."އެކަކުވެސް ޓޯޗު ގެނައިންތަ!" އެކަކުވެސްނުގެންނަ ކަމުގައި ބުންޏެވެ ."ކަލޭމެން ޓޯޗު ގެންނަންވެސް ހަނދާން ނައްތާލީދޯ"މޯޑް އެކަން މާ ބޮޑު ކަމަކަށް ނުހަދައި ބުނެލިއެވެ. ރަށަށް ފޭބުމަށްފަހު ދެ ބަޔަކަށް ބެހިގެން ދަރުހޮވަން ވަލަށްދިޔައެވެ.
ދަރުހޮވައިގެން އައިސް އަލިފާން ގަނޑެއް ރޯކުރިއެވެ. ދެން އެ އަލިފާން ގަނޑުގެ ކައިރީގައި ޓެންޓުތައް ޖެހިއެވެ.އަދި އަލިފާންގަނޑު ކައިރީގައި އިށީންދެގެންތިބެ ލަވަކިޔާ މަޖާކުރިއެވެ. މަޖާކުރަންތިއްބައި ކޮންމެވެސްކަހަލަ އަޑެއް އިވުނެވެ. އެއަޑަކީ ހީވިހީވުމެއްކަމަށް ބަލައި މަޖާކުރުމައިގެން ކުރިއަށް ދިޔައެވެ. މަޖާކުރުމުގައި މަސްއޫލުވެ ތިއްބައި ތަކުރާރުކޮށް އެއަޑު އިވުނެވެ. އެއަޑު އިވޭދިމާ ބަލާލިއިރު އެއްވެސް އެއްޗެއް ފެންނާކަށްނެތެވެ.ނަމަވެސް ފަހުން ބަލާލިއިރުއެނގުނީ އެއީ ރުކަކުން ދެކާށި ވެއްޓުނު އަޑުކަމެވެ.
މާޒިން އުޑުމަައްޗަށްބަލާލާފައި ވިިއްސާރަގަނޑެއް ނެގޭކަމަށް ބުނެލިއެވެ. ޒައިން ބުންޏެވެ."އަވަހަށް އަލިފާންގަނޑު ނިއްވާލާފައި އެންމެން ޓެންޓުތަކަށް ވަދޭ". އިރުކޮޅެއްފަހުން އައިޝާ ސުވާލުކުރިއެވެ. ދެން އަހަރުމެން ކާނީކިހިނެއް؟ ޖަވާބުގައި މައިޝާ ބުނިއެވެ. "ވާރޭހުއްޓުނީމަ ކައްކައިގެން ކެއީމަނިމުނީނު" ހުރިހާއެންމެން އެގޮތަށް އެއްބަސްވިއެވެެ. ވާރޭ ހުއްޓުމުން. އެންމެން ނިކުމެކައްކައިގެން ކައި ހެދިއެވެ..
އެއަށްފަހު އެންމެންދިޔައީ ބޯޅަހިފައިހެން ވޮލީކުޅޭށެވެ. ވޮލީކުޅުމުގެ ފޯރީގައި ތިއްބައި ވަގުތުފާއިތުވެގެން ދިޔަގޮތެއްވެސް ނޭނގެއެވެ. އެންމެން ދެން މިސްރާބުޖެހީ ޓެންޓުތަކާއި ދިމާލަށެވެ. ޓެންޓުތައް ކައިރިއަށް ގޮސް އަލުން އަލިފާންގަނޑު ރޯކުރިއެވެ. ރޯކުރުމަށްފަހު މޫދަށްއެރެންދިޔައެވެ. މޫދަށްއެރިއުޅެނިކޮށް ފާރިޤް އަށް ކޮންމެސް އެއްޗެއް މައްޗަށް އެރި ފައި ހަލާކުވިއެވެ. އެންމެން އޭނާގޮވައިގެންގޮސް މޯޑުގެ ދަބަސްތެރޭގައި އޮތްފަސްޓު އެއިޑް ކިޓް ނަގައި ފާރިޤް ގެ ފައިގައި ބޭސް އެޅިއެވެ.
ފާރިޤް ފައިހަލާކުވުމުން ހުރިހާއެންމެން ތިބީ އަލިފާންގަނޑު ކައިރީގައި އިށީންދެގެންނެވެ. ގަޑިން ވީ އިރު ބަލާލަން އަޙްމަދު ފޯނު ނެގިއިރު ފޯނު އޮތީ ޗާޖް ހުސްވެގެން ނިވިފައެވެ. "ގަޑި ބަލާލަބަލަ ކޮންމެސް އެކަކު. މަގޭ ފޯނު ނިވިފަ. " އަޙްމަދު ބުންޏެވެ. ދަތުރުއައީ އިރުއޮއްސުމުގެ ކުރިން ރަށަށް ދާގޮތަށްކަމުން އެކަކުވެސް ފޯނު ނުގެންނަކަމުގައި ބުންޏެވެ. އެންމެން މަޝްވަރާކުރުމަށްފަހު އަދި އިރުއޮއްސުމާއިމެދު ވަގުތު އޮތްކަމަށް ބަލައި ދެން ދިޔައީ މަސްބާނާށެވެ. ފުދޭވަރަކަށް މަސްބޭނުމުން އައިސް މަސްފިހެގެން ކާހެދިއެވެ.
ކައިނިންމައިގެން ދިޔައީ ކުޅޭށެވެ. އިރުއޮއްސެން ގާތްވުމުން ޓެންޓުކައިރިއަށް އައިސް ފުރަން ތައްޔާރުވުމަށް އެއްޗެހިތައް ތައްޔާރުކުރުމަށް ލަވަކިޔުމާއި މަޖާކުރުމުގައި ހުރިހާމީހުން ތިއްބައި ބާރު ގުގުރިއެއްޖެހިއެވެ. ހަމައެއާއެކު އެއަށްވުރެ ބާރަށް ދެވަނަފަހަރަށް ޖެހި ގުގުރިއާއެކު ވައިގަދަވެ ކަނޑުގެ ރާޅުތައް ބޮޑުވެ ރާޅުތަކާއިއެއްކޮށް ދޯނި ކަނޑަށް ބެހިގެންދާންފެށިތަން ފެނުނެވެ.
(ނުނިމޭ)
ދެވަނަ ބަޔައް އިންތިޒާރުކުރައްވާ
އިޓްސް އޯސަމް 😍😍😍
ތެދެ ކޭ އޯސަމް އޭ
ވ.ރީތި
ތެންކްސް..
ވ.ފުރިހަމަ.
ތެންކްސް….
ތީ ލ.ކުނަހަންދޫ ޝުއައިބް ތަ
އެއަކީ މަގޭ ބެސްޓު ފުރެންޑު އޭ އ.އ. ބޮޑުފޮޅުދޫ އަހަރެން ވެސް ބޮޑުފޮޅުދޫ އޭ
ނޮޓް އެނީމޯރް
އ.އ. ބޮޑުފޮޅުދޫ ސުއްބެ މައި ބެސްޓީ އޭ އައި ވެސް ބޮޑުފޮޅުދޫ އޭ
ނައިސް މިޔަކީ ހަޤީޤީ ލިޔުންތެރިންނަކީ އެއްވެސް ކުށެެއްނެތި ލިޔެ ކިޔާލަންބޭނުންވަނީ އެއްވެސްކުށެއްނެތި ވަރަށްސާފުކޮށް ޕެރެގުރާފުތައްވެސްވަކިކުރަންއެނގޭ 2 ވަނަ ޕާރޓްވެސް މިގޮތްށް ނިކުންނާނެކަމަށް އުއްމީދުކުރަން މިހާރީތިކޮށް ކިޔާލާންފަސޭހަގޮތަށް
ވވ ރީތި
ސުކުރިއްޔާ
ސުއްބެ މޮޅު އިނގޭ…✌🏻
ވ.މޮޅު❤❤❤💜💜💜👏👏👏
ماشاء الله ވަރަށް ފުރިހަމަ ވާހަކައެއް އަވަހަށް 2 ވަނަ އެޕިސޯޑު ކިޔާލެވޭނެ ކަމަށް އުންމީދު ކުރަން
2 ގުޑް
ލަވް އިޓް
ގާލް ތީ ލ. ކުއްޖެއްތަ؟
ތެންކްސް ޔު އޯލް
ފޮ ސަޕޯޓިންގް
ވަރަށް ރީތި 👍👍💕
😀🏓😀😈😡😩😡😩😰😒
ސުޕޭރބް😊❤️👍🏻👏🏻👏🏻❤️😍🥰