މީހުން ބުނާ އަޑު އަހަމެވެ. އަންހެން ކުދިންގެ ހިތަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެ ހިތުން ހަގީގީ ލޯބި ވެވިއްޖެ ނަމަ ލޯބިވެރިޔާއަށް ޓަކައި މަރުދޭންވެސް ފަހަކަށް ނުޖެހޭނެއެވެ. ޝައިނާއަކީ އެކަމުގެ ލާމަސީލު މިސާލެކެވެ. އެ ރަށުގެ ފިރެހެނުން މަށަށް މަށަށް ގޮވާލަ ގޮވާލާއި ހުންނަ އިރުވެސް އެ ހިތް އޭގެއިން އެކަކަށް ވެސް ނުދެއެވެ. އެފަދަ ރީތި ކުއްޖަކާއި އަހަންނާއި ބައްދަލު ވެވުމުން އަހަރެންގެ ހިއްސުތައް ދިޔައީ ހޭލައިގެންނެވެ. ކޮންމެ ހާލެއްގައިވެސް ޝައިނާ އަހަރެންގެ މީހަކަށް ހެދުމަށް އަހަރެން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. ޝައިނާއަކީ އެކުވެރި މިޖާޒެއްގެ ކުއްޖެއްކަމުން އެކުވެރިކަމުގެ ގުޅުން ފެށުމަށް މާކަ ތަކުލީފެއް އުފުއްލާކަށް ނުޖެހުނެވެ.
އެ ދުވަހުން ފެށިގެން އަހަންނާއި ޝައިނާގެ އެކުވެރިކަން ފެށުނެވެ.
ޝައިނާ ޝައިނާގެ ހަޔާތުގެ ވާހަކަތައް އަހަންނާއި ހިއްސާ ކުރަމުން ދިޔައެވެ. މުހިންމު ކަން ކަން ނިންމުމަށް ވެސް އަހަރެންގެ ބަސް ހޯދައެވެ. އެ ހިތުން އަހަންނަށް ހާއްސަ މަގާމެއް ދީފިކަން އަހަންނަށް އެނގެއެވެ. ލޯބީގެ ގޮތުން ނުގުޅި އަހަރެން މަޑުކޮށްލީ ޝައިނާގެ ފަރާތުން އެކަހަލަ ކަމެއްގެ އިޝާރާތެއް ފެންނަން ދެންނެވެ.
އޭރުވެސް ޝައިނާއަކީ ވަރަށް ބަލިކޮށް އުޅޭ ކުއްޖެއް ކަން އަހަންނަށް ފާހަގަ ވިއެވެ . އަހަރެން އެކަމާއި މާ ބޮޑަކަށް އަޅައެއް ނުލަމެވެ. ޝައިނާގެ އާއިލާގެ އެންމެން ކަހަލައިން އަހަރެން ދެކެ ވަރަށް ލޯބި ވެއެވެ. އަހަންނަކީ ގޯސް މީހެއް ކަން އެމީހުންނަށް އެނގިހުރެ ޝައިނާއާއި އެކު އުޅުމަށް އެމީހުން ރުހި ގަބޫލު ވެފައި ހުންނަނީ ހަމަ ޝައިނާ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ.
ޝައިނާއަކީ ބޭރު ތެރެއިން ވަރަށް ނުފެންނަ ކުއްޖެކެވެ. މިއޮށް ހާ ދުވަހު ރަށުގައި އަހަރެން އުޅުނު އިރުވެސް ލޮލުންވެސް ނުދެކޭ ކުއްޖެކެވެ. ޝައިނާގެ ވާހަކަތައް އިރުފާން ކައިރީގައި އަހަރެން އެހީމެވެ. އިރުފާން ވެސް އަހަރެން ގާތު ބުނީ އެއީ ނަސީބު ވެރިއަކަށް ނޫނީ ނުލިބޭނެ ފަދަ ރަގަނޅު ކުއްޖެއް ކަމެވެ.
ރަށުގެ ގިނަ ބަޔަކު ތިބީ އަހަންނާއި ޝައިނާއަށް ކަޅި އެއްލަ އެއްލައެވެ. އަހަރެމެންގެ ގުޅުމަށް ހަސަދަވެރިވާ މީހުން ދިޔައީ ހަސަދަވެރި ވަމުންނެވެ. ޝައިނާ ކައިރީގަޔާއި ޝައިނާ އާއިލާ މީހުން ކައިރީގައި އަހަރެންގެ ނުބައި ވާހަކަތައް އެމީހުން ދައްކަމުން ދިޔައެވެ. އަހަރެން ހައިރާން ވީ އެއިން އެއްވެސް ބަހަކަށް އެމީހުން ސަމާލުކަން ނުދިނުމުންނެވެ.
މާ ގިނަ ދުވަސްތަކެއް ނުވެ ޝައިނާ އަހަންނަށް ލޯބި ހުށަހެޅި އެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުންޏެވެ. އެ މަޑުމޮޅި ހިތް އަހަންނަށް ދިނީ ވިސްނުމެއް ފިކުރެއް ނެތިއެވެ. ޝައިނާ އަހަރެންގެ މީހަކަށް ވިއެވެ. އަހަންނަށް އަހަރެންގެ މަގުސަދު ކާމިޔާބު ވީއެވެ. އަހަރެންގެ ހިތުގައިވެސް ޝައިނާއަށް ހާއްސަ މަގާމެއް ދެވިފައި ވެއެވެ. އެހެން ނަމަވެސް އެއީ ލޯބި ކަމެއް އަހަންނަކަށް ނޭނގެއެވެ .
ދުވަސްތައް ގުނަމުން ދިޔައީ އުފަލާއި އެކުގައެވެ. އަހަންނާއި ޝައިނާއާއި ދޭތެރޭގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. އަހަރެމެންގެ ގުޅުމަށް މަސް ދުވަސް ވޭތުވެ ހިގައްޖެއެވެ.
އަހަރެންގެ ހަށީގައި ހަރުލާފައި ވީ ނުބައި އާދަތައް ހޭލާ އަހަންނަށް ދައުވަތު ދެމުން ދިޔައެވެ. އާއެކެވެ. ކޮންމެވެސް އެހެން އަންހެން ކުއްޖެއް އަހަރެންގެ މަޅީގައި ޖައްސަން ބޭނުންވިއެވެ. ހަމަ އެކަނި ޝައިނާއަށް ވަގުތު ހޭދަ ކުރަމުން ދިޔާމައި ރައްޓެހިން ބުނަމުން ދިޔައީ އަހަރެން ހުރީ ޝައިނާ ދަށު ވެފައި ކަމަށްށެވެ.
ޝައިނާ އާއި ވަގަށް އެހެން އަންހެން ކުދިންނާއި ވާހަކަ ދައްކަމުން އަހަރެން ދިޔައީމެވެ. މަތިން ބައިން އަހަންނަށް ގުޅާ ކުއްޖެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ. "އުޝާ". އުޝާ އަކީ ކާކު ކަމެއް އޭރު އަހަންނަކަށް އެއްވެސް ވަރަކަށް ނޭނގެއެވެ. އަހަރެމެން ވާހަކަ ދައްކަނީ ހަމަ އެކަނި ފޯނުންނެވެ. ދުވަހަކުވެސް އުޝާގެ ފޮޓޯއެއްވެސް އަހަންނަކަށް ފެނިފައެއް ނުވެއެވެ.
އަހަންނާއި ޝައިނާ ފޮޓޯ ނަގަން ދިޔައި ދުވަހެކެވެ. އެ ދުވަހުގައި ޝައިނާގެ ދެ އެކުވެރިއެއް ވެސް އަހަރެމެންނާއި އެކު ދިޔައެވެ.
އޭގެތެރޭގައި ވެސް އުޝާ ކިޔާ ކުއްޖެއް ހުއްޓެވެ. އެއީ އަހަންނަށް ގުޅާ އުޝާ ކަމެއް އަހަންނަށް ކުޑަކޮށްވެސް ރޭކައެއް ނުލައެވެ. އިރު އޮއްސި އަނދިރި ވުމުން ޝައިނާ ގެއަށް ލާފައި އަހަރެން ވެސް ގެއާ ދިމާލަށް ދިޔުމަށް ހިނގައި ގަތީމެވެ. އަހަރެންގެ ފަހަތުން އުޝާވެސް އައެވެ. މީހުން މަދު ހިސާބަކަށް ދެވުމުން އަހަންނާ ހަމަ ކޮށްފައި އުޝާ ބުންޏެވެ.
" އަހަރެންގެ ލޭ ކެކޭ ޝައިނާއާއި މާ ގާތްވެގެން އުޅެންޏާއި... ތަންކޮޅެއް ދުރުގަ ވެސް ހުރެވި ދާނޭނުން ހަމަ "
އަހަރެން ބަސް ހުއްޓުނެވެ. ބުނާނި އެއްޗެއްވެސް ނޭނގުނެވެ. އުޝާ އެބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ.
" ބުނީމެއްނު ޝިފް އުޅޭ ނޫޅޭ ވަރަށް ކައިރިން ބަލަމޭ" އުޝާ ބުނެލިއެވެ.
އެ ހިސާބުން އެއީ އަހަންނަށް ގުޅާ އުޝާ ކަން އަހަންނަށް ޔަގީން ވިއެވެ. އުޝާވެސް އަހަންނަށް ކިޔާނީ ޝިފް ކަމުންނެވެ.
އޭރު އަހަރެމެން ހުރީ އަހަރެން ގޭ ދޮރުމަތީގެވެ . މަގުގެ ދެފަރާތް ބަލާއި ލީމެވެ. އޭރު އަހަރެމެންނާއި ފުދޭވަރެއް ކައިރީގައި ބަޔަކު ހުއްޓެވެ.
" އެބަ ގުޅަން.. ދޭ ގެއަށް" އަހަރެން އެހެން ބުނުމަށް ފަހު ގެއަށް ވަނީމެވެ.
އަހަރެން ދިޔައީ ޝައިނާއަށް ބޭވަފާތެރި ވަމުންނެވެ. އެހެން ނަމަވެސް ޝައިނާއަކަށް އޭރު އެކަމުގެ އެއްވެސް ރޭކައެއް ނުލައެވެ.
އަހަންނަށް ގެއަށް ނުވަދެވި އުޅެނިކޮށް ފޯނު ރިންގުވާން ފަށައިފިއެވެ . އަހަރެން ފޯނު ނަގާފައި ބަލާލީމެވެ. އެއީ އުޝާގެ ފޯނެކެވެ. އުޝާ ބޭނުންވީ އެރޭ ކޮންމެ ގޮތެއް ހަދާފައި ވެސް އުޝާ އާއި ބައްދަލު ކުރާށެވެ. ރޭގަނޑުގެ ހަތަރު ދަމު ކަހަލައިން އަހަރެން އޮންނަނީ ޝައިނާއަށް ގުޅައިގެން ކަމުން އުޝާ އާއި ބައްދަލު ކުރަން ދިޔުމަކީ މާކަ ފަސޭހަ ކަމަކަށް ނުވާނެތާއެވެ.
ހަމަ އޭގެ އިރުކޮޅެއް ފަހުން ޝައިނާ އަހަންނަށް ގުޅިއެވެ. އަހަރެން އެންމެ ފަހުން ޝައިނާ ގާތު ދޮގު ހެދީ އެވެ. ބޮލުގައި ރިއްސާތީ ނިދަން ބޭނުންވާ ވާހަކަ ބުނީމެވެ . އެއްވެސް ޝަކުވާއެއް ނުކޮށް ޝައިނާ އެގޮތަށް އެއްބަސް ވިއެވެ. ދަންވަރު ދެ ގަނޑި ބާއި ހާއިރެވެ.
މުޅި ރަށަށް އޮތީ ހަމަ ހިމޭން ކަން ވެރިވެފައެވެ. މީހެއްގެ ހިލަމެއްވެސް ނެތެވެ. އަހަރެން އުޝާ އާއި ބައްދަލު ކުރުމަށް އުޝާމެން ގޭ ކައިރީގައި އިންނަ ފަޅު ގެއަކާއި ދިމާލަށް ދިޔުމަށް ހިނގަން ފެށީމެވެ. ހަނދުވަރުގެ އެއްވެސް އަލިކަމެއް ނެތް ރެޔެކެވެ . އެކަނި އެ ހިސާބަށް ދާން އަހަރެން ކުޑަކޮށް ޖެހިލުންވެސް ވިއެވެ.
ކޮންމެއަކަސް އަހަރެން އެ ހިސާބަށް ދިޔައި އިރު އުޝާ ހުރީ މަގުމަތީގައެވެ. އުޝާ އާއި ބައްދަލުވީން ސުރެން އުޝާ ދިޔައީ ހުއްޓުމެއް ނެތި އެކި ކަހަލަ ޝަކުވާތައް ކުރަމުންނެވެ. އުޝާ ބޭނުންވަނީ އަހަރެން ޝައިނާ އާއި ގުޅުން ކަނޑާލާފައި ހަމައެކަނި އުޝާގެ މީހަކަށް ވުމަށްށެވެ. ކޮންމެއަކަސް 4 ޖަހަން ކައިރި ވަނިކޮށް އަހަރެމެން ގެއާއި ދިމާލަށް ދިޔުމަށް ހިނގައިގަތެވެ. އެއީ ފަތިސް ވަގުތު ނަމާދަށް ދާ މީހަކަށް އަހަރެމެން އެކީތިއްބާ ފެނި ދާނެ ކަމުގެ ބިރަށްށެވެ.
އަހަރެން ހީ ކުރީ ޝައިނާ އޮންނާނީ ނިދާފައި ކަމަށްށެވެ. ގެއަށް ގޮސް ފޭސްބުކުގައި މޮޅެތި ޕޯސްޓް ޖަހަނިކޮށް ކުއްލިއަކަށް ފެނުނީ އޭގެއިން ޕޯސްޓަކަށް ޝައިނާ ލައިކް ދިން ތަނެވެ. ލަސްނުކޮށް ޝައިނާއަށް ގުޅީމެވެ.
" ނުނިދަނީތަ؟" އަހަރެން އަހާލީމެވެ.
ޝައިނާގެ އަޑުގައި ވަނީ މޮޅި ވެރިކަމެވެ. ޝައިނާގެ ވެސް ބޮލުގައި ރިއްސާތީ ނުނިދިގެން އުޅޭ ވާހަކަ ބުންޏެވެ.
އެ ރެޔަކީ އަހަންނާއި މެދު ޝައިނާއަށް ޝައްކު ކުރެވެން ފެށި ރެޔެވެ. އަހަރެން ކޮންމެވެސް ކަމެއް ވަގަށް ކުރާކަން ޝައިނާ އަށް އެނގެން ފެށިއެވެ. ވާނީވެސް އެހެންތާއެވެ.އަހަރެންގެ އުޅުމަށް ބަދަލު އަންނަން ފެށީ ކުއްލިއަކަށް ވިއްޔާއެވެ.
ޝައިނާއާއި އެކު ވަގުތު ހޭދަ ކުރާ ވަގުތު ތަކުގައި ވެސް އުޝާ އަހަންނަށް ގުޅާ ހަދަން ފެށިއެވެ. އަހަރެން ހުރީ ޝައިނާ އާއި އެކުގައި ކަން އިޝާއަށް ރަގަނޅަށް އެނގިހުރެއެވެ. އަހަންނަށް އުޝާ ގުޅާތަން ފެނިއްޖެ ނަމަ ހުރިހާ ކަމެއް ޝައިނާއަށް ފަޅާއަރާނެ ކަންވެސް އުޝާއަށް އިނގޭނެއެވެ. އުޝާގެ އެ އުޅުމާއި މެދު އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ. ބޭނުންވީ ހިތު ހުރި ވަރަކަށް އުޝާއާއި ދިމާލަށް އެއްޗެހި ކިޔާލާށެވެ.
ހަވީރުގެ ވަގުތެއްގައި އަހަރެން އުޝާއާއި ބައްދަލު ކުރަން ގަޑި ކީމެވެ. އެދުވަހަކީ ޝައިނާގެ މާމަގެ ފާތިހާ ދުވަސް ކަމުން ޝައިނާ އުޅުނީ ޝައިނާގެ މާމަމެންގެ ގޭގައި ކަމުން އަހަންނަށް އުޝާއާއި ބައްދަލުކުރުމަކީ މާ އުދަނގޫ ކަމަކަށް ނުވާނެތާއެވެ.
މިސްކިތް މަގު އަތިރި މައްޗަކީ މީހުން އާއްމުކޮށް ގޮސް އުޅޭ ތަނެއް ނޫން ކަމުން އަހަރެމެން ބައްދަލުކުރަން ނިންމީ އެތަނުންނެވެ.
އަހަރެން ގޮސް އުޝާއާއި ދިމާލަށް އެއްޗެހި ކިޔަން ފެށީމެވެ. އުޝާވެސް އަހަންނާއި ޖަދަލު ކުރަމުން ދިޔައެވެ. އެންމެ ފަހުން އުޝާ ފެށީ ރޯށެވެ.
"ދެން އެގޮތަށް ކަންތައް ނުކުރައްޗޭ އިނގޭ" އަހަރެން އެހެން ބުނުމަށް ފަހު އުޝަާ އަހަންނާއި ކައިރި ކޮއްލީމެވެ.
އަހަރެން އޭރު ހުރީ އުޝާ ގައި ގައި ބައްދާލައިގެންނެވެ.
" ޝިފާޒް؟" އަހަރެންގެ ފަހަތުން މީހަކު ގޮވާލިއެވެ. އެއީ ޝައިނާގެ އަޑު ކަމާއި މެދު އެއްވެސް ޝައްކެއް ވެސް ނެތެވެ. ...
"ނުނިމެ"
ވަރަށް ރީތި
ވެރީ ނައިސް ސްޓޯރީ