Views: 3901 193

ފުން ނިދީގެ ތެރެއަށް ގެނބިފައި އޮތް ރޫން އަށް ހޭލެވުނީ އޭނާގެ މަންމަ ގޮވާއަޑަށެވެ."ރޫން! ރޭގަނޑު ނުވައެއްޖަހާ ބޮޑުވީ! އަދިވެސް ތެދުވާކަށް ނުވޭތަ؟ ނަމާދުކޮށްގެން ކާން އާދޭ!" ރޫން އަށް ގޮވައި ހޭލަށްވާފައި އޭނާގެ މަންމަ އައިޝާ ކޮޓަރިން ނުކުތެވެ. މޯޅިއަކަށް ދެމިލުމަށް ފަހު ރޫން ތެދުވެ ފާޚާނާ އަށް ވަނެވެ. ފާޚާނާ އަށް ވަދެ ދަތް އުނގުޅައި ވުޟޫކޮށްލައިގެން ނުކުތެވެ.

ނަމާދުކޮށް އަވަދިވެގެން ރޫން ކައިގެއަށް ދިޔައެވެ. އޭރު ސޯފާގައި އޭނާގެ މަންމަ އާއި ބައްޕަ ޓީވީ ބަލަން ތިއްބެވެ. ކައިނިންމުމަށްފަހު ރޫން ވެސް އައިސް މަންމަމެނާ ބައިވެރިވިއެވެ. "މިފަހަރު ޗުއްޓީ އަށް ދަނީ ކޮންރަށަކަށް؟" ރޫން އޭނާގެ ބައްޕަ އަރީން އާއި ސުވާލުކޮށްލި އެވެ." ބައްޕަ މިވިސްނަނީ ބޮޑުދައިތަ ކައިރިއަށް ހުޅުމާލެއަށް ދާން. ބޮޑުދައިތަ އެހެން ގެއަކަށް ބަދަލުވިފަހުން އަދި ނުދަމެއްނު. ނޫންތަ؟"

އަރީން އަށް ރައްދު ދިނުމެއްނެތި ރޫން ކޮޓަރިއާ ދިމަާލަށް ދުއްވައިގަތީ ހުޅުމާލޭގައި ތިބި އޭނާގެ އެކުވެރިންނަށް މި އުފާވެރި ޚަބަރު ދިނުމަށެވެ. ލެޕް ހުޅުވާލުމަށް ފަހު ޗެޓްގައި އަންނަ ހޮނިހިރު ދުވަހު އެރަށަށް ދާވާހަކަ ޖަހައިލިއެވެ. މާގިނައިރެއްނުވެ އެކުވެރިންގެ ފަރާތުން ރިޕްލައިތައް ލިބެން ފެށިއެވެ. ރޫން އެކުވެރިންނާއެކު ޗެޓް ކޮށްލުމަށްޓަކައި މަޑުކޮށްލިއެވެ. މާގިނައިރެއްނުވެ ޗާރޖް ހުސްވެގެން ލެޕް ނިވުނެވެ. ލެޕް ޗާރޖަށް ޖެހުމަށް ފަހު ރޫން ކުދިކިޔަމުން ގޮސް ފާޚާނާ އަށް ވަނެވެ.

ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުމެ ނިދާލުމަށްޓަކައި ރޫން އެނދުގައި އޮށޯތެވެ. ރޫންގެ ޚިޔާލުގައި އެނބުރެމުން ދަނީ ހަމައެކަނި އެ ދަތުރުގެ ވާހަކަ އެވެ. ދަތުރުދާން ބާކީ ތިން ދުވަސް އޮތް ކަމުގައިވިޔަސް ދަތުރުގައި ކުރާނެ ހުރިހާކަމެއް ވަނީ އޭނާގެ ސިކުނޑީގައި ތަރުތީބުން ރާވައިލެވިފައެވެ. މިކަހަލަ ޚިޔާލުތަކުގައި އޮވެ ރޫން އަށް ނިދުނުއިރުވެސް އޭނާ އަކަށް ނޭގުނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ދަތުރުދާ ދުވަސް ޖެހިއްޖެއެވެ. ރޫންއަށް ހޭލެވުނީ އޭނާގެ މަންމަ ގޮވާއަޑަށެވެ. ނުތެދުވާން ހިތުލައިގެން އޮތް ރޫން އަށް ފުންމައިގެން ތެދުވެވުނީ އޭނާގެ މަންމަ ދަތުރު ދާ ގަޑި ޖެހެނީއޭ ބުނި އަޑަށެވެ. ތެދެކެވެ. އޭނާ އެހުރީ ދަތުރުމަތިން ހަނދާންނެތިފަ އެވެ. ވީ އުފަލުން ބޭއިޚްތިޔާރުގައި އެތައްއިރަކު ނެށުނެވެ. ރޫން އަށް ހޭވެރިކަންވީ އަނެއްކާވެސް އައިޝާ ރަޫން އަށް ގޮވައި އަވަސްކުރަން ބުނުމުންނެވެ. ބުމަރެއްހެން އެނބުރިގަނެފައި ތުވާލި ހިފައިގެން ދުވެފައިގޮސް ފާޚާނާއަށް ވަނެވެ. ފާޚާނާއަށް ވަންތާ ތިން މިނެޓުވެސް ނުވެ ރޫން ނުކުތެވެ. އަދި ވީ އެންމެ އަވަހަކަށް ޝޯލް އެޅިއެވެ. އަވަހަށް މޭކަޕްކުރަން އުޅުމުގެ ސަބަބުން ތުންފަތް ކައިރިއަށް ލިޕްސްޓިކް ފޭދިފައި ހުއްޓެވެ. އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރު އޭނާގެ މަންމަ އާއި ބައްޕަ ބޭރުގައި ލަސްވެފައި ތިއްބެވެ. އެމީހުންނަށް ލޯންޗު ކައިރި އަށް ދެވުނު އިރު ލޯންޗު ނައްޓައިލަން ތައްޔާރުވަނީއެވެ.

ބާރު ސްޕީޑެއްގައި ދުއްވައިފައި ދިޔަ ލޯންޗު މަޑުކޮށްލީ ހުޅުމާލޭ ޖެޓީ ކައިރިއަށެވެ، އެންމެ ފުރަތަމަވެސް ރޫންގެ ލޮލުގައި އަޅައިގަތީ އޭނާއަށް މަރުހަބާ ކިޔުމަށްޓަކައި އައިސްތިބި އޭނާގެ އެކުވެރިންނާއި ބޮޑުދައިތަ އާއި ބޮޑުދައިތަގެ ތިން ކުދިންނެވެ.

ލޯންޗުން ފޭބުމާއެކު ދުވެފައިގޮސް އެންމެ ފުރަތަމަވެސް އުރާލެވުނީ އައިލީން އެވެ."ރޫން ހިނގާލާފައިވެސް ހަމަ މިހިސާބަށް އާދެވިދާނެ އެއްނު؟" ޝީނާ ރޫން ކައިރިއަށް ޖެހިލަމުން ބުނެލިއެވެ."މިހުރީ ލިޕްސްޓިކް ވެސް ފޭދިފައެއްނު" ބޮޑުދައިތަގެ ކުއްޖެއް ކަމަށްވާ އާލިޔާ ރޫންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ."ކުދިންނޭ! ގެއަށް ދާންވީ! މާލަސް ކުރެވޭކަށް ނެތް، ޑިއުޓީ ގަޑި ޖެހެނީ!" އިޔާޝާ އަކީ ޒިންމާދާރު ނަރުހެއްކަމުން އޭނާ ގިނަވަގުތު ހޭދަކުރަން ޖެހެނީ ހޮސްޕިޓަލުގައެވެ.

އޮލަ ވާހަކައިގަ ތިބެ ރޫންމެން ކުރިޔަށް ދިޔައިރު އެކުދިންގެ ފަހަތުން ކަހަލަ ގޮތަކަށް ރޫން ގެ މަންމަ އާއި ބައްޕަ އަދި ބޮޑުދައިތަވެސް އާދެއެވެ. މާގިނައިރު ހިނގަންނުޖެހި ގެއަށް އާދެވުނެވެ. ރޫންމެން ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުންވެސް އެމީހުންނަށް މަގު ކުރުވެގެން ދިޔައެވެ.
"ކޮބާ! ވަންނަން ވީއެއްނު؟" އިޔާޝާ ގޭޓު ހުޅުވާލަމުން ބުނެލިއެވެ. ގެއަށް ވަނުމަށްޓަކައި އެންމެން ގޭޓާ ދިމާލަށް ދިޔައެވެ. ގޭޓުން އެތެރެއަށް ވަންނަންނެގި ފުރަތަމަ ފިޔަވަޅާއި އެކު ރޫން އަށް އެގޯތިތެރެއަށް ނަޒަރު ހިންގައިލެވުނެވެ. އެޔާއިއެކު ހަމަ އެފިޔަވަޅުމަތީގައި އޭނާ ގަނޑުވިއެވެ........

(ނުނިމޭ)

☺ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ☺

  1. Avatar
    moderated

    ވ ރިީތި ވާހަކައެއް.🙂

    14
    2
    1. Avatar
      moderated

      ސަޅި ވަާހަކައެއް

      7
      2
  2. Avatar
    moderated

    ވަރަށް ރިީތި ވާހަކައެއް 🙂

    12
    3
  3. Avatar
    moderated

    ރޫންއަކީ އަންހެން ކުއްޖެއްތަ؟؟ ފުރަތަމަ ހީވީ ފިރިހެން ކުއްޖެއްހެން!!

    12
    1
    1. Avatar
      moderated

      އަހަރެން ވެސް ހީކުރީ އެއީ ފިރިހެން ކުޖެއް ކަމަށް. އެކަމަކު ފިރިހެން ކުއްޖަކު މޭކަޕްއެއް ނުކުރާނެއެނުއް. ދޯ

      7
      1
  4. Avatar
    moderated

    މިހާތަނަށް ވާހަކަ.ކޮމްއިން ލިޔުމާއި ޖުމްލަކުރުމުގެ އެއްވެސް ކުށެއްނެތި ކިޔާލެވުނު ފުރަތަމަ ވާހަކަ!!! ސާބަހޭ ތޫބާ!!! ތީޔޭ ހަގީގީ ލިޔުންތެރިންނަކީ!! ލިޔުމުގެ އެއްވެސް ކުށެއް ނުފެނުން!! ޖުމްލަތައް ވަރަށް ސާދާ ސީދާ!!! އިބާރާތްކުރުން ފަށުވިވެފައި އެހާމެ ފޮނިމީރުކަން ގަދަ!! ކޮންމެ ޕެރެގުރާފަކުންވެސް ބުނެދޭން އުޅޭ އެއްޗެއްގެ މާނަ ވަރަށް ސާފުކޮށް ދޭހަވޭ!!

    މިކަހަލަ ވާހަކައެއް ކިޔާލެވުމުން ބުނެދޭން ނޭނގޭފަދަ ފިނިފޮނި އިހްސާސްތަކެއް ކުރެވިއްޖެ. އަހަރެންގެ ހިތް ހީވަނީ ހަށިގަނޑުތެރޭ އޮވެ ނަށާހެން!! އެހާވެސް ހިތްހަމަ ޖެހިއްޖެ!! ކުރިއަށް އޮތް ބައިތައްވެސް ހަމަ މިހާ ފޮނިމީރު ވާނެކަމަށް އުއްމީދު ކުރަން!!

    12
    1
    1. Avatar
      moderated

      ވަރަށް ހަޑި ހުތުރު

      1
      2
  5. Avatar
    moderated

    ދެން ކިހިނެއް ބާ ވާނީ؟

    2
    1
  6. Avatar
    moderated

    ނައިސް

  7. Avatar
    moderated

    ވަރަށް ހަޑި ހުތުރު

  8. Avatar
    moderated

    ވަރަށް ސަޅި ❤️🦋

  9. Avatar
    moderated

    ވަރަށް ރީތި❤️

  10. Avatar
    moderated

    ވަރަށް ރީތި ވާހަކައެއް

    1
    1
  11. Avatar
    moderated

    2 ވަނަ ބައައް އިންތިޒާރު ކުރަން

  12. Avatar
    moderated

    ބޮޑުު ބަޅައެއްނު

  13. Avatar
    moderated

    އޭ މާފާޑުފާޑަށް ވާހަކަ ނުދައްކާތި

  14. Avatar
    moderated

    ސޯ ސޮރީ ޕްލިސް ޑޯންޓް މޭކް އިޓް އަ ބިގް ޑީލް

ޚިޔާލު ފޮނުއްވާ