އަހަރެން އުންމީދު ކުރަމުން ދިޔައީ މި ދުވަހުގެ އެ ގަޑި އަށެވެ. މުޅި ހަފްތާ އެއްކޮށެވެ. ސިކުންތު ކަށި ހިނގަމުން ދިޔައީ ވަރަށް ވެސް ލަހުންނެވެ. އިޝާ ނަމާދުން ފައިބައިގެން ރައްޓެހިންނާއި ވާހަކަ ދައްކަން ވެސް މަޑެއް ނުކުރީމެވެ.
ގެއަށް ވަދެވުނު އިރު މާނޭވާލެވެއެވެ. މީހާ ހުރީ ދާހިތްލައި ބޮޑިފައެވެ. ނަމަވެސް މިއަށް ވުރެ ބޮޑަށް ހިތްތެޅެން ފެށިއެވެ.
ޓީވީ އަޅުވައިލަމުން 'އައިސް' ޓީވީއަށް ލީމެވެ. މިރެއަކީ އަހަރެންގެ ހާއްސަ ރެއެވެ. ހަފްތާގެ ރޭ ތެރެއިން އެންމެ 'ލަކީ' ރޭ ކަމުގައި ބުންޏަސް ދޮގަކަށް ނުވާނެއެވެ. 'ޓޮޓެންހަމް ހޮޓްސްޕަރ' އާއި 'ލެއިސެސްޓަރ ސިޓީ' ވާދަކުރާ މެޗެވެ. މިއަދުގެ މެޗު އިތުރަށް ހާއްސަވެއެވެ.
އަހަންނަކީ ފެށުނީއްސުރެ 'ސްޕަރސް' އަށް ސަޕޯޓް ކުރަމުން އަންނަ ކުއްޖެކެވެ. ހާއްސަކޮށް އެ ޓީމުގެ ހަތް ނަމްބަރަށް ކުޅޭ ސޮން އަށް ސަޕޯޓް ކުރަމެވެ. އެއީ އަހަރެންގެ ރޯލް މޮޑެލް އެވެ. އަޚުލާގު ރަނގަޅު ސްޕީޑް ހުރި ކުޅުންތެރިއެކެވެ.
އައިދިން އައިސް ސޯފާގައި ޖައްސައިލިއެވެ.
"ދާއިން…" އޭނާ އަހަރެންގެ ކޮނޑުގައި ޖަހައިލިއެވެ.
"ފްރައިޑް އިންނާނެ މޮޅު ވާ ޓީމަކަށް." އައިދިން އެއްބުމަ އަރުވައިލަމުން އޭނާ ސަޕޯޓުކުރާ ޓީމު ލެއިސެސްޓަރ އަށް ސަޕޯޓުކުރަން ފެށިއެވެ.
މެޗުގައި ކުރާ ކޮންމެ ފައުލަކަށް އަހަރެމެން ދެކުދިން އަނގަލަމެވެ. ދެކުދިން ތުޅޭ ހަމައަށް ވެސް ދިޔައެވެ.
މެޗުގެ ހާފް ޓައިމް ނިމުނީ އެއްވެސް ޓީމަކަށް ކާމިޔާބެއް ނުލިބިއެވެ. އަހަރެން އެކަމާއި އުފަލުން ހުއްޓާ ދެން ލިބުނީ އަހަން ވަރަށް އުނދަގޫ ހަބަރެކެވެ. އިދިކޮޅު ޓީމަށް ޕެނަލްޓީއެއް ދޭ ވާހަކައެވެ.
އަހަރެން ދުޢާ ކުރަމުން ދިޔައީ އެއީ ޕެނަލްޓީ އަކަށް ނުވުމަށެވެ. އައިދިން ވެސް ދެލޯ ބޮޑުކޮށްލައިގެން ޓީވީގެ ސްކްރީނަށް ބަލަހައްޓައިގެން ހުރީ ނޭވާހިފަހައްޓައިލައިގެންނެވެ.
އެންމެ ފަހުގެ ނިމުން ނިންމައިފިއެވެ. ޕެނަލްޓީއެއް ދޭ ގޮތަށެވެ.
އަހަރެންގެ ހިތް ތެޅެން ފެށިއެވެ. ގޯލް ކީޕަރަށް މި ބޯޅަ ހިފޭނެ ބާވައެވެ. ދުއާ ކުރަމުން ދިޔައީ ހިފޭތޯއެވެ. ނަމަވެސް ވާޑީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދައިލިއެވެ.
އަހަރެން ވެސް ރުޅި މޫނު ދައްކައިލައިފައި ކޮޓަރި އަށް ހިނގައިގަތީމެވެ. އައިދިން މުޅި ސިޓިންރޫމުގައި ބޮޑުބެރު ޖަހައިފައި ނަށަނީއެވެ.
ދެވަނަ ހާފް ނިމިގެން ދިޔައީވެސް އިދިކޮޅު ޓީމަށް އިތުރު ކުރިއެރުމެއް ލިބިގެންނެވެ. އަހަރެން ސޯފާގައި އޮތީ ފާޑަކަށް ކަޑަވެފައެވެ. މެޗު ނިމުމުގެ ކުރިން ކޮޓަރި އަށް ހިނގައިގަތީމެވެ.
އެނދުގައި އޮށޯވެގެން އޮތް އިރު އެކުވެރި ހިޔާން ގުޅަމުން ދެއެވެ. މެޗުން ބަލިވީމައި މަލާމަތް ކުރަން ތޯއްޗެކެވެ. މެޗަކާއި މެޗެއް ދޫކޮށްފައި އަހަރެން ނިދީއެވެ.
އަނެއް ދުވަހުގެ ހެނދުނު އޮތީ މުޅިން ވެސް އެއް ވާހަކައެކެވެ. މެޗުން ބަލިވީމައި އެކުވެރިންތައް ވެސް މަލާމާތް ކުރަނީއެވެ. އަހަންނާއި އެއްކޮޅަށް ހުރީ ހިޔާން އާއި ޖަޒްލާން އެކަންޏެވެ.
ހަފްތާއަކަށް މި މަލާމާތްތައް ދިގުދެމިގެން ދިޔައެވެ. އަހަރެން ފެނޭއިރަށް އެނޫން ވާހަކައެއް ނުވެސް ދައްކާނެއެވެ. އަހަރެން ހަވީރު ކުޅެން ދިއުން ވެސް ހުއްޓައިލީ މިކަމާއި ގުޅިގެންނެވެ.
އާދައިގެ މަތިން މިއަދުވެސް އަހަރެން އިޝާ ނަމާދުން ފައިބައިގެން ލަސް ފިޔަވަޅު ތަކާއިއެކު ގެއަށް ހިނގައިގަތީމެވެ.
"އައްދޭ… މިއަދުވެސް ބަލިވާ މެޗެއް އޮންނަނީތާ." ދާނިޝް ގޮވައިލުމުން އެހެން ކުދިންތައް ތެދެކޭ ކިޔަން ފަށައިފިއެވެ.
އަހަރެން ބަލައިވެސް ނުލައި ހިނގައިގަތީމެވެ. ނަމަވެސް ހިޔާން އާއި ޖަޒްލާން އައިސް ދެފަރާތުގައި ހުއްޓިލިއެވެ. އެދެމީހުން އަހަންނާއި އެއްވަރަށް ހިނގާފައި އާދެއެވެ.
"ތި ދެމީހުންގެ ގެތައް ހުރީ އެކޮޅުގައެއްނު. ކީއްވެ މިކޮޅަށް ތި އަންނަނީ؟ ކަމެއް ބޭނުން ވީތަ؟" އަހަރެން އަހައިލީމެވެ.
"ޔެސް… ދާއިން ތީ ވަރަށް މޮޅަށް ފުޓްބޯޅަ ކުޅޭ ކުއްޖެއްނު. ފޮނަދޫގައި އޮތް މުބާރާތެއްގަ އަޅުގަނޑު މެނާއިއެކީ ގައި ކުޅެން އާދެވޭނެހޭ އަހަން ވެގެން." ޖަޒްލާން މަޑުމޮޅި ގޮތަކަށް އަހައިލިއެވެ.
"މަ މުބާރާތެއްގަ؟ ހައްހައްހާ." އަހަރެން ހޭން ފެށީމެވެ. އަމިއްލަ ނަފުސަށް މަލާމާތް ކޮށްލަން ވެގެންނެވެ. "މިހާރު ވެސް އެންމެން ކިޔާ އެއްޗެހި. ދޭބަލަ އަހުސަން މެން ކަހަލަ މީހެއް ގޮވައިގެން."
"އެއީ ދާއިނެއް ނޫނެއްނު. އެއީ އެ ޓީމެއްނު. ދާއިންތަ އެމީހުން ކޮންޓްރޯލް ކުރަނީ؟ ހިނގާބަލަ ދެން. އޭރުން ދާނިޝް ޖޭ ވާނެ." ހިޔާން ވިސްނައިދޭން އުޅުނެވެ.
"މަ ފުޓްބޯޅަ މަތިން ވެސް ހަނދާން ނައްތައިލައިގެން މިހުރީ. ދެނެއް ފުޓުބޯޅަ އެއް ނުކުޅޭނަން. ގޯލް އޭ މީހަކު ބުންޏަސް ހޮޑު ލަވާ ވަރުވޭ." އަހަރެން ގަދަޔަށް ހިފައިލީމެވެ.
"ޕްލީޒް… ވިސްނާލީންތަ މި ރަށާ މެދު؟ އަހަރެމެން ފައިނަލަށް ގޮސްފިއްޔާ ދާއިން ކިހާ ފޭމަސް ވާނެ؟ ދާއިން ބުނީމެއްނު ސޮން އަށް ވުރެ މޮޅުވާނަމޭ. ހިނގާބަލަ އެކަން ދާނިޝްމެނަށް އަންގާލަން." ހިޔާން ވާހަކަ ދެއްކީ ކުޑަކުއްޖަކަށް ނަސޭހަތެއް ދޭ ހެންނެވެ.
އަހަރެން ފުންކޮށް ވިސްނައިލީމެވެ. މީ އަހަރެންގެ ފަހަރު ކަމުގައި ނިންމީމެވެ. އަހަންނަށް ލިބޭ މޮޅަކީ ހިޔާން މެންނަށްވެސް ލިބޭ މޮޅެކެވެ. މުޅި ދެ އަވަށަށް ލިބޭ މޮޅެކެވެ. އަހަރެންގެ ގައިގައި އަތޮޅު ފެންވަރަށް ކުޅުމުގެ ހުނަރު ނުހުންނާނެ ހެއްޔެވެ؟ މިރަށުގައި ވެސް އަހަރެން ވަރެއް ނެތޭ ކުދިން ކިޔައެވެ.
"ދާއިން ނުދަންޏާ މަށެއް ނުދާނަން. އަހުސަން ވެސް ބުނި ދާއިން ނުދަންޏާ ނުދާނަމޭ." ހިޔާން އަތް އުރައިލިއެވެ.
"މަށެއް ވެސް ނުދާނަން." ޖަޒްލާން ވެސް ހިނގުން ހުއްޓައިލިއެވެ. އަހަރެން ފަހަތަށް އެނބުރުނު އިރު އަހަރެންގެ ދެ އެކުވެރިން ދާން ހިނގައިގަތެވެ.
"ވެއިޓް!" އަހަރެން ގޮވައިލީމެވެ.
"ޔެސް." ހިޔާން ދެ ދަތްޕިލަ އެއްފަހަރާ ދައްކައިލިއެވެ. އެދެކުދިން އަހަންނާއި ދިމާއަށް ހިނގައިފައި އައެވެ.
"އަހަރެން އެ މުބާރާތަށް ދާނަން." އަހަރެން އެންމެ ފަހުގެ ޖިމުން ނިންމައިލީމެވެ. ހިޔާން އުފަލުން އައިސް އަހަރެންގެ ބުރަކަށީގައި ތަޅަން ފެށިއެވެ. ޖަޒްލާން އުފަލުން ބުމަރެއްހެން އެނބުރެނީއެވެ.
އަނެއް ދުވަހުގެ ހެނދުނު އިރު އެރީ އަހަރެން ދަބަހަކަށް އެއްޗެހި އަޅައި ރެޑީވަމުން ދަނިކޮށެވެ. ދަބަސް އަޅުވައިގެން ނުކުތް އިރު މަންމަ، ބައްޕަ އާއި އައިދިން ހުއްޓެވެ.
ފެރީގައި އެމީހުން އަންނަ ވާހަކަ ބުނެލިއެވެ. އަހަރެން ފޮނަދުއަށް ދިއުމަށް ހަމަޖެހިފައިވަނީ ލާންޗެއްގައެވެ.
ބަނދަރު ސަރަޙައްދަށް ދެވުނު އިރު ޖަޒްލާން ، ހިޔާން، އަހުސަންގެ އިތުރުން އަނެއްއަވަށުގެ ދެތިން ކުޅުންތެރިން ތިއްބެވެ.
ލާންޗު ކަފަމުން ގޮސް ލ. ގަމުގެ ބަނދަރަށް ވަނެވެ. ފޮނަދުއަށް ދިޔައީ ބަހުގައެވެ. ކޯޗު އިރުޝާދު ދެމުންދިޔައިރު އަހަރެން ހުރީ ކަނުލައި އަޑުއަހާށެވެ.
ޔަމީ ނޫޑްލްސް ފުޓްސަލް ފިއެސްޓާގެ ސޯޅަ އަހަރުން ދަށުގެ ޗެމްޕިޔަން ކަން ހޯދޭނީ ބުރަ މަސައްކަތުން ކަން ބުނެދިނެވެ.
އަހަރެމެންގެ ޓީމު 'އެފްސީ މަގުމަތި' ވާދަ ކުރަނީ 'އައިޑިއާ އެކެޑަމީ' ނަމަކަށް ކިޔާ ޓީމަކާއިއެވެ.
މެޗަށް އެރުމުގެ ކުރިން އަހަރެން ބޫޓުގެ ނާޑުވާ ރަނގަޅަށް އައްސައިލީމެވެ. ކުޅުންތެރިންނާއި ސަޕޯޓަރުން އައިސް ހިތްވަރުގެ ބަސްތައް އޮއްސައިލިއެވެ.
ފުލް ޓީމަށް އެރީ އަހަރެންނާއި އަހުސަންގެ އިތުރުން ކަލައިދޫގެ ދެތިން ކުޅުންތެރިންނާއި ގޯލް ކީޕަރު ހިޔާންއެވެ.
ފުރަތަމަ ހާފު ފެށިއްޖެއެވެ. އަހަރެންގެ ހިތް ތެޅެން ފެށިއެވެ. މޮޅުވޭތޯ ދުއާ ކުރަން ފެށީމެވެ. ގޯލް އޭރިއާގެ ކައިރީގައި އަހަރެން ބޯޅައަށް ސަމާލު ވެގެން ހުއްޓައި އަހުސަން ބޯޅަ ފޮނުވައިލީ ސީދާ އަހަންނާއި ދިމާއަށެވެ. ފައިން ބޯޅަ މައިތިރި ކޮށްލުމަށް ފަހު ފޮނުވައިލީ ގޯލުގެ ތެރެއަށެވެ.
އަހަންނަށް އެ ތަން ފެނުނީ ސްލޯ މޯޝަން ގައެވެ. ނޭވާ ހިފަހައްޓައިލައިގެން ހުއްޓައި އާހިލް އައިސް ގައިގައި ހިފައި ތަޅުވައިގަތެވެ.
ސަޕޯޓަރުން ކެކި އަރައިގަތެވެ. އަހަރެންގެ ފުރަތަމް ގޯލްއާއި އެކީގައި ޓީމަށް އިތުރު ހިތްވަރެއް ލިބުނެވެ.
މެޗު ނިމިގެން ދިޔައީ ތިނެއް ސުމަކުންނެވެ. މޭން އޮފް ދި މެޗަކަށް ހޮވުނީ އަހަރެންނެވެ. އުފަލުން އަހަރެން ގޮސް ބެންޗުގައި އިށީނދެލުމާއި އެކު އައިދިން އައިސް އަހަންނަށް ފޯނު ދައްކައިލިއެވެ. ފޯނުން ފެނުނީ ޓޮޓެންހަމް ހޮޓްސްޕަރ ގެ އެންމެ ފަހުގެ މެޗުގެ ސްކޯރއެވެ.
ތިނެއް ސުމަކުން މޮޅުވެފައި އޮތް އިރު ސޮން ޖަހައިފައިވަނީ ދެ ގޯލްއެވެ. މި މެޗުގައި އަހަރެން ވެސް ޖެހީ ދެ ގޯލް އެވެ. އަހަރެންގެ ޖާރޒީ ނަމްބަރަކީ ވެސް ހަތެކެވެ.
"ވަޓް އެ ކޮއިންސިޑެންސް…"
ނިމުނީ
ޔޫ ސްކޯރޑް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަގެއިން.. ސަޅި !
މި ހަމަ އަސްލުވެސް މިހާރު ލާމުގައޮތް މެޗުން މެޗެއްތަ؟؟ އެނީވޭސް ވަރަށ ސަޅި
ހެހެ.. އައި ލައިކް ފުޓްބޯލް ޓޫ.. 🥰🥰..މެޗެއް ބަލަންޏާ ތިވަރުވޭ.😅😅
ވަރަށް ސަޅި އެން ވަރަށް މަޖާ އިނގޭ 💖😂
ވަރަށް ސަޅި ❤💜💙
އީނާޝް ވެސް މީ ފުޓްބޯޅައަށް ވަރަށް ފޯރިހުންނަ މީހެކޭ😊
އައި ލަވް ފުޓްބޯލް
ހެހެހެ.. އައި ކުޅޭނީ ފުޓްސެލް.. 😋
ޔާހް… މީޓޫ. އައިވެސް މިދިޔަ ވީކްގަ މުބާރާތެއް ނިންމާލިން. ވަރަށް ފޯރިގަދަ
ޔޫ ގައިސް ކުއާޓާއަށް ދިޔަ ތަ؟
thnx dearlsss …..
kindaa truee މި storyy
ވަރަށް ރީތި މިވާހަކަ 😍
އަޅުގަނޑު ވެސް މެޗެއް ބަަލަން ގޮއްސިޔާ ގެއަށް އަންނަ އިރަށް ހުންނާނީ އަނޑު ގޮސް 🤣🤣🤣😆
ކުރިން ދުވަހު ވެސް އެވަރަށް ހަޅޭއްލެވިން 🤣🤣🤣🤣😂
matchah dhiya beybe ެehge nazarun miliyee…. ހެހެ
☺
piroo menn dhiya semifinalah
މި ވާހަކައިގަ ބޭނުން ކޮށްފައި މިހުރީ ހުސްވެސް އަހަރެންގެ ރަށުގައި އުޅޭ ކުދިންގެ ނަންތައް. އެ ކުދިންނަކީވެސް ފުޓުބޯޅައަށް ވަރަށް ފޯރި ހުންނަ ފުޓުބޯޅަ ކުޅެން ވަރަށް މޮޅު ކުދިން ތަކެއް 😊 އެނީވޭސް މި ވާހަކަ ވަރަށް ރީތި 💖👏😆
ހެ މޭން ސްޕަރސް ސަކްސް. ސޮން ސަކްސް. މޮރީނިއޯ ސަކްސް. ބަރގްވިން ސަކްސް. އޯވަރޯލް އެވްރީވަން އިން ސްޕާރސް ސަކްސް!!!
you shut your ަass… ާAnn spurs ަah support kuranii Yoon bunegen…. because Yoon Son ge numberone fan… # yougetme
އެކުޖަކު ސަޕޯޓު ކުރާ ޓީމަކަށް ސަޕޯޓު ކުރުން އެއީ މައްސަލައެއް ނޫނޭ…. ޔޫ ކޭން ސަޕޯޓް ޓު ޔުއަރ ޓީމް …. ޑިއާރލްސް
ސޯ ޓްރޫ
އެނޮނިމަސް … ދިސް ކިޑްސް އަރ އިން ދިސް މައި އައިލޭންޑް…
މޭބީ އެ އެނޮނިމަސް އަކީ އާން އާއިި އެއް ރަށު ދެކުދިން ކަންނޭނގެ،،،،،،،،،ހެހެ
ސޮން އާ ނުކުޅޭތި ސޮޑު ލުބޯ
ކައެ ކުރާ ޓީމަކަށް ކުރޭ… ސޮން އެއީ ހަމަ ކިންގް
ސޮން ވަރެއް ނެތް ހަމަ. ތެންކުސް އިނގޭ ސޮން މަސްހޫރު ކުރީމަ.
ސަޅި ސަަޅި!!!…..ސްޕާރސް ހަމަ ރަނގަޅަށްވެސް ވަރަށް ގަދަ👏👏….ބަޓް އައެމް ބާސާ ފޭން ހެހެހެ😶
ސޮން އިސް އަ ލެޖެންޑް👍
ޔެއަހް..
؛ސަޅި އިނގޭ
ސަޮން އަކީ ހަމަ ހަމަ ކިންގް 🤴🤴
އިންގޭތަ ދެން އިންނަ ސްޕާރސް މެޗުން މޮޅުވާނެ!!!!….އެންމެން ޕޮޕްކޯން ހިފައިގެން ފޯރީގަ މެޗުބަލާތި!!!!!…..މީ މޮރީނިއޯ. އަސްލު މޮރީނިއޯ ހީނުކިރައްޗޭ ފޭކު މީހެއްކަމަށް.👀
ޔެއަހް..
އަޅުގަނޑުމެން މިމަހު ނިންމާލީ ފައިނަލުން ޗެމްޕިއަން ހޯދައިގެން
ލ.ކަލައިދޫ ގެ ނަން ފެނިފަ އުފާވެއްޖެ އަދި ކަލައިދޫ ޓީމް ކުރި ހިއްވަރައް ސާބަސް
މި ވާހަކަ ލިޔުނު ކުއްޖާ ކޮންރަށެއްތަ؟
ekujja eii isdhooo kujjeh..😆😆