Views: 1275 87

ފަސް މަސް ފަސް

އަހަރެން މިއަދު ވަރަށް އަވަހަށް ތެދުވީމެވެ. ފާޚާނާ އަށް ވަދެ ފެން މާގަނޑު ދޫކޮށްލުމަށް ފަހު ސައިބޯނި އުނގުޅަން ފެށީމެވެ. ސައިބޯނި ފިލުވައި ލައިފައި އަހަރެން ދަތް އުނގުޅުމަށް ފަހު ވުޟޫ ކޮށްލައިގެން ނިކުމެފައި ނަމާދު ކުރަން ފެށީމެވެ. ނަމާދު ކޮށް ނިމުމުން ޛިކުރު ތަކެއް ކިޔައިލައިފައި އަހަރެން ބަދިގެއަށް ވަދެ ސައި ބޯން ފެށީމެވެ ސައި ބޮއެ ނިމުމުން ކޮޓަރިއަށް ވަނީމެވެ. ފޮއްޓާއި ދަބަސް ހިފައިގެން އަހަރެން ނިކުތީމެވެ. މަންމަ އާއި ދޮންބެ އޭރު ފޮށިތަށް ކާރަށް އެރުވުމުގައި އުޅެއެވެ. އަހަރެން ވެސް ދޮންބެ އަށް ފޮށި ދީފައި ކާރަށް އެރީމެވެ. އެންމެންގެ މޫނުމަތީގައި ވެސް ވަނީ ރީތި ހިނިތުންވުމެކެވެ. ދޮންބެ ހުރިހާ ފޮށިތަށް ޑިކީ ތެރެއަށް އަޅައި ނިމުމުން ދޮންބެ ވެސް ކާރަށް އެރިއެވެ. ބައްޕަ ކާރު ދުއްވާލިއެވެ.
ބަނދަރާއި ހަމައަށް އާދެވުމުން ކާރުން ފޭބީމެވެ ބަނދަރުގައި މީހުން ތޮއްޖެހިފައި ހުއްޓެވެ. ވަރަށް ގިނަ މީހުން ޗުއްޓީ އަށް ރަށް ރަށަށް ދާން އުޅޭ ދުވަސްކޮޅެވެ. ގިިނަ ވާނީ މާލެ ދާ މީހުންނެވެ. އަހަރެމެން މި ދަނީ މަންމަ ރަށް ކަމަށްވާ ތޮއްޑޫ އަށެވެ. އަހަރެން މިއުޅެނީ ލަސްދޫ ( އަސްލު ރަށެއް ނޫން) ގައެވެ.
އަހަރެމެން މީހުންގެ ތެރެއިން ފުރޭނެމުން އަހަރެން ޑެސް ލޯންޗާއި ހިސާބަށް ދިޔައީމެވެ. މަންމަ އާއި ބައްޕަ އަދި ދޮންބެ ވެސް ލޯންޗް ހޯދައިފައި ފޮށިތަށް އަރުވަން ފެށިއެވެ. އަހަރެން ވެސް ލޯންޗަށް އަރަން ބައްޕަގެ އަތުގައި ހިފީމެވެ. އަހަރެން ބައްޕަގެ އެހީއާއި އެކު ލޯންޗަށް އެރީމެވެ. އެންމެ ފަހަތު ސީޓު ގައި އަހަރެން އިށީނީ މަންމަ އާއި އެކު އެވެ. އެ ލޯންޗަށް ނައުރާގެ އާއިލާ ވެސް އެރިއެވެ. ނައުރާ ވެސް އިށީނީ ފަހަތު ސީޓު ގައެވެ. ލޯންޗު ނައްޓާލިއެވެ. ލޯންޗު ފަޅުން ނެރެފައި ބާރަށް ދުއްވާލިއެވެ.
ނައުރާގެ ދޮންތަ ނައުރީން އަކީ ކަނޑުމައްޗަށް ބަލި މީހެކެވެ. ނައުރީން އިރު އިރު ކޮޅާ ހޮޑުލާވަރުން ނައުރާ އިނީ ރުޅި އައިސައެވެ. ހޮޑަކީ ނައުރާ އެންމެ ފަކުރު ގަންނަ އެއްޗެވެ. އަހަރެން ހަތަރު ގަޑިއިރު ތެރޭގައި ތޮއްޑޫ އަށް ދެވޭނެއެވެ. ތޮއްޑޫ އަށް ދެވުނީ ދިހައެއް ޖަހަނި ކޮށެވެ.
ތޮއްޑޫ އިން އަހަރެމެންނަށް މަރުހަބާ ކީ މާމަ އާއި ބޮޑުދައިތަގެ އިތުރުން ބޮޑުދައިތަގެ ދަރިންނާއި އޭނާގެ ފިރިމީހައެވެ. އަހަރެން ދުވެފައި ދިޔައީ ރައިނާ އާއި ރައިފާގެ ކައިރިއަށެވެ.
ދެ މީހުންނަކީ އެއްމާބަނޑު ދެ ކުދިންނެވެ. ރައިނާގެ އުނަގަނޑާއި ހިސާބަށް އަރާ ފަން އިސްތަށިގަނޑު ވަނީ އައްސައިފައެވެ. އޭނާ އަކީ މަޑު މުށި ކުލައެއް ހުންނަ ކުއްޖެކެވެ. އެއާއި ހިލާފަށް ރައިފާ އަކީ ވަރަށް ދޮން ކުއްޖެކެވެ. އޭނާގެ އިސްތަށިގަނޑު ހުންނަނީ ވަރަށް ބުޅިކޮށެވެ. އެއްމާބަނޑަކަސް އެދެ މީހުން ވެސް ވަރަށް ތަފާތެވެ. ރައިނާ އަކީ މަޑުމައިތިރި ނަމަވެސް މަޖާ ކުއްޖެކެވެ. އެއާއި ޚިލާފަށް ރައިފާއަކީ މަޑުން ނުހުރެވޭ އަނގަ ގަދަ މިތުރެކެވެ. އަނގަގަދަ ކަމުން ސަންތި މަރިޔަނބު ދަތް ގޯނި ވެސް އޮއްސާލަފާނެއެވެ.
" ސަމައްތާ ހިނގާ އަވަހަށް ގެއަށް ވަރަށް ބޮޑު ސަޕްރައިޒްއެއް އެބޯތޭ ދެން އަވަސް ކޮށް ބަލަ. ކޮން އިރަކުންތަ އަޅެ ގެއަށް ދާނީ " ރައިފާ އަހަރެންގެ އަތުގައި ހިފައިގެން އެނބުރެމުން ދިޔައެވެ. ފުމެފުމެ ފައި އުޅޭ އިރު ހީވަނީ ދުނިޔެ ރަން ވެގެން އުޅޭ ހެންނެވެ. އޭނާގެ ހަލަނި ކަމުން ބޮޑުދައިތަ ކަމަށް ވާ ރައިހާނާ ވެސް ހުންނަނީ ބޮލުގައި ރިއްސައި ގަނެފައެވެ. އަނެއް ހެން ބުނާނަމަ އަހަރެންގެ ރައިއްތަ އެވެ.
އެގެއަށް ގޮސް އެންމެ ފުރަތަމަ ވެސް އިށީނީ ސައި ބޯށެވެ. މޭޒުމަތީގައި ކާތަކެތި ނަން ހުސްކޮށް ހުއްޓެވެ. ހުރީ ރޮށި ، ތެލުލި ރިހާކުރު ، ކުކުޅު ރިހަ އަދި ކަޅުސަޔާއި ތޮއްޑޫ ކަރަލެވެ. ތޮއްޑޫ ކަރާ އަކީ އަހަރެންނަށް ވަރަށް މީރު އެއްޗެކެވެ. އަހަރެން ކާން ފެށީމެވެ ރޮށި ކޮށައިފައި ތައްޓަށް ކުކުޅު ރިހަ އެޅުމަށްފަހު މޮޑެލުމަށް ފަހު ކާން ފެށީމެވެ ރިހަ ވަރަށް މީރެވެ.

 1. Avatar
  moderated

  މިވާހަކަ ނިމުނީތަ

 2. Ann

  ހޭ މޭރީ… ސްޓޯރީ އިޒް އޯސަމް… ކީޕް އަޕް ޔުއަރ ގުޑް ވޯކް… 😁💟❤️💜💘💗

 3. Avatar
  moderated

  ސަލި! 😀

ޚިޔާލު ފޮނުއްވާ