ތިޔަ ލޯބީގައި - 28

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

"ތާކުން ތާކު ނުޖެހޭ ކަންތައްތަކާ ވިސްނައި ފިކުރުކުރާނެހައި ވަގުތެއް އަހަރެންގެ ނެތް.. މިއުޅެނީ ވިފަޔާރި ދަތުރަކު ލަންޑަނަށް ޖައްސައިލަން.. ވާނީ ކިތައް ދުވަސްކަމެއް ޔަގީންކޮށް ބުނާކަށް ނޭނގެ.. އެހެންވީމަ އަހަރެން އަންނަންދެން ސައިނާވާނެ ޝަޔަމް އުޅޭނޫޅޭގޮތް ބަލަން.. އަހަރެން އައުމުގެ ކުރިން އޭނައަށް ރަނގަޅަށް ވިސްނަދީ.." ސައިނާއަށް ބަލައިލުމެއްނެތި އެއްނޭވައިން އަޒްހަރު ބުނަން ބޭނުންވި އެއްޗެއް ބުނެލުމަށްފަހު ދަބަހުގެ ޒިބުއެޅުވިއެވެ. ކޮޓަރިއަަށް ވެރިވެގެންދިޔަ ހިމޭންކަމުގައި އަޒްހަރު ނުކުމެގެންދިޔަ މަންޒަރުބަލަން ކަންބޮޑުވެފައި ސައިނާ އިނެވެ.

*****

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފްލައިޓުން ފައިބަމުން ޖީބުގައިއޮތް ފޯނު ނަގައި ފްލައިޓް މޯޑް އަޒްހަރު އޮފް ކޮށްލިއެވެ. އަދި ވަށައިގެން ނަޒަރުހިންގައިލަމުން ފޯނުން ނަމްބަރަކަށް ގުޅައިލުމަށްފަހު ކަންފަތުގައި ފޯނު ޖައްސައިލިއެވެ. އެމީހަކާއި އިރުކޮޅަކު ވާހަކަދައްކަން ހުރުމަށްފަހު މަޑުމަޑުން ހިނގަމުންގޮސް އޭނާ ގެނައި ދަބަސްނަގަމުން އެމީހަކު ބުނި ދިމާއަށް މިސްރާބުޖެހިއެވެ.

ދުރުގައި އޮތް ކާރުގެ ކުރިމަތީގައި ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައިހުރި މީހަކު ފެނުމުން އަޒްހަރު ހިނގުން އަވަސްކޮށްލިއެވެ. އަޒްހަރު އަރައިހަމަވުމާއެކު އެމީހަކު ސަލާމަށް އަތްދިއްކޮށްލީ އަބަދީއްސުރެވެސް ދަންނަމީހަކު ފަދައިންނެވެ.

"ތޭންކްސް ޖޯން.. މިހައި ކުރު މުއްދަތެއްގެ ތެރޭގަ އަހަރެންބުނި ހުރިހައިކަމެއް ފުރިހަމަކުރީމަ.. މިއަދު ކަލޭގެ ޕޭމަންޓްގެ ބާކީބައި އަހަރެން ޖަމާކޮށްދޭނަން.. އެހަށް ހިނގާ ހޮޓެލްއަށް.. ރާއްޖޭގަ އަހަރެން ހުރިކަން އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއްނޫން.. ބާކީ ހުރި ވާހަކަތައް ދައްކާނީ ހޮޓެލަށް ދިއުމަށްފަހު.." ޖޯންގެ ކޮނޑުގައި ޖަހައިލަމުން ސީރިއަސް ރާގަކަށް އަޒްހަރު ބުނެލިއެވެ. އެސިކުނޑީގައި އެނބުރެމުންދަނީ ކޮންފަދަ ޚިޔާލުތަކެއްކަމެއް ބުނެދޭކަށް ނޭނގެއެވެ. އަޒްހަރުގެ މޫނުމަތިން އެއްވެސް އަސަރެއް ފައުޅުނުވާއިރު ޖޯންގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ އެފަދަ ކުލަވަރެކެވެ.

ހޮޓެލްގެ ސޫޓަށް އައިސް ވަންނަމުން އަޒްހަރު އަތުގެ އިޝާރާތުން ފަހަތުން އައުމަށް ޖޯނަށް އަންގައިލިއެވެ. ކިޔަމަންތެރިކަން އަދާކުރަމުން ފަހަތުން ޖޯންވަދެ ކޮޓަރީގެ ދޮރު ލައްޕައިލިއެވެ.

"ކޮބާ އަހަރެން ފަހުން ކުރަންބުނި ކަންތައް ހަމަޖެހިއްޖެތަ؟" ވަކިންހުރި ބޮޑު ސޯފާއެއްގައި އިނށީދެ ހަމަޖެހިލަމުން އަޒްހަރު އަހައިލިއެވެ. އާނއެކޭ ބުނެލަމުން އަޒްހަރު ބޭނުންވާނެ ހުރިހައި ތަފްސީލެއް ޖޯން ކިޔައިދިނެވެ.

"ގުޑް.. އަހަރެންނަށް އޭރުވެސް އެނގޭ ޖޯންއަށް ވާނެކަން.. އެހެންވެ މިކަން ހަވާލުކުރީވެސް.. ތިއަށްވުރެ ފުރިހަމައަށް މިކަން ކުރެވޭނެ އެހެންމީހަކު ނުހުންނާނެކަން ޔަގީން.." ޖޯންގެ ވާހަކަތަކުން ހިތްހަމަޖެހިފައިއިނދެ އަޒްހަރު ތައުރީފުކޮށްލިއެވެ.

"އެހެންވީމަ ހުރިހައިކަމެއް ރެޑީ ދޯ.." ބޮޑާކަމާއެކު ގޮނޑީގައި އަޒްހަރު ލެގިލިއެވެ. ބޯޖަހައިލަމުން ޖޯން އަޒްހަރަށް ބަލައިލިއެވެ. ނުލަފާ ގޮތަކަށް ހިނިއައިސްފައި އަޒްހަރު އިނީ އޭނާގެ ހިތަށް ލިބިފައިވި ބޮޑު ހަމަޖެހުމަކުންނެވެ.

*****

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ފިހާރައަކުން ސާރާ ނުކުތީ ގެއަށް ބޭނުންވާނެ ބައެއް ސާމާނު ގަނެގެންނެވެ. އޭރު ގަޑިން ވަނީ ދިހައެއްޖަހައި ބޮޑުވެފައެވެ. އަތުގައިހުރި ކޮތަޅުތެރެ ހާވާއި ބަލައިލަމުން ސާރާ ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ޖެހެމުންދިޔަ ރޯޅި ބާރުވެ އޭގައި ތެތްފިނިކަމެއްހުރިހެން އިހުސާސުވެ ސާރާ އުޑުމައްޗާއި ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. އުޑުމަތި ބައްދަމުންދިޔަ ބޯކަޅު ވިލާތައްފެނި ސާރާ ހިނގުން ބާރުކޮށްލިއެވެ. މަގުގެ ދެފަރާތް ބަލައިލަމުން މަގު ހުރަސްކޮށްލުމަށްފަހު ގެ ހުންނަ ހަނި ގޯޅިއަށް ސާރާ ވަނެވެ. ގޯޅި ތެރެއަށް ފެތުރިފައިވީ ފަނޑު އަލިކަމެކެވެ. ވާރޭ އޮއްސައިނުގަންނަނީސް ގެއާއި ހިސާބަށް އާދެވުމުން ހިތްހަމަޖެހިފައި ސާރާ ހިނގުން މަޑުކޮށްލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ގޯޅިތެރޭގައި ނުވާއިރު އޭނާގެ ހަރަކާތްތަކަށް ބަޔަކު ފާރަވެރިވަމުންދިޔަކަމެއް ސާރާ ނުދެނަހުއްޓެވެ.

ގެއާއި ހިސާބަށް އެރިތަނުން ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ފަހަތުން މީހަކު އައިސް އޭނާގެ އަނގަމަތީގައި ފޮތިގަނޑެއް އަޅަމުން ގެއާއި ދުރަށް އޭނާ ދަމައިގަތެވެ. ލިބުނު ސިހުމާއެކު ހަޅޭއްލަވައިގަންނަމުން އެމީހެއްގެ އަތްދަށުން ސަލާމަތްވުމަށް ސާރާ ތެޅިފޮޅިގަތެވެ. އަތުގައިއޮތް ކޮތަޅު ތިރިއަށް ވެއްޓުނުއިރު ސާރާގެ އަޑުވެސް ހިނދިގެންދިޔައީއެވެ.

އެމީހުންގެ ގާތަށް އައިސް މަޑުކޮށްލި ވޭންގެ ދޮރު ކަހަައިލަމުން ޖާނުން ވަރުގަދަ ދެފިރިހެނުން އޭގެއިން ފައިބައި ސާރާ އުފުލައިލައިގެން ގެންގޮސް ވޭނުގެ ފަހަތަށް އަރުވަމުން ދޮރު ލައްޕައިލިއެވެ. އެއާއެކު އޭގެ ތެރޭގައި އިން އެހެން މީހަކު ސާރާގެ ދެފަޔާއި އަތް ފޮތިގަނޑަކުން ބަންނަމުން އަނގަމަތީގައިވެސް ފޮތިގަނޑެއް އައްސައި ބާރުކޮށްލިއެވެ. އެއިން އެއްވެސް މީހެއްގެ ކުޑަވެސް ރަހުމެއް ނެތް ފަދައެވެ.

ވާނުވާ ނޭނގި ސީޓު މައްޗަށް ވެއްޓިފައިއޮތް ސާރާ ސަލާމަތަށް އެދި ހަޅޭލަވައި އާދޭސްކުރަން ބޭނުންވިއެވެ. އެހެނަސް އޭނާގެ އަޑު ބޭރުވާގޮތެއްނުވިއެވެ. އެތަށް ހިތްވަރެއްކުރަމުންދިޔަ ސާރާ ބިރުންގޮސް ރޫރޫ އަޅަމުންދިޔައިރު އެދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުންދިޔައެވެ. ސީޓުމަތީގައި ތެޅިތެޅި އެތައްއިރަކު އޮތުމަށްފަހު އެންމެފަހުން ހަށިގަނޑުގެ ވަރުދޫވެ ޚަބަރުހުސްވެގެން އޭނާގެ ދެލޯ މެރުނެވެ. އޭރުވެސް ސާރާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ވާންމިއުޅެނީ ކިހިނެއްކަން ނޭނގޭހާލުއެވެ.

*****

އޮފީހުގައި މަސައްކަތް ބުރަކަމުން މިހާރަކަށް އައިސް ނުހައިކްއަށް ގެއަށްދެވޭއިރު ގިނަ ދުވަސްދުވަހު ހުންނަނީ ރޭގަނޑު އެގާރަޖަހަން ގާތްވެފައެވެ. މިރޭވެސް އޭނާ މަސައްކަތުގައި މަޝްއޫލުވެފައި އެކަނިމައި އެކަނި އޮފީހުގައި އިނެވެ. ޝަޔަމް އެނބުރި އައުމުގެކުރިން ހަވާލުވެވިފައިހުރި ހުރިހައި މަސައްކަތެއްކޮށް ނިންމާލަން ނުހައިކް ބޭނުންވެއެވެ.

ޝަޔަމްގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އެހިތް ރޯލިއެވެ. ކޮންމެވެސް ބޮޑު ހިތާމައެއް ޝަޔަމް ކުރަމުންދާހެން އޭނާއަށް ހީވަނީއެވެ. އެހެނަސް އުޅެއުޅެވެސް އެއިން އެއްވެސް ކަމެއް ޝަޔަމްގެ ފުށުން އޮޅުންފިލާގޮތްނުވުމުން ނުހައިކްވަނީ ގޮތްހުސްވެ މާޔޫސްވެފައެވެ. ލެޕްޓޮޕްގެ ސްކްރީނުން ނަޒަރު ވަކިވެ އެއްދިމާއަކަށް ގެއްލިފައި ޝަޔަމްގެ ޚިޔާލުގައި ނުހައިކްއަށް އިނދެވުނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ފުންނޭވާއެއްލަމުން އެނބުރި ކުރަންހުރި މަސައްކަތަށް ނުހައިކް ރުޖޫއަވީވަތުގު މޭޒުމަތީގައިއޮތް ފޯނު ރިންގްވާން ފެށިއެވެ. ނިތަށް ރޫއަރުވައިލަމުން ފޯނު ނަގައި ނުހައިކް ބަލައިލިއެވެ. އެފަދަ ވަގުތެއްގައި އޭނާއަށް ގުޅާނެ މީހަކު ނުހުންނާނެކަން ޔަގީނާ ގާތަށް ނުހައިކްއަށް އެނގެއެވެ. ސްކްރީނަށް އަރައިފައިވި ނުދަންނަ ނަމްބަރުފެނި ފަރުވާކުޑަ ގޮތަކަށް އަލުން ފޯނު މޭޒުމަތީގައި ބާއްވައިލިއެވެ.

ތަކުރާރުކޮށް އެނަމްބަރުން ގުޅަންފެށުމުން ބޮލަށް އުނދަގޫވެ އެންމެފަހުން ނުހައިކް ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން ހަލޯއޭ ބުނެލިއެވެ. އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވިއެވެ.

އެކޮޅުން ވާހަކަދެއްކި މީހަކު ބުނި އެެއްޗަކުން ދެލޯބޮޑުކޮށްލަމުން އިންތަނުން ފުންމައިގެން ނުހައިކްއަށް ތެދުވެވުނެވެ. އޭރު ކަންބޮޑުވުމާއި ހާސްކަން އެމޫނުމަތިން ފައުޅުވަމުންދިޔައެވެ.

"އާދޭސްކުރަން.. އަހަރެންގެ މަންމައަށް ދެރަގޮތެއް ނުހަދާތި.. ކަލޭމެންބުނި ކޮންމެ ކަމެއް އަހަރެން ކޮށްފާނަން.. އަހަރެންގެ މަންމަ ދޫކޮށްލާ.." ހާސްވެގެންގޮސް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނުހައިކްއަށް އިހުސާސުނުވެއެވެ. ހުއްޓުމެއްނެތި އެމީހެއްގެ ކިބައިން އެދެމުންދިޔައީ ސާރާއަށް ދެރަގޮތެއް ނުހެދުމަށެވެ.

"ކަލޭގެ މަންމަ ސަލާމަތްވާނެ އޮތީ އެންމެ ގޮތެއް... އަހަރެން މިބުނާ ގޮތަކަށް ކަންތައްކުރޭ.. ތިއޮފީހުގެ ކުރިމަތީގައި އޮންނާނެ ކަޅު ކުލައިގެ ކާރެއް.. އެޔަށް އަރާ.. އޭރަށް އަހަރެން މިހުރި ހިސާބަކަށް ކަލޭ ގެނެސްދޭނެ.. ހަނދާންކުރާތި.. މިއިން އެއްވެސްކަމެއް ޕޮލިހަށް އަންގައިފިނަމަ ނުރައްކާވާނީ ހަމަ ކަލޭގެ މަންމައަށް.. ކަލޭގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާނެ މީހުން އެބަތިބި.. އެހެންވީމަ ކަމެއްކުރުމުގެ ކުރިން ރަނގަޅަށް ވިސްނާތި.. އަވަސްކުރޭ.. އަހަރެންގެ އަތުގަ އެހައި ގިނަ ވަގުތެއްނެތް.." އެކޮޅުން އިވެމުންދިޔަ ބަރު އަޑުގެ ވެރިޔާ އިންޒާރެއް ދޭފަދައިން ބުނެލިއެވެ.

ނުހައިކްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެމީހަކު އޭނާގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްބާވައެވެ؟ އޭނާއާއި އޭނާގެ މަންމައަކީވެސް އެއްވެސް މީހަކާއި ދުޝްމިންކަމެއް އޮންނަ ބައެއްނޫނެވެ. ދެން އެވަރުގެ ކަމެއް ކުރާނެ މީހަކާއި ކުރަންވީ ސަބަބެއްވެސް ނުހައިކް އަކަށް ނުވިސްނުނެވެ.

މޭޒުމަތީގަައި ހުރި އެއްޗެއް އެހުރިގޮތަކަށް ބެހެއްޓުމަށްފަހު އަވަސްއަރުވައިލައިފައި ނުހައިކް އޮފީހުން ނުކުތުމަށް ދުއްވައިގަތެވެ. ހާސްވެކަންބޮޑުވެފައި ހުރިވަރުން އެއްވެސް އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނެއެވެ. ހިތްނެގިނެގިފައި ޖެހެމުންދިޔައިރު ސާރާގެ ސަލާމަތަށްއެދި ތަކުރާރުކޮށް އޭނާއަށް ދުޢާކުރެވެމުންދިޔައެވެ. އޮފީހުން ނުކުމެ ރަނގަޅަށް ދޮރު ތަޅުލުމަށްފަހު ހަލުވި ހިނގުމެއްގައި ނުހައިކް އައިސް މަގުމައްޗަށްވާގޮތަށް ހުއްޓިލިއެވެ. އޭރު އެމަގުގެ އަނެއްފަރާތުގައި ކަޅުކުލައިގެ ކާރެއް ޕާރކްކޮށްލައިފައި އޮތެވެ. މޫނުމަތީގައިވި ދާތިކިތަށް އަތުން ފުހެލަމުން ނުހައިކް އެކާރާއި ދިމާއަށް ހިނގައިގަތެވެ. އޭނާއަށް އެހިސާބަށް ނާދެވެނީސް ކާރުން މީހަކުފައިބައި ކާރުގެ ފަހަތު ސީޓު ދޮރު ހުޅުވައިލިއެވެ. ހިންދިރުވައިލަމުން ނުހައިކް ކާރަށް އައިސް އެރުމާއެކު އެމީހަކު ނުހައިކް އާއި ޖެހިގެން އަރައި ކަޅުފޮތިކޮޅަކުން ނުހައިކްގެ ދެލޯ ފޮރުވައިލިއެވެ. ހަރަކާތެއްވެސްކޮށްލަން ނުކެރިފައި ނުހައިކް އިނީ އޭނާއަށްކޮށްލެވޭ ކުޑަކުޑަކަމަކުންވެސް އޭނާގެ ލޯބިވާ މަންމަގެ ފުރާނައަށް ގެއްލުމެއްވެދާނޭ ހީވާތީއެވެ.

ލޯމަތީ ފޮތިކޮޅު ބަނދެލުމާއެކު ނުހައިކްއަށް ހިންދިރުވައިލެވުނެވެ. ވާންމިއުޅެނީ ކިހިނެއްނޭނގި އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ގޮނޑީގައި ހަމަޖެހިލުމާއެކު ކާރު ދުއްވައިލިކަމުގެ އިހުސާސު އޭނާއަށް ކުރެވުނެވެ. ކެތްތެރިކަމެއްނެތި ވަގުތު ގުނައިލަ ގުނައިލައި ނުހައިކްއަށް އިނދެވުނެވެ.

ކާރުގެ ދުވެލި މަަޑުކޮށްލުމާއެކު މީހަކު އޭނާގެ އަތުގައި ހިފައި ކާރުން ފެއިބުމަށް އެހީވިއެވެ. ދެއަތްގެނެސް ފަހަތުން ހިފަހައްޓައިލަމުން ފަހަތުން ކޮށްޕަމުން ގެންގޮސް ތަނެއްގެ ތެރެއަށް ވެއްދިއެވެ. އެއްވެސްތަނެއް ނުފެންނާތީ އާދެވިފައިހުރީ ކޮންހިސާބެއްގެ ކޮންތަނަކަށް ކަމެއް ބުނެދޭކަށް ނުހައިކް އަކަށް ނޭނގެއެވެ.

ވަކި ހިސާބަކަށް އައުމަށްފަހު ނުހައިކްގެ ލޮލުގައި އައްސައިފައިވާ ފޮތިކޮޅު އެމީހަކު މޮހެލިއެވެ. ލޯތަޅުވައިލަމުން އުނދަގޫގޮތަކަށް ނުހައިކް ދެލޯހުޅުވައިލިއެވެ. ވަށައިގެން ނަޒަރު ހިންގައިލުމާއެކު އެއީ އަލަށް ހަދަން ފަށައިފައިވާ ކޮންމެވެސް އިމާރާތެއްކަން އޭނާއަށް އެނގުނެވެ. މަސައްކަތުގެ އެކިއެކި ސާމާނު އެކިދިމާލުގައި ބަހައްޓައިފައި ހުއްޓެވެ. މުޅިތަނަށްވެސް ފެތުރިފައިވީ ފަނޑުފަނޑު އަލިކަމެކެވެ.

ހުއްޓުންއަރައިފައިހުރި ނުހައިކްގެ ދެއަތްގެނެސް ފުރަގަހަށްލަމުން އެމީހަކު އަނެއްކާވެސް ނުހައިކް ކޮށްޕަމުން ކުރިއަަށްގެންދަން ފެށިއެވެ. އެމީހެއްގެ ގާތުގައި ވައަތް ފަރާތަށް ވާގޮތަށް އެހެން މީހަކުވެސް ހުއްޓެވެ. ހަނި ގޯޅިގަނޑެއްގެ ތެރެއިން ގެންގޮސް ބިއްދޮށުގައި ހުރި ކޮޓަރިގަނޑެއްކަހަލަ ތަނަކަށް އެމީހުން ވަނެވެ. މުޅި އެތަނުގައިވެސްވީ އެހެންދިމަދިމާލެކޭ އެއްފަދައިން ފަނޑު އަލިކަމެކެވެ.

ކޮޓަރީގެ މެދެއްހައި ހިސާބުގައި ބޮޑު ގޮނޑިއެއްގައި އިނށީދެއިން މީހާ ނުހައިކްގެ ލޮލުގައި އަޅައިގަތެވެ. އޭގެ ތަންކޮޅެއް ފަހަތުގައި ހުރި ގޮނޑިއެއްގައި ބަނދެފައިއިން ސާރާއަށް ނުހައިކްގެ ދެލޯހުއްޓުމާއެކު އޭނާއަށް އެދިމާއަށް ދެވެން އުޅުނެވެ. ސާރާގެ ދެލޯކުޑަކޮށް ހުޅުވިފައިވުމުން އެތަނުގައި ހިނގަމުންދިޔަ ކަންތައްތައް އޭނާއަށް ކޮންމެވެސް ވަރަކަށް ފެންނަމުންދިޔައެވެ. އަނގަމަތީގައިވެސް ބޮޑު ފޮތިގަނޑެއް އައްސައިފައިހުރިއިރު އޭނޭ ގާތުގައި ދެފަރާތުގައި ދެފިރިހެނުން ހުއްޓިތިއްބެވެ. ރޮއެރޮއެ ދެލޯ ދުޅަވެފައިވުމުން ދެލޮލުގައިވެސް ރިއްސަމުންދިޔައީ އޭނާއަށް ކެތްނުވާވަރަށެވެ.

ނުހައިކްގެ ފަހަތުގައިހުރި މީހާ އޭނާގެ ބުރަކަށީގައި އަޅައި ކޮށްޕައިލުމާއެކު އެދިޔަބާރުމިނުގައި އޭނާގޮސް ޖެހުނީ ގޮނޑީގައި އިނށީދެއިން ފިރިހެންމީހާގެ ފައިބުޑަށެވެ. އެއާއެކު އެތަނުގައި އެމީހެއްގެ މަލާމާތުގެ ހުނުމުގެ އަޑު ގުގުމައިގެންދިޔައެވެ. އެމަންޒަރުފެނި ސާރާއަށް ވޭނުންފުރިގެންވާފަދަ ގޮތަކަށް ދެލޯމަރައި ބާރުކޮށްލެވުނެވެ.

"ނުހައިކް.." އިސްޖެހިފައިއިން ނުހައިކްގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލަމުން އެމީހަކު ގޮވައިލިއެވެ. ނިތަށް ރޫއަރުވައިލަމުން ނުހައިކް އޭނާގެ އަތް ފޮޅުވައިލިއެވެ.

"ތިހާ ގަދަ ބާރުދައްކަން މިތާނގައި ނޫޅެއްޗޭ.. ހަމަ ގެއްލުންވާނީ ކަލެއަށް.." ޗުސް ތަޅައިލަމުން އޭނާ ބުނެލިއެވެ.

"ކަލޭ ތީ ކާކު؟ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟" އެއިންގޮތަށް އިނދެ ނުހައިކް އަހައިލިއެވެ. އެއާއެކު އެމީހެއްގެ ބާރު ހުނުމުގެ އަޑު އިވިގެންދިޔައެވެ.

"އަހަރެން ބޭނުންވާ ކަންތައް ވަރަށް ސާފު.. އިތުރަށް ވާހަކަ ދިގުކުރާކަށް އަހަރެން ނެތިން.. އަހަރެން ބޭނުންވަނީ ކަލެއާ ޝަޔަމްއާ ދެމެދު އޮތް ލޯބީގެ ގުޅުން މިހާރުން މިހާރަށް ކަނޑައިލަން.. ކަލެއާ ޝަޔަމް ދުރުވާން.." ނިތްއަރުވައިލަމުން ސާފު އިނގިރޭސިބަހުން އެމީހަކު ބުނެލިއެވެ. ހައިބަވަންތަކަން އޭނާގެ ކިބައިން ފައުޅުވަމުންދިޔައެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު ހައިރާންވެފައި ނުހައިކްއަށް އިނދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ވަށައިލި ގަދަ ރުޅިވެރިކަމާއަކު ކަޅިއަޅައިލަމުން އިންތަނުން ތެދުވަން ނުހައިކް އުޅެގަތެވެ. ވަގުތުން އޭނާގެ ގާތުގައިހުރި މީހާ ނުހައިކްގެ ކޮނޑުގައިހިފައި ތިރިއަށް ކޮށްޕައިލިއެވެ. އަނގަވަތަށް ނުހައިކް ޖެހުމާއެކު އަނެއްކާވެސް އެމީހަކު ހީގަތެވެ.

"ތިހާ ފަސޭހައިން މިތަނުން ސަލާމަތެއް ނުވެވޭނެ.." ހިނިއައިސްފައި އެމީހަކު ވާހަކަދެއްކިއެވެ.

"ކަލޭތީ ކާކުހޭ؟ އަހަރެންނާ ޝަޔަމް ދުރުކުރުވަން ކަލެއަށް އޮތީ ކޮންހައްގެއް..؟" ދަތްކުނޑިވިކައިލަމުން ނުހައިކް ހަޅޭއްލަވައިގަތެވެ. ނުހައިކްގެ ރާގުން އެމީހެއްގެ މޫނުމައްޗަަށްވެސް ރުޅިވެރިކަން ވެރިވެގެންދިޔައެވެ. ނުހައިކްގެ އަނގައިގައި ހިފައި އޭނާ ބާރަށް ފިތައިލިއެވެ.

"އަހަރެންގެ ނަމަކީ އަޒްހަރު.. ޝަޔަމް އެއީ އަހަރެންގެ ދަރިއެއް.. ޝަޔަމް.. އަޒްހަރު.. އެނގިއްޖެތަ؟ އަހަރެންގެ ދަރިއެއްގެ މައްޗަށް ބަސްކިޔަން އަހަރެންނަށްއޮތީ ކޮންހައްގެއްހޭ އަހަން ކަލޭތީ ކާކުތަ؟ މޮޔަ ކުއްޖާގަނޑު.. ދެންވެސް އަހަރެންގެ އަތްދަށުން ކަލެއާ ކަލޭގެ އެހުރި މަންމަގަނޑު ސަލާމަތްކުރަން ބޭނުންވަންޏާ އަހަރެން މިބުނާގޮތަކަށް ކަންތައްކުރޭ.." އަޒްހަރުގެ ބާރު އަޑު ގުގުމައިގެންދިޔައިރު އިވުނު ވާހަކަތަކުން ބުނާނެ އެއްޗެއް ނުވިސްނި ގަނޑުވެފައި ނުހައިކްއަށް އިނދެވުނީއެވެ. ނުހައިކްގެ މޫނު ފަރާތަކަށް އަނބުރައިލަމުން އަޒްހަރު އޭނާގެ އަނގައިން ދޫކޮށްލިއެވެ. އަޒްހަރު ފިތައިލި ހިސާބަށް ވީތަދާއެކު ނުހައިކްއަށް އެތަނުގައި އަތުން ފިރުމައިލެވުނެވެ.

(ނުނިމޭ)

    Please log in or register to bookmark.
    6k

    7 ޚިޔާލު

    1. ވަރަށް ވަރަށް ވަރަށް ރީތި! މާޝާ ﷲ 💞💖💝💕 ދިސް ޓައިމް ވެސް އަ ގެސް އިޓް ކަރެކްޓް ދޯ!! ރީން ބުނީމެއްނު އަޒްހަރް އަންނާނީ ރާއްޖެއަށޭ 😊😟 އައި ހޭޓް ދެޓް އަޒުހަރު 😠😡😈 ނުހައިކް އެން ސާރާއަށް ދެރަ ގޮތެއް ނަހަދައްޗޭ *ޕްލީޒް* އަދި ޝަޔަމް ވެސް ވަރަށް ދެރަވާނެ ދޯ ނުހައިކް އެ ގުޅުން ކަނޑާލައިފިއްޔާ 😭😭🙇 މިބައިގައި ޒާން އެން ލަމް ގެ ބައެއް ނާދޭ ދޯ!! 😊 އަމްމް ކީއްވެ މިބައި ލަސްވީ 😊 އައިމީން ބުނީމެއްނު ދެން ބިޒީ ނޫނިއްޔާ ކޮންމެ ދުވަހަކު އަޕްކުރާނަމޭ 😊💖 އެން އެހެން ބުނީމަ އެކަންތައް ނެގެޓިވް ކޮށް ނުނަގައްޗޭ 😢😟 އަސްލު ސިސް ދެކެ ރުޅިއައިސްގެންނެއް ނޫން އިނގޭ 😊☺ ހަމަ އަހާލީ 😊😁 ވެރީ ކިޔުރިއަސް ފޯ ނެކްސްޓް ޕާޓް 😊💖💜 ލަވް ޔޫ ސޯ ސޯ މަޗް ސްވީޓީ 💝💕💞💖 އެން ސްޓޭ ސޭފް އެން ޓޭކް ކެއަރ ޑިއަރ 😉😙💞💖

      19
      • ހެހެ ޔާ ދޯ.. ރީން ހަމަ ގެސް ކުރީ ރަނގަޅަށް.. ހަހަ.. ތެންކްސް އަލޮޓް ޑިއަރ.. އިންޝާ ﷲ ދެން އިންބައިގަ ލަމް އެންޑް ޒާންގެ ބައެއް އަންނާނެ އިނގޭ.. އެންޑް އިޓްސް އޯކޭ.. އެއްވެސް ކޮމެންޓެއް ނެގަޓިވްކޮށް ނުނަގަން.. ހެހެ.. އަސްލު ކުޑަކަމެއްގަ އުޅެން ޖެހުނީމަ ލަސްވީ އިނގޭ.. މިއަދުގެ ބައި މިހާރު އިންނާނީ ސަބްމިޓް ކޮށްލާފަ.. ސޯ އިންޝާ ﷲ މިއަދު އަޕްވާނެ އިނގޭ.. އަގެއިން ތެންކްސް އަލޮޓް ފޯ ޔުއަރ ސަޕޯޓް އެންޑް ލަވް.. ލަވް ޔޫ ސޯ މަޗް ޑިއަރ.. ޓޭކް ވެރީ ގުޑް ކެއަރ.. 🥰😘❤

    2. ވާވް.....އައި ޖަސްޓް ލަވް ޔޫ.......... ވެރީ ކިޔުރިއަސް ފޯ ނެކްސްޓް ޕާޓް............ އެންމެ އިންތިޒާރު ކުރެވޭ ވާހަކަ.......ހީވަނީ ހަމަ ވާހަކައިގެ ތެރޭ އުޅެވޭހެން...... ލިޔުންތެރިޔާ ހަމަ ވަރަށް މޮޅު.........

      2
      1
    3. ލަމް ބަނޑު ބޮޑު ކަމަށް ބުނާ ޕާޓް ކިޔަން ބޭނުން

    ޚިޔާލު

    Your email address will not be published. Required fields are marked *