އާއެކެވެ. މިއީ ތެދު ޙަޤީޤަތެވެ. މިއީ ބޮޑު ބަގީޗާއެކެވެ. އަދި މިއީ އަސްލު ކޮކާލެކެވެ. ކޮކާ ބޮޑުކަމުން އަހަރެންގެ އަތްތިލަ ވަރުވެއެވެ. ހައިރާންކަމާއި އެކު ހިނގަމުން ދިޔައީމެވެ. ބަގީޗާ ތެރޭގައި ބައިވަރު ކޮކާ އުދުހެމުން ދިޔައެވެ. ނަމަވެސް އަހަރެން ހައިރާންވި ކަމަކަށް ވީ ބަގީޗާގެ އެއްފަޅި ހަލާކުވެ އަނދައިފައި ވުމުންނެވެ. އަހަރެން އެތާނގައި މަޑުކުރުމުގެ ބަދަލުގައި ދުއްވައިގަތީމެވެ. އަހަރެންނަށް ނިކުމެވުނީ އަތިރިމައްޗަށެވެ. އަހަރެން ގެއަށް އައިސް ވަން އިރު މަންމަ އިނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އަހަރެން މަންމަ ގާތަށް ދިޔައީމެވެ. ވީކިހިނެއް ތޯ އަހާލުމަށެވެ. ރަނގަޅަށް ނުދެވެނީސް މަންމަ އަހަރެން ގައިގައި އޮޅުލައި ގަތެވެ.
" މަންމާ ކިހިނެއް ވީ" މަންމަ އުޅޭގޮތުން ހައިރާންވެ ހުރެ އަހަރެން ސުވާލު ކޮށްލީމެވެ. " މިދިޔަ ހަފްތާ ދަރިފުޅު ގެއްލުމުން އިއްޔެ ފުލުހުން އުންމީދު ކަނޑާލީ. ދަރިފުޅު ކޮންތާކަށް ދިޔައީ " އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަނގަހުޅުވާލެވުނެވެ. " ގެ ގެއް ގެއްލުނިއްޔޭ. އެއް ހަފް ހަފްތާއޭ. މިއަދު ޝަކުވާ ކުރީ މެންނު ކިރުސައި ދިނީމަ " އަހަރެންނަށް ވާހަކަ ދެއްކުނީ ކޮށިއަރާއިގެން އުޅޭ ކަހަލަ ގޮތަކަށެވެ. އަނެއްކާ އެ ބަގީޗާގައި ހުއްޓަ އެއް ހަފުތާ ވީ ކިހިނެއް ބާ އެވެ. މުޅި އެދުވަހު އަހަރެން ހުރީ ބޯ ގޮވައިފައެވެ. ބައްޕަ ވެސް އައިސް އަހަރެން ނުގެއްލެ ދޯވޭ ކިޔައިގެން އުޅޭތީ އަވަހަށް ނިދަން ވަނީމެވެ.
އަހަރެން ހެދުން ބަދަލު ކުރަނިކޮށް އެއްޗެއް ފާހަގަ ވިއެވެ. ހެދުން ހިއްލާލި ތަނާހެން އަހަރެންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެންމެން އައިސް ދޮރުގައި ތަޅަން ފެށިއެވެ. ކުރަތްޕެއް ފެނުނީ އޭ ކިޔާ ފޮނުވާލައިފައި ނިދާހެދުން ލީމެވެ. އަހަރެން ރަނގަޅަށް އެއަށް ބަލައިލީމެވެ. އެއީ ކޮކާލެކެވެ. އެ ކޮކާ އަހަރެންގެ އަތްތިލަ އަށް ވުރެ ބޮޑެވެ. އޭތި އޮތީ ޒަޚަމް ވެފައެވެ. ކޮކާލުގެ ފިޔަގަނޑުގައި ވަރަށް ރީތި ފަރުމާއެއް ކުރެހިފައި ވެއެވެ. އަހަރެން ފަތެއް ކޮކާ ކައިރީ ބޭއްވީމެވެ. ކޮކާ އެކާކަށް ނޫޅުނެވެ. މުށީގައި އިންދައިފައި ހުރި މާގަސްތަކުން ތާޒާ މަލެއް ބިނދެލައިފައި އެމާ ކޮކާ ކައިރީ ބޭއްވީމެވެ. ކޮކާ އެމަލުން ފޮނިބޯކަށް ނޫޅުނެވެ. އެހެންކަމުން ކައިރީގައި މާ ބާއްވައިފައި އަހަރެން އޮށޯތީ ނިދާށެވެ. އިރުގަނޑެއް ފަހުން ކޮކާލަށް ބަލަން އޮއްވާ އަހަރެންނަށް ނިދުނެވެ.
" ޓިއް ޓޮއް " އަހަރެންނަށް ހޭލެވުނީ އެލާމު ވާއަޑަށެވެ. އެލާމު ނިއްވާ ލައިފައި ފާޚާނާއަށް ވަދެ ފެންވަރައިގެން ނިކުމެ ނަމާދުކޮށްލީމެވެ. މުސައްލަ އޮޅާލައިފައި އަލަމާރިއަށް ލުމަށްފަހު ކޮކާ ކައިރިއަށް ދިޔައިރު ވެސް ކޮކާ އޮތް ގޮތަށް ގުޑި ވެސް ނުލައި އޮތެވެ.
އަހަރެން ބަދިގެއަށް ގޮސް އައީ ބަނަހެއް ހިފައިގެންނެވެ. ކޮކާ އަށް ބަލަމުން ބަނަސް ކާން ފެށީމެވެ. އަހަރެން ކަމުން ދަނިކޮށް ބަނަސް ކޮޅެއް ކޮކާ ކައިރިއަށް ވެއްޓުނެވެ. ކޮކާ ވަރަށް އުނދަގުލުން ބަނަސް ކޮޅު ކައިލިއެވެ. އަހަރެން ބާކީ ބަނަސް ކޮޅު އެއްކޮށް ބޭއްވީމެވެ. ކޮކާ ބަނަސް ކަމުން ގޮސް އެއްކޮށް ކެއެވެ. އަހަރެން ބަގީޗާއިން މަލެއް ގެނެސް ކޮކާ ކައިރީ ބޭއްވީމެވެ. ކޮކާ މަލަށް ތުންގަނޑު ކޮށްޕާލިއެވެ. މަލުން ފޮނި ބޮއެފައި ތުންގަނޑު ނެރެލިއެވެ. ކޮކާ ބާއްވާފައި އަހަރެން ބަދިގެއަށް ވަނީމެވެ.
" ސަމާ މިއަދު މާމަ ގެއަށް ދާނަން ތަ " މަންމަ ބަދިގެއަށް ވަނުމާ އެކު ބުންޏެވެ. އަހަރެން ކޮކާ އާއި މެދު ވިސްނާ ލީމެވެ. " މިއަންނަ ހަފުތާ ދާންވީނުން " އަހަރެން ބުނީމެވެ. މިއަދު ހުރީ މައިލޯ ތައްޓެކެވެ. އަހަރެން މީރުކޮށް މައިލޯ ތަށި ބޯލައިފައި ނުކުތް އިރު މަންމަ ކުނިކަހަން އުޅެއެވެ. އަހަރެން ބަގީޗާއަށް ފެންދޭން ފެށީމެވެ.
ބަގީޗާ ސާފު ކޮށް ލައިފައި އަހަރެން ވަނީ ކޮޓަރިއަށެވެ. މިދިޔަ އުފަންދުވަހު އަހަރެންނަށް ދިން ކޮކާ ގެ ނަގައިފައި އެއަށް ކޮކާ ލީމެވެ. ބައްޕަ އެ ބޮޑުކޮށް ހަދައިފައި ވުމުން އަހަރެން އެހެން ކޮކާއެއް އެގެއަކަށް ނުލަމެވެ. އަހަރެން ބަގީޗާއަށް ނިކުތީމެވެ. މާތަކަށް ބަލަބަލައިފައި އަހަރެން ބޮޑު ތިން މާ ބިނދެލީމެވެ. މާތަށް ހިފައިގެން އަހަރެން ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ތަޅުލައިފައި ކޮކާ ގެ ކައިރިއަށް ގޮސް އިށީނީމެވެ. އޭގެ ތެރެއަށް ތިން މާ ލައިފައި އަހަރެން ދުރަށް ގޮސް ބަލަން ހުރީމެވެ. ކޮކާ އޭގެން މަލަކަށް ތުންގަނޑު ކޮށްޕާލިއެވެ. އެގޮތަށް ހުރިހާ މަލެއްގެ ފޮނި ބޯލައިފައި އޮށޯތެވެ. ނިދަން ނޫނީ އަރާމު ކުރަން ތޯއްޗެވެ.
އަހަރެން ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ހިފާލި އަޑު އިވުމުންނެވެ.
-ނުނިމޭ-
ތިން ވަނަ ބަޔަށް އިންތިޒާރު ކޮށްލާ ☺️
ވަރަށް ރީތި 🥀
ޝުކުރިއްޔާ
ވަރަށް ސަޅި ވާހަކައެއް💓💞💖
ޝުކުރިއްޔާ
ވަރަށް ރީތި ☺️
ޝުކުރިއްޔާ
ވަރަށް ރީތި އެކަމް ތަންކޮޅެއް ކުރީ
ވަރަށް ރީތި ހަމަ މިބައި ވެސް. ❤️❤️ ކީޕް އިޓް އަޕް 👍🏻👍🏻👏🏻👏🏻
ވަރަށް ބޮޑަށް ޝުކުރިއްޔާ ލަައުރާ
އޯކޭ
، 😍😍😍😍😍😍
ވަރަށް ރީތި ވާހަކައެއް މީ
ވަރަށް ރީތި ވާހަކައެއް މީ. ވަރަށް ރީތި.