ހިސާބަކަށް ހިނގުމަށްފަހު މަލަކް މަޑުކޮއްލައިގެން ހުރީ ޒާޔާމެން އަންނަތަން ފެނިގެންނެވެ."ކަމޯން މޭން..ކޯއްޗެއްތަ މާވަރަކަށް ތި ބަލަނީ؟ ރީތިވީތަ އެހެރަ ކުއްޖާ؟މަލަކް މާވަރަކަށް ޝާނުމެން ތިބި ދިމާލަށް ބަލާތީ ޝިފާ ދިމާކޮށްލިއެވެ."ޒާ އާ ޝިފްޓީއެއްނުންތަ އެދަމާލަށް ބަލާނީ..ދޯ ޔައްލު..އެނީވޭސް ޑާންސް ވަރަށް ރީތި.."މަލަކް މަސައްކަތް ކުރީ އެވާހަކަ އޮޅުވާލާށެވެ.ޝިފާ އަކީ އަނގަ ގަދަ، މީހުންނާ ދިމާކުރުން ފޯރި ހުންނަ ކުއްޖެކެވެ.. ނަމަވެސް އޭނާގެ ބަދަލެއްނުވާ ހިތްހެޔޮކަމަށް އެންމެންވެސް ތައުރީފު ކުރެއެވެ.. މަލަކްގެ ރައްޓެހިންގެ ތެރެއިން އެންމެ ދުވަސްވި ޒާޔާއެވެ.ދެން ޝިފާއެވެ.ޔަނާލް އަކީ ވެސް ވަރަށް ގާތް ރަހްމަތްތެރިއެކެވެ.ނަމަވެސް ޔަނާލްގެ ދިރިއުޅުމުގެ ކަންކަން އެހެން މީހަކާ ހިއްސާ ނުކުރާތީ ތިން މީހުންގެ ތެރެއިން އެންމެ ތަފާތީ ޒާޔާއެވެ.ތިން މީހުންގެ ތެރެއިން މަލަކް އަށް އެންމެ ހާއްސައީ ޒާޔާއެވެ.އެދެމީހުންގެ ދެމެދުގައި އުފެދިފައިވާ ގުޅުމަކީ ޒަމާންވީ ،ވަރަށް ގާތް ގުޅުމެކެވެ.ޝާނު އަކީ ޒާޔާގެ ބޯއީ ފްރެންޑް އެވެ.އަދި ލިޔާހު އަކީ ޝިފާގެ ބޯއީ ފްރެންޑް އެވެ.ގްރޫޕްގައި ހުސްކޮށް ތިބީ މަލަކް އާއި ޔަނާލްއެވެ."ހިނގާ އެންމެން ކެފޭއަށް ދާން.. ކޮންމެވެސް އެއްޗެއް ނަގައިގެން ޖެޓީއަށް ދާނީ.."ޒާޔާ ދިނީ ހިޔާލެކެވެ."އޭ އަސްލުވެސް..ނަށާފަ އައީމަ އަހަރެން ވެސް މިހިރީ ވަރަށް ވަރުބަލިވެފަ".. ޒާޔާ އާއި ޔަނާލްގެ ހިޔާލަށް 4 މީހުން މިސްރާބު ޖެހީ ކަންމަތީ ހުރި ކެފޭއަށެވެ.ޑްރިންކް އެއް ނަގައިގެން އެންމެން ހިނގައިގަތީ ޖެޓީ އަށް ދާށެވެ.ދިޔަ މަގުމަތީ އެންމެން މަޖާ ކޮށް ސަކަރާތް ޖަހަމުން ދިޔައެވެ.ނަމަވެސް މަލަކް އަށް ހުރެވުނީ މިރޭ ލިޔާހު މެންނާ އެކު ފެނުނު ކުއްޖާގެ ހިޔާލުގައެވެ." އޭ ޒާ މީނައަށް މިރޭ ކިހިނެެއްތަ ވެފަ މިހުންނަނީ..؟އަބަދުވެސް ކޮންމެސް ހިޔާލަކަށް ގެއްލިފަ.އަންގާލަބަލަ ދޯއަހަރުމެންނަަށްވެސް.."މިފަަރުވެސް ޝިފާ ދިމާކޮށްލީ މަލަކްއާއެވެ.އެއާއެކު މަލަކް ފުރުސަތުގެ ބޭނުން ހިފާ، ލިޔާހު މެންނާ އެކީ އައިސްގެން އުޅެނީ ކާކުތޯ ސުވާލުކުރިއެވެ.ޝިފާގެ ޖަވާބުވީ މަލަކްގެ ހިތް ބޭނުންވިފަދަ ޖަވާބަކަށެވެ.މަލަކްގެ ތުންފަތުގައިވި ހިނިތުންވުން ފިލައި ނުގޮސް ހުއްޓެވެ..
(ނުނިމޭ)

މީ މިހާރު އާ ވާހަކައެއްތަ؟ ކޮބާ ކުރިން ލިޔަން ފެށި ވާހަކަ؟؟؟ ކޮންމެސް ޖުނާ އަކާއި މާޝާ އެއް އުޅޭ ވާހަކައެއް......؟؟؟😒😒🙄🙄
ކުރިން ލިޔުނު ވާހަކަ އަކީ އަޅުގަނޑުގެ ވާހަކައެއް ނޫން.. މީ އާ ވާހަކަ އެއް 🖤
މީ މިހާރު އާ ވާހަކައެއްތަ؟ ކޮބާ ކުރިން ލިޔަން ފެށި ވާހަކަ؟؟؟ ކޮންމެސް ޖުނާ އަކާއި މާޝާ އެއް އުޅޭ ވާހަކައެއް......؟؟؟😒😒🙄🙄 އެކަތި ނިންމާފަ އަނެކަތި ލިޔެބަލަ
އެއީ އަޅުގަނޑުގެ ވާހަކަ އެއް ނޫން.. މީ އާ ވާހަކަ އެއް..🤍
ވަރަށް ރީތި ވާހަކަ އެއް
އަޅުގަނޑުގެ ވާހަކަތައް ކިޔާނެ ކަމައް އުންމީދުކުރަން.
ލައްބަ އިންޝާﷲ...ޝުކްރަން🤍
އިންޝާﷲ، ޝުކްރަން 🖤
މީ މިހާރު އާ ވާހަކައެއްތަ؟ ކޮބާ ކުރިން ލިޔަން ފެށި ވާހަކަ؟؟؟ ކޮންމެސް ޖުނާ އަކާއި މާޝާ އެއް އުޅޭ ވާހަކައެއް……؟؟؟އެއް ވާހަކަ ނިންމާފަ އެހެން ވާހަކައެއް ކިއުނު ނަމަ ރަނގަޅު ކަންނޭނގެ🙄😪😑🙄