ތިޔަ ލޯބީގައި - 27

ދުވަހަކުވެސް އަޒްހަރުގެ ކިބައިން ރުޅިވެރިކަން ދެކިފައިނުވާ ޝަޔަމްއަށް އަޒްހަރު ގޮވައިލިގޮތުން ބިރުގަނެފައި ފަހަތަަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭރު އެމޫނުމަތިން ފައުޅުވަމުންދިޔައީ ހައިރާންކަމެވެ. އޭނާފެނި އަޒްހަރު އެހައި ރުޅިއަންނަންޖެހުނު ސަބަބެއް ޝަޔަމްއަކަަށް ނުވިސްނުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔަ ޝަޔަމް އަޒްހަރުގެ ނަޒަރުން ޖެހިލުންވެފައިހުރެ ހިންދިރުވައިލިއެވެ.

"ބައްޕާ.." ބިރުގަނެފައި ހުރިވަރުން ޝަޔަމްގެ އަޑު ނުކުތީ ކިރިޔާއެވެ.

"ޗި.. ކޮންވައްތަރަކަށްތަ ހެދުން އަޅާފަ ތިހުރީ؟ ބަލާބަލަ މީހާ ޖަހާވައްތަރު.." ރުޅިގަނޑު ކޮންޓްރޯލް ކުރުންވީ އަޒްހަރަށް އުނދަގޫކަމަކަށެވެ. ހިތްހަމަނުޖެހިފައި އޭނާ ޝަޔަމް އާއި ދިމާއަށް އައެވެ.

"މިގޮތަށް ހެދުން އެޅީމަ ކިހިނެއްތަވީ ބައްޕާ؟ މީއެއްނު ހަގީގަތުގަ އަހަރެމެން މުސްލިމު އަންހެނުން ހެދުންއަޅަން ޖެހޭނެ ގޮތަކީ.." ޖެހިލުންވިއެއްކަމަކު މިފަހަރު ހިތްވަރުކޮށްފައި އަމިއްލަ ދިފާއުގައި ޝަޔަމް ވާހަކަދެއްކިއެވެ. އެދެމީހުނަށް ބަލަހައްޓައިގެން ބުނާނެ އެއްޗެއް ނުވިސްނިފައި ސައިނާ އަށް ހުރެވުނީއެވެ.

"ކީކޭ؟ މުސްލިމުންނޭ؟ އަހަރުމެން މީ މުސްލިމުންތަ؟ އެމީހުން އުޅޭ ގޮތަށްތަ އަހަރެމެން މިއުޅެނީ؟ ތި ދީނެއް ގަބޫލުކުރާނަމަ އަހަރެމެން އެންމެ ކުޑަ ދުވަހުންސުރެ ކަލޭ ބަލައިބޮޑުކުރާނީ އެދީނުގަ އޮންނަ ކަންކަން ކިޔައިދީ ދަސްކޮށްދީގެންނު.. އެކަމަކު ދުވަހަކުވެސް އެފަދަ ތަރުބިއްޔަތެއް އަހަރެމެން ކަލެއަށް ދިނިންތަ؟ ބަލާބަލަ ކަލޭގެ އެހުރި މަންމައަށް.. އޭނަ އެހުރީ ތިފާޑަށް ހެދުން އަޅާފަތަ؟ އޭނަ ދުވަހަކުވެސް ކަލެއަށް ތިފާޑަށް ހެދުންއަޅަން ދަސްކޮށްދިންތަ؟" ޝަޔަމްގެ ކުރިމައްޗަށް އައިސް ހުއްޓެމުން ދަތްކުނޑި ވިކައިލައިފައި އަޒްހަރު ބުނެލިއިރު އެދެލޮލުން އެކަނިވެސް އޭނާ ރުޅިގަދަވެފައިހުރި މިންވަރު ހާމަވަމުންދިޔައެވެ. އަޒްހަރުގެ ވާހަކަ ހުރިގޮތުން އަޖައިބުވީވަރުން ޝަޔަމްއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

"އަހަރެމެން މުސްލިމު އާއިލާއަކަށް ނިސްބަތްވިޔަސް ހަގީގަތަކީ ތިހުރިހައިކަމެއް އަހަރެމެން ގަބޫލުނުކުރާކަން.. އަޒްހަރު ބުނިހެން ގަބޫލުކުރާނަމަ ޝަޔަމް ބޮޑުވީހީވެސް އެގޮތުގަ.. އެކަމަކު.. އަހަރެމެންގެ އުޅުމުން ޝަޔަމްއަށް އެއިން އެއްވެސްކަމެއް ފެނޭތަ؟ ނުފެނެއެއްނު.. ދެން؟ އަހަރެންނަށް އަޒްހަރާ ދިމާވިކަން އެއީ އަހަރެންގެ ނަސީބު.. ކައިވެނި ނުކުރަނީސް އުޅެންޖެހުނު ގޮތުން އަހަރެންހުރީ ބޯގޮވާވަރުވެފަ.. މަންމަމެން ހިތްހަމަޖައްސަދެން ނަމާދުވެސް ކުރީ.. އަހަރެން ބޭނުންވެގެނެއްނޫން.. އެއްއިރަކުވެސް އެފާޑަށް އުޅޭކަށް އަހަރެން ބޭނުމެއްނުވޭ.." ދުރުގައިހުރި ސައިނާ ޝަޔަމްއަށް ބަލަންހުރެ ފޫހި ރާގަކަށް ބުނެެލިއިރު އެވާހަކަތައް އަޑުއިވިފައި ޝަޔަމްގެ ހިތަށް ތަދުވެލިއެވެ.

"އެކަމަކު މަންމާ.." ވާހަކަދެއްކުމަށް ޝަޔަމް މަސައްކަތްކުރިއެވެ. "ކޮން އެކަމަކު މިކަމަކެއްތަ؟ ހަމަ މިހާރު ތިބުރުގާ ބާލާ.." ރުޅިގަދަވެފައިހުރި އަޒްހަރަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭކަހަލައެވެ. ޝަޔަމް އަޅައިގެންހުރި ޝޯލްގައި ހިފައި އޭނާ ދަމައިގަތެވެ. އެއްއަރިއަކަށްދިޔަ ޝަޔަމްއަށް ގަބޫލުނުކުރެވިފައި އަޒްހަރަށް ގޮވައިލަމުން ރޮއެގަނެވުނެވެ. އަޒްހަރުގެ އެސިފައަކީ އެއްއިރެއްގައިވެސް ޝަޔަމް ދެކެފައިނުވާ ސިފައެއްކަމުން އޭނާގެ ހިތުގައި ނުހަނުބޮޑަށް ޖެހުނެވެ.

"ނޫން.. ނޫން.. އެކަކު ބުންޏަސް އަހަރެން ބުރުގާއެއް ނުނަގާނަން.. ޕްލީޒް ބައް..ޕާ.. އަހަ..ރެންނަށް ތިހެން.. ނުހަދާ.." މަޑުގިސްލުމެއްގެ އަޑު ޝަޔަމްގެ އަނގައިން ބޭރުވިއެވެ. ގެނައި ކުއްލި ހަރަކާތަކާއެކު އަޒްހަރު ދުރައްޖައްސާލަމުން ޝަޔަމް އޭނާ އާއި ދުރަށް ދެތިންފިޔަވަޅު އަޅައިލިއެވެ.

"ޝަޔަމްއަށް ތިބަދަލެއް އަންނަންޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނޭ.. އެކަމަކުވެސް އަހަރެންނަށް ޔަގީން.. ތިއީ ތިހިތާވެގެންއުޅޭ މީހާގެ ނުފޫޒުން ކޮށްގެންއުޅޭކަމެއްކަން.. ދޯ.." ޝަޔަމްއަށް ބަލަހައްޓައިގެންހުރި އަޒްހަރުގެ މޫނުމަތިން ފައުޅުވެގެންދިޔައީ ނުރައްކާތެރި އަސަރުތަކެކެވެ. އަޒްހަރުގެ ޖުމުލައިން ޝަޔަމް ސިހުނެވެ. ނުހައިކްގެ ވާހަކަ އޭނާއަދި އަޒްހަރާއި ސައިނާ ގާތުގައި ބުނެފައިނުވާއިރު އެކަން އެމީހުނަށް އެނގުނީ ކިހިނެއްހެއްޔެވެ؟ ޝަޔަމްގެ ދެލޮލުން އެހިތުގައި އުފެދުނު ސުވާލުތަށް އަޒްހަރު ދެނެގަތެވެ. މަލާމާތުގެ ހިނިތުންވުމެއް ވަގުތުން އެތުންފަތް މައްޗަށް ވެރިވިއެވެ.

"ޝަޔަމް ހީކުރީ ޝަޔަމް އުޅޭ ނޫޅޭހައިގޮތެއް އަހަރެމެން ނުބަލާނެކަމަށްތަ؟ ވިޔަފާރި ދަތުރޭ ކިޔާފަގޮސް ކުޅޭ ކުޅިގަނޑު ނިކަން ތާހިރެއްނު.. ލަދުން ބޯހަލާކުވާވަރުވޭ.. އެމީހަކީ ޝަޔަމްއާ އަޅާބަލައިރު ކާކުތަ؟ ކުޑަކޮށްވެސް ލަދެއްނުގަތްތަ އަމިއްލަ މީހާގެ ދަށުން މަސައްކަތްކުރާ އެފަދަ އާދައިގެ މީހަކަށް ހިތްކީއިރަކު؟" އަޒްހަރުގެ ވާހަކަތަކުގައިވެސްވީ މަލާމާތެވެ. އެވާހަކަތަކުން ނިތަށް ރޫއަރައިގެންދިޔަ ޝަޔަމްއަށް ދަތްކުނޑިވިކައިލެވުނެވެ.

"ލޯތްބަކީ ތިހުރިހައި ފަރަގުތަކެއް ދަންނަ އެއްޗެއްނޫން.. ނުހައިކްއަށްވުރެ ރަނގަޅު އެހެން މީހަކު ދުވަހަކުވެސް އަހަރެންނަކަށް ނުލިބޭނެ.." އަޒްހަރުގެ ބަސްމަގު ހުރިގޮތުން ޝަޔަމް ހިތްހަމަނުޖެހޭގޮތްވިއެވެ.

"ދަރިފުޅާ.. ބައްޕަ އެބުނަނީވެސް ދޮގުވާހަކައެއްނޫނެއްނު.. ދަރިފުޅުގެ އެކުވެރިން ގޮތުގަ ކޮންމެ ފަންތިއެއްގެ މީހަކު ހުއްޓަސް އަހަރެމެންނަށް ފަރުވާލެއްނެތް.. އެކަމަކު ދިރިއުޅުގެ ބައިވެރިއަކަށް ހޮވަންވާނީ ތިމާއާއި އެކަށީގެންވާ އެއްފަންތީގެ މީހެއް.." ސައިނާ މަސައްކަތްކުރީ ރީތިގޮތުގައި ޝަޔަމްއަށް ވިސްނައިދިނުމަށެވެ.

"ކީއްވެތަ މަންމަމެންނަށް ނުވިސްނެނީ..؟ ބައްޕައާ އަޅާބަލާއިރު މަންމައަކީވެސް އެއްވެސް މީހެއްނޫން.. މި މުއްސަނދިކަމާ މަންމަގެ އާއިލާގެ މުއްސަނދިކަމާ އަޅާވެސް ނުކިޔޭނެ.." އެހިތުގައިވި ތެދުވެރި ލޯބީގެ ހައްގުގައި ޝަޔަމް ހަނގުރާމަކުރަމުންދިޔަ ފަދައެވެ. ކުޑަތަންފުކެއްވެސް ދޫދޭކަށް އޭނާ ބޭނުމެއްނުވެއެވެ. އަޒްހަރާއި ސައިނާ އެދައްކަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއްކަން އޭނާގެ އަމިއްލަ ނަފުސަށް ވިސްނެއެވެ. އެހެނަސް އެކަން އެމީހުނަށް ވިސްނައިދޭނެގޮތެއް ޝަޔަމްއަކަށް ނޭނގުނެވެ.

"ހުއްޓާލާ.. ބަލަ ރާއްޖޭގެ ފެންވަރުގައި އެއާއިލާއަކީވެސް ހޮވައިލެވޭފަދަ މުއްސަނދި އާއިލާއެއް.. އެހެންވީމަ ކަލެއަށް ތިހެންބުނެވޭކަށް ނޯންނާނެ.. އިތުރު ބަހުސްތަކެއްކުރަން ހަދާނެކަމެއްނެތް.. އަހަރެމެން ތިގުޅުމަކަށްވެސް އަދި ޝަޔަމްގެ ތިބަދަލަކަށްވެސް ގަބޫލެއްނޫން.. ތިކަން ހުއްޓާލާ.. އަހަރެން އޮންނާނީ ޝަޔަމްގެ ކައިވެނިހަމަޖައްސާފަ.. އެހެންވީމަ އެދުވަހަކާ ޖެހެންދެން މައިތިރިވެގެންހުރޭ.." އަޒްހަރުގެ ރުޅިގަނޑު އިތުރަށް ކެކިގަތްކަހަލައެވެ. ޝަޔަމް އާއި ދިމާލަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން އޭނާ ބާރަށް ހަޅޭލަވައިގަތެވެ. އަލަށް އެގޭތެރެއިން ފެންނަމުންދިޔަ މި މަންޒަރުތަކުން ހައިރާންވެފައި ގޭގެ ނޯކަރުންވެސް ސިއްރު ސިއްރުން ބަލަން ތިއްބެވެ.

"ނޫން.. އަހަރެންގެ މިގޮތެއް ބަދަލެއް ނުކުރާނަން.. އަދި ނުހައިކް ނޫން އެއްވެސް މީހަކާ ނީންނާނަން.. ހެޔޮނުވާނެ ބައްޕާ.. ތިހެންކަންތައް ނުކުރޭ.. އާދޭސްކުރަން.." ޝަޔަމްގެ ހިތަށް ތަދުވެފައިވީ މިންވަރު އެދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ހެކިދެއެވެ. ރޮމުންދިޔައިރު އެއަޑުވެސްވަނީ ކުރެހިފައެވެ. ޝަޔަމްގެ ގިސްލުމުން އަޒްހަރުގެ ހިތަށް އެއްވެސް އަސަރެއްކުރިހެނެއް ހިއެއްނުވެއެވެ. އަނެއްފަރާތަށް މޫނު އަނބުރައިލަމުން ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލިއެވެ.

"މަންމަ އާއި ބައްޕަ ނުގަބޫލުވިޔަސް.. އިރާދަކުރެއްވިއްޔާ.. އަހަރެން.. ނުހައިކްއާއި ވަތްކެތްނުވާނަން.." ކަރުނައިން ފުސްވެފައިވި ދެލޮލުން އަޒްހަރާއި ސައިނާއަށް ބަލައިލަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ޝަޔަމް ދުއްވައިގަތެވެ. ފަހަރެއްގައިވެސް ވެދާނޭ ހީވެފައިނެތްކަމަކާއި ކުރިމަތިވުމުން އޭނާގެ ހިތަށްވަނީ ނުހަނު ފުން އަސަރެއްކޮށްފައެވެ. ލޯބިވާ މައިންބަފައިންގެ ދުލުން އިވިގެންދިޔަ ވިހަޖުމުލަތަކުން އެނާޒުކު ހިތް ޒަޚަމްކޮށްލައިފިއެވެ. ހިތުޖެހިފައި ޝަޔަމް ރޮމުންދިޔައިރު އަޒްހަރުގެ ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ.

"ހީވޭތަ ކަމެއްހެން.. ލޯބިން ބަލައި ބޮޑުކުރިއަސް މިމީހުންގެ ފަރާތުން އަހަރުންނަށްލިބޭ ރީތިނަމެއް ނޯވޭ.. ފެނިއްޖެތަ ސައިނާ.. ކަލޭގެ އަންހެންދަރީގެ އަސްލު ހަގީގީކުލަ އަދި ކިރިޔާ މިފައުޅުވާންފެށީ.. މިއަދު އަހަރުމެންނަކީ އޭނާއަށް އެއްވެސް ބައެއްނޫން.. ކިހައި ރަނގަޅު.." ޝަޔަމްގެ ފަހު ޖުމުލައިން އަޒްހަރު މުށްކަވައިލަމުން ކުރިމަތީގައިހުރި ސައިނާ އާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް ކާކޮޓަރި ކައިރީގައިތިބި ނޯކަރުންގެ މޫނުމަތިންވެސް ބިރުވެރިކަން ފައުޅުވެލިއެވެ. ހާސްވެފައި އެކެއް އަނެކެއްގެ މޫނަށް ބަލައިލީ ދެންވާނީ ކިހިނެއްހެއްޔޭ ސުވާލުކުރާ ފަދައިންނެވެ.

"އަޒްހަރު ހަމަޖެހިބަލަ.. އެއީ ހަމައެކަނި އަހަރެންގެ ދަރިއެއްނޫން.. އަޒްހަރުގެވެސް ދަރިއެއް.. ޝަޔަމް އަށް ލިބިފަ އެހުރި ބޯހަރުކަން އެއީ އަޒްހަރުގެ ފަރާތުން ވާރުތަވެފަހުރިކަމެއް.." ދެފަރާތަށް ބޯހޫރުވައިލަމުން ހިތްހަމަނުޖެހިފައިހުރެ އެތަނުން ސައިނާ ދިޔައެވެ. ޝަޔަމް އެކަންތައްކުރިގޮތުން ޚުދު އޭނާވެސް ހުރީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. ޝަޔަމްގެ އަމަލުތަކާމެދު ނުރުހުނެއްކަމަކު ހަރުކަށިކަން ދައްކަން ނުކެރުނީ އެއީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށްވީތީއެވެ.

ސައިނާ ދިޔަދިމާއަށް ބަލަން ހުރުމަށްފަހު ބާރުހިނގުމެއްގައި އަޒްހަރު މިސްރާބުޖެހީ އޭނާގެ ސްޑަޑީ ރޫމާއި ދިމާއަށެވެ. އެދިޔަގޮތަށްގޮސް އެތަނަށްވަދެ އަތުގެކޮޅަށް ދޮރު ހޫރައިލަމުން އައިސް އޭނާގެ ބޮޑު ލެދަރ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލިއެވެ. ފުންކޮށް ދެތިން ނޭވާލަމުން އަމިއްލަ ނަފުސު ހަމައަކަށްއަޅުވަން އަޒްހަރު މަސައްކަތްކުރިއެވެ. އިރުކޮޅަކު ދެލޯމަރައިލައިގެން އެއްޗެއް ވިސްނަން އޮތުމަށްފަހު ގޮނޑީގައި ހަމަޖެހިލަމުން ފޯނު ނަގައި ނަމްބަރަކަށް ގުޅައިލިއެވެ. ކޮންމެފަދަ ކަމެއް ކޮށްގެންވިއަސް ޝަޔަމް އާއި ނުހައިކް ދުރުކުރުވަން އޭނާ ބޭނުންވެއެވެ. އަމިއްލަ ގަދަރު މީހުންގެ ކުރިމަތީގައި އެހައި ދަށުދަރަޖައަކަށް ވެއްޓިގެންދާކަށް އަޒްހަރަކަށް ނުރުހެވޭނެއެވެ.

"ހަލޯ.." އެކޮޅުން ފޯނުނެގުމާއެކު އަޒްހަރު ބުނެލިއެވެ. ދެމެދުގައި އެތައްއިރަކު އެކި ވާހަކަތައް ދެކެވުމަށްފަހު ކަމަކަށް އެއްބަސްވެ ފޯނުކޯލު ކުރުކޮށްލަން އަޒްހަރު އަވަސްވެގަތެވެ.

"އޯކޭ.. އެހެންވީމަ ރާއްޖެ ގޮއްސަ އަހަރެން މިބުނި ހުރިހައި މައުލޫމާތެއް ހޯދުމަށްފަހު ވީ އެންމެ އަވަހަކަށް އަހަރެންނަށް އަންގާ.. އޭރުން ދެން ކުރިއަށްދާންވީގޮތް އަހަރެން ކިޔައިދޭނަން.. އެންމެ ރަނގަޅެއްނު.. ކަލޭގެ މަސައްކަތުގެ އެޑްވާންސް ޕޭމަންޓް މިއަދު އަހަރެން ޖަމާކޮށްދޭނަން.. ބާކީ ބައި ލިބޭނީ މަސައްކަތް ކާމިޔާބުވީމަ.." މޭޒުމަތީގައި އިނގިލިތަކުން ކުޅެލަމުން އަޒްހަރު ބުނެލިއެވެ. އެކޮޅުން ވާހަކަދައްކަމުންދިޔަ މީހާ އެންމެ ރަނގަޅޭ ބުނެލުމާއެކު އަޒްހަރު ފޯނު ބޭއްވިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައިވި ކާމިޔާބީގެ ނުލަފާ ހިނިތުންވުމެކެވެ.

*****

ތޮއިބާ އާއި އެކުގައި ބަގީޗާ ތެރޭގައި ގަސްތަކެއް އިންދުމުގެ މަސައްކަތުގައި އެހީވާން ލަމްޔާ އުޅުނެވެ. އަތަށް ލައްވައިފައިވާ އަންގި ނަގަމުން މޫނުމަތީގައި ވިދައި ބަބުޅަމުންދިޔަ ދާތިކިތައް ލަމްޔާ ފުހެލިއެވެ.

"ވަރުބަލި ވީ ދޯ.." އުޑަފައިން އިނށީދެ އިނދެ މަސައްކަތުގައި މަޝްއޫލެވެއިން ތޮއިބާ ލަމްޔާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. ވަގުތުން ހީލަމުން ލަމްޔާ ދެފަރާތަށް ބޯހޫރުވައިލިއެވެ. އަދި އަނެއްކާވެސް އަންގި އަތަށް މަހައިލަމުން ތޮއިބާއަށް އެހީވުމުގައި އުޅެގަތެވެ.

ސްވެޓް ޕޭންޓްއެއް އެކަނި ލައިގެން ބެލްކަންޏަށް ނުކުތް ޒާއިންގެ ލޮލުގައި ގޭގެ ބިއްދަށު ހައްދައިފައިއޮންނަ ބަގީޗާގައި ހަރަކާތްތެރިވަމުންދިޔަ ތޮއިބާ އާއި ލަމްޔާ އަޅައިގަތެވެ. ވަގުތުން އެދިމާއަށް އައިސް ހުއްޓިލަމުން ލަމްޔާގެ ހަރަކާތްތަކަށް އޭނާ ޝައުގުވެރިކަމާއެކު ބަލަންފެށިއެވެ.

އޭނާއާއި ދިމާއަށް މީހަކު ބަލާހެންހީވެ ލަމްޔާ އިސްއުފުލައިލަމުން ފަރާތްފަރާތް ހޯދައިލިއެވެ. އެހިނދު އެދިމާލަށްހުރި ބެލްކަނީގައި އަތްއަޅުވައިލައިގެން ހިނިއައިސްފައިހުރެ އޭނާއަށް ބަލަމުންދިޔަ ޒާއިން ލޮލުގައި އަޅައިގަތެވެ. ރަކިގޮތަކަށް ހީލަމުން ލަމްޔާ ޒާއިންއަށް ރަނގަޅަށް ބަލައިލިއެވެ.

ހޭވިފައިވި ފަންއިސްތަށިގަނޑުގައިހުރި ތެތްކަމުން ޒާއިން އެއައީ ދެންމެ ފެންވަރައިގެންކަން އެނގޭހައިވެއެވެ. ހަމައެކަނި ސްވެޓް ޕޭންޓެއްގައި ހުރުމުން ޒާއިންގެ ކަސްރަތީ ރީތި ހަށިގަނޑުގެ ބޮޑުބައެއް ވަނީ ހާމައަށް ފެންނާށެވެ. އެސްފިޔަޖަހައިލަންވެސް ހަނދާންނެތިފައި ގޮޅިގޮޅިއަށް އެތުރިފައިވި ޒާއިންގެ ރީތި މަސްތަކަށް ނަޒަރުހުއްޓައިލައިގެން ލަމްޔާއަށް އިނދެވުނެވެ. ލަސްލަހުން ކޮޅަށް ތެދުވެވުނުއިރުވެސް ލަމްޔާއަށް އެކަން އިހުސާސެއްނުވިއެވެ. އަމިއްލަ އަމަލުތައްވެސް އިޚުތިޔާރުން ބޭރުވެފައިވާކަހަލައެވެ.

މޭމަތީގައި ޒާއިން ހަރަކާތްކޮށްލި އަތަށް ބަލައިލަމުން އެދެލޮލާއި ލަމްޔާ ނަޒަރު ސީދާކޮށްލިއެވެ. ލަމްޔާ ބަަލަންހުރިގޮތުން ލާނެތް ގޮތަކަށް ހިނިއައިސްފައިހުރި ޒާއިން އެއްލޯމަރައިލީ ލަމްޔާ އިތުރަށް ރަކިކޮށްލުމުގެ ގޮތުންނެވެ. ކަންތައްވީވެސް ޒާއިން ބޭނުންވިގޮތަށެވެ. ލަމްޔާގެ ދޮންމޫނުކޮޅު ރަތްވުމާއެކު ކުރެވުނުކަންތައް އިހުސާސުވެ ލަދުންގޮސް އޭނާއަށް އަވަސްއަވަހަށް އިސްޖަހައިލެވުނެވެ. ހަދާނެގޮތެއް ނޭނގިފައިހުރި މީހަކުފަދައިން ތުންފަތްހަފަންފެށިއިރު ގަދައަވީގެ ތެރޭގައި އެދޮންމޫނު ވިދަމުންދިޔައެވެ. ޒާއިންއަށް އެމަންޒަރުވީ ބަލައިލަން ހިތްގައިމު މަންޒަރަކަށެވެ. ލުއި ހިނިތުންވުމެއް އޭނާގެ މޫނުމަތީގައި ރަސްކަންކުރަމުންދިޔައިރު ލަމްޔާގެނެސް އެމެޔާލައި ބޮނޑިކޮށްލަން ހިތް އެދުނެވެ.

ވާހަކަ ދައްކައި ދައްކައިވެސް ކޮޅަށްހުރި ލަމްޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން އެންމެފަހުން ތޮއިބާ ލަމްޔާއަށް ބަލައިލިއެވެ. ހުއްޓުންއަރައިފައި ލަމްޔާ މައްޗަށްބަލަން ހުރުމުން ހައިރާންވެފައި ތޮއިބާވެސް ލަމްޔާ ބަލަމުންދިޔަ ދިމާއަށް ބަލައިލިއެވެ. ލަމްޔާއާއި ޒާއިން ކޮށްލި ލާނެތް ސަމާސާ ކިތަންމެ ރަނގަޅަކަށްވެސް ތޮއިބާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން އޭނާގެ ތުންފަތުގައިވެސް ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. ފާއިތުވެދިޔަ ދުވަސްތަކާއެކު އެދެމެދުގައިވި ގުޅުން ބަދަހިވާންފަށައިފައިވާކަން ތޮއިބާއަށްވަނީ ފާހަގަކުރެވެން ފަށައިފައެވެ. އެކަމާއި އޭނާގެ ހިތް އުފާކުރިއަސް ފައުޅުގައި އެހިތުގައި ހިނގާ އިހުސާސުތައް ހާމަކުރާކަށް އޭނާއަކަށް ނުކެރެއެވެ.

"ދަރިފުޅު ދާންވީނު.. ޒާން އެއުޅެނީ ދަރިފުޅު ނެތީމަ ފޫހިވެގެން ކަންނޭނގެ.." ތެދުވެ ލަމްޔާގެ ކޮނޑުގައި އަތްބާއްވައިލަމުން ދިމާކޮށްލާފަދަ ގޮތަކަށް ތޮއިބާ ބުނެލިއެވެ. ތޮއިބާގެ ރާގުހުރިގޮތުން ލަމްޔާ އިތުރަށް ރަކިވާގޮތްވިއެވެ. އިސްއުފުލައި ތޮއިބާ ޒާއިންއަށް ބަލައިލަމުން ހީލިގޮތްފެނި ދެންމެ ހިނގައިދިޔަ ކަންތައް ތޮއިބާއަށް އެނގިއްޖެހެންހީވެ ޒާއިންވެސް ރަކިވިއެވެ. އަވަސްއަވަހަށް އިސްތަށިގަނޑުގައި އަތްހިންގައިލަމުން ނޫންކަމަށް ހަދަައިލައިފައި ޒާއިން އެތަނުންދާން ހިނގައިގަތެވެ. އެއާއެކު ތޮއިބާއަށް ބާރަށް ހީގަނެވުނެވެ. ނުދައްކަން ކިތަންމެ މަސައްކަތެއްކުރި ނަމަވެސް އެދެމެދުގައިވި ލޯބި ތޮއިބާގެ ވިސްނުންތޫނު ސިކުނޑި ދެނެގަނެފިއެވެ.

*****

ޝަޔަމްގެ ކޮޓަރީގައި ހިފައިލައިފައިހުރީ މަޑު ގިސްލުމުގެ އަަޑެވެ. ފަނޑުއަލިކަމެއް މުޅި ކޮޓަރިއަށް ފެތުރިފައިވީއިރު އެހަތަރުފާރުވެސް އޭނާގެ ހިތާމައިގައި ބައިވެރިވަމުންދިޔަ ކަހަލައެވެ. ފާއިތުވެދިޔަ ދެތިންދުވަހު އޭނާގެ ހާލަކީ މިއީއެވެ. އެއްވެސްކަމެއް ކުރާހިތްނެތި އަބަދު ހިތާމަކުރުމުގައި މުޅިމީހާގެ ދުވަސްހޭދަކޮށްލަން ބޭނުންވެފައިވާކަހަލައެވެ. ޝަޔަމް އުޅެމުންދިޔަގޮތުން ސައިނާގެ ހިތަށް އަސަރު ކުރިނަމަވެސް ގޮތްދޫކުރަން ޚުދު އޭނާވެސްހުރީ ބޭނުންނުވެފައެވެ. ދުވަސްކޮޅަކު ހިތާމަކުރުމަށްފަހު ޝަޔަމް ހަމައަކަށް އެޅިދާނޭ ސައިނާގެ ހިތް ބުނެއެވެ.

މަދުންވިއަސް ޝަޔަމްއާއި ވާހަކަދެއްކޭ ވަގުތުތަކުގައި ޝަޔަމް ކަމެއް ސިއްރުކުރާހެން ނުހައިކްއަށް ހީވިއެވެ. އަހައި އަހައިވެސް ޝަޔަމްގެ ފަރާތުން ޖަވާބެއް ނުލިބުމުން ނުހައިކްވަނީ މާޔޫސްވެފައެވެ. އެހެންނާ އަބަދުވެސް ޖޯޝާ ފޯރީގައި އޭނާއާއި ވާހަކަދައްކާ ކުއްޖާގެ ފަރާތުން އާދަޔާޚިލާފު މަޑުމައިތިރިކަމެއް ނުހައިކްއަށް އިހުސާސުކުރެވެއެވެ. ބައެއްވަގުތުތަކުގައި ޝަޔަމް ރޯހެންވެސް ނުހައިކްއަށް ހީވެއެވެ. އެހެނަސް ކަމެއްކުރަން އޭނާ ނުކުޅެދިފައިވީ ޝަޔަމްގެ ފުށުން ވެގެންއުޅޭގޮތެއް އޮޅުންނުފިލާތީއެވެ.

"ގޭތެރޭގެ މާހައުލު މިހެން އޮއްވަ އަޒްހަރު ކޮންތާކަށްދާން ތިއުޅެނީ؟" އެނދުމަތީގައި އިނދެ ދަބަހަށް އެއްޗެހިއަޅަމުންދިޔަ އަޒްހަރަަށް ބަލައިލަމުން ހިތްހަމަނުޖެހިފައި ސައިނާ އަހައިލިއެވެ.

"ތާކުން ތާކު ނުޖެހޭ ކަންތައްތަކާ ވިސްނައި ފިކުރުކުރާނެހައި ވަގުތެއް އަހަރެންގެ ނެތް.. މިއުޅެނީ ވިފަޔާރި ދަތުރަކު ލަންޑަނަށް ޖައްސައިލަން.. ވާނީ ކިތައް ދުވަސްކަމެއް ޔަގީންކޮށް ބުނާކަށް ނޭނގެ.. އެހެންވީމަ އަހަރެން އަންނަންދެން ސައިނާވާނެ ޝަޔަމް އުޅޭނޫޅޭގޮތް ބަލަން.. އަހަރެން އައުމުގެ ކުރިން އޭނައަށް ރަނގަޅަށް ވިސްނަދީ.." ސައިނާއަށް ބަލައިލުމެއްނެތި އެއްނޭވައިން އަޒްހަރު ބުނަން ބޭނުންވި އެއްޗެއް ބުނެލުމަށްފަހު ދަބަހުގެ ޒިބުއެޅުވިއެވެ. ކޮޓަރިއަަށް ވެރިވެގެންދިޔަ ހިމޭންކަމުގައި އަޒްހަރު ނުކުމެގެންދިޔަ މަންޒަރުބަލަން ކަންބޮޑުވެފައި ސައިނާ އިނެވެ.

(ނުނިމޭ)

    Please log in or register to bookmark.
    5k

    4 ޚިޔާލު

    1. ސަލާމް އޯލް.. އިންޝާ ﷲ މިއަދަށްފަހު އެއްވެސް ބޮޑުކަމެއް ދިމާނުވާނަމަ ކޮންމެ ދުވަހަކުވެސް މިވާހަކަ އަޕްކޮށްލާނަން.. ތެންކްސް އޯލް ފޯ ދި ލަވް އެންޑް ސަޕޯޓް.. 🥰❤

      35
    2. މާޝާ ﷲ!! ވަރަށް ވަރަށް ވަރަށް ވަރަށް ރީތި 🌈❄💖😊 އައި ތިންކް އަޒްހަރް ދޮގުހަދަނީހެން! ލަންޑަނަށް ދާންކިޔާފަ ރާއްޖެ ދާން 😯 ރީން ބުނީމެއްނު އަޒްހަރް ރުޅި އަންނާނޭ 😊 ސައިނާ ވެސް 😊 އައި ގެސް އިޓް ކަރެކްޓް 😁 ޔޭޔޭ 💜 ޒާން އެން ލަމް އުޅުނުގޮތް ތޮއިބާ އަށް ފެނުނީ ދޯ! ހިހިހި 😂😂 ހަމަ ގެއްލިފަ ދޯ 😂 ސޯ ކިއުޓް 💖 ވާހަކަ ކިޔާއިރު ހީވަނީ ވާހަކައިގެ ތެރޭގައި އުޅޭވޭހެން 😂😊 އައި އެންޖޯއީ އިޓް ޓޫ މަޗް 😂😇 އަޅޭ ތެންކިޔޫ 😘💖 ވަރަށް ބޮޑަށް ތެންކިޔޫ 💞😘 ދެން ބިޒީ ނޫނިއްޔާ ކޮންމެ ދުވަހަކު ގެނެސްދޭނަން ދޯ 💜❤ ޔޭ ޔޭ 🎉🎊🎈 ޓައިމް ޓް ސެލެބްރޭޓް 🎉🎊🎈🎉 އައިމް ސޯ ހެޕީ 💖❤ އަންސް އެގެއިން ތެންކިޔޫ ސިސީ 💚😘💜 ރީން މޮޔަވޭ ދޯ އެބަ 😂😂😋 ދެންއިންބަޔަށް އިންތިޒާރުކުރަން 💞💛💖 ލަވް ޔޫ ސޯ ސޯ ސޯ މަޗް 💜😘 ސްޓޭ ސޭފް އެންޑް ޓޭކް ކެއަރ ޑާރލިން 💛💖😊

      21
      • ތެންކްސް އަލޮޓް ރީން.. ހެހެ ޔާ ދޯ.. ރީން ބުނިހެންދޯ ހަމަ އެވީ.. ހެހެ.. ސޯ ހެޕީ ޓް ނޯ ދެޓް ޔޫ އެންޖޯއި އިޓް... ހެހެ.. ޔެސް އިންޝާ ﷲ ދެން ބިޒީ ނޫނިއްޔާ ކޮންމެ ދުވަހަކުވެސް ވާހަކަ ގެނެސްދޭނަން.. އެންޑް ޔުއަރ މޮސްޓް ވެލްކަމް ޑިއަރ.. ތެންކްސް ވަންސް އަގެއިން.. ލަވް ޔޫ ޓޫ.. ސްޓޭ ސޭފް ޑިއަރ.. 🥰😍😘❤

        11
    3. ލަވް އިޓް!! ދެން އޮތް ބައި މިއަދު ކިޔާލަން ލިބޭނެތަ؟

    ޚިޔާލު

    Your email address will not be published.