ފުއާފް - 5

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

" މިތަނަށްތަ ތަދުވީ؟ " ފައިޒަން އަލައިނާގެ ކަނާއަތުގެ ކުޑަ ހުޅަށް ބަލާލިއެވެ. އެއާއެކު ފައިޒަންގެ އަސްލު ބަރު އަޑުގެ ބަދަލުގައި ހުރި އެއަށްވުރެ ބަރު އަޑު އިވިފައި އަލައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެންމެ ފުރަތަމަ ދުވަހު މީހަކު އޭނައަށް ގޮވި އަޑާ އެއަޑާ އެއީ ހަމަ އެއްއަޑެކެވެ.
" ހޫ...މް " ކެނޑި ކެނޑިގެން ކަހަލަ ގޮތަކަށް އަލައިނާއަށް އެހެން ބުނެވުނު އިރު ސިކުނޑީގައި ތަފާތު ހިޔާލުތައް އެނބުރެމުން ދިޔައެވެ.
" މިތާ އިށީނދެބަލަ. އެބަ އަންނަން ފަސްޓް އެއިޑް ބޮކްސް ހިފައިގެން.. " ފައިޒަން އަލައިނާގެ ކޮނޑުގައި ހިފާ ނަގައި އެނދުމަތީގައި ބައިންދާލިއެވެ. އަލައިނާއަށް އެއްބުމަ އަރުވާލެވުނެވެ. މިފަހަރު އެއީ ހަމަ ފައިޒަންގެ އަސްލު އަޑެވެ. އެއީ ވެސް ހަމަ ހީއެއް ހެއްޔެވެ؟ އިއްޔެވެސް އެއީ ހީޔެއް ހެއްޔެވެ؟
" ދައްކަބަލަ އަތް... " ފައިޒަން އަލައިނާއާ ޖެހިގެން އިށީންނަމުން ފަސްޓް އެއިޑް ފޮށި ހުޅުވާލާ އެއިގެން ތަދު ކަނޑުވާ ބޭހެއް ނެގިއެވެ. އަލައިނާއަށް ފައިޒަން ކީއެކައްޗެއްވެސް އަޑު ނީވޭ ކަހަލައެވެ.
" ލީން.. " ފައިޒަން އަލައިނާގެ އަތުގައި ހިފާލިއެވެ. ވަގުތުން ސިހިފައި އަލައިނާއަށް ފައިޒަންއަށް ބަލާލެވުނެވެ. ހަތަރުކަޅި ހަމަވެގެން ދިޔަ އެވަގުތު ނޭގޭ އިހުސާސްތަކެއް އަލައިނާގެ ހަށިގަނޑުގައި ދުވެލިއެވެ. ވަގުތުން ދެންމެ ހިނގާދިޔަ ހުރިހާ ކަމެއް ހަނދާން ނެތިގެން ދިޔައެވެ.
" ލީން؟ " ފައިޒަން ގޮވާލިއަޑަށް އަލައިނާ ދިޔައީ ސިހިގެންނެވެ.
" އިޒް އެވްރީ ތިންގް އޯކޭ ލީން؟ " ފައިޒަންގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ.
" ސައިބޮއެ ނިމުނީމަ ތަށިތައް ބަހައްޓާ.. ފަހުން ބަލައި އަންނާނަން... " އަލައިނާ ހިނގައިގަތީ އަވަހަށް އެތަނުން ނިކުމެވޭތޯއެވެ. ބާރުބާރަށް އެޖަހަމުން ދިޔަ ވިންދުގެ އަޑުތައް އެއޭސީ ޖައްސާފައި ހުރި ހަމަހިމޭން މާހައުލުން ފައިޒަންއަށް އިވޭކަށް އޭނަ ބޭނުމެއް ނުވިއެވެ.
ކޮޓަރިން ނިކުތް ގޮތަށް އަލައިނާ ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އަދި ދޮރުގައި ލެނގިލަމުން މޭގައި އަތްއަޅާލިއެވެ. އޭރުވެސް ޖަހަމުން ދިޔަ ބާރު ވިންދުތަކަކަށް ބަދަލެއް ނާދެއެވެ.
" ހިތާ ބަސްއަހާބަލަ... ކިހިނެތްތަ ތިވަނީ؟ " އަލައިނާ މޭގައި އަތްއަޅައިގެން ހުރެ އަމިއްލަ ނަފްސަށް ކިޔަމުން ދިޔައެވެ.
" ލީން؟ " ތީބާ އަލައިނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއަޑަށް މީހާ ދިޔައީ ސިއްސައިގެންނެވެ.
" ކުޑަ އިރުކޮޅަކަށް އިބާ ބަލާލަ ދީބަލަ... ތޫ ކައްކަން ދާން މިދަނީ... " ދޮރު ހުޅުވާލި ވަގުތު އިބާ ގޮވައިގެން ހުރި ތީބާ ބުނެލިއެވެ. އަލައިނާ ބޯޖަހާލުމަކާއެކު އިބާ އުރާލައިގެން ކޮޓަރިއަށް ވަނެވެ.
---
" އިބްރާހީމް ކިހިނެތް އެގޭގައި ތިއުޅެނީ؟ އެގެއިން ހަމަ އެއްޗެއް ނުފެންނަނީތަ؟ " އަލީ ސައިބޮމުން އިބްރާހީމްއާ ވާހަކަދައްކަމުން ދިޔައެވެ. އޭރު އަފްޝާވެސް އެދެމިހުނާ ދާދި ގާތުގައި އިނެވެ. އަރީބް އުރާލައިގެން އޭނަ ހެއްވަމުން އަލީގެ އަނބިމީހާ އިފާ ދެކޮޅަށް ދުވެ ނަގަމުން ދިޔައެވެ.
" އަހަރެމެންނަކަށް އެއްވެސް ކަމެއް ނުވޭ ދޯ އަފޫ... " އިބްރާހީމް ޖަވާބުދިނެވެ.
" ހާދަ އެކަމް ޤަބޫލު ނުކުރެވެޔޭ... އަޙްމަދު ގާތުގައި އެހީމަވެސް އޭނަޔަކަށް ކަމެއް ވާކަމަކަށް ނުވޭ.. އެކަމަކު ތިގޭ ދޮރުމަތިން މީހަކު އިރުއޮއްސޭ ގަޑިން ފެށިގެން ހިނގާލާ އިރަށް އިވޭނެ ގަސްތައް ހެލޭ އަޑު. މީހަކު ތިގެޔަށް ވަންނަން އުޅުނަސް ކޮންމެވެސް ނޭނގޭ ބާރަކުން އެމީހަކު ވަނަ ނުދީ ހިފަހައްޓަޔޯ... އެމީހަކު ނަމުން ގޮވަން ވެސް ގޮވަޔޯ.. ކުރަކި ބަރު އެކޯވާ އަޑެކޯ... ތިހިރަ ޖެހިގެން ހުރިގޭ އާދަމްބެ ވެސް ބުނި އެހެން އެއްދުވަހު އަޙްމަދު ހޯދަން އެގެޔަށް ދިޔަ ތަނާ... " އަލީ ޤަބޫލު ނުކުރެވިފައި ކިޔަމުން ދިޔައެވެ.
" ތިހެން ވިއްޔާ ހަމަ އަޖައިބުވެއްޖެ. މިދިޔަ ރޭތަކުގަ ވެސް އަހަރެމެން ބޭރަށް މިސްކިތައް ގޮސް ހަދާއިރު ވެސް ތިބުނާ ކަމެއް ނުވޭ... ގޯތިތެރޭންވެސް ހާއްސަ ކަމެއް ނުވޭ... " އިބްރާހީމް ހައިރާންވެފައި އަފްޝާއަށް ބަލާލިއެވެ.
" ހޫމް... އިބްރާހީމް ބުނިހެން އަހަރެމެންނަކަށް ކަމެއް ނުވޭ... " އަފްޝާ ސައިތަށި ބޯލަމުން ހީލިއެވެ.
" ތިހެން ވިއްޔާ ތި އެއްޗެއް ނުވަތަ އެއްޗެހިތަކެއް ގޯނާ ނުކުރަނީ ތިގޭ ބަޔަކަށް ވީމަ ކަންނޭނގެ.. އެކަމަކު ތިގޭގައި އުޅެ އެއްނު ބީރައްޓެހި ސޮރެއް. އެސޮރަކަށް ކަމެއް ނުވޭތަ؟ " އަލީ ވެސް ސައިތަށި ބޯލިއެވެ.
" ހޫމް... އަޙްމަދު ބުނި ފައިޒަންއަކަށްވެސް ކަމެއް ނުވެޔޭ... " އިބްރާހީމް ވެސް ސައިބޮއެ ނިންމާލިއެވެ. އަލީ ނިއްއަރޫވާލަމުން އަނގަޔަކަށް ގޮތެއް ހަދާލީ އިބްރާހީމް ބުނި ވާހަކަ ޤަބޫލު ނުކުރެވިގެންނެވެ.
" މީހުން ކިޔާ އިބްރާހީމް މަންމަ އަލައިނާއަށް ފަންޑިތަ ހަދަންވެގެން ގެނައި ޖިންނި އެކޯ ގޭތެރޭގައި ހައްޔަރުވެގެން އެއުޅެނީ... ނަހަލާލަށް ލިބުނު ދަރި މަރާލަންވެގެންނޯ... އޭރު އިބްރާހީމް މާލޭގަ ދޯ އުޅުނީ؟ " އަލީއަކަށް މަޑަކުން ނީނދެވުނެވެ.
" ހުއްޓާލާ އަލީ! މީހުން ކިޔާހާ ކޮންމެ އެއްޗަކީ ތެދު ވާހަކައެއް ނޫން... މަ ހިއެއް ނުކުރަން އަލީ ތިވައްތަރަކަށް ވާހަކަ ދައްކާނެ ކަމަކަށް... " އިބްރާހީމްގެ ގާތަށް އައި ރުޅިގަނޑު ފެނިފައި އެންމެން ދިޔައީ ސިހިގެންނެވެ. އަރީބް ވެސް އަޑުން އަޑު ނަގާފައި ރޯންފެށިއެވެ.
" ބުނަން އަލީ ރަނގަޅު ވާހަކައެއް؟ ހަޤީގަތެއް ނެތް ވާހަކަތަކެއް އެއީ އަސްލެއް ކަމަށް ހަދައިގެން ފެތުރުމަކީ މާރީތި ކަމެއް ނޫން... އަލައިނާ އެއީ މަގޭ އެއްބަނޑު އެއްބަފާ ކޮއްކޮ. އެއްބަނޑު ކޮއްކޮއެއް ނޫން!! އަފްޝާ ހިނގާ ދާން... " އިބްރާހީމް ގޮސް އިފާ އަތުން އަރީބް ނަގައިގެން ބޭރަށް ނިކުންނަން ދިޔައިރު އަފްޝާވެސް އޭނަގެ ފަސް ފަހަތުން ނިކުންނަން ދިޔައެވެ.
" އާން.. ޝުކުރިއްޔާ ސައިފޮދަށްޓަކައި... ބާއްޖަވެރި ދަތުރަކަށް އެދެން... " އިބްރާހީމް ރުންކުރު ރާގަކަށް އެހެން ބުނެލަމުން އެގޯތިން ނުކުތެވެ.
---
ފައިޒަން ތަށިތައް ހިފައިގެން ކޮޓަރިން ބޭރަށް ނިކުތް އިރު އިބާ ގޮވައިގެން މެދު ގޯތީގައި ކުޅެން އަލައިނާ އުޅެއެވެ. އަލައިނާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރި ހިނިތުންވުމުން ފައިޒަންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ހިތަށް އެރި އެއްޗަކުން ފައިޒަންގެ މޫނުމަތި މިލާ މޯޅި ވެއްޖެއެވެ. އަބަދުމެ އެސޫރަ ދެކެން އޭނަޔަށް ހުރެވޭނެ ހެއްޔެވެ؟ އަލައިނާ ދުރަށް ދާން ޖެހުނިއްޔާ އޭނަޔަށް ކެތްވާނެ ހެއްޔެވެ؟
ރަތްގަދަ އަވީގެ ސަބަބުން ގިނައިރު ބޭރުގައި ހުންނަން ބޭނުންނުވާތީ ތަށިތައް އަލައިނާއަށް ދިނުމަށް ހިނގައިގަތް ފައިޒަންގެ ފިޔަވަޅުތައް މަޑު ޖެހިލީ ގޭޓުން ވަތް އިބްރާހީމްއާ އަފްޝާ ފެނިފައެވެ. އޭރު އިބްރާހީމްގެ އުރުގައި އަރީބްއަށް އޮތީ ނިދިފައެވެ.
" ދޮންބެމެން ހާދަ އަވަސް އަރުވާލައިގެން އައިހެން ހީވެޔޭ؟؟ " އިބާ އުރާލަމުން އަލައިނާ އަހާލިއެވެ. އިބްރާހީމް އަލައިނާއަށް ބަލާލާފައި ދެބުމަ ގޮށްޖަހާލަމުން ވަކި އެއްޗެއް ނުބުނެ އެތެރެޔެއަށް ހިނގައިގަތެވެ.
" ދޮންބެ ކަމަކާ ހިތްހަމަ ނުޖެހިފަތަ އެހުރީ.. ހެދެ ދޮންބެދައްތާ؟ " އަލައިނާ އިބްރާހީމްގެ ފަސްފަހަތުން ގޭތެރެއަށް ވަންނަން ދިޔަ އަފްޝާ ހުއްޓުވިއެވެ.
" އެގޭގަ ކުޑަ ކަމެއް ހިނގީ.. މިރަތްގަދަ އަވީގަ ނޫޅެ އެތެރެއަށް ހިނގާ... އިބާއަށް މާބޮޑަށް ހޫނުވީމައި ހޭނެތިދާނެ... " އަފްޝާވެސް މާވާހަކަ ދިގު ނުކޮށް އެތެރެއަށްވަނެވެ.
" ދޮން... " އަލައިނާ ބުނަން އުޅުނު ވާހަކަ އެއްކޮށް ނުބުނެ ހުއްޓާލިއެވެ. މިނޫނީ ދުވަހަކު އިބްރާހީމްއާ އަފްޝާ މިގޮތަށް އުޅޭ ތަނެއް އަލައިނާ ނުދެކެއެވެ.
" ލީން ތަށިތައް.... " ފައިޒަން އަލައިނާގެ ގާތަށް އައިސް މަޑުކޮއްލިއެވެ. ފައިޒަން ދެލޯ ހަނިކޮއްލަމުން ގެޔަށް ވަންނަ ދޮރާ ދިމާއަށް ބަލާލިއިރު މޫނުމަތީގައިވީ އިންތިހާ ދަރަޖައިގެ ނުރައްކާތެރިކަމެވެ.
" ބޭސް ނުކަންތަ؟ " އަލައިނާ އިބާ ގާތު އެތެރެއަށް ވަންނަން ބުނުމަށްފަހު ފައިޒަން ދިން ތަބަކުގައި ހިފާލި ވަގުތު އޭގައި އޮތް ބޭސްގުޅަ ފެނުމާއެކު އަހާލެވުނެވެ.
" ހޫމް... އަހަރެން ހަމަ ހުރެފަ ބޮލުގައި ރިއްސިޔަސް ބޭހެއް ނުކަން... ބައި ދަ ވޭ އަހަރެންނަށް މިރޭ ޓައިމްކޮޅެއް ހުސްކޮއްލަ ދެވިދާނެތަ؟ " ފައިޒަން ހިނިތުންވެލަމުން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
" ތިބުނީ؟ " އަލައިނާ ހައިރާންވެފައި ބޯއަރިކޮއްލެވުނެވެ.
" މިރޭ ބީޗްއަށް ދާން ކެރޭނެތަ؟ އަހަރެންނާއެކު؟ " ފައިޒަން ޖިންސުގެ ޖީބަށް އަތް ޖަހާލިއެވެ.
" މިރޭ؟ ފޯރ ވަޓް؟ " އަލައިނާ ނިއްއަރުވާލިއެވެ.
" ސަޕްރައިޒެއް އެއީ.. " ފައިޒަން ކުރިޔަށްވުރެ ބޮޑަށް ހީލިއެވެ.
" ނުދެވޭނެ. ދޮންބެމެންނަށް އެނގިއްޖެޔާ ރުޅި އަންނާނެ... ސޮރީ ފައިޒަން..." އަލައިނާ ދުރުބަލާލިއެވެ. އޭރު ބާރު ބާރަށް ހިތް ތެޅެމުންދާކަމުގެ އިހުސާސްވަމުން ދިޔައެވެ.
" އިޓްސް އޯކޭ... " މާޔޫސްވެފައިވާ މޫނަކާއެކު ފައިޒަން އެތެރެޔަށް ހިނގައިގަތެވެ. ފައިޒަންގެ ކުލަވަރުތައް ބަލަން ހުރި އަލައިނާވެސް މާޔޫސްވާ ގޮތްވިއެވެ.
" ލީން ތިތާގަ ހުރި ގަސްތަކުން ހިކަނދި ކޯޅިއަކާ ރާނބާ ފަތްކޮޅެއް ގެނެސްދީބަލަ.. " ތީބާ އެތެރެއިން ގޮވާލުމުން އަލައިނާ އެކަމާއިގެން އުޅެގަތެވެ.
---
" އިބްރާހީމް ހަމަޖެހިބަލަ... " އެނދުގައި އަރީބް ބާއްވާފައި އެނދުގެ އެއްފަޅިގައި ބޮލުގައި ހިފަހައްޓާލައިގެން އިށީން އިބްރާހީމްގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ.
" އަހަރެން ކިހިނެތް ހަމަޖެހޭނީ އަފްޝާ...؟ އަހަރެންނަށް އަސްލު ކަންތައް ވީގޮތް ނޭނގޭ އިރު މީހުން އެދައްކާ ވާހަކަތަކުން ލީންއަށް ވާނީ ކިހިނެތް؟ އެމައުސޫމް ކުއްޖާއަށް އަނިޔާއެއް ވާކަން އަހަރެން ނޭދެން އަފޫ.. އެންމެ ތުއްތު އިރު އެފެނުނު ހިނިތުންވުމާ އެލޯބި އަޑުން އަހަރެންގެ މާޔޫސްވެފައިވާ ހިތް ފުރާލަދިން. ކުއްލިއަކަށް ވީނުނީއެއް ނޭނގެ ލީންއަށް ނަފްސާނީ ގޮތުން އަސަރުކުރީ.. ކިހާ މަސައްކަތެއް ކޮއްގެން ކިރިޔާވެސް ހިނިތުންވެވޭވަރު ވެފައި އެހުރީ.. އެހިތް އެކަށް ފަޅައިގެން ދާވަރުގެ ހަޤީގަތްތައް ހޯދާ ކިޔައިދޭކަށްވެސް ހިތެއް އެއްބަހެއް ނޫން. އެކަމަކު ލީން އެކަމުން ސަލާމަތް ކުރަން އަހަރެން ބޭނުން.. ބުނެބަލަ އަފޫ.. އަހަރެންނަށް މިކުރެވެނީ ރަނގަޅުކަމެއްތަ؟ ހަޤީގަތް ހޯދުމަށް މިތަނަށް ލީން ގެނެވުމަކީ މިސްޓޭކެއްތަ؟ " އިބްރާހީމް ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވާން ފެށީ އެހިސާބުންނެވެ. އަފްޝާ އިބްރާޙިމްއާއި ޖެހިގެން އިށީނދެލިއެވެ. ވަގުތުން އިބްރާހީމް އަފްޝާގެ ގައިގައި އޮޅުލައިގަތެވެ.
" ނޫން އިބްރާހީމް.. ދިސް އިޒް ނޮޓް އަ މިސްޓޭކް... އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. " އިބްރާހީމްގެ ބުރަކަށީގައި ފިރުމަމުން އަފްޝާ ދިޔައިރު އޭނަގެ ދެލޯވެސް ވަނީ ކަރުނައިން ތެމިފައެވެ.
" ދޮންބެމެން ކީކޭ ތިކިޔަނީ؟ " ގޭތެރެޔަށް ހިކަނދި ފަތް ވަތް ހިފައިގެން ވަތް އަލައިނާއަށް ދޮރު ރީތިކޮށް ނުލެއްޕި ހުރި އިބްރާހީމްގެ ކޮޓަރިން އިވުނު ވާހަކަތަކުން މީހާ ދިޔައީ ސިހިގެންނެވެ.
ނުނިމޭ

    Please log in or register to bookmark.
    5k

    9 ޚިޔާލު

    1. ވަރަށް ރީތި ވާހަކައެއް 👍🏻 👍🏻 💕 💕 👍🏻 އައި ރިޔަލީ ލައިކް އިޓް👍🏻👍🏻👍🏻💕💕💕💕💕

    2. ވަރަށް ރީތި. އަނެއްބައި ކިޔާހިތުން ހުރެވެނީ ނޫން.😍😍😍

    3. ކިތައް ދުވަހުން ވާހަކަ އަޕް ވާނީ؟ ލައިކް ދެދުވަހުން ތަ؟ ނޫނީ ތިންދުވަހުން ތަ؟

    ޚިޔާލު

    Your email address will not be published. Required fields are marked *