kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

އިތުބާރު ގެއްލުވާ ނުލާ - 3

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

‎ރަށުން ފުރަން ދެދުވަހަށް ވެފައި އޮއްވާ ޝާޔާގެ މަންމަގެ ފޯނުކޯލެއް އައެވެ. އެމީހުންގެ ރަށަށް އައިސް ދިނުމަށެވެ. މަންމައާއި ޝާާޔާގެ މަންމަގެ މެދުގައި އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން މަންމަ ވަގުތުން އެއްބަސް ވީއިރު، ޝާޔާއާއި އެކު މަޖާ ޗުއްޓީގެ ދުވަސްކޮޅެއް ހޭދަކޮށްލެވޭނެ ތީ އަހަރެން ވެސް ހުރީ އުފަލުން ފޮޅިފައެވެ.

‎ގއ. ގެމަނަފުއްޓަށް ދާން ދަތުރު ފެށިއިރު، ދެން ވެގެން ދާނީ ކިހިނެއްކަމެއް އަހަރެނަށް ރޭކާވެސް ނުލައެވެ.

********

‎ގެމަނަފުށީގެ ބަނދަރުގައި ބޯޓު ޖެއްސުމާއި އެކު، ދަބަސް ނަގައި ކޮނޑުގައި އަޅުވައިލަިގެން ބޯޓުން ފޭބުމަށް އަހަރެން އަވަސް ވެގަތީމެވެ. އެރަށުގެ ރީތިކަން ބަނދަރުމަތިން ވެސް ހާމަވެއެވެ. ދިގު ރުއްތަކުގެ ފެހި ފަންތައް ޖެހެމުންދިޔަ ތާޒާ ވަޔާއި އެއްވަރަށް ހެލިލަ ހެލިލައި ތިބިއިރު، އިރުގެ ރަން ދޯދިތައް މޫދުގެ ނޫކަމާއި އެކުވެފައި ހުރި މަންޒަރު ނުހަނު ހިތްގައިމެވެ.

‎ވަޔާއި އެކު ވިހުރެމުން ދިޔަ އަހަރެންގެ ދިގު ފަން އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލަމުން މަންމައާއި އެކު ގެމަނަފުށީގެ ބަނދަރަށް ފޭބީމެވެ. ދުރުގައި ތިބި ޝާޔާއާއި އޭނާގެ މަންމަ މުޒުނާ އައިސް އަހަރެމެންގެ ގާތުގައި ހުއްޓުނީ އެވަގުތުގައެވެ. އުފަލުން ގޮސް ޝާޔާގެ ގައިގައި ކުޑަކޮށް އޮޅުލައިގަންނަމުން މިރަށް ވަރަށް ރީއްޗޭ އަހަރެން ބުނެލީމެވެ.

‎"އަހަރުން ރަށް ރީތިވާނޭ...މަލަކް ހަމަ ނާންނަން ވެގެން ހުރީނު" ފޮނިވެލަމުން ޝާޔާ ބުނެލުމާއި އެކު އަހަރެން ހިނިގަނޑެއް ޖަހައިލަމުން ބުނީމެވެ. "މިއޮތީ މިހާރު އާދެވިފަ، ދެން މިތާ ތަ ބައިތިއްބާނީ" އަހަރެންގެ ސަމާސާގައި ޝާޔާގެ މަންމަ ވެސް ބައިވެރިވެ ހުނެވެ.

‎"ކޮބާތަ އެ ބަރޯ ބަލައި ދިޔަ ސޮރު، އަދިވެސް އާދެވޭ ވަރެއް ނުވޭ ދޯ އޭނައަކަށް...ތަތް ކަމުން އަންހެނަކަށް ވުރެން ކަންތައް ފަލަވާނެ" މުޒުނާ ދައްތަ ކުދިކިޔައިލީ ކާކާއި ދިމާލަށް ކަމެއް ދެނެ ނުގަނެ ވުމާއިއެކު، ޝާޔާގެ ކަންފަތް ބުޑުގައި ކާކުތޯ އަހަރެން އަހައިލީމެވެ. "ތިއްތާ މިއައީއޭ...ތިހައި މަސްކަނިކޮށް މަ ހިކި އަނަރޫފަ ވެދާނެ" ކުރިމަތިން އިވުނު އަޑާއި އެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިއައެވެ. ބަލަން ބޭނުން ނުވިއަސް ޔަޤީންކޮށްލުމަށް ކުރިމަތި ބަލައިލީމެވެ.

‎އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އެމީހެއްދެކެ އަހަރެން އެންމެ ފޫހިވާ އަދި އެންމެ ރުޅި އަންނަ މީހާއެވެ. އަކިލްއެވެ. ވީ ފޫއްސާއި އެކު ވަގުތުން އަހަރެން އަނެއް ފަޅިއަށް މޫނު އަނބުރައިލީމެވެ. އަކިލްވެސް މިކޮޅުގައި ހުރިކަން އިނގުނު ނަމަ އަހަރެން މިރަށަށް ނުވެސް އައީހެވެ. ޝާޔާގެ ހުނުމުގެ އަޑު އިވުމާއި އެކު އޭނާއާއި ދިމާލަށް އަހަރެން ލޯ އަޅައިލީ، އޭނާ އަހަރެންގެ ގާތުގައި އަކިލް ރަށުގައި ހުރި ވާހަކަ ނުބުނީ ގަސްތުގައިކަން ނަގައި ގަނެވުމުންނެވެ.

‎ޝާޔާމެންގެ ގެއަށް ދެވެން ދެން އަހަރެން ހުރީ ރުޅި މޫނު ހަދައި ތުންދަމައިގެނެވެ. މަންމައާއި މުޒުނާ ދައްތަ މާ އޮލަވާހަކައެއްގައި ތިބުމުން އަހަރެންގެ ރުޅި މޫނު ނުފެނުނަސް، އަކިލްއަށާއި ޝާޔާއަށް ފެންނާނެ ކަން ގައިމެވެ. "މަލަކް އަކަށް ނޭނގޭތަ މާ ގިނައިން ރުޅި އަރަންޏާ އަވަހަށް މުސްކުޅި ވާކަމެއް؟" އަހަރެންނަށް މަލާމާތްކޮށް އަކިލް ބުނުމާއި އެކީ އަހަރެންގެ ރުޅި ގަނޑު ކެކިގެން ދިއައެވެ. އަދި މަންމަމެނަށް ނުފެންނާނެ ގޮތަށް އަކިލް ދުއްވަމުން ދިޔަ ބަރޮލުގައި ބާރަކަށް ފައިން ޖަހައިލީމެވެ.

‎ކިޔައިގެން ދިޔަ އަޑާއި އެކު އަކިލް އޮތީ ބަރޯ ދަށުވެ ބިންމައްޗަށް ވެއްޓިފައެވެ. އަހަރެންނާއި ޝާޔާގެ ހިނިގަނޑު ފަޅައިގެން ދިއައިރު، މަންމަ އާއި މުޒުނާ ދައްތަ އަކިލްއަށް ތެދުވުމަށް އެހީތެރިވެދިނެވެ. މަންމަ އަހަރެންނާއި ދިމާލަށް ކަޅި އަޅައިލުމުން ގަދަކަމުން ހުނުން ހުއްޓާލި ނަމަވެސް އަކިލްގެ މޫނު މަތިން ފެނުނު ކުލަވަރުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިއައެވެ.

‎"އަކިލް މިއޮތީ ފައި ހަލާކުވެސް ވެފަ އެންނު" މުޒުނާ ދައްތަ ބުނެލުމާއި އެކީ ވަގުތުން އެދިމަލަށް އަހަރެންނަށް ބަލައިލެވުނެވެ. ތެދެކެވެ. އަކިލްގެ ފައިގެ ކަށިމަތިން ބޮޑުތަނެއް މަށައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ. ކުޑަކޮށް ދެރަވި ނަމަވެސް، އޭނާ މީހުންނަށް ދީފައިވާ ލަނޑުތަކާއި އަޅައި ކިޔާއިރު، އެއީ ކުޑަ ވަރެކޭ އަހަރެންގެ ހިތަށް އެރިއެވެ.

‎"މަލަކް ކިހިނެއް ތިހެދީ؟" އަހަރެންގެ ކަންފަތް ބުޑުގައި ޝާޔާ ބުނެލުމާއި އެކީ ނޭނގޭ ކަމަށް ބުނެ ދެކޮނޑު އަރުވައިލީމެވެ. މުޒުނާ ދައްތަ ބަރޮލާއި ހަވާލުވަމުން ވެއްޓުނީ ކިހިނެއްތޯ އަކިލްގެ ގާތުގައި އެއްސެވެ. ވަގުތުން އޭނާ އަހަރެންނާއި ދިމާލަށް ބަލައިލުމާއި އެކީ އަހަރެން ދުރު ބަލައިލީ، އަހަރެންގެ ދުވަސް މިދިއައީ އޭ ހިތަށް އެރުމުންނެވެ.

‎"ޗަކަގަނޑުން ފައި ކައްސާލީއޭ...އެހާ ތަދެއް ނުވޭ ތިއްތަ ހާސްކަނޑާލާ" އަކިލް ބުނުމާއިއެކު އަހަރެންނަށް ހައިރާންކަމާއި އެކު އޭނާއާއި ދިމާލަށް ބަލައިލެވުނެވެ. ނަމަވެސް ރުޅި އެރުމުގެ ބަދަލުގައި މިފަހަރު އޭނާ އަހަރެން ދިފާޢު ކުރީތީ ނޭނގި ނަމަވެސް ޝުކުރުވެރި ވެވުނެވެ.

‎އެގެއާއި ހަމައަށް ދެވުމާއި އެކު ހިނިތުންވުމެއް އަހަރެންގެ މޫނުމަތީގައި ދުވެލީ ގޭގެ ދޮރައަށިން ތިރިއަށް ދެމިފައި އޮތް ބޮޑު ފިޔާތޮށި ބޯގަންވިލާގެ ވެޔޮގަނޑު ފެނިފައެވެ. ބޭރު ފާރުތަކުގައި މަޑު އަޅިކުލައެއް ލެވިފައިވީއިރު، އެތެރެއަށް ވަދެވުމާއި އެކު އަހަރެންގެ ހިނިތުންވުން ފުންވެގެން ދިއައެވެ. ގޯތިތެރޭގައި އެލުވާ ޖޯލި ގިނަ ވެފައި މާގަސްތައް ވެސް ގިނަވުމުންނެވެ. އަހަރެންނަކީ އަބަދުވެސް މަލަށް ފޯރި ހުންނަ މީހަކީމެވެ.

‎ވަގުތުން ފިނިފެންމާ ގަހެއްގެ ކައިރިއަށް ޖެހިލައި ވަސް ބަލައިލީމެވެ. އަހަރެންގެ އުމުރުން 15 އަހަރު ފުރި ސޯޅަ އަހަރަށް އެޅިފައިވިޔަސް، އަހަރެންގެ ކިބައިގައި ހުންނަނީ މިފަދަ ސިފަތަކެކެވެ. އޭރު އަހަރެންގެ ހަރަކާތްތަކަށް ބަލަހައްޓއިގެން އަކިލް ހުރި ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

‎"މަލަކް ބޭނުމިއްޔާ އޯކޭ އިނގޭ މަލެއް ބިނދެލިއަސް" ގޭތެރެއިން ނިކުމެގެން އައި ވަޒްލިފާ ދައްތަގެ އަޑު އިވުމާއިއެކު އެދިމާލަށް އަހަރެން ބަލައިލީމެވެ. ހިނިތުންވެ ހުރެ އަހަރެންނާއި ދިމާލަށް ހިނގާފައި އައި ވަޒްލިފާ ދައްތަގެ އަތުގައި ޖޫސް ތަބަކެއް ހުރި އިރު، އަހަރެންގެ އަތައް އޭގެން އޮރެންޖު ޖޫސް ތައްޓެއް ދިއްކޮށްލަމުން އެބުއިމަށް ވަޒްލިފާދައްތަ އިޝާރާތް ކުރިއެވެ.

‎"ނޫނޭ...މަލުގެ ރީތިކަން ގިނަ ދުވަހަށް ހުންނާނީ މާ ގަހުގަ އިނީމަ އެއްނު، ބިނދެލައިފިއްޔާ މޯޅި ވާނެ" ޖޫސްތަށީގައި ހިފައިލަމުން އަހަރެން ބުނުމާއިއެކު އެންމެން ވެސް ހިނިތުންވެލިއެވެ. "ޖޫސްތަށި ހުސްކުރައްޗޭ އިނގޭ...މިހާރު އަދި ހީވޭ މަލަކް މާހިކި ހެން" ކުޑަކށް ހިކިވެފައިވާ އަހަރެންގެ ހަށިގަނޑަށް އިޝާރާތް ކުރަމުން ދައްތަ ބުންޏެވެ.

‎"އެހެންނު ވާނީ ބޮޑު ދޮންތާ، މި މަލަކް ހުންނާނީ ފަލަ ވެދާނެތީ ނުކައި...އަހަރެމެން ހެން ކައިގެން ނޫޅޭނެ މީނަ" ވަގުތުން ޝާޔާ އަހަރެންނާއި ދިމާކޮށްލި އިރު، އަހަރެންގެ މަންމަ މުޒުނާ ދައްތައާއި އެކު އެތެރެއަށް ވަދެއްޖެއެވެ.

‎ގަދަ ކަމުން ވިޔަސް އެ ޖޫސްތަށި އަހަރެން ހުސް ކުރީމެވެ. ވަޒްލިފާ ދައްތަ އަބަދުވެސް އުޅޭނީ އަހަރެން ނުކާތީ ކަންބޮޑުވެގެނެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ކާންދެވޭތޯ އުޅޭނެއެވެ. "އަކިލް ކޮންތާކަށް ވެއްޓިފަ ތިހިރީ" ވަޒްލިފާ ދައްތަ ކަންބޮޑުވެ ހުރެ އަކިލްގެ ގާތުގައި އެހުމާއި އެކު އަހަރެންގެ އަނގައިގައިހުރި ޖޫސްތައް ބޭރުނުވީ ކިރިޔާއެވެ.

‎އަހަރެންނަށް ވީގޮތް އަހަރެންނަށް ފުރަގަސް ދީގެން ހުރި ވަޒްލިފާ ދައްތައަށް ނުފެނުނު ނަމަވެސް، އަކިލްއަށާއި ޝާޔާއަށް ފެންނާނެ ކަން ގައިމެވެ.

‎ނުސިޔާނުކަން އަކިލްގެ މޫނުމަތިން ފައުޅުވީއިރު، އަހަރެންގެ ހިތް ތޮޅިލީ އޭނާ ވަޒްލިފާ ދައްތައަށް ހަޤީގަތް ކިޔާދީފާނެ ތީއެވެ. އޭނާ ވައްޓާލީ އަހަރެންނޭ ބުނެފާނެ ތީއެވެ.

‎ހޫން ދެން ކޮންމެ ގޮތަަކަށް ވެއްޓުނަސް ތިއޮތީ" ވެއްޓިފަ، ދޭ ފެންވަރައިގެން ބޭސް އުނގުޅަން" މަންމަގެ ބަހަށް ބަސްއަހައިގެން ކިޔަމަންވެ އަކިލް ގޭތެރެއަށް ވަދެގެން ދިއުމާއި އެކު، ޝާޔާއާއި އެކު އޭނާގެ ކޮޓަރިއަށް އަހަރެން ދިއައީ، އަހަރެންގެ ހުރުން ހަމަޖެހިފައިވަނީ އެތާގައި ކަމަށް ވީތީއެވެ.

‎ފެންވަރާލައިގެން މެންދުރު ނަމާދަށްފަހު، ފުރަތަމަ ފަންގިފިލާގެ ސިޑިއާއި ދިމާލަށް އަހަރެން ދިއައީ ކާން ތިރިއަށް އައުމަށް ޝާޔާ ބުނެފެއި ދިއުމުންނެވެ. ކޮޓރިތައް ހުރަސްކޮށް ސިޑިއާއި ހިސާބަށް ފޯރުމުގެ ކުރިން އަހަރެންނަށް މަޑުޖެހިލެވުނީ މީހެއްގެ މަޑު އާހެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

‎ކުރިމަތީގައި ހުރި ކޮޓަރިއާއި ކައިރިއަށް އަހަރެން ޖެހިލީ، އަޑު އައީ އެކޮޓަރިން ކަމަށް ވެފައި، އެކޮޓަރީގެ ދޮރު ހުޅުވައިފައި ހުރުމުންނެވެ. އެނދުމަތީގައި ހުސްގަޔާ އަކިލް އިށީނދެއިން އިރު، އުނދަގުލާއި އެކު އޭނާ ދިއައީ ފައިގެ މަށައިގެން ގޮސްފައިހުރި ފާރުގަނޑުގައި ބޭސް އުނގުޅޭތޯ މަސައްކަތް ކުރަމުންނެވެ. އޭނާގެ ފަން އިސްތަށިކޮޅުގައި ހަރުލާފައި ހުރި ފެންތިކިތައް އޭނާ ފެންވެރީ ދެންމެޔަކު ކަން ހާމަ ކޮށްދެއެވެ.

‎ކުށްވެރިކަމުގެ އިޙުސާސް އިންތިހާއަށް ކުރެވުމާއި އެކު، ޖެހިލުންވެ ހުރެ އެކޮޓަރީގެ ތެރެއަށް އަހަރެން ވަނީ ކަރުކެހި ލަމުންނެވެ. އަކިލް އަހަރެންނާއި ދިމާލަށް ބަލައިލުމުގެ ކުރިން ގޮސް އެނދުގެ މަގަތުގައި އިށީނދެ އޭނާގެ އަތުން ބޭސް ފުޅި އަތުލީމެވެ.

‎"ކީތްތިކުރަނީ؟" ހައިރާންވެ ހުރެ އަކިލް އެއްސެވެ. "އަކިލް ކަނު ވީ ކޮންއިރަކު" ރަތް ބޭސްފުޅިން ކަފަކޮޅެއްގައި އެތިކޮޅެއް ހާކައިލުމަށް ފަހު އަހަރެން އަހައިލީ، އަކިލްގެ މޫނަށް ބެލުމެއްނެތިއެވެ. "ވަޓް؟" އަހަރެންގެ ސުވާލު ނަގައި ނުގަނެވުމުން އޭނާ އެއްސެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓައި އޭނާގެ ފައި ނަގައި އަހަރެންގެ އުނގުމަތީގައި ބޭއްވުމަށްފަހު، ބޭސް ކަފަކޮޅުން ބޭސް އުނގުޅަން ފެށީމެވެ.

‎ކަފަކޮޅު ގޮސް ފާރުގަނޑުގައި ޖެހުމާއިއެކު އަކިލްގެ އަނގައިންމަޑު އާހެން ބޭރުވެގެން ދިއައިރު، ދެން އަހަރެން ބޭސް އުނގުޅީ ވަރަށް ބަލައިގެން ފުމެމުން އަކިލްއަށް ތަދު ނުވާނެ ހެނެވެ. އަހަރެންގެ މޫނަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން އޭނާ އިން ކަން އިނގުނު ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ.

‎"ކަނުވީމަ ދޯ ކުރާ ކަންތައް ފެންނަ އިރުވެސް ތިކުރަނީ ކީތް ހޭ އަހާނީ" ބޭސް ފުޅީގެ މަތި ޖަހައި ފަސްޓް އެއިޑް ބޮކް އަށް ލަމުން އަކިލްގެ ފައި ނަގައި އެނދުމަތީގައި ބޭއްވުމަށްފަހު، އެތަނުން ދިއުމަށް އަހަރެން ތެދުވީމެވެ.

‎"ތެންކިޔު" އަކިލް ޝުކުރު އަދާކުރި ނަމަވެސް އަޅައިނުލައި އަހަރެން ދިއައީއެވެ.

‎ހަވީރުގެ ވަގުތެވެ. އިރުގެ ހޫނުކަން ކުޑަވުމާއި އެކު ހިޔާ ފެތުރި، ފިނި ވައިރޯޅިތައް ފަޒާގައި ހޯރައަޅަން ފެށީ، ހިތްހަމަޖެހުން ލިއްބައިދެމުންނެވެ.

‎ލޯގަނޑު ކުރިމަތީގައި ހުރެ އަހަރެން ތައްޔާރުވަމުން ދިޔައީ ހިނގާލަން ދިއުމަށެވެ. އަހަރެން ލައިގެން ހުރި ކަޅު ކުލައިގެ ކަކުލަށް ވުރެ ކުޑަތަންކޮޅެއް ތިރިއަށް ހުރި ހެދުމުގައި ވަނީ ކުދި ކުދި ހުދު ކުލައިގެ މާތަކުގެ ޑިޒައިނެކެވެ. ގާތްގަނޑަކަށް އަހަރެން ލާ ހުރިހައި ހެދުމެއްގައި ވެސް ހުންނަނީ މަލުގެ ކުރެހުންތަކާއި ޑިޒައިންތަކެވެ. މިއީ މަންމަ އަހަރެންގެ ނަމަކަށް "މަލަކް" ކިއުމުން ވީގޮތް ކަންނޭނގެއެވެ. މަލަށް އަހަރެންގެ ހިތުގައި ލޯބި އުފެދިފައިވަނީ އެހެންވެގެން ކަން ނޭނގެއެވެ.

‎އިސްތަށިގަނޑުގައި ފުނާ އަޅައިލުމަށްފަހު މިނިވަންކަމާއި އެކު ދޫކޮށްލީމެވެ. ކަންފަތުގައި ހުދުކުލައިގެ މަލެއްގެ އެހެއް ޖަހައިލުމަށްފަހު ތުންފަތުގައި ލިޕް ގްލޮސް ކޮޅެއް ހާކައިލީމެވެ. ގަޔަށް ސެންޓުކޮޅެއް ބުރުވައިލަމުން ބޭރަށް ދާން ނިކުތީމެވެ. އޭރު ޝާޔާއާއި އޭނާގެ ތިމާގެ ކުއްޖެއް ކަމުގައިވާ ފައިނާ އަހަރެންގެ އިންތިޒާރުގައި ތިއްބެވެ.

‎ޝާޔާ އަހަރެންނަށް ފައިނާ ތަޢާރަފު ކޮށްދިނުމުން އަހަރެމެން ގެއިން ނިކުންނަން ހިނގައިގަތީ އެކި ވާހަކައިގައި ތިބެއެވެ. "ތިން ގޮމަ ފަރިވެލައިގެން ކޮންތާކަށް؟" ޝާޔާގެ ކާފަ ސަމާސާ ކޮށް އަހަރެމެންގެ ގާތުގައި އެހުމާި އެކު ތިން މީހުނަށްވެސް ހެވުނެވެ. "ދަރިފުޅާ ކޮންތާކަށްތަ ތިދަނީ؟" ގޭތެރެއިން މުޒުނާ ދައްތަ އާއިއެކު ނިކުމެގެން އައި އަހަރެންގެ މަންމަ ޔަންލާ އެއްސެވެ.

‎"ޔަންލާ ދައްތާ، އަންނާނަމޭ މި މަލަކްއަށް މިރަށް ދައްކާލާފަ" ޝާޔާ އަވަހަށް ބުނެލިއެވެ. "ނޫނޭ ނޫނޭ...ތިހާ ނަލަވެގެން ތިބެ ތިން ކުދިން އެކަނި ދިޔަ ދޭކަށް ކާފަޔަކަށް ލާހިކެއް ނޫން....މިތާ ކުރާނެ ކަމެއް ނެތިގެން އުޅުނު ސޮރާ މިމީހުން ހަވާލުކޮށްފަ ފޮނުވާ މުޒުނާ!" ކާފަގެ އަޑުގައިވީ ކަންބޮޑުވުމާއި އެކު އިތުރު ބަހަނާއެއް ދައްކާކަށް އަހަރެމެންނަކަށް ވެސް ނުކެރުނެވެ. ތިން މީހުން އެކަކު އަނެކަކުގެ މޫނަށް ބަލަބަލައި ތިއްބައި ގޭތެރެއިން ނިކުމެގެން އައީ އަކިލް އެވެ.

‎ވަގުތުން އަކިލް އަހަރެމެންގެ ބެލެނެވެރިއަކަށް ހަމަޖައްސައި ބޭރަށް ދިއުމުގެ ހުއްދަ ލިބުނު އިރު، އަހަރެން ހުރީ މޫނު ހަދައިގެނެވެ. ވާނީ ވެސް އެހެންތާއެވެ. ދުނިޔެމަތިން އަހަރެން އެންމެ ފޫހިވާ މީހާއާއި އެކު ހިނގާލަން ދާން ޖެހުނީއެވެ.

‎އަތިރި މައްޗަށް ދެވެންދެން ބަހެއް ނުކިޔައި އަހަރެން ހުރުމުން ފައިނާ އަހަރެންނާއި ކައިރިވެލައި ކަންފަތް ބުޑުގައި އެއްސެވެ. "ވަރަށް ފޫހިވޭ ދޯ އެ އަކިލު ދެކެ" ފަަހަތުގައި ތިބި އަކިލްއާއި ޝާޔާއަށް އިޝާރާތް ކުރަމުން ފައިނާ އަހާލުމާއި އެކު، ފުރަތަމަ ބުނާނެ އެއްޗެއް ނޭނގިފައި އަހަރެންނަށް ހުރެވުނީއެވެ. ފައިނާއަކީ ވެސް އަކިލްގެ ކޮއްކޮ އެއް ވިއްޔާއެވެ. އަހަރެން އަކިލްއާއި ދިމާލަށް އެއްޗެހި ކިޔާ ކޮންމެ ފަހަރަކު ޝާޔާ ހޭން ހުންނަ ގޮތަށް ފައިނާ ނުހުރެދާނެ ނޫންހެއްޔެވެ.

‎"ޑޯންޓް ވޮރީ، ބޭބެ ވިޔަކަސް މަށަކަށް ވެސް އޭނަ ކަމަކު ނުދޭ" އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ފައިނާ ބުނެލި ގޮތުން އަހަރެންނަށް ހެވުނެވެ. ދެން ފެށުނީ އަކިލްގެ މަސްކެއުމެވެ. އަތިރި މައްޗަށް ދެވެންދެން އަހަރެންނާއި ފައިނާ އެނޫން ކަމެއް ނުކުރަމެވެ. ހީހީ ގޮސް ހަލާކު ވާވަރު ވިއެވެ.

‎ގެމަނަފުށީގެ އުތުރު ފަރާތު އަތިރިމަތީގެ ރީތިކަމުގެ ވާހަކައަކީ އަހަރެން ވަރަށް ގިނައިން އަހާފައިވީ ވާހަކައަކަސް، އެވާހަކައިގެ ތެދުކަން އިޙުސާސްކުރެވުނީ ހަމަލޮލަށް ޤުދުރަތުގެ އެ ފުރިހަމަކަން ފެނުމުންނެވެ. ހިމުން ހުދު ދޮންވެލިގަނޑާއި، ވިލުނޫކުލައިގެ ބިއްލޫރިކޮޅެއްފަދަ ސާފު މޫދެވެ. އަތިރިމަތީގައި ހެދިފައިވާ ހަޓުތަކާއި މޫދުގައި ހަދާފައިވާ އުނދޯލިތަކެވެ.

‎ފަރު ހިކިފައި އޮތުމާއިއެކު އެންމެ ހިނދުކޮޅަކަށް ވެސް އަހަރެންނަކަށް މަޑެއް ނުކުރެވުނެވެ. އަރައިގެން ހުރި ފައިވާން ބާލައި ބެހެއްޓުމަށްފަހު މޫދާއި ދިމާލަށް ދުއްވައިގަތީ ފައި ތެންމައި ލުމަށެވެ.

‎އަހަރެންގެ އެ ޢަމަލުގެ ސަބަބުން އެންމެންގެ މޫނުމަތިން ހިނިތުންވުމެއް ފައުޅުވީއިރު، ޝާޔާވެސް އޭނާ ލައިގެން ހުރި ޖީންސުގެ ފައިކުރި އޮޅާލުމަށްފަހު އައިސް އަހަރެންނާއި ބައިވެރިވިއެވެ.

‎ޝާޔާ އައިސް އަހަރެންނާއި ތެދިން ފޫޓު ދުރުގައި މޫދު ތެރޭގައި ހުއްޓިލުމާއި އެކު، އަަހަރެންނަށް ހިނިތުންވެލެވުނީ ސިކުނޑިއަށް އައި މޮޅު ހިޔާލެއްގެ ސަބަބުންނެވެ. ވަގުތުން މޫދާއި ދިމާލަށް ގުދުވެލައި އަތަށް ލޮނު ގޮއްޓެއް ނެގުމަށްފަހު ޝާޔާއާއި ދިމާލަށް ބުރުވައިލީމެވެ. އަހަރެންގެ އެފަދަ ޢަމަލަކަށް ހުޝިޔާރުވެ ހުރި ޝާޔާ ވަގުތުން އޭނާގެ ކައިރީގައި ހުރި އަކިލްގެ ފުރަގަހަށް ވަދެ ރެކުނު އިރު، ބުރައިގެން ދިޔަ ލޮނުތަކުގެ ޝިކާރައަކަށް ވީ އަކިލް ލައިގެން ހުރި ހުދު ޓީޝާރޓެވެ.

‎"އޫޕްސް" އޭ އަހަރެންނަށް ބުނެވުނީ ގޮށްޖެހިފައިވާ އަކިލްގެ ދެބުމަ ފެނުމުންނެވެ. ފަހަތަށް އަހަރެންނަށް ފިޔަވަޅެއް އަޅައިލެވުނީ އަކިލް އަހަރެންނާއި ދިމާލަށް ކުރިއަށް ފިޔަވަޅެއް އެޅުމުންނެވެ. އޭރު މަންޒަރު ބަލަން ހެވި ދިލިފައި ޝާޔާ އާއި ފައިނާ ތިއްބެވެ.

‎އަކިލް ކުއްލިއަކަށް ބަޅުވެލުމަށްފަހު އަތަށް ލޮނު ގޮއްޓެއް ނެގުމާއި އެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިއައިރު، "ނޯ އަކިލް" އޭ ކިޔައި އަހަރެން ދުއްވައިގަތީމެވެ. އަހަރެންގެ ފަހަތުން އަކިލް ވެސް ދުވަމުން އައި އިރު، މިހާރު އޭނާގެ މޫނުމަތީގައި ވަނީ ސަކަކަމެވެ. އަހަރެންގެ މޫނުމަތީގައިވީ ހިނިތުންވުން އަހަރެންނަށް ނުފެނުނު ނަމަވެސް ޝާޔާ އަށާއި ފައިނާއަށް ފެނުނެވެ.

‎ ދުވެދުވެ ވަރުބަލި ވުމާއި އެކު ވެލިގަނޑު މަތީގައި އަހަރެންނަށް އިށީންދެވުނު އިރު ފުން ނޭވާތަކެއް އަހަރެންނަށް ދިއައީ ލެވެމުންނެވެ. ތަރުތީބު ގެއްލިފައިވީ އަހަރެންގެ ފަން އިސްތަށިގަނޑުގެ އިސްތަށިތައް އަހަރެންގެ މޫނަށް އެޅިފައިވީއިރު، އަކިލް އައިސް އަހަރެންނާއި ތަންކޮޅެއް ދުރުގައި އިށީންދެލިއެވެ. އޭނާގެ މޫނުމަތިން ވެސް ވަރުބަލިކަން ހާމަވާން ހުރިއިރު، އަހަރެންނާއި ދިމާލަށް އޭނާ ބަލައިލުމާއި އެކު އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިއައެވެ. އަހަރެންނާއި އެކު އޭނާ ވެސް ހެމުން ދިއައިރު، ދުރުގައި ތިބި ޝާޔާމެން ވަގަށް އަަރެމެން ދެމީހުންގެ ފޮޓޯއެއް ނެގިކަމެއް އަހަރެންނަކަށް ނޭނގެއެވެ.

‎އުފާކޮށް ހިތްހަމަޖެހިގެން ހުރެ އަހަރެންނަށް ފުރިހަމައަށް މި ހިނިތުންވެވެނީ، އެމީހެއްދެކެ އަހަރެން އެންމެ ފޫހިވާ އަދި ނަފްރަތުކުރާ މީހާ އާއި އެކީ ކަންވެސް އަހަރެންގެ ހަނދާނުން ކައްސާލިއެވެ.

‎އެދުވަހު އަހަރެންނަށް ފެނުނީ އަންހެން ކުދިން ކުޅޭ އެއްޗެހީގެ އުސޫލުން ގެންގުޅޭ އަހްމަދް އަކިލް އާހިމްއެއް ނޫނެވެ. އަހަރެންނަށް ފެނުނީ އަހަރެންގެ ސަމާސާ ތަކުގައި ބައިވެރިވާ، އަހަރެންގެ އުފާވެރިކަމުގައި ޝާމިލުވާ، އަހަރެން ހެއްވައިލަދޭން އިނގޭ މީހެކެވެ. އަހަރެންގެ ކިބައިގައި ހުންނަ ކުޑަކުދިންގެ ސިފަތައް ފަދަ ސިފަތަކުގެ ސަބަބުން އަހަރެން ކުޑަ ކޮށްނުލައި، އެ ސިފަތައް އެމީހެއް ހެއްވާލަދޭ ފަދަ މީހެކެވެ. އަހަރެން ކުރާ ކުދި ކުދި ކަންތަކާ ރުޅި އައުމުގެ ބަދަލުގައި އަހަރެންގެ އެ ޢަމަލުގައި ބައިވެރިވާ ބައިވެރިއެކެވެ.

ނުނިމޭ

  Please log in or register to bookmark.
  4k

  7 ޚިޔާލު

  1. ވާއު މިހާރު މި ވާހަކައިގަ މަލަކް އެ އަކިލް ދެކެ ކުޑަކޮށް ލައިކް ވާހެން އެބަ ހީވޭ... ވަރަށް ޝައުޤުވެރިކަމާއެކު މި ކިޔަނީ.. ހުއްޓާ ނުލާ މިވާހަކަ ކުރިއަށް ގެންގޮސް ނިންމާލަށްޗޭ.. ހަމަ ވަރަށް ރީތި

  2. އަކިލް ދެކެ ވަރަށް ފޫހިވޭ އަސްލު....އެކަމް އޭނަ މަލަކްއަށް ޓްރީޓް ކުރާ ގޮތް އިޒް ސޯ ލޯބި....ވަރަށް ކިއުޓް....އައި ތިން ހީ ލަވްސް ހާރ ދެން މަލަކް ވެސް ލައިކް ވަނީ މިހާރު....ވަރަށް ތަފާތު ވާހަކައެއް....މަލަކް އުފަލުގަ ބަހައްޓަ ދޭން އަކިލް އަށް އިނގޭ! އެހެންވީމަ ހީ އިޒް ޕާރފެކްޓް ފޯރ ހާރ

  ޚިޔާލު

  Your email address will not be published.

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy