އެއީ މިދިޔަ އަލްހާ ޢީދެވެ.އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ޢީދު އުފާ ޝޯވ އޮތެވެ.ޔަނާލް އާއި ޝިފާ އަކީ ނެޝުމަށް ފޯރި ހުންނަ ދެމީހުން ކަމުން މި އަހަރުގެ ޝޯވއަށް ވެސް ޔަނާލްމެން ގްރޫޕްއިން ވަނީ ޑާންސް އެއް ތައްޔާރު ކޮށްފައެވެ.އަދި އެމީހުންގެ އެދުމަށް ޒާޔާވެސް މި ޑާންސްގައި ބައިވެރިވާން އެއްބަސްވިއެވެ.އެކަމާ މަލަކް ހުރީ އެހާ ހިތްހަމަ ޖެހިފައެއްނޫނެެވެ.އެއީ އެ ތިން މީހުން ނަށަން ގޮސްފިނަމަ މަލަކްއާއެކީ ޝޯވ ބަލަން ދާނެ މީހަކު ނުހުންނާނެތީއާ މަލަކްއަކީ މިކަހަލަ ކަންކަމަށް އެހާ ތާއީދު ކުރާ މީހަކަށް މީހަކަށްވެސް ނުވާތީއެވެ.ނަމަވެސް މަލަކް ކޮންމެހެންވެސް މިޝޯވ ބަލަންދާން ބޭނުންވިއެވެ.އެންމެ ގާތް އެކުވެރިން މިފަދަ ކަމެއްގައި ބައިވެރިވެގެން އުޅޭއިރު، ބަލާލަން ދާން ބޭނުންވާތީއެވެ. ޢީދަށް ގަތް އަބާޔާ ގަޔަށް ހެޔޮވަރު ކޮއްލުމާއެކު އާދައިގެ ގޮތަކަށް ޝޯލް އަަޅާލައިގެން ޝޯވ ބަލަންދާން މަލަކް ހިނގައިގަތެވެ.ބޯޅަ ދަނޑު ސަރަހައްދު އޮތީ ތޮއްޖެހިފައެވެ.ޝޯވ ބަލަން އައިސް ތިބިހާ މީހުންނެވެ.މީހުންގެ ތެރެއިން ޖާގަ ހޯދަމުން މަލަކް ގޮސް އިށީނީ ޝާނުމެން ތިބި ގޮނޑިބަރީގެ އަނެއް ފަރާތުގައެވެ.މިރޭ ޝާނުއާ ލިޔާހުގެ އިތުރުން އެހެެންޔާ ނުފެންނަ މޫނެއް އެގްރޫޕްއިން ފެންނަކަން މަލަކްފާހަގަކުރިއެވެ. ޑިސްކޯ ލައޓް ތަކުގެ ތެރެއިން އެހާ ރަނގަޅަށް އެމީހެއްގެ މޫނު ނުފެންނާތީއާ ޝޯވ ފެޝިގެން ކުރިއަށް ދާތީ މަލަކް ސަމާލްކަން ދިނީ ޝޯވ ބަލާށެވެ.ނަމަވެސްއިރުއިރުކޮޅުން އެއެދިމާލަށްބެލެނީ ކީއްވެގެންކަމެއް ޙުދު މަލަކް އަކަށްވެސް ނޭންގެއެވެ.އަދި އެއީ ކާކުތޯ ބެލުމަށް މަލަކްގެ ނަފްސު ކެތްތެރިކަން ކުޑަވެފައިވިއެވެ.ޝޯވގެ އެންމެ ފަހު އައިޓަމަކަށް އޮތީ ޔަނާލްމެންގެ ޑާންސެވެ.އެއަށްފަހު ޝޯވ ނިމިއްޖެއެވެ.އަވަސް އަވަހަށް ތެދުވެގެން މަލަކް ހިނގައިގަތެވެ.
(ނުނިމޭ)
