ޝައިނާ - 1

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ރަށުގެ އެންމެ ހިތްގައިމު މާއިޒާނުގައި، އަހަރެން އޮށޯވެލައިން އޮތީ އެ ހިތްގައިމު ފިނި ރޯޅިތަކުގެ އަރާމު ލިބިގަތުމަށް އެވެ.
ގޮނޑުދޮށުގައި އިން އެ ޖޯލި ފައްޗަކީ އަހަރެން އެންމެ ގަޔާވާ އެއް ތަނެވެ. ކޮންމެ ނަމާދަކަށް ފަހުވެސް އެތަނުގައި އަހަރެން ވަގުތު ހޭދަ ކުރަމެވެ. އާދައިގެ މަތިން އެ ދުވަހުގައި ވެސް އަހަރެން އަތިރި މައްޗަށް ނިކުމެލީ އަސުރު ނަމާދުން ފައިބާއިގެންނެވެ.
އަހަންނަކީ ވަރަށް އެކަނިވެރިކަމަށް ލޯބިކުރާ މީހަކީމެވެ.
ހަވީރުގެ ވަގުތު ކަމުން އޭރު އާއިލާތައް ވަނީ އަތިރި މައްޗަށް އެއްވެފައެވެ. ދަރިން ގޮވައިގެން ހިތްހަމަ ޖައްސާލުމަށްށެވެ.
މި ބުނާ ޖޯއްޔަކަށް މާ ގިނަ ބަޔަކު ގޮސް ނަހަދާނެއެވެ.
މީހުން ބުނާ ގޮތުގައި އެ ޖޯލި އިންނަ ސަރަހައްދަކީ ވަރަށްވެސް ނާމާން ތަނެކެވެ. އެތަން ކިތަންމެ ނާމާނަސް އަހަރެން އެކަމަކާއި ޖެހިލުމެއް ނުވެއެވެ. އަހަރެން ދަނީ ﷲ ގެ ރައްކާތެރިކަން ހޯދައިގެންނެވެ.

ކޮންމެ އަކަސް އަހަރެން އެންމެ ހިތްހަމަ ނުޖެހެނީ އެކަނިވެރިކަމަށް ބުރޫ އެރުމުންނެވެ.
އެ ދުވަހު ކަން ވީ އެހެންނެވެ. އެ މައިދާނުގައި އިތުރު މީހަކު އެބަ އިނެވެ. އެމީހަކު އެތާގައި އިން ނަމަވެސް އަހަރެން މަޑު މަޑުން އެ ދިމާލަށް ހިނގަމުން ދިޔައީމެވެ. ކުއްލިއަކަށް މުޅި މީހާ ހުއްޓުމަކަށް އައެވެ. އޭރު އަހަރެން ހުރީ އެތަނާ 6 ފޫޓެއް ހާ ދުރު މިނުގައެވެ.
އެ ކުއްޖާ އިނީ އަހަންނަށް ފުރަގަސް ދީގެން ނަމަވެސް އިށީދެލައިން އިން އިރު އެ ފަން އިސްތަށިގަނޑު އޮތީ ވައިގެ ތެރެއަށް ދޫކޮށްލާފައެވެ. ބިންމަތީގައި ކޭއްތޭ ނުކޭއާތޭ ވަރު ދިގު އިސްތަށިގަނޑެކެވެ. ކަޅު ދެލިހެން ހީވާ ވަރުގަދަ އިސްތަށިގަނޑެކެވެ. އަހަރެން ހިން ދިރުވާލުމަށް ފަހު ކުރިޔަށް ދިޔުމަށް ހިނގަން ފެށީމެވެ. އަހަރެން ގޮސް އިށީނުމުން ފޯނާ ކުޅެން އިން އެ އަންހެން ކުއްޖާ އިސް އުފުލާލާފައި އަހަންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ކޮންމެވެސް ޖަޒުބާތީ ހިޔާލުތަކެއް އަހަރެންގެ ހިތުގައި އެނބުރެން ފެށިއެވެ.
ކުލަ އަލި ކުއްޖެކެވެ. އަހަރެން ފެނުމާއި އެކު އެ ދިން ލުއި ހިނިތުން ވުމުގެ ފުރިހަމަ ކަމާއެވެ. ﷲ ގަންދީ ބުނަމެވެ. އެވަރު ރީތި ދެވަނަ އަންހެން ކުއްޖެއް މި ފަސްގަނޑު މަތީގައި ނުހުންނާނެއެވެ.
ހުރިހާ ގޮތަކުން ވެސް ފުރިހަމަ އެވެ. ހަށިގަނޑުގެ އެއްވެސް ހިސާބަކުން އައިބެއް ފެންނާކަށް ނެތެވެ.
އަހަންނަށް ކަޅި ޖަހާނުލައި އެ ރީތި ކުއްޖާއަށް ބަލަން އިނދެވުނެވެ.
ދެތިން ފަހަރަކު ފުންކޮށް ނޭވާވެސް ލެވުނެވެ. ވާހަކަ ދައްކާލަން އުޅޭ އިރަށް ވެސް ހީވަނީ ދޫ އޮޅޭ ހެންނެވެ. ވަރަށް ހިތް ވަރުން އަހަންނަށް އަހާލެވުނެވެ.

" ކޮން ނަމެއް ކިޔަނީ؟ "

ވަރަށް ވެސް ހިތްގައިމު އަޑަކުން މަޑުމައިތިރި ކަމާއި އެކު އަހަންނަށް ޖަވާބު ދިނެވެ.

"ޝައިނާ"

އަހަންނަށް ހޭވެރިކަމެއްވީ މީހަކު ގޮވާ އަޑަށްށެވެ.

" ދަރިފުޅާ... ދަރިފުޅާ!"

އަހަރެން ލޯ ހުޅުވާލިއެވެ. ކައްޓަކަށް ތެދުވެ އެކި ދިމާ ދިމާ ހޯދަން ފެށީމެވެ. އެ ރީތި ކުއްޖާއެއް ފެންނާކަށް ނެތެވެ. އަހަރެން އޮތީ އަހަރެންގެ ކޮޓަރީގައެވެ. އަހަންނަށް ފެނުނީ ހުވަފެނެއް ކަން އިހުސާސް ވިއެވެ. އަހަރެން ތެދުވެގެން ގޮސް ކުޑަ ދޮރު ކައިރީގައި ހުއްޓިލީމެވެ. އޭރު ބިމުގައި އެއްވެސް އަލި ކަމެއް ނެތެވެ. ދޫނިތަކުގެ ގޮވުން ފިޔަވާ އިތުރު އެއްވެސް އަޑެއް ނީވެއެވެ. އިރު ކޮޅެއް ފަހުން އެ ހަމަހިމޭން ކަން ކެނޑި ބަންގީގެ މާތް އަޑުން މުޅި ރަށް ގުގުމާލިއެވެ. ފަތިސް ވީއެވެ. އަވަހަށް ގޮސް ނަމާދު ކޮށްލައިގެން އައީމެވެ.
އެނދުގައި ޖައްސާލި ގޮތަށް މާޒީގެ ހިޔާލު ތަކު ތެރެއަށް ވަނީމެވެ.

މުއްސަދި އާއިލާއަކަށް ނިސްބަތްވާ އަހަންނަކީ އަބަދުވެސް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ ކުއްޖަކީމެވެ. ކިތަންމެ ލާރިއެއް އޮތް ނަމަވެސް ބޭކާރު ހަރަދު ކުރުމަކީ އެއް އިރެއްގައިވެސް އަހަރެން ގަޔާވާ ކަމެއް ނޫނެވެ. ބައްޕަގެ މުއްސަދިކަމުގައި އުޅުމަކީ ވެސް އަހަރެން ބޭނުންވާ ކަމެއް ނޫނެވެ. އަބަދުވެސް ބޭނުންވަނީ އަމިއްލަ ވިޔަފާރިއެއް ފަށާށެވެ. އެގޮތުން ތައުލީމީ ހަޔާތުގައި އަހަންނަކީ ތައުލީމީ ރޮގުން ކާމިޔާބު މީހަކީމެވެ.
ގުރޭޑް ދިހަޔަކާއި ހަމައަށްވެސް އަހަންނަކީ މުޅި ސުކޫލުން އެއް ވަނައެވެ. އަހަންނަކީ ބަސް މަދު މީހަކީމެވެ. ދުވަހަކު ވެސް ޓީޗަރަކާއި ނުވަތަ ދަރިވަރަކާވެސް މައްސަލައެއް ނުޖެހެއެވެ.
ރަށުގައި އެންމެ ބަސްއަހާ ކުއްޖާއޭވެސް މީހުން ބުނެ އުޅެ އެވެ.
އަހަރެންގެ މާ ގިނަ ރައްޓެހިންނެއް ވެސް ނުހުރެއެވެ. އެހެން ފިރިހެން ކުދިންހެން ނޫޅޭތީ ފިރިހެން ކުދިންގެ ނަޒަރުގައި އަހަންނަކީ ރަނޑެކެވެ. އަހަންނަށް ރަނޑެއްގެ ނަމުން ނަން ދިން ނަމަވެސް އަހަރެންގެ ހިތަކަށް އެއްވެސް އެއްޗެއް ނާރައެވެ.
އަހަރެން ގިނަ ވަގުތު ހޭދަ ކުރަނީ މުސްކުޅި ފުރައިގެ މީހުންނާއި އެކުއެވެ. އެމީހުންނާއި އެކު ވަގުތު ހޭދަކުރުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެކެވެ. އެމީހުންގެ ވާހަކަތައް އަޑުއަހާއި ސަމާސާކޮށް ހެދުމަކީ އަހަންނަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ރަށުގެ މުސްކުޅި ފުރަިއިގެން މީހުން އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ.

ދުވަސްތައް ވޭތުވަމުން ދިޔަ އެވެ.
އިންސާނުންނަކީ ބަދަލުވާ ބައެކެވެ.
އަހި ވަކަކާއި ޖެހި އަހި ވަކެއް ފާވާ އުސޫލުން ދިރިއުޅުމުގައި ދިމާވާ މީހެއްގެ ސަބަބުން ދިރިއުޅުން އެފުއް މިފުށަށް ވެސް ޖެހިދާނެއެވެ.
ދިހައެއް ނިންމާ އިތުރު ތައުލީމު ހާސިލް ކުރުމަށް އަހަރެންމެންގެ އަތޮޅުން އަތޮޅު ވެރިކަން ކުރާ ރަށަށް ދިރިއުޅުން ބަދަލު ކުރީމެވެ. އޭލެވެލް ހެދުމަށް ޓަކައެވެ. އެ ސުކޫލު ކުދިންނަކީ ވަރަށްވެސް ގުޅިގެން އުޅޭ ބައެކެވެ. ފުރަތަމަ ދުވަހުވެސް ކުލާހުގެ އެންމެން ކަހަލައިން އަހަންނާއި އެކުވެރިކަން ބޭއްވިއެވެ. އެ ކުލާހަކީ ނަން މައްޝޫރު ކުލާހެކެވެ.
ބަސްނާހާ ކަމުގެ ޓެގު އެޅުވިފައިވާ ކުލާހެކެވެ. ކުލާހުގެ ހުރިހާ ކުދިން ކިބައިންވެސް އަހަންނަށް ފެނުނީ ލާނެއް ކަމެވެ . މަޖާ ކުރަން ކޮންމެ ފަދަ ކަމެއްވެސް ކުރަން އެމީހުން ފަހެއް ނުޖެހެއެވެ.
ޓީޗަރުންނަށް ލަނޑު ދިނުމާއި ބައެއް ތަކެއް ޗަށް ގެއްލުން ދިނުމާއި އެހެން ކުލާހުގެ ކުދިންނަށް ޖެއްސުން ކުރުން ފަދަ ކަންކަމަކީ އެމީހުން ފޫހި ފިލުވަން ކުރާ ކަންތައްތަކެވެ.
ފުރަތަމަ ދުވަސްކޮޅު އަހަންނަށް އެ ކަންތައްތައް ގޯސް ކަމަކަށް ވީ ނަމަވެސް ފަހުން ފަހުން އައިސް އަހަރެންވެސް އެކަން ކަމުގައި ބައިވެރިވާން ފެށީމެވެ. އަހަންނަށް ވެސް އެއީ ސަޅި ކަމެއްގެ ގޮތުގައި ދެކެވުނެވެ. އެންމެ ބަސްއަހާ ކުއްޖާއިން އެންމެ ނުލަފާ ކުއްޖާއަށް އަހަރެން ބަދަލުވެގެން ދިޔައީ މަދު ދުވަސް ކޮޅެއްގެ ތެރޭގައެވެ.
އެތައް ފަހަރެއް މަތިން އަހަރެން ސަސްޕެންޑް ވެސް ކުރިއެވެ. ބައްޕަމެން އަހަންނާއި މެދު ވިސްނާ ރޯކަން ވެސް އަހަންނަށް އެނގެއެވެ. އެހެން ނަމަވެސް އެކަން އަހަންނަށް އޭރު މާ ބޮޑު ކަމަކަށް ނުވިއެވެ. އެންމެ ފަހުން ބައްޕަ އެދިގެން އަހަރެން ރިޕީޓް ކުރުވީއެވެ. އަހަރެން އެކަމާއި ވަރަށް ހިތް ހަމަ ނުޖެހުނެވެ.
ކިޔެވުން މަތިން ފޫހި ވިއެވެ. ސިނގިރޭޓް ބުއިމާއި ލާނެއް އުޅުން އަހަރެންގެ ސިފަތަކުތެރެއަށް ވަދެއްޖެ އެވެ.
އޭގެ އިތުރުން އެތަކެއް އަންހެން ކުދިންނަކާއި ލޯބީގެ ގޮތުން ގުޅި އެކުދިންނަށް ލަނޑުދީ ހިތްތައް ކަތިލަމުން އަހަރެން ދިޔައީ ވިސްނުމެއް ފިކުރެއް ނެތިއެވެ.
އަހަންނާއި އިރުފާން އަކީ މުޅި ސުކޫލުން ވެސް ނަން ވިދާލާ ދެމީހުންނެވެ. އިރުފާން އަކީ މިހާރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ލާނެތް ކަމުން އަހަންނަށް ވަކި ދުލެއްނުކުރާނެއެވެ. އެ ދުވަހަކީވެސް އަހަރެމެން ކޮންމެވެސް ޓީޗަރަކަށް ލަނޑެއް ދޭނަމޭ ހިތާ އުޅުނު ދުވަހެކެވެ. އޮށްގާ ހިފައިގެން އަހަރެމެން މަގުގެ އެތެރެއަށްވީ ފަރާތުގައި ފިލާ ހުރީ އެ ޓީޗަރަށް ޖެއްސުން ކުރާށެވެ. ޓީޗަރު ފެނުމާއި އެކު އޮށްގާ އުކަން ފެށީމެވެ. އަހަރެމެންނާއި ދިމާލަށް ޓީޗަރު އަންނަ މަންޒަރު ފެނުމުން ދުވެވުނު އެންމެ ބާރަކަށް ދުވެފައި ގޮސް ގެއެއްގެ ތެރެއަށް ވަނީމެވެ. ފިލަން ތަނެއް ހޯދަނިކޮށް ކުޑަދޮރުން ބޯ ދިއްކޮށްގެން އޮތް އަންހެން ކުއްޖާ އަހަރެމެންނަށް އަތުން ހަމަ އަޅަން ފެށިއެވެ. އެ ދިމާލަށް އައުމަށް އެދިއެވެ. ދުވެފައި ގޮސް ކުޑަ ދޮރުން އެރީމެވެ. އަހަރެމެން ވަނުމާއި އެއްކޮށް އެ ކުއްޖާ ކުޑަ ދޮރު ލެއްޕިއެވެ. ކުޑަ ދޮރު ލެއްޕުމަށް ފަހު ހޭން ފެށިއެވެ.
އަހަރެމެން ތިބީ މާ ނޭވާ ލައި ލައެވެ. އަހަރެން އެ ކުއްޖާއާއި ދިމާލަށް ބަލާލީމެވެ. އެ ހިނިތުން ވުމުގައި ކޮންމެވެސް ހާއްސަ ކަމެއް އެބަ ހުއްޓެވެ. އަހަރެންގެ ހިތުން އެ ފުރިހަމަ ތަސްވީރު ބިންވަޅު ނެގިގެން ދިޔައެވެ. އަހަރެމެން އެކަމުން ސަލާމަތްކޮށްދިނުމުން އެކުއްޖާއަށް އަހަރެން ޝުކުރު އަދާ ކުރީމެވެ.

"އަހަންނަކީ ޝިފާޒް... މިއީ އަހަރެންގެ ބެސްޓީ އިރުފާން ... ތީނައަށް ކިޔަނީ ކޮން ނަމެއްތަ؟" އަހަރެން އަހާލީމެވެ.

"މީ ޝައިނާ...!"

    Please log in or register to bookmark.
    7k

    9 ޚިޔާލު

    1. ހާއި...ވަރަށް ރީތީ އިނގޭ މި ވާހަކަ... ވެއިޓިންގް ފޯ ދި ނެކްސްޓް ޕާޓް..ގުޑް ލަކް..☺️❤️❤️

    2. ވާހަކަ ފެށޭއިރު ޝިފާޒް ކިޔަވަން ގޮސް ހުރީ އެހެން ރަށަކައް. ވާހަކައިގެ މެދުތެރެއިން އޭނަ މިއުޅެނީ ރަށުގަ. 🤔

    ޚިޔާލު

    Your email address will not be published. Required fields are marked *