ލޭގެ ސަފުހާއެއް

ދުނިޔެ އަކީ އަހަރެން ހީކުރިހާ އުފާވެރި ތާނެއް ނޫނެވެ. ގިނަ މީހުންނަށް ލިބެނީ އަނިޔާއެވެ. ޖެހެނީ ހިތާމަ ކުރާށެވެ. އެގޮތުން އަހަންނަކީ ވެސް ހަމަ މިކަހަލަ ކަންތައްތަކަކާ ކުރިމަތި ލާންޖެހުނު މީހެކެވެ

*************** *********** *********** *****

އަހަރެންގެ މަންމަ ވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާ ވެފަ އެވެ. އެގޮތުން އަހަރެން ދިރިއުޅެމުންއައީ އަހަރެންގެ ބައްޕަ ފަރާތު މާމަ ކައިރީ ގައި އެވެ. އަހަރެންނަކީ ލޭ އަޅާ ކުއްޖެކެވެ. ނަމަވެސް އަހަރެންނެކޭ ގޭގައި ގެންގުޅޭ ނޯކަރެކޭ އެއްގޮތެވެ. . އަހަރެން ގެ މާމަ އަހަރެން ދެކެ ރުޅި އަންނަނީ އަހަރެން ނަކީ ލޭ އަޅާ ކުއްޖަކަށް ވާތީއެވެ. ނަމަވެސް އޭގައި އޮތީ އަހަރެން ގެ ކޮން ކުށެއް ހެއްޔެވެ.
ނަމަވެސް އަހަރެން ޝުކުރު ކުރަމުއެވެ.

******* ****** ***** ********* ********** **

އެއްރޭގެ އިރާ ކޮޅު ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ފާހަނައަކަށް ދާންޖެހި ގެންނެވެ. ނަމަވެސް ގޭތެރޭ ގައި ބަޔަކު އުޅޭ އަޑައް އަހަރެން ބޭރަަށް ނިކުތީ މެވެ. ސުބުހާނަށްﷲ! އަހަރެންގެ މާމަ ވަރަށް ބޮޑަށް ބަލި ވެގެންނޭ ކިޔޔައިގެން އަހަރެންގެ ބައްޕަ ގެނައީއެވެ. ދެން މި ޖެހުނީ އަނެއް ކަންތަކާއެވެ. މާމަ އެ ތައްޔާރު ވަނީ ދެން އަހަރެން ނަ ދެވެން އޮއް އެންމެ ބޮޑު އެއް އަނިޔާ ދޭށެވެ. އެއީ އަހަރެން ވިއްކާލާށެވެ.

. ދެ ތިން ދުވަސް ފަހެވެ. އަހަރެން ދިޔައީ ތެލަސީ މިޔާ ސެންޓަރު އަށެވެ.އަހަރެންގެ ރައްޓެއްސެއް ގޮވައިގެން ނެވެ. އަހަރެން ގެ ގަޔައް ލޭ އަޅާށެވެ. އެހެން ފަހަރު ފަހަރާ ހިލާފައް މި ފަހަރު ވަރަށް ފަސޭ ހައިން ލޭ ލިބުނެވެ. އަހަރެން ވަރަށް ހާއިރާން ވެސް ވިއެވެ. ތިން ގަޑި އިރެއްހާ އިރު ލޭ އެޅުމުގައި ހޭދަ ކުރުމަށް ފަހު އަަހަރެން އެބުރި ގެޔައް ދިޔައީ ވަރަށް ހިތްހަމަ ޖެހިގެން ހުރެއެވެ. ސަބަބުތައް ބައިވަރެވެ. އަހަރެން ގެޔައް ވަން އިރު ބައްޕަ އާއި މާމަ ތިބީ ސިޓިން ރޫމުގައި އެވެ. އަހަރެން ކޮޓަރިޔާ ދިމާ އަށް ހިގައިގަތީ މެވެ. އެހެނަސް މާ ދުރަކަށް ނުދެވުނެވެ.ޖެހުނީ ހުއްޓޭށެވެ. މާމަ ހަޅޭލަވައިގަތެވެ.

"ކޮންތާކުން ތިޔައީ"!

"ލޭ އަޅޭގެންނޭ"! ބުނުމަށް ފަހު ކޮޓަރިޔައް ވަނީ މެވެ. ފެންވަރާލާއިގެން ނިކުމެ އެދުގައި ޖައްސާލީމެ ވެފާ ހުރި ވަރު ބައްޔެއްގެ ބޮޑުކަމުން ނެވެ. ނަމަވެސް މާކަ ގިނަ އިރަކު ނޯވެވުނެވެ. ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހި އެވެ. އަހަރެން ވަރަށް ބިރުން ހުރެ ދޮރު ހުޅުވީ .

ދޮރުގައި ޓަކި ޖެހީ ބައްޕަ އެވެ. އަހަރެން ދޮރު ހުޅުވުމާއި އެކު ބައްޕަ އަހަރެން ކައިރީ ކާން އަންނާށޭ ބުންޏެވެ. ބައްޕައަށް އައިސް ފައިވާ މި ބަދަލުތަކުން އަހަރެން ވަރަށް ހައިރާން ވިޔެވެ. އަދި ވަރަށް އުފާވެސް ވިޔެވެ. ނަމަވެސް އަހރެން ބައްޕަ އަކަށް މާފުއެއް ނުކުރާނަމެވެ.

އެއީ އަހަރެން ގެ ބައްޕަ އަކީ އަހަރެން ގެ އުމުރުން އެންމެ 15 އަހަރު ގައި އަހަރެން ގެ އިއްފަތްތެރިކަން ފޭރި ގަން މީހާއެވެ. ލޭ އަޅަން ދިޔަ ދުވަހު އަހަރެން ހިތްހަމަ ޖެހުނީ ކީވެގެން ކަން އިނގޭ ހެއްޔެވެ. އާއެކެވެ! އަހަރެންނަށް އަހަރެން ގެ ހަޔާތުގެ ބާިވެރިޔާ ލިބުނީ މައެވެ. ހަމަ އެހެންމެ އަހަރެން ގެ ބައްޕަ ވެސް އަހަންނަ އުފާވެރި ހަބަރެއް ދިނެވެ. އެއީ އަހރެން ގެ ބޯންމެރޯ ހެއްދޭ ވާހަކަ އެވެ. އެގޮތުން އަހަރެމެން ނިންމީ ބޯންމެރޯ ހަންދައިގެން އައިސް ކައިވެނި ކުރާ ގޮތަށެވެ.

އަހަރެމެން ރާއްޖޭން ބޭރަށް ފުރީ މެވެ.އަހަރެންގެ އޮޕްރޭސަން ކުރެވުނެވެ. އަދި ރާއްޖެ އައީ މެވެ. އަލްހަމުދުލިއްލާހް! އަހަރެން މުޅިން ރަގަނޅު ވީ އެވެ.. އަހަރެން ގެ ކައިވެނި ކުރެވިއްޖެއެވެ. މިހުރު އަހަންނަކީ މީހެއްގެ އަންބެކެވެ. ލޯބި ލޯބި ދެ ކުންދިންގެ މަންމަ އެވެ.
=ނިމުނީ=

  Please log in or register to bookmark.
  2k

  13 ޚިޔާލު

  1. އަސްލު އެހާ ހިތާމަވެރި އެއް ނޫން........ އެކަމު ފަސްޓް ޓައިމް އަށް އޯކޭ!🤗

   • ވާހަކަ ކުޑަކޮށް ދިގު ކޮލާއ

   • އިޓްސް އޯކޭ ޝާޔާ

  2. ވަރަށް ހަޑި އައްޗީޑި

  3. ވާހަކަ ކުޑަކޮށް ދިގު ކޮލާ

   2
   1
  4. varh reethi vaahakaeh

  5. ވާހަކަ ކުޑަކޮއް ރީތި😉😉😉😉😉

  ޚިޔާލު

  Your email address will not be published.