"ޒައިކާން! ނު..ނޫން…" ނޫރީންއަށް ބޭއިޚްތިޔާރުގައި ޒައިކާންގެ ކޮނޑުގައި އޭނާގެ ދެއަތުން ހިފެހެއްޓުނެވެ.
ޒައިކާން ނޫރީންގެ އުނަގަނޑުގައި އަތް ވަށައިލުމަށްފަހު ނޫރީން އޭނާއާއި ކައިރިކޮށްލިއެވެ. ދެން ޒައިކާން ކޮށްލި ކަމަކުން ނޫރީން ދިޔައީ ސިއްސައިގެންނެވެ. ޒައިކާން ބޯ އަރިކޮށްލުމަށްފަހު ނޫރީންގެ ކަރުގައި އޭނާގެ ދެފޭރާ ދަތުން ދަތް އެޅިއެވެ. އެތަނަށް ތަދުވިވަރުން ނޫރީންގެ އަނގައިން މަޑުމަޑު 'އާހް' އެއް ނިކުތެވެ. ހަމަ އެވަގުތު ނޫރީންގެ ދެލޯ ބަށިކުލައިން ދިއްލުނެވެ. ޒައިކާން ދެތިން މިނެޓު ވަންދެން އެހެން ހުރުމަށްފަހު އޭނާގެ މޫނު ސީދާކޮށްލިއެވެ. އެއިރު ޒައިކާންގެ ދެފޭރާ ދަތުން ލޭތިކި ތަޅައެވެ. އެއިރުވެސް ނޫރީންގެ ދެލޯހުރީ ބަށިކުލައިނެ ދިއްލިފައެވެ. ޒައިކާން ނޫރީންއަށް ބަލައިލުމަށްފަހު ނޫރީންގެ ކަރުގައި އޭނާ ދަތް އެޅި ތާނގައި ފިރުމައިލިއެވެ. ޒައިކާން އެތާނގައި ފިރުމައިލިއިރު ހީވީ ލަކުނޑިކޮޅެއްގައި ފިރުމައިލެވުނު ހެންނެވެ. އެތާނގައި ދެލޯވަޅު އިނެވެ. ޒައިކާން ނުލަފާ ވައްތަރަކަށް ހިނިތުންވެލުމަށްފަހު ނޫރީންގެ ދެލޮލުގައި އަތް އަޅައިލިތަނާ އޭނާގެ ދެލޯ މެރި ޒައިކާންގެ އަތްދަނޑި މައްޗަށް ވެއްޓުނެވެ. ޒައިކާން އުދުހިފައިގޮސް ނޫރީން އެނދުގައި ބޭއްވިއެވެ. އަދި އިރުކޮޅަކު ނޫރީންގެ މޫނަށް ބަލަހައްޓައިގެންއިނެވެ. އެ އެނދަކީ ޑަބަލް ބެޑެއްކަމުން ޒައިކާން އެނދުގެ މަތީ ބަޔަށްގޮސް އޮށޯވެއޮއްވާ ނިދުނެވެ.
ނޫރީންއަށް ދެލޯ ހުޅުވައިލެވުމާއިއެކު އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން އިށީނެވެ. އެހެން ވިސްނަން އިންދާ އެދުވަހުގެ ހާދިޘާ ހަނދާންވުމާއިއެކު ކަރުގައި ޒައިކާން ދަތްއެޅި ތާނގައި ފިރުމައިލެވުނެވެ. ފިރުމައިލި ތަނާ އެތަނަށް ތަދުވަން ފެށިއެވެ. އެހެންކަމުން ވިސްނައިލުމެއްނެތި އަނެއްކާވެސް އޭނާ އެނދުން ފުންމައިލިއެވެ. މިފަހަރުވެސް ވެއްޓުނީ ސީދާ ޒައިކާންގެ އަތްދަނޑި މައްޗަށެވެ. ނޫރީން މިފަހަރު ރުޅިއައިސް ހަޅޭލެވުމުގެ ބަދަލުގައި ރޮވުނީއެވެ. ޒައިކާން ނޫރީން ކޮޅަށް ބެހެއްޓިތަނާ ނޫރީން ކޮޓަރީގެ ކަނަކަށްގޮސް އުޑު ފައިން އިށީނދެ ފައިގައި ބޯއަޅައިލިއެވެ. ޒައިކާން ނޫރީންގެ ކައިރިއަށް އައިތަނާ ބޯ ނަގައި ދެއަތް އޭނާގެ މޫނުގައި ހުރަސްކޮށްލިއެވެ. މިހަަރަކާތުންވެސް ނޫރީން އެނީ ބިރުންކަން ޒައިކާންއަށް ދެނެގަނެވުނެވެ.
"ނޫރީން ބިރުނުގަނެބަލަ!" ނޫރީންއަށް ރޮވެފައި އިނުމުން ޒައިކާން ނޫރީންގެ ކުރިމަތީގައި އުޑުފައިން އިށީނުމަށްފަހު ބުންޏެވެ.
"ނޫން! ޒައިކާން ނޫން!" ޒައިކާން ނޫރީންގެ އަތުގައި ހިފަިއިލުމާއިއެކު ނޫރީން އެއަތް ފޮޅުވައިލިއެވެ.
"ނޫރީން!!!" ޒައިކާން މިފަހަރު އަޑަށް ރުޅިވެރިކަން ގެންނަމުން ނޫރީންގެ އަތުގައި ހިފައި ތިރިކޮށްލިއެވެ.
"އަހަރެން އެހެން ހެދީ ނޫރީންއަށް ތަދުކުރާކަށް ނޫނޭ. އެއީ ތިބުނާ ޤައުމަކަށް ދާން ބޭނުންވާ އެއްޗެއް ނޫރީންގެ ހަށިގަނޑުގައި ހުރީމައޭ. ނޫރީންގެ ލެއިން އަހަރެންނަށް ނޫރީން ތިބުނާ ތާކަށް ގެންދެވޭނީ." ޒައިކާން ދެބުމަ ކައިރިކޮށްލުމަށްފަހު ބުންޏެވެ.
"ދެން ނޮރޮއިބަލަ. އަހަރެން ނޫރީންއާ ދިމާއަށް އެހެން ބުނީ މަޖަލަކަށޭ." ޒައިކާން ނޫރީންގެ ކަރުނަތައް ފޮހެދިނުމަށްފަހު ނޫރީން ގެނެސް އޭނާގެ މެއަށްލައި ބޮނޑިކޮށްލިއެވެ.
"އަދިވެސް ތަދުވޭތަ؟" ޒައިކާން ނޫރީން ދުރުކޮށްލުމަށްފު ކަރުގައި ފިރުމައިލަމުން އެއްސެވެ.
"އައުޗް… ތަދުވެޔޭ ޒައިކާން!!!" ނޫރީން ހަޅޭލަވައިގަތެވެ.
"އަދިވެސް އެހެން ހަނދަންވީތަ؟" ޒައިކާންގެ ނުރައްކާތެރި ދޫ ނެރެލަމުން ތުންފަތުގައި އުނގުޅައިލުމަށްފަހު އެއްސެވެ.
"ދެން ޒައިކާން… ޕްލީޒް އެހެން ނަހަދަބަލަ…" ނޫރީން ޒައިކާންގެ މޭތެރޭގައި ބޮނޑިވެގަތެވެ.
"ކަލޭމެންގެ ރޮމާންސް ނިމުނީތަ؟" ފަހަތުން އިވުނު އަވިއާނާގެ އަޑުން ސިހިފައި ޒައިކާންއަށާއި ނޫރީންއަށް އެދިމާއަށް ބަލައިލެވުނެވެ.
"އަވިއާނާ!" ނޫރީންއަށާއި ޒައިކާންއަށް އެއްފަހަރާ ބުނެވުނެވެ.
އަވިއާނާގެ ދެލޯ ކަޅުކުލައިން ދިއްލައިލިތަނާ އޭނާގެ ތުންފަތުގެ ކުލަވެސް ކަޅުކުލައަށް ބަދަލުވިއެވެ. ނޫރީން ސައިރެންއެއްގެ ސިފައަށް ބަދަލުވާން ހިތަށް އަރުވައިލިތަނާ އެސިފައަށް ބަދަލުވެވުނެވެ. ޒައިކާންވެސް ސައިރެންއަކަށް ބަދަލުވެ އަވިއާނާ އާއި ދިމާއަށް ފިޔަގަނޑު ހުޅުވައިލައި ވަރަށް ބާރަށް އުދުހިގަތެވެ. ނަމަވެސް އަވިއާނާ ހުށިޔާރުކަމާއިއެކު އެއްފަރާތަށް ޖެހިލުމާއިއެކު ޒައިކާން ކޮންޓްރޯލުންނެއްޓި ކުޑަދޮރުން ބޭރަށް ގުޅައަކަށް ޖެހުނެވެ. އަވިއާނާ ފުރުސަތުގެ ބޭނުންހިފައި ކުޑަދޮރު ލައްޕައިލުމަށްފަހު ތަޅުލިއެވެ.
"މިފަހަރު ކާކު އަންނާނީ ކަލޭ ސަލާމަތްކުރަން؟" އަވިއާނާ ނުލަފާ ވައްތަރަކަށް ހިނިތުންވެލުމަށްފަހު ބުނެލިއެވެ.
އެހެން ބުނުމަށްފަހު ހުއްޓުން އަރައިފައިހުރި ނޫރީންގެ ގާތަށް ދެފިޔަޖަހައި އުދުހިގަތެވެ. ނޫރީންއަށް އެއްފަރާތްވެލުމުގެ ކުރިން އަވިއާނާ އައިސް ނޫރީންގެ އަތުގައި ހިފައި ނޫރީންގެ ކަރުގައިއޮތް ފަށް ނެގިއެވެ. އަދި ނޫރީންގެ ދެއަތާއި އޭނާގެ ދެއަތް ގުޅުވައިލިތަނާ ނޫރީންގެ ގައިން ބަށިކުލައިގެ އަލިތަކެއް ނިކުންނަން ފެށިއެެވެ. އެވަގުތަކީ ޒައިކާން ކުޑަ ދޮރު ހުޅުވައި އެތެރެއަށް ވަތް ވަގުތެވެ. ޒައިކާންއަށް މިމަންޒަރު ފެނުމާއިއެކު ނޫނެކޭ ބުނެ އެދެމީހުންގެ ގާތަށް އުދުއްސައިގަތެވެ. ނަމަވެސް ނުފެންނަ ފާރެއްގައިޖެހި އޭނާ މަތަވިއެވެ. ޒައިކާން އިތުރަށް ދެލޯ ބޮޑުވީ ނޫރީންގެ ދެލޮލާއި ތުންފަތް ކަޅުކުލައަށް ބަދަލުވުމުންނެވެ. ހަަމަ އެވަގުތު ޒައިކާންއަށް އަވިއާނަ ލަވަ ކިޔާ އަޑު އިވުނެވެ. ކަޔާން ދެއަތުން ކަންފަތުގައި ހިފެހެއްޓިއެވެ.
"ނޫރީން! ހޭލަބަލަ. ނޫރީން ބޭނުންވަނީ އަވިއާނާ ނޫރީންގެ ބާރުތައް އަތުލަންތަ؟ ނޫރީން ތިހެން ނަހަދަބަލަ. ނޫރީން ބުނީމެއްނުން އަހަންނަކަށް ނޫރީން އިތުބާރެއް ނުކުރާނަމޭ… ނޫންތަ؟ ހަމަ އެގޮތަށް އެނުލަފާ ޖިންނިއަށް ނޫރީން އިތުބާރު ނުކޮށްބަލަ. ނޫރީން ތި ހުވަފެނުން ހޭލަބަލަ. އަަހަންނަށް އޯކޭއޭ ނޫރީން އަހަންނަށް އިތުބާރު ނުކުރިއަސް. އެކަމަކު އެ ޖިންނި ބޭނުންވާ ކަންތައްތައް ފުރިހަމަ ނުކޮށްދީ… ނޫރީން… ޕްލީޒް! މިފަހަރު އަހަންނޭ މިއާދޭސްކުރަނީ…" ޒައިކާންގެ މިބަސްތަކާއިއެކު ނޫރީން ދެލޯ މަރައިލުމަށްފަހު އަލުން ހުޅުވައިލިއެވެ.
އެއިރު ނޫރީންގެ ދެލޯ ހުރީ ބަށިކުލައިން ދިއްލިފައެެވެ. އަވިއާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވިއާނާ އަދި އިތުރަށް ނޫރީންގެ އަތަށް ބާރުކޮށްލަން އުޅުނު ވަގުތު ނޫރީން އަވިއާނާގެ އަތް ފޮޅުވައިލިއެެވެ. އެވަގުތު ޒައިކާން އާއި އަވިއާނާ އާއި ދެމެދުވި ނުފެންނަ ފާރު އިންނަ ދިމާއިން ވީނުވީގޮތެއް ނޭނގި ދެވޭގޮތްވިއެވެ. ވަގުތު ބޭކާރުކުރުމެއްނެތި ޒައިކާންގޮސް ނޫރީން ކައިރީގައި ހުއްޓުނެވެ. އަވިއާނާ އެދެމީހުންނަށް ލޯ އަޅައިލުމަށްފަހު ގެއްލުނެވެ.
"ނޫރީން!" ޒައިކާން ނޫރީންއަށް ގޮވައިލިތަނާ ނޫރީން ދެލޯ މަރައިލުމަށްފަހު އަލުން ހުޅުވިއެވެ.
"ކި… ކިހިނެތްވީ؟" ނޫރީން ބޮލުގައި އެއްއަތުން ހިފަހައްޓައިލަމުން އަނެއްއަތުން ޒައިކާންގެ ކޮނޑުގައި ހިފަހައްޓައިލުމަށްފަހު ބުންޏެވެ.
"ކޮ...ކޮބާ ފަށް." ޒައިކާން ނޫރީންގެ އަތުގައި ހިފަހައްޓައިލިތަނާ ނޫރީން އެހެން ބުނެ އެކިތަންތަން ބަލަން ފެށިއެވެ.
"ޗިލް ނޫރީން… ޗިލް… އެއޮތީ ފަށް." ޒައިކާން ނޫރީންގެ ފައި ކައިރިއަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
"ދެން ނޫރީ މަންމަމެން ގާތަށް ގެންގޮސްދީފާނަންތަ؟" ނޫރީން ފަށް ނަގައި ކަރުގައި އަޅުވައިލުމަށްފަހު އެއްސެވެ.
"އަދި ކުޑަކުޑަ ލޭކޮޅެއް… ނޫރީންގެ ލޭ ވަރަށް މީރޭ." ޒައިކާން އޭނާގެ ހަރުފަ ދޫ ނެރެލަމުން ބުންޏެވެ.
"ދެން ޒައިކާން! އަދިވެސް ނުވޭތަ؟ އެތަނަށް ވަރަށް ތަދުވެޔޭ." ނޫރީން ޒައިކާން އާއި ދުރަށް ޖެހިލަމުން ބުންޏެވެ.
"ގަދަކަމުން ބޯންވީތަ ނޫނީ ދޭނީތަ؟" ޒައިކާން އެއްބުމަ ހިއްލައިލަމުން ބުންޏެވެ.
"ޕްލީޒް ޒައިކާން… ލޭ ނަގައިގެން ކީތްތަ ކުރަން ތިއުޅެނީ!" ނޫރީން އަދި އިތުރަށް ދުރަށް ޖެހެލަމުން ބުންޏެވެ.
"އެލެއިންނޭ އަހަންނަށް ހަކަތަ ލިބޭނީ. ހަކަތަ ލިބުނީމަ ބޭނުން ތާކަށް ދެވޭނީ އެހެންނޫނީ ޓެލެޕޯރޓް ކުރެވޭނީ." ޒައިކާން ހަރަމްބަންނަމުން ބުންޏެވެެ.
"ދެން… މަހުގެ ލޭ ހުންނާންނުން؟" ނޫރީން އަނެއްކާވެސް ދުރަށް ޖެހިލަމުން ބުންޏެވެ.
"މަހުގެ ލެއަކުން ހަކަތައެއް ނުލިބޭނެ. އިންސާނުން ނޫނީ ސައިރެންގެ ލެއިން ހަކަތަ ލިބޭނީ." ޒައިކާން ފިޔަގަނޑު ހުޅުވައިލަމުން ބުންޏެވެ.
"ހީނުކުރައްޗޭ ތިހެން ކިޔައިގެން އަހަރެންގެ ކިބައިން އެހާ ފަސޭހައިން ސަލާމަތްވެވޭނެއޭ…" ޒައިކާން ނޫރީންގެ ގާތަށް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ.
ނޫރީން ބިރުން ކުޑަދޮރާއި ދިމާއަށް ދުއްވައިގަތެވެ. ޒައިކާން ދޫކޮށްލި ރަތްކުލައިގެ އަލިކޮޅުން ކުޑަ ދޮރު ބަންދުވިއެވެ. ނޫރީން ކުޑަދޮރާއި ދިމާއަށް ބަލަން ހުއްޓާ ޒައިކާން އައިސް ނޫރީންގެ އަތުގައި ހިފިއެވެ.
"ޒައިކާން މަ...މަންމަގެ ލޭ ބޮވިދާންނުން؟" ނޫރީން އެހެން ބުނުމުން ޒައިކާން އެއްބުމަ ހިއްލައިލިއެވެ.
"ހަހަހަ… އަދިވެސް ތިއުޅެނީ އަހަރެންގެ ކިބައިން ސަލާމަތްވާންތަ؟" ޒައިކާން ހިނިގަނޑެއް ޖަހައިލުމަށްފަހު އެއްސެވެ.
"ފައިން… އަން!" ނޫރީން ދެލޯ މަރައިލުމަށްފަހު ބޯއަރިކޮށްލިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކާއެއްޗެއް ނުލިބިފައިހުރި މީހަކު ފަދައިން ޒައިކާން ނޫރީންގެ ކަރުގައި ދަހިކަމާއިއެކު ދަތް އެޅިއެވެ. އެގޮތަށް ދެތިން މިނެޓު ހުރުމަށްފަހު ޒައިކާން ނޫރީންގެ އަތުން ދޫކޮށްލައި ދަތްއެޅިތަނުން ދަތްނެގިއެވެ. ނޫރީން އެވަގުތު އެތަންކޮޅުގައި ފިރުމައިލުމަށްފަހު ޒައިކާންއަށް ބަލައިލިއެވެ. އެއިރު ޒައިކާންގެ ދެފޭރާ ދަތުން ލޭތިކި ތަޅައެވެ. ނޫރީން ޒައިކާންއަށް ލޯއަޅައިލުމަށްފަހު އުދުހިފައިގޮސް އެނދުގައި އިށީނެވެ. ޒައިކާންވެސް ނޫރީންގެ ފަހަތުން ދިޔައެވެ.
"އަދި ދޭންވާނެ ކުޑަ އެތިކޮޅެއް ކޮންމެވެސް އިރަކުން." ޒައިކާން ނޫރީންގެ ކައިރީގައި އިށީނުމަށްފަހު ބުންޏެވެ.
"ނޫރީގެ ލޭކޮޅު ހުސްކޮށްލަންތަ ތިއުޅެނީ؟" ނޫރީން ފޫހި ރާގަކަށް އެހެން ބުނުމަށްފަހު ތުންއަބުރައިލަމުން އަނެއްފަރާތަށް އެނބުރުނެވެ.
"ތިކަަހަލަ ރީތި ސައިރެންގެ ލޭ ވަރަށް މީރުވާނެ…ަ…" ޒައިކާން 'ރީތި ސައިރެން' އޭ ބުނެލި ގަޑީގައި ނޫރީން ކުޑަކޮށް ރަކިވިއެވެ.
"ދެން ނޫރީ މަންމަމެން ކައިރިއަށް ގެންގޮސްދީބަލަ!" ނޫރީން ހަޅޭލަވައިގަތެވެ.
"މިއަދަކު ނޫން." ޒައިކާން އެހެން ބުނުމުން ނޫރީން ޒައިކާންއަށް ބަލައިލީ އެއީ ކީތްވެ ހެއްޔޭ އަހާފަދަ ގޮތަކަށެވެ.
"މާދަމާ ގެންދާނަން…...އޯކޭތަ؟" ޒައިކާން ނޫރީންއަށް ބަލައިލުމަށްފަހު ބުންޏެވެ.
"ޒައިކާންމެން އަޅުކަންކުރަނީ ކާކަށް؟" ނޫރީން ކުއްލިއަކަށް އެސުވާލު އެހުމުން ޒައިކާން ނޫރީންއަށް ބަލައިލިއެވެ.
"މުޅި މިކާއިނާތާއި އުޑާއި ބިން ހެއްދެވި އެއްކައުވަންތަ ފާރާތަށް. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް…" ޒައިކާންއަކީ މުސްލިމެއްކަން އެނގުމުން ނޫރީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
"އަލްޙަމްދުލިﷲ…. ޔޫ އާރ އަ މުސްލިމް…" ނޫރީން އުފަލުން ބުންޏެވެ.
"ތިވެސް މުސްލިމެއް ދޯ؟ އަހަރެން ބޭނުން ނޫރީންމެން ތިއުޅޭ ޤައުމުތައް ބަލައިލަން. ގެންދާނަންތަ؟" ޒައިކާން އެއްސެވެ.
"އާނ! ނޫރީއާއިއެކު އަންނަންވީ ނުން؟" ނޫރީން ޒައިކާންގެ ފަން އިސްތަށިގަނޑު ހާވައިލަމުން ބުންޏެވެ.
"މިހާރުތަ؟" ޒައިކާން ނޫރީންގެ ކޮނޑުގައި ހިފައި ކައިރިކޮށްލަމުން އެއްސެވެ.
ނޫރީން ބޯ ޖަހައިލުމުން ނޫރީން ޒައިކާން އަތްދަނޑި މައްޗަށްނަގައި ކޮޓަރިން ނިކުތެވެ. އަދި ނިހާންގެ ގަނޑުވަރަށްގޮސް ބޮޑު ލޯގަނޑެއް ކަހަލަ ތާކަށް ދިޔައެވެ.
"ވަދޭ!" ޒައިކާން ނޫރީން ތިރީގައި ބެހެއްޓުމަށްފަހު އަމުރެއްކޮށްލިއެވެ.
"ޒައިކާން ނުދާނަންތަ؟" ނޫރީން ޒައިކާންގެ އަތުގައި ހިފައިލަމުން އެއްސެވެ.
"އަހަރެން ނުލައި ހަމަ ނުދެވެނީތަ؟" ޒައިކާން ލާނެތް ހިނިތުންވުމަކާއިއެކު އެއްސެވެ.
ޒައިކާން އެހެން ބުނުމުން ނޫރީން އިސްޖަހައިލުމަށްފަހު ތުންފަތުގައި ދަތް އަަޅައިލެވުނެވެ. އެވަގުތު ޒައިކާންގެ ލާނެތް ހުނުމުގެ އަޑު އިވުނެވެ. ދެން ކުއްލިއަކަށް ޒައިކާން ލޯގަނޑުގެ އެތެރެއަށް ވަންނަމުން ނޫރީންގެ އަތުގައި ހިފައި ވެއްދިއެވެ. ނޫރީން ސިއްސައިގެން ދިޔަ ވަރުން ދެލޯ މަރައި ބާރުކޮށްލެވުނެވެ.
"ނޫރީން!!!" ނޫރީންއަށް ދެލޯ ހުޅުވައިލަން އެނގުނީ ޒައިކާން އޭނާއަށް ދެތިން ފަހަރު ގޮވައިލުމުންނެވެ.
ނޫރީން ދެލޯ ހުޅުވައިލިއިރު ހުރެވުނީ އެންމެ ފަހުން އޭނާއަށް ހުރެވުނު ގޭގައެވެ. ނޫރީން ޒައިކާންއަށް ބަލައިލިއިރު އޭނާ އަތް ހޫރުވަނީއެވެ.
"ހަހަހަަ…. ތިއީ ލޮނެއް ނޫނޭ! ތިއީ ވައި." ނޫރީން ހެމުން ހެމުން ބުންޏެވެ.
"ހިނގާ ދާން… މިހާރު މަންމަމެން އުޅޭނެ ހާސްވެގެން…" ނޫރީން އެހެން ބުނެލުމަށްފަހު ގެއިން ނިކުތެވެ.
ނޫރީން ޒައިކާން ނުނިކުންނާތީ ޒައިކާން ކޮބައިތޯ ބަލައިލިއިރު ނުކުންނަނީއެވެ. ނަސީބަކުން ޒައިކާން ހުރީ އިންސާނެއް ހެންނެވެ. އަދި އޭނާގެ އިސްތަށިގަނޑުހުރީ ގަދަ ކަޅުކުލައިގައެވެ. ކުރިންހުރި ރަތްކުލައިގެ ހައިލައިޓްތަކެއްނެތެވެ. ނޫރީންގެވެސް އިސްތަށިގަނޑުހުރީ ހަމަ ކުރިންހުރި ގޮތަށް ބްރޯންޑްކޮށް ކުރުކޮށެވެ. ނޫރީން ޒައިކާން އާއިއެކު ހިނގައިފައި ގެއަށްގޮސް ގޭޓު ހުޅުވައިލިތަނާ ނިކާން ބޭރަށް ނިކުންނަނީއެވެ. ނިކާންއަށް ނޫރީން ފެނުމާއިއެކު ދުވެފައިގޮސް ނޫރީންގެ ގައިގައި ބައްދައިލިއެވެ.
"ނޫރީ! އެއްދުވަސްވީ ނޫރީ ގެއްލިގެން އުޅޭތާ. އަދި އަހަރެމެން މިއުޅެނީ ޕޮލިހަށް އަންގަން. ކޮންތާކު އުޅެފަތަ ތިއައީ؟" ނިކާން ހުރިގޮތަށްހުރެ އެއްސެވެ.
"މިއައީ ފްރެންޑެއްގެ ގެއިން…." ނޫރީން ބުންޏެވެ.
"ނޫރީ!!!" ކީވާ އާއި ލިއަމްއަށް ބޭރަށް ނިކުންނަނިކޮށް ނޫރީން ފެނުމުން ކީވާ އާއި ލިއަމް އައިސް ނޫރީން ކައިރީގައި މަޑުކޮށްލިއެވެ.
"އެހެރީ ކާކު؟" ގޭޓު ކައިރީގައި ލެނގިލައިގެން ހަރަމް ބަނެގެން އެހުރިހާ މަންޒަރެއް ބަލަންހުރި ޒައިކާންއަށް އިޝާރާތްކޮށްލަމުން ކީވާ އެއްސެވެ.
"އެއީ ޒައިކާން. ނޫރީގެ ފްރެންޑެއް. ޒައިކާން! މިކޮޅަށް އައިސްބަލަ." ނޫރީން ޒައިކާން ތައާރަފުކޮށްދިނުމަށްފަހު ޒައިކާން ގޮވައިލިއެވެ.
"ޒައިކާން! މިއީ ނޫރީގެ ދޮންބެ ނިކާން. ދެން މިއީ ނޫރީގެ ބެސްޓީ ކީވާ. ދެން މިއީ ދޮންބެގެ ބެސްޓް ފްރެންޑް ލިއަމް." ޒައިކާން ނޫރީން ކައިރިއަށް އައުމުން ބުންޏެވެ.
"އެއީ އަސްލު ރަތްކުލައިގެ ކަޅިއެއްތަ ކަޔާންގެ ލޮލުގަ؟ އެއީ ހަމަ ނެޗްރަލް ކަޅިއެއްތަ؟" ލިއަމް ޒައިކާންއަށް ފަރުވާތެރިކަމާއިއެކު ބަލައިލުމަށްފަހު އެއްސެވެ.
"ޔެސް… މިއީ ނެޗްރަލް ކަޅިއެއް.." ޒައިކާން ހަމަޖެހިލުމަށްފަހު ބުންޏެވެ. އެންމެން ބޯއަރިކޮށްލުމަށްފަހު ޒައިކާންއަށް ބަލައިލިއެވެ.
"ދެން ނޫރީމެން މިތާ ބޭރުގަތަ ބަހައްޓަނީ؟" ނޫރީން ހަރަމް ބަންނަމުން ކުޑަ ކުއްޖަކު ފަދައިން ބުންޏެވެ.
"ހަހަހަ… އާދޭ އެތެރެއަށް. އެލިޒިބަތް ޓެއިލާރ." ނިކާން ހިނިތުންވެލުމަށްފަހު ނޫރީންއަށް ޖެއްސުންކޮށްލަމުން ދުއްވައިގަތެވެ.
"ޔޫ ފޫލް!!!" ނޫރީންވެސް ނިކާން ފަހަތުން ދުއްވައިގަތީ އެތެރެއަށެވެ. ދެން ތިބި ކުދިން ހެމުން އެތެރެއަށްވަނެވެ.
"ކޮބާ މަންމަ؟" މާޔާ ފެންނަން ނެތުމުން ދެކޮޅު ބަލައިލުމަށްފަހު ނިކާން ކައިރީގައި ނޫރީން އެއްސެވެ.
"މަންމަގޮއްސި އެމެޖެންސީ ދަތުރެއްގަ ކޮންމެވެސް އެހެން ޤައުމަކަށް އިއްޔެ ރޭގަނޑު އަހަރެމެން ނިދިތަނާ." ނިކާން ބުންޏެވެ.
"ނޫރީ… މިހިރީ ކިހިނެތްވެފަ؟" ކީވާ ތުރުތުރު އަޅާ އަޑަކުން އެހެން ބުނެ ޒައިކާން ދަތްއެޅި ތަނަށް އިޝާރާތްކޮށްލިއެވެ.
ކީވާ އެހެން އެހުމުން ނޫރީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ޒައިކާން އާއި ދިމާއަށް ބަލައިލިއިރު އޭނާހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ.
"ވޭމްޕަޔަރ އެއް ދަތް އެޅީތަ؟" ނިކާން ނޫރީންގެ ކަރުގައި ފިރުމައިލަމުން އެއްސެވެ. ނޫރީންއަށް ތަދުވެގެން ނިކާންއާއި ދުރަށް ޖެހެލިއެވެ.
- ނުނިމޭ -
'ސައިރެން' ގެ 7ވަނަ ބަޔަށް އިންތިޒާރުކުރައްވާ!
ތަންކޮޅެއް ކުރިން މި ސައިޓުން ކީ ވާހަކަ އެއް ހެން ހީވެ
ކަޔާން އަކީ ކާކު؟؟؟
ވަރަށް ރީތި މާޝާﷲ... ވެން ނެކްސްޓް ޕާޓް... އަނެއް ބަޔަށް އިންތިޒާރު ކުރަން 💖😘
މިޗުއްޓީ ހޭދަކޮށްލަން މާދަމާ ރަށަކަށް ދާތީ އަޅުގަނޑަކަށް ހިއެއް ނުވެ އަނެއް ޕާރޓް އަވަސްކުރެވޭނެ ހެނެއް. އެކަމަކު ލިޔަން ވަގުތު ވެއްޖެޔާ ދެން ލިޔާނަން. ވ ބޮޑަށް ސޮރީ 🙁 އެނީވާޒް ތެންކިއު 😘😃
އޯހ... ވެލްކަމް 💓🥰
ވަރަށް ރީތި މާޝާﷲ😘😘😘
އަނެއް ފާރޓް ކޮން ދުވަހަކުންތަ ؟
މިވާހަކަ ވަރަށް ރީއްޗޭ!! އައި ކާންޓް ވެއްޓި ފޯރި ދަ ނެކްސްޓް ޕާރޓް
އަޅޭ ތަންކުޅެށް އަވަހައް ނެކްސްޓު ޕާޓް ނެރިދީފާނަން ތަ ؟؟؟..... ވ.ވ.ވ ރީތި ވާހަކަ އެއް މީ އެންޑް ވެރީ އިންޓްރެސްޓިން ލަވް އިޓް😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤
ވަރަށް ރީތި މިބައިވެސް 💜💖
އަވަސްކޮއް އަނެއް ޕާޓް ނެރިބާ😁😁😁😅😅🤩
ވާހަކަ ނެރުން ހުއްޓުނީތަ؟ ޕިސްޕިސް ކޮންމެ މީހެއްވެސް ވަކި ހިސާބަކަށް ވާހަކަ ނެރެފަ ހުއްޓާލަނީ......ވަރަށް ފޫހިވޭ 🙄🙄🙄🙄