ދޮރު ހުޅުވާލި ތީބާއަށް ސިހިފައި ހަޅޭލަވައިގަނެވުނެވެ. އެއަޑަށް އަރީބް ހޭލައިގެން ރޯންފެށިއެވެ. ތީބާގެ ހަރަކާތްތަކުން އެންމެންނަށްވެސް ހެވުނީއެވެ. އަލައިނާ އަރީބް ބުރަކަށީގައި ފިރުމަމުން ދެއަތަށް ހެލެމުން ދިޔައީ އަރީބް ރުއިން މަޑުކުރުމަށެވެ.
" ކިހިނެތްވީ؟ ކާކު؟؟ " ތީބާގެ ފިރިމީހާ އަޙްމަދު އެދެމިހުންގެ ހަގު ދަރިފުޅު ދެއަހަރުގެ އިބާ އުރާލައިގެން އައިސް އެތާ މަޑުކޮއްލިއެވެ. އޭނާ ހީކުރީ ތީބާއަށް އަނިޔާއެއްވީ ކަމަށެވެ. ތީބާއާއި އަޙްމަދުގެ ދޮށީ ދަރިފުޅު ތިންއަހަރުގެ އަބާން ވެސް ދުވެލާފައި އައެވެ.
" ދޮންބޭ.. ދޮންބެދައްތާ.. ލީން.. އަރީބް... " އަޙްމަދަށް އުފަލުން އެންމެންނަށް ގޮވާލެވުނެވެ.
" ނުވެސް ބުނެލާ ދޮންބެމެން.. އަޅޭ... " ތީބާގެ މޫނުމަތީގައި ވިދަމުން ދިޔައީ ރީތި ހިނިތުންވުމެކެވެ. އޭރު އިބާއާއި އަބާން މައުސޫމް ގޮތަކަށް ބަލަހައްޓައިގެން ތިއްބެވެ.
" ސަޕްރައިޒް ދޭ ހިތްވީ... " އިބްރާހީމް ހީގަތެވެ. އަލައިނާއާއި އަފްޝާގެ މޫނުމަތީގައިވެސް ވަނީ އުފާވެރި ހިނިތުންވުމެކެވެ.
" އެތެރެއަށް ވަންނަން އާދޭ ބޭރުގައި ނުހުރެ.. އިރުއޮއްސޭ އިރު އަދި އަމުދުން އަރީބް ބޭރުގައި ގެންގުޅެން. ރޭގަނޑަށް މިގޯތިތެރެ ނާމާންވާނޭ މީހުން ކިޔާ. މީހުން ބުނޭ މަގުމަތިން ދާއިރު މިގޭގެ ގޭޓުން އެތެރެ ބަލާއިރު އިވޭނޯ ގަސްތައް ބާރަށް ހެލޭއަޑު. ހީވާނެޔޯ އުފުރައިގެން ދާން އުޅެނީއޭވެސް. ނަމުން ވެސް ގޮވާނޯ. އެކަމަކު އެއްޗެއް ނުއެއް ފެންނާނޯ.. ގައިމު އަހަރެމެންނަކަށް ނުވޭ އެކަހަލަ ކަމެއް. ދޯ ލޯބީ؟ " ތީބާ އަޙްމަދަށް ދޯދިނެވެ. އަޙްމަދު ބޯޖަހާލިއެވެ. އަދި ބޭރުގައި ތިބި މީހުންނަށް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.
" މަތީ ބައިތައް އަދި ނުނިމޭދޯ؟ " އަފްޝާ ސުވާލުކޮއްލިއެވެ.
" ނޫނޭ މިހާރު އަނެއްހެން ނިމިފަ އެހުރީ.. މިހާރު ދޮރުތައް ލައި ކަރަންޓާއި ފެންވެސް ލިބޭގޮތަށް ހުންނާނީ. ފާހާނައިގެ ސާމާނުވެސް ހުންނާނެ. އެކަމް އަދި ކުލަލާން ޖެހޭނެ. ފަރުނީޗަރުތައް ވެސް އަދި ނުލިބޭ. އެހެންވެ އެބައިތައް ބޭނުން ނުކުރެވެނީ.. ދެމަސްފަހުން އަދި އެހުރިހާ ފަރުނީޗަރުތަކެއް މިރަށަށް ލިބޭވަރުވާނީ.. ކުލަލާން ފަށަންވީ ދެން ފަރުނީޗަރު ލިބޭނެހެން ހީވާ ދުވަހާ ކައިރިކޮށް. އެންމެ މަތީގައި އިންނާނެ ޓެރެސްވެސް. މިމިހުން ބޮޑެތި ވާއިރު ވަކިން ކޮޓަރިތައް ދޭންވާނެތާ.. ތިންބެއިންގެ ތެރެއިން ކޮންމެ މީހަކަށް ބުރިއެއް އިންނާނީ. އަދި ގުރުއަތު ހޮވާފައި މަތީ ބުރިތައް ލިބޭ ބައެއް އިނގޭނީ. ލީންއާ މަށާ ދޮންބެއާއި އަހަރެމެންގެ ދަރިންނަށާ ވާވަރަށް ކޮންމެ ބަޔަކަށް ހަތަރު ކޮޓަރި އިންނާނެ. މާނައަކީ ބާރަ ކޮޓަރި މުޅިއަކު. އާން.. ތޭރަ.. އެހެރީ ބޭރުގައި ވަކިން ހުރި ކޮޓަރި ވެސް. " އަޙްމަދު ސޯފާގައި އިށީނެވެ.
" އެކީއްވެ ވަކިން؟ " އަފްޝާ ސުވާލުކޮއްލިއެވެ. އޭރު އިބްރާހީމް އަރީބް އުރާލައިގެން ސަމާސާ ކުރަން އިނެވެ.
" އެއީ ވަރަށް ގާތް ރައްޓެއްސެއްގެ ކޮޓަރިއެއް. އޭނަ ބޭނުންވަނީ ވަކިން ކުޑަ ތަންކޮޅެއް. ކުރިން އެއީ ގުދަން ބައި. ކުޑަކޮށް މަރާމާތުކޮށް ހަދާފަ މަހު ކުއްޔަށް އެބައި ދީފަ ހުންނާނީ އޭނަޔަށް. ދޮންބެދައްތަމެން ރަށު ކުއްޖެއް އެއީ. ތިރަށު ޓުރީހިލްގޭ އަކްރަމްބެއަށް ބޮޑުބެ ކިޔާ ކުއްޖެއް އެއީ. ފައިޒަން ކިޔާނީ. އިބްރާހީމް ފައިޒަން " އަޙްމަދު ކިޔައިދިނެވެ.
" ހޫން. އަކްރަމްބޭބެ ގޯތި ދޯ؟ އެގޯތި އަކްރަމްބޭބެއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް އެއީ.. ކުރިން ސުކޫލްގަ އުޅުނު އިރު ވަރަށް ވާހަކަދައްކަން. މިހާރު ޙަބަރެއްވެސް ނުވޭ.. " އަފްޝާއަށް އުފަލުން ދެއަތް ޖަހާލެވުނެވެ.
" އަފޫ...؟ " އިބްރާހީމް ނިއްއަރުވާލިއެވެ. މޫނުމަތީގައިވަނީ 'ޖެލަސީ' ނިޝާންތަކެވެ. ކުޑަކުދިން ފިޔަވާ އެންމެން ހީގަތެވެ.
" ނަސީބެއްނު އިއްޔެ މިކޮޓަރިތައް ރީތިކޮއްލެވުނުކަން. މިކުދިވެރިން އަބަދު ރޯގާވާތި ހުރިހާ ތަނެއް ހަފްތާއަކު ތިންފަހަރު ސާފުކުރަން. ހިރަފުސް ކުނޑި ކަހަލަ އެއްޗިސްއަށް އެލާޖީވަނީ.. އަން މިކޮޓަރި ލީންއަށް. ދެން މިއީ ދޮންބެމެން ކޮޓަރި. އަރީބް ވަކިން ކުޑަ އެނދުގަ ބާއްވަން ބޭނުމިއްޔާ އިބާ ކުޑައިރު ގެންގުޅުން ކުޑަ އެނދު ގެނެސްދީފާނަން. އެވެސް ހުންނާނެ ރީތިކޮއްލާފަ... " ތީބާ ސިޓިންރޫމުން ފުރަތަމަ ވަންނަތާ ކަނާތް ފަރާތައް ހުރި ދެކޮޓަރި ދައްކާލަމުން ކިޔައިދިނެވެ.
" ކުޑައެނދު ހެޔޮ.. އަރީބްއަށް ކުޑަ އެނދު ގަތަސް އެއަކު ނުނިދާ. އަހަރެމެންނާއެކު ނިދަން އޮންނާނީ.. އެވަރުވެސް މިސޮރު ދަނެޔޭ... " އަފްޝާ ހެމުން އަރީބް އުރާލިއެވެ.
" މިގަޑީގައި ކާންވީނުން.. " ތީބާ އަހާލިއެވެ.
" ނޫނޭ... އަހަރެމެން އެކޮޅުން ފުރީ ސައިބޮއެގެން ރަނގަޅަށް. ދެން ނަމާދުކޮއްލައިގެން ކާނީ.. " އިބްރާހީމް ޖަވާބުދިނެވެ.
" ކުދިވެރިންނަށް ކާންދީ ހަދާފަ ނިންދަވަން އުޅޭ އަވަހަށް. ދޮންބެ ހިނގާ މަށާއެކު މިސްކިތައް. ދޭ ފުރެޝްވެގެން އަންނަން. " އަޙްމަދު ހިނގައިގަތީ އޭނަގެ ކޮޓަރިއަށެވެ.
" ހޫމް. އަރީބް ވެސް މިހާރު އެއްޗެއް ކާންވެފަ ހުންނާނީ. " އަފްޝާ ބުނެލިއެވެ.
" އަރީބް ކައްޓަލަ ބަކުން ކައިތަ؟ މިއަދު ހުންނާނެ މިމިހުންނަށް މީރު ކައްޓަލަ ކައްކާފަ. އޭގައި ބަކުން ހެދީމަ ދެން އެހަދާހާވާނީ... އަބާން ދަރިފުޅު އާދޭ.. " ތީބާ އިބާ އުރާލަމުން އަބާން ގާތު އައުމަށް ބުނަމުން ކާކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
" ނޭނގެ. ކައްޓަލަ އަދި ނުދެން... " އަފްޝާވެސް އަރީބް އުރާލައިގެން ތީބާގެ ފަސްފަހަތުން ހިގައިގަތެވެ.
" ލީން... އަވަސްކޮށްލާފައި ނަމާދުކޮއްގެން ކާން ނިކުންނާތި. ދޮންބެމެން ނަޔަސް. ބޭސްކާންވާނެ ގަޑިޔަށް. އަދި ހާއްސަކޮށް މިރޭ.. " އިބްރާހީމް އަލައިނާގެ ބޮލުގައި ފިރުމާލަމުން އަލައިނާގެ ލަގެޖާއި އޭނަގެ އާއިލާގެ ލަގެޖު ހިފައިގެން ކޮޓަރިތަކާ ދިމާއަށް ހިނގައިގަތެވެ. އިބްރާހީމް އޭނަގެ ކޮޓަރިއަށް އޭނަގެ ލަގެޖު ލިއެވެ.
" ވާވް... ދޮންބެގެ އެންމެ ފޭވް ކުލަ މިކޮޓަރީގައި މިހުރީ.. ސޭޖް ކުލަ... ލަކީ ލީން.. ދޮންބެގެ ކޮޓަރީގައި ހުރީ ޕެރިސްކުލަ.. " އަލައިނާގެ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު އަލައިނާއަށް ބަލައި ހީލާފައި އިބްރާހީމް ކޮޓަރިއަށްވަނެވެ.
އަލައިނާ ހިނގައިގަތީ އޭނައަށް ހާއްސަ ކޮޓަރިއާ ދިމާއަށެވެ. ސޭޖް ކުލައިން ފާރުތައް ފަޅުފިލުވާފައިވާއިރު ކޮޓަރީގައި ހުރީ ހުދުކުލައިގެ ފަރުނީޗަރުތަކެވެ. މުޅިންވެސް މޮޑާން ލަގްޒަރީ ފަރުނީޗަރެވެ. އަލައިނާ ކޮޓަރީގެ ކުޑަދޮރު ހުރީ ގޭގެ މެދުގޯއްޗަށް ވާގޮތަށް ބޭރުގައި ވަކިން ހުރި ކޮޓަރި ރީތިކޮށް ފެންނަ ގޮތަށެވެ. އޭސީ ޖައްސާލަމުން އަލައިނާ ގޮސް އެނދަށް ވެއްޓިގަތެވެ. މަޑު ކަފަކޮޅެއް ފަދަ އެއެނދުގައި އޮތް ސޭޖްކުލައިގެ ބެޑްޝީޓާއި ބާލީސް އުރަތަކާއި ކުއިލްޓް ނުހަނު ހިތްގައިމެވެ.
ކުރީގައި އުޅުނު ބާގެގަނޑާ މިގެ ތަފާތުވި ކަމުގައި ވިޔަސް މިއީ ހަމަ އެގެއެވެ. އަނިޔާއާއި ވޭނުން ފުރިގެންވީ ހަނދާންތަކާ ގުޅިފައިވާ ގެއެވެ.
" އަލައިނާ! ކަލޭ! " ހަރުކަށި އަޑުތައް އަލައިނާ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ހީވަނީ މިހާރުވެސް އެމީހަކު ހުރެގެން ކައިރީގައި ހަޅޭލަވަމުން ދިޔަ ހެންނެވެ. އަލައިނާ ކަންފަތުގައި ބާރަށް ހިފަހައްޓާލަމުން މޫނު ބާލީސް ތެރެއަށް ގަންބާލިއެވެ. ހޯސްލާފައި އަންނަމުން ދިޔަ ކަރުނަތަކުން ބާލީސް ތެމެމުން ދިޔައިރު އޭނަ ތަހައްމަލް ކުރަމުންދާ ވޭން ބަލަން ހުންނަ މީހަކަށް އިހުސާސްކޮއްލަން ދަތިވާނެއެވެ.
---
" ތީބާ އެންމެ ގިނައިން މިމިހުން ކުޑައިރު ކާން ދިނީ ކޯޗެއްތަ؟ އަރީބް ވަރަށް ނުކާން އުޅޭނެ... " އަފްޝާ ސުވާލުކޮއްލިއެވެ.
" ޒުވާރި، ކައްޓަލަ، ކެރެޓް ބަކުން އެންމެ ގިނައިން މިދެމިހުން ކެއީ. ބަތް، މުގު އެއްޗިސް އަނގަޔަށް ލާ އިރަށް ނެރެލާނެ... " ކައްޓަލަ ބަކުން ތަށި ހަދާފައި އަފްޝާ އަތަށް ތީބާ ދިއްކޮއްލިއެވެ.
" ދޮންބެދައްތަ... އަރީބްއާ އެއްކޮށް ކުޅެން ބޭނުމީ.. " މައުސޫމް ގޮތަކަށް އަބާން ބުނެލިއެވެ.
" ކޮއްކޮ ކައިނިމުނީމަ ދޯ ދޫނީ... އަބާންއާ އިބާއާއި ދެކުދިން ހާދަ ބޮޑުވެއްޖެއޭ މިހާރު. ފޯނުން ވީޑީއޯ ކޯލް ހަދާއިރު އެހާވަރަކަށް ނޭނގޭ ވިއްޔަ. " އަރީބް ހެދުން ބާލުވަމުން އަފްޝާ އަބާންއާއި އިބާއަށް ބަލާލަމުން ހީލިއެވެ.
" ބައްޕަ ގޮތަށް ކަންޏާ ބޮޑު ވާނުން... " ތީބާ ކާގޮނޑީގައި އިން އަބާންއާ އިބާއަށް ކާންދޭން ފެށިއެވެ.
" މަންމި ބަލާ ކޮއްކޮ ބަނޑު.. " އިބާ ބުނި ވާހަކައިން އަފްޝާއާއި ތީބާ އެކަކު އަނެކަކަށް ބަލާލިއެވެ.
" ކުޑަކުދިން ކުޑައިރު ހުންނާނީ ފަލަކޮންނޭ ދޫނީ.. އިބާވެސް ހުރީ އެހެން. ބޮޑޫވީމައި އިބާހެން ހިކިދާނެތާ. އެކަމަކު މަންމި ބުނަންތަ ވާހަކައެއް؟ ކުދިންނަށް މަލާމާތްކުރާކަށް ނުވާނެ އިނގޭ " ތީބާ އިބާގެ ބޮލުގައި ފިރުމާލިއެވެ.
" އެކޯޗެއް މަންމީ؟ " މަލާމާތްކުރުމަކީ ކޮންކަމެއްކަން އިބާއަށް ދެނެގަންނަން އުނދަގޫވިއެވެ.
" ބޮޑުވީމައި އެނގޭނެ އަދި... " އަފްޝާ އަރީބްއަށް ކާންފެށިއެވެ. ފުރަތަމަ ސުވާ ލެވުމާއެކު މީރުވުމުން އަރީބް ދެއަތް ޖަހާލިއެވެ.
" ހާ... މީރުދޯ ދޫނީ؟ " ތީބާ ލޯބިން ފުރިގެންވާ އަޑަކުން އަރީބްއާއި މުހާތަބު ކުރިއެވެ.
---
" އިސް ދިސް އަ ގުޑް އައިޑިއާ؟ " އަޙްމަދުއާއި އިބްރާހީމް ހިނގަމުން ދިޔައީ މިސްކިތާ ދިމާއަށެވެ.
" ތިބުނީ؟ " އިބްރާޙީމް ސުވާލުކޮއްލިއެވެ.
" ލީންގެ ނަފްސާނީ ކަންތައް؟ މިތަނަށް އައީމަ އިތުރަށް ސަކަރާތެއްނު ވާނީ " އަޙްމަދު ނިއްއަރުވާލިއެވެ.
" ހޫމް.. ދޮންބެ ވެސް ތިކަމާ ވަރަށް ވިސްނިން. އެކަމަކު މިހާރު ލީން ރަނގަޅު ކުރަން މަސައްކަތް ނުކޮއްފިއްޔާ ފަހުން ކައިވެންޏާ ހަމަޔަށް ދާއިރު އުނދަގޫވާނެ. ދަރިއެއް ގެންގުޅެން އުނދަގޫވާނެ. ދޮންބެވެސް ބޭނުން ލީން ކުޑައިރު އުޅުން ހެން އަބަދު އުފަލުގައި ހުންނަން. ޑޮކްޓަރ ބުނީ ލީންއަށް އެކަންތައް ދިމާވި ތަނަށް ގެންގޮސް އެހަނދާންތަކުގެ ތެރެއަށް ވައްދާށޯ. އެހަޤީގަތްތައް ހަނދާންކުރުވިޔަ ދޭށޯ.. އެކަންތަކުގެ މައްޗަށް މީހާގެ ބާރު ފޯރުވޭނެ ގޮތް ހަދާށޯ. އޭރުން ނޯ އެކަމުން އަރައިގަންނަން ފަސޭހަވާނީ. ކުރީގެ ބާ ގެ ބަދަލުވުމާއިއެކު އަނެއްކާ ލީންގެ އެހުންނަ ގޮތްގަނޑުގެ ސަބަބުން އިނގޭ މިކަން އުނދަގޫވާނެކަން ވެސް. އެކަމަކު ލީން.. ހުރި ހަމައެކަނި އަންހެންކޮއްކޮގެ ހަޔާތް ބަރުބާދުވެގެން ދާކަށް އަހަރެން ބޭނުމެއް ނޫން. " އިބްރާހީމް ދެލޮލުން އައި ކަރުނަތައް ފުހެލިއެވެ.
" އަހަރެންވެސް... އިން ޝާ ﷲ ހުރިހާ ކަމެއް ރަނގަޅުވާނެ ދޮންބޭ.. އަހަރެންވެސް ވީވަރަކުން އެހީވެދޭނަން.. " އަޙްމަދު އިބްރާހީމް ކޮނޑުގައި ޖަހާލިއެވެ.
" ބައްޕަ ކިހިނެތް؟ " އަޙްމަދު ފުންނޭވާއެއް ދޫކޮއްލަމުން ސުވާލުކޮއްލިއެވެ.
" ސޭމް އެޒް ޔޫޝުއަލް.. ދޮންމަންމަގެ ދަރިފުޅު ޖުނާނަތު ބޭރުން ކިޔަވައިގެން އައި ފަހުން އިހުނަށްވުރެ އަހަރެމެންނާ ދުރުވެއްޖެ. ހީވަނީ ބައްޕަގެ ހުންނަނީ ހަމައެކަނި ޖުނާނަތު އެކަނިހެން. ހަމައެކަނި އަހަރެންނާ ވާހަކަދައްކަނީވެސް. ލީން ކޮބާތޯ ބަލާވެސް ނުލާނެ. ބައްޕައަށް ވަރިހަމަ އަހަރެމެން ދުނިޔޭގައި ނެތަސް. އަހަރެންނާ ބައްޕަ ވާހަކަ ދައްކަނީ ކޮންޕެނީއިން ވަޒީފާއެއް ޖުނާނަތައް ލިބޭތޯ. އަނެއްކާ ބައްޕަ ކޮންމެވެސް ކަމަކަށް ޙަރަދުކުރަން އަހަރެން އަތުން މަހަކު ތިރީސް ހާހެއްހާ ނަގާނެ. ނޭނގެ ކީއްކަމެއް ކުރަނީކީވެސް. އެކަމަކު ބައްޕަވިއްޔާ ދޯ؟ ހިތަށް އަރާ އެހާ ލޯބިން އަހަރެމެންނާ ދޭތެރޭ ކަންތައް ކޮއްފައި ކުއްލިއަކަށް ބައްޕަ ބަދަލުވީ ކީއްވެހޭ؟ " އިބްރާހީމް ހިޔާލަށް ގެއްލެމުން ދުރުބަލާލިއެވެ.
" މަށަށްވެސް ކުރިންދުވަހު އިން ފަންސަވީސްހާސް ރުފިޔާ ފޮނުވަދޭށޭ ކިޔާފަ މެސެޖު ކޮއްފަ. އެކަމަކު ގެހެދުމުގެ ކަންކަމުގައި ބޭނުންކޮއްފަ ބާކީވަނީ ފަސްހާހެއްހާ މިހާރު. ނަސީބެއް ރަށުގައި އުޅޭ ކަންވެސް. ގިނަ މީހުން ގެޔަށް ހަދިޔާ ދޭ ވަރުން ގަންނަން ޖެހޭ އެއްޗެހި ވަރަށް މަދު. ދޮންބެގެބަޔާ މަގޭ ބައިން މިހާރު ލޯނު އެއްކޮށް ނިމެން ކައިރިވެފަ އޮންނާނީ. އަންނަމަހު ބައި އެޅީމަ އެނިމުނީ ދެން." އަޙްމަދު ހީލިއެވެ.
" އަލްހަމްދުލިﷲ ދޮންބެގެ ކޮންޕެނީވެސް ސީއީއޯ ހަވާލުކޮއްފަ މިއައީ ހަމަ ފެމެލީއަށް. މިދަތުރުގައި ވާނެ މިފަހަރު ހެޔޮވަރަށް މަޖާކުރަން.. " އިބްރާހީމް އަޙްމަދުގެ ކޮނޑަށް އަތްވައްޓާލިއެވެ. އެދެމެދުގައިވަނީ ހަމައެކަނި ދެއަހަރު ތަފާތު ކަމުގައި ވިޔަސް އެކުގައި އުޅޭ އިރު އެއީ ބޭބެއާއި ކޮއްކޮއަށްވުރެ ރައްޓެހިން ގޮތަށް އުޅޭ ބައެކެވެ.
" އެކަމް ސުވާލަކީ ކީއްވެހޭ ބައްޕަ ކުއްލިއަކަށް ބަދަލުވީ؟ ގައިމު ދޮންމަންމައާ އިނީ މަންމައާ ވަކިވިތާ ފަސް އަހަރު ފަހުން. " އަޙްމަދު އަހާލިއެވެ.
" ހޫމް އެޒުލްފާ ދެކުނީމޯ އެބުނާ މީހެއް އަސްރާއާ އެއްކޮށް އުޅޭތަން. ހާދަ ލަދު ހަޔާތެއް ނެތް އަންހެނެކޭ. މީހަކާ އިނދެގެން ވެސް އުޅޭ ވައްތަރު. ބަލާބެލުމަކުން ނޭނގޭނެ މިހާރު ކޮންކަހަލަ މީހެއް ކަމެއް. އަވައްޓެރިޔެކޭ ބުނަން ލަދުވެސް ގަނޭ.. ޕިސް ޕިސް.. "އެވަގުތު އިބްރާހީމްގެ ހަނދާނަށް އައީ މީގެ ތޭރަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަހަރު ކުރިން އެމަރަލްޑްގެޔާ ޖެހިގެން ހުރި އާތިފާ ބުނި ވާހަކައެކެވެ.
" ދޮންބޭ؟ "އަޙްމަދު ސުވާލުގެ ބެލުމަކުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިބްރާހީމްއަށް ބަލާލިއެވެ.
" ހޫމް.އެވާހަކަ ބާއްވާ ދެން. މިފަހަރު މިތާ ކައިރީގައި އޮތް ކުޑަކުރިއަށް ދާންވާނެ ދަތުރު.. ދޯ؟ "އިބްރާހީމް ދޯ ދިނެވެ.
" ބަލާނަން... " އިބްރާހީމް ކޮއްޕާލުމަށްފަހު އަޙްމަދު ހީގަނެފައި މިސްކިތަށް އަރަން ދުއްވައިގަތެވެ.
" މަޑުކުރޭ... " އިބްރާހީމްވެސް ދުއްވައިގަތެވެ.
" ލީން.. " ގިސްލަމުން ދިޔަ އަލައިނާ ސިހުނީ މީހަކު ގޮވާލިއަޑަށެވެ. ފިރިހެނެއްގެ ބަރު އަޑެވެ. ކުޑަ އެކޯ ކަމެއް ހުރި އެއަޑު އިވިފައި އަލައިނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
" ލީން.. " ދެވަނަ ފަހަރަށްވެސް އެމީހަކު ގޮވާލިއެވެ. ފޮތިގަނޑު ކަހާފައިވާ ކުޑަދޮރާ ދިމާއިން އެކޯވާ ގޮތެއް ހުރި އެބަރު އަޑު ހިނދެއް ހިނދެއް ގަދަވަމުން ދިޔައެވެ. އަލައިނާ ތެދުވެގެން ކުޑަދޮރާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު
ނުނިމޭ

ވަރަށް ކިޔުރިއަސް😉 އެނީވޭސް މިވާހަކަ ވަރަށް ސަޅި💖💙 އަރީބް އެއީ އަންހެންކުއްޖެއްތަ؟؟ ފުއާފް ކަންނޭނގެ އަލައިނާއަށް އެ ގޮވީ! ދެންއިންބަޔަށް އިންތިޒާރުކުރަން😀😁😃
ހިހި.. އަރީބް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިޒް އަ ބޯއީ.. އިން ޝާ ﷲ ދެން އިން ބައި މިއަދު އަޕްކޮއްދޭނަން 😁😊
ކޫލް....... ވަރަށް ކިޔާހިތް ވެސް ވޭބަ މި ވާހަކަ........... ގުޱް ލަކް
ތެންކިޔު ފޯރ ދަ ސަޕޯޓް ޒީކް ❤️❤️
އާ ޡ އާ އާ އާ އާ
އޯލްޑް ސްކޫލް ކަލްޓް ކްލަސިކެއްތަ މީ؟؟
އަދި ގެޓެއް ނުވި ތިބުނި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއްޗެއް 😕
މިބުނީ....... 90ގެ އަހަރުތަކުގަ ދައްކާ ބިރުވެރި ފިލްމުތަކުގަ ހުންނަ ރަހަގަނޑު ދޯއޭ މިވާހަކައިގަ ހުރީ؟؟؟
މިބުނީ....... 90ގެ އަހަރުތަކުގަ ދައްކާ ބިރުވެރި ފިލްމުތަކުގަ ހުންނަ ރަހަގަނޑު ދޯއޭ މިވާހަކައިގަ ހުރީ؟؟؟
90ގެ އަަހަރުތަކުގެ ފިލްމް ނުބަލަން. ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިމިއީ ހަމަ އަމިއްލަ ހިޔާލެއް 😊