"އަޒްހަރް... ކިހިނެއްވީތަ މާ ރުޅިއައިސްގެން ތިއުޅެނީ؟ ކާކައިތަ ދެންމެ ފޯނުން ވާހަކަދެއްކީ؟" ކޮފީ ޖޯޑު މޭޒުމަތީގައި ބަހައްޓަމުން އަޒްހަރުގެ ރުޅިވެރި ދެލޮލަށް ސައިނާ ބަލައިލިއެވެ.
"ނޭނގެ އަހަންނަކަށް.. އަހަރެމެންގެ ފަސްފަހަތުގަ ޝަޔަމް އެކުޅޭ ކުޅިގަނޑުގެ އެއްވެސްކަމެއް ސައިނާ އަށް އެނގޭތަ؟" އަޒްހަރުގެ އަޑުގައިވެސްވީ ނުރުހުމުގެ އަސަރެވެ.
"އޭން.. ކީކޭތަ އަޒްހަރު ތިކިޔަނީ؟ ކުޅިގަނޑޭ؟ ކޮން ކުޅިގަނޑެއްތަ؟" އެއްޗެއް ނުވިސްނިފައިހުރި މީހަކުފަދައިން ސައިނާ އަޒްހަރާއި ސުވާލުކުރިއެވެ.
"އާން.. އެނގޭތަ ދެންމެ ގުޅީ ކާކުކަން..؟ ސައިނާގެ ދައްތަގެ ދަރި ޖިޔާ.. އޭނާ ބުނީ މާލޭގެ ކޮންމެވެސް އާދައިގެ އާއިލާއެއްގެ ފާޑެއްގެ ސޮރަކާ ޝަޔަމް އިންނަން އުޅޭ ވާހަކަ.. ކިހާ ތާހިރު.. އަދި އެވެސް އޭނާގެ ދަށުން މަސައްކަތްކުރާ މުއައްޒިފަކާ.. ކިހާ ހުތުރުކަމެއްދެން.. އޭނާ ވިޔަފާރި ދަތުރޭ ކިޔާފަގޮސް ގަންނަ ގަނޑަކީ މިއީތަ؟ އަހަރުމެންގެ އިއްޒަތާއި ޤަދަރާމެދުވެސް ޝަޔަމް ނުވިސްނަނީތަ؟ އަހަރެން އޮންނާނީ މާކުރިން ޝަޔަމްގެ ކައިވެނި ހަމަޖައްސާފަ.. އޭނާ ނޫން މީހަކާއި ޝަޔަމް އިންނާކަށް އަހަރެންނަކަށް ގަބޫލެއްނުވެވޭނެ.. ސައިނާ ހަމަ މިހާރު ޝަޔަމްއަށް ގުޅާފަ ބުނޭ ވީ އެންމެ އަވަހަކަށް އެނބުރި އަންނާށޭ.." ރުޅިއައިސްގެންގޮސް އަޒްހަރު ތުރުތުރުއަަޅަމުން ދިޔައިރު އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައި ސައިނާއަށް ހުރެވުނީއެވެ.
"ސައިނާ.. އަހަރެން މިދައްކާ ވާހަކަ އެބަ އަޑުއިވޭތަ؟" ހުއްޓުންއަރައިފައި ސައިނާ ހުންނަންފެށުމުން އަޒްހަރު އިތުރަށް ހިތްހަމަނުޖެހޭގޮތްވިއެވެ. ހަގީގަތަކީ ޖިޔާ ދެއްކި ވާހަކަތަކުން އޭނާ ހަމައިންނައްޓައިފައިވާކަމެވެ. ހުރިހަމައެކަނި ދަރި އެހައި ދަށުދަރަޖައިގެ މީހެއްގެ އަންބަކަށް ވާކަށް އަޒްހަރުއަކަށް ނުރުހެވޭނެއެވެ.
"އަޒްހަރު ހަމަޖެހިބަލަ.. އެހަަށް ޝަޔަމްކުރެ އަހައި ވެގެންއުޅޭގޮތެއް އޮޅުންފިލުވަން އަހަރެންނަށް ފެންނަނީ.. ތިވަރުގެ ބޮޑު ނިންމުމެއް އަހަރުމެންނަށް ނާންގައި ޝަޔަމް ނުނިންމާނެ.." ފިކުރަކަށް ގެއްލިހުރެ ސައިނާ ބުނެލިއެވެ.
"މިގޮތަށްހުރެ އަހަރެން ޝަޔަމްއާ ކުރިމަތިލާކަށް ބޭނުމެއްނޫން.. ސައިނާ އޭނާ އާއި ވާހަކަދައްކަބަލަ.." ފުންނޭވައެއްދޫކޮށްލި އަޒްހަރު ނިތުގައި އަތުން ފިރުމައިލިއެވެ. އޭރުވެސް ޖިޔާގެ ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔަ ކަހަލައެވެ. ދެލޯމަރައި ބާރުކޮށްލީ އެވާހަކަތައްމަތިން ހަނދާންނައްތައިލަން ބޭނުންވެފައިހުރި މީހަކުފަދައިންނެވެ.
*****
ބޮޑުތިކިވާރޭގެ ހިތްގައިމު އަޑުން މުޅި މާހައުލު ގުގުމައިގެންދިޔައެވެ. ޖެހެމުންދިޔަ ރޯޅީގައިވި ތެތްފިނިކަމުގެ ސަބަބުން ފަޒާގައި ހިފައިލައިފައިވި ފިނިކަން އިތުރުވެފައިވެއެވެ.
ރޭގަނޑުގެ އެހަމަހިމޭންވަގުތު ނިދީގެ އަރާމުކަމުގެ ތެރެއަށް ކޮންމެ މީހަކުވެސް ޣަރަގުވެފައިވީއިރު ކޮޓަރީގެ މެދެއްހައި ހިސާބުގައި މުސައްލަ ފަތުރާލައިގެން ޒާއިން އަޅުކަމުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. ކޮންމެ ރެއެއްގެވެސް އެވަގުތަކީ އާދަވެގެން ޒާއިން އަޅުކަމުގައި ވަގުތު ހޭދަކުރާ ވަގުތެކެވެ. އެކުން އެވަގުތުގައި ލަމްޔާވެސް ނިދާފައި އޮންނާނެތީ އެކަންވެސްވީ ޒާއިންއަށް ލިބޭ ހަމަޖެހުމަކަށެވެ.
ކަރުނަވީ ދެލޮލާއެކު ސަޖިދައަށް ތިރިވި ޒާއިންގެ ތުންފަތް ފޫއަޅުވައިލުމަށްފަހު މަޑު އާހެއް ބޭރުވެގެންދިޔައެވެ. ނަމަވެސް ވެހެމުންދިޔަ ވާރޭގެ ހިތްގައިމު ރާގުގެ ތެރެއަށް އެއަޑުވެސް ފޭދިގެންދިޔައީއެވެ.
ރަޖާގަނޑު ގައިމަތިން ސޮހިގެންގޮސްފައިވުމުން ހީކަރުވައިގަނެގެން ނިދިފައިއޮތް ލަމްޔާއަށް ހޭލެވުނެވެ. ކުޑަކުޑަކޮށް ދެލޯހުޅުވައިލަމުން ލަމްޔާ ރަޖާގަނޑުގައި ހިފައި ގެނެސް ގައިމަތީގައި އެއްކޮށްއަޅައި ފޮރުވައިލީ ހަަށިގަނޑަށް އިހުސާސުކުރެވެމުންދިޔަ ފިނިން އަވަހަށް ސަލާމަތްވާން ބޭނުންވެފައި އޮތްވަރުންނެވެ.
ރަޖާއަޅައި ހަމަޖެހިލަމުން އޮތް ފަރާތް ނޫން އަނެއްފަރާތަށް ލަމްޔާ އެނބުރުނެވެ. އަދި ލަސްލަހުން ދެލޯ ހުޅުވައިލަމުން ޒާއިން އޮންނަ ސޯފާއަށް ނަޒަރު ހުއްޓައިލިއެވެ. ކިތަންމެ ނިދިއައިސްފައި އޮތް ނަމަވެސް ލަމްޔާގެ ނަފުސަށް ހާސްކަން ވެރިވެގެންދިޔައެވެ. އަދިވެސް ޒާއިން ގެއަށް ނާންނަނީބާއޭ ހިތަށްއަރައި ކަންބޮޑުވެފައި ލަމްޔާއަށް އެނދުން ތެދުވެވުނެވެ. އެވަގުތު ފެނުނު މަންޒަރުން ލަމްޔާ ގަނޑުވާގޮތްވިއެވެ. ދެފަހަރަކު ލޯ ތަޅުވައިލަމުން މޫނުމަތީގައި އަތްއުނގުޅައިލުމަށްފަހު އަނެއްކާވެސް ލަމްޔާއަށް ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް ބަލައިލެވުނެވެ.
ސަޖިދައިގައި އޮތް ޒާއިންއަށް ބަލަން އޭނާއަށް އިނދެވުނީ އެއީ ހަގީގަތެއްކަން ގަބޫލުނުކުރެވިފައެވެ. ކޯތާފަތްމަތިން ތެތްކަމެއް އިހުސާސުކުރެވި ލަމްޔާއަށް މަޑުމަޑުން ކޯތާފަތުގައި އަތްޖައްސައިލެވުނެވެ. ލޮލުން ކަރުނަ އޮހޮރެމުންދިޔަކަންވެސް އޭނާއަށް އެނގުނީ ދެނެވެ.
އަނގަމަތީގައި އަތްއަޅައިލީ އަޑު ބޭރުވިޔަ ނުދިނުމަށެވެ. ދެލޯމަރައި ބާރުކޮށްލި ލަމްޔާއަށް ހިތާހިތުން އޭނާގެ ދުޢާ އިޖާބަކުރެއްވިކަމަށްޓަކައި އޭނާގެ ވެރި ރަސްކަލާނގެއަށް ހަމްދުކޮށްލެވުނެވެ. މުޅި ދުނިޔެއަށް ސިއްރުން ކޮންމެ ދުވަހަކުމެ އޭނާ ކުރަމުންދިޔަ ދުޢާ އިޖާބަކުރެވިގެންދިޔަ ފުރިހަމަކަން ނިކަން ދެކިބަލާށެވެ. އެއްވެސް ކަމަކީ ނުވާނެ ކަމެއްކަމުގައި އަހަރެމެން ހީކުރަން ނުވަނީ މިހެންވެއެވެ. އަހަރެމެން އިންސާނުންގެ ނަޒަރުގައި ކިތަންމެ ނުވާނޭ ހީވާ އެތައްކަމެއްވެސް ފުރިހަމަކުރެއްވުމަށް އަހަރެމެންގެ ވެރި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. ކޮންމެ ހާލެއްގައިވެސް ކޮންމެ ކަމެއްގައިވެސް އެކަލާނގެއަށް އިތުބާރުކޮށް ގިނަގިނައިން ދުޢާ ކުރަންވަނީ އެހެންވެގެންނެވެ. އިޚްލާސްތެރި ދުޢާއެއްގައި ހުރި ފޮނި މީރުކަމެއްވެސް އެފަދަ މީހުނަށް އިހުސާސުކުރެވޭނެކަން ޔަގީނެވެ.
އަތުގެ ނުފުށުން ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން އިންތަނުން ލަމްޔާ ތެދުވިއެވެ. އަދި ޒާއިންއަށް އަޑު ނީވޭނޭހައި ސިއްރުން ގޮސް ހެދުން އަލަމާރިން ހެދުމެއް ނެގުމަށްފަހު ފާޚާނާއަށް ވަނެވެ. އިރުކޮޅެއް ފާޚާނާގައި ވުމަށްފަހު ލަމްޔާ ނުކުތީ ހެދުން ބަދަލުކޮށް ވުޟޫކޮށް ހަދައިގެންނެވެ. އޭރު މުސައްލަމަތީގައި ދުޢާއަށް އަތްނަގައިގެން ޒާއިން އިނެވެ.
އަލަމާރީގެ ކަނެއްގައިއޮތް އޭނާގެ މުސައްލަ ނަގަމުން ކުދިކުދި ފިޔަވަޅުތަކެއްގައި ލަމްޔާ އައިސް ޒާއިންގެ ގާތުގައި މުސައްލަ ފަތުރާލަމުން އިނށީނެވެ. ދެލޯ މަރައިލައިގެން އިން ޒާއިންއަށް މިއިން އެއްވެސްކަމެއް ނޭނގެއެވެ. މެރިފައިވި އެސްފިޔަތައް ފޫދުއްވައިލުމަަށްފަހު އޮހޮރެމުންދިޔަ ކަރުނަތަކުން ޒާއިންގެ ކޯތާފަތް ތެތްމަމުން ދިޔައެވެ. ފުސްވެގެންދިޔަ ދެލޮލުން ލަމްޔާ ޒާއިން ގާތުގައި އިނދެ އެމަންޒަރު ބަލަމުންދިޔައިރު އެހިތަށްވެސް ވަނީ ނުހަނު ފުން އަސަރެއް ކޮށްފައެވެ. އެހިނދު އެހިތުގައި ޒާއިންގެ މައްޗަށްވި ޤަދަރު އުފުލިގެންދިޔަފަދަ އިހުސާސެއް ލަމްޔާއަށް ކުރެވުނެވެ. ފަނޑު ހިނިތުންވުމެއް އެމަޑު ތުންފަތް މައްޗަށް ވެރިވެފައިވީއިރު ކަރުނައިގެ ސަބަބުން އެތޫނު ދެލޮލުގެ ވިދުން ގަދަވެފައިވެއެވެ.
ދުޢާކޮށް ނިންމައިލުމަަށްފަހު ހަމްދު އަޅަމުން ޒާއިން ދެލޯހުޅުވައިލިއެވެ. ވަގުތުން އޭނާގެ ކަނައަތް ފަރާތުގައި ދޮޅި އަޅައިގެން އިނށީދެއިން ލަމްޔާ އެލޮލުގައި އަޅައިގަތެވެ. ލިބުނު ހައިރާންކަމާއެކު ލޮލަށް ފެނުނު މަންޒަރު ގަބޫލުނުކުރެވިފައި އިނދެ ޒާއިން ފަސްއެނބުރި އެނދާއި ދިމާއަށް ބަލައިލީ ހަގީގަތުގައިވެސް އޭނާގެ ގާތުގައި އިނީ ލަމްޔާކަން ޔަގީންކުރަން ބޭނުންވެފައިއިނދެއެވެ. ހުސްކޮށް އޮތް އެނދު ފެނުމުން ޒާއިން އަވަސް އަވަހަށް އޭނާގެ ގާތުގައިން ލަމްޔާއަށް ނަޒަރު ހުއްޓައިލިއެވެ.
"ލަމް.." ޒާއިންގެ އަޑުގައިވެސްވީ ހައިރާންކަމެވެ. އެއްވެސް އެއްޗެއް ނުބުނެ ލަމްޔާ ޒާއިންއަށް ބަލަހައްޓައިގެން އިނީއެވެ.
"ލަމް.. ހާދަ އަވަހަށް ހޭލީ.. އަދި ގަޑިން ދެގަޑި ބައި ކިރިޔާ އެވީ.." ލަމްޔާ އާންމުކޮށް ތެދުވާނީ ތިނެއް ޖަހާއިރުކަން އެނގޭތީ ޒާއިން ބުނެލިއެވެ.
"އަހަރެންނަށް މިރޭ އަވަހަަށް ހޭލެވުނީ މިމަންޒަރު ފެންނަން ނޫންކަމެއްވެސް ނޭނގެއެއްނު.." ލަމްޔާގެ އަޑުއިވި ލުއި ގޮތަކަަށް ޒާއިން ހީލިއެވެ.
"ވެދާނެ ތިހެންކަމަށްވެސް.. އެކަމަކު ދެން ވާހަކަދައްކާނީ ނަމާދުކޮށް ނިންމައިލުމަށްފަހު ދޯ.. އަހަރެންވެސް އަދި ދަމުނަމާދެއް ނުކުރަން.. ލަމް.. އަހަރެންނާއެކު.. ނަމާދު ކުރާނަންތަ؟" ހިސާބަކަށް ޖެހިލުންވެފައި އިނދެ ޒާއިން އަހައިލިއެވެ. ސުވާލެއްކުރަން އުޅެފައިވެސް ހަމަހިމޭންކަން ޚިޔާރުކުރަމުން ލަމްޔާ ބޯޖަހައިލިއެވެ. ލަމްޔާގެ އެކުޑަކުޑަ ހަރަކާތުން ޒާއިންގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. އަތްދިއްކޮށްލަމުން އޭނާ އާއި އެކުގައި ތެދުވާން ޒާއިން އެދުނެވެ. އިތުރު ވިސްނުމަކަށްވެސް ނުގޮސް ވަގުތުން ލަމްޔާ އޭނާގެ އަތްތިލަ ޒާއިންގެ އަތުގެ ތެރެއަށް ލިއެވެ. އެތުނި އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ޒާއިން ތެދުވިއެވެ. ޒާއިން އާއި އެކުގައި މަޑުމަޑުން ލަމްޔާވެސް އިންތަނުން ތެދުވަމުން ޒާއިންއަށް ހިނިތުންވެލިއެވެ.
ދެމަފިރިން އެކުގައި ދަންވަރުގެ އެހަމަހިމޭން ވަގުތުގައި އަޅުކަމުގައި މަޝްއޫލުވަމުން ދިޔައިރު ދެހިތުގައިވެސް ޖަހަމުންދިޔައީ އެއްވިންދެކެވެ. ދެހިތަށްވެސް އިހުސާސުކުރެވެމުންދިޔައީ ފިނިކަމެވެ. އެކަކު އަނެކަކުގެ މައްޗަށް ދެހިތުގައިވެސްވަނީ ފުން ލޯތްބެއް އުފެދެން ފަށައިފައެވެ. ދުލުން އެކަމަށް އެއްބަސްނުވި ނަމަވެސް ކޮންމެ މީހެއްގެވެސް އަމަލުތަށް އެކަމަށް ހެކިދެއެވެ.
ސަލާމް ދިނުމަށްފަހު ދެމަފިރިން އެކުގައި ދުޢާއަށް އަތްހިއްލައިލިއެވެ. އެކަކު އަނެކަކަށްޓަކައި ދެހިތްވެސް ދުޢާކުރަމުންދިޔައިރު ދެމީހުންގެ ލޮލުން ފައިބަމުންދިޔަ ކަރުނަވެސް ދެހިތުގައިވި ފުން އިހުސާސުތަަށް ފައުޅުކޮށްދިނުމަށް މަސައްކަތްކުރާކަހަލައެވެ.
ދުޢާކޮށް ނިންމައިލި ޒާއިންގެ ނަޒަރު ލަމްޔާއާއި ބައްދަލުވިއެވެ. ގާތުގައި އޭނާއަށް ބަލަހައްޓައިގެންއިން އެހިތުގެ މަލިކާފެނި މޭގައިވި އޭނާގެ ހިތްތެޅިލިއެވެ. ލަސްލަހުން ލަމްޔާ އާއި ޒާއިން ގާތްވާންފެށުމުން އިސްޖަހައިލި ލަމްޔާ ދެލޯމަރައި ބާރުކޮށްލިއެވެ. އެތަންފެނި ފަނޑު ގޮތަކަށް ހީލި ޒާއިން އެއްވެސް ވިސްނުމެއްނެތި ލަމްޔާގެ ނިތުގައި ލޯތްބާއެކު ބޮސްދިނެވެ.
ޒާއިންގެ އަމަލުން ސިހިފައި އެސްފިޔަތައް އުފުލައިލަމުން ލަމްޔާ ބަލައިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ޒާއިން ލަމްޔާ އާއި ދުުރުވެލަމުން ކޮޓަރީގައި ހުރި ކުޑަ ދޮރާއި ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. އަދި ފަތިސްނަމާދު ބަންގި ގޮވުމާއި ދެމެދު ވަގުތު އޮތުމުން ލަމްޔާ ގާތުގައި އަންނާށޭބުނެ އިންތަނުން ތެދުވެ ކުޑަދޮރާއި ދިމާއަށް ހިނގައިގަތެވެ. ވާނުވާ ނޭނގިފައި އިން ލަމްޔާވެސް ތެދުވަމުން ޒާއިންގެ ފަހަތުން ހިނގައިގަތެވެ.
ކުޑަދޮރުގެ ދޮރުފޮތިގަނޑު އެއްފަރާތަށް ކަހައިލަމުން ދޮރުފަތް ޒާއިން ހުޅުވައިލިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. ޖެހިލި ވައިރޯޅިއާއެކު އިހުސާސުކުރެވުނު ފިނިކަމުން ލަމްޔާ ތުރުތުރުއަޅައިލިއެވެ. ފަހަތަށް އެނބުރި އޭނާގެ ގާތުގައި ހުއްޓިހުރި ލަމްޔާއަށް ޒާއިން އަތްދިއްކޮށްލުމުން އެއަތުގައި ލަމްޔާ ހިފައިލިއެވެ.
ލަމްޔާ ގެނެސް ކުޑަދޮރުކައިރީގައި ބަހައްޓައިލަމުން އޭނާގެ ފަހަތަށް ވާގޮތަށް ޒާއިން ހުއްޓި އޮހެމުންދިޔަ ވާރޭގެ ތިކިތަކަށް ނަޒަރު ހުއްޓައިލިއެވެ. "ރަޙުމަތުގެ ވާރޭ ވެހޭ ވަގުތަކީ ދުޢާ އިޖާބަކުރެވޭ ވަގުތެއް ދޯ.." އެހުރިގޮތަށްހުރެ ޒާއިން ބުނެލުމާއެކު ހައިރާންވެފައި ލަމްޔާ ޒާއިންގެ މޫނަށް ބަލައިލިއެވެ.
"ހޫމް.. އެކަމު ޒާއިންއަށް ކިހިނެއް.." ސުވާލު ފުރިހަމަނުކޮށް ލަމްޔާ ހުއްޓައިލިއެވެ. ޒާއިންގެ އަމަލުތަކުން ހަގީގަތުގައިވެސް ލަމްޔާއަށް ލިބިފައިވި ހައިރާންކަން އިތުރުވެފައިވިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ހީކަރުވައިގަނެގެން މުޅި މީހާ ރޫރޫއަޅައިލުމުން ހަށަންބަނދެލަމުން ފަހަތަށް ފިޔަވަޅެއް ލަމްޔާ އަޅައިލިއެވެ.
"ހީކަރުވަނީތަ؟" ލަމްޔާއަށް ވީގޮތްފެނި ލޯބިން ޒާއިން އަހައިލިއެވެ. މަޑުމަޑުން ލަމްޔާ ބޯޖަހައިލިއެވެ. އެއާއެކު ކުއްލިއަކަަށް ލަމްޔާގެ ގާތަށް ޖެހިލަމުން އޭނާގެ ފުރަގަހުން ދެއަތްވަށައިލައި ޒާއިން ބައްދައިލިއެވެ. ސިހުނުވަރުން ތެޅިގަނެފައި ލަމްޔާއަށް ޒާއިންއަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީވަގުތު ލަމްޔާގެ ނޭވާ ހޮޅީގައި ތާށިވިހެން ހީވިއެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާންނުވެފައި ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު ދެހިތުގެ ވިންދުވެސް ހިނދެއް ހިނދަކަށް އަވަސްވަމުންދިޔައެވެ. ހިނިތުންވަމުން ގުދުވެލި ޒާއިން އޭނާގެ ބޯ ލަމްޔާގެ ބޮލުގައި ޖައްސައިލަމުން ދެލޯމަރައިލިއެވެ.
"ތޭންކްސް ލަމް.. އަހަރެންގެ ވީރާނާވަމުންދިޔަ ދިރިއުޅުމަށް އައީމަ.. މިދިރިއުޅުން އާރާސްތުކޮށްދިނީމަ.. މަގުގެއްލިފައި ވަނިކޮށް ކުރިއަށްދާނެ މަގުދައްކައިދިނީމަ.." ޒާއިންގެ އަޑު ލަމްޔާއަށް އިވުނީ ކިރިޔަ ކިރިޔާއެވެ. ބުނާނެ އެއްޗެއް ނުވިސްނި އެހުރިގޮތަަށް ލަމްޔާއަށް ހުރެވުނީއެވެ.
"ޒަ.. ޒާން.." ހިތްވަރުކޮށްފައި ކޮންމެވެެސް އެއްޗެއް ބުނެވޭތޯ ލަމްޔާ މަސައްކަތްކުރިއެވެ. "ޝްޝްޝް.." ލަމްޔާގެ ވާހަކަތަށް ހުއްޓުވަމުން ޒާއިން ވާހަކަދައްކަން ފެށިއެވެ. އޭނާގެ ހަޔާތަަށް އެފަދަބޮޑު ބަދަލެއް އައި ކިހިނެއް ކޮންއިރަކުކަން ޒާއިން ބުނެދިނެވެ. އަބްދު ﷲ އާއި ރަޔާންގެ ވާހަކަތައްވެސް ލަމްޔާއަށް ކިޔައިދިނެވެ. ކޮންމެ ރެއަކު އޭނާ ދަނީ އެމީހުން ގާތަށްކަމާއި ގޭގައި ގިނަވަގުތު ފޯނަށް ބަލަހައްޓައިގެން އިނދެ އޭނާ ކުރާކަމަކީ ޤުރުއާން ކިޔެވުންކަންވެސް ބުނެލިއެވެ. އަދި އެވާހަކަތައް ލަމްޔާ ގާތުގައި ބުނަން ފަސްޖެހުމުން އަދި މަޑުކޮށްލައިގެން ހުރީކަމުގައި ޒާއިން ބުނެލިއެވެ. އެހެނަސް ލަމްޔާއަށް އެގޮތަށް އެކަން އެނގެން އޮތުމުން މިރޭ އެމަންޒަރުތައް ފެނުނީކަމާއި އެވަގުތުގައި އޭނާ ކުރީ ތައުބާ ނަމާދުކަމުގައިވެސް ޒާއިން ބުންޏެވެ. ގިނަގިނައިން ތައުބާވާ އަޅުންދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވާނެކަމަށް އަބަދުވެސް އަބްދު ﷲ ބުނެއޭ ޒާއިން ބުނެލިއެވެ. އެހެންވެ އެކަން ވަނީ އޭނާގެ ހިތުގައި ބިންވަޅުނެގިފައެވެ.
ޒާއިންގެ ވާހަކަތަކުން ލަމްޔާގެ ހިތަށް ލިބުނު ފިނިކަމަކުން ފުޅާކޮށް ހިނިތުންވެލެވުނެވެ. އުފާވެރިކަމުގެ ކަރުނަ އެދެލޮލުން ނިރާލިއެވެ. އުފަލުންގޮސް އޭނާއަށް ރޮވުނުއިރު ޒާއިން އިތުރަށް އޭނާގެ މެޔާލައި ލަމްޔާ ފިއްތައިލިއެވެ. އޭރު އޭނާއަށްވެސް ރޮވެމުންދިޔައެވެ. އެގޮތުގައި ދެމީހުން އެތައްއިރަކު ތިއްބެވެ. ތަކުރާރުކޮށް ލަމްޔާއަށް ހިތާއިހިތުން ހަމްދުކުރެވެމުން ދިޔައިރު ޒާއިންއަށް ލަމްޔާގެ އުފަލަށްއެދި ދުޢާ ކުރެވެމުންދިޔައެވެ.
ފޯނުގެ އެލާމް އަޑަށް ހޭވެރިކަންވެ ޒާއިން އަވަސް އަވަހަށް ލަމްޔާ އާއި ދުރުވެެލިއެވެ. ފަތިސް ނަމާދު ވަގުތުވާން ފަނަރަ މިނެޓަށްވީކަން އެނގި ޒާއިން އިސްޖެހިފައި ހުރި ލަމްޔާއަށް ބަލައިލަމުން އެނިތުގައި ބޮސްދިނެވެ. އަދި މިސްކިތަށް ދަނީކަމަށް ބުނަމުން ހިނގައިގަތެވެ. އޭރު ޒާއިންއަށް ބަލަންހުރި ލަމްޔާގެ ދެލޮލުން ފައުޅުވަމުންދިޔައީ ޒާއިން އާއި މެދުގައި ފަޚުރުވެރިވާފަދަ އަސަރުތަކެކެވެ.
(ނުނިމޭ)
ވާއު ހާދަ ރީއްޗޭ.... ގައިން ހިބިހިނަގައިގެން ވެސް ދިޔަ.....
ތެންކްސް އަލޮޓް ޑިއަރ..❤
ވަރަށް ރީތި މިބައި ވެސް ވަރަށް ލޯބިވޭ ނައުފާ ދައްތާ އަޅެ އަނެއްބައި މާދަން ބަލާތި ގެނެސް ދެވޭތޯ ދައްތާ
ތެންކްސް ޑިއަރ.. ވިލް ޓްރައި އަލޮޓް އިނގޭ.. ލަވް ޔޫ ޓޫ.. 🥰❤
މިބައިވެސް... ވަރަށް ވަރަށް..ރީތި މާޝާ. ﷲ💜💛💓💙.. އަޅޭ... އަނެއްކާ ޝަޔަމް އެން.. ނުހައިކް.. އަށް އަޒްހަރް... ގަބޫލުނުވެއްޖިއްޔާ.. ވަރަށް ދެރަވާނެ!!! 😔😳.. މިވާހަކަ ނިމެންތަ. އެއުޅެނީ.. ވަރަށް ހީވޭ.. ނިމެހެން އުޅެނީ.. ދެން ނޭނގެ..
🌠ނައު🌠 ސިސް އަކަށްނު.. ދޯ އެނގޭނީ...އެން ވަރަށް އުފާވެއްޖެ ލަމް އަށް ޒާން ނަމާދުކުރާތަން ފެނުނީމަ...😁😀.. އައި ވޯސް ޖަސްޓް ޝޮކްޑް😮😮😂 ކޮންއިރަކުން ދެން.. އިން ބައި..😁 އަވަހަށް އަޕްކޮށްދެއްޗޭ💋 ޕްލީޒް💓💙💛✌ 💙ދެންއިންބަޔަށް އިންތިޒާރު.. ކުރަން💙 ލަވް ޔޫ💟💜💛 ސްޓޭ.. ސޭފް.. އެންޑް ޓޭކް ކެއަރ... ޑިއަރ😷💙💋💟
ހެހެ.. ތޭންކްސް ޑިއަރ.. ލެޓްސް ސީ ދޯ ވާގޮތެއް.. ޔާ ދެން ގާތްގަނޑަކަށް ނިމުމާވެސް ގާތްވަނީ މި.. އެކަމު އުޅޭނެ އިނގޭ އަދި ފުދޭވަރަކަށް ޕާރޓްސް.. ހެހެ.. އިންޝާ ﷲ ވަރަށް ޓްރައިކުރާނަން އިނގޭ ދެންއިންބައި އަވަހަށް ގެނެސްދެން.. ލަވް ޔޫ ޓޫ ޑިއަރ.. ސްޓޭ ސޭފް އެންޑް ޓޭކް ވެރީ ގުޑް ކެއަރ.. 🥰❤😘
ސިސް މާޝާﷲ ހާދަ ރީއްޗޭ😍😍😍....ކޮމެންޓް ނުކުރިޔަސް އަބަދުވެސް ކިޔަން....☺☺☺...ދެން އޮތް ޕަރޓް އަވަހަށް އަޕް ކޮއްދެއްޗޭ ސިސް...😊😊
ވަރަށް ރީތި މާޝާﷲ... އަނެއް ބަޔަށް އިންތިޒާރު ކުރަން 💖😘
ތެންކްސް ޑިއަރ.. ❤😘
ވެލްކަމް 💓
އޯއު ހޭއި ނައޫސިސް. މި ޕަރޓްވެސް ހަމަ އެމޭޒިންގ. މާ މޮޅު ބަސްތަކެއް ލައިގެން ކޮމެންޓް ކޮށްލަން ނޭނގުނަސް ކޮންމެވެސް އެއްޗެއް ބުނެލާނަން. ވާހަކަ ވަރަށް ވަރަށް ރީތި މިދާގޮތް. އެހާ ޝައުގުވެރި. މި ސައިޓުން ކިޔޭ އެންމެ ސަޅި އެއް ވާހަކަ މިއީ މިހާރު. ވާހަކައިގެ ތެރެއަށް ވަދެވިފައިވާ މިންވަރުން ނިމޭއިރުވެސް ނޭނގޭ. ޢިންޝާﷲ އަޅުގަނޑުގެ ސަޕޯޓް އަބަދުވެސް ނައު ސިސްއަށް ލިބޭނެ. ކޮންމެ ޕަރޓްއަަކަށް ކޮމެންޓް ނުކުރިޔަސް ގަވާއިދުންކިޔާ އަދި ލައިކް ދެން. ވަރަށް ރީތި އިނގޭ. ވެއިޓިން ފޯ ދަ ނެކްސްޓް ޕަރޓް.
ތެންކްސް އަލޮޓް މައި ޑިއަރ.. ވަރަށް ވަރަށް އުފާވެއްޖެ ވާހަކަ ރީތި ވީމަ.. އެންޑް މި ކޮމެންޓް ފެނުނީމަ.. އިންޝާ ﷲ މި ޝައުގުވެރިކަންމަތީ ވާހަކަ ނިމެންދެން ގެނެސްދެން ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން.. ތެންކިޔޫ ވަންސް އަގެއިން ފޯ ޔުއަރ ސަޕޯޓް އެންޑް ލަވް ޑިއަރ.. 🥰❤
ޒާންއާ ލަމް އެއްކޮށް ނަމާދު ކުރީމަ އެއީ ހަމަ ޑްރީމް ކަމް ޓްރޫ އެއް.. 😂❤️.. ވަރަށް ސަޅި އިނގޭ އަސްލު ވެސް މާޝާ ﷲ ❤️💜.. ނިމޭން އުޅޭހެން ހީވަނީ.. އެކަމު އަވަހަށް ނުނިންމަށްޗޭ.. 😘❤️
މާޝާ ﷲ ވަރަށް ރީތި😍💘💖💝💞 އަސްލު މިވާހަކަ ބަރާބަރަށް ކިޔަން ކުރީބައިތަކުގަ ކޮމެންޓް ނުުކުރިޔަސް😊😁 ދެންއިންބަޔަށް އިންތިޒާރުުކުރަން😍💖
މަޗް ލަވްސް ފްރޮމް މީ❤💓💟💞
ސަލާމް އޯލް.. އިންޝާ ﷲ ދެންއިންބަައި މާދަން ސަބްމިޓްކޮށްލާނަން.. ❤
ކޮންއިރަކު ކިޔާ ލެވޭ ވަރު ވާނީ ނައު ދައްތާ ހޯމައިގަތަ
ކޮބާ ތަ އަނެއް ބައި..... ވަރަށް އިންތިޒާރު ކުރެވިއްޖެ... މާދަން ވާނެ އަނެއް ބައި އަޕް ކޮށްލަ ދެއްވަން
ކޮބާ 25 ވަނަ ފާރޓް؟؟؟؟؟؟؟؟؟؟