"ނޫރީގެ ލޯބިވާ ދޮންބޭ! މަންމަ ބުނީ ހޭލާށޯ!" ބާލީހުގައި ބައްދައިލައިގެން ވަރަށް އަރާމުކޮށް ނިދައިލައިފައި އޮތް ނިކާންއަށް ހޭލެވުނީ އޭނާގެ ކޮއްކޮ ނޫރީން ދޮރުގައި ތަޅާ އަޑަށެވެ.
ނިކާން ކަންނެތް ގޮތަކަށް ތެދުވެ ދޮރު ހުޅުވައިލިތަނާ ކޮންމެވެސް އެއްޗެއް އޭނާގެ މޫނުގައި ހޭކުނެވެ. އެއެއްޗެއް ދުރުކޮށްފައި ބަލައިލިއިރު ނޫރީން ހުރީ ފިހިގަނޑު ހިފައިގެންނެވެ. ނިކާންގެ މޫނުގައި ހޭކުނީ ފިހިގަނޑުގެ ދަށްފުށެވެ. ނިކާން ގޮސް ނޫރީންގެ އަތުން ފިހިގަނޑު އަތުލިއެވެ.
"އޭތް ދެން ދޮންބޭ! ނޫރީ ކުނި ކަހަން ގެންގުޅު ފިިހިގަނޑޭ ތީ." ނޫރީން ނިކާންގެ އަތުން ފިހިގަނޑު އަތުލަން އުޅެމުން ބުންޏެވެ.
"ކުނިކަހަން ގެންގުޅޭ ފިހިގަނޑު ދޮންބެ މޫނުގަތަ އޮންނަން ޖެހެނީ؟" ނިކާން އެއްސެވެ.
"ދެން ނޫރީއަކަށް ނޭނގެއޭ ދޮންބެ ނިކުންނާނެ އިރެއް. އެހެންވެއޭ ދޮރުގަ ފިހިގަނޑުން މިތެޅީ.." ނޫރީން ހަޅޭލަވައިގަތެވެ.
"ޕިސް ޕިސް ޕިސް… ނޫރީ ކައިރީގަ ކުނިކަހާށޭ ބުނީމަ މިހާރު އެހަޅޭލަވަނަނީ. ނިކީ ނޫރީއަށް ތި ފިހިގަނޑު ދީބަލަ. ދުވަހަކުވެސް ބޮޑެއްނުވާނެ މިމީހުންނެއް. މިހާރު ނޫރީއަށް ނަވާރަ އަހަރުވެއްޖެ. ނިކީއަށް އެކާވީސް އަހަރުވެއްޖެ. އެކަމަކު މިދެމީހުންނެކޭ ފަސްއަހަރުގެ ކުދިންނެކޭ އެއްވެސް ތަފާތެއް ނެތް." އެދެމީހުންގެ މަންމަ މާޔާ މޭޒު މައްޗަށް ތަށިތައް ނަގަމުން ބުންޏެވެ.
"ދެންވެސް ތިތާ ނުހުރެ ދޭބަލަ ފެންވަރަން." އެދެކުދިންވެސް ހުރިތާ ހުުރުމުން ލިއާ ބުންޏެވެ.
ދެކުދިންވެސް ދެކުދިންނަށް ބަލައިލުމަށްފަހު ދޫނެރެލުމަށްފަހު އެކުދިންގެ ކޮޓަރިތަކަށްވަނެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. 'އެމްރާލްޑް' ގޭގެ ދޮރުގައި ލެނގިލައިގެން ބޭރު ބަލަންހުރި ނޫރީން ސިހުނީ ނިކާން ދާން ހިނގާށޭ ބުނުމުންނެވެ. ނޫރީންމެން ގެއިން ނިކުމެ މަގު މައްޗަށް ހަމަ އެރިތަނާ މީހުންގެ ނަޒަރު އެދެ މީހުންނަށް ހުއްޓެން ފެށިއެވެ. މީހުންގެ ނަޒަރު އެދެމީހުންނަށް ނުހުއްޓެންވީ ސަބަބެއްނެތެވެ. ނޫރީންއަކީ ވަރަށް ދޮން ކުއްޖެކެވެ. އޭނާއަކީ ޅޫފަތި ހަށިގަނޑަކާއި ހެޔޮވަރު އިސްކޮޅެއްގެ ވެރި އަންހެން ކުއްޖެކެވެ. އޭނާގެ ބްރޯންޑް ކުރު ފަން އިސްތަށިގަނޑާއި ދިގު އެސްފިޔަތަކެއްގެ ދަށުގައިވާ އާދައާއި ޚިލާފު ބޮޑު ބަށިކުލައިގެ ދެލޮލަކީ މީހުންގެ ނަޒަރު އޭނާއަށް ހުއްޓޭ މައިގަނޑު ސަބަބުތަކެވެ. އަދި ފިޔާތޮށި އެތުނި ތުންފަތުން ހިނިތުންވެލާއިރަށް އޭނާގެ ކޮލަށް އެއަރާ އަޑިކޮޅުންވެސް މީހުންގެ ސަމާލުކަން ވަރަށް ފަސޭހައިން އޭނާއަށް ހޯދެއެވެ. ނިކާންއަކީ ވެސް ނޫރީން ފަދައިން ވަރަށް ރީތި ދޮން ކުއްޖެކެވެ. އޭނާގެ ދިގު އިސްކޮޅާއި އެ މަޑު މުށިކުލައިގެ ފަން ކުރު އިސްތަށިކޮޅާއި ނޫކުލައިގެ ދެލޮލަކީ އޭނާގެ ރީތިކަން އިތުރުކޮށްދޭ ކަންކަމެވެ. އަދި އޭނާގެ ކަށްރަދީ ހަށިގަނޑުންވެސް ފަންސަވީސް އަހަރުގެ ކުއްޖެކޭ އެއްވެސް ތަފާތެއްނެތެވެ. ނޫރީން ފަދައިން ނިކާން ހިނިތުންވެލާއިރުވެސް ކޮލަށް އަޑިކޮޅެއް އެޅެއެވެ.
"ދޮންބެ ޕްލީޒް ހިނގާބަލަ ކާރަށް އަރަން." ނޫރީންއަށް އެންމެ ފަހުން އުނދަގޫވެގެން ބުންޏެވެ.
"ކިހިނެތްވީ؟" ނިކާން ނޫރީންއަށް ބަލައިލަމުން އެއްސެވެ.
"ޕިސް… މީހުންތައް ބަލަނިއްޔޭ." ނޫރީން ނިކާންގެ އަތުގައި ހިފައިލަމުން ބުންޏެވެ.
ނޫރީން އެހެން ބުނި ވަގުތު ނިކާން އެހެން ލައިފައި ދިޔަ އަންހެން ކުއްޖަކާއި ދިމާއަށް އެއްލޯ މަރައިލިއެވެ. އެވަގުތު އެކުއްޖާ ރަކިވެގެން އިސްޖަަހައިލިއެވެ.
"ދޮންބޭ… ޕްލީޒް!" ނޫރީން އާދޭސްކުރަން ފެށިއެވެ.
"މިހާރު މިއާދެވުނިއްޔޭ." ނިކާން ގެއެއްގެ ކުރިމައްޗަށް މަޑުކޮށްލަމުން ބުނެލިއެވެ. "މިއީ ކޮން ތަނެއް؟" ނޫރީން އެއްސެވެ.
"ތިއީ މަންމަގެ ގެ. ދެން… މަންމަ އާއިއެކު އެއްފަހަރަކު މިތަން ހުރަސްކުަރަނިކޮށް ބުނީ މީ މަންމަގެ ގެޔޯ . އެހެންވެ އަހަރެން މިގެ ބަލައިލަން ބޭނުމީ." ނިކާން ބުންޏެވެ.
"ނޫރީއަކަށް ހިޔެއްނުވެ މީހަކު މިގޭގަ އުޅޭނެ ހެންނެއް. ވިއަރޑް…" ނޫރީން ބުންޏެވެ.
ނޫރީން އެގެއަށް ވަރަށް ފުންކޮށް ނަޒަރު ހިންގައިލިއެވެ. އެގޭގެ ފާރުތައްހުރީ ރެނދު ލައިފައެވެ. އަދި ބައެއް ތަންތާނގައި މަކުނުވާ ހުރިއިރު ކުރިމަތީގައި ބޮޑު ގޭޓެއް ހުއްޓެވެ. ނިކާން ހަމަޖެހިލަމުން ގޭޓު ކައިރިއަށްގޮސް ހުޅުވައިލިއެވެ. ގޭޓު ހުޅުވުނީ ކަންފަތަށް އުނދަގޫ ވާކަހަލަ އަޑެއް ކިޔައިފައެވެ. މިހާރު އެދެމީހުން ތިބި ގޯޅިއަކީ ފަޅު ގޯޅިއެއްކަމުން އެއްވެސް މީހަކު ފެންނާކަށްނެތެވެ. ނިކާން އޭނާ ލައިގެންހުރި ޖިންސުގެ ޖީބަށް އަތްޖަހައިލުމަށްފަހު ވަންނަން ދިޔައެވެ. ނިކާންގެ ފަހަތުން ނޫރީން ދުވަމުން ކަހަލަ ގޮތަކަށް އެތެރެއަށްވަނެވެ.
"ޔޫ ޝުއަރ ދޮންބޭ؟" ނޫރީން ޔަޤީންކޮށްލިއެވެ.
"ޔެސް… އަހަރެން ވަރަށް ބޭނުން ބަލައިލަން." ނިކާން ސީރިއެސްކަމާއިއެކު ބުންޏެވެ.
"އައްދޭ! ދޮންބެ ކޮންއިރަކު ސީރިއެސްވާން ދަސްކުރީ؟" ނޫރީން ނިކާންއަށް ޖެއްސުންކޮށްލިއެވެ.
ނޫރީން އެހެން ބުނެފައި ގޭގެ ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ނިކާން ފަހަތުން ދިޔައެވެ. ނޫރީންގޮސް އެގޭގެ ދޮރު ހުޅުވައިލައިފައި އެތެރެއަށްވަނީ އަދިވެސް އެސަކަރާތުގައި ހުރެގެންނެވެ. ނިކާން އެތެރެއަށް ވަތް ގަޑީގައި ކުއްލިއަކަށް ދޮރު ލެއްޕުނެވެ. ނޫރީން އެވަގުތު ސިއްސައިގެންގޮސް ކައިރީގައިހުރި މީހެއްގެ ގައިގައި ބައްދައިލެވުނެވެ. ނޫރީން ހީކުރީ އެއީ ނިކާން ކަމަށެވެ. 'ނިކާން' ނޫރީންގެ އަތުގައި ހިފެހެއްޓިގޮތުން އޭނާއަކަށް ދުރަކަށް ނުޖެހެވުނެވެ.
"ދޮންބޭ! ދޫކޮށްލަބަލަ!" ނޫރީން ބުންޏެވެ.
"ނޫރީ ކީކޭ ތިކިޔަނީ؟ ދޮންބެ މިހިރީ ދޮރު ހުޅުވޭތޯ ދޮރު ކައިރީގައޭ." އަނދިރިގަނޑު ތެރެއިން ވަރަށް ދުރުން ނިކާންގެ އަޑުއައެވެ.
ނޫރީން ދެލޯ ބޮޑުކޮށްލަމުން ކައިރީގައިހުރި މީހާއާއި ދިމާއަށް ބަލައިލިއެވެ. ނޫރީން އިތުރަށް ހާސްވީ އޭނާގެ ކައިރިން ނޫކުލައިގެ ތޫނު ލޮލެއް ދިއްލިފައިވުމުންނެވެ. ނޫރީން ދެލޯ މަރައި ބާރަށް ތަގުތަޅިކޮށްލުމަށްފަހު ހަޅޭލަވައިގަތެވެ.
"ނޫރީ!" ނޫރީންއަށް ހޭލެވުނީ ނިކާން އޭނާއަށް ގޮވައިލި އަޑަށެވެ.
"ދޮންބޭ!" ނޫރީން އެނދުގައި އިށީނުމަށްފަހު އިސްތަށިގަނޑުގައި ދެއަތުން ހިފައިލިއެވެ. "ކިހިނެތްވީ؟" ނިކާން އެއްސެވެ.
"ކޮންއިރަކު ނޫރީއަށް ނިދުނީ؟" ނޫރީން ހަމަޖެހެން މަސައްކަތްކުރަމުން ބުންޏެވެ.
"ނޭނގެ! މަންމަ ބުނީ ނޫރީ ކައިރީގައި ބުނާށޯ ސައިބޯން އަންނާށޭ. އެހެންވެ ނޫރީ ބަލައިއައި އިރު ނޫރީގެ އިސްތަށިގަނޑު އޮތީ ފާޑެއްގެ ލައިޓް ބްރައުން ކުލައެއްގަ. ބްރޯންޑް ކުލައިގައެއް ނޫން. އެހެންވެ މިގޮވީ." ނިކާން ވީގޮތް ކިޔައިދިނެވެ.
ނޫރީން ބަލައިލީ އެކޮޓަރީގައި ހުރި ކުޑަ ދޮރަށެވެ. އެ ކުޑަދޮރުން އެޅޭ އަވި އެކޮޓަރީގެ އެދަށް އެޅިފައިހުއްޓެވެ. އަދި ކުޑަކޮށް ނޫރީންގެ އިސްތަށިގަނޑާއި ހަމައަށް އަވި އެޅިފައި ހުއްޓެވެ.
"އެވާނީ އަވި އެޅުނީކަމަށް." ނޫރީން ބުނެލިއެވެ.
"ދެންވެސް ދޭބަލަ ފްރެޝްވެލަން…" ނިކާން ހައިރާންކަމާއިއެކު ނޫރީންއަށް ބަލައިލަމުން ދެބުމަ ކައިރިކޮށްލުމަށްފަހު ބުންޏެވެ.
ނިކާން ދިއުމުން ނޫރީން ހަމަޖެހިލުމަށްފަހު ފެނުނު ހުވަފެނާއިމެދު ފުންކޮށް ވިސްނައިލިއެވެ. އެހުވަފެނުގައި ފެނުނު ބިރުވެރި ނޫކުލައިގެ ތޫނު ދެލޯ ސިފަވުމުން އޭނާގެ ގައިން ހީބިހި ނަގައިގަތެވެ. ނޫރީން މާޔާއަށް ލަސްވެދާނެތީވެ އިތުރަށް ވިސްނަން ނަހަދައި ތުވާލި ހިފައިގެން ފާޚާނާއަށްވަނެވެ. ނޫރީން އެއްޗެހި ލައިގެން ކޮޓަރިން ނިކުތްއިރު ނިކާން ކާމޭޒު ކައިރީގައި އިށީނދެ މީހަކާއި ޗެޓްކުަރަން އިނެވެ.
"އައްދޭ! ދޮންބެ ކޮން އިރަކު އަންހެން ކުދިންނާއި ޗެޓްކުރަން ފެށީ؟ އަނެއްކާ ގާލްފްރެންޑެއް ހޯދީތަ؟" ނޫރީން ނޭނގޭކަމަށް ހަދައިފައި ގޮނޑިއެއްގައި އިށީންނަމުން އެއްސެވެ.
"އަހަރެން ކޮންމެހެން ނޫޅެން ގާލްފްރެންޑެއް ހޯދާކަށް. ނޫރީ ހޯދަންވީއެއްނުން ބޯއިފްރެންޑެއް؟" ނިކާން ފޯނު ބޭއްވުމަށްފަހު ވަރަށް ހަމަޖެހިލަމުން އެހެން ބުނުމުން ނޫރީން ތުންހަަދައިލިއެވެ.
"ހަހަަހަ… ޖެއްސުން ގޯނި ހުސްވީތަ؟" ނިކާން ހިނިގަނޑެއް ޖަހައިލުމަށްފަހު އެއްސެވެ.
"ކޮބާތަ މަންމަ؟" ދެކޮޅު ހޯދާލުމަށްފަހު މާޔާ ފެންނަން ނެތުމުން ނޫރީން އެއްސެވެ.
"މަންމަވެއްޖެ ފިހާރައަށްގޮސް." ނިކާން ބުންޏެވެ.
"ނޫރީ އެބަ އަންނަން އިނގޭ މަންމަ ހަދާފަހުރި ރޮށި ތައްޓާއި ރިހަތަށި ހިފައިގެން." ނޫރީން އެހެން ބުނެފައި ބަދިގެއަށް ދިޔައެވެ.
ނޫރީން އެހުރިހާ އެއްޗެއް ގެނަސް ކައި ނިމުމުން ތަށިތައް ދޮންނަން ފެށިއެވެ. ތަށިތައް ދޮވެ ނިމެގެން އަތް ފުހެން ހުއްޓާ ލިއާ އައިސް ގެއަށްވަނެވެ.
"އަނހާ! ދަރިފުޅުމެން ކައި ނިމުނީތަ؟" މާޔާ އެއްސެވެ. "ލައްބަ…" ނޫރީން ބުންޏެވެ.
"ދޮންބެ އާދެބަލަ!" ނޫރީން ނިކާން ކައިރީގައި އެހެން ބުނުމުން ނިކާންގޮސް ނޫރީން އާއިއެކު ކޮޓަރިއަށްވަނެވެ.
"ދޮންބޭ! މީ… މަންމަގެ ގެއެއް ހުންނަކަން އިނގޭތަ؟" ނުރީން ސުވާލުކޮށްލިއެވެ.
- ނުނިމޭ -
'ސައިރެން' ގެ 2ވަނަ ބަޔަށް އިންތިޒާރުކުރައްވާ!
ސަޅި
ޝުކުރިއްޔާ 😁
ރީތި
ތެންކިއު
ވަރަށްވެސް ފުރިހަމަ ލިޔުމެއް ⭐⭐⭐
އަޅޭ! ތޭންކްސް 😃
ވަރަށް ރީތި މާޝާﷲ.... ޓްރެއިލާ ވެސް ވަރަށް ރީތި... ވެއިޓިން ފޯ ދި ނެކްސްޓް ޕާޓް 😘💓
ޝުކުރިއްޔާ ❤
ވެލްކަމް 💓🥰
ތީތެ އަންނައުނު ގާރލް ގެ ދައްތަ އަކީ
އޮފް ކޯސް ނޮޓް. އައި އޭމް ހާރ ފްރެންޑް 😊
ޖަސްޓް ލަވް އިޓް 😘 ❤ 💎
ތެންކްސް 😄
ދިސް ސްޓޯރީ އިޒް އެމޭޒިންގް....ލަވް އިޓް ❤️❤️👌👌✌️
މާޝާ ﷲ ވަރަށް ރީތި ✌️☺️