ނޫރީންއަށް މާޔާގެ އަސްލު ގެ ހުވަފެނަކުން ފެނެއެވެ. މިކަމުގެ ހަޤީޤަތް ބެލުމަށް ހުވަފެން ފެނުނުތާ 24 ގަޑީރުވެސް ނުވަނީސް ނިކާން އާއި އެދެމީހުންގެ އެކުވެރިން ކީވާ އާއި ލިއަމް ގޮވައިގެން ނޫރީން އޭނާއަށް ހުވަފެނުގައި ފެނުނު މަގުތަކުންދެއެވެ. އެއެންމެންނަށް އިތުރު ހައިރާންކަމެއް ލިބުނީ ނޫރީންއަށް ހުވަފެނުގައި ފެނުނު ގޮތަށް އެގެ ހުރީމައެވެ. އެގެ ބަލައިލަން ބޭނުންވި ވަރުން ހުރިހާ ކުދިންވެސް އެތެރެއަށް ވަދެ ތަންތަން ހޯދައެވެ. އެގެއިން ނިކުތްއިރު ނޫރީންއަށް އޭނާ އާއިއެކު ގެންދެވުނުހާވެސް އެއްޗަކީ ފަށަކާއި ފޮޓޯ ފްރޭމްއެކެވެ. އެންމެން ގެއަށްގޮސް ނިދިތާ އިރުކޮޅެއްވެސްނުވެ ނޫރީންއަށް އިޚްތިޔާރުން ބޭރުގައި މާޔާގެ އަސްލު ގެއަށް ދެވެއެވެ. އެތަނުން އޭނާއަށް ދެވެނީ އިންސާނުންގެ މާހައުލާއި މުޅިން ތަފާތު މާހައުލަކަށެވެ. އެ މާހައުލުން ނޫރީން އާއި ފިރިހެން ސައިރެންއެއް ބައްދަލުވެއެވެ. އެކުއްޖާގެ ކައިރިން ނިކާންމެން ކައިރިއަށް ގެންގޮސްދޭން އާދޭސްކުރާވަރުން އެންމެ ފަހުން އެމީހުންގެ ކައިރިއަށް ގެންގޮސްދެއެވެ. ނިކާންމެންގެ ކައިރިއަށް ގޮސް އެންމެން ކޮޓަރިއަށް ޖަމާވިތަނާ އަވިއާނާ އައިސް ނޫރީންގެ ހުރިހާ ބާރުތަކެއް ފަށާއިއެކު އަތުލައި ނިކާންމެން ބިރުވެރި ކަޅު އެއްޗެސްތަކަކަށް ބަދަލުކޮށްލައި އެތަނުންދެއެވެ. ނޫރީން ނިކާން ސަލާމަތްކުރުމަށޓަކައި ސައިރެންގެ ކައިރީގައި ކިޔައި އާދޭސްކޮށްގެން އެންމެ ފަހުން އަނެއްކާވެސް އެކުއްޖާގެ މާހައުލަށްދެއެވެ. ނަމަވެސް ނޫރީންގެ ބާރުތައް ގަޔާއި ވަކިވެފައިވުމާއިއެކު އެތަނުގައި ނޭވާލުން ނޫރީންއަށްވީ އުނދަގޫ ކަމަކަށެވެ. އެހެން ކަމުން އެކުއްޖާ ނޫރީންއަށް އެކަމުގައި އެހީވެދީ އަވިއާނާގެ ގަނޑުވަރާއި ހަމައަށްދެއެެވެ. ނޫރީންމެން ގަނޑުވަރުގެ ދޮރުން އެތެރެއަށް ވަންނަ ތަނުން އެތާހުރި ފާރަަވެރިންތަކެއް ދެމީހުންވެސް ހައްޔަރުކުރެއެވެ. އަދި ޒަފްރުލްގެ އަމުރަށް 1 ދުވަހަށް ޖަލަށްލެެވެއެވެ. އަދި ޖެހިގެން އަންނަ ދުވަހު އެމީހުން މަރައިލެވޭނެ ވާހަކަވެސް އެދެމީހުންނާއި ދިމާއަށް ޒަފްރުލް ބުނެއެވެ. ނޫރީންމެންނަށް ޖަލުން ސަލާމަތްވެވޭނެ ހެއްޔެވެ؟ ނޫރީންމެންނަށް ނިކާންމެން ސަލާމަތްކުރެވޭނެ ހެއްޔެވެ؟ ނޫރީންއަށް އޭނާގެ ބާރުތަށް ލިބޭނެ ހެއްޔެވެ؟ ނުވަތަ ޒަފްރުލް ނޫރީންމެން މަރައިލާނީ ހެއްޔެވެ؟
'ސައިރެން' ގެ 1ވަނަ ބަޔަށް އިންތިޒާރުކުރައްވާ!
އިންޝާﷲ މިވާހަކައިގެ އެއްވަނަ ބައި މާދަމާ ގެނެސްދެވޭނެ ވާހަކަ ދަންނަވަން 🙂
މާޝާ ﷲ.. ވަރަށް ވަރަށް ރީތި...💞💓💙💜.. މިއީ ބިރުވެރި ވާހަކައެއް ދޯ؟؟ ވަރަށް ސަޅިވާނެހެން ހީވަނީ... ކިޔުރިއަސްލީ ވެއިޓިން ފޯ ނެކްސްޓް...💛💖❤ ލަވްޔޫ..💓💞 ސްޓޭ ސޭފް✌
ޝުކުރިއްޔާ ރީ 😃 މިއީ އަސްލު ފިކްޝަނަލް ވާހަކައެއް. ދެން.... ބައެއް ތަންކޯކޮޅު ބިރުވެރިވެދާނެ. 😅 ހެހެހެ 😊 އެހެންތަ؟ ސަޅިވާނެހެން ހީވޭތަ؟ ލަވް ޔޫ މޯރ ❤ ޔޫ ޓޫ ސްޓޭ ސޭފް ރީ 😘
އަޅެ މިހާރު "ރީ " ވެސް ކިޔަންފެށީތަ؟؟ 😂🙂 ޔުއަރ ވެލްކަމް ފުލޭމޫ😂😂❤
ޔެސް.... ކުރުކޮށްލީއޭ... ހަހަހަ. ވަރަށް ލޯބި އެނަން. 😍 ރީ އޯކޭ އައިއަށް ޝީ ކިޔަސް.. ކޮޒް މައި ނޭމް އިޒް ޝީން 😝
އޯކޭ.. ދެން ކިޔާނީ ޝީ!
ހަހަހަ 😂😂😂 ތެންކްސް ރީ 😂😂
މީ ކިތަށް ބައިގެ ވިހައެއްގެ
ނޭނގެ ދޯ ބުނާކަށް... 😅 އެކަމަކު ޔަޤީނުންވެސް 20އަށްވުރެ ގިނަވާނެ 🙂
ދެން.. ވަރަށް ފޫހި.☹️☹️... އަސްލު ބޭނުމީ މި ވާހަކަ އިހަށް ބާވާފަ)ދޫކޮށް ނުލާނަމޭ ކަލާ )މި ވާހަކަ🤗🤞
އޯހް... ދެން ފަށައިފަ އޮތީމަ ދޯ؟ ތިހެން ބުނެލި ނަމަ ކުރީގަ. އެއިރުން ގެނަސްދިނީމުސް ދެވަނަ ސީޒަން 🙁
ދެން ކުރިއަކުން ނުބުނެވީޔަ