އަހުމަދަކީ ރަށުގައި އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެކެވެ. އޭނާގެ ވިޔަފާރިން ލިބޭ އެއްޗަކުން އޭނާއަށް އޭނާގެ އާއިލާއާއެކު ފުދިގެން އުޅެވޭވަރު ވެއެވެ. އޭނާގެ ވިޔަފާރި ހިންގަނީ އަހުމަދާއި އޭނާގެ ކޮއްކޮ މުހައްމަދެވެ.
އެދެމީހުން ތަނަކަށް ދާންވެއްޖެނަމަ މަގުމަތިން ފެންނަ ކޮންމެސް ބޭރުމީހަކު ނުވަތަ ކުޑަކުއްޖަކަށް ފިހާރާގައިި ހުންނަ ބޫޓުތަކުގެ އަގުކިޔާލަދީފައި ބަހައްޓަނީއެވެ. މިކަމާ އހުމަދުގެ އަންހެނުން ވަރަށް ހިތްހަމަ ނުޖެހެއެވެ.
އާދައިގެމަތިން މިއަދުވެސް އަހުމަދު ބަނދަރަށް ދިޔައީ އޭނާގެ ފިހާރާގައި ކުޑަކުއްޖަކު ބަހައްޓާފައެވެ. އެއީ މިއަދުއަހުމަދު ބަނދަރަށްގޮސް އަނބުރާ އައިއިރު ކަމަކުދާކަށް ނެތެވެ. ފިހާރާގައި އެންމެބޫޓެއްވެސް ނެތެވެ.
އަހުމަަދު ކަންބޮޑުވެއްޖެއެވެ. ފިހާރާގައި ބޭންދި ކުއްޖާގާތު އަހުމަދު ވީގޮތް އެހިއެވެ.
އަހުމަދު: މިތާހުރި ހުރިހާ ބޫޓެއް މީހަކު ގަތީތަ ނޫނީ ކަލޭ އެހުރިހާ ބޫޓެއް ބަހާލީތަ؟
ކުޑަކުއްޖާ: ހުރިހާބޫޓެއް ވިކިއްޖެ ބޭބޭ.
އަހުމަދު: އެހެންވިއްޔާ ރުފިޔާތައް ކޮބާތަ؟
އަހުމަދު މިހެން ބުުނުމުން އެކުއްޖާ ޖީބުން 1500 ރުފިޔާ ނަގާފައި އަހުމަދައް ދިއްކޮއްލިއެވެ.
އަހުމަދު: މިކޯޗެއް؟ މިތާހުންނާނޭ 15000 ރުފިޔާގެ މުދާ!!
ކުޑަކުއްޖާ: ބޭބެ ބުނިގޮތައް އަޅުގަނޑު އެއްޗިހި ވިއްކީ.
އެއްގަޑިއިރު ކުރި އަހުމަދު ފިހާރާގައި އިންދާ ސަނަމް ގުޅިއެވެ. އެއީ ތައިލޭންޑްގައި ހުންނަ އޭނާގެ އެކުވެރިޔާއެވެ. އަހުމަދުގެ ފިހާރައަށް މުދާ ފޮނުވަނީ ސަނަމްއެވެ. މިފަހަރުވެސް އޭނާގުޅީ އޭނާއަށް ފޮނުވި މުދާ މިއަދު ރާއްޖެއަށް ފޯރާނެ ވާހަކަ ބުނާށެވެ. އަހުމަދުގެ މުދާއަންނަ ބޯޓު ލަފާގަޑި ކައިރިވުމުން އާދައިގެމަތިން ފިހާރާގައި ބައައްޓާލާނެ މީހަކު ފެނޭތޯ މަގުމަތި ބަލާލިއެވެ. ނަސީބަކުން ވަރަށް ފަސޭހައިން ކުޑަ ކުއްޖަކު ފެނިއްޖެއެވެ.
އަހުމަދު: ކޮއްކޮ ކޮންތާކަށް؟
ކުޑަކުއްޖާ: ވަކިތާކަށް ނޫން. ބޭބެ ކިހިނެތްވީތޯ؟
އަހުމަދު: ބޭބެ ތާކަށް ދާންޖެހިގެން މިއުޅެނީ. ބޭބެ އަންނަނދެން މިފިހާރާގައި މަޑުކޮށްލަދީފާނަން ތޯ؟
ކުޑަކުއްޖާ: މައްސަލައެއްނެތް. ބޫޓުތައް ކިހާ ވަރަކައްބާ؟
އަހުމަދު: ހުރިހާ ކަޅުބޫޓެއް 1000 ރުފިޔާއަށް އަދި އެނޫން ހުރިހާބޫޓެއް 500 ރުފިޔާއަށް!
ކުޑަކުއްޖާ: މައްސަލައެއްނެތް. ------------------
އަހުމަދު: ކަލޭ ތިއޮތީ ސީދާ މަބުނި ބަހަށް ދޯ އަމަލުކޮށްފަ.
ކުޑަކުއްޖާ:އޭނ!އަޅުގަނޑަށް ނުބައިކޮށް އަމަލުކުރެވުނީތޯ!!
އަަަަަަަަަހުމަދު އަވަހަށް ގޮސް އާ ބޫޓުތައް ހިފައިގެން އައިސް ވިއްކަން އަތުރާލައިފިއެވެ. އެރޭ ކައިގެން އަހުމަދުގެ އަންހެނުންނާއި މުހައްމަދާ މިވާހަކަ ހިއްސާކުރިއެވެ. އޭގެފަހުން އަހުމަދު ތާކަށްދާންޖެހިއްޖެނަމަ ދަނީ ފިހާރަ ބަންދުކޮށްފައެވެ.
ރީތި ވާހަކަ