kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ތިޔަ ލޯބީގައި - 15

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

މިއީ ދުނިޔެއެވެ. މިތަނުގައި ދިމާވާ ކޮންމެ ކަމަކީވެސް އަހަރެމެންނަށް ކުރިމަތިކުރުވާ އިމްތިހާނެކެވެ. ކެތްތެރިވާންވީ، ކެތްތެރީންނާއި އެކުގައި ﷲ ވޮޑިގެންވާނެކަން އެނގި އެކަލާނގެއަަށް ވަކީލުކުރާ ހާލުއެވެ. ކެތްތެރިންނަަށް އަދަދު ނުކުރެވޭހައި ގިނަގުނަ ޘަވާބާއި ދަރުމަ ހުރިކަން އަމިއްލަ ނަފުސަށް ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ.

އަރައިގެން އައި އިރުގެ ހޫނުކަމުން މުޅިފަޒާ ހޫނުކުރަމުން ދިޔައިރު ގޯތިތެރޭގައި ހުރި ކުޑަ މޭޒެއްގެ ދޮށުގައި ފުންޚިޔާލަކަށް ގެއްލިފައި ލަމްޔާ އިނެވެ. ހާމަވެގެންދިޔަ ހިތި ހަގީގަތާއި ކުރިމަތިލާނެ ގޮތެއް އެސިކުނޑިއަކަށް ނުވިސްނުނެވެ. ހަޔާތަށް އައި ބޮޑު ތޫފާނުގައި ބެހިގެންދާކަށް އެހިތެެއް އެެއްބަހެއްނުވެއެވެ. މާޔޫސްކަން އެކުލެވިފައި ދެލޮލުގައި ހުރި ތެތްކަމުން އަދިވެސް އެހިތްރޮމުންދިޔަވަރު އަންގައިދެއެވެ.

ފުންނޭވައެއްލަމުން ލަމްޔާ އޭނާގެ ނަޒަރު ހާމައަށްއޮތް އުޑަށް ހުއްޓައިލިއެވެ. ސާރާ ގާތުގައި ހުރިހައި ވާހަކައެއް ހިއްސާކުރަން އޭނާގެ ޟަމީރު ގޮވަމުންދިޔައީ ފެށުނީއްސުރެވެސް އޭނާއަކީ ހަޔާތުގައި ދިމާވި ކޮންމެ ކަމެއްވެސް މަންމައާއި ހިއްސާކުރަމުންއައި އަންހެންކުއްޖަކަށް ވީމައެވެ. ނަމަވެސް މިފަހަރު އޭނާގެ ޟަމީރުގެ ގޮވުމަށް ބީރުކަންފަތެއްދޭން މަޖުބޫރުވެފައިވާކަހަލައެވެ. ސާރާއަށް މިހުރިހައިކަމެއް އެނގިއްޖެނަމަ ހިތާމައިން އޭނާގެ ހިތްހަލާކުވާނެކަން ޔަގީނެވެ. ކައިވެންޏަށް އެންމެ ދެދުވަސް ނުވަނީސް މިފަދަ ވާހަކައެއް އަޑުއަހަންވެއްޖެނަމަ އޭނާގެ މަންމަގެ ހިތަށް ހާދަ އަސަރެއްކުރާނެއެވެ. ވިސްނަމުންދިޔަ ވަރަކަށް ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އޭގެ މަގާމުދޫކޮށް އެދެލޮލުން އޮހިގަތެވެ. އަވަސް އަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ލަމްޔާ އިންތަނުން ތެދުވިއެވެ.

ބަދިގޭގައި ތޮއިބާ އާއި އެކުގައި ހަރަކާތްތެރިވަމުންދިޔަ ލަމްޔާގެ ހަމަހިމޭންކަންފެނި ތޮއިބާ ސުވާލުކުރިއެވެ. ހިތުގައިވި ސުވާލުތައް ތޮއިބާ ގާތުގައި އަހައިލަން ހިތަށްއަރައިފައިވެސް އެހިތްވަރެއް ލަމްޔާއަކަށް ނުލިބުނެވެ. ތުންފިއްތައިލަމުން ހިތުގައި ހުރިހައިކަމެއް ސިއްރުކުކޮށްލުމަަށްފަހު ލަމްޔާ އިސްޖަހައިލިއެވެ.

*****

"އޯ ޑޭޑް.. އަޅުގަނޑު މިއިނީ ވަރަށް އުފަލުން.. އެތައް ދުވަހެއްގެ ހުވަފެނެއް މާދަން ފުރިހަމަވާނެ... އަޅުގަނޑުގެ އޮފީސް މާދަން ހުޅުވަން. ހިތަށްއަރާ މަންމައާއި ބައްޕައަށް އާދެވޭނެނަމައޭ." ލެޕްޓޮޕްގެ ސްކްރީނުން ފެންނަމުންދިޔަ އަޒްހަރާއާއި ވާހަކަދައްކަމުން ޝަޔަމް ދިޔައިރު ހަގީގަތުގައިވެސް އޭނާ އުފާވެފައިއިންވަރު އަޒްހަރަށް އެނގުނެވެ. ވިޔަފާރީގެ ކަންތައްހުރިގޮތުން އޭނާ އަށް މިވަގުތު ރާއްޖެ އާދެވެން ނެތީއެވެ. އެހެންނޫންނަމަ އޭނާ ސައިނާ ގޮވައިގެން ޝަޔަމްގެ އެއުފަލުގައި ބައިވެރިވާން އައީހެވެ.

"ބައްޕާ.. އަދި އަޅުގަނޑު ކަމަކު އެދެންވެފަ އެބައޮތް.. ދެހަފުތާފަހުން އަޅުގަނޑު އެނބުރި އޮސްޓްރޭލިއާއަށް އެބަދާންޖެހޭ.. ކުންފުނިން ހަަވާލުވެފައިއޮތް މުހިންމު ޕްރޮޖެކްޓެއްގެ މަސައްކަތުގަ.. މިކޮޅުން އަޅުގަނޑާއެކު އަޅުގަނޑުގެ އިތުރު މުއައްޒިފަކުވެސް ބައިވެރިވާނެ.. އެހެންވީމަ އަޅުގަނޑުގެ އޮފީސް ކައިރީގައިހުރި ބައްޕަގެ ހޮޓަލުން ޕްރެސިޑެންޝިއަލް ދެ ސޫޓްސް އަޅުގަނޑަށް ހަމަޖައްސައިދީ.. އޭނައާއި އެކު އަޅުގަނޑުވެސް ގަސްދުކުރަނީ ހޮޓަލުގަ މަޑުކުރަން.." ހިތްއަވަސްވެފައިއިން ޝަޔަމް އަޒްހަރަށް ބަލަންއިނދެ ބުނެލިއެވެ. ހިނިތުންވެލަމުން ދަރިފުޅުގެ އެދުމާއި އަޒްހަރު ނިކަން ފަސޭހައިން ރުހި ގަބޫލުވެއްޖެއެވެ. އެތައްއިރަކު އަޒްހަރާއި ސައިނާއާއި އެކިއެކި ވާހަކަތައް ދެއްކުމުގައި އިނުމަށްފަހު ވީޑިއޯ ކޯލް ނިންމައިލިއިރު ޝަޔަމްގެ މޫނުމަތީގައި ރަސްކަންކުރަމުންދިޔައީ އުފާވެރި ހިނިތުންވުމެކެވެ. ހިތްހަމަޖެހިފައިހުރެ ނިދަން ތައްޔާރުވެލަމުން ޝަޔަމްއައިސް އެނދުގައި އޮށޯވެލިއެވެ. އެއާއެކު ނުހައިކްގެ ޚިޔާލުތައް އައިސް އޭނާ ވަށައިލިއެވެ. ރަކި ހިނިތުންވުމަކާއެކު ޝަޔަމް ދެލޯމަރައިލިއެވެ.

*****

އެތައްދުވަހަކަށްފަހު އޮފީސް ހުޅުވިގެން ދިއުމުން ކޮންމެ މީހެއްގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އޮފީހުގެ ފުރިހަމަކަމާމެދުގައި ތައުރީފުނުކުރާ ހަމައެކަކުވެސް ނެތެވެ. އެންމެންގެ ތެރޭގައި ޖިޔާ ފޮނިކަނޑަކަނޑާފައި އުޅުނީ ޝަޔަމްއާއި އޭނާއާއިއޮތް ގުޅުން ހާމަކުރަމުންނެވެ. ޝަޔަމް އާއި ޖިޔާއަކީ އާއިލީގޮތުން ގުޅިފައިވާ ދެކުދިންކަންވީ ގިނަބަޔަކަށް ލިބުނު އައު ޚަބަރަކަށެވެ. ޖިޔާ އުޅެމުންދިޔަގޮތްފެނި ހިޔާމްއަށް ދެފަރާތަށް ބޯހޫރުވައިލެވުނީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ.

އޮފީސް ހުޅުވުމަށްފަހު ހޭދަވީ ފުރަތަމަ ހަފުތާވީ ކޮންމެ މީހަކަށްވެސް ނުހަނު ބުރަ ދުވަސްތަކަކަށެވެ. ދުވަސްކޮޅަކަށް މަޑުޖެހިފައިހުރި މަސައްކަތާއިވެގެން އެންމެން ހޭބޮއެނާރާއި އުޅެމުންދިޔައީ އެންމެ ފުރިހަމަގޮތުގައި އެމީހެއްގެ ޒިންމާއެއް އަދާކުރަން ބޭނުންވެފައި ތިބެއެވެ.

ފާއިތުވެދިޔަ ހަފުތާއެއްހައި ދުވަސްތެރޭގައި ނުހައިކް އާއި ޝަޔަމްގެ ގުޅުންވެސް މަޑުމަޑުން ބަދަހިވަމުން ދިޔައެވެ. މަދުމަދުން ނަމަވެސް ޝަޔަމްގެ ވާހަކަތަކުގައި ނުހައިކް ބައިވެރިވެ ހަދައެވެ. ކޮންމެ ދުވަހެއްގެވެސް ނަމާދު ގަޑިތަކުގައި މިސްކިތަށް ނުދެވިއްޖެނަމަ އޭނާއަށް ޚާއްސަކުރެވިފައިހުރި ކެބިންގައި ނުހައިކް ނަމާދުކޮށް ހަދައެވެ. އެމަންޒަރުތައް ބައެއްފަހަރު ޓަކިޖެހުމެއްނެތި އެކެބިންއަށް ވަންނަ ޝަޔަމްއަށްވަނީ ފެނިފައެވެ. ހައިރާންވެހުރެ އޭނާ އެކަމާއި ގުޅޭގޮތުން ނުހައިކްއާއި ސުވާލުކޮށް ހެދިއެވެ. ޝަޔަމްއަށް އެކަންކަންވީ މަޖާކަމަކަށެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. އޭނާ އުފަންވީ "ނަމެއްގައި" މުސްލިމު އާއިލާއަކަށްވިއަސް އޭނާ ބޮޑުވެގެންއައީ ދީނާ ބެހޭ އެއްވެސް އިލްމެއް ނުލިބިއެވެ. ޚުދު އޭނާގެ މައިންބަފައިންގެ ފަރާތުންވެސް އޭނާ އެފަދަ މަންޒަރުތަކެއް ނުދެކެއެވެ.

އަބަދުވެސް ނަމާދުކޮށް ހަދާތީ އޭނާ ދުށީ މުހުސިނާއެވެ. ދެންވެސް އޭނާގެ މަންމަ ފާރާތު އާއިލާގައިތިބި އުމުރުން ދުވަސްވީމީހުނެވެ. އެހެންވެ އޭނާއަށް ހީވެފައިއޮތީ އެއީ މުސްކުޅި އާދައެއްކަމުގައެވެ. ބައެއްފަހަރު ނުހައިކްގެ އެހުންނަނީ ކުރީޒަމާނުގެ މީހުންގެ ހުންނަފަދަ ބޯދާ ޚިޔާލުތައްކަމަށް ޝަޔަމްއަށް ގަބޫލުކުރެވެނީ އެހެންވެއެވެ. ޝަޔަމްގެ އެދަފަ ވިސްނުމެއް ހުންނާތީ ނުހައިކް އަޖައިބުވިއެއްކަމަކު ހިތާހިތުން ޝަޔަމްއަށް ހިދާޔަތް ދެއްކެވުންއެދި އޭނާއަށް ދުޢާކުރެވުނެވެ.

*****

ފުރާ ދުވަސްއައިސް ޖެހުނުއިރު ނުހައިކްގެ ހިތަށް އެކި އެއްޗެހި އަރައިފައިބަމުން ދިޔައެވެ. ސާރާ އެކަނި ބަހައްޓައިފައިދާންވުމުން ހިތްނުތަނަވަސްވެފައިވިއެއްކަމަކު ސާރާގެ ބަސް ނުހައިކް ގަބޫލުކުރިއެވެ. އޮސްޓްރޭލިއާއަށްދާން ފުރުމުގެ ކުރިން ނުހައިކް ލަމްޔާ އާއި ބައްދަލުކޮށް ސާރާގެ ހާލު ބަރާބަރަށް ބެލުމަށް އެދުނެވެ. ބޭބެއަށްޓަކައި އުފާކުރާ ހާލު ލަމްޔާ އެކަމަށް އެއްބަސްވީ ނުހައިކް ސާރާ އާއި މެދުގައި ކަންބޮޑުނުވުމަށް ބުނަމުންނެވެ. އެ މަންމަ އެކަނިވިޔަ އޭނާ ނުދޭނޭކަމަށް ވައުދުވަމުންނެވެ. އަމިއްލަ ހިތާމަތަށް އާއިލާގެ ކުރިމަތީގައި ހިނިތުންވެހުރެ ފޮރުވަމުން ކެތްތެރިވުމަށް ލަމްޔާ މަސައްކަތްކުރަމުން ދިޔައިރު އެއިން އެއްވެސް ކަމެއްގެ ހިލަމެއް އެމީހުނަކަށް ނުވެއެވެ.

*****

ދިގު ދަތުރަކަށްފަހު ޝަޔަމްގެ ކާރު އެމީހުން ތިބުމަށް ހަމަޖެހިފައިވި ހޮޓަލުގެ ކުރިމައްޗަށް އައިސް މަޑުކޮށްލިއެވެ. ޝަޔަމްއާއި އެކު ފަހަތު ޝީޓުގައިއިން ނުހައިކް ދޮރުހުޅުވައިލަމުން ނުކުމެ އިސްއުފުލައިލަމުން އޭނާގެ ކުރިމަތީގައިހުރި އުސްއިމާރާތަށް ނަޒަރު ހިންގައިލިއެވެ. ހަމައެކަނި އެއިމާރާތުގެ ބޭރުފުށަށް ބަލައިލުމުންވެސް އެތަނަށް އަންނާނީ ކޮންފެންވަރެއްގެ ބައެއްކަން އެނގޭހައިވެއެވެ. ވަށައިގެން އެކިދިމަދިމާ ބަލަމުންދިޔަ ނުހައިކްއަށް ގޮވައިލަމުން އަތުގެ އިޝާރާތުން އައުމަށް ޝަޔަމް އަންގައިލިއެވެ.

އާޝޯޚުވެހުރެ ޝަޔަމްގެ ފަހަތުން އެހޮޓެލަށް ވަދެގެން ނުހައިކް އައެވެ. ހޮޓެލުގެ ލޮބީ ބޮޑުވެފައި ތަނަވަހެވެ. ލޮބީގެ އެކި ހިސާބުގައި މީހުނަށް މަޑުކޮށްލައިގެން ތިބެވޭނޭހެން ބޮޑެތި ސޯފާ ސެޓުތައް ބަހައްޓައިފައިހުއްޓެވެ. ދުވަހަކުވެސް އެފަދަ ތަނަކަށް އާދެވިފައިނުވާ ނުހައިކްއަށް އެހުރިހައި މަންޒަރެއްވީ ވަރަށް އައު މަންޒަރަކަށެވެ.

ޝަޔަމްގެ ފަހަތުން ގޮސް ލިފްޓަށް އެރެންދެން ދިމާވާ އެކި މީހުން ޝަޔަމްއާއި ކުރިމަތިލަމުން ދިޔައީ ފުޅާ ހިނިތުންވުންތަކާއެކުއެވެ. އެމީހުންގެ އަމަލުތައްހުރިގޮތުން އެމީހުނަށް ޝަޔަމް އެނގޭކަން ނުހައިކްއަށް ވިސްނުނެވެ.

ލިފްޓަށް އަރަމުން އެމީހުންތިބެން ހަމަޖެހިފައިހުރި ފަންގިފިލާގެ ނަމްބަރަށް ޝަޔަމް ފިތައިލިއެވެ. ޝަޔަމްގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިވެ ބަލަހައްޓައިގެން ނުހައިކް ހުއްޓެވެ.

"ވަރަށް ހައިރާންވެފަ ދޯ ތިހުރީ.. ހެހެ.. މިއީ އަހަރެންގެ ބައްޕަގެ ހޮޓެލެއް. އަހަރެންގެ ބައްޕަ އަކީ މިތަނުގަ ހޮޓެލްގެ ވިޔަފާރިތައްް ހިންގާ މީހެއް. އަހަރެންގެ އޮފީހާއި އެންމެ ކައިރީގައިހުރީ މިހޮޓެލް ވީމަ ބައްޕަ ގާތު ބުނީ މިތަނުގަ އަހަރުމެންނަށް ތިބެވޭނެގޮތް ހަމަޖައްސައިދެން.." ނުހައިކް ސުވާލެއް ނުކުރި ނަމަވެސް އެހިތުގައިވި ސުވާލުތަކަށް ޝަޔަމް ޖަވާބުދިނެވެ. ހީވަނީ ނުހައިކްގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ބުނެލިހެންނެވެ.

ލިފްޓްއިން ނުކުމެގެން އައިސް ނުހައިކްއަށް ޚާއްސަކުރެވިފައިވި ކޮޓަރީގެ ކުރިމަތީގައި ޝަޔަމް މަޑުކޮށްލިއެވެ. އަދި އެކޮޓަރިއާއި ކުރިމައްޗަށް ވާގޮތަށް އެހުރީ ޝަޔަމްގެ ކޮޓަރިކަމަށް ބުނެލިއެވެ. އޭރު ހޮޓެލްގެ ދެ މުއައްޒިފަކު ނުހައިކް އާއި ޝަޔަމްގެ ލަގެޖްތައް ހިފައިގެން އައިސް އެހިސާބަށް މަޑުކޮށްލަނީއެވެ. އަތުގައިއޮތް ކީކާރޑުން ކޮޓަރިތައް ހުޅުވުމަށްފަހު ލަގެޖްތައް އެތެރަށް ވެއްދުމަަށްފަހު ނުކުމެ ނުހައިކްއާއި ޝަޔަމްއަތަށް ކީކާރޑު ދިނެވެ. އަދި އަވަސް ހިނގުމެއްގައި އެތަނުން އެނބުރި ދިއައެވެ.

"މީ މިހޮޓެލްގަ ހުރި އެންމެ ބޮޑެތި ކޮޓަރީގެ ތެރެއިން ދެކޮޓަރި.. މި ދެ ކޮޓަރީގެ ވިއު ވެސް ވަރަށް ސަޅިވާނެ.. ހީކުރަން ނުހައިކްއަށް ކަމުދާނެކަމަށް.. މިއަދު އަރާމުކޮށްލާނީ.. އޮފީހަށްދާނީ މާދަމާ.." ކޮޓަރީގެ ކުރިމަތީގައި ހުއްޓިހުރެ ޝަޔަމް ބުނެލިއެވެ. ނުހައިކް ބޯޖަހައިލުމުން ހިނިތުންވުމެއް ބަދަލުކޮށްލުމަށްފަހު ޝަޔަމް އޭނާގެ ކޮޓަރިއަށް ވަނެވެ. ނުހައިކްވެސް މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު ކޮޓަރިއަށްވަދެ ދޮލުލައްޕައިލިއެވެ.

ޝަޔަމް ބުނީ ތެދެކެވެ. އެއީ ހިތްގައިމު ތަނަވަސް ކޮޓަރިއެކެވެ. ވަށައިގެން ނަޒަރު ހިންގަމުންދިޔަ ނުހައިކްއަަށް ހީވީ މުޅިން އެހެން ދުނިޔެއަކަށް އާދެވިގެން އުޅެވޭހެނެވެ. ހިތްހަމަޖެހިފައިހުރެ ކޮޓަރީގެ އެއްއަރިމަތީގައިހުރި އޭނާގެ ފޮށި ހުޅުވައިލުމަށްފަހު ފެންވަރައި ތާޒާވެލުމަށް އޭނާ އަވަސްވެގަތެވެ.

*****

ޖެހިގެންއައި ދުވަސްތައްވީ ބުރަ ދުވަސްތަކަކަށެވެ. އުޅެންޖެހިފައިހުރިގޮތުން ޝަޔަމްއާއި އެކުގައި އޮފީހުގައި ވަގުތުތައް ހޭދަވެގެން ދާގޮތްވެސް ނުހައިކްއަށް އިހުސާސުނުވެއެވެ. ހީކުރިވަރަށްވުރެ އެއޮފީހުގައި މަސައްކަތްކުރަމުންދިޔަ މުއައްޒިފުންވީ އެކުވެރި މީހުނާއި ގުޅޭ ބަޔަކަށެވެ. އެތަނުގައި ހިތްހަމަޖެހިގެން މަސައްކަތްކުރުމަށް ނުހައިކްއަށް އެހައި ފަސޭހަކަމަކަށްވީ އެހެންވެއެވެ. ނުހައިކްގެ އެކި ޚިޔާލުތައް އެމީހުނަށް ވަރަށް ކަމުދިޔައެވެ. އެހެންމީހުނަަށް ފާހަގަނުވާ ކުދިކުދި ތަންތަންކޮޅުވެސް ނުހައިކް ވަރަށް ފަސޭހަކަމާއެކުގައި ފާހަގަކޮށްލައެވެ. އަދި އެތަންތަންކޮޅު ރަނގަޅުކުރާނެ އެކި ގޮތްތައް ހުށައަޅައެވެ. އެފަދަ ވަގުތުތަކުގައި ޕްރޮޖެކްޓްގައި ޝަޔަމްގެ ދަށުން އެންމެ އިސްކޮށް މަސައްކަތްކުރަމުންދިޔަ މީހާ ޝަޔަމްއަށް ބަލައިލަމުން ހިނިއައިސްފައި ބޯޖަހައިލަނީ ޝަޔަމްގެ ހޮވުން ވަރަށް ރަނގަޅޭ ބުނެލާފަދަ ގޮތަކަށެވެ. ނުހައިކް އެ ޕްރޮޖެކްޓްގައި ބައިވެރިވީފަހުން އެޕްރޮޖެކްޓް އެތައްތަނެއް ފުރިހަމަވެއްޖެކަމުގައި އޭނާ ގަބޫލުކުރިއެވެ.

ބުރަކޮށް އުޅެމުން ދިޔަނަމަވެސް ނުހައިކް ބަރާބަރަށް އޭނާގެ މަންމަ އާއި ކޮއްކޮއަށް ގުޅައި ހާލުބަލައި ހަދައެވެ. އަދި ޕްރޮޖެކްޓް ނިމުނުހައި އަވަހަށް އިރާދަފުޅުން އެނބުރި އެމީހުންގެ ގާތަށް ދާނެކަމަށް ނުހައިކް ބުނެލިއެވެ. ގިނަފަހަރު އާއިލާއަަށް ގުޅެނީ އޮފީހުގައި ބުރަކޮށް އުޅުމަަށްފަހު އެނބުރި ނުހައިކް ހުންނަ ހޮޓަލަށް އައިސްފައިކަމުން ވެފައިހުންނަ ވަރުބައްޔާއެކު ލަމްޔާގެ ފަރާތުންފެންނަމުންދިޔަ ހަމަހިމޭންކަމަށް ނުހައިކްގެ ސަމާލުކަން މާބޮޑަށް ހުއްޓޭގޮތެއްނުވެއެވެ. ފެށުނީއްސުރެވެސް ލަމްޔާ އަކީ ބަސްމަދުކުއްޖަކަށް ވާތީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އަމިއްލަ އިހުސާސުތައް ފޮރުވަން ލަމްޔާ ކުޅަދާނައީއެވެ.

މުޅި ދުވަސް އެކިކަންކަމުގައި ނިމިގެންދިޔައެއްކަމަކު ކޮންމެ ދުވަހަކުވެސް ކޮންމެސް އެއްވަގުތެއްގައި ޝަޔަމް ޖިޔާއަަށް ގުޅައި ރާއްޖޭގައިހުރި އޭނާގެ އޮފީހުގެ ކަންކަން ކުރިއަަށްދަމުންދާގޮތް ބަލައެވެ. އާއިލާ ކުއްޖަކަށްވެފައި އެދެމެދުގައިއޮތް ވަރުގަދަ ގުޅުމެއްގެ ސަބަބުން ޝަޔަމް ޖިޔާ އާއި އެކަންކަން ހަވާލުކުރީ ވަރަށް އިތުބާރުކޮށްފައެވެ. އެހެނަސް ޖިޔާގެ ހިތުގައިވަނީ ހަސަދައިގެ ގިނި ރޯވަންފަށައިފައެވެ. ޝަޔަމްއާއި ނުހައިކްގެ ގުޅުން ގާތްވެދާނެތީ އޭނާ ޖެހިލުންވެއެވެ. އޭނާއަށް ނުހައިކްގެ ހިތް ކާމިޔާބުނުކުރެވުނުއިރު ޝަޔަމްއަށް އެކަން ކާމިޔާބުވާކަށް އޭނާގެ ހިތެއް ނޭދެއެވެ.

*****

ހީކުރިވަރަށްވުރެ އަވަހަށް ޕްރޮޖެކްޓްގެ މަސައްކަތްތައް ނިންމައިލެވުނެވެ. ރެޔާއި ދުވާލުކުރި ބުރަމަސައްކަތާއި މެދުގައި ހުރިހައި އެންމެންވެސްތިބީ ހިތްހަމަޖެހިފައެވެ.

މަސައްކަތްތައްނިމި ފުރުމަށް ބާކީ ދެދުވަސް އޮތުމުން ޝަޔަމް ބޭނުންވީ މަޖާކޮށްލާށެވެ. ރޭގަނޑު އޭނާއާއި އެކުގައި ކްލަބަކަށް ދިއުމަށް ނުހައިކްއަަށް ދައުވަތު ދިނުމުން ވަގުތުން ނުހައިކް އެކަމުން މަނާވެގަތެވެ. ނުހައިކް ދާން ބޭނުން ނުވުމުން ޝަޔަމްވެސް ކޮންމެހެން ގަދަކަމުން ނުހައިކް ގެންދިއުމަކަށް ނޫޅުނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއަަށް ގުޅައިލަމުން އެހިސާބުގައިހުރި ކްލަބަކަށް ރޭގަނޑު އައުމަަށް ޝަޔަމް ބުނެލިއެވެ.

ޝަޔަމްގެ ދައުވަތުވީ މައިކްއަަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ހިތުގައިވި ނުބައި އެދުން ފުއްދުމަަށް އޭނާ ބޭނުންވެފައި ހުންނަތާ ލައްކަ ދުވަސްވެއްޖެއެވެ. އެހެނަސް ހިތަށްވެރިވެގެންދިޔަ ޚިޔާލުތަކުން މައިކްގެ ސިކުނޑި ހާސްކުރުވިއެވެ. ދެފަރާތަަށް ބޯހޫރުވައިލަމުން ބަރާބަރު ގަޑިއަަށް އޭނާ ޝަޔަމް ބަލައިދާނެކަމަށް ބުނެލިއެވެ.

އިރުއޮއްސެމުންދިޔައިރު އެމަންޒަރަަށް ބަލަހައްޓައިގެން ކޮޓަރީގެ ބޮޑު ބިއްލޫރި ދޮރު ކައިރީގައި ނުހައިކް ހުއްޓެވެ. އުޑުމައްޗަށް ވެރިވަމުންދިޔަ ތަފާތު ކުލަވަރު ފަނޑުވެފައިވީ ޖަމާވަމުންދިޔަ ބޮޑު ކަޅު ވިލާތަކުންނެވެ. ވިއްސާރަވާން އުޅޭކަމުގެ ނިޝާންތައް ބަލާލި ކޮންމެ ދިމާލަކުން ފައުޅުވަމުންދިޔައެވެ.

ކުރާނެ ކަމެއްނެތިފައި ހުރުމުގެ ބަދަލު އެހޮޓެލް ކައިރީގައިހުރި އެކި ފިހާރަތަކުން ވިޔަފާރިކޮށްލުމަަށް ނުހައިކްގެ ހިތަަށް އެރިއެވެ. އެނބުރިދާއިރު ސާރާ އާއި ލަމްޔާއަށް ކޮންމެވެސް ހަދިޔާއެއް ގެންދިއުމަށް އޭނާގެ ހިތްއެދުނެވެ. ވިއްސާރަވެދާނެތީ މާދުރު ފިހާރަތަކަށް ދިއުމުގެ ޚިޔާލު އޭނާ ދޫކޮށްލިއެވެ.

އިޝާ ނަމާދަށްފަހު ތައްޔާރުވެލައިގެން ނުހައިކް ކޮޓަރިން ނުކުތް ވަގުތުވީ ޝަޔަމްވެސް ކްލަބަށް ދިއުމަށް ތައްޔާރުވެލައިގެން ނުކުތް ވަގުތަށެވެ. ޝަޔަމް ލައިގެންހުރި ހެދުމުން އޭނާގެ ލޫޅާފަތި ހަށިގަނޑުގެ ވަނާތައް އެއްވެސް ފޮރުވުމެއްނެތި ފައުޅުވަމުންދިޔައެވެ. ގަޔަށް އެމަޑު ނޫކުލައިގެ ހެދުން ހިފައިލައިފައިވީއިރު ހެދުމުގެ ކުރުކަމުން ދޮންފައިގެ ބޮޑުބަޔެއްވެސް އޮތީ ހާމައަަށް ފެންނާށެވެ. އެއްފަހަރު ޝަޔަމްއަށް ބަލައިލިގޮތަަށް ނުހައިކް އިސްޖަހައިލީ ދެވަނަފަހަރަަށް ބަލައިލަން ބޭނުންނުވެގެންނެވެ. ނުހައިކްގެ މިއަމަލުން ޝަޔަމްގެ މަޑު ފިޔާތޮށި ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަދި ނުހައިކްއަށް ބަލަހައްޓައިގެންހުރެ އޭނާ ދަނީކަމަށާއި މާދަމާގެ ވަގުތުތައް ނުހައިކް ގޮވައިގެން އޭނާގެ ސިޓީ ދައްކައިލުމުގައި ހޭދަކުރާނެ ވާހަކަ ބުނެލިއެވެ. ނުހައިކްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެއްކަމަކު އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަމުން ޝަޔަމް އެތަނުން ދިއުމަަށް ހިނގައިގަތެވެ.

ޝަޔަމް ދިޔަދިމާއަށް ނުހައިކްއަަށް ބަލަހައްޓައިގެން ހުރެވުނީ ހިތްދަތިގޮތަކަށެވެ. މީހެއްގާތުގައި ނުބުނި ނަމަވެސް ފާއިތުވެ ގޮސްފައިވާ ދުވަސްތަކުގައި ނުހައިކްއަށްވަނީ ޝަޔަމްއަށް ޚާއްސަކަމެއްދެވެން ފަށައިފައެވެ. ޝަޔަމްއާއި އެކުގައި ވުމަށް އޭނާގެ ހިތްއެދެއެވެ. އެއަންހެންކުއްޖާ އާއި ދުރުގައިހުރުން އޭނާއަށްވަނީ ދަތިކަމަކަށްވެފައެވެ. ނަމަވެސް އިސްވެ އެފަދަ އެއްވެސް އެއްޗެއް ބުނާކަށް ނުހައިކްގެ ޟަމީރު އެއްބަހެއް ނުވެއެވެ. އޭނާ އާއި ޝަޔަމް އަޅައިނުކިޔޭނެކަން ޚުދު އޭނާއަށްވެސް ވިސްނެއެވެ. އެދެމީހުންނަކީ އެކަށީގެންވާ ދެމީހުންނޫންކަން އޭނާގެ ހިތަށް ވިސްނައިދޭން އޭނާ މަސައްކަތްކުރެއެވެ. ސިކުނޑީގެ ހައިޖާނުގަނޑު މަތަކުރުމަށްޓަކައި ފުންނޭވައެއް ދޫކޮށްލަމުން ތިރިއަަަށް ދިއުމަށްޓަކައި ނުހައިކް މިސްރާބުޖެހިއެވެ. ހިތާހިތުން ޝަޔަމްގެ ރައްކާތެރިކަމަށްއެދި އޭނާއަަށް ދުޢާކޮށްލެވުނީ ކީއްވެކަމެއް ނޭނގެއެވެ.

ހޮޓެލުން ނުކުމެގެންއައިސް ކާރަށް އެރި ޝަޔަމް ފެނުމުން މައިކްއަަށް ހިންދިރުވައިލެވުނެވެ. އެތައްދުވަހަކަށްފަހު ޝަޔަމް ފެނުނުއިރު އޭނާގެ ރީތިކަން އިތުރަަށް ފުރިހަމަވެފައި ހުރިހެންވެސް މައިކްއަށް ހީވިއެވެ. ނުލަފާ ގޮތަކަށް ހީލަމުން ހާމަވެފައިވީ ޝަޔަމްގެ ރީތިދެފަޔަށް މައިކް ނަޒަރު ހިންގައިލިއެވެ. އެއާއެކު އޭނާގެ ކެތްތެރިކަން ކޮޅުންލައިގެންނުދިޔައީ ކިރިޔާއެވެ.

"މިރޭ ހީވޭ ވަކިން ޝަޔަމް ރީތިހެން.. ތިހެދުން ޝަޔަމްއާ ވަރަށް ގުޅޭ.." ކާރު ދުއްވައިލަމުން މައިކް ޝަޔަމްއަށް ތައުރީފުކޮށްލިއެވެ. މައިކްގެ ބަސްތަކުން ޝަޔަމްގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ނުހައިކް އޭނާއަށް އެފަދަ ތައުރީފެއް ނުކުރަނީ ކީއްވެހެއްޔެވެ؟ އެފަދަ ބަސްތައް އޭނާ އަހާހިތްވަނީ ނުހައިކްގެ ފުށުންނެވެ.

ނުހައިކްގެ ޚިޔާލުތަކަށް ގެއްލިހުރެ ޝަޔަމް ހޮޓަލާއި ދިމާއަށް ނަޒަރު ހިންގައިލިއެވެ. އޭރު ހޮޓެލުގެ އެއްފަރާތުގައި އެކާރާއި ދިމާއަށް ބަލަހައްޓައިގެންހުރި ނުހައިކް އޭނާ ދުއްޓެވެ. ހިތަށް އުފާވެރިކަން ލިބުނެއްކަމަކު ޝަޔަމް އެއިންކަމެއް އޭނާގެ މޫނުމައްޗަކުން ފައުޅެއް ނުކުރެއެވެ.

"މައިކް.. ކޮންތަނަކަަށް ތިދަނީ؟" އެމީހުން ދިއުމަަށް ހަމަޖެއްސި ކްލަބް ފަސްދީ މައިކްދާން ފެށުމުން ހައިރާންވެފައި ޝަޔަމް އަހައިލިއެވެ. ޝަޔަމްއަށް ބަލައިލަމުން ވަކި އެއްޗެކޭ ބުނުމެއްނެތި މައިކް ކުރިއަަށް ކާރު ދުއްވަމުންދިޔައެވެ. ޝަޔަމް ފެނުމާއެކު އޭނާގެ ހަމަބުއްދި ފިލައިފައިވާކަހަލައެވެ. އެއްވެސް ކަމަކާއި މެދުގައި އިތުރަަށް އެއްވެސް ވިސްނުމެއް ހިންގާކަަށް އޭނާ ބޭނުމެއްނުވެއެވެ. އެހިތުގައިވި އެދުންވަނީ އެހެންހުރިހައި ކަމެއްގެ މައްޗަށް ކުރިހޯދައިފައެވެ. ލައްކަ ދުވަހު އޭނާ ކެތްވެސް ކޮށްފިއެވެ. އެހެނަސް އެމަލުގެ ފޮނިމީރުކަން ނުލިބެނީސް އޭނާގެ ތެޅިފޮޅެމުންދިޔަ ނަފުސަށް ހަމަޖެހުމެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ.

ސުވާލުގެ ނަޒަރަކުން އެކިދިމަދިމާ ބަލަމުން ޝަޔަމް ދިޔައެވެ. ކްލަބާއި ތަންކޮޅެއް ދުރުގައިއޮތް އަނދިރި ގޯޅިއެއްގެ ތެރެއަށް މައިކް ކާރު މަޑުކޮށްލިއެވެ. އެއީ ވަރަށް މަދުން ނޫނީ މީހުން އަންނަ ހިސާބެއްނޫންކަން ޝަޔަމް ދަނެއެވެ. ކޮންސްޓްރަކްޝަންގެ އެކި މަސައްކަތްތައް ކުރިއަށްދަމުންދިޔަ އިމާރާތްތައް އެހިސާބުގައި ގިނައެވެ. ނިތަށް ރޫއަރުވައިލަމުން ޝަޔަމް މައިކްގެ މޫނަަށް ބަލައިލީ މިއީ އޭނާކުރާ ނުބައި ސަމާސާއެއްކަމަށް ހީކޮށެވެ.

"މައިކް.. ސީރިއަސްލީ.. މީ ކޮންކަމެއް؟ ކީއްކުރަން މިތަނަަށް ތިއައީ؟ ހިނގާ އެނބުރިދާން.. ބަލާބަލަ މިތަން ފެންނަލެއް ބިރުވެރިކަން.. އަހަރެން އެބަ ޖެހިލުންވޭ.." ވަށައިގެން އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންދިޔަ ޝަޔަމްގެ ހިތަށްވަނީ ބިރުވެރިކަން ވަދެފައެވެ. ނަމަވެސް ޝަޔަމްގެ އަޑުގައިވި ޖެހިލުންވުމާއި ހާސްކަން މައިކްއަށް ފާހަގަނުވާފަދައެވެ. އެއަށްވުރެ އޭނާގެ ސިކުނޑިއަށް އަތްގަދަކުރަމުންދިޔަ ޚިޔާލުތައްވަނީ ފުންވެފައެވެ. މަސްތީގިތޮތަކަށް ޝަޔަމްއަށް ބަލައިލަމުން އޭނާ ޝަޔަމްގެ ހާމަވެފައިއޮތް ފަލަމަސްގަނޑުގައި އަތުން މަޑުމަޑުން ފިރުމައިލިއެވެ. މައިކްގެ އެއަމަލާއެކު ސިހިފައި ޝަޔަމްއަަށް އޭނާ އާއި ދިމާއަށް ބަލައިލެވުނެވެ. ފަނޑުއަލިކަމުގެ ތެރޭގައި ފެންނަމުންދިޔަ ޝަޔަމްގެ މޫނާއި ދިމާއަަށް ގުދުވެލަމުން މައިކް އެއްއަތުން ޝަޔަމްގެ ފަންއިސްތަށިނޑު އެއްފަރާތްކޮށްލިއެވެ. އަދި ޝަޔަމްއަށް ދުރަށްޖެހިލުމަށް ކުޑަވެސް ވަގުތުކޮޅެއްނުދީ އޭނާގެ ބޮޑު ދެއަތުން ޝަޔަމްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލިއެވެ. "މައިކް" މައިކްގެ އަމަލުތައް އިމުން ބޭރުވެގެންދާހެންހީވެ އަމިއްލަ ނަފުސަށް ވެރިވަމުންދިޔަ ނުތަނަވަސްކަމާއި ހާސްކަމާއެކު ޝަޔަމްއަަށް ގޮވައިލެވުނެވެ. އެހެނަސް ޝަޔަމްގެ ބިރުވެރިކަމުން ފުރިފައިވިއަޑު ކާރުގެ ތެރެއަށް ހިނދިގެން ދިޔައީއެވެ.

(ނުނިމޭ)

  Please log in or register to bookmark.
  6k

  3 ޚިޔާލު

  1. ވ.ރީތި މިބައިވެސް މާޝާ ﷲ 💯🔥✅💖💟! ދެންއިންބަޔަށް އިންތިޒާރު ކުރަން ! އަޅޭ ޝަޔަމް އަށް ދެރަ ގޮތެއް ނަހަދައްޗޭ ! ވަރަޑް ސަޅިވާނެ ނުހައިކް ޝަޔަމް ސަލާމަތް ކުރިއްޔާ !

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy