މަންމަަގެ ނަސޭޙަތް

ވިދަވިދާހުރި ރިހިދޯދިތައް އޮބި އޮއްސުނު އިރާއެކު ކަނުއަދިރިކަން ދުނިޔެ މައްޗަށް ވެރިވެއްޖެއެވެ. ގޭގެ ފެންޑާތެރެއިން ސިފަވަނީ އާ ދުވަހަކަށް ދުނިޔެ ދޮންކުރަމުން އަންނަ މަންޖަރެވެ. އެކި ދިމަދިމާގައި ހަރުކޮށްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަންރިހީގެ ތަށިތަކާއި މެޑަލްތަކުން އެޅިފައިވާ ދަޅައިން މުޅިތަންވަނީ ހުޅުދާންކޮށްފައެވެ. އެ މަންޖަރަށް ގެއްލިފައި އަހަނަށް ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭގުނެވެ. ގަޑީގެ ކަށި ނުވަތަކަށް އެބުރޭނެނަމަ ކިހާ ރަނގަޅޭ ހިތަށް އަރައެވެ. ނަމަވެސް ގަޑީގެ ކަށި ނުވަތަކަށް އަބުރާލުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ވަގުތު ފައިތުވެގެން ދިޔައީ މާޒީގެ ފަތްފުށްތަކުން އަހަރެންގެ ހިތް ބަރާކުރަމުންނެވެ.

***************

މެލޭޝިޔާއަށް ފެލެއިޓް އައިސް ޖަސާލުމާއެކު އަހަރެންގެ ހިތް ހުޓުމެއްނެތި ތެޅެމުންދިޔައީ އާ މަހައުލަކަށް އަންނަ ޖެހުމުންނެވެ. އައިލާއާ ދުރުގައި މަތީ ތައުލީމު ހާސިލް ކުރުމަށްޓަކައި މެލޭޝިޔާގައި އަހަރެން ދިރިއުޅެމުން ދިޔައީ އަމިއްލަ ވަޒަނުގައި އަމިއްލަ ގޭގައި އުޅޭގޮތަށެވެ. އެއްވެސް މީހެއްގެ އުދަގުޅެއް ފޮރުމެއްނެތިއެވެ. ސުކޫލު ފެންވަރުގަޔާއި އިންޓަނޭޝަނަލް ފެންވަރުގައި ބޭއްވޭ ކުޅިވަރު ފެސްޓިވަލްތަކުން އަހަރެން ދިޔައީ ރަންވަނަތަކެއް ހާސިލް ކުރަމުންނެވެ. މަތީ ތައުލީމު ނިމި ގްރޭޖުއޭޝަން ނައިޓްގައި އަހަރެން އިންތިޒާރު ކުރަމުންދިޔައީ އަހަރެންގެ ނަން ގޮވައިލާނެ ވަގުތަކަށެވެ. އަހަރެން ކުރި ނިޔަނެތި މަސައްކަތުގެ ނަތީޖާއަކަށްވީ ޓޮޕް 10 ކުދިންގެ ތެރެއިން އެންމެ މަތިން މާކްްސް ލިބުނީ އަހަރެން ކަމުގައިވުމެވެ.

އަހަރެން ރައްޖޭ އައިސް ރަނގަޅު ހަޔާތެއް އުޅެއްމުން ދަނިކޮށް އަހަރެންގެ ހަޔާތް ބަދަލުކޮށްލީ މަސްތުވާތަކެތީގެ ވިޔަފާރީ ހިންގާ ވިއްޔާނުދާ ބަޔެކެވެ. އެމީހުންގެ އަަވާގައި އަހަރެން ޖައްސާ އަހަރެން ލައްވާ އެނު،ބައި އަމަލު ހިންގިއިރުވެސް އަހަރެންދެކެ ލޯބިވާ އައިލާގެ ފަރާތުން އިވެމުންދިޔައީ ނަސޭހަތްތަކެވެ.

" ދަރިފުޅާ. އާދޭސްކޮށްފައި ބުނަން ، ތި މީހުންނަކީ ރަނގަޅު ބަޔެއް ނޫން . ތި މީހުންގެ ގޮތްގަނޑު ދޫކޮށްލާ"

މަންމަގެ އެ އާދޭސްތައް ހިތަށް ގެނެވުނަސް މިއަދު ލޮލުން ކަރުނަ އަދޭއެވެ. ނަމަވެސް އެ ނަސޭޙަތަށް އޭރު އަހަރެން ދިނީ ބީރު ކަންފަތެކެވެ. އެއަށްވުރެ ބޮޑަށް އަހަރެން ހުރީ މަސްތުވާތަކެތީގެ އަވައިގައި ޖެހިފައެވެ. އެހެންވުމުގެ ސަބަބުން އެ ނުބައި ފާޙިޝް އަމަލުގައި އިސްކޮށް ހަރަކާތްތެރިވާން ފެށީމެވެ. މާގިނަ ދުވަސްތަކެއް ނުވަނީސް އެ މީހުން އަހަނަށް ކެހިދީ ފިލައިފިއެވެ. މަންމަގެ ނަސޭހަތުގެ ބޭނުން ކުރެއްވުނުނަމައޭ މިހާރު ހިތަށް އަރައެވެ.

ﷲ އިރާދަކުރެއްވީތީ އަހަންނަށް ޞައްޙަ ގޮތް އެނގި ރަނގަޅު މަގަށް އަންނަން މާގިނަ ދުވަހެއް ނުވިއެވެ. އައިލާގެ މެންބަރުންދޭ ހިތްވަރާއެކު އަހަރެންއައީ ރަނގަޅު މަގަށް ރުޖޫއަ ވަމުންނެވެ. މިހާރު އަހަންނަކީ ރަނގަޅު އައިލާއަކަށް ނިސްބަތްވާ ޞަލީޙު ދަރިއެކެވެ.

****************

މާޒީގެ ހިޔާލުތަކުން ބޭރުވީ މަންމަ އައިސް ނާސްތާކުރަން ނުކުންނާށޭ ބުނުމުންނެވެ. މަންމައާ އެކީ ނާސްތާއަށް ބަދިގެއަށް ދިޔައިރު އަހަރެންގެ ހިތުތެރޭގައި އޮތީ އެކަހަލަ ކަމެއް ތަކުރާރުނުކުރުމުގެ ނިޔަތެވެ. އެންމެންނާާ އެކީ ނަސްތާކުރިއިރު އަހަންނަށް ދުނިޔޭގެ ހުރިހާ އުފަލެއްވެސް ލިބިއްޖެ ކަހަލައެވެ.
(ނިމުނީ)

  Please log in or register to bookmark.
  2k

  3 ޚިޔާލު

  1. މާށާ ﷲ . ވ ރީތި
   ކީޕް އިޓް އަޕް 😊💜

   • އަސްލު ވެސް ވަރަހަ ރިވެތި. 😍😲😉😯🤗

  2. ރީތި. އެކަމަކު ހާދިސާއެއް ހިމަނާލިނަމަ އަދި މާ ރީތިވާނެ. މިސާލަކަށް ބަޔަކަށް މަސްތުވާތަކެތި ވިއްކަނިކޮށް ޕޮލިހުން އަތުލައިގަނެގެން އޭނާ ޖަލަށް ގެންދިއުމުން އިސްލާހުވުން، ނުވަތަ މަސްތުވާތަކެތި ބޭނުންކޮށްގެން ތިއްބާ ޕޮލިހުން އޭނާ ހައްޔަރުކުރުން. މިކަހަލަ ކޮންމެސް ހާދިސާއެއް ހިމަނާލިނަމަ ވަރަށް ފުރިހަމަވާނެ.

   6
   2

  Leave a Reply to 💜💛💚 X

  Your email address will not be published.