kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobetbeylikdüzü korsan taksi

ތިޔަ ލޯބީގައި - 14

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ޒާއިންވެސް މިއީ އަޖައިބެއްކަހަލަ އިންސާނެކެވެ. އެއްސުކުންތު އޭނާގެ ފަރާތުން އެފަދަ ލޯބިވެތި އަމަލެއް ފެނިއްޖެނަމަ ދެވަނަ ސުކުންތުގައި ދުރުމީހަކުފަދައިން އޭނާ ލަމްޔާއާއި މެދުގައި ކަންތައްކުރަންވީ ސަބަބައެއް ލަމްޔާއަކަށް ނުވިސްނުނެވެ. ރޭގައި ލަމްޔާގެ ގައިމަތީގައި އެރަޖާގަނޑު އަޅައިދިނީވެސް ޒާއިން ކަމާއިމެދުގައި އޭނާ ޝައްކެއްނުކުރެއެވެ. އެހެނަސް ފަތިހު ޒާއިންގެ ފުށުން ފެނިގެންދިޔައީ ލަމްޔާ ދުވަހަކުވެސް ހިތަށް ނާރާފަދަ ހަރުކަށިކަމާއި ރުޅިވެރިކަމެވެ. އެއްގޮތަކަށްވެސް އެއަރަތެއްކަހަލަ އިންސާނާ ހައްލުކުރާނެގޮތެއް ލަމްޔާގެ ސިކުނޑިއަކަށް ނައެވެ.

"ކަ.. ކާން.. އާދޭ.." އަޅައަޅައިގަންނަމުން ލަމްޔާ ބުނެލިއެވެ. އަލަމާރި ކައިރީގައި ހުރެފައި ލަމްޔާގެ އަޑަށް ޒާއިން ބަލައިލިއެވެ. އޭރުވެސް ނުފިލާ ހިނިތުންވުމެއް އޭނާގެ ތުންފަތްމައްޗަށް ވެރިވެފައި ހުއްޓެވެ. ޒާއިންއަށް ފުރަގަސްދީގެންހުރި ލަމްޔާއަކަށް އެތަނެއްނުފެނެއެވެ. ކޮޓަރީގައި ހުންނަން ނުކެރިގެން ޒާއިން ގާތުގައި ތައްޔާރުވެގެން އައުމަށް ބުނެފައި ލަމްޔާ ކޮޓަރިން ނުކެތެވެ.

ތައްޔާރުވެލައިގެން ސިޑިން ފައިބައިގެން އައި ޒާއިންއަށް ބޮޑުކޮޓަރީގެ ސޯފާގައި ތޮއިބާ އާއި ވާހަކަދައްކަންއިން ލަމްޔާގެ ނަޒަރު ހުއްޓުނެވެ. ވަގުތުން ލަމްޔާގެ މޫނު ރަތްވެގެންދިޔައެވެ. އެމަންޒަރުފެނި ތޮއިބާއަށް ހީލެވުނީ ދެކުދިންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވަމުންދަނީކަމަށް ހީކޮށެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ހިތް އެދޭފަދަ ޒުވާނަކަށް ޒާއިންވާނޭ ހިތައެވެ. ލަމްޔާއަކީ ޒާއިންއަށް ލެއްވި ނަސީބެއްކަމަށް ތޮއިބާ ގަބޫލުކުރެއެވެ. ޚުދު ޒާއިންއަށްވެސް އެކަން ހަޔާތުގައި ކޮންމެވެސް ހިސާބަކުން އިހުސާސުވާނެކަމަށް އޭނާގެ ހިތް ބުނެއެވެ.

ޖެހިލުންވި ނަމަވެސް ތޮއިބާއަށް އަވަސް ނަޒަރެއްދެމުން ލަމްޔާ އިންތަނުން ތެދުވެ ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ޒާއިންވެސް ލައިގެންހުރި ކަކުލާހަމައަށް އަންނަ ހުދު ސޯޓުބުރީގެ އެއްޖީބަށް އަތްޖަހައިލަމުން ހިނގައިގަތެވެ. އެހުރިހައި އިރު އޭނާގެ ނަޒަރު ހުރީ ލަމްޔާގެ އަމަލުތަކަށް ހުއްޓިފައެވެ. ވަށައިގެންވި އެހެން އެއްވެސް އެއްޗެއް އޭނާއަށް ނުފެންނަކަހަލައެވެ.

ލަމްޔާ ކާން ހަދައިދިނުމާއެކު ކައިގެން ޒާއިން ދިޔައީ ގެއިން ބޭރަށެވެ. އެތައްވަގުތެއް އެކަހެރިކޮށް ކާކޮޓަރީގައި ހޭދަވިއެއްކަމަކު އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޒާއިން ހިމޭންކަން ޚިޔާރުކޮށްގެންއިނދެ ކައިނިންމައިލިއިރު ލަމްޔާ އިނީ ލަދުގަނެ ވާހަކައެއްދައްކަން ނުކެރިފައެވެ.

ޒާއިން ނުކުމެގެންދަމުން ދަނީ ކޮންތަނަކަށްކަމެއް ލަމްޔާ ގާތުގައި ނުބުނެއެވެ. އިސްވެ އަހާލަން ލަމްޔާ އަކަށްވެސް ނުކެރުނެވެ. އެހެންކަމުން ޒާއިންދިޔަ ތަނަކާއިމެދު ތޮއިބާ ސުވާލުކުރުމުން ދޭނެ ޖަވާބެއް ލަމްޔާއަކަށް ނޭނގުނެވެ. ތޮއިބާގެ ބޮލުގައި ނުބައިގޮތަކަށް ރިއްސައިލިއެވެ. މިހުރިހައިދުވަހު އޭނާ ދުއްފަދަ މަންޒަރެއް ލަމްޔާއަށް ފެނިއްޖެނަމަ އެއަންހެންކުއްޖާއަށް ވެދާނެ ގޮތަކާއިމެދުގައި ތޮއިބާއަށް ވިސްނައިލެވުނެވެ. ހިތާހިތުން ޒާއިންގެ ފަރާތުން އެފަދަ މަންޒަރެއް ނުދެއްކެވުންއެދި އޭނާއަށް ދުޢާކޮށްލެވުނެވެ.

*****

ބޮޑުކޮޓަރީގައިހުރި ސޯފާގައި އޮށޯވެލައިގެން ނިތްމަތީގައި އަތް ބާއްވައިލައިގެން ނުހައިކް އޮތީ ފުންވިސްނުމަކަށް ގެއްލިފައެވެ. ޝަޔަމް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި ބުރުޖަހަމުންދިޔައިރު ގޮތެއްނިންމަން ނުހައިކްއަަށް ވަނީ އުނދަގޫވެފައެވެ. ޝަޔަމްގެ ހުށައެޅުން ގަބޫލުކުރަން ބޭނުންވި ނަމަވެސް ސާރާ އެކަނި ގޭގައި ބަހައްޓާފައި އެހައި ދިގު މުއްދަތަކަށް ދިއުމަށް އޭނާގެ ހިތް ދެކޮޅުހަދަމުން ދިޔައެވެ. ހަދާނެގޮތެއް ނޭނގި ނުހައިކްގެ ފިކުރުތައް އިތުރުވަމުންދިޔަ ވަރަކަށް އޭނާއަށް ނިތުގައި އަތުން ފިރުމައިލެވުނެވެ.

"ބޮލުގައި ރިއްސަނީތަ؟" ޓީވީއިން ރޭގަނޑު އަށެއްގެ ޚަބަރު ބަލަންއިން ސާރާއަށް އެތަންފެނި އަހައިލިއެވެ. "އުހުން.." ކުރު ޖަވާބަކުން ނުހައިކް ފުއްދައިލިއެވެ.

"ދަރިފުޅު ކަމަކާ މާބޮޑަށް ފިކުރު ކުރަނީތަ؟ މަންމައާއިވެސް ހިއްސާކޮށްލީމައެއްނު މަންމައަށްވެސް ހައްލެއް ހޯދައިދެވޭނީ." ޓީވީގެ އަޑު މަޑުކޮށްލަމުން ސާރާ އޭނާގެ ހުރިހައި ސަމާލުކަމެއް ނުހައިކްއަށް ހުއްޓައިލިއެވެ.

"އޮފީހުގެ ވެރިޔާގެ ފަރާތުން އަޅުގަނޑަށް ލިބުނު ފުރުސަތަކާ ދޭތެރެގައި މިވިސްނަނީ.. ވެރިޔާގެ ހުށައެޅުން ގަބޫލުކުރާނީތޯ ނުވަތަ ނޫންތޯ.." އިރުގަނޑެއްގެ ހިމޭންކަމަށްފަހު ފުންނޭވައެއްލަމުން ނުހައިކް ބުނެލިއެވެ.

"އަނެއްކާ ކޮންކަހަލަ ފުރުސަތެެއް؟" ސީރިއަސްވެލަމުން ސާރާ އަހައިލިއެވެ. އެއާއެކު ވެގެންއުޅޭގޮތް ނުހައިކް ސާރާއަށް އޮޅުންފިލުވައިދިނެވެ. ނުހައިކްގެ ވާހަކަތަކާމެދުގައި ސާރާ ފުންކޮށް ވިސްނަމުންދިޔައެވެ. އެދަރިފުޅަށް އެލިބުނީ ރަނގަޅު ފުރުސަތެކޭ އޭނާގެ ހިތް ބުނެލިއެވެ. އެހެނަސް އެދަރިފުޅުގެ ފިކުރުތައް ގުޅިފައިވީ އޭނާއާއިއެވެ. އޭނާގެ ސަބަބުން އޭނާގެ ދަރިންނަަށް ލިބޭ ކުރިއެރުންތަކުން މަހުރޫމުވާކަަށް ސާރާ ބޭނުމެއްނުވެއެވެ.

"ތިކަހަލަ ފުރުސަތަކީ އަބަދު އަބަދު ލިބޭނެ ފުރުސަތެއްނޫން.. ތީ ދަރިފުޅަށް މިންވަރުކުރުވާ ނިއުމަތަކަށްވެސް ވެދާނެ.. މަންމަ ބޭނުން އޮފީހުން ލިބޭ ތިފަދަ ފުރުސަތުތައް ނުހައިކް ގަބޫލުކުރަން.. މަންމަގެ ދެދަރިންނަށްވެސް މަންމަ އިތުބާރުކުރަން. ގޯސްމަގަކުން ތީގެ އެންމެ ކުއްޖެއްވެސް ނުދާނެކަން މަންމައަށް އެނގޭ.. ދަރިފުޅު ކަންބޮޑުވަނީ މަންމައާ މެދުގައި ވިސްނާފަ ދޯ.. މަންމަ އެކަނިވެދާނެތީތަ؟ އެހެންވީއިރު ދަރިފުޅު އެވަރަށް ތިކަމާ ނުވިސްނާ.. މަންމަ އަކީ އެކަނިއުޅެންވެސް ދަސްވެފަހުރި އަންހެނެއް.. އަދި މީހެއްގެ އެހީތެރިކަމާ ނުލައި އުޅެވޭނެހައި ބާރު އިރާދަފުޅުން މިހަށިގަނޑުގައި އެބަހުރި.. އެހެންވީމަ.. ދަރިފުޅު އެވަރަށް ނުވިސްނާ.. ދަރިފުޅަށް ލިބޭ ކޮންމެ ކުރިއެރުމަކީ ހަމަ މި މަންމައަށްވެސް ލިބޭ ކުރިއެރުމެއް.." އިންތަނުން ތެދުވެގެން އައިސް ނުހައިކްގެ ގާތުގައި އިނށީދެ އޭނާގެ އިސްތަށިގަނޑުގައި ލޯތްބާއެކު އަތްހިންގަމުން ސާރާ ވާހަކަދައްކަމުން ދިޔައެވެ. ސާރާގެ ވާހަކަތަކުން ނުހައިކްގެ ހިތަށް ހަމަޖެހުންލިބި ގޮތް ނިންމަން ފަސޭހަވެގެން ދިޔައެވެ.

*****

އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެންއިން ލަމްޔާ އަތުތެރޭގައިއޮތް ފޯނަށް ބަލައިލިއެވެ. ގަޑިން ރޭގަނޑު 9 ޖަހަން ދަނީއެވެ. އަދިވެސް މެންދުރުފަހު ގެއިން ނުކުމެގެންދިޔަ ގޮތަަށް ޒާއިން ގެއަށް ނާދެއެވެ. ކަންބޮޑުވެފައި ތުންފަތް ހަފައިލަ ހަފައިލައި ލަމްޔާ އިނީ ހަދާނެގޮތަކާއިމެދުގައި ވިސްނާށެވެ. ނިދިތާޔަށް ޖެހެމުންދިޔަ ނަމަވެސް ލަމްޔާ ހިތްވަރުކުރަމުން ދިޔައީ ނުނިދައި ވޭތޯއެވެ. ކޮންމެ ރެއަކު ޒާއިން އެދާތަނަކާއި މެދުގައި އޭނާގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. ފަހަރެއްގައިވެސް އޭނާ ހީކުރިފަދަ އެއްވެސް އަމަލެއް ޒާއިންގެ ފުށުން އަދި ފެނިފައެއްނެތެވެ. އެހުރިހައި ކަމަކާއިމެދުގައި ލަމްޔާއަށް ވިސްނުންހިންގެމުން ދިޔައެވެ. ތޮއިބާ ގާތުގައި ބުނަން ހިތަށް އަރައިފައިވެސް އަދި މަޑުކޮށްލީ ޒާއިންގެ ޚަބަރެއްވޭތޯއެވެ.

އަތުގައިއޮތް ފޯނުގެ އެލާމްގެ އަޑަށް ސިހިފައި ލަމްޔާއަށް ދެލޯހުޅުވައިލެވުނެވެ. ނުވެސް އެނގި ހުއްޓައި މިރޭވެސް އޭނާއަށް ނިދުނީއެވެ. ހޭލެވުމާއެކު ފުންމައިގެން ލަމްޔާ އެނދުން ތެދުވިއެވެ. ފޯނަށް ބަލައިލިއިރު މެންދަމުން އަނބުރައި 3 ޖަހައިބޮޑުވެއްޖެއެވެ. ކޮންމެ ރެއަކުވެސް ދަމުނަމާދަށް ހޭލުމަށްޓަކައި ލަމްޔާ އޭނާގެ ފޯނު އެލާމުކުރެއެވެ. ހޭވެރިކަންވީ އެ އެލާމްގެ އަޑަށްކަން އޭނާއަށް އެނގުނީ ފޯނަށް ބަލައިލުމުންނެވެ. ކަންބޮޑުވެ ހާސްވެފައި ލަމްޔާއަށް ކޮޓަރީތެރެއަށް ބަލައިލެވުނެވެ. އަދިވެސް ޒާއިން ގެއަށް ނާނަނީހެއްޔެވެ؟ އަނެއްކާ ޒާއިންއަަށް ކަމެއްވީބާވައެވެ؟ ހިތަށްވަތް ބިރުވެރިކަމެއްގެ ސަބަބުން އަވަސް އަވަހަށް ކޮޓަރިން ނުކުމެ ތޮއިބާއަށް އެޚަބަރުދޭން ލަމްޔާ ބޭނުންވިއެވެ.

ބާރު ހިނގުމެއްގައި ތޮއިބާގެ ކޮޓަރިއާއި ދިމާއަށްދިޔަ ލަމްޔާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއްއައީ ގޭގެ ބޮޑު ދޮރުގެ ތަޅު ހުޅުވައިލުމަށްފަހު ދޮރުގައިހިފައި މީހަކު ހުޅުވައިލިއަޑަށެވެ. މިސްރާބު ބަދަލުކޮށްލަމުން ލަސްފިޔަވަޅު ތަކެއްގައި ލަމްޔާ ސިޑިއާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ސިޑިއާއި ހިސާބަށްދިޔަތަނުން އޭނާގެ ފިޔަވަޅު ހުއްޓި ދެލޯބޮޑުވެގެންދިޔައީ ދޮރުންވަދެގެންއައި ޒާއިން ފެނިފައެވެ.

ހަމަހޭގެއްލި ދެފަރާތަށް ކިރެމުންކަހަލަ ގޮތަކަށް ޒާއިން އައިސް ސިޑިކައިރީގައި މަޑުޖެހިލިއެވެ. އަދި މަތީގައި ހުއްޓި ފެންކަޅިވެފައި އޭނާއަށް ބަލަހައްޓައިގެންހުރި ލަމްޔާއަށް ބަލައިލަމުން ނުލަފާގޮތަކަށް ހީލިއެވެ. ސިޑީގެ އެއްއަރިމަތީގައި ހިފަހައްޓައިލަމުން މައްޗަށް އަރަން ޒާއިން މަސައްކަތްކުރަމުން ދިޔައެވެ. ހުރި ހާލަތުގެ ސަބަބުން އެކަން ދަތިކަމަކަށްވި ނަމަވެސް ފަހަރަކު ހަރުފަތެއް ގިރާކުރަމުން ޒާއިން ސިޑިން އަރަންފެށިއެވެ.

"ޒާ.. އިން.." ވައިއަޑުން ރޮވިފައިހުރި ލަމްޔާއަށް ބުނެލެވުނީ އޭނަގެ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވީވަރުންނެވެ. ދޮރުން ވަދެގެން ޒާއިން އައިގޮތް ފެނިލުމާއެކުވެސް އޭނާ އެހުރީ ހަމަހޭގައިނޫންކަން ލަމްޔާގެ ސިކުނޑި ދެނެގަނެފިއެވެ. އެހެނަސް އެކަން ގަބޫލުކުރަން ދަތިވެފައި އޭނާހުރީ ހުވަފެނުންވެސް އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ކިބައިން އެފަދަ ކަމެއް ފެނިދާނެކަމަށް ހީކުރެވިފައި ނެތީމައެވެ.

"ޒާ.. ޒާއިން.." އަނެއްކާވެސް ލަމްޔާއަށް ޒާއިންގެ ނަން ކިޔައިލެވުނެވެ. ލިބިފައިހުރި ޝޮކެއްގެ ސަބަބުން އޭނާގެ ސިކުނޑީގެ މަސައްކަތްވެސް ހިނދުކޮޅަކަށް ހުއްޓިފައިހުރިކަހަލައެވެ.

ސިޑިން އަރައިގެން އައިސް އޭނާގެ ކުރިމަތީގައި ހުއްޓެމުން ޒާއިން ލަމްޔާ އާއި ނަޒަރު ސީދާކޮށްލިއެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކާއެކު ނޭފަތާއި އަނގައާއި އެއްކޮށް އަތުން ނިވާކޮށްލަމުން ލަމްޔާ ފަހަތަށް ފިޔަވަޅެއް އަޅައިލީ ޒާއިންގެ ގައިން ދުވަމުންދިޔަވަހުން އުނދަގޫވެގެންނެވެ. އެތަންފެނި ޒާއިން ހިނިގަނޑެއް ޖަހައިލިއެވެ. އަދި ފަރުވާކުޑަގޮތަކަށް ލަމްޔާ އާއި ދުރަށްޖެހިލުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

އަނގަމަތީގައި އަޅައިގެންހުރި އަތަށް ބާރުކޮށްލި ލަމްޔާއަށް ހަމަރަނގަޅަވެސް ރޮވުނެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނައިގެ މުތީތަކާއެކު އޭނާ މަަސައްކަތްކުރަމުންދިޔައީ ރޯއަޑު ނީއްވައިވޭތޯއެވެ. ނަމަވެސް ދެތުންފަތް ދެމެދުން މަޑު ގިސްލުމެއްގެއަޑު ބޭރުވެގެންދިޔައެވެ. މިވީ ކިހިނެއްހެއްޔެވެ؟ އޭނާގެ ހުވަފެންތަކުގައި ހަގީގީކުލަ ނުޖެހެނީސް އެހުވަފެންތައް ވިއްސިވިހާލިވެގެންދިޔައީއެވެ. އެވަރުގެ ބޮޑު ކެއްސެއް ތޮއިބާ އާއި ޒާއިން އެމީހުނަށްދިނީ ކީއްވެހެއްޔެވެ؟ ލަމްޔާމެންގެ ފަރާތުން ކޮންކަމެއްގެ ބަދަލެއްހިފަން ހެއްޔެވެ؟ ސާރާއަށް މިއިން އެއްވެސްކަމެއް އެނގޭބާވައެވެ؟ ސާރާ އާއި ނުހައިކްއަަށް އެނގިއްޖެނަމަ ދެންކަންތައްވާނެ ގޮތެއްވެސް ޚުދު ލަމްޔާއަަށްވެސް ބުނާކަށް ނޭނގެއެވެ. ޔަގީނުންވެސް އޭނާގެ ލޯބިވާ މަންމަގެ ހިތްފަޅައިގެންދާނެއެވެ. އެހައި އުފަލުންހުރެ އެހައި ލޯބިން އެމީހެއްގެހުރި ހަމައެކަނި އަންހެންދަރީގެ ކައިވެނިކޮށްދެވުނީ ނަމާދުނުކުރާ މަސްތުގެ ދުނިޔޭގައި ޣަރަގުވަމުންދިޔަ މީހަކާއިކަން އެނގުމުން އަސަރު ނުކުރާނީ ކޮންމަޔަކަަށް ހެއްޔެވެ؟

ވިސްނިވަރަކަށް ހިތްތަދިވެފައިހުރި ލަމްޔާގެ ހިތަށް ރުޅިވެރިކަން ވަންނަމުން ދިޔައެވެ. މިއީ ގަސްދުގައި އޮޅުވައިލައިގެން ޒާއިންއާއި ތޮއިބާ ކުރުވިކަމެކޭ ހީވާންފެށިއެވެ. ނަފުސު ގައިދުކޮށްލި ގަދަރުޅީގައި ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަަށްފަހު ލަމްޔާ ކޮޓަރިއާއި ދިމާއަށް ބާރު ހިނގުމެއްގައި މިސްރާބުޖެހިއެވެ.

ކޮޓަރީގެ ދޮރުހުޅުވައިލަމުން ވަތްއިރު ސޯފާގޮނޑިއަަށް ވެއްޓިގަނެގެންކަހަލަ ގޮތަކަށް ޒާއިންއިނެވެ. ލަމްޔާ ވަތްއަޑުއިވި މަރައިގެންހުރި ދެލޯ ހުޅުވައިލަމުން ޒާއިން ބަލައިލިއެވެ.

"ކީއްވެ؟ އަހަރެން މިއަހަނީ ކީއްވެހޭ؟" ދަތްކުނޑި ވިކައިލަމުން ޒާއިންގެ ކުރިމަތީގައި ހުއްޓިހުރެ ލަމްޔާ އަހައިލިއެވެ. އެއަޑުގައިވި ރުޅިވެރިކަމުން ޒާއިންއަަށް އެއްވެސް އަސަރެއްކުރިހެނެއް ހިއެއްނުވެއެވެ. ލަމްޔާއަށް ބަލަހައްޓައިގެން އޭނާ އެއިންގޮތަށް އިނެވެ. "އަހަރެން މިވާހަކަ ދައްކަނީ ޒާއިންއާއޭ.. ކަންފަތްބީރުވީތަ؟ އަހަރެންނަަށް ޖަވާބެއްދީ. އަހަރެން މިއަހަނީ ކީއްވެހޭ އަހަރެންގެ އާއިލާއަށް އޮޅުވައިލައިގެން މިކައިވެނިކުރީ؟" ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔަ ލަމްޔާގެ ބޮޑު ދެލޮލުންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެެވެ. ލަމްޔާގެ ރާގުހުރިގޮތުން ޒާއިން ގާތަށްވެސް ރުޅިއަންނަގޮތްވިއެވެ. އިންތަނުން ފުންމައިގެން ތެދުވަމުން ލަމްޔާއާއި ދިމާލަށް ފިޔަވަޅެއް އަޅައިލިއިރު އެބެލުމުގައިވި ނުރައްކާތެރިކަން އިހުސާސުވެ ލަމްޔާ ބިރުގަންނަގޮތްވިއެވެ. އެހެނަސް އައިސްފައިހުރި ގަދަ ރުޅި މަތަވާގޮތެއްނުވިއެވެ. އެހެންޏާ ނުލިބޭ އައު ހިތްވަރެއް އޭނާއަށް ލިބިފައިވާކަހަލައެވެ. ހުރިފިޔަވަޅުމަތިން ގުޑިވެސްނުލައި ލަމްޔާ ހުއްޓެވެ.

"އަދިވެސް އަހަރެންތަ އޮޅުވައިލީ..؟ އަހަރެން ނާހަންތަ ކަލޭ ގާތުގައި އެއްވެސް މަޖުބޫރުކަމެއް ނެއްތޯ.. ކަލެއެއްނޫންތަ ބުނީ މިއީ ހަމަ ކަލޭގެ ރުހުމުގަ ކުރެވޭ ކައިވެންޏެކޭ. ދެން ކޮން ބޭކާރު އަނގައެއް އަރުވާކަށް.. ކަލެއާހެދި އަހަރެންގެ މުޅި މިނިވަންކަންނެތި ދިޔައީ.. އެހުރި ކޮޓަރީގައިއޮތް އަންހެނާ އަހަރެންނަށް މަޖުބޫރުކުރީ.. ހަމަ ކަލޭގެ ސަބަބުން.. އެއަންހެނާއަށް ކަލޭ މާ ކަމުދިޔައީމަ.. ފާޑެއްގެ ޖުއްބާގަނޑަކަށް އެރިހުރި މާ މާތްމީހެކޯލަ ކަލޭތީ.." ދަތްތައް ޖައްސައި ބާރުކޮށްލަމުން ޒާއިންވެސް އޭނާގެ ހިތުގައިހުރި ޖަޒުބާތުތައް ބޭރުކޮށްލިއެވެ. ކިޔޭ ނުކިޔޭއެއް ނޭނގުނު ނަމަވެސް އެކަމަކަށް ޒާއިންގެ އެއްވެސް ފަރުވާލެއްނެތެވެ. ޒާއިންގެ ވާހަކަތަކުން ލަމްޔާގެ ރުޅިގަނޑު ކެކި އަރައިގަތެވެ.

"ޚަބަރުދާރު ޒާއިން.. މިކައިވެންޏަށްއެދި އެންމެ ފުރަތަމަވެސް އަހަރެންގެ އާއިލާ ގާތަށްއައީ ކަލޭގެ އާއިލާގެ ފަރާތުން.. ކަލޭމެން ބޭނުންވެގެން.." ލަމްޔާވެސް އެންމެ ތަންފުކެއްވެސް ދޫކުރާކަށް ބޭނުމެއްނުވިއެވެ. ޒާއިން އޭނާގެ ބޮލުގައި އެޅުވި އިލްޒާމުތަކުން އޭނާގެ ހިތުގައިވި ރިހުން އިތުރަށް ފުންވެގެންދިޔައެވެ.

"ހުއް.. އަހަރެން އެބައުޅޭތަ އަންބެއް ބޭނުންވެގެން؟ އަންބަކުނެތަސް އަހަރެން ބޭނުންވާ ކަންތައްތައް އަހަރެންނަށް ފުދޭ.. މިހުރިހައިކަމެއްވެސް ކުރީ އެއަންހެނާ.. އޭނާ އަހަރެންނަށް މަޖުބޫރު ނުކުރިނަމަ އަހަރެން ދުވަހަކުވެސް ކަލެއަކާ ނީނާނަން.. އެހެންނޫނަސް.. ކަލޭ މާރުޅިއަންނަކަމަށް ހެދުނަސް.. އަހަރެންނަށް ޔަގީން މިއީ ކަލޭވެސް ބޭނުންވެގެން.. އަހަރެންގެ މުދަލުގެ ދަހިވެތިކަމުގަ ކުރި ކައިވެންޏެއްކަން.. އެހެންނޫންނަމަ އަހަރެންކަހަލަ މީހަކަށް ކަލޭ ބަލައިވެސްނުލާނެ.. އަދި އެއްވާހަކަ.. އަހަރެންގެ ގޭގައިހުރެގެން އަހަރެންގެ ކަންކަމާ ބެހެން ނުހަދާތި.. އެ އަންހެނާގެ މަޖުބޫރުން އަހަރެން ކަލެއާއި ކައިވެނި ކުރިޔަސް.. އަހަރެންގެ ފަރާތުން ކަލެއަށް އެއްވެސް މޮޅެއްނުވާނެ.. އަހަރެންގެ މިއުޅުމަށް ބަދަލެއްވެސް ނާނާނެ.. ހަނދާންކުރާތި.. އަހަރެންނާއި ދުރުގައިހުރޭ.." ލަމްޔާއާއި ދިމާލަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން ޒާއިން ހަޅޭލަވައިގަތެވެ.

"ނު.. ނޫން... އަހަރެންނަށް.. މިއިން އެއްވެސްކަމެއް ނޭނގޭ.. އަހަރެންގެ އާއިލާއަށްވެސް.. އެނގިހުރެ އެމީހުން އަހަރެންނަށް މިވަރުގެ ބޮޑު ދެރައެއްނުދޭނެ.. ނޫން.. އަހަރެން.. އަހަރެންމީ މުދަލުގެ ދަހިވެތިކަމުގަ އުޅޭމީހެއްނޫން.. ﷲ އަހަރެންނަށް ދެއްވި މިންވަރު އަހަރެންނަށް ފުދޭ.." ގިސްލެވުންދިޔަ ހާލު ލަމްޔާ ބުނެލިއެވެ. އެއަޑުގައިވި ރިހުމުން ޒާއިންގެ ހިތަށްވެސް އަސަރުކޮށްލިއެވެ. އެހެނަސް އެކަން ދައްކާކަށް އޭނާ ބޭނުމެއްނުވިއެވެ. ލަމްޔާ އާއި ގާތްވާންވެއްޖެނަމަ އޭނާގެ ނަފުސު ނުހިފެހެއްޓިދާނެތީ ޒާއިން ބިރުގަނެއެވެ. ދަމާބާރަކުން އޭނާގެ ހިތް ލަމްޔާއަށް ލެނބެމުންދިޔައެއްކަމަކު އެހިތުގެ ގޮވުމަށް އިޖާބަދޭކަށް އޭނާ ބޭނުމެއްނުވެއެވެ. ގިސްލަމުންދިޔަ ލަމްޔާއަށް ބަލަން އުނދަގޫވެ ޒާއިން އޭނާގެ ނަޒަރު އެހެންދިމާއަކަށް ހުއްޓައިލިއެވެ.

"ތީ އަހަރެންނަށް އެނގޭ ކަންކަމެއްނޫން.. އަހަރެންނާ ބެހޭކަމެއްވެސް ނޫން.. ލަމްޔާ ތިސުވާލުތައް ކުރަންޏާ އަހަރެންގެ މަންމައާކުރޭ.. ދެން އިތުރަށް މިބަހުސްކުރާކަށް ބޭނުމެއްނޫން. ވަރަށް ވަރުބަލި.." ބޭނުންނުވި ނަމަވެސް މިފަހަރު ޒާއިންގެ އަޑުގައި މަޑުމައިތިރިކަން އެކުލެވިގެންދިޔައެވެ. އެކަން ލަމްޔާއަށް އިހުސާސުވީހެނެއް ހިއެެއްނުވެއެވެ. ރޮމުން ގިސްލަމުންދިޔައިރު އައިސްފައިހުރި ރުޅިގަނޑުވަނީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. ކައިވެންޏަށް އެންމެ ދުވަހެއް ވީތަނާ އޭނާގެ ހިތް ހަލާކުވެ ކުދިކުދި ވެއްޖެއެވެ. ފަރުވާކުޑަ ނަޒަރެއް ލަމްޔާއަށް ދެމުން ޒާއިން ސޯފާގައި އޮށޯވެ ހަމަޖެހިލިއެވެ. އިވެމުންދިޔަ ލަމްޔާގެ މަޑު އާހުގެ އަޑު ނީވޭކަމަށް ހަދައި އޭނާ ދެލޯމަރައިލިއެވެ. އެއާއެކު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ދެލޮލަށް ނިދި ސަވާރުވެއްޖެއެވެ.

ގިސްލެވެމުންދިޔަ ލަމްޔާގެ އަަޑު މުޅި ކޮޓަރީގައި ހިފައިލައިފައި ވީއިރުވެސް އެއަޑުއަހައިލާނެ ހަމައެކަކުވެސް ނެތެވެ. ހިތްހަލާކުވެފައިވީ ހާލު ލަމްޔާ ލަސްފިޔަޅުތަކެއްގައި ގޮސް ފާޚާނައަށްވަދެ ވުޟޫކޮށް ހަދައިގެން އައިސް ދަމު ނަމާދުކުރަންފެށިއެވެ. އޭރުވެސް އެދެލޮލުން ހުއްޓުމެއްނެތި ކަރުނައިގެ މުތީތައް ރޮނގުހަދައިފައި ފައިބަމުން ދިޔައެވެ.

ސަޖިދައިގައި އޮވެ ލަމްޔާ އެހިތުގެ ހާލު އޭނާގެ ވެރިރައްބަށް އިއްވަމުންދިޔައީ ކޮންމެ ހާލެއްގައި ވީނަމަވެސް އެކަލާނގެ އޭނާއަށް ދެރަގޮތެއް މިންވަރުނުކުރައްވާނެކަން އެނގޭތީއެވެ. އެއްވެސް ނަފުސަކަށް އެނަފުސަކަށް ކުޅަދާނަވެގެންވީ މިންވަރުން ނޫނީ އެކަލާނގެ ތަކުލީފެއްނުޖައްސަވައެވެ. މިއީ ދުނިޔެއެވެ. މިތަނުގައި ދިމާވާ ކޮންމެ ކަމަކީވެސް އަހަރެމެންނަށް ކުރިމަތިކުރުވާ އިމްތިހާނެކެވެ. ކެތްތެރިވާންވީ، ކެތްތެރީންނާއި އެކުގައި ﷲ ވޮޑިގެންވާނެކަން އެނގި އެކަލާނގެއަަށް ވަކީލުކުރާ ހާލުއެވެ. ކެތްތެރިންނަަށް އަދަދު ނުކުރެވޭހައި ގިނަގުނަ ޘަވާބާއި ދަރުމަ ހުރިކަން އަމިއްލަ ނަފުސަށް ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ.

(ނުނިމޭ)

  Please log in or register to bookmark.
  5k

  3 ޚިޔާލު

  1. އަނެެއްބައި އަވަހަށް ގެނެސް ދޭތި.... ވަރަށް ރީތި މި ބައި🥰🥰

   • ތެންކްސް.. އިންޝާ ﷲ މާދަން އަޕްކޮށްލާނަން.. 😊🥰

  ޚިޔާލު

  Your email address will not be published.

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy