ތިޔަ ލޯބީގައި - 12

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ޝަޔަމް އެވާހަކަތައް އޭނާއާއި ހިއްސާކުރަން ބޭނުންނުވަނީކަން ގައިމެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އަނެއްކާ.... އަނެއްކާ ޝަޔަމްއަށް ނުހައިކްދެކެ ލޯބިވެވުނީހެއްޔެވެ؟ ހިތަށްވެރިވެގަތް ސުވާލާއެކު ނޫނެކޭ ކިޔައި ޖިޔާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ.

*****

ހަނދުގެ ރިހިއަލިން މޫދުގެ ލޮނުގަނޑު ވިދަމުންދިޔައިރު ހީވަނީ ކުދިކުދި ޖަވާހިރުގެ މުތީތަކެއް ހެންނެވެ. ފެތުރިފައިއޮތް ހުދު ފަސްގަނޑުގައި ލޯތްބާއި އޯގާތެރިކަމާއެކު ކުދިކުދި ރާޅުތައް ސަމާސަކުރަމުންދިޔައެވެ. އެމަންޒަރުން ހަނދާއި އޭގެ ބައިވެރިން އުފާ ހާސިލްކުރަމުންދިޔަ ކަހަލައެވެ.

މުޅިމާހައުލަށް ވެރިވެފައިވީ ފަޅުކަމެވެ. ދިރޭއެއްވެސް އެއްޗެއްގެ ހިލަމެއްނުވާ އެތަނުގައި އިނށީދެލައިގެން މޫދަށް ނަޒަރުހުއްޓައިލައިގެން ޒާއިން އިންއިރު އެމޫނުމަތިން ފައުޅުވަމުން ދިޔައީ މާޔޫސްކަމެވެ. އަލަތު ކައިވެނީގެ އެއްވެސް އުފާވެރިކަމެއް އެހިތަކަށް އިހުސާސެއްނުވެއެވެ. އޭނާގެ މުޅި ނަފުސު ބަނދެވިފައިވީ ތަފާތު އެކިޚިޔާލުތަކުންނެވެ.

ހަޔާތުގެ އެކިކަންކަމާމެދުގައި ފިކުރުހިންގަންއިންއިރު ވަގުތު ދިޔަގޮތްވެސް އޭނާއަށް ނޭނގުނެވެ. އަތުކުރީގައިއޮތް ގަޑިއަށް ނަޒަރެއްދިންވަގުތު މީހާ އެހައި ސިހުނީ އެހެންވެކަން ޔަގީނެވެ. ގަޑިން މެންދަމު އެކެއްޖަހައި ބޮޑުވީއެވެ. ކޮޓަރިން ނުކުމެގެން ގޭގެ ފުރަގަހުގައިއޮތް އަތިރިމައްޗަށް އޭނާއައީ އެކަނިވެލަން ބޭނުންވެފައިހުރިވަރުންނެވެ.

ފުންނޭވާއެއްލަމުން އިންތަނުން ޒާއިން ތެދުވިއެވެ. އޭނާ ބޭނުންނޫނަސް މިދިރިއުޅުމާ ކުރިމަތިލާން އެބަޖެހެއެވެ. ނަމަވެސް ޒާއިން ބިރުގަންނަނީ ލަމްޔާގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް އައިސްފާނެތީއެވެ. ލަމްޔާގެ ކުރިމަތީގައި އޭނާ ބަލިކަށިވެދާނެތީއެވެ. އެއްގޮތަކަށްވެސް އެހިތުގައި ހިނގަމުންއަންނަ އިހުސާސުތައް ކުރިހޯދާކަށް ޒާއިން ބޭނުމެއްނުވެއެވެ. އެއިހުސާސުތައް އެހެން މީހެއްގެ ކުރިމަތީގައި ބޭޒާރުވާން އޭނާއަކަށް ނުރުހެވޭނެއެވެ. ޒާއިން ބޭނުންވަނީ ކުރިއެކޭވެސް އެއްފަދައިން އޭނާގެ ގޮތުގައި އޭނާ ހިފަހައްޓާށެވެ. ތޮއިބާގެ މަޖުބޫރުން ކައިވެނިކުރެވުނެއްކަމަކު އެކައިވެނި ދަމަހައްޓަން އޭނާ އެެއްވެސް މަސައްކަތެއް ކުރާކަށް ބޭނުމެއްނުވެއެވެ.

އެކިކަންކަމާމެދުގައި ވިސްނަމުން އަވަސް ނިންމުންތަކެއް ނިންމަމުން އައިސް ޒާއިން ގެއަށްވަނެވެ. ކަޅުކުލައިގެ ކޯޓު ކޮނޑުމަތީގައި އަޅުވައިލައިފައިއޮތްއިރު ލައިގެންހުރި ކަޅުފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލައިގެންހުރެ މަޑުހިނގުމެއްގައި އައިސް އޭނާ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ދިއްލައިފައިހުރި އުއްބައްތިތައް ނިވިފައިވުމުގެ ސަބަބުން މުޅިކޮޓަރިއަށް ވެރިވެފައިވީ އަނދިރިކަމެވެ. ވަަށައިގެން ނަޒަރުހިންގައިލަމުން އައިސް ކޮޓަރީގައިހުރި މަޑު އޮރެންޖް ކުލައިގެ ނިދާބޮކި ޒާއިން ޖައްސައިލިއެޗެ. ވެރިވެގެންދިޔަ ފަނޑު އަލިކަމުގެ ތެރޭގައި އެނދުމަތީގައި ނިދިފައިއޮތް ލަމްޔާ އޭނާގެ ލޮލުގައިއަޅައިގަތެވެ. އޭނާ އޮތްގޮތުން ނިދިފައިއެވަނީ އޭނާގެ އިޚުތިޔާރުން ބޭރުގައިކަން ޒާއިންއަށް ވިސްނުނެވެ.

ލަސްފިޔަވަޅުތަކެއް އަޅަމުންއައިސް ޒާއިން ހުއްޓިލީ ލަމްޔާ ކުރިމައްޗަށެވެ. އޭނާގެ ދެލޯ ލަމްޔާގެ ކުޑަކުޑަ މޫނުކޮޅަށް ހުއްޓައިލަމުން ފަރުވާތެރިކަމާއެކު ޒާއިން ލަމްޔާއަށް ބަލައިލިއެވެ. އެހައި މިނިވަންކަމާއެކު ގާތުން ލަމްޔާގެ ސޫރައަށް ބަލައިލަން ލިބުނު ފުރުސަތު ނަގައިލާކަށް ޒާއިންގެ ހިތެއް އެއްބަހެއްނުވިއެވެ.

ލައިގެންއޮތް ކަޅުދޫހެދުމާއެކު އަޅައިފައިއޮތް ކަޅުކުލައިގެ ކުޑަ ވަށްބުރުގާކޮޅުން ލަމްޔާގެ މައުސޫމުކަން އެކުލެވޭ މޫނުގެ ރީތިކަން އިތުރުވެފައިވެއެވެ. ލުއިގޮތަކަށް ހީލަމުން ޒާއިން ތަށިމުށިގަނޑުމަތީގައި ލަމްޔާއަށް ކުރިމަތިވާނެހެން އިނށީދެ ހަމަޖެހިލިއެވެ. އެގޮތުގައި އެތައްއިރަކު ލަމްޔާގެ ސޫރައަށް ބަލަހައްޓައިގެން ޒާއިން އިންއިރު އެދެލޮލާއި މިރޭ ނިދިވެސް ރުޅިހަދައިފައިވާކަހަލައެވެ.

ނިދީގައި ލަމްޔާ ފުރޮޅިލިލުމާއެކު ސިހިފައި ޒާއިން އިންތަނުން އަވަހަށް ތެދުވިއެވެ. ދުރަށް ހިނގައިގަންނަން އުޅެފައިވެސް ކޮޓަރީގައިހުރި އޭސީއަށް ބަލައިލަމުން އެނދުމަތީގައިއޮތް ލަމްޔާއަށް ޒާއިން އަނެއްކާވެސް ބަލައިލިއެވެ. އެއްޗެއް ވިސްނައިލަން އިރުކޮޅަކު ހުރުމަށްފަހު އެނދުގެ އަނެއްފަރާތުގައިއޮތް ބޯރަޖާގަނޑު ގެނެސް ލަމްޔާގެ ގައިމަތީގައި ޒާއިން އަޅައިލިއެވެ. އަދި އައިސް ކޮޓަރީގެ އެއްއަރިމަތީގައިހުރި ބޮޑު ސޯފާގައި ހަށިގަނޑު ދަމައިލަމުން ހަމަޖެހިލިއެވެ.

ނިދީގައިއޮތް ލަމްޔާއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ހޭލެވެމުމާއެކު ފުންމައިގެން އޭނާ ތެދުވިއެވެ. އެއާއެކު ގައިމަތީގައިއޮތް ބޯރަޖާގަނޑު އެއްއަރިއަކަށް ސޮހިގެން ދިޔައެވެ. ހައިރާންވެފައި އެރަޖާގަނޑު ނަގަމުން އޭނާ ބަލައިލީ ހަމަޔަގީނުންވެސް އޭނާއަށް ނިދުނުއިރު ގައިމަތީގައި އެރަޖާ ނޯނާނެކަން އެނގިހުރެއެވެ.

އެއްލިކަޅިއަކުން ކޮޓަރީގައިހުރި ސޯފާގައި ނިދިފައިއޮތް ޒާއިން އޭނާގެ ލޮލުގައިއަޅައިގަތެވެ. ވަގުތުން އެއީ ޒާއިންގެ ކަމެއްކަން ވިސްނި ލަމްޔާއަށް ހީލެވުނެވެ.

ރަޖާގަނޑު އެނދުމަތީގައި ބާއްވައިލަމުން ކޮޓަރީގައިހުރި ބޮޑު ގަޑިއަށް ލަމްޔާ ނަޒަރުހުއްޓައިލީ ގަޑިންވީއިރެއް އެނގެން ބޭނުންވެފައިހުރިވަރުންނެވެ. ދެލޯ ހިމަކޮށްލަމުން ގަޑިއަށް ބަލައިލުމާއެކު އޭނާގެ ދެލޯބޮޑުވެގެންދިޔައީ ގަޑިން ފަތިހު 5 ޖަހާ ބޮޑުވެފައިހުރިތަންފެނިފައެވެ. އަވަސްއަވަހަށް އޭނާގެ ފޯނު ހޯދައިލުމަށްޓަކައި އެނދުމަތީގައި އަތްހިންގައިލިއެވެ. އެހެނަސް ފޯނުއަތު ނުޖެހުމުން ގެނައި އަތްދަބަސްތެރެއިން ފޯނުނުނެގޭކަން އޭނާ ހަނދާންވިއެވެ. ދަމުނަމާދަށް ނުހޭލެވުމުން ދެރަވެފައިހުރެ ލަމްޔާ އަވަސްވެގަތީ ފަތިސްނަމާދު ކޮށްލުމަށެވެ.

ރަޖާގަނޑު ފަތްޖަހައިލުމަށްފަހު އެނދުމަތި ރީތިކޮށްލަމުން އޭނާގޮސް ފާޚާނައަށްވަނީ މީހާ ތާޒާވެލައި ވުޟޫކޮށް ހެދުމަަށްޓަކައެވެ. ވުޟޫކޮށްގެން މޫނުފުހަމުން ފާޚާނާއިން ނުކުތްވަގުތު އަދިވެސް ކަރުހިއްކާކަން އިހުސާސުވެ އޭނާއަަށް ފެންނުބޮވޭކަން ހަނދާންވިއެވެ. އެނދުގެ އެއްްއަރިމަތީގައިހުރި ކަބަޑުގެ މަތީގައިހުރި ފެންޖަގުން ފެންފޮދެއް ތައްޓަށްއަޅައި އަވަހަށް ބޯލީ ކަރުހިއްކުން ފިލުވައިލުމުގެ ގަސްދުގައެވެ.

ތުންފަތްހަފަމުން ލަސްހިނގުމެއްގައި އައިސް ޒާއިން ގާތަށް މަޑުކޮށްލި ލަމްޔާގެ ހިތްވަނީ އަވަސްވެފައެވެ. ދެއަތްދެއަތާ މޮޑެމުންވެސް ހިތްވަރުކޮށްފައި އޭނާ ޒާއިންއަށް ގޮވައިލިއެވެ. ޒާއިންގެ ފަރާތުން އެއްވެސް ހިލަމެއްނުވުމުން ތުރުތުރުއަޅަމުންދިޔަ އަތުން ޒާއިންގެ ކޮނޑުގައި ކޮށްޓައިލަމުން ލަމްޔާ އަނެއްކާވެސް ގޮވައިލިއެވެ. ނިދީގައިއޮވެ ހިތްހަމަނުޖެހުމުގެ އަޑެއްލައްވައިލަމުން ޒާއިން ދެލޯހުޅުވައިލީ އޭނާގެ ނަމުން ތަކުރާރުކޮށް މީހަކުގޮވާއަޑަށެވެ. އެވަގުތު އޭނާއާއި ދިމާލަށް ގުދުވެއޮތް ލަމްޔާފެނި ސިހިފައި އޭނާއަށް ތެދުވެވުނެވެ.

ޒާއިންގެ އަވަސް ހަރަކާތުން ސިހިގެންދިޔަ ލަމްޔާވެސް އޭނާއާއި ދުރަަށް ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ރޭގަނޑުގެ ހަމަނިދި ނުލިބުމުގެ ސަބަބުން ޒާއިންގެ ބޮލުގައި ގަދައަށް ރިއްސަމުންދިޔައެވެ. ނިދުނުތާ މާގިނައިރެއްނުވަނީސް ލަމްޔާ ގޮވުމުން އޭނާ ރުޅިއަންނަގޮތްވިއެވެ.

"ކިހިނެއްވީ؟" ހުއްޓުންއަރައިފައި އޭނާއަށް ބަލަންހުރި ލަމްޔާއަަށް ބަލައިލަމުން ހިތްހަމަނުޖެހިފައި ޒާއިން އަހައިލިއެވެ. ޒާއިންގެ ރާގުހުރިގޮތުން ލަމްޔާ ޖެހިލުންވާގޮތްވިއެވެ.

"ނަމާދުކުރަން.." ޖެހިލުންވީވަރުން ލަމްޔާއަަށް ވާހަކަދައްކަން އުނދަގޫވިއެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ކޮންމެވެސް އެއްޗެއް ބުނެވޭތޯ އޭނާ މަސައްކަތްކުރިއެވެ.

"ދެން ކޮށްބަލަ. ތީ އަހަރެންގެ ހުއްދަ ހޯދަންޖެހޭ ކަމެއްނޫން." ހަރުކަށިކަމާއެކު ޒާއިން ބުނެލިއެވެ. ބޮލުގައި ރިހެމުންދިޔަވަރުން ކިޔޭ ނުކިޔޭއެއްވެސް ޒާއިންއަށް ނޭނގެއެވެ.

"ޒާއިންވެސް.. ނަމާދުކުރަން.. ޖެހޭނު.." ބިރުގަތްނަމަވެސް އަނެއްކާވެސް ލަމްޔާ ބުނެލިއެވެ. "ކަލޭ ކުރާހައިކަމެއް އަހަރެންޖެހޭތަ ކުރަން. ތީ އަހަރެން ކުރާކަހަލަ ކަންކަމެއްނޫން. ކުރަންޏާ ތިމާމީހާ އަމިއްލައަށްގޮސްކުރަންވީނު. އަހަރެންނަަށްދެން އުނދަގޫކޮށްގެން ނުވާނެ." ހިތްހަމަނުޖެހިފައި ޒާއިން ހަޅޭލަވައިގަތުމާއެކު ލަމްޔާގެ ދެލޯބޮޑުވެގެންދިޔައެވެ. އަވަސް އަވަހަށް ޒާއިންއާއި ދުރަަށް ހިނގައިގަތެވެ. އޭރު އޭނާގެ ދެލޯވަނީ ކަރުނުންފުރި ބަރާވެފައެވެ. މިވީ ކިހިނެއްހެއްޔެވެ؟ ޒާއިން ރުޅިއަންނަވަރުގެ އެއްޗެއް އޭނާއަށް ބުނެވިއްޖެހެއްޔެވެ؟ ލަމްޔާއަށް އެއްްގޮތަކަށްވެސް ނުވިސްނުނެވެ. ތުންފިއްތައިލަމުން ލަމްޔާ ނަމާދަށް އަރަމުން ސޯފާގައިއޮތް ޒާއިންއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ހިތުގައި ރިއްސައިލިއެވެ. އަނެއްކާ ޒާއިންއާއި ކައިވެނިކޮށްގެން އޭނާއަށް މިކުރެވުނީ ރަނގަޅުކަމެއްބާވައެވެ. ނަމާދުކޮށްނިމި މުސައްލަމަތީގައި އިންއިރުވެސް ޒާއިންގެ ވިހަގަދަ ޖުމުލަތައް ލަމްޔާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނައޮހިގަތެވެ. ހަޔާތުގައި ދުވަހަކުވެސް މީހަކު އޭނާއާއި ވާހަކަދައްކައިފައިނުވާފަދަ ގޮތަކަށް ޒާއިން ވާހަކަދެއްކުމުން ހަގީގަތުގައިވެސް ލަމްޔާގެ ހިތަށްވަނީ ވަރަށް ތަދުވެފައެވެ.

*****

ކާރުން ފައިބައިގެން އައިސް އޮފީހަަށްވަދެ މަސައްކަތްތައް ކުރިއަަށްދަމުންދިޔަ ފަންގިފިލައަަށްގޮސްވަތް ޝަޔަމްއަށް ލިބުނީ ހައިރާންކަމެވެ. އެކިމީހުނާއި އެކުގައި މަސައްކަތްތަކުގައި ބައިވެރިވަމުންދިޔަ ނުހައިކްފެނި އޭނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ނުހައިކްއަަށް ގޮވައިލަމުން އައިސް ޝަޔަމް އެހިސާބުގައި މަޑުޖެހިލިއެވެ.

"އަހަރެން ހީކުރީ މިއަދު އޮފީހަށް ނާނާނެކަމަަށް. ކޮއްކޮގެ ކައިވެނީގެ ކަންކަމު މާބުރަކޮށްއުޅޭ ވާހަކަ ބުނީމައޭ އަހަރެން މިއަދު އޮފްއެއްނަގަން ނުހައިކް ގާތު ބުނީ.. ނުހައިކްވެސް އެއްބަސްވީމެއްނު އޮފްއެއް ބޭނުންވާކަމަށް.." ޝަޔަމް ވާހަކަދެއްކިލެއްރީތިކަމުން ނިތްއަރުވައިލަމުން ނުހައިކް ޝަޔަމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"ރޭގަ ކައިވެނި ކުރެވިއްޖެ.. އެނގޭ މިއަދު އޮފް އެއް ބޭނުންވާ ވާހަކަ ބުނެވުނުކަން. އެކަމް.. ލަމް.. ލަމް ނެތީމަ ގޭތެރެ ވަރަށް ފަޅު.. ކަމެއްނުކޮށް އެހެން ހުންނަންވީމަ.. މާބޮޑަށް ފޫހިވާތީ.. އެހެންނޫނަސް.. މިކަންތައް އަވަހަަށް ނިމުނީމައެއްނު އޮފީސް އަވަހަށް ހުޅުވޭނީވެސް.." ލުއިގޮތަކަށް ހީލަމުން ނުހައިކް ބުނެލިއެވެ. ބަދަލުގައި ޝަޔަމް ބޯޖަހައިލީ ނުހައިކް އެދައްކާ ވާހަކަ އޭނާއަށް ވިސްނޭކަން އަންގައިދިނުމުގެ ގޮތުންނެވެ.

"ތިވެސް ތެދެއް.. އަހަރެން ހީކުރިވަރަށްވުރެ މާއަވަހަށް މަސައްކަަތްތައް ކުރިއަށް އެބަދޭ.. ހީވަނީ އަންނަ ހަފުތާގެ ކޮންމެވެސް ދުވަހެއްގަ އޮފީސް ހުޅުވައިލެވޭނެހެން.. ދެން ބާކީ ހުންނާނީ ނަންބޯޑު ހެދުމާއި އެހަރުކުރުމުގެ ކަންތައްކެއްނު." ކުރިއަށްދަމުންދިޔަ މަސައްކަތްތަކަށް ބަލަންހުރި ޝަޔަމްގެ މޫނުމަތިން ފައުޅުވަނީ އެކަމާ ހިތްހަމަޖެހިފައިހުރިކަމުގެ ނިޝާންތަކެވެ. އާނއެކޭ ބުނަމުން އެތަނުން މީހަކާއި ދިމާލަށް ނުހައިކް ހިނގައިގަންނަން އުޅުނެވެ. އެހިނދު އޭނާގެ ނަމުން ޝަޔަމް ގޮވައިލުމާއެކު ހުއްޓި ޝަޔަމްއަށް ނުހައިކް ބަލައިލިއެވެ.

"ތޭންކްސް.. އެންޑް ސޮރީ.." އިސްޖަހައިލައިގެންހުރެ ޝަޔަމް މަޑުމަޑުން ބުނެލިއެވެ. ޝަޔަމް އެބުނި ބަސްތަކުގެ މުރާދު ނުވިސްނިފައި ނުހައިކްހުއްޓެވެ. ސުވާލުގެ ނަޒަރަކުން ހައިރާންވެފައި ނުހައިކް ބަލަންހުރުމުން ޝަޔަމް ލަދުގަންނަގޮތްވިއެވެ.

"ކޮންކަމަކަށް؟" އިރުކޮޅެއްވެގެން ދިޔައިރުވެސް ޝަޔަމް ވާހަކަނުދެއްކުމުން ނުހައިކް އަހައިލިއެވެ. "ތޭންކްސް.. ނުހައިކްގެ ހެލްޕަަށް. ހަގީގަތުގަ މިހައި ފުރިހަމައަށް އޮފީހުގެ ކަންކަން ކުރިއަށް މިދަނީ ނުހައިކްގެ ވިސްނުންތޫނުކަމުން.. ކޮންމެ ޚިޔާލެއްވެސް އެހައި ފުރިހަމަ.. އަހަރެންނަށްވެސް.. ނުހައިކްގެ ޚިޔާލުތަށް ވަރަށް ކަމުދޭ.. އެހެންވެ.. އެންޑް ސޮރީ.. އެންމެ ފުރަތަމަ އަހަރުމެން ދިމާވި ދުވަހު ނުހައިކްއާއި ދިމާލަށް އަހަރެންނަށް ކިޔުނު އެއްޗިއްސަށް.. އަދި އޭގެ ފަހުންވެސް.. އަހަރެނަށް ކަންތައް ކުރެވުނު ގޮތަށް.." މަޑުމައިތިރިކަމާއެކު އެހިތުގައިވި ކަންކަން ޝަޔަމް ހާމަކޮށްލިއިރު އެދޮންމޫނަށްވަނީ ޖަންބުކުލަ އަރައިފައެވެ. ޖަވާބުގައި ބުނާނެ އެއްޗެއް ނުހައިކްގެ ސިކުނޑިއަކަށް ނައެވެ. އޭނާ ހަގީގަތުގައި ހީކުރިހައި ހިތް ނުބައި ކުއްޖަކަށް ޝަޔަމް ނުވިތާއެވެ. އެގޮތަށް ވިސްނުނީމައި ނުހައިކް ދެރަވެދުގަތެވެ. ކުރެވޭ ހީތަކުގެ ނުބައިކަން އެވަގުތު އޭނާއަށް ވިސްނުނެވެ. އެއްޗެއްބުނަން ނުކުޅެދުމުން ނުހައިކް ލަސްލަހުން ބޯޖަހައިލަމުން ޝަޔަމްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެތަންފެނި ޝަޔަމްގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.

"ސޯ.. އަހަރެންނަަށް މައާފުކުރީތަ؟" ހަގީގަތުގައިވެސް ޝަޔަމްގެ ހިތުގައި ނުހައިކްއާއި މެދުގައިވި ގިލަންވެރިކަންވަނީ ފިލައިފައެވެ. އޭނާ މައާފަށް އެދުނީ އެހެންވެއެވެ. ފާއިތުވެދިޔަ ރޭގައި އޭނާ ވަނީ އެހުރިހައި ކަމަކާއިމެދުގައި ވަރަށް ވިސްނުން ހިންގައިފައެވެ. މިވީ ދުވަސްްތަކުގައި ނުހައިކްގެ ފަރާތުން އޭނާ ހިތްހަމަނުޖެހޭފަދަ އެއްވެސް ކަމެއް ނުވެއެވެ. ވީއިރު ހިތުގައިއޮތް ނަފުރަތަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ޝަޔަމް ދުއްޓެވެ. އަނެއްކޮޅުން ޖިޔާއަށް އެހީއެއްވުމުގެ ގޮތުންވިއަސް އޭނާއަށް ކުރަން ނިންމިފައިހުރީ ދެކޮޅުނުޖެހޭ ކަންތައްތައްކަމުގައި އޭނާގެ ޟަމީރު ވިސްނައިދިނެވެ. ޚުދު ޝަޔަމްއަށްވެސް އެކަންކަން ގަބޫލުކުރެވެއެވެ. ނަމަވެސް... ނަމަވެސް އެހިތުގައި ނުހައިކްއަށް ޚާއްސަކަމެއް ދެވިއްޖެއެވެ. ނޭނގިހުއްޓައި އެހިތުގައި ނުހައިކްގެ ތަސްވީރު ކުރެހި ނިމިއްޖެއެވެ. އޭގައި އޭނާގެ ކުށެއް އެބައޮތްހެއްޔެވެ؟ ނުހައިކްގެ ހިތްފަތަހަކުރުމަށް އަޒުމު ކުރިއިރު ފަހަރެއްގައިވެސް މިހެންވެދާނެކަމަށް ޝަޔަމް ހިޔެއްނުކުރެއެވެ.

ފުންވިސްނުމަކަށް ގެއްލިފައިހުރި ޝަޔަމްއަށް ނުހައިކް ގޮވައިލިއެވެ. އެއަޑަށް އެސްފިޔަތައް ތަޅުވައިލަމުން ޝަޔަމް ނުހައިކްއާއި ނަޒަރު ސީދާކޮށްލިއެވެ. ހަގީގަތުގައިވެސް ކުރިމަތީގައިހުއްޓިހުރި އެއިންސާނާ އޭނާގެ ހިތް ބަލައިގަނެފައިވާކަން އެހިނދު ޝަޔަމްއަށް އިހުސާސުވިއެވެ.

"އަމް.. ސޮރީ.. ހެހެ.. ކަމަކާމެދު ވިސްނާލެވުނީ.. ނުހައިކް.. އަހަރެން.. އަހަރެން ވާހަކައެއް ބުނަން ބޭނުން.." ޖެހިލުންވެފައިހުރެ ޝަޔަމް ބުނެލިއެވެ. މީހެއްގެ ކުރިމަތީގައި އަމިއްލަ ނަފުސުގެ މައްޗަށްއޮތް އިތުބާރުގެއްލި މީހާ ޖެހިލުންވި މިއީ ފުރަތަމަފަހަރެވެ. އެހެންޏާ ނުވާ އެތައްގޮތްތަކެއް މިހާރު ނުހައިކްގެ ކުރިމަތީގައި ހުންނައިރު އޭނާއަށްވާކަން ކަށަވަރެވެ.

ޝަޔަމް ބުނަންއުޅޭ ވާހަކައަކަށް ޝައުގުވެރިކަން ފައުޅުކޮށްލަމުން ނުހައިކް އޭނާގެ ހުރިހައި ސަމާލުކަމެއް ޝަޔަމްއަށް ހުއްޓައިލިއެވެ. ހިތުގެ ހިނގުން އަވަސްވަމުންދިޔަ ޝަޔަމް ކުޑަކޮށް ކަރުކެހިލަމުން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ.

(ނުނިމޭ)

    Please log in or register to bookmark.
    6k

    ޚިޔާލު

    Your email address will not be published. Required fields are marked *