kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ތިޔަ ލޯބީގައި - 11

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ނަފުސަށްވެރިވަމުންދިޔަ އުނދަގޫ އިހުސާސުތަކާއެކު ފައިމަތީގައިއޮތް ދެއަތް މުށްކަވައިލަމުން ކުއްލިއަކަަށް ގޮނޑި ދުރަަށްޖައްސައިލުމަަށްފަހު ޒާއިން ތެދުވިއެވެ. އެތަންފެނި ސުވާލުގެ ނަޒަރަކުން ގާޒީ ޒާއިންއާއި ދިމާލަށް ބަލަމުންދިޔައިރު، ސާރާގެ ފަހަތުން ވަދެގެންއައި ތޮއިބާގެ ދެލޯވެސް ބޮޑުވެގެންދިޔައީ ހާސްވީވަރުންނެވެ.

ހުއްޓުންއަރައިފައި ލަމްޔާއާއި ދިމާލަށް ބަލަންހުރި ޒާއިންގެ ގާތަށް އަވަސް އަވަހަށް އައިސް ހުއްޓިލަމުން ޒާއިންގެ ފަހަތުން އަތްޖައްސައިލުމަށްފަހު ތޮއިބާ އޭނާއަށް ގޮވައިލިއެވެ. ތޮއިބާގެ އަޑަށް ސިހިފައި ޒާއިންއަށް ހަމަބިމަށް އާދެވުނުކަހަލައެވެ.

"ކިހިނެއްވީ ޒާން؟" ވައިއަޑުން ތޮއިބާ ކަންބޮޑުވެފައި އަހައިލިއެވެ. ވަކި އެއްޗެކޭނުބުނެ ޒާއިން ދެފަރާތަށް ބޯހޫރުވައިލީ ކަމެއްނުވެއޭ ބުނުމުގެ ގޮތުންނެވެ. އޭރު ސާރާ އާއި އެކުގައި ލަމްޔާވެސް އައިސް ޒާއިން ގާތުގައި ހުއްޓިއްޖެއެވެ. ލަމްޔާއަށް ބަލައިލަމުން ޒާއިން މަޑުމަަޑުން ގޮނޑީގައި އިނށީދެހަމަޖެހިލިއެވެ. ސާރާގެ އެހީއާއިއެކު ލަމްޔާވެސް އޭނާއަށް ޚާއްސަކިރެވިފައިވީ ގޮނޑީގައި އިނށީނުމާއިއެކު ކައިވެނީގެ މަޖިލިސް ފެށިގެންދިޔައެވެ.

"އަނބި.. އަނބި ޤަބޫލުކޮށްފިން.." އަޅައަޅައި ގަންނަމުން ޒާއިން އެހެންބުނެލިއަޑާއެކު ލަމްޔާގެ ކޯތާފަތަށް ޖަންބުކުލަ އަރައިގެންދިޔައެވެ. އިސްޖަހަައިލައިގެން އިނެއްކަމަކު އެތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ.

އަމިއްލަ ދުލުން ބުނެވުނު ޖުމުލަ ޒާއިންގެ ކަންފަތްބުޑުގައި ގުގުމަމުންދިޔައެވެ. ބުނެވުނު ބަހާއިމެދުގައި ޔަގީންނުވެފައިއިންހެން ޒާއިން އިނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. އެޖުމުލައިން އޭނާގެ ހިތަށް ފިނިކަމެއް އިހުސާސުކުރެވިގެންދިޔައެއްކަމަކު ސިކުނޑިއަށް ބަރުވެގެންދިޔައެވެ. ކުރެވެމުންދިޔަ ފިކުރުތައް އިންތިހާއަށް މައްޗަށްދާންފެށުމާއެކު އޭނާ ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. ނަމަވެސް އެއްވެސްކަމެއްކުރަން ނުކުޅެދިފައިއިން މީހަކުފަދައިން ޒާއިން އިނީއެވެ. ކުރިއަަށްއޮތް ދުވަސްތަކުގައި ކަންތައްވާނީ ކޮންފަދައަކުންކަމާމެދު އަމިއްލަ ނަފުސާ ސުވާލުކުރާ ހާލުއެވެ.

ކައިވެނީގެ ވަލީމާ ބާއްވަން ހަމަޖެހިފައިވީ އެގޭގެ ގޯތިތެރޭގައެވެ. އެކިކުލަކުލައިގެ ލައިޓުން އެމުޅިތަން ދިއްލައި އަޅައިފައިވީއިރު ހިތްގައިމުކަމެއް މުޅި އެސަރަހައްދަށް ވެރިވެފައިއޮތެވެ. ހަމައެކަނި އާއިލާ އާއި އެކުވެރިންނަށް ބޭއްވޭ ވަލީމާއެއް ނަމަވެސް އެތަނުގައި ފުދޭވަރަަކަށް މީހުން ގިނައެވެ.

ދެމަފިރިންނަށް ޚާއްސަކުރެވިފައިވިތީ ތަނުގައި ހުއްޓި ލަމްޔާ އާއި ޒާއިން ތިބިއިރު ދެމެދުގައި ރަސްކަންކުރަމުންދިޔައީ ހަމަހިމޭންކަމެވެ. އިސްވެ އެއްވެސް ވާހަކައެއް ދެއްކުމަށް ދެހިތްވެސް ޖެހިލުންވެފައިވިއެވެ. ހަގީގަތުގައި ދައްކާނެ ވާހަކައެއްވެސް ދެމީހުންކުރެ އެކަކަަށްވެސް ނުވިސްނެނީއެވެ. އެތަނުގައި އެހެން ހުންނަންވުމުންވެސް ޒާއިންގެ ހިތްހަމަނުޖެހުން އިތުރުވެފައިވިއެވެ. ޕާޓީ ނިމޭނެ އިރެއްގެ އިންތިޒާރުގައި ވަގުތުގުނަމުން އޭނާ ދިޔައީ އެހުރިހައިކަމަކުން އަވަހަށް ސަލާމަތްވާން ބޭނުންވެފައިހުރި މިހަކުފަދައިންނެވެ.

ގަޑިން 10 ޖެހުމާއެކު 8.30ގައި ފެށުނު އެވަލީމާ ނިމުމަކަށް އަތުވެއްޖެއެވެ. ލަމްޔާގެ ގައިގައި ބައްދައިލަމުން އެނިތުގައި ނުހައިކް ބޮސްދިނެވެ. އެއާއެކު ތޮއިބާ އާއި ސާރާ ލަމްޔާ ގޮވައިގެން ޒާއިންގެ ކޮޓަރިއާއި ދިމާއަަށް މިސްރާބުޖެހިއެވެ. އެމީހުންގެ ފަހަތުން ހިނގައިގަންނަން އުޅުނު ޒާއިން ހުއްޓުނީ ނުހައިކް އޭނާއަށް ގޮވައިލި އަަޑަށެވެ.

"ޒާއިން.. މިރޭ އަހަރެން އެނބުރި މިދަނީ ހަގީގަތުގަ އަހަރެންގެ އަތުގައި އޮތް އެންމެ އަގުބޮޑު ޖަވާހިރު ޒާއިން އާއި ހަވާލުކޮށްފަ.. ލަމްދެކެ އަހަރެން ހިތާފުރާނައިން ލޯބިވަން.. އަހަރެންގެ ކޮއްކޮއަަށް ލިބޭ ކޮންމެ ގެއްލުމަކީ އަހަރެންނަަށްވެސް ލިބޭ ގެއްލުމެއް.. އެކޮއްކޮގެ އުފަލާ ހިތްހަމަޖެހުން އަހަރެންނަށް އެހެންހުރިހައި ކަމަަކަަށްވުރެ މުހިންމު.. ހީކުރަން ޒާއިން އަހަރެންގެ އެއަމާނާތަށް ރައްކާތެރިވާނެކަމަށް.. އަހަރެންގެ ކޮއްކޮ ހިތުޖެހޭވަރުކަމެއް ދުވަހަކުވެސް ނުކުރާނެކަމަަށް.. އެކޮއްކޮއަށް ދެރަގޮތެއްވެއްޖެނަމަ އަހަރެން މަޑުން ނުހުންނާނެކަން ހަނދާންކުރާތި.. އަހަރެން އެދެނީ ތިދެކުދިންނަަށްވެސް އުފާވެރި ހަމަޖެހޭ ޒަވާޖީ ހަޔާތެއްލިބުން.. އަހަރެންގެ ހެޔޮ ދުޢާ އަބަދުވެސް ތިދެކުދިންނާއެކު ވާނެ.." ހިތުގައިވި ހުރިހައި ވާހަކައެއް ޒާއިން ގާތުގައި ހާމަކޮށްލުމަށްފަހު ހިނިތުންވެލަމުން ނުހައިކް ޒާއިންގެ ކޮނޑުގައި ޖަހައިލިއެވެ. އަދި އެތަނަށް އައިސް ހުއްޓުނު ސާރާ ގާތުގައި ގެއަށްދިއުމަށް ހިނގާށޭބުނެ އެގެއިން ނުކުތުމަށް ހިނގައިގަތެވެ. ނުހައިކްގެ ފަހަތުން ދިއުމުގެކުރިން ލޯތްބާއެކު ސާރާ ޒާއިންގެ ކޮނޑުގައި ފިރުމައިލިއެވެ. އަދި ޒާއިންގެ ކޮޓަރީގައި ލަމްޔާ އޭނާގެ އިންތިޒާރުގައި އެބައިންކަމަށް ބުނެލިއެވެ.

ނުހައިކް ދެއްކި ވާހަކަތަކުން ބުނާނެ އެއްޗެއް ނުވިސްނިފައި ޒާއިން އެތަނުގައި އެމީހުން ނުކުމެގެންދިޔައިރުވެސް ހުއްޓެވެ. އެވާހަކަތައް ސިކުނޑިތެރޭގައި ތަކުރާރުވަމުންދިޔައީ އޭނާގެ ބޮލުގައި މަޑު ރިހުމެއް އުފައްދަމުންނެވެ. އިސްތަށިގަނޑު ތެރޭގައި އަތްހިންގައިލަމުން ޒާއިން ގެއަށް ވަދެ އޭނާގެ ކޮޓަރިއާއި ދިމާއަށް ލަސްފިޔަވަޅުތަކެއް އަޅަމުންދިޔައެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ އެކޮޓަރީގެ ހަތަރުފާރުތެރޭގައި ލަމްޔާ އޭނާގެ އިންތިޒާރުގައި އިންކަން ހަނދާންކޮށްދެމުންނެވެ.

މަޑުމަޑުން ދޮރު ހުޅުވައިލި ޒާއިންގެ ދެލޯބޮޑުވެގެންދިޔައީ ކޮޓަރިތެރެ ޒީނަތްތެރިކޮށްލައިފައިވީގޮތް ފެނިފައެވެ. އެކި ތަންތަންކޮޅުގައި އުއްބައްތި ދިއްލައިފައިވީއިރު ރަތް ފިނިފެންމަލުގެ ފިޔަތަކުން ކޮޓަރީތެރޭގެ ފަޅުކަންވަނީ ފިލުވައިލައިފައެވެ. ވަގުތުން އެއީ ތޮއިބާގެ ކަމެއްކަން ޒާއިންއަށް ވިސްނުނެވެ. ޔަގީނެވެ. ޕާޓީ ކުރިއަށްދަމުންދިޔަ ވަގުތު ކޮންމެވެސް ބަޔަކާ ހަވާލުކޮށް އޭނާ އެކަން ކުރުވީއެވެ. ދެބުމަގޮށްޖަހައިލަމުން ޒާއިން އެތެރެއަށްވަދެ ދޮރު ލައްޕައިލިއެވެ. އެއަޑަށް އެނދުގެ އެއްއަރިމަތީގައި އިސްޖެހިފައިއިން ލަމްޔާ އިސްއުފުލައިލަމުން ބަލައިލިއެވެ.

ލަމްޔާ އާއި ހަތަރުކަޅި ހަމަވިހިނދު ޒާއިންއަށް ހިންދިރުވައިލެވުނެވެ. ވިރެމުންދިޔަ އުއްބައްދީގެ ފަނޑު އޮރެންޖްކުލައިގެ އަލީގެ ތެރެއިން އެރީތިކަން އެތައްގުނައެއް އިތުރުވެފައިވިއެވެ. ބޮޑު ދެލޮލުގައިވި ތޫނުކަމުން ޒާއިންގެ ހިތް ކަތިލެވެމުންދިޔައެވެ. އެސްފިޔަ ޖަހައިލަންވެސް ބޭނުންނުވެފައި ޒާއިން އެހުރިގޮތަށް ހުއްޓެވެ.

ޒާއިން ބަލަންހުރިގޮތުން ލަދުގަތް ނަމަވެސް މަޑުމަޑުން އިންތަނުން ލަމްޔާ ތެދުވިއެވެ. ގަޔަށް ދޫކޮށްހުރި ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ލަމްޔާ ހަގީގަތުގައިވެސް ހީވަނީ ފަރި ޕަރީއެއްހެންނެވެ. ހެދުން ޖަރީކުރުމަަށް މާބޮޑު ގޮތްތަކެއް ހަދައިފައިނެތަސް ޒާއިންއަށް އެހެދުން އެތައްގުނައެއް ރީތިވެގެންދިޔައީ އެލައިގެންހުރި އަންހެންކުއްޖާގެ ސަބަބުންނެވެ.

"ހެދުން.. ބަދަލުކޮށްލަން.. ބޭނުން.." ލައިގެންހުރި ހެދުމުގެ ސަބަބުން އުނދަގޫވެފައިހުރެ ލަމްޔާ ބުނެލިއެވެ. އަރުތެރެހިކެމުންދިޔަ ޒާއިންއަށް ވާހަކަދެއްކުން ފަސޭހަކަމަކަށް ނުވިއެވެ. އަތުގެ އިޝާރާތުން އޭނާ ފާޚާނައިގެ ދޮރު ދައްކައިލިއެވެ. އިތުރަށް އެއްޗެއްބުނަން ނުކެރިހުރެ ލަމްޔާ އައިސް އަލަމާރިން އޭނާ އާންމުކޮށްލައިއުޅޭފަދަ ދޫހެދުމެއް ނެގިއެވެ. ތޮއިބާ ވަނީ ލަމްޔާ އެކޮޓަރިއަށް އައުމުގެކުރިން ގޭގައި ގެންގުޅޭ ކުއްޖާގެ އެހީތެރިކަމާއެކު ލަމްޔާގެ ސާމާނު އަލަމާރިއަށް އަޅައި ތަރުތީބުކޮށްދީފައެވެ.

ލަމްޔާގެ ކޮންމެ ހަރަކާތަކަށް ބަލަހައްޓައިގެން އެހުރިފިޔަވަޅުމަތީގައި ޒާއިން ހުއްޓެވެ. ބުނާނެ ބަހެއް ނުވަތަ ކުރާނެ ކަމެއްވެސް ނުވިސްނިފައެވެ. ޒާއިންގެ އެހަމަހިމޭންކަމުން ލަމްޔާ އިތުރަަށް ހާސްކުރުވަމުންދިޔައެވެ. ޒާއިންގެ ނަޒަރުން ރެކެންބޭނުންވެފައިހުރި މީހަކުފަދައިން އަވަސް އަވަހަށް ލަމްޔާގޮސް ފާހާނައަށްވަދެ ދޮރުލެއްޕިއެވެ. ލަމްޔާގެ މިއަމަލުން ޒާއިންގެ ތުންފަތަށް ފަނޑުހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެހެނަސް އެހިނިތުންވުން ދެމިގެންދިޔައީ މަދު ސުކުންތުކޮޅަކަށެވެ. އެއްޗެއް ވިސްނައިލަން އިރުކޮޅަކު ހުރުމަަށްފަހު ގަމީހުގެ މަތިން ލައިގެންހުރި ކޯޓު ބާލަމުން ޒާއިން ކޮޓަރިން ނުކުތެވެ.

ހެދުން ބަދަލުކޮށް ތާޒާވެލައިގެން ލަމްޔާ ނުކުތްއިރު ކޮޓަރިއަަށް ވެރިވެފައިވީ ފަޅުކަމެވެ. ޒާއިން ކޮޓަރީގައި ނެތީކަން އެނގި ލަމްޔާ ތުންފަތުގައި ދަތްއަޅައިލަމުން އެނދުގެ އެއްއަރިމަތީގައި އިނށީދެލިއެވެ. އެރޭގެ ކުރިއަަށްއޮތް ވަގުތުތަކުގައި ވާނީ ކިހިނެއްކަން ނޭނގި އެހިތްވަނީ ނުތަނަވަސްވެފައެވެ.

ދެމީހުން ރަނގަޅަށް ދަސްނުވެ ކުރެވުނު ކައިވެންޏެއް ނަމަވެސް ލަމްޔާ ބޭނުންވީ ރިވެތިގޮތުގައި އެގުޅުން ފަށައިގަންނާށެވެ. ދެމަފިރިން އެކުގައި ސުންނަތް ނަމާދެއްކޮށް ދުޢާކުރަން އޭނާ އިނީ ބޭނުންވެފައެވެ. އެވަރުން ވުޟޫކޮށްގެން ނުކުތީވެސް ޒާއިން ގާތުގައި ހިތުގެ އެދުން ހާމަކުރަން އަމިއްލަ ނަފުސަށް ހިތްވަރުދެމުންނެވެ.

ޒާއިންގެ އިންތިޒާރުގައި ލަމްޔާ ވަގުތުތައްގުނަމުން ދިޔައިރު، އޭނާ އެދިޔަތަނަކާއި މެދުވެސް ލަމްޔާ އިނީ ސުވާލުއުފެދިފައެވެ. ކޮޓަރީގެ ދޮރުހުޅުވައިލަމުން އޭނާ ބޭރުވެސް ބަލައިލައިފިއެވެ. އެހެނަސް ގޭތެރޭގައިވެސް ރަސްކަންކުރަމުން ދިޔައީ މަރުފަދަ ހިމޭންކަމެވެ. އެނދުގެ ހެޑް ބޯޑާއި ބުރަކަށްޓާ ދެމެދަށް ބާލީހެއް ލައްވައިލަމުން ލަމްޔާ ހަމަޖެހިލީ ޒާއިން ނާނަނީސް ނިދަން ބޭނުންނުވެފައި އިނދެއެވެ. ނަމަވެސް ފާއިތުވެދާންފެށި ވަގުތުތަކާއެކު ވެފައިހުރި ވަރުބަލިކަމެއްގެ ސަބަބުން ލަމްޔާގެ ދެލޮލަށް ނިދި ސަވާރުވަމުންދިޔައީ އޭނާއަށް ނިންޖާއި ދެކޮޅަށް ހަނގުރާމަކުރުމަށް ދަތިކުރުވަމުންނެވެ.

*****

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. ޓެރަހުގައިހުރި ކުޑަ ކޮފީމޭޒު ދޮށުގައި އިނށީދެލައިގެން އަތުގައިހުރި މަގުން ކޮފީގެ އެތިފޮދުފޮދު ބޮމުން ޝަޔަމް ދިޔައިރު އޭނާގެ ސިކުނޑީގައިވީ ނުހައިކްގެ ޚިޔާލުތަކެވެ. ޚިޔާލުތަކަށް ގެއްލިފައިއިންލެއް ބޮޑުކަމުން ޖިޔާ އައިސް އެތަނަށް ހުއްޓުނުކަމެއްވެސް ޝަޔަމް ނުދެނަހުއްޓެވެ.

"ހާދަ ފުން ވިސްނުމަކަށް ގެއްލިފައޭ." ޝަޔަމްގެ ކޮނޑުގައި ޖަހައިލަމުން ޖިޔާ ދިމާކޮށްލިއެވެ. ޖަވާބުގައި އެއްވެސް އެއްޗެއް ބުނުމެއްނެތި ފަނޑު ހިނިތުންވުމަކުން ޝަޔަމް ފުއްދައިލީއެވެ.

"ކޮން ޚިޔާލެއްތަ ތިކުރަނީ؟ ތީ ދުވަހަކުވެސް ޝަޔަމް އިންގޮތެއްނޫން. ހަމަގައިމުވެސް އަހަރެން ނުދެކެން." ޝަޔަމް ގާތުގައިހުރި ގޮނޑީގައި އިނށީދެލަމުން އަނެއްކާވެސް ޖިޔާ ސުވާލުކޮށްލިއެވެ.

"އެއްވެސް ޚިޔާލެއް ނުކުރަން. ތީ ޖިޔާއަށް ހީވާގޮތެއް." ލުއި ގޮތަކަށް ހީލަމުން ޝަޔަމް ބުނެލިއެވެ. ޖިޔާ ނިތް އަރުވައިލަމުން ދެފަރާތަށް ބޯހޫރުވައިލިއެވެ.

"ހެވޭ ނުބުންޏަސް. އެނީވޭސް.. އޮފީހުގެ މަސައްކަތް ކިހިނެއްކުރިއަށްދަނީ؟ އެންޑް ނުހައިކްއާ ދެމީހުން އެކަނި ތިހެން އުޅޭއިރު އެއްވެސް ކަމެއް ހަމަ ނުހިނގާތަ؟" ޝަޔަމްއާއި ގާތްވެލަމުން ޖިޔާ އެއްލޯ މަރައިލައިފައި އަހައިލިއެވެ. ފަހަކަށް އައިސް ޝަޔަމް ނުހައިކްގެ ވާހަކަނުދައްކާތީ އޭނާ އިނީ ސުވާލުއުފެދިފައެވެ. އަނެއްކާ އެދެމެދުގައި އޭނާއަށް ނޭނގި ކަންތައްގަނޑެއް ހިނގަނީބާވައެވެ.

"އޮފީހުގެ މަސައްކަތްތައް ހަމަ ބަރާބަރު.. ތެންކްސް ޓް ނުހައިކް.. އަހަރެން ބޭނުންވި ގޮތަށްވުރެވެސް ފުރިހަމައަށް އެކަން އެބަ ކުރިއަަށްދޭ.. ނުހައިކްގެ ވިސްނުން ވަރަށް ފުރިހަމަ.. އަހަރެންނަަށް ވަރަށް ކަމުދޭ އޭނާގެ ޚިޔާލުތައް.." ކޮފީ މަގުގެ އެއްކައިރީގައި އިނގިލި ހާކަމުން ދުރަަށް ނަޒަރު ހުއްޓައިލައިގެންއިން ޝަޔަމް ބުނެލިއެވެ. ޝަޔަމްގެ ވާހަކަ ހުރިގޮތުން ޖިޔާއަށް ބުނާނެއެއްޗެއް ނޭނގުނެވެ. ނުހައިކްއަށް އެެފަދަ ތަޢުރީފުތަކެއް ޝަޔަމް ކޮށްފާނޭ އެއްފަހަރުވެސް އޭނާގެ ހިތަކަށް ނާރައެވެ.

"ތީ ހަމަ ޝަޔަމްތަ؟ އަހަރެން ހީކުރީ ޝަޔަމް ނުހައިކްދެކެ ފޫހިވާކަމަށް." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޖިޔާ ބުނެލިއެވެ. އޭނާގެ ދެލޯވީ ޝަޔަމްގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރަށް ހުއްޓައިލެވިފައެވެ. އެމޫނުން ޝަޔަމް ދައްކަމުން އެދާވާހަކަތަކުގެ ތެދުދެގޮ އެނގެން އޭނާ ބޭނުންވަނީ ކަންނޭނގެއެވެ.

"ހެހެ.. އަހަރެންގެ ޒާތީ ދިރިއުޅުމާ، ވިޔަފާރީގެ ކަންކަމާ އެއްއިރަކުވެސް އެއްކޮށެއް ނުހަދަން.. އެއީ ވަކި ދެކަމެއް.. އެންޑް.. ޔެސް.. އެއްއިރެއްގަ އަހަރެންނަށް ނުހައިކްދެކެ ފޫހިވެވުނަސް.. މިހާރު އެނގޭ އެއީ އެހެންމީހުންކަހަލަ މީހެއްނޫންކަން.. އެހެންމީހުނާ ނުހައިކް.. ވަރަށް ތަފާތު.. މިހުރިހައި ދުވަހެއް ވީއިރުވެސް.. އެފަދަ ގޮތަކަށް އޭނާ އަހަރެންނާ ދިމާއަށް ބަލައިވެސްނުލާ.." ޚިޔާލުތަކަށް ގެއްލިފައިއިނދެ ޝަޔަމް ވާހަކަދައްކަމުންދިޔައިރު ޖިޔާގެ ހައިރާންކަން އިވެމުންދިޔަ ވާހަކަތަކުން އިތުރުވަމުން ދިޔައެވެ. ޝަޔަމްގެ ހިތުގައިވި އެއްޗެއް ދެނެގަންނަން އުނދަގޫވެފައި ޖިޔާ އިންއިރު އޭނާގެ ހިތުގައި ނުހައިކްއާއި މެދުގައިވި ފޫހިކަން އިތުރުވަމުންދިޔައެވެ.

"ޝަޔަމް މޮޔަވީތަ؟ އެބަ އެނގޭތަ ތިކިޔޭ އެއްޗެއް؟ ޝަޔަމްގެ ޕްލޭންމަތިން ހަނދާންނެތުނީތަ؟" ޝަޔަމްގެ ކޮނޑުގައިހިފައި ތަޅުވައިގަންނަމުން ޖިޔާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ސިހިފައި ޝަޔަމް ޖިޔާގެ މޫނަށް ބަލައިލިއެވެ. އަދި ޖިޔާ އޭނާއާއި އަމާޒުކޮށްލި އެސުވާލުތަކާމެދުގައި ވިސްނައިލިއެވެ.

ތެދެކެވެ. ނުހައިކްގެ ހިތް އަތުލާނެކަމަށްބުނެ ޝަޔަމްވަނީ އަމިއްލަ ސިކުނޑީގައި އެތައްކަމެއް ރާވާފައެވެ. ޖިޔާއަށް އެދުވަސް ދައްކާނެކަމަށްބުނެ އޭނާވަނީ އެތައް ފޮންޏެއްވެސް ކަނޑައިފައެވެ. އެހެނަސް ފުންކޮށް އެކަންކަމާއި މެދުގައި ވިސްނައިލުމުން މިހާރު އޭނާގެ ނަފުސު އެކަންކަމާއި ދެކޮޅުހަދާކަން ޝަޔަމްއަށް އިހުސާސުވިއެވެ. ކީއްވެހެއްޔެވެ؟ ޚުދު ޝަޔަމްއަށްވެސް އެސުވާލުގެ ޖަވާބެއް ނޭނގެއެވެ. އޭނާއަކީ އަބަދީއްސުރެވެސް ކުރަންބުނެފިކަމެއް ކުރާ މީހެކެވެ. ނަމަވެސް މިފަހަރު އެކަން ބަދަލުވެއްޖެއެވެ.

ދެފަރާތައް ބޯހޫރުވައިލަމުން ޝަޔަން އިންތަނުން ތެދުވީ އިތުރަށް އެމައުޟޫއަށް ވާހަކަދައްކަން ބޭނުންނުވުމުންނެވެ. އޭނާއަށްވެސް ނޭނގޭ ސުވާލުތަކެއްގެ ޖަވާބު އޭނާދޭނީ ކިހިނަކުން ހެއްޔެވެ؟

"ވަރަށް ނިދިއާދޭ އެބަ. ގުޑް ނައިޓް" ޖިޔާއަށް އިތުރަށް ވާހަކަދައްކާނޭ ފުރުސަތެއްނުދީ ޝަޔަމް އެތަނުން ދިއުމުން އަނގައިން އަޑެއްލައްވައިލަމުން އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ. ޝަޔަމްއަށް އެހައިބޮޑު ބަދަލެއް އަންނަންވީ ކީއްވެހެއްޔެވެ؟ ކުރިން ނުހައިކްގެ ނަން އިވުނަސް އެމޫނުމަތިން ފައުޅުވާ ފޫހިކަން މިހާރު ފައުޅުނުވަނީ ކީއްވެހެއްޔެވެ؟ ނުހައިކްއަަށް ތައުރީފުކުރަމުން ދިޔައިރު ޝަޔަމްގެ ދެލޯ ވިދަމުންދިޔަގޮތް ޖިޔާ ދުއްޓެވެ. އެދެމެދުގައިވި ގުޅުން ގާތްވީބާވައެވެ؟ ޖިޔާއަަށް ނޭނގި ކޮންމެވެސް ކަންތައްގަނޑެއް އެދެމެދުގައި ހިނގައިފިކަން ޔަގީނެވެ. ޝަޔަމް އެވާހަކަތައް އޭނާއާއި ހިއްސާކުރަން ބޭނުންނުވަނީކަން ގައިމެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އަނެއްކާ.... އަނެއްކާ ޝަޔަމްއަށް ނުހައިކްދެކެ ލޯބިވެވުނީހެއްޔެވެ؟ ހިތަށްވެރިވެގަތް ސުވާލާއެކު ނޫނެކޭ ކިޔައި ޖިޔާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ.

(ނުނިމޭ)

  Please log in or register to bookmark.
  7k

  2 ޚިޔާލު

  1. ވަރަށް ރީތި މި ބައި ވެސް.
   ދެން ފަހަރަކުން ތަންކޮޅެއް ދިގުކޮއް ގެނެސްދެއްޗޭ .

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy