ވަޒަން

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

މުޅި މާލެ ގުގުމައިގެން ދިޔައީ ބަޔަކު އަރައިގަނެގެން އުޅޭ ޚަބަރާއެކުއެވެ. ގޭގޭގެ ކުޑަދޮރުތައް ލައްޕާ، ދޮރާށިތަކުގައި ތަޅު އެޅުވިއްޖެއެވެ. މަގުމަތިން ފެންނަހާ މީހަކަށްވެސް ހަމަލާދެނީޔޯލައެވެ. އިސާހިތަކު މުޅި މާލެ ހޭލައްވާލައިފިއެވެ. ގޮވަމުންދިޔަ ބަންގި މެދުތެރޭން ހުއްޓިއްޖެއެވެ. ކޮންމެ މީހަކުވެސް ދުލަށް އައި ހައި ހެޔޮ އެއްޗެއް ކިޔަމުންދިޔައިރު ޤައުމަށްޓަކާ އެހެރަ ޝަހީދުވަނީ ޒުވާން ފަހުލަވާނެކެވެ.

ވަޒަން ހުސްވަމުންދާ ވާހަކަ ގޮވަމުން ދިޔަ ނަމަވެސް އެތެރޭގައި ތިބި ސިފައިންނަށް ވަޒަން ފޯރުކޮށްދެވޭ ވަރަށްވުރެ ހަމަލާތައް ވަރުގަދައެވެ. ސަލާމަތުންހުރެ އެތެރެއަށް ވަދެވޭނޭ އެއްވެސް ގޮތެއް ނެތެވެ. ގޮތް ހުސްވެފައިވީ ނަމަވެސް މި ޒުވާނާ ހިތްވަރު އެލުވައެއް ނުލައެވެ. އެންމެ ފަހު ވަޒަނާ ޖެހެންދެންވެސް ދުޝްމިނުންގެ ހަމަލާތަކަށް ދިޔައީ ރައްދު ދެމުންނެވެ.

މި ވަރުގަދަ ހަމަލާ ބަދަލުކުރުމުގެ ތެރޭ އެންމެ 20 އަހަރުގެ ޙުސެއިން އާދަމްގެ މެއަށް އެރި ފުރަތަމަ އުންޑައާއެކު މުޅި ސަރަހައްދު ސިއްސުވާލިއެވެ.

******

ކުޅުދުއްފުށީ ނޮޅިއާދަނާއި، އެ ރަށު މުދިމު ހަސަނުގޭ އައިސައާއި ދިމާވީ ރަށު އަމީރު އަމީން މަދަރުސާގައި ކިޔަވަން އުޅެމުންނެވެ. އެކަކު އަނެކަކަށް ދެކެފަރިތަ ނަމަވެސް ވާހަކަ ދައްކައެއް ނޫޅެއެވެ. ނަމަވެސް އާދަނުގެ ހިތުގައި އައިސައާ މެދު ވަނީ ފުން ލޯތްބެއް އުފެދިފައެވެ. ހަމައެކަނި ދުލުކުރިއަށް ބުނަން ބޭނުންވާ ވާހަކަ ނުގަނެވޭކަމެވެ. އައިސަގެ އެންމެ ފެނިލުމަކަށް އާދަނު ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހުސްފައިގައި ހިނގާ އެތައް ރެއެއް ވަނީ ކަނޑައްތުކޮށްފައެވެ. އެންމެ ފަހުން ގައިގެ ހުރިހާ ހިތްވަރެއްލާފައި މުދިމު ހަސަނު ގޯއްޗަށް އެ ފޮނުވީ ދެ ހެކިވެރިންނެވެ. ކައިވެނީގެ އެއްވެސް ވާހަކަ އެއް ދައްކާނުލާ ސީދާ ހެކިވެރިން ފޮނުވުމުން އައިސަ ޒާތަކަށް ހައިރާންވެސް ވިއެވެ. ނަމަވެސް ކައިވެންޏަށް އެއްބަސްވީ ރުހުމާއެކުއެވެ. އައިސަގެ ހިތުގައިވެސް އާދަނަށް ޚާއްސަ މަޤާމެއް ދެވިފައިވީތާއެވެ.

އުމުރުން 22 އަހަރުގައި ކުރެވުނު މި ކައިވެންޏަށް 13 ދަރިން ލިބުނެވެ. ނަމަވެސް ދުވަސްވަރުގެ ގޮތުންނާއި، ވަސީލަތްތަކުގެ ތަދުކަމުން، ދުނިޔޭގައި ތިބީ 6 ކުދިންނެވެ. ޙުސައިން އާދަމަކީ އެ ދެމަފިރިންނަށް ހަތަރު ވަނަ އަށް ލިބުނު ކުއްޖާއެވެ.

***

އާދައިގެ މަތިން އާދަނު އެ އިނީ ގޯތި ބަނބުކެޔޮގަސް ކައިރީ އިށީނދެލައިގެން އެ ގޯތި ހުސޭނު ކުޅެން އުޅޭ މަންޒަރު ބަލާލާށެވެ. އަމާޒަށް ބަޑި ޖެހުމާއި، ދުނި އުކުން ފަދަ ކަންކަމަކީ އެ ސޮރު ނިކަން ކުރާހިތުން ކުރާ ކަންކަމެވެ. އެންމެ ފަހުން އާދަނު ވަނީ ހުސޭނު ކިޔާވަރުން އޮނުން ދުނިއަކާއި އިލޮށިން ދުނިދަނޑިއެއްވެސް ތައްޔާރުކޮށްދީފައެވެ. އެ ލިބުމަށްފަހު ހުސޭނުގެ ކަމަކީ ބަނބުކެޔޮ ފަތުގެ ދެ ނަރު ދޭތެރެއަށް ތީރު ޖެހުމެވެ. ބައެއް ފަހަރު ލައްވާލައެވެ. އަނެއްބައި ފަހަރު އެހާ ނަސީބުވެރިއެއް ނޫނެވެ. އަދި ފިލާގަނޑެއްގައި ބޮޅެއްއަޅާފަ، ދުރުގައި ބަހައްޓާފަ، އޭގެ މެދަށް ދުނި ޖެހޭތޯ މަސައްކަތް ކުރާނެއެވެ. އަދި ފަޅޯލެއް ގަހެއްގައި ހުއްޓަސް އެ ފަޅޮލަށޤވެސް ދުނި ޖަހާނެއެވެ.

"މަންމާ ބަލާބަލަ. އޭނދަ ފަޅޮލަށް މިޖަހަނީ" މިހެން ބުނެ ހުސޭނު ދުނިޖަހާނެއެވެ. ޖަވާބުގައި އައިސަ ތިހެން ނަހަދާށޭ ބުމުނުން ޖަވާބުގައި ދޭނީ ހުސޭނުގެ އަތްމަތީ ޖަވާބެވެ.

"ފަހުން ރަނގަޅުވާނެ" ހުސެން ބުނެލާނެއެވެ.

ހުސޭނަކީ ކުޑައިރުއްސުރެ ނުލާހިކު ބަސްއަހާ، ބަނިއާދަން ކުއްޖެކެވެ. ނަމާދަށްވެސް ބަރާބަރަށް އަރާނެއެވެ. އުމުރުން އަށް އަހަރުގައި ނަމާދުކުރަން ފެށިއެވެ. ރަށުގައިވެސް އޭނަ ފިޔަވައި ރޯދަމަށް އާދަވެގެން ޤަވާއިދުން ތަރާވީސް ނަމާދުކުރާ ކުއްޖެއްވެސް ނުހުންނާނެއެވެ.

މިފަދަ މަންޒަރުތަކުން އާދަނުގެ ހިތަށް ފިނިކަން ގެނުވަމުން ކުޑަ ކުޑަ ހުސޭނު އެ ދިޔައީ އިންޗިއަކުން އިންޗިއަކުން ބޮޑުވަމުންނެވެ.

އުމުރުން ސާދަ ފަނަރަވަރުވެލީމާ ހުސޭނު ކުރާ ކަންކަންވެސް ބޮޑުވެއްޖެއެވެ. ސިފައިންނާއި ފުލުހުންނަށް ވެގެން ކުޅިވަރުކުޅެހަދައެވެ. މިގޮތުން ކޮށްއުޅުނު އެންމެ ނުރައްކާތެރިކަމަކީ ތެޔޮބަޑިހަދައިގެން ގޮއްވާ ހެދުމެވެ. މިކަން ކޮށް އުޅުނީ މަޖަލަކަށެވެ. ބައެއް ފަހަރު މީހުންނާށް ބިރުދައްކާލާށެވެ. އެހެން އުޅުމުގައި ބައެއް ފަހަރު ލަނޑުވެސް ލިބޭނެއެވެ. އެގޮތުން އެއްދުވަހަކު ހުސޭނު އަނގަޖަހައިގެން ހޮޅިއަށް ފުމެނިކޮށް ހުސޭނުގެ މޫނަށް ބަޑީގެ ހުޅުގަނޑު އަރާ އޭނަގެ ބޮލުން އިސްތަށިތަކެއް އެނދިއެވެ. އެކަކު ކައިރިވެސް ނުބުނެ އަވަސް އަވަހަށް މަންމަމެނަށް ނޭނގޭގޮތަށޤ ބޯކުރުކޮށްލައިގެން ވެސް އުޅުނެވެ.

އެ ރަށު ސުކޫލުގައި ކެޑޭޓްގެ ހަރަކާތްތަކެއް ފެށުމާއެކު ހުސޭނުވެސް އޭގައި ބައިވެރިވާން ބޭނުންވިއެވެ. އާދަނާއި އައިސަ އެކަމަށް ތަރުހީބު ދިނީ އެ ސޮރު އެހާ ކުރާހިތްވާކަމަކަށް ވީމައެވެ. ހުސޭނު އޭރު ކިޔަވާވެސް ނިމެނީއެވެ.

"އާދަންބޭ، ޑިފެންސުން އަންގާފަ އެބަ އޮތް 12 ދަރިވަރުން ސިފައިންގެ ތެރެއަށް ވެއްދުމަށް ފޮނުވަން. އެކުދިންގެ ތެރެއިން އެއް ކުއްޖަކަށް އަހަރެން ހުސައިން ފޮނުވަން ގަސްތުކުރަން. މިކަމަށް، އާދަންބެ ބުނަނީ ކީކޭތަ؟"

އެއީ ހުސޭނުގެ މުދައްރިސް ކުޅުދުއްފުށީ މޫސާ އަލީ އައީ ސިފައިންގެ ތަމްރީނަށް މާލެ ދާން ރަށުން ހޮވާލި 12 ކުދިން ތެރޭ އާދަނު ގޯތި ހުސޭނުވެސް ހިމެނު ހަބަރު ދޭށެވެ.

"ކަލޭ މާލެ ފޮނުވަން މި އުޅެނީ..."

ހުސޭނުގެ މުދައްރިސް ހުސޭނު މާލެ ގެންދިޔަސް އެންމެ ރަނގަޅުތޯ އެހުމުން އާއެކޭ ބުނުމުގެ ކުރިން ހުސޭނު ކައިރީ އާދަނު އަހާލިއެވެ. ހުސޭނު އެއްވެސް ޖަވާބެއް ނުދެއެވެ. ބުނި އެއްޗެއް ބުނީ އޭނާ މަންމަ ކައިރީގައެވެ.

ހުސޭނުގެ ސަކަ ކަމުން ބައެއްފަހަރު ތިއުޅެނީ މިރަށުގައި ހުންނާތީ އުނދަގޫވެގެން ތިމަންނާ ފޮނުވާލަން ހެއްޔޭ ސުވާލުކޮށްލައެވެ. އައިސަވެސް ހީލާފައި، ނޫނެކޭ މާލެއިން ބުނެގެންނޭ ކިޔާ އެ ސަމާސާގައި ބައިވެރިވެލައެވެ. ހުސޭނު ފުރުވުމަށް ކުރަން ތައްޔާރީތައް ބައްޕަ އާއި މަންމަ ކުރަމުން ދިޔައިރު ހުސޭނުވެސް ދިޔައީ ރަށުގައި ހުރުމަށް އެ ލިބުނު މަދު ދުވަސްކޮޅު ގޯތީގައި ހަލާކުވެފައި ހުރި އެއްޗެއްވިއްޔާ މަރާމާތުކޮށްދީ ސާފުކޮށްދިނުމުގައި އެހީވަމުންނެވެ. ތަޅުންގަނޑުގައި ހަޑިވެފައި ހުރި ތަންތަން ރަނގަޅުކޮށް، ގޭތެރޭގައި އުވަ ޖަހާ، ސާފުކުރަމުންދިޔައީ ނުހަނު އުފަލާއެކުއެވެ.

ދުވަސްތައް ގުނަމުންގޮސް ވާން ޖެހޭ ތައްޔާރީތައް ވެ ފުރާ ދުވަސް އަތުވެއްޖެއެވެ. ސިފައިންގެ ތަމްރީނަށް ފުރުމަށް ހުސޭނު މާލެއަށް މިސްރާބު ޖެހީ އުމުރުން 16 ވަރަކަށް އަހަރުއެވެ.

ސިފައިންގެ 4 ތަމްރީނެއް ހުސޭނު ފުރިހަމަކުރިއެވެ. ބަޑި ޖެހުމަކީ ހުސޭނު ނިކަން ޝައުގުވެރިވާ ކަމެއް ކަމުން ތަމްރީނަށްފަހު އޮތް ބަޑި މުބާރާތެއްގައި ބައިވެރިވެ، 6 ވަޒަނުން 3 ވަޒަން، އަމާޒަށް ޖެހިއެވެ.

ދޭތެރެއަކުން ސިޓީއެއް އާދަނަށް ލިބޭނެއެވެ. ހާލުއަހުވާލު އަހައި ކޮންމެވެސް ސަކަ ވާހަކައެއް ދައްކާލާނެއެވެ. ދުރުގައި ހުއްޓަސް އެ ސޮރު މަތިން ހަނދާން ނުވާ ދުވަހެއް ނުދެއެވެ.

ހުސޭނު ސިފައިންގޭގައި އުޅެމުން ދިޔަ އިރު، ބައެއް ފަހަރު އޭނަ ބުނެގެން ބައްދަލުކުރަން ބައްޕަ މާލޭ ގޮސްލާހަދައެވެ. ގޮސް ބައްދަލުވުމުން ވަރަށް ކަމޭ ހިތާނެއެވެ.

"ބައްޕާ، މިތާކު އަޅުގަނޑު ނޫޅޭނަން... މިތާ އުޅޭނީ ބޮންޑު ހަމަވަންދެން" ބައްޕައާއި މާލެއިން ބައްދަލުވި ފަހަރެއްގައި ހުސޭނު ބުންޏެވެ. އެއާއެކު އާދަނު އެހީ ދެން ކުރާނީ ކީއްތޯއެވެ.

"ބައްޕަ ޤަބޫލިއްޔާ ބޭނުމީ ބޯޓު ދަތުރު ކުރަން ދާން.." ހުސޭނު ޖަވާބުދިނެވެ.

"ދެން އެހިނސާބަށް ދިޔައިމަ އެކަމަށް އުޅުނީމަ ރަނގަޅުވާނެ" މިހެން ބުނެ އާދަނު ޚިޔާލު ދިނެވެ.

"ބޮންޑު ހަމަވާން އޮތީ 2 އަހަރު... 2 އަހަރު ހަމަވުމުން ބައްޕަ ޤަބޫލިއްޔާ ކެނޑޭނީ."

"ބައްޕަ މަޖުބޫރެއް ނުކުރާނަން." އާދަނުގެ ޖަވާބުވެސް އައީ ދަރިފުޅުގެ ނިންމުމަށް އިހުތިރާމްކޮށެވެ.

ދެން ހުސޭނު ބުނީ "ބޯޓަކަށް އަރައިގެން ދުނިޔެބަލާލަން ދާން ބޭނުން" ކަމަށެވެ.

އާދަނާއި އައިސަ ދިޔައީ ބޮންޑު ހަމަވުމަށްފަހު ހުސޭނު އަންނާނޭ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ. އެންމެ ފަހުންވެސް ލޮލަށް ފެނިލީ ތަމްރީނު ނިމުމަށްފަހު ޢީދު ޗުއްޓީއަކަށް ރަށަށް އައި ފަހަރަކުއެވެ. އޭގެ ފަހުން މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ފޮނި އިންތިޒާރެއް މި ދެމަފިރިން ކުރަމުންދިޔަ އިރު ނޮވެމްބަރު 3 ގެ އުދަރެހަށް ފާއްދިލި އިރާއެކު އެ ލިބުނީ ހިތް ފަޅައިގެން ދާހާ ވޭންގަދަ ޚަބަރެކެވެ.

*** *** ***

ނޮވެމްބަރު ތިނެއްގެ ފަތިހުގެ ހިމޭންކަމުގައި މުޅި ރާއްޖެ އޮތީ ނިދާފައެވެ. މަގުތައް އަމާންވެފައި، އުޑުމަތި ސާފެވެ. މީހެއްގެ ހިލަމެއް ވަނީ އެހެން ހާހަހަކުން ފަހަރުއެވެ. މަލަމަތި ކިތަންމެ ހިމޭނަސް ފަޒާގައި ވަނީ އާދަޔާޚިލާފް ނުތަނަވަސްކަމެކެވެ.

ބަނޑޭރިގޭ ބޭރު ގޭޓުގެ ހުޅަނގު ފަރާތުގައި ބަޑި ފޯރިއަށް އެ ހުރީ އެންމެ 20 އަހަރުގެ ޒުވާނެކެވެ. ޔުނިފޯމުގެ އެއްފަރާތުގައި އިން ބެޖްގައި ނަން ލިޔެވިފައި އިނެވެ. ހުސެއިން އާދަމްއެވެ. ޑިއުޓީއަށް އައިސް ހުއްޓިލީ އެހެން ފަހަރުތަކެކޭވެސް އެއްފަދައިން އަދަބުވެރިކަމާއެކުއެވެ. މި ޕޯސްޓުގައި ދަމުފޯރިއަށް އަރާ ސިފައިން އަރަނީ ބަޑިއާއެކު ކަމުން މިއީ ހުސެއިނަށް ވަރަށް ކަމުދާ މަޤާމެކެވެ.

ހުސެއިނު ހުރި ހިސާބުން ކޯއްޓޭގެ މައިދާން ވަރަށް ރީތިކޮށް ފެނެއެވެ. އޭނާ ހުރި އިމާރާތަށް ބަލާނަމަ އެއީ ވަށައިގެން 4 ފޫޓެއްހައި ތިރި ފާރުބުރިއެއް ލައިފައިވާ އިމާރާތެކެވެ. އެ ތަންކޮޅަކީ ޑިއުޓީގައި ހުންނަ މީހަކު، ވާރެއާއި އަވިން ސަލާމަތްވެ ހުންނަން ހަދާފައިހުރި، ވަރަށް އާދައިގެ ތަނެކެވެ. ފާރުގެ ސާދާ ކަމުންނާއި ތުނި ކަމުން، ބޭރުން މާ ބޮޑު ހަމަލާއެއްދީފިނަމަ، އެ ފާރު ފޫއަޅުވާލުން މާ ދަތިކަމަކަށް ނުވާނެއެވެ.

ކަނާތް ފަރާތުގައި ޑިއުޓީ އަދާކުރަން ހުރި ސިފައިންގެ ރަހުމަތްތެރިޔާއާ ދޭތެރެއަކުން ވާހަކަ ދައްކާލައެވެ. ކޮންމެވެސް ސަކަ ވާހަކައެކެވެ. އެހެން ހުރެލާފައި ދެމީހުންގެ ހިނިގަނޑެއް ޖަހާލައެވެ. ދެތިން މިނިޓް މިހެން ތިބެލުމަށްފަހު އަނެއްކާވެސް ސިފައިންގެ ރަހުމަތްތެރިޔާ އޭނާގެ މަޤާމެއް އަނބުރާ ދާނެއެވެ. ވަގުތުގެ ހަމަހިމޭންކަމުންނާއި ހިތްފަސޭހަ ކަމުން ދެމީހުންވެސް ތިބީ ހަމަޖެހިލާފައެވެ.
މި ހިމޭންކަން ފޫ އަޅުވާލި ބާރުގަދަ އަޑެކެވެ.

"އެއީ ކޮން ވަޒަނެއްގެ އަޑުތޯ؟" ސިފައިންގެ އިމާރާތުގެ އެތެރޭގައި ހުރި ފަރާތާ ހުސައިން އާދަމް ސުވާލު ކުރިއިރު އޭނާގެ ހަރަކާތްތައް އަވަސް ވެފައި ހުށިޔާރެވެ.

އޭރު ސިފައިންގެ ތެރެއިން ވާހަކަ ދެކެވުނު މީހާގެ ފަރާތުން އެއި އެތެރޭން އިވުނު އަޑެއް ނޫންކަން ޔަޤީންވުމާއެކު، ހުސެއިންގެ ވިސްނުން ދިޔައީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާ ދިމާއަށެވެ. އެއީ އެ އޮފީހުގައި ބަޑިފޯރިއަށްހުރި މީހެއްގެ ބަޑިން ނިކުތް ވަޒަނެއްތޯ ސުވާލު އުފެދެން ފެށުނެވެ. އޭނާ ހުރި މަޤާމަށް އިތުރަށް ސަމާލުވެހުރެ، ވަގުތުން އަތުގައި އޮތް ބަޑި ލޯޑުކޮށް، ފާރުން ނިވާވެވޭނޭ އެންމެ ބޮޑަކަށް ނިވާވެ އޮވެ، ކުރިމަތިން ފެންނަން އޮތް މައިދާނަށް މުޅި ސަމާލުކަން ދިނެވެ. ސިކުންތަކަށްފަހު ސިކުންތެއް ގުނަމުންދިޔައީ ހުށިޔާރުވެހުރެއެވެ.

ކުއްލިއަކަށް އިވެން ފެށީ އެއްފަހަރަކާ އެތަކެއް ވަޒަންތަކެއް ސިފައިންގެ އިމާރާތާ ދިމާލަށް އަމާޒުވަމުންދިޔަ އަޑެވެ. އެއީ ސިފައިންގެ މައި ގޭޓަށް އަމާޒުކޮށްފައިވާ ވަޒަންތަކެއް ކަން ކަށަވަރުވުމާއެކު، ހުސެއިން އާދަމް ތައްޔާރުވީ ކައުންޓަރ އެޓޭކަށެވެ. އެއްވެސް މީހެއްގެ އޯޑަރަކާއި ނުލާ، ހުސެއިން ދުޝްމިނުންގެ ހަމަލާއަށް ރައްދުދޭން ފެށީ މިއީ ޤައުމަށް އޮތް ނުރައްކަލެއްކަން އެނގިހުރެއެވެ.

ހުސެއިން އާދަމްގެ ބަޑީގެ އަޑަށް ސިފައިންގެ އެތެރެއިން ސަމާލުވެއްޖެއެވެ. ފޮނުވަން ޖެހޭ ހުރިހާ ސަރަހައްދަކަށް ސިފައިން ފޮނުވާ އެތެރެއިން ވާންޖެހޭ ތައްޔާރީތައް ހަލުވިމިނެއްގައި ކުރިއަށް ގެންދިޔައެވެ. އޭރުވެސް ބޭރުގެ މައިދާން ހިފަހައްޓަމުންދިޔައީ ހުސެއިނުގެ ބަޑީގެ ވަޒަންތަކުންނެވެ. ދުޝްމިނުންނަށް ހިލާ ސިފައިންގެ މައި ގޭޓާ ހަމައަށް ފޯރޭވަރު ނުވިއެވެ.

ހުއްޓުމެއް ނެތި ހަމަލާ ދެމުން ދިޔައިރު، ހުސެއިން އާދަމް ގޮވަމުންދިޔައީ އިތުރު މެގަޒިން އެއް ފޯރުކޮށްދޭށޭއެވެ.

ދުޝްމިނުން ހަމަލާދޭން ފެށީ ކުއްލިއަކަށް ކަމުން، ޙުސެއިން އާދަމަށް ބަޑި ޖެހެން ފެށުނީ އޮޓޮމެޓިކް ގައި ބަހައްޓައިގެންނެވެ. ނަތީއްޖާއަކަށް ވީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ އަތުން ވަޒަން ހުސްވުމެވެ. ދެވަނަ މެގަޒިން ލައްވަނިކޮށް ކުއްލި ސިހުމަކާއެކު އައި ވަޒަނެއް ހުސޭނުގެ އަތަށް އެރިއެވެ. ނަމަވެސް އެވާހަކަވެސް އެތެރޭގައި ހުރި އޮފިސަރަށް އެންގުމަށްފަހު، ބަޑި މެނުއަލް ގައި ލޯޑުކޮށް ހަމަލާދޭން ތައްޔާރުވަނިކޮށް ބާރުމިނުގައި އައި ވަޒަނެއް އެ އެރީ ހުސެއިން އާދަމްގެ މެއަށެވެ.

ސިފައިންގޭގެ އެތެރެއަށް އައުމަށް އެދި އޯޑާ ލިބުނަސް، އެވަރަށް ހުސެއިން އަތުގައި ވަޒަން ނެތްކަމަށް ބުނަމުންދިޔައެވެ. އެތެރޭގައި ތިބި ސިފައިންނަށް ހުސެއިނުގެ އަޑު ކެނޑިއްޖެކަން އިހުސާސް ވީ ހަމަލާ ފެށިތާ 25 އަކަށް މިނެޓް ފަހުންނެވެ. އޭރު ގަޑިން ގާތް ގަނޑަކަށް 4:40 ވަނީއެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިޣުލާލު ނަގާލަން ޓެރަރިސްޓުންނާއި ރާއްޖޭގެ ބަޔަކު މިހިންގި ކުއްލި ޢުދުވާނީ ހަމަލާއަށް ހުއްޓުމެއް ގެނުވާލީ މި 25 މިނެޓް ވަންދެން ހުސެއިން އާދަމްދިން ހަމަލާތަކެވެ. ސިފައިންގެ އެތެރޭން ވާންޖެހޭ ތައްޔާރީތައް ވުމަށް ވަގުތު ލިބުނީވެސް، ހުސެއިން އާދަމްގެ ހުށިޔާރުކަމުންނާއި، ކުޅަދާނަކަމުންނެވެ.

ހުސެއިން އާދަމް ޝަހީދުވެގެން އެދިޔައީ، އޭނާ އެންމެ ފުރަތަމަ ބަޑިފޯރިއަށް ނިކުތް ޕޮއިންޓުގައި ހުރެއެވެ. އެއީ 1 ޖެނުއަރީ 1987ގެ ރޭ 12:00 ގައި، އޭނާ އެންމެ ފުރަތަމަ ބަޑިފޯރި މަރަންފެށި ހަނދާނީ ޕޮއިންޓެވެ. ނޮވެމްބަރު 3 ގެ މި ހާދިޡާއަށްފަހު އެ ޕޮއިންޓު ވެފައި ވަނީ، ޤައުމަށްޓަކައި ޝަހީދުވި ބަޠަލް، ޙުސައިން އާދަމް ޝަހީދުވެގެން ވެއްޓުނު ޕޮއިންޓަށެވެ.

ޙުސައިން އާދަމް، ޙަމަލާފެށުމާއި ޝަހީދުވުމާއި، މި ދެމެދުގައި އެ ހިނގައިދިޔަ 25 މިނިޓަކީ، ގައުމަކަށް ދަރިއަކު، ކޮށްދޭނެ އެންމެ މަތިވެރި ޚިދުމަތުގައި ހުރެ، ގުނަމުންދިޔަ 25 މިނިޓެވެ. އޭނާ ހިނެވި މީހުންގެ ލޮލަށް، އެ ހަށިގަނޑުން ފެނިފައިވި ޒަޚަމްތަކަށް ބަލާއިރު، މެއަށް އަރާފައިހުރި ވަޒަންތަކުން ހާމަވަނީ، އޭނާގެ މޭގެ އެންމެ ފަހު ވިންދު ދޫކޮށްފައި އެވަނީވެސް، ދިވެހި ގައުމުގެ ޙައްގުގައި ކަމެވެ. ވިހުރެމުންދާ ދިދަޔަށް ނަސްރު ދިނުމުގައި ކަމެވެ.

ނޮވެމްބަރު 3 ގެ އިރު އުދަރެހުން އޮއްސުނު އިރު މުޅި ރާއްޖެވަނީ މާޔޫސްކަމުގެ ސާލެއްގައެވެ. އެތަކެއް ބައެއްގެ ފުރާނަތަކެއް ގޮސްފައިވާއިރު އެތަކެއް ޢާއިލާތަކެއް ވަނީ ރޮއްވާލާފައެވެ. ދިވެހި އެތައް ލެޔެއް މަގުތަކާއި ފާރުތަކަށް ބުރައިގެން ގޮސްފައިވި ނަމަވެސް ވިހުރެމުންދިޔަ ދިދަ އެ ހުރި އުސްމިނުގައި ވިހުރިލާ އެ ހުރީއެވެ. ޝަހީދުވެގެން ދިޔަ ބަތަލުންގެ ޖިހާދު ކާމިޔާބުވީއެވެ. ދިވެހި ޤައުމަށް ނަސްރު ލިބުނީއެވެ.

ނޯޓް: މި ވާހަކަ ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޑރ. ކުޑަހުސެން (ހުސައިން ޙަލީމް)ގެ "ޖީލުގެ ބަތޮލު - ޝަހީދު ހުސައިން" އާދަމް ފޮތުންނާއި ހުސައިން އާދަމްގެ މަންމަ އާއި ބައްޕަ އަވަސް އޮންލައިން އަދި މިހާރު ނޫހަށް ދީފައިވާ އިންޓަރވިއުއަކުންނެވެ. އަދި ރާއްޖެ.އެވީ ގައި "ޝަހީދު ޙުސައިން އާދަމްގެ އެންމެ ފަހުގެ 25 މިނިޓު!" ސުރުހީގައި މުހައްމަދު އާދަމް ސަލީމް ލިޔެފައިވާ ލިޔުމަކީވެސް މި ވާހަކަށް ވަރަށް ބޮޑު އެހީއެކެވެ.

Please log in or register to bookmark.
47k

77 ޚިޔާލު

  1. ވަރަށް ވެސް އަސަރުގަދަ...ރޮވިއްޖް ހަމަ😭😭😭...

    89
    10
    • ނުއެއް ރޮވޭ. އަސްލު އަސަރު ގަދައެއް ނޫން.

      15
      104
    • ތެދެށް ވަރަށް އަސަރުގަދަ އެބަ ރޮވޭ

  2. ހަމަ ރޮވިއްޖެ މި ވާހަކަ ކިޔާފަ 😭😭
    ނޮވެމްބަރު 3 ގައި ޝަހީދުވި 19 ދިވެހިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި ♥️🇲🇻
    ހިތްވަރުގަދަ ކެރޭ ބަޔަކަށް އަހަރުމެން އެންމެން ހައްދަވާށި...އާމީން
    ♥️♥️😭♥️♥️

    138
    3
  3. ވާހަކަ ވަރަށް ރީތި . އަޅުގަނޑުގެ ދުޢާ އަކީ ޝަހީދުވި އެންމެހާ ދިވެހިންނަށް ސުވަރުގޭ ގެ ދާއިމީ ނިޢުމަތް ދެއްވުން. އަދި ހުސެން އާދަމް ފަދަ އެތައް ދަރީންނެއް ބީނާވެގެން ދިޔުން. އާމީން.

    97
    3
  4. އިއްޔެ (ނަސްރުގެ ދުވަހާއި) ގުޅިގެން މިފަދަ ލިޔުމެއް މިސައިޓްއިން ކިޔާލަން ލިބުނީތީ ވަރަށް އުފާކުރަން.. ލިޔުންތެރިޔާ މަރިޔަމް ކުރައްވާފައިވާ ވަރަށްވެސް ފުރިހަމަ މަސައްކަތެއް.. ސާބަހޭ ލިޔުންތެރިޔާ
    މާތްވި އިސްލާމްދީނާއި ޤައުމާއި ވަތަނާއި އަދި އަޅުގަނޑުމެންގެ ދިފާއުގައި ނިކުމެ، ހަނގުރާމަކޮށް ޝަހީދު ވެގެންދިޔަ އެންމެހާ ޝަހީދުންގެ ފުރާނަތަކަށް މާތް ﷲ ސުބްހާނަހޫ ވަތައާލާ ސުވަރުގޭގެ ދާއިމީ ނިއުމަތް މެދުވެރިކުރައްވާ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު ރައްކާތެރިކުރައްވާށި.. އާމީން...

    86
    2
  5. މި ވާހަކަ ވަރަށް ވަރަށް ރީތި ، މިކަހަލަ ވާހަކައެއް ގެނެސް ދިނީތީވެ މަރިޔަމް ދައްތަ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ،ދައްތަ ލިޔާ ހުރިހާ ވާހަކައެއް ވެސް ވަރަށް ރީތި.... ❤️🙂❤️🙂❤️😀👏👏

    57
    3
  6. ފަހަތު ބައި މިއީ ރިޕޯޓެއްގެ ބައެއް... އެކަމުވެސް ރީތި

    40
    5
  7. ސަޅި

    45
    3
  8. ވަރަށް ރީތި ވާހަކައެއް މަރިޔަމް 👍🏻👍🏿👍🏾👍🏽👍🏼👍

    36
    4
  9. ވަރަށް ރީތި ވާހަކައެއް 👍🏻 👍🏻 ވަރަށް އިބުރަތްތެރި 😢😢😢😢😢😢

    42
    3
  10. ވަރަށް ރޮއެވޭ މި ވާހަކަ ކިޔާގަދިނ😢😢

    34
    3
  11. ހިނަވާ ވާހަކަ ލިޔުމުން ވަރަށް އޮޑް

    27
    14
  12. Excuse me i have a question
    How many of u have choosed to be a maldives police officer as a career. If yes say yes Plxx.
    😘❤️☞

    33
    12
  13. ވަރަށް ރީތި. ކީޕް އިޓް އަޕް😊👍👍👍👍👍👍

    30
    3
  14. 🇲🇻🇲🇻🇲🇻🇲🇻🇲🇻ލަވް އިޓް💖💖💖

    31
    3
  15. މާޝާ ﷲ މިވާހަކަ ވ.ރީތި ! 💖💙💜😗😘😙😚😎

    27
    1
  16. ވާހަކަ ވަރަށް ރީތި 🇲🇻🇲🇻🇲🇻🇲🇻❤️❤️❤️❤️

    24
    1
    • ކޮން ރަށު ކުއްޖެއް ތޯ ޒީކް ތީ

  17. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭........

    ވަރަށް ރީތި ވާހަކައެއް 💖 💖 💖 💖 💖 💖 💖 💖 💖

    5
    1
  18. ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ އައި ލަވް އީޓް ސޯސޯ މަޗް
    💖💖💖💖💖💖💖💖💖💖💖💖💖💖💖

    5
    1
  19. ވަރަށް ރީތި ވާހަކަތަކެއް މީޝާﷲ

    2
    1
  20. އަސްލުގައި ވެސް ރޮވިއްޖެއެވެ 😭😭😭😭😭😭😭

  21. ވަރަށް ރީތި ވާހަކައެއް! ހަމަ ރޮއްވާލައިފި މާޝާﷲ

ޚިޔާލު

Your email address will not be published. Required fields are marked *