ޔަމަކް

ޔަމަކްއަކީ ވަރަށް ރީތި ކުއްޖެކެވެ. އޭނާގެ އެ ދިގު އިސްކޮޅާއި ކުރު ބުޅި އިސްތަށިކޮޅަކީ ޔަމަކްގެ ރީތިކަން އިތުރުކޮށްދޭ ކަމެކެވެ. މިހާރު އޭނާއަށް 14 އަހަރުވެފައިވާއިރު އޭނާއަކީ ކްލާސްކުދިންގެ އަނގައިން ބުނާނަމަ ވަރަށް 'ކޫލް' ކުއްޖެކެވެ. ޔަމަކްއަކީ އޭނާގެ މަންމަ ޔަސްމީނާގެ ހަތަރު ދަރިންގެ ތެރެއިން ދެވަނައަށް ހަގު ކުއްޖާއެވެ. ޔަމަކްގެ ދޮށްޓަށް ދޮންބެއަކާއި ދޮންތައެއް ހުރެއެވެ. އޭނާގެ ކޮއްކޮގެ ނަމަކީ ޔަޝާއެވެ. އޭނާގެ ދޮންބެ ގެ ނަމަކީ ޔަމާންއެވެ. އަދި އޭނާގެ ދޮންތަގެ ނަމަކީ ޔަލްދާއެވެ. ޔަމަކްއާއި ޔަމާންއަކީ ވަރަށް ލާނެތް ދެކުދިންކަމުން ޔަޝާއަށާއި ޔަލްދާއަށް އަބަދުވެސް އެދެމީހުން ވަރަށް ޖެއްސުން ކުރެއެވެ.

ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ޔަޝާ ޓިއުޝަން ނިމިގެން ހުރީ އޭނާގެ މަންމަ އަންނަންދެނެވެ. އިރުކޮޅެއް ނުވެ މީހަކު ސައިކަލުގައި އައިސް ޔަޝާގެ ކައިރީގައި މަޑުކޮށްލިއެވެ. ޔަޝާ ހައިރާންވި ނަމަވެސް ހުރި ގޮތަށް ހުއްޓެވެ.

"ކޮން ނަމެއްތަ ކިޔަނީ؟" އެގޮތް ނޭނގޭ މީހާ އެއްސެވެ. ޔަޝާގެ ހިތުގައި ބިރުވެތިކަމުގެ ވިންދެއް ޖަހައިލިއެވެ. ޔަަޝާ ދެފައިގައި ހުރި ބާރެއް ލާފައި ދުއްވައިގަތީ އެމީހާއާއި ދުރަށެވެ. އެއިރު ޔަޝާގެ އަތުގައި އޮތް ފޮތްތަަކަށް ވިއްސާރަ ތިކި ތަޅަމުން ދިޔައެވެ. ޔަޝާ ދުއްވައިގަތްއިރު އެމީހާ ވަރަށް ބާރަށް ގޮވަމުން ދިޔައެވެ. "އޭތް... މަންޖެ މަޑުކޮށްބަލަ!" ޔަޝާއަށް އަޑުއިވޭކަމަކަށްވެސް ނެހެދިއެވެ. ޔަޝާ އެހާ ބޮޑަށް އެއްވެސްކަހަލަ ސަމާލުކަމެއް މަގު މައްޗައް ނުދިނުމުގެ ސަބަބުން ގޯޅިއަކުން އައި ސައިކަލެއް އައިސް ޔަޝާގެ ގައިގައި ޖެހުނުގޮތުން އޭނާ ދިޔައީ ވިއްސައިގެންނެވެ. އެވަގުތު ޔަޝާއަށް ވަރަށް ބާރު ހަޅޭކަކާއިއެކު ރޮއިގަނެވުނެވެ. ޔަޝާގެ ހަޅޭކުގެ އަޑަށް ތުން ގޮއްވަމުން ކުޑަ ހިފައިގެން ޔަޝާގެ ޓިއުޝަން ކައިރިއަށް ހުއްޓުނު ޔަމަކްއަށް ޔަޝާކަން އެނގިގެން އެދިމާއަށް ދުއްވައިގަތެވެ. އެއިރު މީހުންތަކެއް އެއްވެއޮތެވެ. ޔަމަކްގެ ހިތް ތެޅޭ ޙާލު މަޑުމަޑުން މީހުންތައް ކައިރިން ރެކެމުން އައި ޔަމަކްއަށް ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ލެއިން ތަތްތެޅިވެގެން ބިން މައްޗަށް ވެއްޓިފައި އެއޮތީ އޭނާގެ ކޮއްކޮއެވެ. އޭނާގެ ހަގަށް ހަމަ އެކަނި ހުރި ކޮއްކޮއެވެ. ޙަރަކާތެއް ކުރަން ނޭނގިފައި ހުރި ޔަމަކްއަށް 'ޔަޝާ' އޭ ކިޔައި ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަދި ޔަޝާ ކައިރިއަށްގޮސް އުޑަފައިން އިށީނދެ ޔަޝާގެ އެއްއަތުގައި ވަރަށް ބާރަށް ހިފެހެއްޓި ތަނާ އޭނާއަށް ގިސްލެވެން ފެށިއެވެ. ފިރިހެން ކުއްޖަކަސް އޭނާގެ އެންމެ ލޯބިވާ އާއިލާ މީހަކު އެ ޙާލުގައި އޮތުމުން ހިތްދަތިނުވާނެ ހެއްޔެވެ؟ ޔަމަކް އެގޮތަށް ދެތިން މިނެޓު އިށީނދެ އިނދެފައި ތެދުވަން އުޅެނިކޮށް 'ދަރިފުޅާ' އޭ ބުނުމަށްފަހު އަންހެނެއްގެ ރުއިމެއްގެ އަޑު އިވުމުން ޔަމަކް އެދިމާއަށް ބަލައިލިއެވެ. އެއިރު ޔަސްމީނާގެ ލޮލުން ހޫނު ކަރުނަތައް ފައިބަމުން ދިޔައިރު ޔަލްދާއާއި ޔަމާން ގިސްލަމުން ކަހަލަ ގޮތަކަށް ޔަސްމީނާ މަޞްލަޙަތު ކުރެވޭތޯ އުޅުނެވެ. ގިނަ އިރު ތަކެއްނުވެ އެންބިއުލައިންސް އައިސް ޔަޝާ އަރުވައިގެން ގެންދިޔައެވެ. ޔަސްމީނާގެ ހާލު ދެރަކަމުން ޔަލްދާ އުޅެން ޖެހުނީ ޔަސްމީނާގެ ޚިދުމަތުގައި އަބަދުވެސް އޭނާގެ ކައިރީގައެވެ. ޔަޝާ އައި ސީ ޔޫ އަށް ވެއްދިތާ މާކަ ގިނަ އިރެއް ނުވެ ނަރުހަކު ނިކުތެވެ. އެންމެ ފުރަތަމަވެސް ނަރުހުގެ ކައިރިއަށް ދުއްވައިގަތީ ޔަމަކްއެވެ. އޭނާގެ ފަހަތުން ޔަސްމީނާ އާއި ޔަމާންގެ އިތުރުން ޔަލްދާވެސް ދިޔައެވެ.

"ސޮރީ...... ބަޓް..... ވީ ކުޑުންޓް ސޭވް ހާރ." ޔަމަކްއަށާއި ދެން ތިބި މީހުންނަށް މި ޖުމުލަ އަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ޔަސްމީނާ ވަގުތުން ހޭނެތިގެން ވެއްޓުނެވެ.

އެހެންކަމުން ޔަސްމީނާ އެޑްމިޓްކުރެވުނެވެ. ޔަމާން ވަރަށް ހިތްވަރުކޮށްފައި އޭނާގެ ބައްޕަ ޔަޒީދު ކައިރީގައި ބުންޏެވެ. ޔަޒީދު ވަގުތުން ރިސޯޓުން ކުއްލިގޮތަކަށް ރަށަށްއައެވެ. އެއިރުވެސް ޔަސްމީނާ އޮތީ ހޭނެތިފައެވެ. އަބަދުހެން ސަކަރާތް ޖަހާ ޔަމަކްއާއި ޔަމާން މަޑުން ހުރިގޮތުން ހީވަނީ ދުވަހަކުވެސް ސަކަރާތް ނުޖަހަން ވަޢުދުވެގެން އިން ހެންނެވެ. ބައި ގަޑީރެއްހާ އިރު ފަހުން ޔަސްމީނާގެ ދެލޯ ހުޅުވިއެވެ. އެއިރު ޔަސްމީނާހުރީ ކުޑަކޮށް ނަމަވެސް ހަމައަކަށް އެޅިފައެވެ. ޔަސްމީނާ އެނދުގައި އިށީނދެ ހަމަޖެހިލިއެވެ. އަދި މިއަދުވީ ކަންކަން ހިތަށް އެރުމުން ލިބުނު ހިތްދަތިކަމާއިއެކު ކައިރީގައި އިން ގޮނޑީގައި އިށީނދެ އިން ޔަމަކްގެ ކޯތާފަތް މައްޗަށް ޔަސްމީނާގެ އަތުން ހޫނު އެތިފަހަރެއް ޖެހިއެވެ. ޔަމަކްގެ އަނގައިން މަޑު 'އާހް' ގެ އަޑެއް ބޭރުވިއެވެ. ޔަމާން އާއި ދެން ތިބި މީހުން ތިބީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ.

"މަންމާ!" ޔަމަކްއަށް ރޮވުނެވެ. "ކޮން މަންމައެއް ކިޔާކައްތަ އޭނ؟" ޔަސްމީނާ ހުރީ ރުޅިއައިސްގެންގޮސް ރަތްވެފައެވެ.

"މަންމާ ޔަމަކް ކީއްތަ ކުރީ؟" ޔަލްދާ ކުޑަ ތުރުތުރު ވުމަކާއިއެކު އެއްސެވެ. ވާނީވެސް އެހެންތާއެވެ! ޔަސްމީނާއަކީ މިއިން ދުވަހަކު އެކުދިންނާއި ދިމާއަށް ހަޅޭލަވައި ނުވަތަ އެއްވެސް މީހެއްގެ ގައިގައި ޖެހި މީހެއް ނޫނެވެ.

"މަ ތަ އަދިވެސް މިއުޅެނީ ނުބައިވެގެން؟" ޔަސްމީނާ އެހެން ބުނިއިރު އޭނާގެ އަޑުގައި ހިތާމައާއިއެކު ރުޅިވެރިކަންވެސް އެކުލެވިގެންވެއެވެ.

"މަންމާ! މި ވެގެން އުޅޭ ކަމެއް ސާފުކޮށް ބުނެދީބަލަ!" ޔަމާން މަޑުން އެހެނަސް ހަރުކަށި ގޮތަކަށް ބުންޏެވެ.

"އާނ! އެއިރުންނެއް ނޫން ތިމައްސަލައެއް ހައްލުކުރަންވެސް އެނގޭނީ." ޔަޒީދު ވެސް ޔަމާން އާއި އެއްބައިވެލިއެވެ.

"މިހިރަ ކުއްޖާގަނޑު ކައިރީގައި އަހާބަލަ." ޔަސްމީނާ ޔަމަކްއާއި ދިމާއަށް އިނގިލި ދިގުކޮށްލަމުން ބުންޏެވެ. އެއާއިއެކު އެންމެންގެ ނަޒަރު ޔަމަކްއަށް ހުއްޓުނެވެ.

"އަހަރެން އެއްވެސް ކަމެއް ނުކުރަން. މަންމާ! ބުނެބަލަ. އަހަރެންގެ ކޮން ކުށެއްތަ އޮތީ؟" ޔަމަކް ގިސްލަމުން ބުންޏެވެ.

"ކޮން ކުށެއް ހެއްޔޭ؟" ޔަސްމީނާ އަތް މުއްކަވައިލިގޮތުން ހީވަނީ ދެންމެ ދެންމެ ޔަމަކް ވީދާ ކުދިކުދި ކޮށްލަފާނެ ހެންނެވެ.

"ބަަލަ. ޔަމަކް ކައިރީގައި މަ ބުނީމު ނޫންތަ ޔަޝްކޮ ބަލައިދާށޭ! އެކަމަކު ކަލޭ.... ކަލޭ އިނީ މާދަމާއޯ ދާނީ ކިޔައިގެން. މަ ކިޔާކިޔާ އާދޭސްކޮށްގެން އިންތަނުން ހިރުވައިލީވެސް." ޔަސްމީނާ ކަންތައް ވީގޮތް ކިޔައިދިނީ ޔަމަކްއާއި ދުވަހަކުވެސް ވާހަކަ ދައްކައިފައިނުވާ ބަހުރުވައަކުންނެވެ.

އަދި އޭނާގެ ދަބަސް ހޭވުމަށްފަހު ޔަމަކް އެއްޗެކޭ ނުބުނަނީސް ދަބަހުންނެގި ބޮޑު ވަޅިއެއް ހަރައިލީ ސީދާ ޔަމަކްގެ މެއަށެވެ. އެތާ ތިބި އެންމެން ތިބީ ބިރުންގޮސް ހަލާކުވާވަރުވެފައެވެ. ޔަމަކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހަމަ އެވަގުތު އޭނާ ވެއްޓުނެވެ. "اشهد ان لا اله الا اللﷲ وأشهد أن محمد رسول اللﷲ" މިބަސްތައް ޔަމަކްގެ އަނގައިން ހަމަ ބޭރުވުމާއިއެކު އޭނާގެ އެންމެ ފަހު ނޭވާ މި ފަނާވެދަނެވި ދުނިޔެއަށް ދޫކޮށްލިއެވެ. އެއާއެކު ޔަލްދާގެ ވޭނީ ރުއިމުގެ އަޑު މުޅި އެ ޕްރައިވެޓް ރޫމުގައި ގުގުމައިލިއެވެ. ޔަސްމީނާ އިނީ ހުއްޓުން އަރާފައެވެ.

"މަންމީ!" ދޮރުން އެތެރެއަށް ވަނީ ޔަޝާއެވެ. ނަމަވެސް އޭނާ އިނީ ފުރޮޅުލީ ގޮނޑީގައި އިށީނދެގެންނެވެ.

"أعوذ بالله من الشيطان الرجيم" ޔަޒީދު أعوذ ކީ ޔަޝާއަކީ ޖިންނިއެއް ކަމަށް ހީކޮށެވެ.

"އިނގޭ ބައްޕިމެން ސަޕްރައިޒްވާނެކަން. ބަޓް އައި އޭމް އެލައިވް!!!" ޔަޝާ ބުނި އެއްޗަކުން ޔަލްދާގޮސް ޔަޝާ ގައިގައި ބައްދައިލިއެވެ.

"ޔަޝްކޯ! އެކަމަކު ނަރުސް....." ޔަމާންއަށް އޭނާ ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑައިލަން ޖެހުނީ ޔަޝާ އަތުގެ އިޝާރާތުން މަޑުކުރުމަށް ބޭނުމުންނެވެ.

"ޔަޝްކޮ ބުނެގެން ނަރުސް އެހެން ބުނީ... ހަހަހަ.... މަންމި މެންނަށް ސަޕްރައިޒްއެއް ދޭންވެގެން." ޔަޝާ ބުންޏެވެ.

"ކޮބާ ކުޑަބެ؟" ޔަޝާ ޔަމަކް ފެންނަން ނެތުމުން އެއްސެވެ.

"ކުޑަބެ.....ކުޑަބެ...." ޔަޒީދުއަށް ޔަޝާއަށް ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ.

ދެން ކުއްލިއަކަށް ޔަޝާގެ ފައިގައި ދިޔައި އެއްޗެއް ޖެހުނު ތަނާ ޔަޝާއަށް ތިރި ބަލައިލެވުނެވެ. ޔަޝާއަށް ބިރުން ހަޅޭލަވައިގަނެވުނީ ލޭހުރީމައެވެ. ޔަމާން ބަލައިލިއިރު ޔަސްމީނާގެ އެނދު ދަށުން ލޭގެ ރޮނގެއް ޔަޝާގެ ފަޔާއި ހަމައަށް ދެމިފައި އޮތެވެ. ޔަސްމީނާ ބަލައިލީ ލެއިން ތަތްތެޅިވެފައި އޮތް ޔަމަކްގެ ފުރާނަ ނެތް މަސްގަނޑާއި ދިމާއަށެވެ. ޔަމަކްގެ އެއްވެސް ކުށަކާއި ނުލައި މަރައިލެވުމުން ޔަސްމީނާ ދެރަވިއެވެ.ްއޭނާއަކީޏރުޅިްކޮންޓްރޯލްކުރަން ދަސްވެފައި ނުވާ މީހެއްކަމަކު ރުޅި އަންނަނީ ވަރަށް މަދު ފަހަރަކުއެވެ. ޔަސްމީނާ ވަރަށް ހިތްވަރުކޮށްފައި ޔަޝާއަށް ވީ ކަންކަން ކިޔައިދިނެވެ. ޔަޝާއަށް ޔަމަކް ޖެއްސުންކުރިކަމުގައި ވިއަސް ޔަމަކްދެކެ ޔަޝާ ވަރަށް ލޯބިވެއެވެ. މުޅި ދުވަސް ހެން ޔަޝާ ހޭދަކުރީ ރުއިމުގައެވެ. ޔަމަކްގެ ކަށުކަމާކެމީގެ ކަންތައް ނިމުމުން ފުލުހުން ޔަސްމީނާގެ ގެއަށް އައިސް އޭނާ ހައްޔަރުކުރިއެވެ. އަދި އެއް އަހަރު އޭނާ ހޭދަކުރަން ޖެހުނީ ޖަލުގައެވެ. އޭނާ ހިތަށް އެރިއެވެ.

އެއްވެސް ކުށަކާއި ނުލައި މަރައިލެވުމުން އަހަރެން މިހާރު ވަރަށް ދެރަވެއެވެ. ޔަމަކް މަރައިނުލެވުނު ނަމައެވެ.

_ ނިމުނީ _

  Please log in or register to bookmark.
  3k

  30 ޚިޔާލު

  1. ހޭއި އަފޫ! މާޝާ ﷲ ވަރަށް ސަޅި ޓުވިސްޓު ތަކެއް އައިސްފަ ހުރީ ވާހަކައަށް! ވަރަށް އިމްޕްރޫވް ވެސް ވެއްޖެ! މާޝާﷲ! ހަމަ ވަރަށް ސަޅި! އިތުރު ވާހަކައަކަށް އިންތިޒާރު ކުރަން! 🙂 3>

   20
   5
   • ހޭއި ސިސީ 😁 ރިއަލީ؟ ތެންކިޔު... އަސްލު މިހާރު ވާހަކަ ލިޔާތީވެ ވާހަކަ ކިޔަނީ... އެންޑް އެމީހުން ލިޔެފަ ހުންނަ ވާހަކަތަކުން އައިޑިއާ ހޯދައިގެން ލިޔަނީ... މިބުނީ ކޮޕީ ޕޭސްޓް ކުރަނީއެއް ނޫން އިނގޭ..... ޝުކުރިއްޔާ... މިހާރު އިންނާނެ ވާހަކައެއް ސަބްމިޓްކޮށްފަ.... އެވީ އެއް މަސް މިހާރު ވައު ކުއްޖާ އާއި ޔަމަކް ވާހަކަ ސަބްމިޓްކޮށްފަ އިންނަތާ... އިންޝާﷲ ވަރަށް އަވަހަށް އަޅުގަނޑުގެ ވާހަަކައެއް ކިޔައިލަން ލިބޭނެ... އިންޝާﷲ 🙂

    14
    3
  2. މީހަކު މަރާލައިފިއްޔާ އުމުރު ދުވަހަކަށް ނޫންތަ ޖަލަށް ލަނީ؟ ވާހަކަ ރީތި އަދި އެހާމެ އިމޯޝަނަލް❤😭

   21
   5
   • ވެލް، ހިޔާލީ ވާހަކައަކަށްވިޔަސް އެއްއަހަރަށް ޖަލަކަށް ނުލާނެއްނު😊

    5
    1
   • މިބުނީ މީހަކު މަރައިލައިފިއްޔާ އުމުރު ދުވަހަކަށް ނޫންހޭ ޖަލަށް ލާނީ... އައިި ނޯ ހިޔާލީ ވާހަކައެއްކަން.... އެތަންކޮޅުގައި އަޅައިގަތީމައި ބުނެލެވުނީ😊😊

  3. މާޝާ ﷲ 💖💯💝 ! އަފޫ ވަރަށް ވަރަށް މޮޅު ވާހަކަ ލިޔަން ! ވަރަށް ހިތާމަވެރި ވާހަކައެއް ! އަފޫގެ އެހެން ވާހަކައަކަށް އިންތިޒާރު ކުރަން !

   1
   1
   • ޝުކުރިއްޔާ ރީން.. 🙂 ރިއަލީ... ތެންކިއު ސޯ ސޯ މަޗް ރީން ސިސް 😍 މިހާރު އިންނާނެ އެހެން ވާހަކައެއް ސަބްމިޓްކޮށްފަ.. އިންޝާﷲ ވ އަވަހަށް ކިޔައިލަން ލިބޭނެ. ކީޕް ވެއިޓިން ޕޭޝަންޓްލީ 😁

    1
    1
  4. ވާވް😮💫ވަރަށް ސަޅި މި ވާހަކަ🔥މާޝާ ﷲ🌟އެންޑް "ޔަމަކް" މި ނޭމް ވަރަށް ސަޅި👀❤ވެއިޓިންގ ފޯ ޔުއާ އަނަދަރ ސްޓޯރީ އަފްޝީން✨💖💞

   1
   1
   • ތެންކްސް ޑިއަރ.... ވަރަށް ރީތި ދޯ ޔަމަކް މި ނަން... އަޅުގަނޑަށްވެސް ވަރަށް ރީތިވެގެން ޖެހި ނަމެއް އެއީ.... މިހާރު އިންނާނެ އެހެން ވާހަކައެއް ސަބްމިޓްކޮށްފަ.... އިންޝާﷲ ވ އަވަހަށް ވާހަކަ ކިޔައިލަން ލިބޭނެ.. ކީޕް ވެއިޓިން ޕޭޝެންޓްލީ 😜

    1
    1
  5. ހޭ ދެއަރ އަފޫ...މާލަހުން ދޯ ކޮމް މިކުރެވުނީ.. ޙެހެހެ.. އޭޒް އޯލްވޭސް ދިސް ވޯޒް އެމޭޒިންގް.. ތަފާތު ވާހަކައެއް... އުންމީދުކުރަނީ ދެން ނެރޭ ވާހަކަވެސް ހަމަ މިހާ ސަޅިވާނެ ކަމަށް.. 😊😉... ވާހަކަ ހަމަ ވަރަށް ސަޅި... 😊.. ކީޕް އަޕް ދަ ގުޑް ވޯރކް އަފޫ.. 😚😊

   1
   3
  6. ވަރަށް ރީތި. ހިތުގަ ޖެހިތްޖެ😭😭😭😭
   މާޝާ ﷲ ❤️❤️❤️❤️

   2
   1
  7. އަދި އޭނަ ގަޔަށް ވަޅި ޖަހާ މަރުވި އިރުވެސް ބެލީ ޔަޝާއާ ސުވާލު ކުރެވޭ ތޯ.. އެންޑް ޔަޝާ މަރުވިއޭ ބުނީމަ މޫނު ނުބަލާ އަވަހަށް ގަބޫލު ކޮށްފި... އެންޑް ލޯ މިހުރިހާ ކަމެއް ހިނގީ ހޮސްޕިޓަލް ތެރޭގައި!! އައި މީން، އޮބްވި.. ދޭ ކުޑް ހޭވް ސޭވްޑް ހިމް.. ނޮޓް އަ ނެގެޓިވް ކޮމެންޓް.. އޯވަރޯލް ކޮށް ސިފަކުރުން ތައް ސަޅި 😍💯

   6
   1
  8. ހައި އަފޫ މި ވާހަކަ ވަރަށް ރީތި ❤️👍 مشا لله ަ

  ޚިޔާލު

  Your email address will not be published.