Views: 8288 242

މައިޝާގެ ލޮލުން ފެންނަމުން ދިޔައީ ތޫފާނީ ގަދަ ވިއްސާރައިގެ އަސަރުތަކެވެ. ލޮލުގެ ތެރެއަށް ކެކެން ފެށި ތޫފާނުގެ ބާރު ގަދަވެ، ވާރޭގެ ތިކިތަކެއްް ފަދައިން މައިޝާގެ ދެލޮލަށް ކަރުނަ ތިކިތައް ހިލަންވާ ފެށިއެވެ.

ކުރިއަށްދާ ކައިވެނީގެ މަޖިލީހުގައި އިތުރު ބޭޒާރެއް ވުމަށް ނޭދޭތީ، މައިޝާ ވަރަށް ހިތްވަރުކޮށް އޭނާގެ ދެލޮލުގެ ތެރެއަށް އެއްވަމުންދާ ކަރުނަތައް މައިތިރި ކުރެވޭތޯ މަސައްކަތް ކުރަން ފެށިއެވެ.

ގަދަ ކަމުން ހިނިތުންވެލަމުން ސިނާން ބަލައިލީ ކައިވެނީގެ މަޖިލީހުގައި ތިބި މީހުންގެ މޫނަށެވެ. ނިޒާރުގެ މޫނުމަތި ދިޔައީ ވިދާ ބަބުޅަމުންނެވެ. ޝަހުމާގެ މޫނުމަތިން އުފާވެރި ކަމުގެ ހިލަންވެރިކަން ފެނުނަަސް، ޙަޤީޤަތުގައި ޝަހުމާގެ ހިތް ވަނީ ދެތަން ވެފައެވެ. އޭނާގެ ދަރިފުޅުގެ ފަރާތުން އެ ފެންނަމުން ދަނީ އަސްލެއް ނެތް އުފާވެރިކަމެއްކަން ޝައްކެތް ނެތް މިންވަރަށް ޝަހުމާއަށް އެނގޭތީއެވެ.

***

ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ވަނީ ވަށައިލައިފައެވެ. ކައިވެނީގެ ފުރަތަމަ ރެޔެއް ކަމަކު، ސިނާނާއި މައިޝާގެ ފަރާތުން ފެންނަމުން ދަނީ ބޮޑު ދުރުމިނެކެވެ. ސިނާން އެނދުގެ ކަނެއްގައި އިށީންދެގެން އިނީ ޖިންސަކާއި ޓީޝާޓެއް ލައިގެންނެވެ. އެނދާއި ޖެހިގެން ހުރި ގޮނޑިއެއްގައި މައިޝާ އިނީ ފަށަންވީ ކޮން ވާހަކައެއް ކަމެއް ވެސް ނޭނގިފައެވެ.

"ސިނާން." ވަގުތު ކޮޅަކު ހިމޭނުން ހުރުމަށްފަހު، މައިޝާ ވާހަކަދައްކަން މަސައްކަތް ފެށިއެވެ. ޖަވާބު ދިނުމުގެ ގޮތުން ސިނާން ބޯ ޖަހައިލިއެވެ.

"ސިނާން.. ސިނާން ކީއްވެތަ އަހަރެންނާ ތި މެރީ ކުރީ؟ އަހަރެން ދުޢާ ވެސް ކުރިން މި ކައިވެނި ނުވޭތޯ؟" މައިޝާ ދެރެވާ ރާގެއްގައި އެހެން ބުނެ ސިނާނަށް ބަލައިލިއެވެ.

"ކީއްވެ ތިހެން ތި އަހަނީ؟ އަހަރެން ބުނީމެއްނު؟ އަހަރެން ބޭނުމީ މައިޝާގެ އެހީތެރިކަމޭ! އަހަރެން.." ސިނާން އެހެން ބުނުމާއި އެކު، މައިޝާ ގޮސް ސިނާންގެ އަނގަ މަތީގައި އަތް އެޅިއެވެ.

"ނޫން. އަހަރެންމީ ސިނާންގެ އަތްބެއްގެ ދަރަޖަ ޙައްޤު ވާނެ މީހެއް ނޫން. އެވަރުގެ މީހެއް ނޫން އަހަރެންނަކީ.." މައިޝާގެ ލޮލުން ވެއްޓެން ތައްޔާރު ވެފައިވާ ކަރުނަތިކި ސިނާން ފޮހެލަދިނެވެ.

"މައިޝާ ފިޔަވައި ދެން ކާކު ހުރީ އަހަރެންގެ؟ އަހަރެން އެންމެ ލޯބިވި ޒޯޔާ ވެސް.. އަހަރެން ދޫކޮށް ދިޔައީ.. ވީ ނުވީއެއް ނޭނގެ. އަހަރެންގެ ހިތް ކުދިކުދި ކޮށްފަ.. އެކަމު ބަލާ މިއަދު! ކިހާ ހެޕީކޮށް އެ އުޅެނީ.. އަހަރެން އަދިވެސް މިއުޅެނީ އެހަނދާންތަކުން ސަލާމަތް ނުވެވި، އެ ހަނދާންތަކުގެ ފޮށްޓެއްގައި ހައްޔަރު ވެފަ.. ޕްލީޒް މައިޝާ.. އަހަރެން ސަލާމަތް ކޮށްދީ.. އަހަރެންގެ ހިތާ ސިކުނޑި މިނިވަން ކޮށްދީ.. ހެޔޮނުވާނެ.." ސިނާންގެ ކުރިމަތީގައި އިން މައިޝާގެ ގައިގައި ބައްދައިގަންނަމުން ސިނާން ރޯންފެށިއެވެ.

މައިޝާގެ ރިއްސަމުން ދިޔަ ބަލި ހިތަށް އިތުރަށް އެޅީ ވޭނެވެ. އެތައް ދުވަހަކު ސިނާންގެ އިޙްސާސްތަކާއި ގާތްވާން އުޅުނަސް މިއަދު އެ އިޙްސާސްތައް މައިޝާއަށް ހީވަނީ މަރުވެފައިވާ ހެންނެވެ. ސިނާންގެ ނޭވާގެ ހޫނުން މައިޝާގެ މުޅި ޖިސްމަށް ކުރަނީ އުނދަގުލެވެ. ސިނާންގެ ހަށިގަނޑު މައިޝާގެ ދާދި ގާތުގައި ވީއިރު، ކުރެވުނީ ހިތަށް ތުރާލާއި، ވޭން ދެނެވި އިޙްސާސެކެވެ. ކުއްލިއަކަށް ސިނާން މައިޝާއާ ދުރުވެލަމުން ފުންނޭވާއެއް ދޫކޮށްލަން މަސައްކަތް ކުރިއެވެ.

"ފެން.. ފެން ފޮދެއް.." ސިނާން ލާން އުޅުނު ނޭވާ އަރުގެ ތެރޭގައި ހީވީ ތާށިވި ހެންނެވެ. ސިނާނަށް ނޭވާ ލާން ދަތިވެގެން ދިޔައެވެ. މުޅި މީހާ ހުރިތަނުގައި ހުރެ ފުންމަން ފެށިއެވެ. ބިރުން ހުރެ މައިޝާ ދުއްވައިގަތީ ކޮޓަރިން ނުކުންނާށެވެ. އަދި ވަރަށް އަވަހަށް ފެން ފުޅިއެއް ހިފައިގެން މައިޝާ ދުވަމުން ގޮސް ކޮޓަރިއަށް ވަނެވެ. އެ މަންޒަރު އެވަގުތު ސިޓިންގރޫމްގައި ތިބި ޝަހުމާ އާއި ނިޒާރަށް ވެސް ފެނުނެވެ. އެދެމީހުން ވެސް ތެޅިގެންފައި ސޯފާއިން ތެދުވެގެން ގޮސް ސިނާންގެ ކޮޓަރިއަށް ވަނެވެ.

"ދަރިފުޅާ. އަހަރެންގެ ދަރިފުޅު ސިނާން.."

ކޮޓަރީގެ ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތް ސިނާން ގެންދިޔައީ ނޭވާ ނުލެވިގެން މަރަށް ތެޅެމުންނެވެ. މައިޝާ ވަރަށް މަސައްކަތުން ސިނާނަށް ފެން ފޮދެއް ދެވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ. ނިޒާރު އަވަސް ވެގަތީ އެމްބިޔުލާންސަށް ގުޅުމަށެވެ.

"ޒޯ.. ޒޯޔާ. އަހަ.. އަހަރެން.. މި.. މަރު.. ވަނީ.."

ނޭވާ ހޮޅިއަށް އެޅިފައިވާ ގަނޑީގައި ވެސް ސިނާންގެ އަރުތެރެއިން ނުކުތީ ޒޯޔާގެ ނަމެވެ. މައިޝާއަށް ހީވީ އޭނާގެ މޭމަތީގައި މީހަކު ބާރު އެތި ފަހަރަކުން އަޅައިލިހެންނެވެ. ވީ ތަދެއްގެ ބޮޑު ކަމުން ޒޯޔާއަށް އޭނާގެ މޭމަތީގައި ފިރުމައިލެވުނެވެ.

"ނޫން ދަރިފުޅާ! ތިހެން ނުބުނޭ.. ހިތްވަރުކޮށްފަ މަޑުމަޑުން ނޭވާ ލެވޭތޯ މަސައްކަތް ކުރޭ.."

ޝަހުމާގެ ހިތުގެ ވިންދު ދިޔައީ ވަރަށް ވެސް ބާރަށް ދުވަމުންނެވެ. މައިޝާ ފެންފޮދެއް ދިން ފަހުން، ސިނާނަށް ވަރަށް ދަތިކޮށް އަނގައިން ނޭވާ ލެވެއެވެ. އެއީ ވެސް ހަމަ ކިރިޔަ ކިރިޔާއެވެ. ސިނާނަށް ކުއްލިއަކަށް ވީގޮތުން މައިޝާ ވެސް ހުރީ ވާނުވާގައެވެ.

***

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މަސްތީ ކޯރެއްގެ ބާނިތަކާއި އެކު، ރިފާއު އާއި ޝާއިރާ ބެހެމުން ދިޔައެވެ. ޝާއިރާގެ މުޅިގައި ތެތްމަމުން ދިޔައިރު، ރިފާއުގެ ހަށިގަނޑާއި ޝާއިރާގެ ހަށިގަނޑު ދިޔައީ އެކަތިގަނޑަކަށް ވަމުންނެވެ. ލޯބީގެ ހަންހާރަވެތިކަން ނެތި، އެދުންވެރިކަމާއި، ވަގުތީ ފައިދާގެ އުފާވެރިކަން މުޅި ކޮޓަރި ތެރޭގައި ދިޔައީ ވެރިކަން ކުރަމުންނެވެ. ހުއްޓުމެއްނެތި، ޝާއިރާ އާއި އެކު ރިފާއު ކުރަމުން ދިޔައީ އަރާމާއި ލަތްޒަތުން ފުރިފައިވާ ދަތުރެކެވެ. މަސްތީ ކަމުގެ ކޯރެއްގައި އެދެމީހުން ވެސް ގެނބެން ދިޔައީ ނުހަނު އަވަހަށެވެ.

***

"ކިހިނެއްތަ އަހަރެންގެ ދަރިފުޅު؟"

ޑޮކްޓަރު ބަލިމީހުން ބަލާ ކޮޓަރީގެ ދޮރު ހުޅުވައިލުމާއި އެކު، ދުވެފައި ކަހަލަ ގޮތަށް ޝަހުމާ ގޮސް ހުއްޓުނީ ޑޮކްޓަރުގެ ކުރިމަތީގައެވެ. ފަހަތުން މައިޝާ އާއި ނިޒާރު ވެސް އައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސް ކަމާއި ބިރުވެރިކަމެވެ.

"މިހާރު ސިނާން އޯކޭ. އެކަމު ސިނާން ފަދަ އެހާ ޒުވާން ކުއްޖެއް.."

ޑޮކްޓަރުގެ އަނގަ ބަންދުވިއެވެ. މައިޝާ އިންތިހާއަށް ބިރުގަނެ ދެލޯ ބޮޑުވިއެވެ. ޑޮކްޓަރު ބުނަން އުޅޭ އެއްޗެއް ނޭނގޭތީއެވެ. ޝަހުމާ ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް ނިޒާރުގެ ގަޔާއި ޖެހިގަތެވެ. ޑޮކްޓަރުގެ ފަރާތުން ލިބިދާނެ ބިރުވެރި ޚަބަރެއްގެ ސަބަބުންނެވެ.

"އަސްލު ބުނަން އުޅުނީ.. ސިނާން ގެންގުޅެން ޖެހޭނީ ވަރަށް ބަލައިގެން.. ވަރަށް އުފަލުން.. އެހެން ނޫނީ ސިނާނެއް މިދުނިޔޭގަ މާކަ ގިނަ ދުވަހަކު ނުހުންނާނެ.."

ޑޮކްޓަރު އެހެން ބުނުމާއި އެކު، ޝަހުމާގެ ބަޑި ފަޅައިގެން ދިޔައެވެ. ނިޒާރު ގައިގައި ބައްދައިގަންނަމުންނެވެ. ލޮލުން ކަރުނަތައް ވަކިވަމުން ދިޔަ މައިޝާއަށް ވޭން ހުރި ގޮތަށް ހިން ދިރުވައިލެވުނެވެ.

"ކިހިނެއްތޯ ވެފަ ހުރީ ސިނާނަށް؟" މައިޝާގެ އަޑުގައި ވަނީ ރާޅުކަމެވެ.

"ހީ އިޒް ވެރީ ވީކް. މެންޓަލީ ވެސް.. ފިޒިކަލީ ވެސް.. ބޮޑަށް ބެލެވެނީ މިރޭވި ކަމަކީ ޕެނިކް އެޓޭކެއް ކަމަށް.. ސިނާންގެ މެންޓަލީ ހާލަތު އެހުރީ ވަރަށް ކިރިޓިކަލް ހާލަތެއްގަ އޭ ވެސް ބުނެވިދާނެ.. ސޯ.. މޭކް ހިމް ހެޕީ.." ޑޮކްޓަރު ލުއިކޮށް ހީނލަމުން އެތެރެއަށް ވަނެވެ.

"ނިޒާރު.. ހެޔޮނުވާނެ.. އަަހަރެންގެ ދަރިފުޅު ދިރި ހުއްޓާ މަރާނުލާ.. އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ!" ޝަހުމާ ރޮމުން ރޮމުން ގޮސް އިށީންނީ ހޮސްޕިޓަލްގައި ހުރި ގޮނޑި ބަރީގައެވެ.

"މަންމާ.. އަހަރެން ކޮށްދޭންވީ ކަމެއް ބުނޭ.. ބުނި ކަމެއް ކޮށްދޭނަން.. އެކަމު މަންމާ، ޒޯޔާއެއް ދެނެއް ސިނާނަކަށް ނުލިބޭނެ.. އަހަރެން ލޮލުން ދުށިން ޒޯޔާ އުޅޭ އުފާވެރި ދިރިއުޅުން.." ޝަހުމާގެ ކޮނޑުގައި ފިރުމަމުން މައިޝާ ވާހަކަދައްކަމުން ދިޔައެވެ.

***

މުޅިން އައު ދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔައިފިއެވެ. ރަފްއާން އެތައް ފަހަރަކު އޭނާއަށް މެސެޖު ކުރި ނަމްބަރަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ބައެއް ފަހަރު ފޯނު އޮންނަނީ ނިއްވައިލާފައެވެ. ޒައިނަބުގެ މަންމަގެ ޝަރީއަތުގައި އުއްމީދީ ކުލަޖެއްސުމަށް އަދިވެސް ރަފްއާާން ކުރަމުންގެންދާ މަސައްކަތް ހުއްޓައެއް ނުލައެވެ.

ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމާއި އެކު، ރަފްއާން ބަަލައިލީ އޭނާގެ ފޯނަށެވެ. އެކޮޅުން ހަލޯ އޭ ބުނީ ފިރިހެނެކެވެ.

"ކާކުތީ؟" ރަފްއާން ކޮޅަށް ތެދުވިއެވެ.

"އަދި އެއީ ސިއްރެއް.. ނަމަވެސް ވަގުތު ޖެހުމުން ހުރިހާ ކަމެއް ވެސް އެނގޭނެ. އަހަރެން ވަރަށް މަސައްކަތުން ރަފްއާންގެ ނަމްބަރު ވެސް ހޯދީ.. ޙަޤީޤަތުގައި އަހަރެން ބޭނުމީ ރަފްއާނަށް މިކަން ކިޔާދޭކަށް ނޫން.. އަހަރެން ބޭނުމީ މިކަމުގެ ޙަޤީޤަތް ސީދާ ޒައިނަބަށް ކިޔައިދޭން. ނަމަވެސް ވަގުތު ޖެހުމުން. އަދި މަޑުކޮށްލާ!" އެކޮޅުން އެހެން ބުނުމާއި އެކު، ފޯނު ކަނޑައިލިއެވެ. ރަފްއާން ފޯނު އަތުގެ ތެރެއަށް ލައިގެން ދެކޮޅަށް ހިނގަން ފެށިއެވެ. އެކި ފިކުރުތައް ސިކުނޑިއަށް އަންނަމުން ދާތީއެވެ.

***

ދުވަސްތައް ވޭތުވަމުން ގޮސް 5 ދުވަސް ވޭތުވެގެން ގޮސްފިއެވެ. ޝަރޫނާ އާއި އަޒާން މާލެ އައިސް ހައިލަމްގެ ގެއަށް ދިޔައެވެ. މުޅިގެ ވަނީ އެދެމީހުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ޒީނަތްތެރިކޮށްފައެވެ. ނާޒް އާއި ޒޯޔާ އުފަލުން ފޮޅިފައި ހުރެ، ފުރިހަމަ މަރުޙަބާއެއް ޝަރޫނާ އާއި އަޒާނަށް ދިނެވެ.

"ކޮއްކޯ." އަޒާން ވަރަށް ލޯބިން ޒޯޔާގެ ގައިގައި ބައްދައިގަތެވެ.

"ކޮބާ މީކާ؟" އަޒާން ވެފައިވާ އުފަލުން އޭނާގެ ހުރިހާ ދަތެއް ވަނީ ފައުޅުވެފައެވެ.

"މީކާ ނިދާފަ. ޝަރޫ ފަހަރީ.. ހާދަ މަޑުން ތިހުރީ.. ވާވް! ލޯބި ކުޑަ ބަނޑެއް. އާދޭ ފަހަރީ!" ޒޯޔާ ބަލައިލީ ޝަރޫނާގެ މޫނަށެވެ. ޝަރޫނާގެ ހަރަކާތްތަކަށް ވަނީ ކުޑަކޮށް ހިމޭން ވެފައެވެ.

***

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ޝަރޫނާ ފެންވަރާލައިގެން އޭނާގެ ފޯނުގައި ސޭވް ކޮށްފައި އިން މައިޝާގެ ނަމްބަރަށް ގުޅައިލިއެވެ. ޝަރޫނާ ނިންމައިގެން ހުރީ އަޒާނާއި މުޅި ޢާއިލާއަށް ސިއްރުން ޒޯޔާއަށް ކަމުގެ ޙަޤީޤަތް އަންގާށެވެ. ޙަޤީޤަތް ވަންހަނާ ވެފައި އޮންނަން ޝަރޫނާ ބޭނުން ނުވާތީއެވެ. ނަމަވެސް މައިޝާ ފޯނަށް ޖަވާބު ނުދިނުމުން، ޝަރޫނާ ތައްޔާރުވެލީ އޭނާގެ މަންމަ ގާތަށް ދިޔުމަށެވެ.

މަޑުމަޑުން ހިނގާފައި މައިޝާ ގޮސް ޖޫސް ތަށި ހިފައިގެން ވަނީ ސިނާންގެ ކޮޓަރިއަށެވެ.

"ސިނާން.. މިޖޫސް ތަށި ބޯލާ!'" މައިޝާ އިށީންނީ ސިނާނާއި ދާދި ގާތުގައެވެ. މައިޝާގެ އަތުގައި އިން ޖޫސްތަށީގައި ހިފައިލަމުން ސިނާން ބަލައިލީ މައިޝާގެ ސީދާ ދެލޮލަށެވެ.

"މައިޝާ.." ޖޫސްތަށި އެނދު ކައިރީގައި ހުރި މޭޒެއްގައި ބަހައްޓަމުން ސިނާން އެނދުން ތެދުވެ، މައިޝާގެ ގާތުގައި އިށީންނެވެ.

"ކިހިނެއްވީ؟" މައިޝާ ހައިރާންވިއެވެ.

"މައިޝާ. އަހަރެން ވިސްނާ ވިސްނާ ބޯ ގޮވައިފި.. ހަދާނެ ނުހަދާނެ ގޮތެއް ނޭނގެ.." ސިނާންގެ އަޑުގައި ވަނީ ރިހުމެވެ. މައިޝާ އިސްދަށަށް ޖަހައިލިއެވެ.

"މައިޝާ އަކީ އަހަރެންގެ އަނބިމީހާ.. އެކަމު އަހަރެންނަށް މައިޝާއަށް އެއްވެސް ކަމެއް ނުކޮށްދެވޭ. އެހިތްވަރެއް. އެ ޤާބިލު ކަމެއް ނެތް. މައިޝާއާ ގާތް ވިޔަސް.. ގާތްވާން ހިތަށް އެރިޔަސް އަހަރެން ބިރު ގަންނަނީ.. ހާސް ވަނީ.. ހީވަނީ ބޮޑު ކަމެއް ވަނީ ހެން.. ނޫނީ ހާޓު އެޓޭކެއް ޖެހުނީހެން.. ހަމަ ބިރު ގަންނަނީ.. ލޯ މަރާލިޔަސް، ލޯ ހުޅުވައިލިޔަސް އަބަދުވެސް އަހަރެންނަށް ހީވަނީ ޒޯޔާ ފެންނަހެން.. ޒޯޔާ އަަހަރެންގެ ހަނދާނުގަ ނުވާ ހަމަ ސިކުންތެއް ވެސް ނުދޭ!.." ސިނާން ވަގުތު ކޮޅަކު ހިމޭން ވެލިއެވެ.

"އަހަރެން ވިސްނައިފިން.. ވަރަށް ވިސްނައިފިން.. ގޮތެއް ވެސް ނިންމައިފިން.."

ސިނާން ވަރަށް އުދަނގުލުން އެހެން ބުނެ، ބަލައިލީ މައިޝާއަށެވެ. މައިޝާ އިސްނަގަމުން، ބަލައިލީ ސިނާންގެ މޫނަށެވެ. ސިނާން ބުނަން އުޅޭ އެއްޗެއް ނޭނގޭތީއެވެ.

"މައިޝާ.. ދެރަ ނުވައްޗޭ!" ސިނާން ހިފައިލީ މައިޝާގެ އަތުގައެވެ. މައިޝާގެ ހިތުގެ ވިންދު އަަވަސް ވިއެވެ.

"އަހަރެން ނިންމީ މައިޝާ ވަރި ކުރަން.." ސިނާން އެހެން ބުނުމާއި އެކު، މައިޝާ އަށް ހީވީ ދުނިޔޭގެ ހިނގުން ހުއްޓުނު ހެންނެވެ.

ނުނިމޭ

 1. Avatar
  moderated

  ދެން އެކަމު ދޯ. ޒޯޔާ އަށް އަނގާނީ މީގެ 4 މަސް ފަހުންތަ؟

  18
  1
 2. Avatar
  moderated

  އަޅެ ޒޯޔާ އެހެން ނަދާ ސިނާން އަށް

  18
  2
 3. Avatar
  moderated

  kobaa avaha aney part laabah varah inthisaaru kitha week nagaaney dhen oh bayah

 4. Avatar
  moderated

  pls next part avas kodheychey enmެ las veygen kon Irakun libeynee kiyan

 5. Avatar
  moderated

  މިހާރު މި ވާހަކަ ކިޔާ ހިތެއްވެސް ނުވޭ. އަޕް ކުރާލެއް ލަސްކަމުން😏

  17
  1
 6. Avatar
  moderated

  ކިތަންމެ ވާހަކަ ކިޔާހިއްވިޔަސް ކިތައްމެ ވާހަކަ ރީއްޗަސް ގެނެސްދޭކައް ތަރުތީބެއް ނެތި ވާހަކަ އައް އިތުރައް އިންތިޒާރު ކުރުން ހުއްޓާލާ ހަދާންނެތޭހާ ދުވަސް ފަހުން އަނެއްބައި އަންނައިރު އިތުރަށް ކިޔަން ފޫހިވޭ ކުރުކަމުން. ލިޔުންތެރިޔާ ކިޔުންތެރިންނަށް ޖަވާބު ނުދޭގޮތަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެއްވެސް ކިޔުންތެރިންގެ ރިކުއޭސްޓުވެސް ބަލައިގަންނަތަނެއް ނުފެނޭ 😔

  14
  1
 7. Avatar
  moderated

  އެހާ އަވަހަކަށް ނުލިބޭނެ ދޯ ޒެލް … އިންތިޒާރުގައި ތިއްބާ ކުރިން ކީ ޕާރޱް ވެސް ހަނދާން ނެތެނީ 😭😭😭😭 ލައްކަ ބިޒީ އޭ ދޯ ދޫނީ 😚❤️

  3
  1
 8. Avatar

  އަޅޭ… ކީއްވެ އެހާ ލަހުން ޕާރްޓްތައް އަޕްކުރަނީ…. ދެން ބަޑި ސީރީޒް ވެސް އެހާ ލަސް… އެހެން ހަދާކަށް ނުވާނެދޯ… ކިޔުންޔެރިންގެ ވެސް އޮންނަނީ ހިތެކޭ…. 😂

  13
  1. Avatar
   moderated

   ދޮގެއް ވާނޫން…. މަ ތިކަމަށް ތަރުހީބު

 9. Avatar
  moderated

  މަމީ މިވާހަކަ ކިޔަންފަށާފަ ހުއްޓާލި މީހެއް. ގާތްގަނޑަކަށް 50 ޕާޓް ކިޔުނު. އެ ބަޑި ވާހަކަވެސް ހަމަ އެހެން.
  އެހެންނުވާނީ ވާހަކަ ގެނެސްދެނީ އެހާ ލަހުން. އަނެއްކޮޅުން އޮންނަނީ ހަދާން ވެސް ނެތިފަ. ބައި ގަރުނު ފަހުން ގެނެސްދިނަސް ބައެއް ޕާރޓްތައް އެހާ ކުރު. ޕިސް ޕިސް. މި ވަރުން ދެން ނުކިޔޭނެ ދޯ. ސިލްސިލާ ވާހަކައަކަސް ވަކި ހައްދެއް އޮނާނާނެ ދޯ. ނޫންތަ އަޅެ؟

  9
  3
 10. Avatar
  moderated

  ބަލަ މިއޮއް ހުރިހާ ދުވަސް ކޮށްފަ ވެސް ހާދަ ކުރޭ!!!!!!!

  5
  1
 11. Avatar
  moderated

  ހާދަ ލަހޭ އަޕް ކުރާލެއް………… އެކަމް….. ޒޯޔާ އެންޑް ސިނާން…. ގުޅުވަދީ 😭😭😭😭😭😭😭😭😭😭😭ޕްލީޒް އޭރުން ސިނާން ރަގަނޅު ވާނި

  9
  1
  1. Avatar
   moderated

   ޢުހޫނ.. ކަލޭ މާ ކިޔައިދޭޏެ ކަމެއް ނެތް.. ޒޯޔާ އާ އެކަށޭނައީ ހައިލަމް. ޢެހެންނޫނީ ހައިލަން އަށް ވާން ގޮތް ވިސްނަބަލަ!! 😡

   4
   3
 12. Avatar
  moderated

  ދެން ދޯ މި ވާހަކަ ކިތެންމެ ރީޗަކަސް މިހާރު ނުވޭ ކިޔާހިތެއް. އެހެނެންނު ވާނީ ކަށްވަޅަށް ދާން ކައިރި ވީމަ ވިއްޔާ ނެކްސްޓް ޕާރްޓް ކިޔާލަން މި ލިބެނީ. ޒެލް ބިޒީ އަކަސް މިއަށް ވުރެ އަވަސް ކޮށްލަދީ ޕްލީސް. އައި ތިންކް އަލުން ބަލުން މި ވާހަކަ ފަށައިގެން ކިޔަން ކަންނޭ ޖެހޭނީ މާ ލަހުން އަޕް ކުރާތީ ވާނުވާ ނޭނގިގެން. ބަޓް މާާޝާ ﷲ ޔޫ އާ ޓެލެންޓެޑް ޒެލް. ރުޅި އައިސް ގެެނެއްނޫން އެނގޭ މިހެން މި ބުނަނީ. ޖަސްޓް ޕްލީޒް ޑޯންޓް މޭކް އަސް ވެއިޓް ފޯރް ޓޫ ލޯންގް. ❤️❤️❤️😭😭

 13. Avatar
  moderated

  ނިކަން ހަށީގައި ވަރު ލާފައި އަޕް ކޮއްބަލަ އަވަހަށް 😣އަނެއްކާވެސް މި ބައި ހަނދާން ނުނެތި އޮއްވާ ޕްލީޒް 😵

  10
 14. Avatar
  moderated

  ވަރަށް ރީތި ވާހަކައެއް

 15. Avatar
  moderated

  ވަރަށް ރީތި ވާހަކައެއް އެކަމު މިހާރު ފޫހިވެއްޖެ ލަސްކަމުން😭😭😭😭😭

 16. Avatar
  moderated

  ވަރައް އަވަސް ކޮއްދެއް ޗޭ.
  އެކަމް ވަރައް ރީތި މި ވާހަކަ👍👍👍👍

 17. Avatar
  moderated

  މަހަކު އެއްފަހަރު ދޯ މި ލިޔަނީ؟؟؟؟؟

 18. Avatar
  moderated

  ވާހަކަ ކިތައްމެހާ ވެސް ރީތި…..އެކަމަކު މިހާރު ދެން އަސްލު ވެސް ވަރަށް ވައިވެއްޖެ….ތިހެން މާލަސްވަންޏާ ވާހަކައިގެ ޖޯޝު ގެއްލޭނެ، ކިޔުން ތެރިން ފޫހިވާނެ..އިތުބާރު ގެއްލޭނެ…ވާހަކަ ކިޔުންތެރިން ބޭނުންވާހާ އަވަސް ކޮށް ނުގެނެސް ދެވުން ކަމުގަ ވިޔަސް..ލަސްވާ ސަބަބު ކިޔުން ތެރިންނައް ބުނެލަދީފަ އިނިއްޔާ ހިތްހަމަޖެހޭނެހެން ހީވަނީ… މިވެސް ކިޔުންތެރިއެއް ވީތީ ބުނެލާ ބަހެއް…

 19. Avatar
  moderated

  އަޕް ކުރާރަށް ނުވޭތަ😠😠😠😠😠

 20. Avatar
  moderated

  ކޮބާ އަނެއް ބައި؟ އަވަސް ކޮށްދީބަ. ވާހަކަ ވަރަށް ސަޅި! ❤️🤩✨

 21. Avatar
  moderated

  މިހާރު ދެން މިވާހަކަ އަޕް ކުރެވޭ ކަމަށް ވެސް ނުވޭ ދޯ؟

 22. Avatar
  moderated

  މި ވާހަކަ މިގޮތައް ލިޔަންޔާ ދެން ހުއްޓާލަން ވީނުން
  ޕާޓެއް ނެރެވެނީ ދެގަރުނު ފަހުން

 23. Avatar
  moderated

  މީ ޕަބްލިކް އެކޭ ތިހެން ނުކުޔަބަލަ.ކާކަށް އެނގޭނީ ޒެލް ގެ ފީލިންގްސް.ވެދާނެ ދޯ ހަމަ ޒެލް ބިޒީ ކަމައްވެސް.
  އެކަމަކު އަހަރެންވެސް ގަބޫލު ތިކަމާ.މާ ލަހުން އަޕް ކުރަންޏާ ކިޔުންތެރިންވެސް ފޫހިވާނެ.އައި އޯލްސޯ ބިލީވް ދެޓް
  ޒެލް ތިކުރައްވާ މިންނެތް މަސައްކަތައް ސާބަސް ދެން.👏 މި ސްޓޯރީ ވަރަށް އިންޓްރެސްޓިން😊

 24. Avatar
  moderated

  ދެން ހާދަ ލަހޭ ވާހަކަ އަޕް ކުރާލެއް
  ކޮބާ81

 25. Avatar
  moderated

  ކޮބާ އަނެއް ބައި… ވަރަށް ރީތި މާޝާ ﷲ ❤️❤️… އެކަމަކު ހާދަ ލަހޭ… ޕްލީޒް އަ ބިޓް ފާސްޓް މިފަހަރު… 🙏

 26. Avatar
  moderated

  81 ވަނަ ބައި ނިކުންނާނި ކޮން ޒަމާނަކުންބާ؟؟

 27. Avatar
  moderated

  81 ބައި ކޮބާ؟؟؟🤔🙄🤔🙄

 28. Avatar
  moderated

  ކޮބާ އަދިވެސް އަޕް ކުރާކަށް ނުވޭތަަ.. ހާދަ ދިގޭ އިންތިޒާރު

 29. Avatar
  moderated

  💔🔥ކޮބައި ވާހަކަ ޕާރޓް 81

 30. Avatar
  moderated

  ކޮބާތަ އަނެއްޕާޓު. މިހާރު އިންތިޒާރު ކޯޅުންލައިފި…

 31. Avatar
  moderated

  ޥާހަަކަ ނެރޭނެ ކަމެއް ނެތް 2 ޕާރޓު ގެނެސްދީފަ އާ ބަހަކަ އެއް ނެރެ ވޭ ތޯ ބަލާލާ

 32. Avatar
  moderated

  މީފަހެ އަރަތެއްތަ؟؟ ވާހަކަ ނުލިޔެވެންޏާވެސް ކިޔުންތެރިން ކައިރީގައި ބުނެލާ!!! ތިހާވަރަށް ކިނބުރުވެރިވާކަށް ނުވާނެ ކިތައްމެ ކިޔުންތެރިންނެއް ތިއްބަސް!!!

 33. Avatar
  moderated

  މީ ވަރަށް ކިޔާހިތުން ކިޔަމުން އަންނަ ވާހަކައެއް. އަދިވިސް 81 ވަނަ ބަޔަށް އިންތިޒާރުކުރަން އިނގޭ ޒެލް. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަޅެ އަވަހަށް އަޕް ކޮށްލަދެއްވަބަ 😔

ޚިޔާލު ފޮނުއްވާ