Views: 1587 91

އައިން ފާހާނާއިން ނިކުތް ވަގުތު މަލްހާ އައިންއާއި ދިމާލަށް ބަލާލިއެވެ. "ހިނގާބަލަ މާމަގެ ކޮޓަރި ޗެކު ކޮށްލަން." މަލްހާ ހިޔާލެއް ދިނެވެ. "އެތާނގައި ހުންނާނެ ޕޮލިހުން ދަމާފަހުރި ޓޭޕުތަކެއް. އެމީހުން ޗެކު ކުރަން ވެގެން. އެމީހުން ޗެކުކޮށް ނިމުނީމަ އެހެން ރެއަކުން ދާނީ." އައިން ބުނެލިއެވެ. މަލްހާ އެހެންދޯއޭ ބުނެލުމަށްފަހު އޮށޯތެވެ. މާގިނައިރެއް ނުވެ ދެކުދިން ވެސް ފުން ނިންޖެއްގެ ތެރެއަށް ގެބިގެން ދިޔައެވެ.
_________________________________
މެންދަމުގެ ވަގުތެވެ. ރަށަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. އައިންގެ ކޮޓަރީ ދޮރުގެ ދަަށުން އަރަންފެށީ ކަޅުކުލައިގެ ދުންތަކެކެވެ. އިސާހިތަކު އެ ދުންތައް ކޮޓަރިތެރޭގެ ތަންތަން ނުފެންނަ ވަރަށް ބޯ ވެއްޖެއެވެ.
މަލްހާއަށް ސިހިފައި ހޭލެވުނީ ވަރަށް ގަދަ ވަހެއް ދުވާތީއެވެ. ތެދުވެ ދެފަރާތް ހޯދާލިއިރު ކައިރީގައި ފިނިފެންމާ ފިޔަތަކެއް އަތުރާލައިފައި ހުއްޓެވެ. ވަސް އަންނަނީ އޭގެންނެވެ. ތަފާތު ކަމަކީ އެފިޔަތައް ކައިރީގައި އެހެން ވައްތަރެއްގެ މަލެއް އޮތެވެ. މަލްހާ އެމާ ނަގައި ރަނގަޅަށް ބަލާލިއެވެ. ދެން ހޯދާލީ އައިން ފެނޭތޯއެވެ. ނަމަވެސް އައިންއެއް ނެތެވެ. މަލްހާގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ.
އަނެއްކާ އައިން އޭނާއާއި ސަމާސާ ކުރަނީ ހެއްޔެވެ؟ ނަމަވެސް މިއޮއްހާ ދުންތައް ނެރުނު ތަނެއްވެސް އޮންނަން ޖެހޭނެ ނޫންހެއްޔެވެ؟ ތަނެއްގައި އަލިފާން ރޯވެފައެއްވެސް ނެތެވެ. ދެން މިއީ ކާކު ކުރިކަމެއް ހެއްޔެވެ؟ އައިން މިއޮއް ދަންގަޑީގައި އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ މިއީ އޭނާއަށް ފެންނަ ހުވަފެނެއް ބާއެވެ؟
މަލްހާ އެނބުރި މަލާއި ދިމާލަށް ބަލާލި ވަގުތު އެއްޗެއް ހަނދާންވިއެވެ. އެއީ އޭނާ ޝަޔަންމެންގެ ގެއިން އުފުރި ވައްތަރުގެ މަލެކެވެ. މަލްހާއަށް ބޭއިޚްތިޔާރުގައި މަލުންވަސްބަލާލެވުނެވެ. އެއާއެކު އޭނާގެ ބޮލަށް ފާޑެއްގެ ގޮތެއްވިއެވެ. އެނބުރުން އަރައިގަތީއެވެ. ނަމަވެސް އިރުކޮޅަކުން ރަނގަޅުވިއެވެ.
"ހައްހައްހައް." އަންހެނެއްގެ ހުނުމުގެ އަޑު މަލްހާއަށް އިވުނެވެ. އެއަޑު ބަރުވެފައި ބިރުވެރިއެވެ. މަލްހާ ބިރުން އެނދުގައި ލެނގިލެވުނެވެ. އޭރު މީހާވަނީ ދަލުން ފޯވެފައެވެ. ބިރުންގޮސް މީހާ ގުޑުގުޑު އަޅައެވެ.
"ކަ-ކާކު ތި-ތިއީ.؟" މަލްހާ ހިތްވަރުކޮށްލާފައި ބުނެލިއެވެ. އަހަރެން މިއީ ކަލެއަށް ފެންނަ ޖިންނި. ހައްހައް.. އަހަރެންގެ ނަމަކީ މަލައިނާ." މަލައިނާ ހިނިގަނޑެއް ޖަހާލަމުން އަމިއްލަ ތަޢާރަފެއް ދިނެވެ. "ކީއްވެ އަހަރެންނަށް އުނދަގޫ ކުރަނީ." މަލްހާ ހަމަޖެހިލަމުން އެހެން ބުންޏެވެ. ނަމަވެސް ބިރުން މީހާ ހުރީ ވިރިވިރި އެވެ.
މަލްހާގެ ސުވާލުގެ އަޑު އިވިފައި މަލައިނާގެ އަޑު ކެނޑުނެވެ. "ތިއީ ކަލޭ ކުރަން ޖެހޭ ސުވާލެއް ނޫން." މަލައިނާގެ އަޑު މިފަހަރު ކުރިއަށްވުރެ ބަރުވެފައި ބިރުވެރިއެވެ. ހީވާ ގޮތުން އޭނާ ރުޅިއައީއެވެ. މަލްހާ ދިޔައީ ސިއްސައިގެންނެވެ. ބިރުން މީހާ ނުވިރުނީ ކިރިޔާއެވެ.
"މަލްހާގެ މާމަ މަރާލީވެސް އަހަރެން. ހައްހައް.! އެއީ އޭނާ އަހަރެން މަރާލަން މަސައްކަތް ކުރީމަ. އޭނާ މުދިންބެއަށް ގުޅައިގެން އުޅުނީ އަހަރެން މަރާލަން. ޢެކަމަކު އަހަރެން އޭނާއަކަށް އެފުރުސަތެއް ނުދެން. މަލްހާ މިވާހަކަ އެއްވެސް މީހެއް ގާތު ބުނެފިއްޔާ މަލްހާވެސް...!" މަލައިނާ އިންޒާރެއް ދިނެވެ. މަލްހާއަށް ބިރުން ރޮވޭގޮތްވިއެވެ. މާމަ ގާތު އެވާހަކަ ނުބުނެވުނުނަމަ ކިހާ ރަނގަޅުވީހެވެ. އޭރުން މިއަދުވެސް އޭނާއާއި އެކީ މާމަ ހުރީހެވެ.
"ކޮ-ކޮބާ އައިން؟ އޭނާއަށް ދެރަގޮތެއް ނަހަދާތި.!" މަލްހާ އާދޭހުގެ ރާގަކަށް އެހެން ބުނުމުން މަލައިނާ ޖަހާލީ ހިނިގަނޑެކެވެ. މަލްހާގެ ހިތަށް ބިރުވެރިކަން ވަނެވެ. "އޭނާވެސް އަދި ފެންނާނެ." މަލައިނާގެ އަޑުގައި ވަނީ މަލާމާތެވެ. މަލްހާގެ ރުޅިގަނޑު ކެކިގަތެވެ. ނަމަވެސް އެކައްޗެކޭވެސް ބުނާކަށް ނުކެރުނެވެ. މަލައިނާ އޭނާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
މަލްހާ ނުވިސްނާ އިންދައި ކުރިމައްޗަށް ވާގޮތަށް މަލްހާގެ އެނދުމައްޗަށް ކޮޅަށް ވާގޮތަށް މަލައިނާ ފާޅުވިއެވެ. ކުއްލިއަކަށް މަލައިނާ ފާޅުވުމުން މަލްހާ ހެޔަށް ގޮތްވެ އެނދުމައްޗަށް ވެއްޓުނެވެ. މަލައިނާ ލައިގެން ހުރި ދޮން ކުލައިގެ ހެދުމުގެ އެކި ތަންތަން ހުރީ ވީދިފައެވެ. ލޮލުގެ ކައިރިން ކޮކާލުގެ ފިޔަގަނޑު ކަހަލަ އެއްޗެއް ފަޅާފައި ހުރިއިރު މޫނުގައި ކޮންމެވެސް ވަރަކަށް ޒަޚަމްވެފައި ހުއްޓެވެ. އެތަންތަނުން ލޭގެ ބަދަލުގައި ފައިބަމުން ދިޔައީ ދޮންކުލައިގެ އެއްޗެކެވެ.
މަލްހާ އޮތީ ދެލޯ ބޮޑުކޮށްގެން މަލައިނާއާއި ދިމާލަށް ބަލާށެވެ. މަލައިނާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. ހީވަނީ ދެންމެ ދެންމެ ދެންމެ ގަޔަށް އަރާފާނެހެންނެވެ. މަލައިނާ އޭނާގެ އަތަށް ބަލާލުމަށްފަހު ކޮށްލި އިޝާރާތަކުން އޭނާގެ އަތަށް ފާޅުވީ ވަޅިއެކެވެ.
މަލައިނާ ވަޅިއަށް ބަލާލުމަށްފަހު ހޭންފެށިއެވެ. އަދި އެނބުރި މަލްހާއާއި ދިމާލަށް ބަލާލިއެވެ. މަލައިނާގެ ލޯ ހުރީ ހުރީ ރަތް ކުލައިން ދިއްލިފައެވެ. އޭނާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. މަލްހާ ބިރުން ރޮއެ ގަނެވުނެވެ. ނަމަވެސް މަލައިނާ އޭނާއާއި ވަޅި ގާތްކޮށްލިއެވެ. މަލްހާ ބިރުން ހޭނެތިގެން އެނދު މައްޗަށް ވެއްޓުނެވެ.
މަލައިނާ މަލްހާއަށް ބަލާލުމަށްފަހު ހިނިގަނޑެއް ޖަހާލުމަށްފަހު މަލްހާގެ ބޮލަށްވާ ގޮތަށް އޭނާގެ ލޮލުން އައްޔެއް ފޮނުވާލިއެވެ. އަދި ރަނގަޅަށް މަލްހާއާއި ދިމާލަށް ބަލާލުމަށްފަހު ދުންގަނޑަކާއި އެކު ގެއްލުނެވެ. އެއާއެކު ކޮޓަރިތެރޭގައިވާ ބޯ ދުންގަނޑު ވެސް ގެއްލުނެވެ.
މަލައިނާ ދިޔަތާ އިރުކޮޅެއް ނުވެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެ ވަނީ އައިންއެވެ. އޭނާގެ ދެލޯ ހުރީ މެރިފައެވެ. އައިން އެދިޔަ ގޮތަށް ގޮސް އެނދަށް އަރާ ނިދައިފިއެވެ. އައިންގެ ގައިން ދުންތަކެއް އަރައިގެން ގޮސް ގެއްލުނެވެ.
..............
=ނުނިމޭ=
ފަނަރަ ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ.!💗

 1. flame Gurl
  moderated

  ކިހިނެތް އެވީ؟ 😰 ވާހަކަ ހަމަ ވ ސަޅި މާޝާﷲ

 2. Avatar
  moderated

  ވަރަށް ރީތި، 15 ނިކުންނަނީ ކޮން ދުވަހަކު؟

 3. Avatar
  moderated

  👍👍💯

 4. Avatar
  moderated

  ވަރަށް ރީތި އަދި ބިރުވެރި 😤😲👻💀

 5. Avatar
  moderated

  Omg what happened to ain?!
  Curiously waiting for next part ✨

 6. Avatar
  moderated

  ވަރަށް ރީތި . ކޭން ޔޫ ޕްލީޒް ގިވްމީ ޔުއާރ އެޑްރެސް . އިފްޔޫޑޯންޓް މައިންޑް.

 7. Avatar

  ވަރަށް ރީތި މާޝާ ﷲ 💕 ! ކީޕްއިޓް އަޕް ޔަޝް ! އޯކޭ ދޯ ޔަޝް ކިޔަސް 😉☺ !

 8. Avatar
  moderated

  މި ބައި ވެސް ވަރަށް ރީތި 💓💓💓💓💓💓💓
  ކޮން އިރަކުން އަނެއް ބައި
  ކާންޱް ވެއިޱް ފޯރ ނެކްޱް ޕާރޱް

 9. Avatar
  moderated

  ވާނުވާ ނޭނގޭ

 10. Avatar
  moderated

  ޥވވ ރީތި👍👍👍👍👍

 11. Avatar
  moderated

  Omg im so sorry for being lateee i didn’t see your post in classroommmmm
  ✨Anyway this part was amazing

 12. Avatar
  moderated

  Omg im so sorry for being lateee i didn’t see your post in classroommmmm
  ✨Anyway this part was amazing

 13. Avatar
  moderated

  ޔަޟްމީ ގެ ކްރަސް އަކީ ކާކު

 14. Avatar
  moderated

  ވާހަކަ ވ.މަޖާ😂😂😂😂😂

 15. Avatar
  moderated

  This is one spooky story but by the way it is very awesome and interesting ❤️❤️👌👌👌👌

ޚިޔާލު ފޮނުއްވާ