Views: 1818 89

********* 5 ބައި **********
ލީންގެ ހަލުވި ފިޔަވަޅުތަކަށް ހުއްޓުން އެރީ ރަޔާންގެ އެ ޖުމުލައިންނެވެ. ލީންއަށް ހުރެވުނީ ރަޔާން ކުރި ސުވާލަށް ޖަވާބު ދޭނޭ ގޮތެއް ނޭނގިފައެވެ. އެވަގުތު އައިޝް ލީންއަށް ގޮވާލުމުން ލީންއަށް ލިބުނީ ކުއްލިސިހުމެކެވެ. ލީން އަވަސް ވެގަތީ ވީހާވެސް އަވަހަަކަށް އެގެއިން ނިކުތުމަށެވެ. ލީން އެގޭގެ މައިދޮރާއްޓާއި ދިމާއަށް މިސްރާބުޖެހިއެވެ. އެވަގުތު ރަޔާންގެ މަންމަ ޝަހުފާ ލީންއަށް ގޮވާލިއެވެ. " ލީން" . ލީން ފަހަތަށް އެބުރި ބަލާލިއެވެ. އަދި " ލައްބަ " އޭ ބުނެލިއެވެ. އަދި ޝަހުފާ ލީން ގާތު ބުނެލިއެވެ. " އާދެ ސައިބޯން " . އެ.. އެ އޯކޭ ވާނެ " . ޝަހުފާާގެ އެދުން އިންކާުކުރުމުގެ ގޮތުން ލީން ޖަވާބުދިނެވެ. " މަންމަ ވަރަށް ދެރަވާނެ ލީން ސައިނުބޮއެ ގޮއްސިއްޔާމުން " އައިޝް ލީންއާއި ދެކޮޅުހަދަމުން ބުނެލިއެވެ. ލީންއަށް އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެވެ.އަދި އައިޝް އާއި އެއްކޮށް ކާކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.
އެވަގުތު ރަޔާންވެސް އޭނާގެ ކޮޓަރިއަށް ދިއުމަށް މިސްރާބުޖެހިއެވެ.ރަޔާންއަށް ކޮޓަރިއަށް ވަދެވުމުން އޭނާ ފެންވަރާ ތާޒާވެލިއެވެ. އަދި ވަރުބަލިވެފައިވުމުން ކުަޑަކޮށް އޮޝޯވެލަން ބޭނުންވިއެވެ. ރަޔާން ފުންނޭވާއެއް ދޫކޮއްލުމަށްފަހު އެދުމައްޗަށް ވެއްޓިގަތެވެ.ރަޔާން ކުޑަ އިރުކޮޅަކަށް އަރާމުކޮށްލަން ބޭނުންވިއެވެ. ކިތަންމެ ވަރުބަލިކަންއިހުސާސް ކުރެވުނު ނަމަވެސް މިއަދު ލީންގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު ސިފަތައް ރަޔާންގެ ސިކުނޑީގައި ހުއްޓުމެއްނެތި އެބުރެމުން ދިޔައެވެ. ސަބަބަކީ އެހެން އަންހެންކުއްޖެއްގެ ކިބައިން ދުވަހަކުވެސް އެފަދަ ސިފަތަކެއް އޭނާ ފެނިފައި ނުވާތީއެވެ. އެ ޚިޔާލްތަކުން ދުރުވާން ރަޔާން ކިތަންމެ ބޭނުންވިކަމުގައިވީނަމަވެސް މިއަދު ރަޔާންގެ ގައިގައި އެ ހިއްވަރެއްނެތެވެ.އިރުތަކެއް ފަހުން އެ ފުން ޚިޔާލްތަކުގެ ތެރެއަށް ގެނބިފައި އޮތް ރަޔާންއަށް ނިދުނެވެ.
ސައިބޯ ނިންމާލުމަށްފަހު ލީން އަވަސް ވެގަތީ ވީހާވެސް އަވަހަކަށް އެގެއިން ދިއުމަށެވެ . ލީންގެ ފަހަތުން ޝަހުފާއާއި އައިޝް އެގޭގެ މައިދޮރޯއްޓާއި ދިމާއަށް ދިޔައެވެ. އަދި ޝަހުފަ ބުނެލިއެވެ. " ލީން މަޑުކުރަންވީނުން ރަޔާންއާއި އެކީ ދަން " " އޭ އޯކޭ މިހާރު ފްރެންޑްއަކަށް ގުޅައިފިން ބަލައިއަންނަން " ލީން ޖަވަބުގާ ބުނެލިއެވެ. އިރުތަކެއްފަހުން ލީންގެ އެކުވެރި އަލްޔާ އޭނާ ބަލައިއައެވެ. އަލްޔާއަކީ އެންމެ ކުޑާއިރުއްސުރެން ލީންގެ އެންމެ ގާތް އެކުވެރިޔާއެވެ. ލީން އަލްޔާއާއިއެކު ގެޔައްދިޔައެވެ. އަދި ގެޔައްދެވުމުން އޭނަގެ ތަނަވަސްކަން ބޮޑު ކޮޓަރިއަށް ވަދެ ފުންނޭވާއެއް ދޫކޮށްލަމުން އެދުމައްޗަށް ވެއްޓިގަތެވެ. އަދި ފޯނު ނަގާ ލަވަޖައްސާލިއެވެ. އެވަގުތު ފޯނުން ޖެހެމުން ދޔައީ ޖޭމްސް އޯތަރގެ " ސޭ ޔޫ ވޯންޓް ލެޓް ގޯ " މި ލަވައެވެ. މި ލަވައަކީ ލީންގެ ހިތަށް ވަރަށް ރީތި ލަވައެކެވެ. ލަވަޖަހާލުމަށްފަހު މިއަދު ހިނގި ކަންތަކާއިމެދު ލީން ވިސްނަންފެށިއެވެ އަދި އެ ޚިޔާލްތަކުގެ ތެރޭގައި އޮވެ ލީންއަށް ނިދުނެވެ.
ގަނޑިން ހެދުނު 8 ޖަހަނީއެވެ . ލީންއަށް ހޭލެވުނީ ކުޑަދޮރުގެ ދޮރުފޮތިގަޑުގެ ތެރެއިން އިރުގެ ދޯދިތައް ލީންގެ މޫނަށް އެޅުމުންނެެވެ. ލީން ތެދުވެ ފޯނު ހުޅުވާ ލަވަޖަހާލިއެވެ. އަދި މޯޅިއަކަށްދެމިލުމަށްފަހު ފެންވަރަން ވަނެވެ. ފެންވަރައިގެން ނުކުމެ އޮފީހަށް ދާން ތައްޔާރުވިއެވެ. މިއަދަކީ ދިހަ ދުވަހުގެ ޗުއްޓިއައަކަށް ފަހު ލީން އޮފީހަށް ދާދުވަހެވެ. ހެދުނުގެ ނާސްތާކުރުމަށްފަހު ލީން އޮފީހާށް ދިޔައެވެ. ލީން ގެ ބައްޕައަކީ ބޮޑު ކުންފުންޔެއް ހިންގާ ބިސްނެސް މޭންއެކެވެ. މި ކުންފުނީގެ 50 އިންސައްތަ ޝެއަރ އޮންނަނީ ލީންގެ ނަންމަތީގައެވެ.ރަޔާންގެ ބައްޕަ ރާޒީއަކީވެސް އަމިއްލަ ކުންފުންޔެއް ހިންގަ މީހެކެވެ. މި ދެކުންފުނި ގުޅިގެން އެތަކެއް ބޮޑެތި މަޝްރޫތަކެއް ވަނީ ހިންގާފައެވެ.
ރަޔާންއަށް ހޭލެވުނީ އޭނާގެ ފޯނުގެ އެލަރމް ރިންގްވި އަޑަށެވެ. ރަޔާން ތެދުވެ އަވަސްވެގަތީ ފެންވަރައިގެން އޮފީހަށް ދެވޭތޯއެވެ. އެއިރު ގަޑިން 9 ޖަހަނީއެވެ. ލީން އޮފީހަށްގޮސް އޭނަގެ ކެބިންއަށް ވަދެ ގޮޑިގައި އިށިންދެލިއެވެ. އެވަގުތު ލީންގެ އެސިސިްޓެންޓް މައީޝާ ލީންގެ އިންތިޒާރުގައި އިނެވެ. އަދި ލީން މައީޝަ ފެނުމާއިއެކު ހިނުތުންވެލިއެވެ. މައީޝާ ހިނުތުންވުމެއް ރައްދު ކޮއްލުމަށްފަހު ބުނެލިއެވެ. " ލީން މިއަދު ދިހައެއް ޖަހާައިރު އެބައޮތް " އޭ.އާރް " ކޮމްޕެނީގެ މެނޭޖަރއާއި އެއްކޮށް ބާއްވާ މީޓިންގްއެއް ސޯ ޑޯންޓް މިސް އިޓް މީ ވަރަށް މުހިންމު މީޓިންގްއެއް އެހެންވެ " ލީން " އޯކޭ " ބުނެލުމަށްފަހު މީޓިންގްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ މަސައްކަތްތައް ނިންމާލެވޭތޯ ބެލިއެވެ.
ލީން މަސައްކަތްތައް ނިންމާލުމަށްފަހު މީޓިންގްރޫމްއާއި ދިމާއަށް ދިޔުމަށް ހިގައިގަތެވެ. އަދި ލީންގެ ފަހަތުން މައީޝާވެސް ދިޔައެވެ. ލީން މީޓިންގްރޫމްއަށް ވަދެ ގޮޑީގައި އިދެ ހަމަޖެހިލިއެވެ. އެއިރު ގަޑިން 9:45 ވަނީއެވެ. ކާރު ޕާރކް ކޮއްލުމަށްފަހު އޭ.އާރް ކޮންޕެނީގެ މެނޭޖަރ ރަޔާން " ލީންސް " ކޮންޕެނީގެ ބިލްޑިންގެތެރެއަށް ވަދެގެންއައެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ ގަމީހާއި ކަޅުކުލައިގެ ކޯޓުފަޓުލޫނުގެ ސަބަބުން އެފިރިހެންވަންތަކަން ހާމަވެގެންދެއެވެ.އަދި އޭނާގެ އަތުގައި އަޅާފައި އޮތް ރޯލެކްސް ގަޑީގެ ސަބަބުން އެ ފރިހެންވަންތަކަން އިތުރުވެގެންދެއެވެ. އެ ރީތި ސޫރަ ފެންނަ ކޮންމެ އަންހެންކުއްޖަކުެސް ސިހޭނެކަން ޔަގީނެވެ.
ރަޔާން ގޮސް މީޓިންގްރޫމްގެ ތެރެއަށް ވަނެވެ. އެ ވަގަތު ލީން ރަޔާންއަށް ފުރަގަސް ދީގެން އިނެވެ. މައީޝާއަށް ރަޔާން މ|ީޓިންގްރޫމަށް ވަންތަން ފެނުމުން ކަރުކަހާލުމަށްފަހު ލީންއަށް ގޮވާލިެވުނެވެ. " އެހެމްއެހެމް ލީން " ފޯނާ ކުޅެން އިން ލީން ގޮޑީގައި އިދެ އަނެއްފަރާތައް އެބުރެލިއެވެ. އެވަގުތު ލީން އަށް ފުންނޭވާއެއް އެތެރެއަށް ދަމާލެވުނެވެ. އަދި ދެލޯ ބޮޑު ކޮއްލެވުނެވެ. ރަޔާންއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.ރަޔާންއަށް ދެލޯ ބޮޑުކޮއްލެވުނެވެ. އަދި ބުނާނެއެއްޗެއް ނޭނގިފައި ލީން ކައިރި ހައިރާން ކަމާއިއެކު ބަލަން ހުރެވުނެވެ. އެވަގުތު ލީންއަށް އިނދެވުނީ ބުނަނެ އެއްޗެއް ނޭނގިފައެވެ.
( ނުނިމޭ )

  1. Avatar
    moderated

    ހާދަ ކުރުކޮށް. ތަންކޮޅެއް ދިގުކޮށް ދެންބައި ގެނެސް ދެއްޗޭ އިނގޭ. އެކަމް މިބައިވެސް ވަރަށް ރީތި!

  2. Avatar
    moderated

    ވަރަށް ރީތި މާޝާ ﷲ !
    ސަޅި ،ކޮންއިރަކު އަނެއް ބައި އާޝާ

  3. Avatar
    moderated

    އާޝާާާާާާާާާ
    ވަރަށް ރީޗި

  4. naa

    ދެން ކީކުރާނީ ފައި އެމީހުން އަޕް ކުރާނެ ކޮންމެސް އެއްދުވަހުން ވެއިޓް އެންޑް ސީ

  5. Avatar
    moderated

    މި ބައި ވެސް ވަރަށް ރީތި 💓💓💓💓💓
    ކޮން އިރަކުން އަނެއް ބައި

  6. Avatar
    moderated

    މާޝާ ﷲ ވަރަށް ރީތި މި ޕާރޓް ވެސް ކިއުރިއސްލީ ވެއިޓިން ފޯ ނެކްސްޓް ޕާޓް 💕💕

ޚިޔާލު ފޮނުއްވާ