ދޫކޮށްނުލާނަމޭ ކަލާ - 04

މިހުރިހާ ވާހަކައެއް ކިޔައިދިންއިރު ފަރްޒީންހުރީ ފެންކަޅިވެފައެވެ. އަދި މާލިކްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވީދެރައާއި އެއްވަރަށް މާލިކްގެ ހިތުގައި ލައާލީދެކެ ރުޅިވެސްއައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ މީހަކު ގައިގައި ޖަހައިފާނެ ހެންނެވެ. ނަމަވެސް ރުޅި ކޮންޓްރޯލް ކުރީ ކައިރީގައި އިން ފަރްޒީންގެ ކަރުނަތަށް ފެނުމުންނެވެ. މާލިކް އެއްވެސް އިޚްތިޔާރަކާއިނުލަައި އޭނާގެ ދެއަތުން ފަރްޒީންގެ ކަރުނަތަށް ފޮހެދިނެވެ. ވެއިޓަރ 3 ވެނީލާ މިލްކްޝޭކް ތަށި ގެނައުމުން އެއެއްޗެހި ބޯލުމަށްފަހު ކައުންޓަރ ކައިިރިއަށްގޮސް ބިލު ދެއްކިއެވެ. ދެން އެތިން ކުދިން މިސްރާބުޖެހީ ޔަލީނާމެން ތިބި ބެންޗާއި ދިމާއަށެވެ. އެހިސާބަށް ދިޔައިރު ޔަލީނާއޮތީ ޒަރޫންގެ ކޮނޑުގައި ބޯއަޅައިލައިގެން ވަރަށް ލޯބިކޮށް ނިދައިލައިފައެވެ. ނަމަވެސް މީހުންތަކެއްގެ ފިޔަވަޅުގެ އަޑު އިވުމުން ޔަލީނާ ސިއްސައގެން ގޮސް ކުއްލިއަކަށް ހޭލެވުނެވެ.

"ހައު އާރ ޔޫ ފީލިން؟" ކަލްޘޫމް ޔަލީނާގެ އަނެއްކޮޅުގައި އިށީނދެ ވަރަށް ލޯބިން އެއްސެވެ.

"ޝީ އިޒް ފީލިން ވެރީ އެންގްރީ ދޯ؟" އެހުރިހާ އެންމެންގެ ފަހަތުން އިވުނު ރުޅިވެރި ފިރިހެން އަޑުން އެންމެން ސިހިފައި އެދިމާ ބަލައިލިއެވެ.

"އަޒްލާން!" ޔަލީނާއާއިއެކު ކަލްޘޫމްއަށާއި ޒަރޫންއަށްވެސް އިށީނދެއިން ތަނުން ކޮޅަށް ތެދުވެވުނެވެ.

"ކަލޭ އަހަރެންގެ ނަން ކިޔައިގެންވެސް ނުވާނެ." އަޒްލާން އިންޒާރެއް ދިންފަދައެވެ. އެންމެންނަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

"މީންދި ނުބައި އިންސާނާ އެއުޅެނީ ކަލޭމެން އެންމެން ހަދައިލައިގެން. އާލީގެ ނުބައި ވާހަކަ ދައްކައިގެން އޭނާ ނުބައިކުރަން. ކަލެއަށް އިނގޭތަ އާލީގެ ހިތަށް ކުރާނެ އަސަރު؟ ކަލޭ ޔަޤީނުންވެސް އަދި އެކަހަލަކަމެއް ތަޖުރިބާ ކުރެވިފައެއް ނެތްދޯ؟ އަހަރެން.....އަހަރެންނަށް ކަލެއަށްވެސް އެކަހަލަ ކަމެއް ތަޖުރިބާކުރަން ޖެއްސޭނެ. ޖައްސާނަން." އަޒްލާން އޭނާގެ ހިތުހުރިހައި އެއްޗެއް ޔަލީނާގެ ކުރިމަތީގައި ގޮވިއެވެ. އެއިރު މަގުމަތީގައި ތިބި ހުރިހާ އެންމެން ކަހަލަ ގޮތަކަށް އަޒްލާން އަދި ޔަލީނާއާއި ދިމާއަށް ނަޒަރު ހުއްޓިފައިވެއެވެ.

"މަޑުކުރޭ! ލީނާއާއި ދިމާއަށް އެއްޗެހި ގޮވަންޏާ ކަލޭ މާދަމާވާންވާއިރަށް މި ދުނިޔެއަކު ނުހުންނާނެ! ހަނދާންކުުރާތި!" ޒަރޫން ރުޅިވެރި ރާގަކަށް ޔަލީނާގެ ކުރިމައްޗަށް އެރުމަށްފަހު ބުންޏެވެ. ނަމަވެސް އަޒްލާން އެއްވެސް ވަރަކަށް ވިސްނާލުމެއްނެެތި ޒަރޫން އާއި ޒުވާބުކުރަމުން ދިޔައެވެ. ޒަރޫންވެސް ދިޔައީ ޒުވާބު ކުރަމުންނެވެ.

"އިނަފް!" ޔަލީނާއަށް އެންމެ ފަހުން ނުހުރެވިގެން އޭނާއަށް ހަޅޭ ލެވޭ އެންމެ ބާރަކަށް ހަޅޭލަވައިގަތެވެ. މިއަޑަށް ޒުވާބުކުރަންހުރި އަޒްލާން އާއި ޒަރޫންގެ އަނގަ ބަންދުވިއެވެ.

"އާނ! އަހަރެން ތިބުނާ ހުރިހާ ކަމެއް ކުރިން. ހެޕީީ؟" ޔަލީނާ ރޮވިފައި ހުރި އަޑަކަށް އެހެން ބުންޏެވެ.

ދެން ޔަލީނާ ޓެކްސީއެއް ހުއްޓުވުމަށްފަހު އޭނާގެއެޕާރޓްމެންޓަށް ދާން މިސްރާބުޖެހިއެވެ. އަޒްލާން ފިޔަވައި އެންމެންވެސް ޓެކްސީއެއް ހުއްޓުވުމަށްފަހު ޔަލީނާގެ ޓެކްސީގެ ފަހަތުން ދިއުމަށް ޑްރައިވަރު ކައިރީގައި ބުންޏެވެ. އެމީހުން ދިއުމުން އަޒްލާންގެ ހިތަށް ހާސްކަންވަނެވެ. އޭނާގެ ހިތަށް އަރަންފެށީ އޭނާ ކަންތައް މިކުރީ ރަނގަޅަށް ތޯއެވެ. އެވިސްނުމުގައި ހުއްޓައި ލައާލީ އައިސް އަޒްލާންގެ ގައިގައި ބައްދައިލިއެވެ. ޔަލީނާ އޭނާގެ ކޮޓަރިއަށް ވަނުމަށްފަހު އަލަމާރީގައި ހުރި ހުރިހާ ހެދުމެއް ނަގައި ފޮއްޓަކަށް އަޅަންފެށިއެވެ. އޭނާ މިހާރު މެލޭޝިޔާގައި ހުންނާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ސަބަބުން އެހެން މީހުންގެ ދިރިއުޅުން ހަލާކުވާކަށް ބޭނުމެއް ނޫނެެވެ. ކުއްލިއަކަށް މީހަކު ޔަލީނާގެ ކޮޓަރީގައި ޓަކި ތަޅަން ފެށުމުން އޭނާގެ ފޮށި ފޮރުވުމަށްފަހު ދޮރު ހުޅުވިއެވެ. ދޮރުން އެތެރެއަށްވަނީ ކަލްޘޫމް އާއި ފަރްޒީން އާއި މާލިކް އާއި ޒަރޫންއެވެ. އެމީހުން ކުޑަކޮށް ޔަލީނާއާއި ވާހަކަ ދައްކައިލުމަށްފަހު ނުކުމެގެން ދިޔައެވެ. ދެން ޔަލީނާ އޭނާ ތައްޔާރުކުރި ފޮށި ހިފައިގެން އެޕާރޓްމެންޓުން ނިކުތެވެ. އެއަރޕޯރޓްއަށް ގޮސް މަތިންދާބޯޓަށް އެހާ ގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ހަމަަ މަތިންދާބޯޓަށް ޖެއްސުމާއިއެކު ޔަލީނާ މަތިންދާ ބޯޓަށް އެރިއެވެ. މަތިންދާބޯޓު ހުޅުލެއަށް ޖެއްސިއެވެ. އެއާއިއެކު ޔަލީނާ މަތިންދާބޯޓުން ފޭބިއެވެ. އަދި ފެރީއަކަށް އެރުމަށްފަހު މާލެ ދިޔައެވެ. ޔަލީނާ މެލޭޝީޔާގައި ހުރިއިރު ފިހާރައެއްގެ ސޭޓަކަށް އުޅުމުގެ ސަބަބުން ޔަލީނާގެ އަތުގައި އެއް ކޮޓަރީގެ އެޕާރޓްމެންޓެއް ހިފޭވަރުގެ ރުފިޔާ ހުއްޓެވެ. ޔަލީނާ އެޕާރޓްމެންޓަށް ވަނުމުގެ ކުރިން އާފޯނެއް ގަނެވެ. އަދި އާ ސިމް އެއް ލެއްވުމަށްފުހު ކުރީގެ ފޯނުން ފަރްޒީންއަށް މެެސެޖެއް ފޮނުވައިލުމަށްފަހު އެފޯނު ނިއްވައިލިއެވެ. ދެން ޔަލީނާ އޭނާގެ އެޕާރޓްމެންޓަށްގޮސް ވަރުބަލި ފިލުވައިލުމުގެ ބޭނުމުގައި އެނދުގައި އޮށޯތުމަށްފަހު ދެލޯ މަރައިލިއެވެ. ކަލްޘޫމްއަށާއި މާލިކްއަށާއި ޒަރޫންއަށް ވާހަކަ ދައްކަންހުރި ފަރްޒީންއަށް މެސެޖެއްއައި އަޑަށް މެސެޖު ހުޅުވައި ބަލައިލިއެވެ. ފަރްޒީންގެ މޫނުން ކަންބޮޑުވުމުގެ އިޙްސާސްތައް ފެނުމުން އެހުރިހާ އެންމެން ވީ ކީތްތޯ އެއްސެވެ. ފަރްޒީން ހުރިހާ އެންމެންނަށް އަޑު އިވޭވަރަށް އަޑުހަރުކޮށް މެސެޖު ކިޔަން ފެށިއެވެ.

"އެކުވެރި ފަރޫއަށް..... ފަރޫއެވެ! އަހަރެންގެ ސަބަބުން އެހެން މީހެއްގެ ދިރިއުޅުން ހަލާކުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ! މިއީ އަހަރެންގެ ފަރާތުން ފަރޫއަށްވެސް އަދި އަހަރެންގެ ގާތް އެކުވެރިންނަށް ލިބޭ އެންމެ ފަހުމެސެޖު ކަމަށްވެސް ވެދާނެވެ. އަހަރެން މެލޭޝީޔާއިން އެހެން ޤައުމަކަށް ފުރައިފީމެވެ. ނަމަވެސް އެޤައުމުގެ ނަމެއްް އަހަރެންނަކަށް ބުނެވޭކަށް ނެތެވެ. ދެން އިރާދަކުރެއްވިއްޔާ އަހަރެންގެ އުނދަގުލެއް ހަމަ އެކަކަށް ނުޖެހޭނެއެވެ. އަހަރެންގެ ފަރާތުން އެންމެންނަށް ސަލާމް ބުނެދޭށެވެ. ވަރަށް ހެޔޮ ދުޢާ ސަލާމް ، ޔަލީނާ." ފަރްޒީީން މިމެސެޖު ކިޔައި ނިމުނު އިރު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެެވެ.

ޔަލީނާގެ ނަމްބަރަށް ކިތަންމެ ފަހަރަކު ގުޅިކަމުގައި ވިއަސް އޮންނަނީ ފޯނު ނިއްވައިލައިފައެވެ. ލޮކޭޝަން އޮފް ކޮށްފައި އިނުމުގެ ސަބަބުން އޭނާ ހުރި ތަނެއް ބުނެދޭކަށް ނޭނގުނެެެވެ. އަނެއް ދުވަހުގެ އިރު އަރައިފިއެވެ. ފަރްޒީންމެން ކޮލެޖު ތެރެއަށް ވަތްއިރު އެއިން އެއްވެސް ކުއްޖަކު އަނގައިންވެސް ނުބުނެެއެވެ. ކޮލެޖަށް ވަންނަން އައި އަޒްލާންއަށް އެމީހުން ފެނުނެވެ. ނަމަވެސް ޔަލީނާ ނެތުމުން އެތަނަށް ދާން ނިންމިއެވެ. އެތަނަށް ދިޔައިރު އޭނާގެ ހިތުގައި އޮތް ސުވާލު އަޒްލާން ކޮށްލިއެވެ.

"ކޮބާ ޔަލީނާ؟" އަޒްލާން އެއްސެވެ.

"ކީތްކުރަން ޔަލީނާ ހޯދަނީ؟" މާލިކް ހިތްހަމަނުޖެހުމުގެ ރާގެއްގައި ބުންޏެވެ.

"އޭނާ ފެންނަން ނެތީމަ؟" އަޒްލާން ބުންޏެވެ.

"ކަލޭ ނުޖެހޭނެ ކޮންމެހެން އޭނާ ހޯދާކަށް. ކަލެއާއި ހެދި އޭނާ މިޤައުމުންވެސް ގޮއްސި. އަދި އެނުވާތާކަށް ދިޔަ ތަނެއް ނޭނގެ. ފޯނު އޮތީ ނިއްވައިލައިފަ. އަދި އެނުވާތާކަށް ލޮކޭޝަންވެސް އޮތީ އޮފްކޮށްލައިފައި." މާލިކް އެހެން ބުނުމަށްފަހު އޭނާގެ ކްލާހަށް މިސްރާބު ޖެހިއެވެ. އަދި އެހެން ކުދިންވެސް އެތާ މަޑުކުރުމެއްނެތި އެކުދިންގެ ކްލާހަށް މިސްރާބު ޖެހިއެވެ.

އަޒްލާންވެސް ބެލް ޖަހަން ކައިރިވުމުންގޮސް ކުލާހަށްވަނެވެ. އޭނާގޮސް ގޮނޑީގައި އިށީނުމުން ކޮންމެވެސް ފަޅުކަމެއް އިޙްސާސްކުރެވުނެވެ. ޔަލީނާގެ ސީޓަށް ބަަލައިލުމުން ޔަލީނާ މަތިން ވަރަށް ހަނދާންވިއެވެ. އެކަހަލަ މައުސޫމް ކުއްޖަކު ދޮގު ހަދަންވީ ކީތްވެބާއޭ ހިތަށް އެރިއެވެ. އަޒްލާންއަށް ހުރިހާ ގަޑިއަކު ޔަލީނާއާއި ދޭތެރޭގައި ވިސްނުނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އަޒްލާންމެންގެ ކްލާސް ނިމުމުން ކްލާހުން ނިކުމެ ތަންކޮޅަކަށް ދިޔަތަނާ ފެނުނު މަންޒަރުން އޭނާގެ ލޭކެކިގަތެެވެ.

- ނުނިމޭ -

5ވަނަ ބައި އޮކްޓޯބަރ 26ގައި.... 5ވަަނަ ބަޔަށް އިންތިޒާރު ކުރައްވާ! 🙂

    Please log in or register to bookmark.
    3k

    11 ޚިޔާލު

    ޚިޔާލު

    Your email address will not be published.