Views: 1123 34

''ބުނަން އައިކާ..އިންސާނުންނަކީ އަބަދު އެއްގޮތަކަށް ތިބޭނެ ބައެއްނޫން..އެހެން ނޫނަސް އައިކާގެޔަކަށް އަހަރެން މިހާރު ދާކަށް ބޭނުމެއްނޫން..އަހަރެންނަށް އައިކާއަށް ވުރެންމާ ރަނގަޅު އެކުވެރިޔަކަށް ވާކަހަލަ އެކުވެރިން ލިބޭ..އައިކާއަކަށް ނޭނގެ އެއްނުން އެންޖޯއީ ކޮން އުޅޭކަށްވެސް..އަބަދު އިޒާކު ގޮވައިގެން ބޭރަށްވެސް..ހުއް..'' އައިކާގެ އަތް އިނާ އަތުން ނައްޓުވާލުމަށްފަހު ކޮޅަށް ތެދުވަމުން އިނާ ބުނެލިއެވެ. އައިކާވެސް އިނާ ތެދުވުމާއި އެކުހެން ތެދުވިއެވެ. ބެންޗު މަތީ އޮތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން އަދި އެއްފަހަރު އިނާ ނުރުހުންތެރިކަމާއިއެކު އައިކާއާއި ދިމާލަށް ބަލާލިއެވެ.'' ދެން މަގޭ ފަހަތުން ސުވާލު ބޮޑި ހިފައިގެން ނުހިނގާތި އައިކާ..'' އިނާ އައިކާ މޫނުގައި ކިރިޔާ ނުޖެހޭ ހިސާބަށް ސަހާދުއިނގިލި ދިއްކޮށްލުމަށްފަހު ބުނެލިއެވެ. އައިކާ ހުރީ އިނާގެ މި ކުއްލި މިޒާޖުން ބުނާނެ ބަހެއް ކުރާނެ ކަމެއް ނޭގި އިނާ ދިޔަ ދިމާލަށް ބަލާށެވެ. އައިކާއަށް އިހްސާސްވީ އައިކާއަކީ ބޭކާރު މީހެއްގެ ގޮތުގައެވެ. މަންމައެއްގެ ލޯބިން އެންމެ ސޯޅަ އަހަރުގައި ވަނީ މަހްރޫމްވެފައެވެ. ބައްޕައެއްގެ ލޯބިވެސް ލިބުނީ ކުޑަދުވަސް ކޮޅަކަށެވެ. އެ ބައްޕަވެސް މި ފަނާވަނިވި ދުނިޔެއާއި ވަކިވީ ކަމެއް ނުވަތަ ނޫންކަމެއްވެސް އެނގިފަކާނެތެވެ. ބޯޓު ދަތުރު ކުރަން ގޮސް އުޅެނިކޮން ގެއްލުނީ ކކަމުގައި މަންމަ ބުނި ހަނދާން އައިކާވެއެވެ. އެކުވެރިޔެއް ލިބުނަސް އެއީ ހެޔޮއެދޭ އެކުވެރިއަކަށް ނުވެއެވެ. ކޮންމެ މީހަކު ވެސް އައިކާއާއި ހަސަދަލައިގެން އައިކާގެ ހިތުގައި ޖައްސަނީއެވެ. އައިކާގެ ލޯ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަރުނައިން ބަރާވެގެން ދިޔައެވެ. އައިކާ ދާންވީ މަންޒިލް ދެން އައިކާއަށް ވެސް ނޭނގޭ ފަދައިން އައިކާގެ ދެލޯވެސް ފުސްވެ އެއްޗެއް ނޭނގޭހާވިއެވެ. ވިއްސާރަ ވިލާގަނޑަކުން ވާރޭ ވެހޭ ބީދައިން އައިކާގެ ލޮލުންވެސް ކަރުނަ ފައިބަން ފެށިއެވެ. ކޮންމެ ކަރުނައެއްވެސް އެދޮން މޫނުގައި ބީހިލައިފައި އަޅައިގެން ހުރި ސޯލްއަށް ވެއްޓި ހހިނދިގެން ދާއިރު ފިލްމްތަކުގައި ދައްކާ ހިތާމައިގެ ރޯލުތަކަށް ވުރެންވެސް ފުރިހަމަ ކަމަށް ދައްކައއެވެ.
...............................................................................................
...............................................................................................
ދުވަސް ނިމިގެންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ކޮލެޖުގައި ހޭދަވި ވަގުތުތަން އައިކާ ހޭދަ ކުރީ އެކަނި ވެރިކަމާއިއެކު އިނާއާއި ދިމާލަށް ބަލާ ވެސް ނުލައެވެ. އިނާ އެންމެ ފަހުން ބުނި ޖުމްލަ އަދިވެސް އައިކާ ކަންފަތުގައި ގުގުމައެވެ. އޭގެފަހުން އައި އެއްވެސް ގަޑިއެއްގައި ކިޔެވުމަށް ފުރިހަމަ ސަމާލުކަން ނުދެވުމުގެ ސަބަބުން އައިކާ ހިސާބުގަޑީގައި އެއްފަހަރު ކޮޅަށްނަގާ ބޯޑުކައިރިއަށް ގެންގޮސް ސުވާލެއް ހަދަންވެސް ޖެއްސިއެވެ. މިހުރިހާ ކަމެއް މިހެން ހިނގާތީ ލަޔާނާ އަދި ލީންވެސް ތިބީ ނުހަނު އުފަލުންނެވެ. އެމީހުންގެ ރޭވުން ކާމިޔާބުވެ މިހާރު އައިކާ ކިޔެވުމަށްދޭ ސަމާލުކަން ކުޑަވާތީއެވެ.
'' ދޮންތާ....މިއަދު ވަރަށް ވަރުބަލިވޭ އެބަ..މިހާރު އައިކާ ވަރަށް އަވަހަށް ވަރުބަލިވޭ..މިއަދުވެސް ބޯޑުގަ ދިން ނޯޓު ނަގާ ނިމުނުއިރު ހުރީ ހާންތިވާ ވަރުވެފަ..''އައިކާ ބޫޓުނަގާ ބޫޓު ހަރަށް ލަމުން ކުނިކަހަން ހުރި އަރީކާއަށް ނަޒަރެއް ދެމުން ބުނެލިއެވެ. '' އެހެންނޭނުން ވާނީ އައިކާ މިހާރު ކަނީވެސް އެހާ ކުޑަ އެތިކޮޅެއް މިއަދުވެސް ދިޔައީ ހަމައެކަނި ބިސްގަނޑެއްގެ އެއްފަޅިއާ ކިރުތައްޓެއް ބަނޑަށް ލައިގެން އަޅެ ވަގުތުވެސް އޮތޭހަމަ ހަމަޖެހިލައިގެން ކައިގެންދާހާ ރޭގަ ވެސް ކުޑަ ބަތްކޮޅެއް ކެވުނީ..އައިކާއަށް'' އަރީކާ ކުނިތައް ނަގަމުން ބުނެލިއެވެ.
'' އޯކޭ..މިއަންނަނީ ކާން މި ދޮންތަގެ ހާސަރުވެސް މަބުނަން އެހެންވެގެންނޭ މިދިޔަ ހަފްތާވެސް ބޮލުގަ ރިހޭވާހަކަވެސް ނުބުނެ ހުރީ...'' އައިކާ ކޮޓަރި ދޮރު ހުޅުވާލަމުން ބުނެލިއެވެ. '' ޕިސްޕިސް..ވަރުގަދަ ކުއްޖެކޭނުން މިހިރީ..ނަސީބެއް ޕެނަޑޯލް ނެތްކަން އެހެންނޫންނަމަ އަދި ކިރިޔާ ރިއްސާލާއިރަށް އެކާނެ..ފެނެއްވެސް ބޮނީކީ ނޫނޭ އަދި އަބަދު އޭސީގައި އުޅޭއިރުވެސް.'' އަރީކާ މަޑު މަޑުން އައިކާއާއި ދިމާލަށް އެއްޗިހި ކިޔަމުން ގޮސް ބަދިގެއަށްވަނެވެ.
''އިނާ..އިނާ ހުޅުވަބަލަ..ތުއްތަގެ ފޯނެއް މިއޮތީ.'' ޒަލަފްގެ މަންމަ އައިސް އިނާ އުޅޭ ކޮޓަރީގެ ދޮރުގަ ތަޅާލުމަށްފަހު ބުނެލިއެވެ. '' އެހެންތަ'' އިނާ ދޮރު ހުޅުވާލުމަށްފަހު ޒަލަފް މަންމަ ދިން ފޯނުގައި ހިފިއެވެ. '' ހަލޯ.ތުއްތާ.. ކީކޭ އެމީހުން ބުނީ .'' އިނާ ފޯނު ކަންފަތުގައި ޖަހާލަމުން ބުނެލިއެވެ. '' ނޫން އަދި ނުދެއްކޭ..އިނާ.'' އެކޮޅުން އިނާގެ ތުއްތަ ބުނެލިއެވެ. އެކި ވާހަކަ ދެއްކުމުގައި އިނާގެ ތުއްތަ އާއި އިނާ ތިބެފައި ފަނަރަ ވަރަކަށް މިނެޓްފަހުން ފޯނު ބޭއްވުމުން އިނާ ޒަލަފް މަންމަގެ ފޯނު ހިފައިގެން ނިކުތެވެ.
''ދައްތާ..މިއޮތީ ފޯނު..'' އިނާ ބަދިގޭގައި އުޅޭ ނޯކަރުންނަށް އަތްގާތް ކޮށްލލަދޭން ހުރި ޒަލަފްގެ މަންމަ ކައިރީހުރި މޭޒުމަތީގައި ފޯނު ބާއްވަމުން ބުނެލިއެވެ. '' އިނާ ފޯނަށް ކިހިނެތް ހަދައިގެން ތިއުޅެނީ؟'' ބަދިގެއިން ނިކުންނަނިކޮން ބަދިގެއަށް ވަންނަން އައި ޒަލަފް އިނާ ފެނުމުން އަހާލިއެވެ. ''އާނ..ނިވިފަ އޮތީ..ކިހިނެތްވީ؟'' އިނާ ޒަލަފްގާތު ނިވިފައޭ ބުނެލިއެވެ. ނަމަވެސް އިއްޔެ އިން ފަށައިގެން އިނާ އެއުޅެނީ ފޯނު ނިއްވާލައިގެންނެވެ. އައިކާ ގޮސް އައިކާއާއި ދިމާލަށް ކީ އެއްޗިހި އަރީކާ ގާތު ބުނެދާނެތީއެވެ. އަރީކާ އައިކާއަށް ކަމެއްވާތަން ބަލަން ނުހުންނާނެކަން އިނާއަށް އެނގޭ ވިއްޔާއެވެ.
'' ހޫމް ލަޔާނާމެން ކޮންމެސް ކަމެއް ކުރަން އަޅެދޭބަލަ ފޯނު ބަލަން.''ޒަލަފް މަންމަ ކޮށަން ހުރިތަނުން ކެރެޓް ކޮޅެއް ނަގާ ކާލަމުން ބުނެލިއެވެ. ޒަލަފް އެހެން ބުނުމުން އިނާ ގޮސް ފޯނު ހުޅުވާލިއެވެ. ތުއްތަމެންގެ ކޯލްތައް ވެސް މިސްވެފައި ހުއްޓެވެ. އިނާ އަވަސްވެގަތީ އަވަހަށް ލަޔާނާމެން ގުޅީ ކީއްކުރަންތޯ ބެލުމަށެވެ.
''އެނގޭތަ އަކުމަލް އަށް...އައިކާ ވަރަށް ބަދަލުވޭ އެބަ..މިހާރު އެހާ ރަނގަޅޅަކަށް ނުވެސްކައި އައިކާއެއް..ނޭނގެ ކީއްވެކަމެއް އަބަދުކިޔަނީ ވަރުބަލި ވަނިއްޔޭ..އަޅެ ކިހިނެތްބާ އެވަނީ'' އަރީކާ އާއި ޖެހިގެން ސޯފާގައި އިށީން އަކުމަލްއަށް ބަލާލަމުން އަރީކާ ބުނެލިއެވެ. '' އެކީއްވެ؟..އެހެންޏާއެހެންނެއް ނުވޭދޯ..އަނެއްކަ މައްސަލައެއް އުޅެނީބާ އަޅެ ދައްކާލަން އުޅެބަލަ..އައިކާއާއި ވަރަށް ކައިރީގައި އަޅެ ދޮންތަ ހުރެބަލަ އެނގޭނެ އައިކާ ވަރަށް އަވަސް އަވަހަށް ނޭވާވެސް ލާހެން ހީވަނީ..'' އަކުމަލް ވެސް އަރީކާ ބުނި ބަހަށް ބާރުދެމުން ބުނެލިއެވެ. ''އޭނ..އަކުމަލް އައިކާ އަވަސް އަވަހަށް ނޭވާ ލަނިއްޔޭ..'' އަރީކާ ހައިރާންކަން އެކުލެވިގެންވާ ބެލުމަކުން އަކުމަލް އަށް ބަލަން އިނދެފައި ބުނެލިއެވެ.
އައިކާ ގުރޭޑް ދިހައެއް ހިސާބުގައި އުޅުނު އިރުވެސް އެހެންވާތިވެ ޑޮކްޓަރަށް ދެއްކުމުން ލޭމަދު ކަމުގައި ވަނީ ބުނެފައެވެ. އަދި ދެފަހަރަކު ލޭވެސް އަޅަން ޖެހުނެވެ. އައިކާއަކީ ތަރުކާރީ އެއްޗެއްސާ ފުދޭވަރަކަށް ދުރު ކުއްޖެއްކަމުން އައިކާގެ ދަގަނޑުގެ ބައިވެސް މަދެވެ. އަރީކާ އިނީ އަނެއްކާވެސް އައިކާއަށް ލޭ އަޅަން ޖެހިދާނެތީ ކަންތައް ބޮޑުވެފައެވެ. މިހާރު އއައިކާގެމަންމައެއް ވެސް ދުނިޔެއަކު ނެތެވެ. އޭރު އެހާ ފަސޭހައިން ލޭލިބުނީވެސް އޯޕޮޒިޓިވްލޭ އައިކާ މަންމަގެ ރައްޓެއްސަކު ހުންނާތީއެވެ. އައިކާއަށް ދެރަގޮތެއް ވެދާނެތީ އަރީކާހުރީ ނުހަނު ކަންތައްބޮޑުވެފައެވެ. އަކުމަލް ބުނިހެން އަވަހަށް ޑޮކްޓަރަކަށް ދައްކާލަންދާން އަރީކާނިންމިއެވެ.
''އޭ އަރީ ކޮންހިޔާލެއްގަ....ޑިއުޓީ ނުނިމޭތަ އަދި؟'' އަރީކާއާއި އެކީގައި މަސައްކަތް ކުރާ ނަރުހަކު އަރީކާ ފުން ވިސްނުމެއްގައި އިންތަން ފެނިގެން ބުނެލިއެވެ. '' އާނ..ކީކޭ ނިމިއްޖެ އެކަމަކު މިތަނުން ދިޔުމުގެ ކުރިން އެބަޖެހޭ ކަމެއްކުރަން..އެހެންވެ މި ވިސްނާލީ.''އަރީކާ މޭޒު އެއްކައިރީގައި ބަހައްޓާފައި ހުރި ހޭންޑްބޭގް ނަގާ ކޮނޑުގައި އަޅުވާލަމުން ބުނެލިއެވެ.
'' ކޮންކަމެއް؟'' އަރީކާއަކީ ހިނގައިގަންނަމުން އެ ނަރުސް ކުއްޖާ އަހާލިއެވެ. ''އައިކާ އެނގެއެއްނުންދޯ...އޭނަ މިހާރު ވަރަށް ވަރުބަލިވާތި އުޅޭ ދެން އެހާ ރަނގަޅަކަށް ނުވެސް ކައިދޯ، ކުރިންވެސް އެހެންވާތި ދެއްކިން އޭރު ޖެހުނީ ލޭއަޅަން ދެން ބޭސްދިން..އޭގެ ފަހުން ރަނގަޅު އަނެއްހެން އެކަމަކު ބޭސް ހުއްޓާލިތާ އަދި އަހަރެއްވެސް ނުވޭ...ދެން މިހިތަށް އަރަނީ އަދި ދައްކާލަންވިއްޔޭ އަޅެ ވާގޮތެއް ބަލާލަން.....ބޯޑުގަދޭ ނޯޓް ނަގާނިމޭއިރުވެސް ވަރރުބަލިވެފައޭ ހުންނަނީ ކިޔަނީ..އެހެންވެ ދައްކަން.'' އަރީކާ ވެގެން އުޅޭ ގޮތް ތަފްސީލު ކޮށްދިނެވެ.
''އޭރު ދެއްކީ ކާކަށް..އަޅެ ޑޮކްޓާރ އަފީފުއަށް ދައްކާލަން އުޅެބަލަ..ހަމަ ބުނެލީ އިނގޭ އޭނައަށް ދައްކާލަން އެކަމަކު އަރީކާ ބޭނުންމީހަކަށް ދައްކާނީ..ކުރިން ދެއްކި މީހަ ހުރިއްޔޔާ އެމިހައަށް ދެއްކިއްޔާ ރަނގަޅުވާނެ..'' އަރީކާ ކޮނޑުގައި އަތްބާއްވާލަމުން އެ ނަރުސްކުއްޖާ ބުނެލިއެވެ. '' ކުރިން ދެއްކީވެސް ކޮންމެވެސް ކުޑަކުދިންގެ ޑޮކްޓަރަކަށް.. މިހާޜު އެ ޑޮކްޓާރ ނެތް އަހަރެންވެސް މިހިތަށް އަރަނީ ޑޮކްޓަރު އަފީފުއަށް ދައްކާލަން..'' އަރީކާ ބުނެލިއެވެ.
''ދޮންތާ..އައިކާ ރެޑީ އެކަމަކު ކިޔެއްކުރަންތަ އަޅެ ދައްކަންދާން ތިއުޅެނީ އެއީ އެވަރުގެ ކަމެއްވެސް ނޫނެއްނުން....އައިކާ ދެން ކާނަމޭ..'' އައިކާ އައިސް ބަދިގެއަށް ވަންނަމުން ބުނެލިއެވެ. ''ހެވޭ ތި ކިރުތަށި ބޮއެގެން އާދޭ ދޮންތަ މި ނިކުންނަނީ ދަބަސް ހިފައިގެން..'' އަރީކާ އުނދުން ނިއްވާލަމުން ބުނެލިއެވެ.
''ވަކި ބޭހެއްދޭން އެނގޭނީ އަދި ޓެސްޓެއް ހަދާލުމަށްފަހު..ގިނައިން ތަރުކާރީ އެއްޗިހި ކެއުމަށް އިސްކަންދީ،ފެނުކެއްކި ބިހާ..ދެން މިޓެސްޓްތައް ހަދާލާ..'' ޑޮކްޓާރ އަފީފު އައިކާ ބަލާ ނިންމުމަށްފަހު ބުނެލިއެވެ. ''ސުކުރިއްޔާ..'' އަރީކާ ޑޮކްޓަރު ދިން ގަނޑުގައި ހިފަމުން ބުނެލިއެވެ.
ފަސްގަޑިބައި އަދި ނުވާތީ ލެބޯޓަރީ ޓެސްޓް ހެދެން ހުއްޓެވެ. އެހެންކަމުން އަރީކާ އައިކާގެ ޓެސްޓްތައްވެސް ހަދާލުމަށްފަހު ގެޔަށް އައެވެ. '' ކީކޭ ބުނީ؟'' އަރީކާމެން ގެޔަށް އައިސް ވަތްތަނާ ސޯފާގައި އިން އަކުމަލް ޑޮކްޓަރު ބުނީ ކީކޭ ތޯ އެހިއެވެ. ''ޓެސްޓް ތަކެއް ހަދާފަޔޭ ބުނީ ބޭހެއް އަދި ވާގޮތެއްވެސް ސީދާ ބުނަން އެނގޭނީ ބުނީ ދެން ޓެސްޓް ހަދާފަ މިއައީ..މިރޭ ދިހަގަޑިބައިގައި އިނީ ނަތީޖާ ލިބެން އެކަމަކު މިރޭ ޑޮކްޓާރ އަފީފް އެއްނީންނާނެ..މާދަމާ ހެނދުނު ދާނީ ނަތީޖާ ދައްކަން އެގަޑީގައި ނަތީޖާ ނަގާނީވެސް..މެންދުރު ޑިޔުޓީއޭ މާދަމާ.'' އަރީކާ އަކުމަލްކައިރީ އިށީންނަމުން ބުނެލިއެވެ.
(ނުނިމޭ)
..................................................................
ކިޔުންތެރިންނަށް ހީވާ ގޮތުގައި އައިކާއަށް ވާނީ ކިހިނެތް؟ އައިކާއަށް ޖެހިފައި ހުންނާނީ ވަރަށް ބޮޑު ބައްޔެއްތަ ނުވަތަ ނޫންތަ؟

 1. Avatar
  moderated

  މާޝާﷲ، ވާހަކަ ވަރަށް ރީތި.. ދެން ކިޔުންތެރިން ރަނގަޅު ކޮށްލަން ބުނާ ކަންތައްތައް ރަނގަޅު ކޮށްލީމަ މޮޅު ލިޔުންތެރިއަކަށް ވެވޭނެ..
  12 ވަނަ ބައި ކިޔާލާ ހިތުން ކެތް މަދުވެފައި މިހުރީ.. އަވަސް ކޮށްލަ ދެއްޗެ ސިސް..

   1. Avatar
    moderated

    ވެލްކަމް.. އެހެން ވެސް ވެދާނެ.. ނޯވޮރީސް..

 2. Avatar
  moderated

  އަދި ބައްޔެއް ޖައްސާކަަށް ނުފެނޭ. ވިސްނުމާ ގުޅުވަލުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ރަނގަޅީ

 3. Avatar
  moderated

  ސަޅި އަނެއްކާ އައިކާއައް ނަފްސާނީ ބަލި ޖެހިފަހެން ހީވަނީ ☺️😊😀😃😄😎😇😍🤓🤗⛈️💖💕💖💕

 4. އިއްމަ

  މިބަޔަށް ކޮމެންޓް ކުރި ބައެއް ކޮމެންޓް އަދި ފެންނަ ވަރު މިވީ ތެންކްސް ހުރިހާ ކުދިން

ޚިޔާލު ފޮނުއްވާ