Views: 1689 92

މަލްހާއަށް އާދެވުނުއިރު ފާތުމާ އެމަޖެންސީ ރޫމުގައި ފަރުވާ ދެނީއެވެ. އޭރު ޕޮލިހުންވެސް އެތާ ހަރަކާތް ތެރިވެއެވެ. ޕޮލިހުން ދިޔައީ އެކަމާއި ބެހޭ މައުލޫމާތު އޮޅުން ފިލުވަމުންނެވެ. އިރުކޮޅަކުން ޑޮކުޓަރު ނިކުތެވެ. އެންމެން ވެސް އިންތާޒުރުކުރަމުން ދިޔައީ ޑޮކްޓަރުގެ ޖަވާބަކަށެވެ.
🔴 ⚫ 🔴 ⚫ 🔴 ⚫ 🔴 ⚫ 🔴

"މައާފު ކުރައްވާ! އަޅުގަނޑުމެންނަކަށް އޭނާ ސަލާމަތެއް ނުކުރެވުނު. ބެލެވޭ ގޮތުން އޭނާ މަރުވެފައިވާތާ ދެތިން ގަޑިއިރު ވެއްޖެ." ޑޮކުޓަރު ކަރު އެލުވާލަމުން އެހެން ބުނެލިއެވެ. މަލްހާގެ ލޯ ކަރުނައިން ތެންމާލިއެވެ. މާއިޝާ މަލްހާގެ އަތުގައި ހިފާލިއެވެ. އައިން ދުވެފައި ނިކުތީ ބޭރަށެވެ. އުޝާމާއާއި އާއިޝާގެ ހާލު މާދެރައެވެ.

ފަސްގަޑިއިރު ފަސް....
މާމަގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު މަލްހާ ގެއަށް އައިއިރު ފަސްގަޑި ބައިވީއެވެ. އުޝާމާ ގެއަށް ވަންގޮތަށް ނުނިކުމެއެވެ. މަލްހާ އެނދުގައި އޮށޯވެ ވިސްނަމުން ދިޔައީ މާމައަށް އެވަރު ކޮށްލާނީ ކާކުބާއޭ ހިތަށް އަރާފައެވެ. މަލްހާ ކާން ދިޔައިރު އުޝާމާ ހުރީ ކާން ތައްޔާރުކޮށްފައެވެ. އުޝާމާގެ މޫނަށް ބަލައިލިޔަސް ރޮއެފައިހުރިކަން އެނގޭނެއެވެ. ކައި ނިންމާލެވުނުއިރު ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މަލްހާ ގޮސް އެނދުގައި ޖައްސާލިއެވެ. އޭނާގެ ކަންފަތުގައި ޖެހުނީ މަޣްރިބް ނަމާދުގެ ބަންގީގެ އަޑެވެ.
މަލްހާ ސިހުނީ އުޝާމާ ދޮރު ހުޅުވާލުމުންނެވެ. "ދަރިފުޅާ މަންމަ އެބަޖެހޭ މިރޭ ދަންވަރު ޑިއުޓީއަށް ދާން.. މަލްހާ ދޭ އައިންމެން ގެއަށް. ސަކަރާތް ނުޖަހާތި." އުޝާމާ މިރޭ އެއުޅެނީ ދަންވަރު ޑިއުޓީއަށް ދާށެވެ. މަލްހާ ތެދުވެފައި ދަބަހަކަށް އޭނާ ބޭނުންވާ އެއްޗެހި އަޅައިގެން ނިކުތެވެ. އެއީ ދެނަމާދު ދޭތެރެ ވަގުތެވެ. މަލްހާ ގޮސް އައިންމެންގެ ގެއާއި އަރާ ހަމަވިއިރު އިޝާ ނަމާދު ބަންގި ގޮވާފިއެވެ. މަލްހާ ގޮސް އައިންމެންގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު އައިން އުޅެނީ ނަމާދު ކުރަން ތައްޔާރުވާށެވެ. "ނިދަންތަ މިގެއަށް. އުޝާމާއްތަ މިރޭ ޑިއުޓީއަށް ދިޔައީ. އަޅުގަނޑު މަންމަ ނުވެސް ތެދުވޭ. ހަމަ ރޮނީ." އައިން ހައިރާންވިއެވެ. "ހުމްމްމް." މަލްހާ ގޮސް އައިންގެ އެނދުގައި އިށީނެވެ.
އައިން ނަމާދުކޮށް ނިމެންދެން މަލްހާ އޮތީ ފޯނާއި ކުޅޭށެވެ. އައިން މުސައްލަ ބޭއްވުމަށްފަހު އައިސް މަލްހާ ގާތު އޮށޯވެލިއެވެ. "ކޯއްޗެއް ކާނީ.؟ ހިނގާ ނޫޑުލިސް ކައްކަން." އައިން ބުނެލިއެވެ. މަލްހާ ބޯ ޖަހާލުމުން އައިން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ފަހަތުން މަލްހާވެސް އައެވެ. ދެކުދިން ކައްކަން ބޭނުންވާ ތަކެތި ހަމަކޮށް ކައްކަން ފެށިއެވެ. ކައްކާ ނިންމުމަށްފަހު އައިން ތަށްޓަކަށް ނޫޑުލިސް ކޮޅެއް އަޅާލުމަށްފަހު އާއިޝާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އާއިޝާ އޭރު ތެދުވެގެން އުޅެއެވެ. އައިން ކާތަށި ބެހެއްޓުމުން އާއިޝާ ކާން ފެށިއެވެ.
އައިޝާ ކެއި ތަށި ހިފައިގެން އައިން ކާގެއަށް ދިޔައިރު މަލްހާ އުޅޭނީ ބޯއެއްޗެއް ތައްޔާރުކުރުމުގައެވެ. އައިން ވެސް ތަށި ދޮވެލުމަށްފަހު މަލްހާއަށް އެހީތެރީވާން ފެށިއެވެ. މަލްހާއާއި އައިން ކައި ނިންމާލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އައިން ފެށީ މާމަ ވާހަކައެވެ. "މަލޫއަށް އެނގޭތަ.؟ މާމަ އެންމެފަހުން ގުޅާފަ އިނީ މުދިންބެއާ. ދެން ޕޮލިހުން މައްލޫމާތު ސާފު ކުރިއިރު މުދިންބެ ބުނީ މާމަ ގުޅާފަ ބުންޏޯ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތޭ.!"
މަލްހާ ސުވާލު މާކު ޖެހުނެވެ. 'އަނެއްކާ މާމަ އަހަރެންނަށް ފެންނަ އެތީގެ ވާހަކަ މުދިންބެގެ ކައިރީގައި ބުނަންބާ އެއުޅުނީ؟ ހަމަ ގައިމު މާމަ އަމިއްލައަކަށް ގަޔަށް ވަޅިއެއް ނަހަރާނެ.!' މަލްހާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ ސިއްސައިގެން ދިޔައީ އައިން ގޮވައިލުމުންނެވެ. އަވަސް އަވަހަށް މަލްހާ އައިން ދައްކަމުން ދިޔަ ވާހަކައާއި ބައިވެރިވެލިއެވެ.
ދެކުދިންނަށް ވާހަކައިގައި ތިބެވުނީ ކިހާ އިރަކުކަމެއްވެސް ނޭނގުނެވެ. އައިން މާބޮޑަށް ނިދިއަންނަން ފެށުމުން ތެދުވެގެން އޭނާގެ މަންމަ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭރު އާއިޝާއަށް އޮތީ ނިފައެވެ. އައިން ކޮޓަރި ތަޅުލުމަށްފަހު އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު މަލްހާވީ ފާހާނާގައެވެ. އައިން މަލްހާ ނިކުތުމުން ހެދުން ބަދަލުކޮށްލުމަށްޓަކައި ގޮސް ފާހާނާއަށް ވަނެވެ.
އައިން ފާހާނާއިން ނިކުތް ވަގުތު މަލްހާ އައިންއާއި ދިމާލަށް ބަލާލިއެވެ. "ހިނގާބަލަ މާމަގެ ކޮޓަރި ޗެކު ކޮށްލަން." މަލްހާ ހިޔާލެއް ދިނެވެ. "އެތާނގައި ހުންނާނެ ޕޮލިހުން ދަމާފަހުރި ޓޭޕުތަކެއް. އެމީހުން ޗެކު ކުރަން ވެގެން. އެމީހުން ޗެކުކޮށް ނިމުނީމަ އެހެން ރެއަކުން ދާނީ." އައިން ބުނެލިއެވެ. މަލްހާ އެހެންދޯއޭ ބުނެލުމަށްފަހު އޮށޯތެވެ. މާގިނައިރެއް ނުވެ ދެކުދިން ވެސް ފުން ނިންޖެއްގެ ތެރެއަށް ގެބިގެން ދިޔައެވެ.
................
=ނުނިމޭ=
ސާދަވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!😉
މިބައި ކުރުވާނަމަ މައާފަށް އެދެމެވެ.🙃

 1. Avatar
  moderated

  ދިގުކޮށް ދީބަ

 2. Avatar
  moderated

  Wowwwwweeee this is reallyyyyyyyyyyyyy interesting
  Goodluck on the next part✨

 3. flame Gurl
  moderated

  މާޝާﷲ ވ ރީތި…… ކޮން އިރަކުުން ސާދަ ވަނަ ބައި؟ މިއީ ފަސްޓް ދޯ؟ 🙂

 4. Avatar
  moderated

  އަޱްސް އޯކޭ! މި ބައި ވެސް ވަރަށް ރީތި ހަމަ! އަނެށް ބަޔަށް އިންތިޒާރު ކުރަން!

 5. Avatar
  moderated

  އަޱްސް އޯކޭ! މި ބައި ވެސް ވަރަށް ރީތި ހަމަ😻😻😻😻! އަނެށް ބަޔަށް އިންތިޒާރު ކުރަން!

 6. Avatar
  moderated

  ވަރަށް ރީތި ޔަޝްމީ……..
  ޔަޝްމީ އުޅޭގޭގެ ނަން ބުނެލަދީބަލަ…..
  އަސްލު ބުރާސްފަތި ދުވަހު ތިރަށަށް ދިޔައިން .
  ގޭގެ ނަން އެނގުނީމަ ދެންދާފަހަރަކުން ދެވޭނީ

 7. Avatar
  moderated

  ماشاءالله ވަރަށް ރީތި އިނގޭ ޔަޝް
  ކޮންއިރަކު 14 ވަނަ ބައި

 8. Avatar
  moderated

  ވަރަށް ރީތި ވާހަކައެއް
  ماشاءالله 👍 💜
  މިބާ ކުރިޔަށް ވުރެ މާ ކުރު ދެން އަންނަ ވާހަކަ ދިގުވާނެ ކަމަށް އުއްމީދު ކުރަން!!

 9. Avatar
  moderated

  ވ ރީތި މާޝާ ﷲ 😍💕💞

 10. Avatar
  moderated

  YASHMY!!!! HOW. ARE. YOU. SO. TALENTED. WTH

 11. Avatar
  moderated

  ދެން އިން ބައި ކިޔާލަން ލިބޭނީ ކޮން ދުވަހަކުން

 12. Avatar
  moderated

  ޥވވވވވވ ރީތި.ވވވވވވ އަވަހަށް އަޕް ކޮށްދެތްޗޭ

 13. Avatar
  moderated

  މިއަދު މިވާހަކައިގެ އަނެއް ބަާ އަަޕް ކުރަން ޖެހޭނެންނު!!!!

 14. Avatar
  moderated

  ވަރަށް ރީތި މާޝާ ﷲ

 15. Avatar
  moderated

  ވަރަށް ރީތި 😘

 16. Avatar
  moderated

  ވ.ރީތި

 17. Avatar
  moderated

  ވަރަށް ފުރިހަމަ

ޚިޔާލު ފޮނުއްވާ