Views: 2236 132

ކާރު ގައި ބުރިޖާއި ހިސާބަށް ދެވުމުން ޔަނާލް ކާރު މަޑުކުރުމަށް ބުނީ ޔޫލީން އަށް ފެންފުޅި އެއް ނުލާ އާދެވުމުން ނެވެ. ކާރުން ފޭބުމަށް ޔަނާލް އެތާކައިރީ ހުރި ފިހާރައަށް ދިޔަ އީ ޔޫލީން އަށް ފެންފުޅި އެއް ގަނުމަށެވެ. ފެންފުޅި ހިފައިގެން އައިސް ކާރު ދޮރު ހުޅުވާލި ޔަނާލް އަށް ފެނުނު މަންޒަރުން އަތުން ފެންފުޅި ދޫ ވެގެން ވެއްޓުނެވެ.
************
އެއާރޕޯޓު ބޭރުގައި ތިން އެކުވެރިން މަޑު ކޮށްލައިގެން ތިބީ ޔަނާލް އަންނާނެ އިރެއްގެ އިންތިޒާރު ގައެވެ. "މާން! ރިޝް! ޔަނާ ގެ ނަންބަރު ނިއްވާލާފަ އޮތީ!" ފަލަކް ކަންބޮޑުވެފައި ޔުމާން އާއި ފާރިޝް އަށް ބަލާލަމުން ބުނެލިއެވެ. ފާރިޝް އާއި ޔުމާން ވެސް އަވަސް ވެ ގަތީ ދާނިޔާ ގެ ފޯނަށް ނަމަ ވެސް ގުޅޭ ތޯ އެވެ.
******************
ކާރު ތެރޭގައި ޔޫލީން އަދި ދާނިޔާ އެއްވެސް ނެތެވެ. އަދި ކިއެއް ތޯ އެވެ. ކާރުގެ ޑުރައިވަރު ވެސް ކާރަކު ނެތެވެ. ހާސް ކަންމަތީ ދޮރުލައްޕަން އުޅުނު ޔަނާލް ލޮލުގައި ފަހަތު ސީޓު ގައި އޮތް ކަރުދާސް ކޮޅު އަޅާ ގަތެވެ. ޔަނާލް ކަރުދާސް ކޮޅު ނަގާ ހުޅުވާލި އެވެ. އަދި އޭގައި ލިޔެފައި ހުރި އެއްޗެހި ކިޔަން ފެށިއެވެ. "ޔޫލީން އަދި ދާނިޔާ ބޭނުން ނަމަ ޔޫހާ ގެ ވިޔަފާރި ޔަނާލް އާއި ޔޫލީން ގެ ނަން މައްޗަށް ބަދަލު ކޮށްފައި ހުރި ކަމަށް ބުނާ ލިޔެކިޔުން ތަށް ހިފައިގެން ހުޅުމާލެ ފުލެޓު ނަންބަރު 155 ކަށް އާދޭ! އަދި މި ވާހަކަ އެއްވެސް މީހެއް ނުވަތަ ޕޮލިހަށް އަންގާފި ނަމަ ދެން ފެންނާނީ ޔޫލީން އާއި ދާނިޔާ ގެ ފުރާނަ ނެތް މަސްގަނޑު ކަން ހަނދާން ކުރުން އެދެން!" ގަނޑުކޮޅު ގައި އެންމެ ފަހުން ލިޔެފައި އިން ޖުމުލަ ފެނިފައި ޔަނާލް ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަދި ބަލާކަށް ނުހުރެ ކާރައް އަރައި ހުޅުމާލެ އާއި ދިމާއަށް ދުއްވައި ލިއެވެ. ކާރު ލައިސެންސް ނެތް ނަމަވެސް އަވަހަށް ދިއުމަށް އެނޫން ގޮތެއް ނެތުމުން ކާރު ގައި ދާން ޖެހުނީއެވެ.
**********************
"އަޅޭ! ޔަނާ ކޮބާ ތަ؟ މިހާރު 8:55 ވެއްޖެ! 10 ޖަހާއިރު ފްލައިޓް ނައްޓާލާނެ! ޔަނާ އަށް ކަމެއް ވީ ބާ؟" ޔަނާލް ގެ ހަބަރެއް ނުވާތީ ފަލަކް ހުރީ ނުހަނު ކަންބޮޑުވެ ހާސްވެފައެވެ. ފަލަކް އެކޭ އެއްގޮތަށް ޔުމާން އާއި ފާރިޝް ވެސް ތިބީ ކަންބޮޑުވެފައެވެ. "ޔަނާލް ނާންނާނެ! އެކަމު ތި މީހުން ހީކުރާ ވަރަށް ވުރެ ބޮޑު ކަމެއް ވީމާ!" ފަހަތުން އައި އާދު ޔުމާން މެންގެ ކައިރީގައި މަޑުކޮށްލަމުން ބުނެ ލިއެވެ. "އަމިއްލަ މީހާ ބަދުނާމު ވެދާނެ ތީ އޭނާ ނާންނާނެ!" ލައިގެން ހުރި ކޯޓު ފަޓުލޫނު ރީތިކޮށް ލަމުން އާދު ޔުމާން ގެ މޫނަށް ބަލާލިއެވެ. "އޭތް! ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނި!" ޔުމާން އާދު އާ ދިމާއަށް ހަޅޭއް ލަވައިގަތެވެ. "އެހެން! އަދިވެސް މަށަށް ތަ ހަޅޭއް ލަވަން ވީ! ގަބޫލެއް ނުކުރެވޭނެކަން އެނގޭ މާ ކުރިން ވެސް! އެހެންނު ވަނީ! މީހުން ބުނޭ ވިއްޔާ އިބިލީހަށް ނުހެއްލޭ މީހާ ވެސް އަންހެނުން ނަށް ހެއްލޭނޭ!" އާދު ޔުމާން ކޮޑުގައި އަތް ބާއްވާ ލަމުން ހިނިތުން ވެލި އެވެ. ޔުމާން އާދު ގެ އަތް ފޮޅުވާލިއެވެ. "އާދު! ކަލޭ ހީކުރީ ދޯ! އަހަރެމެން ނާލް އޭ ކިޔާ ދައްކާ ކޮންމެ ވާހަކައެއް ގަބޫލު ކުރާނޭ! ތީ ވަރަށް ބޮޑު ކުށްހީ އެއް!" ޔުމާން ޔަނާލް ގެ ދިފާޢުގައި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އާދު ގެ ހަމަޖެހިފައިވާ މޫނު ފެނުމުން ހިތަށް ނުތަނަވަސްކަން ވެރިވެއެވެ. "ކުޑަ އިރުކޮޅަކަށް މަޑު ކޮށްލައިގެން ހުރޭ! މީހަކު މިހާރު ވެއްޖެ ހެކި ހޯދަން ގޮސް! އިރުކޮޅަކުން އެބަ ފޮނުވާ!" އާދު ޖީބަށް އަތް ޖަހާލަމުން ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލި އެވެ. އަދި ދުރަށް ހިނގައި ގަތެވެ. ފަލަކާއި ފާރިޝް ވެސް ކީ އެއްވެސް އެއްޗެއް ސާފު ނުވުމުން އާދު އައިސް ދައްކާނެ އެއްޗަކާއި މެދުގައި ވިސްނާލެވުނެވެ. ޔުމާން ވެސް ހުރީ ހަމަ އެހާލުގައެވެ.
********************
ފުލެޓު ނަންބަރު 155 ގެ ކުރިމަތީގައި މަޑު ކޮއްލުމައްފަލު ފަހު ކާރުން ފޭބި ޔަނާލް އަށް ސިހުން ގެނުވީ ފަހަތުން އައިސް ފިރިހެނަކު އޭނާގެ ގައިގައި ބައްދާލުމުންނެވެ. ޔަނާލް ތެޅިގަންނަން އުޅުނު ވަގުތު ކުރިމަތިން އެޅުނު ފްލޭޝް ލައިޓުގެ ސަބަބުން ލޯ މަރާލެވުނެވެ. އަލި ކެނޑުނު ހެން ހީވުމުން ކާކު ތޯ ބަލާލި ޔަނާލް ގެ ހަރަކާތް ތަކަަށް ހުއްޓުމެއް އައީ ފަހަތުގައި ހުރި ޒުވާނާ ޔަނާލް ގެ މޫނުމަތީގައި ފޮތި ގަނޑެއް އެޅުމަށް ފަހު ޔަނާލް ގެ އަތުގައި ހުރި ލިޔެކިޔުން ތަށް އަތުލުމުން ނެވެ. އަދި ދަމާފައި އެތާ ކައިރީގައި ހުރި ފަޅު ގެއަކަށް ވެއްދި އެވެ. ބޭރުގައި ހުރި ފޮޓޯ ނެގި ޒުވާނާ ފޯނު ހާވާލުމަށް ފަހު އާދު ގެ ނަންބަރަށް ފޮޓޯ ފޮނުވާ ލިއެވެ. އަދި ފޯނު ޖީބަށް ލަމުން ފަޅު ގޭތެރެއަށް ވަދެގެން ދިޔައެވެ.
******************
މަޑު ހިނގުމެއް ގައި އައިސް އާދު މަޑު ކޮށްލުމާ އެކު ޔުމާން އަށް ކޮޅަށް ތެދުވެވުނެވެ. "ހެކި ވެސް ލިބިއްޖެ! ދެން! މި އަހަރެން ދޭތެރެ ޖައްސަން ކުރާ ކަމެއް ނޫން! އެކަމަކު މި ވީޑިއޯ ބަލާލާ!" އާދު މިހެން ބުނެ އޭނާގެ ފޯނުން ވީޑިއޯއެއް އަޅުވާލި އެވެ.
----------ވީޑިއޯ------------
"ބްރޯ! ކޮން ޔަނާލް އެއްގެ ވާހަކަ ތި ކިޔަނީ؟" ވީޑިއޯ އިން ފެންނަ ހުރި ޒުވާން ފުރައިގެ ޕާޓޭ ފިރިހެނެއް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެގެން އިން މީހެއް ކައިރީ އަހާލިއެވެ. އޭނާގެ ކުރިމަތީގައި އިން މީހާ އަކީ ފިރިހެނެއް ނަމަވެސް ކެމެރާ އަށް ފުރަގަސް ދީގެން އިނުމުން މޫނެއް ނުފެނެ އެވެ."ޔަނާލް ޔާސިރުގެ ވާހަކަ މިކިޔަނީ! ސައްޕެ ކައެ އޭނައާ ވާހަކަ ދެއްކީ މެއްނުން! އެއްކަޔަ ރޭ!" ކެމެރާ އަށް ފުރަގަސް ދީގެން އިން ޒުވާނާ ކުރިމަތީގައި އިން ޕާޓޭ ވައްތަރު ޖަހާ މީހާ އަށް ބުނެލި އެވެ. ކިލާ! ކައެ ކީއްކުރަން ތަ އޭނަ އާ މީޓް ނުވެގެން ތިތެޅެނި؟"ސައްޕެ ސިނގެރޭޓު ރޯކޮށް ލަމުން ކުރިމަތީގައި އިން ކިލާއަށް ބުނެލި އެވެ. ސައްޕޭ! އޭނަ ޕްރެގް އޭ މަގޭ ދަރިއަކަށް! އެކަން އެނގުނި ކުރިން ދުވަހަކު އަދި! ޔޫ އެސް ދަތުރު ކެންސަލް ކޮށްލާފަ މާދަމާރޭ މަށާ އެކީ އެހެން ގައުމަކަށް ދާން ބޭނުން ވަނީ! އެކަމަކު އޭނަ އާ އެއްކޮން އެ އުޅޭ ގުރޫޕް ގަނޑު ފުރީމަ ދޯ ވާނީ!" ކިލާ ވެސް ސިގިރޭޓެއް ނަގާ ރޯކޮށްލި އެވެ. "ދެން އޭނަ ކޮއްކޮ އެއް އޮވެ އެއްނުން! ދެން އެގޮލާ ގޭގަ ގެންގުޅޭ ގޮލައެއް ވެސް އުޅޭ ނޭ! ދެން އެދެ މީހުންނަށް ކިހިނެށް ހަދާނީ؟" ސައްޕެ ސިގިރޭޓް ތުނބުގައި ޖަހާލަމުން އަހާލިއެވެ. އެ ކަމާ ހާސް ނުވޭ! ކިޑްނެޕިން ޑްރާމާ ކުޅޭނީ އޭރުން ހުންނާނީ ރަނގަޅަށް!" މިހެން ބުނެފައި ކިލާ ހިނގާ ގަތީ އެ ގުދަނެއް ކަހަލަ ތަނުން ނިކުތުމަށެވެ.
---------------------------
"މީ ތަ ތި ކިޔާ ޔަނާލް ގެ ފެންވަރު؟ވަރަށް ވެސް ގަދަރު ވެރި ދޯ!" ވީޑިއޯ ނިމުމުން ޖީބަށް ފޯނު ލުމަށް ފަހު އާދު ބުނެލި އެވެ. "ތީ ކިހިނެއް އެނގޭނީ ފޭކް ޑްރާމާ ގަނޑެއް ނޫކަން؟ ތި ފޭކް އަކަށް ނޫނީ ނުވާނެ!" ފަލަކް ތެދުވެ އާދު އާއި ދިމާއަށް ބުނެލި އެވެ. "އޯހް...... މީ ވީޑިއޯގައި ޔަނާލް ނެތީމަ ދޯ ގަބޫލު ނުކުރެވެނި! އެކަމު މި ފޮޓޯއައް ބަލާލާފަ ޔަގީން ކޮށްލަން ފެނޭ!" މިހެން ބުނެ ފޯނާ ކުޅޭ ލުމަށް ފަހު އާދު ދައްކާލި ފޮޓޯ ގަނޑުން ފަލަކް ގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ޔުމާން އާއި ފާރިޝް ވެސް ގަބޫލު ނުކުރެވިފައި އެ ފޮޓޯ ގަނޑައް ބަލަހައްޓައިގެން ހުއްޓުން އަރާފައި ތިބެވުނެވެ.

ނުނިމޭ

  1. Avatar
    moderated

    އަޅޭ ނޯ ތިހެން ނަހަދާ ޔަނާލް ސަލާމަތް ކުރޭ.. ޔުމާން މެން ތި ވާހަކަ ގަބޫލު ނުކުރުއަ ވައްޗޭ……. ޕްލީޒް……… ަރަށް ސަޅި ވެފައި ވަރަށް ދެރަ😤😤😤😥😥😥😧😧😧😞😞😞😉☺️☺️

  2. Avatar
    moderated

    ނޯ!ޔަނާލް އަށް ތިހެން ނުހަދާ😭😭

  3. flame Gurl
    moderated

    އަޅޭ! ޔަނާލްއަށް އެެން ނަހަދާ! 😭😭😭 އެނީވޭޒް ވާހަކަ ވ ރީތި. މިއީ ފަސްޓް ދޯ؟

  4. Mohamed Aadhin12
    moderated

    ފުރަތަމަ ވާހަކަ ސަބްމިޱް ކުރުމަށް ފަހު އެޕްރޫވް ވާން ކިހާ ވަގުތެއް ނެގި؟

  5. Avatar
    moderated

    Wow very nice..curiously waiting for the next part!

  6. Avatar
    moderated

    ވާވް…… ގަދަ ހިގޭ އަރޫ ކޮން ގްރޭޑް އެއް ؟……އެންޑް ކޮން ރަށެއް ؟

  7. Avatar
    moderated

    ވަރަށް ސަޅި މާޝާ ﷲ
    ކޮންދުވަހަކުން 16 ވަނަ ބައި

  8. Avatar
    moderated

    ވަރައް ރީތި މި ބާ ވެސް ދެންއަންނަ ޕާޓު ކިޔާ ކަން ލިބޭނީ ކޮން ދުވަހަކުން؟

  9. Avatar
    moderated

    މާޝާ ﷲ މިއީ ހާދަ ރީތި ވާހަކަ އެކޭ

  10. އަރޫ

    ތެންކްސް ހުރިހާ ކޮމެންޓާސް އެންޑް ރީޑާސް ކޮމެންޓް ތައް މިހާރު ފެންނަނީ 3 ނޫނީ 4 ޑޭސް ފަހުން

  11. Avatar
    moderated

    ވަރައް ސަޅި މިބައިވެސް ހަމަ ހަބޭސް

ޚިޔާލު ފޮނުއްވާ